ރާހިލް ފޯނު ކަނޑައިލިކަން އެނގުމާއެކު ޝައިނާ ދެފަހަރަކު ރާހިލްގެ ފޯނަށް ގުޅަން މަސައްކަތް ކުރިއެވެ. އެކަން ނާކާމިޔާބުމުން ފުން ނޭވައެއް ދޫކޮށްލުމަށްފަހު އައިސް އެނދުގައި ހުރަހަށް އޮށޯވެލިއެވެ. އޭނާގެ ދެލޮލުގައި ތާޒާ ކަރުނައިގެ އަސަރު ހުރި ނަމަވެސް އެ ކަރުނަތައް ފޮހެލުމަށްފަހު އޭނާ ސީލިންގުގައިވާ ފަންކާއަށް ނަޒަރު ހުއްޓައިލިއެވެ. ދެންމެ ފެނުނު މަންޒަރެއް ފަދައިން ފަންކަލުގައި ދަންޖެހިފައިވާ ޝިޔާނާގެ ހަށިގަނޑު އޭނާއަށް ކުލަވާން ފެށިއެވެ. އެހިޔާލުތަކާއި ދުރުވުމަށް ލޯ މަރައިލި ވަގުތު އޭނާއަށް ސިފަވީ ރާހިލްގެ ސޫރައެވެ. އިސާހިތަކު އޭނާގެ ހިޔާލުތަކުގެ މިސްރާބު އެހެން ދިމާލަކަށް ދަތުރު ކުރަން ފެށިއެވެ. ރާހިލް ކޯލު ކަނޑައިލި ސަބަބާމެދު ވިސްނަން ފެށިއެވެ. ފަހަރުގައި އޭނާ ހީކުރި ފަދައިން ރާހިލްއަށް އޭނާގެ މާޒީ ކަމުނުދިޔައީއެވެ. އެދެމެދުގައިވާ ތަފާތުތައް ގަބޫލު ނުކުރެވި އެރޭގެ އިރާކޮޅު ދެއްކި ވާހަކަތައް ހަނދާން ނައްތައިލުމަށް ނިންމީއެވެ. އެއީ ހުދު އޭނާވެސް ރާހިލްގެ ފަރާތުން އުއްމީދު ކޮށްގެން ހުރި ގޮތަށް ވާއިރުވެސް އެކަން އެގޮތަށް ހިނގުމުން އޭނާއަށް އެކަމާ ޝަކުވާ ކުރެވެނީ ކީއްވެ ހެއްޔެވެ؟ ރާހިލް ފޯނު ކަނޑައިލުމުން އެކަމާ އޭނާގެ ހިތް މާޔޫސްވަނީ ކީއްވެ ހެއްޔެވެ؟
އެފަދަ ހިޔާލުތަކެއްގައި ވަނިކޮށް އެނދުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމާއެކު ޝައިނާއަށް ލޯ ހުޅުވައިލެވުނެވެ. އަވަސް އަވަހަށް ތެދުވެ އެނދުގައި އިށީނދެލަމުން ފޯނުގެ ޑިސްޕްލޭއަށް ބަލައިލިއެވެ. ސްކްރީނަށް އަރައިފައިވާ ރާހިލްގެ ނަން ފެނި ދެހިޔާލެއްގައި ހުރެ ފޯނަށް ޖަވާބުދިނެވެ.
“ހަލޯ. ދޮރު ހުޅުވަބަ” ރާހިލްގެ އަޑާއެކު ޝައިނާއަށް ފާރުގައި ހަރުކުރެވިފައިވާ ގަޑިއަށް ބަލައިލެވުނެވެ.
“ރާހިލް!! ގަޑި ބަލާބަަލަ. މިގަޑީގަ ކޮން ސަކަރާތެއްތަ؟” ޝައިނާއަށް އަހައިލެވުނެވެ. މީގެ ކުރިން ރެއަކުވެސް ރާހިލް ވަނީ ދަންވަރު ވަގުތު ދޮރުން ބޭރުގައި ބިރުވެރި މޫނުމައްޗެއް ބޭއްވުމަށްފަހު އޭނާއާ އެޒާތުގެ ސަމާސައެެއް ކޮށްފައެވެ.
“ދެން އަޅެ. ހުޅުވަބަލަ”
“ނޫނެކޭ. ކީއް ކުރަންތަ؟”
“އަހަރެން ކިހާ އިރަކު މިތާ ބޭރުގަ ބަހައްޓަންތަ ތި އުޅެނީ؟ އިރު އަރަންދެންވެސް އަހަރެން ހުރެދާނަމޭ”
ރާހިލްގެ ޖަވާބާއެކު ޝައިނާއަށް ކޮޓަރިން ނުކުތުމަށްފަހު އެޕަރޓްމެންޓްގެ މައި ދޮރަށް ބަލައިލެވުނެވެ. ތަނަށް ވެރިވެފައިވާ ހިމޭންކަމާއި އަނދިރިކަމުގެ ސަބަބުން ޝިމާންވެސް ނިދަން ވަދެއްޖެކަން އޭނާއަށް ޔަގީން ކުރެވުނެވެ. ލުއި ފިޔަވަޅުތަކެއްގައި ގޮސް އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލި ވަގުތު ބޭރުގައިހުރި ރާހިލް ފެނުނެވެ. ދޮރު ރަނގަޅަށް ނުހުޅުވެނީސް ރާހިލް އެޕަރޓްމެންޓްގެ ތެރެއަށް ފިޔަވަޅެއް އަޅައިލަމުން ޝައިނާގެ ހަށިގަނޑު ގެނެސް އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ.
ޝައިނާއަކަށް އިތުރު ހަރަކާތެއް ނުގެނެވުނެވެ. ހުދު އޭނާވެސް ހުރީ މިރޭ ކިޔައިދެވުނު ވާހަކަތަކަށްފަހު އެފަދަ އޯގާތެރިކަމަކަށް ބޭނުންވެފައެވެ. އެވާހަކަތަށް ކިޔައިދިނުމަށްޓަކައި އޭނާގެ ކަށިން ނެރުނު ހިތްވަރު ދެނެވޮޑިގެންވާނީ މާތް ރަސްކަލާނގެއެވެ. ހަޔާތުގެ އެންމެ އަނދިރި ސަފުހާތަށް އެގޮތަށް މީހެއްގެ ކުރިމަތީގައި ހުޅުވައިލުމަކީ ފަސޭހަކަމެއް ނޫންތާއެވެ؟
“ޝައިނާ ކީއްވެ.. މިވަރުގެ ބޮޑު ކަންތަކެއް އަހަރެންނާ ފޯނުން ހިއްސާކުރަން ނިންމީ؟ ޝައިނާގެ ހަޔާތުގެ އެންމެ ވޭންހުރި ދުވަސްތައް އަލުން ހަނދާންކުރަމުން އަހަރެންނަށް ކިޔައިދޭން ނިންމިއިރު އަހަރެން ޝައިނާގެ ގާތުގައި ހުންނަން ބޭނުންވާނެކަން ނޭނގޭތަ؟” ރާހިލް ޝަކުވާގެ ރާގެއްގައި ބުންޏެވެ.
“ރާހިލް. ޝިމާން ނުކުމެދާނެ. މިގަޑީގަ ރާހިލް ފެނިއްޖެއްޔާ ކަމަކު ނުދާނެ. އާދޭ ކޮޓަރީގަ ވާހަކަ ދައްކަން” ޝައިނާ ހުރީ ހާސްވެފައެވެ. އެފަދަ ވަގުތެއްގައި ރާހިލް އައީތީ އެކަމާ ކަންބޮޑުވި ނަމަވެސް ބުނެދޭން ނޭނގޭ އުފާވެރިކަމެއް އޭނާގެ ހިތަށް ވެރިވަމުން ދިޔައެވެ. ރާހިލް އޭނާގެ ހާލަތާމެދު ވިސްނީތީ އެކަމާ ޝުކުރުވެރިވެވުނެވެ.
“ރާހިލް މޮޔަވީތަ؟ މިހާ ލަސްކޮށް…..” ޝައިނާ ކިޔަމުންދިޔަ އެއްޗެއްސަށް ފަރުވާލެއްނުދީ ރާހިލް އެއްފައި ކުރުކޮށްލަމުން އެނދުގައި އިށީނެވެ. އަދި ޝައިނާގެ އަތުގައި ހިފައި ގެނެސް އޭނާގެ ގާތުގައި ބޭންދިއެވެ. ނަމަވެސް އޭނާ އިތުރު ވާހަކައެއް ދައްކާކަށް ނޫޅުނެވެ. މަޑުމަޑުން ހިޔާލަކަށް ގެއްލިފައި އިނދެ ޝައިނާގެ އިނގިލިތަކާބކުޅެމުން ދިޔައެވެ. ރާހިލްގެ ފުށުން ފެންނަމުންދިޔަ މަޑުމައިތިރިކަމުން ޝައިނާއަށްވެސް އުނދަގޫ ވިއެވެ. ރާހިލްއާ މެދު ކަންބޮޑުވާން ފެށިއެވެ.
“އަހަރެން ކިޔައިދިން ވާހަކަތަކަށްފަހު ރާހިލް އަހަރެންނާމެދު ދެކޭގޮތް ބަދަލުވިޔަސް އަހަރެންގެ އެއްވެސް މައްސަލައެ-”
“ތިއީ ދެންް ކޮން ވާހަކައެއް؟ އެކަމަކާ މިކަމަކާ އޮތް ގުޅުމަކީ ކޮބާ؟ ޝައިނާއާ އޮތް ގުޅުމަކީ ކޮބާ؟ ޝައިނާގެ ފެމިލީ އިޝޫޒް ކޮންމެ ގޮތަކަށް އޮތަސް އަހަރެން އަޅައެއް ނުލަމޭ. ޝައިނާގެ މަންމަ ނޫނީ ބައްޕަ އަހަރެންނަށް މުހިއްމެއް ނޫން. އަހަރެންނަށް މުހިއްމީ ޝައިނާ. އައިމް.. އައިމް ސޯ ސޮރީ… ޝިމާން އަހަރެންނަށް ދޮންތަގެ ވާހަކަ ކިޔައިދިނީއްސުރެ އަހަރެން ހުރި އެރޭ ޝައިނާ ފާހަނައިގަ ތަޅުލެވުނީތީ މަޢާފަށް އެދެންވެގެން. އެެއްވެސް ހާލެއްގައި އެއީ މިހާ ބޮޑުކަމަކާ ގުޅުމެއް އޮވެދާނެ ކަމެކޭ އަހަރެންގެ ހިތަށްވެސް ނާރާ. ޝައިނާ ފެންނަ ކޮންމެ ފަހަރަކު އަހަރެންނަށް އެކަމާ ވިސްނި ގިލްޓީވޭ. އަހަރެންނަށް ޝައިނާއާ ދިމާލަށް ކީފަ ހުރީކީވެސް ރަނގަޅު އެއްޗެއްސެއް ނޫން. އެރޭ އަހަރެންގެ ރުޅި އަހަރެންގެ މައްޗަށް ގަދަވެގަތީ. މިއިން އެއްވެސްކަމަކާ މަޢާފަށް އެދޭނެ ގޮތެއް އަހަރެންނަކަށް ނޭނގޭ.. ނުވެސް އެނގޭނެ ކަންނޭނގެ. އެކަމަކު އައިމް ސޯ ސޮރީ ޑަރލިންގް” ރާހިލް އޭނާގެ އަތުތެރޭގައި އޮތް ޝައިނާގެ އަތަށް ބޮސްދެމުން ބުންޏެވެ.
ރާހިލްގެ ވާހަކައިން ޝައިނާއަށް ވެގެން އުޅޭ ގޮތް އޮޅުން ފިލައިދިޔައެވެ. ރާހިލް ދެރަވެގެން އުޅޭ ސަބަބު އޭނާއަށް އެނގުނެވެ.
“އައި ވިލް މޭކް އިޓް އަޕްޓު ޔޫ. ޝައިނާގެ ގެއްލިގެންދިޔަ ޗައިލްޑްހުޑް އަހަރެންނަށް ހޯދާ ނުދެވިދާނެ. އެކަމަކު އެއަށްވުރެ އުފާވެރި ހަނދާންތަކެއް އަހަރެން ޝައިނާއާއެކު ރައްކާކުރާނަން” ރާހިލް ބުންޏެވެ.
“ރާހިލްއަށް އަދިވެސް ނޭނގެނީތަ؟ އައި.. އައިމް ސޯ ޑެމޭޖްޑް ރާހިލް. އައި ވިލް ޑިސްޓްރޯއީ ޔޫ އިން ދި ޕްރޮސެސް” ޝައިނާ އޭގެ ދުވަސްކޮޅެއް ކުރިން ރާހިލް ރިއާންއާ ބެހޭގޮތުން ބުނި ޖުމްލަ ތަކުރާރުކޮށްލިއެވެ.
“އިޒް އިޓް ވަޓް ދިސް އިޒް އަބައުޓް.. އަހަރެންނަށް އެދުވަހު އެހެން ބުނެވުނީމަ ޝައިނާއަށް ހީވަނީތަ އަހަރެންނަށް ޝައިނާގެ ބެކްގްރައުންޑް މެޓަރ ވާނޭ؟ ނޯ އިޓް ޑަޒްންޓް.. ވަޓް އިފް ޔޫ އަރ އަ މެސް.. ޔޫ އަރ އަ ބިއުޓިފުލް މެސް.. އައި ވޯންޓް ޓު ބީ އަ ޕާރޓް އޮފް އިޓް އިން އެވްރީ ވޭ.. އައި ޑޯންޓް ކެއަރ އިފް ޔޫ ޑިސްޓްރޯއީ މީ. އެންމެ ފުރަތަމަ ދުވަހުވެސް އެކަން ޝައިނާގެ ލައިފް ގޯލްއަކަށް ހަދައިފީމެއްނު” ރާހިލް އެ ލިބުނު ހަނި ފުރުސަތުގައިވެސް ޝައިނާ ހެއްވައިލިއެވެ.
“އެކަމަކު އަހަރެން ވިސްނާލަން ވަގުތުކޮޅެއް ބޭނުން” ޝައިނާ ބުންޏެވެ. އޭނާ މާ ގިނަ ވަގުތު ރާހިލްގާތު ހޭދަކުރާކަށް ބޭނުމެއް ނުވިއެވެ. އެކަމުގެ ސަބަބުން ސިކުނޑި އޮޅުންބޮޅުންވެ ގޯސް ނިންމުމެއް ނިންމާކަށް އޭނާ ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ މިނިވަންކަމާއެކު އެކަނި އިނދެ ވިސްނާލާށެވެ. “ލަސްވެއްޖެއެއްނު.. ރާހިލް ދެން އެންމެ ރަނގަޅުވާނީ ދިޔައިއްޔާ”
ރާހިލް އިނީ ދާ ހިތަކުން ނޫނެވެ. ނަމަވެސް ޝައިނާ އެހެން ބުނުމުން އޭނާ އިތުރަށް އެތާކު އިންނާކަށް ގަސްތެއް ނުކުރިއެވެ. ބޯ ޖަހައިލަމުން ޝައިނާގެ އެދުމަށް ކޮޓަރިން ނުކުމެ އެޕަރޓްމެންޓްގެ ދޮރާ ދިމާލަށް ހިނގައިގަތެވެ. އޭނާގެ ފަހަތުން ޝައިނާވެސް އައެވެ.
“ގުޑްނައިޓް” ދޮރު ހުޅުވައިލުމަށްފަހު ބޭރަށް ނުކުތުމުގެ ކުރިން ރާހިލް ޝައިނާއާ ގާތްވެލުމަށްފަހު ޝައިނާގެ ނިތްކުރިއަށް ބޮސްދިނެވެ.
ރާހިލް ނުކުތުމުން ދޮރު ލައްޕައިލުމަށްފަހު ޝައިނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ މޫނުމައްޗަށް ވެރިވެފައިވި ހިނިތުންވުން ފިލައިދިޔައެވެ. ނިތްކުރީގައި ހިފަހައްޓައިލައިގެންހުރެ ސޯފާގައި އިށީންއިރު ރާހިލްއަށް ދޭނެ ޖަވާބަކާމެދު ވިސްނެމުން ދިޔައެވެ.
މީގެ ކުރިން އޭނާއަށް މީހުން ހުށަހަޅާ ހުށަހެޅުންތަކަށް އިންކާރު ކުރަން އޭނާ ދެވަނަ ވިސްނުމަކަށް ދާކަށް ނުޖެހެއެވެ. އޭނާއާ އެމީހަކާ ދެމެދު އޮންނަ ގުޅުމަށް އަންނާނެ ހީނަރު ކަމަކަށްވެސް އޭނާ ފަރުވާލެއް ނުބަހައްޓައެވެ. ނަމަވެސް ރާހިލްގެ ހުށަހެޅުމަށް އިންކާރު ކުރަން އޭނާއަށް އެހާ އުނދަގޫ މިވަނީ ކީއްވެބާއެވެ؟ އެގުޅުން ހީނަރުވެދާނެތީ ކަންބޮޑުވަނީ ކީއްވެބާއެވެ؟ އޭނާގެ ހަޔާތުގައި ރާހިލް އެހާ މުހިއްމު މީހަކަށް ވީ ކޮންއިރަކު ބާއެވެ؟
***********
“ވަޓް؟؟ ދޮންބެ ސިސްގާތު ރައްޓެހިވާން އެހީއޭ؟” ސޯފާގައި އިން އިޝްވާއަށް ޝައިނާގެ ވާހަކަ އިވުމާއެކު ފުންމައިގެން ތެދުވެވުނެވެ. ހަމަ ތެދުވުމާއެކުހެން ކައިރީގައި އިން ޝިމާން އިޝްވާގެ އަތުގައި ހިފައި އަނެއްކާވެސް ސޯފާގައި ބޭންދިއެވެ. އޭރު އެދެމީހުންގެ ކުރިމައްޗަށް ވާގޮތަށްހުރި ތިރި މޭޒުގައި އިން ޝައިނާގެ މޫނުމަތިން ފެންނަމުންދިޔައީ ހާސްކަމެވެ.
“އަޅެ ދެން އަހަރެން ކިހިނެއްތަ ހަދާނީ؟” ޝައިނާ ގޮތްހުސްވެފައި އަހައިލިއެވެ.
“ހަދާނީ ކިހިނެއްހޭ؟؟ އިޓްސް އޮބްވިޔަސް.. ރިޖެކްޓް ހިމް.. ބަލާބަލަ ހުރި ލަދުކުޑަކަން. ސިސް ހައްލާލަން އެބަ އުޅެއެއްނު. ޔޫ ކާންޓް ސޭ ޔެސް. ސިސްއަށް އެނގެއެއްނު ދޮންބެގެ ގޮތް. ޕްލީޒް ޑޯންޓް ބީ އަނަދަރ ވަން އޮފް ހިޒް ޓޯއީޒް. ސިސްއަށް ދެރަގޮތެއް ވާކަށް އިޝީ ބޭނުމެއްނޫން. އިޝީ ހިއެއް ނުކުރަން ދޮންބެއަށް ސިސް ކައިރީ އަހަން ކެރޭނެ ކަމަކަށްވެސް” އިޝްވާ ބުންޏެވެ.
“އަހަރެން ހުރީ އެކްސްޕެކްޓް ކޮށްގެން.. އަހަރެންނަށް އެނގޭ އަހާނެކަން. ފިރިހެނަކު އަންހެންކުއްޖަކާ ގަޔާވީމަ އުޅޭގޮތް އަހަރެންނަށް އެނގޭ. ސިސް ވިސްނާލަބަ މިދިޔަ މަދު ދުވަސްކޮޅުގަ ބޭބެގެ އުޅުން ހުރި ގޮތަށް. ހީ ވޯޒް ފުލީ ޑިވޯޓެޑް ޓު ޔޫ ހަމަ. ސިސް ނޫން އިތުރު އެއްވެސް މީހަކަށް ބޭބެގެ ދިރިއުޅުމުގަ ވަގުތެއްް ނޯންނަ ކަހަލަ. ޔުއަރ ވިޝް.. ހިޒް ކޮމާންޑް. އެވަރުން އަހަރެން ޝޮކްވެފަ މިހިރީ އަދި އިންނަން ނޭހީތީވެސް.”
“އެކަމަކު އަހަރުމެންގެ ކަމަކީ އަބަދު ކޯޅުމެއްނު” ޝައިނާ ބުންޏެވެ.
“ލައިކް އަ ކަޕްލް.. ސިސް ވިސްނާލަބަ… ސިސްގެ އެއްވެސް ފްރެންޑަކާ ސިސް ފައިޓްކުރަންތަ ބޭބެއާ ކުރާވަރަށް.. ސިލީ ކަންކަމާ.. ދެން އަގައިން ޔޫ ޑޯންޓް އިވަން ހޭވް އަދަރ ގައި ފްރެންޑްސް. ޔޫ ހޭޓް މެން!! އިޓްސް ޖަސްޓް ހިމް” ޝިމާން ބުންޏެވެ.
“އައި ހޭޓް ހިމް ޓޫ..” ޝައިނާ ލޯ އަޅައިލިއެވެ.
“ކާންޓް ފޫލް މީ..” ޝިމާން ދެކޮނޑު އަރުވައިލަމުން ބުންޏެވެ.
“މިއީ އަދި ކީކޭ ކިޔާ މީހެއްތަ؟ ސިސް ޕްލީޒް. މީނަ ކިޔާ އެއްޗެހި އަޑު ނާހާތި!! ސިސް އަމިއްލައަށް ދެރަވާން ބޭނުން ނެތިއްޔާ އެކަހަލަ ގޮތަކަށް ދޮންބެއާ ވައި ވެސް ނޭޅޭތި!” އިޝްވާ ބުންޏެވެ.
“އެކަމަކު އަހަރެން ނޫނެކޭ ބުނެފިއްޔާ މި ރަހްމަތްތެރިކަން އެކީ ގެއްލޭނެ. މިއީ އަހަރެންނަށް ވަރަށް ހާއްސަ ގުޅުމެއް.. ޝިމާން ބުނިހެން އަހަރެންގެ މާގިނަ ރައްޓެހިންނެއް ނުތިބޭ… ޒީމެން ނުލާ ޖަސްޓް ހިމް.. ހީ އިޒް ނައިސް. ފަނީ.. ޑަޒް ނޮޓް ޖަޖް މީ-”
“ހީ އިޒް އޯލްސޯ ވެރީ ސްވީޓް އެންޑް ކައިންޑް އެންޑް ސަޗް އަ ޖެންޓްލްމޭން. އައި ނޯ ސިސް. ސިސް ހީކުރަނީ އިޝީއަށް އަލަށް ކަމަށްތަ ތިގޮތަށް އަންހެން ކުއްޖަކު ދޮންބެއާ ބެހޭގޮތުން ވާހަކަދައްކާ އަޑު މި އިވެނީ؟ ކޮބާ އެ އެންމެން؟ އެންމެ ގިނަ ދުވަސްވީ ކުއްޖަކަށްވެސް އިޝީ ހަނދާންވަނީ 3 މަސް. އިޝީ އޭރުވެސް ބުނިން ދޮންބެގެ މަޅީގަ ނުޖެހޭށޭ..” އިޝްވާ ޝައިނާގެ ވާހަކަ މެދުކަނޑައިލިއެވެ.
“އެނގެޔޭ ތިކަންވެސް.. އެކަމަ–” މިފަހަރު ޝައިނާއަށް އޭނާގެ ވާހަކަ ކުރިއަށް ނުގެންދެވެނީސް އިޝްވާ އިންތަނުން ތެދުވިއެވެ. އަދި ހަރުފިޔަވަޅުތަކެއްގައި އެ އެޕަރޓްމެންޓުން ނުކުމެގެން ދިޔައެވެ. ޝައިނާއަށް އެ މަންޒަރުފެނި ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ޝިމާން އިޝްވާ ދިޔަތަން ބަލަން އިނުމަށްފަހު ސޯފާގެ ކުރިއަށް ޖެހިލައި ޝައިނާގެ އަތުގައި ހިފައިލިއެވެ.
“ސިސް.. އަހަރެންނަށްވެސް އެނގޭ އިޝީ އެ ދެއްކީ ތެދު ވާހަކައެއްކަން އެކަމަކު.. އަހަރެންނަށް ބޭބެ ސިސްއާ ދޭތެރޭ ދެރަގޮތެއް ހަދާފާނެކަމަކަށް ނުވިސްނޭ… ނޭނގެ ކީއްވެކަމެއް.. އެކަމަކުވެސް ސިސްއަށް އެނގޭނީ. ސިސް ޖަވާބެއް ދޭ ގޮތަކުން ސިސްއަށް ބޭބެ މުޅި އުމުރަށްވެސް ގެއްލިދާނެ. އެއީ މިހާރު އެބަ ޔަގީންވޭ ސިސްގެ ފަރާތުން ބޭބެ ބޭނުންވަނީކީ އެކުވެރިކަން ނޫންކަން. އެހެންވީމަ ސިސްގެ އަމިއްލަ ނަފްސާ ސުވާލުކުރޭ. ޔޫ ހޭވް ލޮސްޓް އޯލްމޯސްޓް އެވްރިވަން އިން ޔޯރ ލައިފް ސިސް. އަރ ޔޫ ރެޑީ ޓު ލޫޒް ހިމް ޓޫ؟؟” ޝިމާން އަހައިލިއެވެ. ޝައިނާއަކަށް އެ ސުވާލަށްދޭނެ ޖަވާބެއް ނޭނގުނެވެ.
“މި ސުވާލަށް ސިސްއަށް ޖަވާބެއް ދެވުނު އިރަކުން ބޭބެއަށް ޖަވާބެއް ދީ.. އަވަސް އަރުވާލާނެ ކަމެއް ނެތް.. އަހަރެން ދަނީ އިޝީ ވީ ހިސާބެއް ބަލާލަން އެނގޭ. ވެދާނެ ބޭސް ފިހާރައަށް ކަމަށް އެ ދިޔައީ” ޝިމާން ބުނެލިއެވެ.
“އިޝީ ބަލީތަ؟” ޝައިނާ ސުވާލު ކުރިއެވެ.
“ނޫން. ބޭބެ އަތުގަ ފިތްގަނޑުތަކެއް ނަގައިގެން އުޅޭތީ އިޝީ ކައިރި ބުނީއޯ އުނގުޅާނެ ބޭހެއް ގެނެސްދެން.. ރޭގަ ގަޔަށް ބުޅަލެއް ފުންމާލީއޯ.. ބޭބެ އެލަރޖިކް އޯ ކެޓްސް ފަރ އަށް… ސިސްއަށް ނޭނގޭތަ؟” ޝިމާން ބުންޏެވެ.
“އެކަހަލަ ވާހަކައެއް ނުބުނޭ.. މިހާރު ރަނގަޅުތަ؟” ޝައިނާއަށް ރޭގައި ރާހިލް އެ ބުޅަލުގައި އަތްނުލާން އުޅުނު އަސްލު ސަބަބު އެނގުނެވެ. އެކަމަކާ ރާހިލްގެ ކިބުރުވެރިކަމަކާ ގުޅުމެއް ނެތްކަން އެނގުނެވެ. ދެން އެވަރަކުން އޭނާއަށްޓަކައޭ ކިޔާފައި ފަހުން އެ ބުޅަލުގަ އަތްލަން ޖެހޭ ހެއްޔެވެ؟
“ހާސްނުވޭ… އެހާ ބޮޑުވަރެއް ނުވޭ ކަންނޭނގެ” ޝިމާންގެ ވާހަކައަށް ޝައިނާ ބޯ ޖަހައިލިއެވެ.
“އިޝީ ކައިރި ބުނައްޗޭ އަހަރެން ވަކި އެއްޗެއް ނުބުނަންދެން ރާހިލްއާ ދިމާލަށް އެއްޗެކޭ ނުކިޔާށޭ” ޝައިނާ ބުނެލިއެވެ. ޝިމާން އެކަމަށް ބޯ ޖަހައިލުމަށްފަހު އެޕަރޓްމެންޓުން ނުކުތީ ޝައިނާ ފުން ވިސްނުމެއްގެ ތެރެއަށް ދޫކޮށްލައިފައެވެ.
************
ދެތިން ދުވަސް ފާއިތުވެގެން ދިޔައިރުވެސް ޝައިނާއަށް ރާހިލްގެ ހުށަހެޅުމަށް ދޭނެ ޖަވާބަކާމެދު ގޮތެއް ނުނިންމުނެވެ. ރާހިލްއާމެދު އޭނާގެ ހިތުގައި އެއްވެސް އާދަޔާހިލާފު އިހުސާސްތަކެއް ވާކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ. ރާހިލް އެދުނީ އެ އިހުސާސްތައް އުފަންކުރާނެ ފުރުސަތަކަށެވެ. ފިރިހެނުންނަށް އިތުބާރު ކުރުމަކީ އޭނާއަށް އެހާ ފަސޭހަކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް ރާހިލްފަދަ އަންހެންކުދިންގެ ހިތްހަލާކު ކުރުމުގައި އަރާހުރި މީހަކަށް އިތުބާރު ކުރަން އޭނާ ފަސްޖެހެއެވެ. މުޅި ދުނިޔެވެސް އޭނާ ރާހިލްގެ ހުށަހެޅުމަށް އިންކާރު ކުރަން ޖެހޭކަމުގެ ހެކި ދައްކަމުން ދިޔައެވެ. ނަމަވެސް އިންކާރުކުރުމުގެ ނިޔަތުގައި ރާހިލްގެ ކުރިމައްޗަށް އަރާ ކޮންމެ ފަހަރަކު އޭނާގެ ހިޔާލު ބަދަލުވެއެވެ. ރާހިލްގެ މޫނުމަތީގައިވާ ހިނިތުންވުމާއި، އެ ދެލޮލުގައިވާ އުއްމީދުގެ ވިދުވަރު ފެންނަ ކޮންމެ ފަހަރަކު އަދި ވިސްނާލަން ވަގުތު ބޭނުންވާކަމަށް ހިތް ބުނެއެވެ.
މިރެއަކީވެސް އެކަހަލަ ރެއެކެވެ. ރާހިލްގެ އެދުމަށް ގޭގައި ލަޒާންޏާ ތައްޔާރު ކުރުމަށްފަހު އޭނާ ރާހިލްއަށް ކާން ގުޅީ އެރޭ ރާހިލްއަށް އެދެމީހުން ގުޅުމަކީ ރަނގަޅުގޮތް ނޫންކަން ވިސްނައިދިނުމުގެ ނިޔަތުގައެވެ. އޭނާ ރާހިލްއާ ވާހަކަ ދައްކަން ބޭނުންވެފައި އިންކަން ދެނެގަނެ ޝިމާން އަވަހަށް ކައި ނިންމައިލުމަށްފަހު ކޮޓަރިއަށް ވަނެވެ. ޝައިނާއާއި ރާހިލް އެކަނިވިއެވެ. ނަމަވެސް ރާހިލް ކައި ނިމެންދެން މަޑުކުރުމަށް އޭނާ ގަސްދުކުރިއެވެ.
ކައި ނިމުމުން ތަށިތައް ނެގުމުގައި ރާހިލް ޝައިނާއަށް އެހީތެރިވެދިނެވެ. އެއަށްފަހު ތަށިތައް ދޮވެ ހިއްކަން އެޅުމުގައިވެސް އެހީތެރިވެދިނެވެ. ޝައިނާ ތަށި ދޮންނަ ވަރަކަށް ރާހިލް އެ ތަށިތައް ފުހެފައި ހަރުގައި ބަހައްޓަމުން ދިޔައެވެ. އެންމެފަހަށް އަވަނަށް ލައިފައިހުރި ޓްރޭ ދޮންނަނިކޮށް ރާހިލް އެތަނުން ގެއްލިއްޖެއެވެ. ދެން ފެނުނީ ޝައިނާގެ ކޮޓަރިން ބޮލުގައި އައްސާ ވޫލުކޮޅެއް ހިފައިގެން އައިސް ޝައިނާގެ ފަހަތުގައި ހުއްޓިލިތަނެވެ. އަދި ޝައިނާގެ މޫނުމައްޗަށް އެޅިފައިވާ އިސްތަށިތަށް ފަހަތައް ގެނެސް އެކީ އެކައްޗަކަށް އިސްތަށިގަނޑު އައްސައިލައިދިން ތަނެވެ. ޝައިނާގެ ހަނދާނަށް އައީ އެދެމީހުން ކާން ދިޔަރޭގެ ހަނދާންތަކެވެ. ރާހިލްގެ އެ އޯގާތެރިކަމުން އޭނާގެ ހިތް ފުރިގެންއައި ކަމުގައިވިޔަސް އެ އޯގާތެރިކަން ފެންނަ ކޮންމެ ފަހަރަކު ޝައިނާއަށް އުނދަގޫވަމުންދިޔައީ އޭނާ ދޭން އުޅޭ ޖަވާބުގެ ގޮތުންނެވެ.
“ރާހިލް” ހުރިހާ ކަމެއް ނިމުމުން ޝައިނާ ރާހިލްއަަށް ގޮވައިލިއެވެ. އަދި އޭނާގާތު ސޯފާގައި އިށީނުމަށް އިޝާރާތް ކުރިއެވެ. ރާހިލް އައިސް ސޯފާގައި އިށީނުމާއެކު ޝައިނާ ފުންނޭވާއެއް ދޫކޮށްލަމުން ވާހަކަދެއްކިއެވެ.
“ރާހިލް.. އަހަރެން ވަރަށް ވިސްނައިފިން ރާހިލް ދެއްކި ވާހަކައާމެދު.. އަހަރެންނަށް މާފުކުރޭ ރާހިލް…. އަހަރެންނަކަށް ހިއެއްނުވޭ އަހަރުމެން ދެމީހުން ގުޅުމަކީ ރަނގަޅު ހިޔާލެއްހެނެއް.. އަހަރެންނަކަަށް ރާހިލްއާމެދު އެކަހަަލަ ގޮތަކަށް ނުދެކެވޭ.. އެންޑް އައި ނޯ ދިސް އިޒް ގޮނަ ކޯސްޓް މީ އަވަރ ފްރެންޑްޝިޕް ބަޓް އައިމް ރެޑީ-”
“ރެޑީ ޓު ލޫޒް މީ..” ރާހިލް ބޯ ޖަހައިލަމުން ހިތިގޮތަކަށް ހިނިތުންވެލިއެވެ. ޝައިނާވެސް ރާހިލްގެ ޖުމްލައަށް ބޯ ޖަހައިލިއެވެ. އެމަންޒަރު ފެނި ރާހިލްގެ ހިތުގެ ނޭނގޭ ދިމާލެއްގައި ރިއްސައިލިއެވެ. އޭނާއަކީ ޝައިނާގެ ހަޔާތުގައި އެއްވެސް މުހިއްމުކަމެއް ހުރި މީހެއް ނޫންކަން އެނގުމާއެކު ހިންދިރުވައިލެވުނެވެ.
“އަހަރެން ވަރަށް ގިނަ ގޮތް ގޮތަށް މިކަމާ ވިސްނައިފިން ރާހިލް. ރާހިލްއަށް އަހަރެންގެ ބެކްގްރައުންޑް މެޓަރ ނުވިކަމުގައި ވިޔަސް އަހަރެންނާ ރާހިލްއާ އެއްވެސް ގޮތަކުން ކޮމްޕެޓިބަލް އެއް ނޫނޭ.. ރާހިލް ގަބޫލުކޮށްބަލަ އަހަރެންނާ ރާހިލްއާ ހުރި ތަފާތު.. ރާހިލްއަކީ ގަނޑުވަރެއްގެ ޝެހެޒާދާއެއްހެން ބޭނުންވާ ކޮންމެ އެއްޗެއް ލިބިގެން އެންމެންގެ ލޯތްބާއެކު، އެއްވެސް މަސްއޫލިއްޔަތެއް ނެތި އުޅެ ބޮޑުވި މީހެއް. އެކަމަކު އަހަރެން.. އަހަރެންނަކީ ބޭބެ ހުރިއިރުވެސް މި އާއިލާގެ ހުރިހާ ކަމަކާ ހަވާލުވެގެން ޒިންމާތަކާއެކު ބޮޑުވި މީހެއް… އަހަރެންނާ ރާހިލްގެ ވިސްނުމާއި ހިޔާލު ވަރަށް ތަފާތުވާނެ… ރާހިލް.. އަހަރެންގެ ބައިވެރިއަކަށް ބޭނުންވަނީ ވަރަށް ކެތްތެރި ޒިންމާދާރު މީހެއް… އެކަމަކު ރާހިލްގެ އަމިއްލަ އުޅުމަށް ބަލާލަބަ.. ރާހިލް ކުޑަމިނުން ދިރިއުޅުމަށްޓަކާ މަސައްކަތްކޮށް ވަޒީފާއަކަށްވެސް ނުދަމެއްނު… ގަބޫލުކުރަން ރާހިލް ބޭނުންވާ ހުރިހާ ކަމެއް ވަންޏާ އަދި ހުރިހާ އެއްޗެއް ލިބެންޏާ އެއީ މައްސަލައެއް ނޫންކަން… އެކަމަކު އެއީ އަހަރެންގެ ބައިވެރިއެއްގެ ފަރާތުން ބޭނުންވާ ގޮތެއް ނޫނޭ ރާހި-”
“ޝައިނާއަށް ހީވަނީތަ އަހަރެން ވަޒީފާއަކަށް ނުގޮސް މިހިރީ އަހަރެންނަށް ވަޒީފާއެއް ނުލިބޭނެތީއޭ؟؟ ފޯ ގޯޑްސް ސޭކް އައި އޭމް މޭޖަރޑް އިން ފައިނޭންސް. ވަން އޮފް ދަ މޯސްޓް ޑިމާންޑިންގް އިންޑަސްޓްރީޒް އިން ދި ޖޮބް މާރކެޓް.. އައި ހޭވް ވަރކް އެކްސްޕީރިއަންސް ފްރޮމް ޔޫ.ކޭ. އައި ކޭން ގެޓް އަ ޖޮބް ހިއަރ ވިތް އަ ސްނެޕް އޮފް މައި ފިންގަރސް. ޝައިނާ އަހަރެން ރިޖެކްޓް ކުރަން ބޭނުމިއްޔާ ތިހާ ސްޓުޕިޑް ބަހަނާއެއް ނުދެއްކިޔަސް އެ ހައްގު ޝައިނާއަށް އޮންނާނެ. ޝައިނާ ބުނެފިއްޔާ މީގެ ފަހުން އަހަރެން ޝައިނާއަކަށް އުނދަގުލެއް ނުކު-”
“ނޯ ރާހިލް.. މިބުނީ.. އަހަރެންނަށް އަދިވެސް ދުވަސްކޮޅެއް ދީ” ރާހިލްގެ ވާހަކަ މެދުކަނޑައިލަމުން ޝައިނާ ބުންޏެވެ.
“އޯކޭ.. އަހަރެން އަދިވެސް މިހިރީ އިންތިޒާރުގަ..” ރާހިލް ހިނިތުންވެލަމުން ޝައިނާގެ އަތުގައި ހިފައިލިއެވެ. އުޅަނބޮށްޓާ ހަމައަށް ގަމީހުގެ އަތުކުރި އޮޅައިލެވިފައިވުމުގެ ސަބަބުން ހާމަވެފައިވާ ރާހިލްގެ އަތަށް ޝައިނާގެ ސަމާލުކަން ހުއްޓުނެވެ.
“މިހާރު އަތް އޯކޭތަ؟” ޝައިނާ އަހައިލިއެވެ.
“ޔެސް. މިހާރު އެކަމުގެ ހިލަމެއްވެސް ނެތެއްނު..” ރާހިލްވެސް އަމިއްލަ އަތަށް ބަލައިލަމުން ބުންޏެވެ.
“އެކަމަކު ދެން އެކަހަލަ މޮޔަކުދިން ކުރާކަހަލަ ކޫސަނި ކަންކަން ނުކުރައްޗޭ.. އެރޭ ކީއްވެ ނުބުނީ؟” ޝައިނާ ޝަކުވާ ކުރިއެވެ.
“އެކަމާ އަޅާނުލާ. އެއީ ދެން އެހާވަރު ކަމެއްނޫން.. އެއީ ކިތަންމެ ކުޑަކަމެއް ވިޔަސް ޝައިނާ އިމްޕްރެސް ކުރެވުނެއްނު.. މިރޭ ދެން މާ ލަސްވެއްޖެ. ދަނީ އެނގޭ.. ގުޑް ނައިޓް ސަންތި” ރާހިލް ގޮނޑިން ތެދުވެ ޝައިނާގެ އިސްތަށިގަނޑު ކުޑަކޮށް ހާވައިލާމުން ބުންޏެވެ.
“ދެން ރާހިލް” ޝައިނާ އަނެއްކާވެސް އެ އިސްތަށިގަނޑު ރީތިކޮށް އައްސައިލަމުން ބުންޏެވެ. އޭރު ރާހިލް ހެމުން ހެމުންގޮސް އެގޭގެ ދޮރުން ނުކުމެއްޖެއެވެ. ރާހިލް ނުކުތުމާއެކު ޝައިނާ ފުން ނޭވާއެއް ދޫކޮށްލަމުން އިޝްވާއަށް ފޯނުކުރިއެވެ.
“ޔެސް ސިސް.. ކޮބާ ކިހިނެއް ދިޔައީ؟” އިޝްވާ އުފާވެރި އަޑަކާއެކު އަހައިލިއެވެ.
“އައި..އައިމް ސޮރީ އިޝީ… އައި. އައި ރިއަލީ ޓްރައިޑް އަހަރެން ވަރަށް މަސައްކަތް ކުރިން އެކަމަކު ރިޖެކްޓް ކުރާވަރު ރީޒަންއެއް ނުފެނުނު.. އެއްވެސް ސަބަބަކާނުލާ-”
“ޔޫ ޑޯންޓް ނީޑް އަ ރީޒަން ޓު ރިޖެކްޓް ހިމް ސިސް. ކޮންމެހެން ސަބަބެއް ދޭން ޖެހޭތަ؟” އިޝްވާގެ އަޑުގައިވި އުފާވެރިކަން ގެއްލުނެވެ.
“އިޝީ.. އެނގެޔޭ ސަބަބެއް ދޭން ނުޖެހޭކަން އެކަމަކު އިޝީ ތިބުނާހާ ފަސޭހައެއް ނޫނޭ.. އަހަރެންނަށް އެނގޭހެން އިޝީއަކަށް ރާހިލްއެއް ނޭނގޭ-”
“ރިއަލީ؟ ސިސްއާ ދޮންބެއާ ދިމާވިތާ މިވީ އަދި އެންމެ ހަތަރު މަހޭ! އެކަމަކު އަހަރެން؟ އަހަރެންގެ އުމުރުން ވީހާ ދުވަހެއް ވަންދެން އަހަރެންނަށް ދޮންބެ އެނގޭއިރު ސިސް ތި ބުނަނީ އަހަންނަށްވުރެން ރަނގަޅަށް ދޮންބެ އެނގޭނީ ސިސް އަށޭތަ؟” އިޝްވާ ހިތްހަމަ ނުޖެހުނެވެ. އޭނާ ވަނީ ފާޅުގައި ޝައިނާއާއި ރާހިލްގެ ގުޅުމާ ނުގަބޫލުކަން ދައްކައިފައެވެ. އަދި އެ ގުޅުމަށް އިންކާރު ކުރުމަށް ޝައިނާއަށް އަންގައިފައެވެ.
“އިޝީ އެހެނެއްނޫނެ–” ޝައިނާގެ ވާހަކަ ފުރިހަމަ ނުކުރެވެންދެން އިޝްވާ ފޯނު ކަނޑައިލިއެވެ. ދެފަހަރެއްގެ މަތިން ޝައިނާ އިޝްވާއަށް ގުޅަން ކުރި މަސައްކަތް ބޭކާރުވީ އިޝްވާ ފޯނު ބިޒީ ކޮށްލުމުންނެވެ. ގޮތްހުސްވެފައިވާ ފަދައިން ޝައިނާ ސޯފާގައި އިށީނދެ ފުންނޭވާއެއް ދޫކޮށްލިއެވެ.
***********
އާދައިގެ މަތިން ދުވަސް ނިންމައިލުމަށްފަހު ގެއަށް އައިސް ފެންވަރައި ތާޒާވެލައިގެން ރިއާން ބެލްކަންޏަށް ނުކުމެލިއެވެ. ބޯން ގެންގުޅު ރެޑްބުލްދަޅު ރާނައިފައިވާ ރެއިލިންގް މަތީގައި ބެހެއްޓުމަށްފަހު އެތަނުގައި ދެ އުޅަނބޮށި އަޅުވައިލަމުން ކުރިމަތިން ފެންނަމުންދިޔަ މާސިންގާ ކަނޑަށް ނަޒަރު ހުއްޓައިލިއެވެ. ދުރުދުރުގައި އަޅައިފައިވާ ސަފާރީތަކުގެ އަލިން ކަނޑުގެ ބާނިތައް ނަށަމުންދާ ހިތްގައިމު މަންޒަރަކީ އާންމު ދުވަހެއްގައި އޭނާގެ ހިތަށް ހަމަޖެހުން ގެނެސްދޭނެ މަންޒަރެކެވެ. ނަފްސު އާރޯކޮށްދޭނެ މަންޒަރެކެވެ. ނަމަވެސް މިއަދު އެ މަންޒަރުގެ ހިތްގައިމު ކަމަކުން ނުވަތަ ގައިގައި ބީހެމުންދާ ތެތްފިނި ވައިރޯޅީގައިވާ އަރާމަކުން އޭނާގެ ނަފްސަކަށް ތަސައްލީއެއް ނުލިބުނެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އަނދިރިކޮށްލައިފައިވާ އެޕަރޓްމެންޓްގެ އެތެރެއަށް އޭނާ ހިނގައިގަތީ ސިނގިރޭޓުފޮށި ހޯދުމަށެވެ. ސޯފާގެ ކުރިމަތީގައިހުރި ބިއްލޫރި މޭޒުމަތީގައި އޮތް ސިނގިރޭޓު ފޮށި ނަގަން ގުދުވެލި ވަގުތު އެތަނުގައި އޮތް ވޮލެޓު އޭނާގެ ލޮލުގައި އަަޅައިގަތެވެ. އިރުކޮޅަކު ހުއްޓުންއަރައިފައި ހުރުމަށްފަހު އޭނާ ދެން ބެލްކަންޏަށް ނުކުތީ އެ ވޮލެޓުވެސް ހިފައިގެނެވެ.
ރިއާން އެ ވޮލެޓު ހުޅުވައިލަމުން އޭގެ ތެރެއިން ކަޅުކުލައިގެ ބޮލުގައި އައްސާ ވޫލުކޮޅެއް ނެގިއެވެ. އެއީ ޒީވާ އެ ގެއަށް އައި ރެއަށްފަހު އޭނާގެ އެނދުގެ ބާލީސް ކައިރިން ހޯދި ރަބަރެކެވެ. އެއީ ކިތަންމެ ކުޑަ އެއްޗެއް ކަމުގައިވިޔަސް އެދުވަހު އޭނާ އެ ވޮލެޓަށްލީ ޒީވާ ދެން ފެންނަ ދުވަހަކުން އެ ދޭނީ ކަމަށް އަމިއްލަ ނަފްސަށް ބުނަމުންނެވެ. ނަމަވެސް އެފަހުން ޒީވާއާ ދިމާވި ދުވަހުވެސް އޭނާއަކަށް އެކަމެއް ނުވިއެވެ.
ހަގީގަތަކީ ޒީވާގެ އެ ކުޑަކުޑަ ހަނދާން އޭނާއަށް ދޫކޮށްލަން ނުކެރުނީކަމެވެ. އިރުކޮޅެއް ވަންދެން ދެއަތުގެ ތެރޭގައި އެ ރަބަރުކޮޅު އެތައް ގޮތަކަށް ގެންގުޅުމަށްފަހު ރިއާން އޭތިކޮޅު އޭނާގެ ވައަތުގެ ކުޑަހުޅުގައި އަޅުވައިލިއެވެ. އިރުއިރުކޮޅާ އެ ރަބަރު ދުރަށް ދަމައިލުމަށްފަހު އަތުގެ ހަންގަނޑަށް ފިއްލާނެހެން ދޫކުރަމުން ދިޔައިރު ޒީވާގެ ކައިވެންޏާ ގުޅޭގޮތުން ޝައިނާ ކުރީދުވަހު ދެއްކި ވާހަކަ އޭނާގެ ސިކުނޑީގައި ތަކުރާރު ވަމުން ދިޔައެވެ. އެ ވާހަކަތަކުގެ އަޑު ގަދަވަމުންދިޔަ ވަރަކަށް އޭނާގެ އަތުގެ ހަރަކާތްވެސް އަވަސްވަމުން ދިޔައެވެ. އެ ވިސްނުމުގައިހުރެ އަތުކުރީގައި އެ ރަބަރު ޖެހި ފިއްލަމުންދާ ހިސާބު ފާހަގަވެ ރަތްވަމުން ދިޔައިރުވެސް އޭނާއަށް އެކަން ރޭކައިނުލައެވެ. އެ ސިކުނޑީގެ ތެރޭގައި ހިނގަމުންދިޔަ ހައިޖާނުގަނޑު ބޮޑުވެ ބޮލަށް ބާރުކުރާ ހިސާބަށް ދިޔުމާއެކު ރިއާން ހަޅޭލައްވައިގަންނަމުން ކައިރީގައިހުރި ރެޑްބުލްދަޅު ނަގައި ބަނޑިކޮށްލުމަށްފަހު އަތުގެ ކޮޅަށް ހޫރައިލިއެވެ.
***********
ކޮޓަރީގެ ސީލިންގުގައި އަޅުވައިފައިވާ ފަންކަލަށް ބަލަހައްޓައިގެން ވިސްނުމަކަށް ގެއްލިފައިއޮތް ޒީވާގެ ކައިރީގައި އިށީނދެލައިގެން އިން ޝައިނާ އިރުއިރުކޮޅާ ޒީވާގެ ނަމުން ގޮވައިލައެވެ. އޭނާ ދިޔައީ މެސެޖުގެ ޒަރީޔާއިން ކޮންމެވެސް ވެޑިންގް ޕްލޭނަރަކާ ވާހަކަދައްކަމުން ކަމަށްވާތީ އިރުއިރުކޮޅާ އެކި ކަންކަމުގައި ޒީވާގެ ހިޔާލު ހޯދަމުން ދިޔައެވެ. ނަމަވެސް އެކަމަށް ޒީވާގެ ފަރާތުން މާބޮޑު އެއްބާރުލުމެއް ނުލިބެއެވެ. މަޑުމަޑުން ބުނެލާ ހޫމްއެއްގެ އަޑު ފިޔަވައި އިތުރު އަޑެއް ޒީވާގެ ފަރާތަކުން ނީވެއެވެ.
“ޒީ.. ދެން އަޅެ މިކަމާ ވެބަަލަ.. ޒީގެ އަމިއްލަ ވެޑިންގެއްނު” ޝައިނާ ޒީވާގެ އަތުގައި ހިފައި ތެދުކުރިއެވެ.
“ދެން އަޅެ ޝައިއަށް ފެންނަ ގޮތެއް ހަދާބަލަ. އޯކޭވާނެ. އިޓްސް ނޮޓް ލައިކް އައިމް މެރީއިންގް މައި ޑްރީމް މޭން އޯރ ސަމްތިންގް” ޒީވާ ފާޑަކަށް ތުން އަނބުރައިލަމުން އަނެއްކާވެސް އޮށޯތެވެ.
“ޒީ..އަޅެ ޑްރީމް މޭން ނުލިބުނަކަސް ހަމަ އެހާ ޑްރީމީ އެހެން މީހެއްވެސް ލިބިދާނެއެއްނު.. ޒީ ހަމަ އެއްވެސް ވަރަކަށް އެއީ ކާކުކަން ބަލައިލުމުގެ ޝައުގެއް ނެތްތަ؟” ޝައިނާ ޒީވާގާތު އޮށޯވެލިއެވެ.
“އޭނަ ނުލިބޭނެކަން އެނގޭއިރު އެހެން ކޮންމެ މީހެއް ލިބުނަސް ފަރަގަކީ ކޮބާ؟ އަހަރެންގެ ހިތަށް އަރާހަމަ އޭނަގެ ހިތަށް އެކައްޗެކޭވެސް ނާރަނީބާއޭ”
ޒީވާގެ އަޑުގައިވާ ހިތާމަ ޝައިނާއަށް ފާހަގަ ކުރެވުނެވެ. އަދި ޒީވާ އެދައްކަނީ ކާކުގެ ވާހަކަ ކަންވެސް އެނގުނެވެ.
“އަހަރެންނަކަށް ކިޔާދޭކަށް ނޭނގޭ މި ވާ ގޮތެއް. އަހަރެން މޫވް-އޮން ކުރަން ހާދަ ބޭނުމޭ.. މީހަކަށް ނޭނގުނަސް އަހަރެންގެ ހިތުގަ ހާދަ ވޭނެއް އަޅައޭ. ރިއާން ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތް އެތައްހާސް ފަޅިއަކަށް ކުދިކުދިވެގެންދާ ކަހަލަ. އެންމެ ފަހަރަކު.. ހަމަ އެންމެ ފަހަރަކު ރިއާން އަހަރެންގާތު މި ކައިވެނި ނުކުރާށޭ ބުންޏަސް އަހަރެން މި ކައިވެންޏެއް ނުކުރާނަން” ޒީވާގެ ލޮލުގެ ހިމަކޮޅުން ކަރުނަ ތިއްކެއް ނީރައިލިއެވެ. ޝައިނާވެސް ޒީވާގެ ހާލާމެދު ދެރަވިއެވެ. ހިތްވަރުދޭން ބޭނުންވިއެވެ. އޭނާ ބިރުގަންނަ އިތުރު ކަމެއްވެސް އެބައޮތެވެ. ރާހިލް ބުނި ފަދައިން ރިއާންއަށް ކައިވެނީގެ ހަބަރު ލިބޭ އިރަކުން އެކައިވެންޏަށް އިންކާރު ކޮށްފާނެ ކަމަށެވެ. ނުވަތަ ކައިވެނީގެ ފަހުންވެސް ޒީވާ އެ ބޭނުންވާ ލޯބި ރިއާންގެ ފަރާތުން ނުލިބިދާނެ ކަމަށެވެ.
“ޒީ.. އަހަރެން ތިކަމާ ބުނާނީ ކީކޭ؟ ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް” ޝައިނާ ޒީވާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލައިދިނެވެ. ޒީވާވެސް ޝައިނާގެ ވާހަކައަށް ބޯ ޖަހައިލިއެވެ.
“ޒީ..ޒީ.. އެބަ އުޅެންތަ؟” ކުއްލިއަކަށް ރާހިލް ޒީވާގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. “ޝައިނާވެސް އެބަ އިނިން ދޯ. ޒީ. މި ގަމީސް އިސްތިރި ކޮށްލަދީބަ. ރިއާން ބުނެގެ-”
“އަމިއްލައަށް އިސްތިރި ކޮށްބަލަ” ޒީވާގެ އަޑުގައި އެހެންޏާ ނުހުންނަ ރުންކުރުކަން ރާހިލްއަށްވެސް ފާހަގަވިއެވެ.
“އަހަރެން ފެންވަރާލަން ވާއިރަށް މި އިސްތިރި ކޮށްލަދިނިއްޔާ އަވަސްވާނެއްނު؟ ވަރަށް އަވަހަށް ރިއާން ބުނެގެ-”
“ހޫން ތި މިތާ ބާއްވާފަ ދޭ. އެބަދަން އިސްތިރި ކޮށްދޭން” ރާހިލްގެ ވާހަކަ ނުނިމެނީސް ޒީވާ ބުންޏެވެ. ޒީވާ އެހާ އަވަހަށް އެކަން ކޮށްދޭން އެއްބަސްވުމުން ރާހިލް ހައިރާންވި ނަމަވެސް ގަމީސް އެނދުމައްޗަށް އެއްލުމަށްފަހު އޭނާ އެތަނުން ދިޔައެވެ.
“ރިއާން ރިއާން ރިއާން! ބޯ ފަޅައިގެން ދާ ވަރުވޭ. ކޮންމެ ދެޖުމްލަ ދޭތެރެއިން އޭނާގެ ނަން ނުކިޔަކަސް ވެދާނެއެއްނު. ޝައި ބުނާހެން ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް.. މީހަކާ އިނދެގެން ދިޔައިމަ އަބަދު އަހަރެންނަށް އެނަން އިވިއިވިއެއް ނުުހުންނާނެ އެއްނު” ޒީވާ ރާހިލްގެ ގަމީސް އަތަށް ބޮނޑިކޮށްލަމުން އެނދުން ތެދުވިއެވެ. އޭރު އައިސްފައިވާ ރުޅީގެ ސަބަބުން އޭނާ ހީވީ ދެންމެ ދެންމެ ރޮއެގެންފާނެހެނެވެ.
“ލީވް އިޓް ޒީ.. ތި ހާލަތުގަހުރެ ޒީ ނުކުންނާނެ ކަމެއް ނެތް.. އަހަރެން ތިކަން ކޮށްލަދޭނަން. ޒީ އިހަކަށް ހަމަޖެހިލަން މިތާ މަޑުކޮށްލާ.. ބޭނުންވަރަކަށް ވިސްނާލާ…ރޮއެލާ..” ޝައިނާ ޒީވާއަށް ފެންތަށްޓެއް އަޅައިދިނުމަށްފަހު އެނދުގައި ބޭންދިއެވެ. އަދި ޒީވާގެ އަތުގައިއޮތް ގަމީސް ހިފައިގެން ކޮޓަރިން ނުކުމެ ހޯލްވޭ ނިމޭ ހިސާބުގައި ހަދައިފައިވާ ކުޑަ ލޯންޑްރީއާ ދިމާލަށް މިސްރާބު ޖެހިއެވެ.
އިސްތިރި ކުރާ މޭޒުމަތީގައި ގަމީސް ފަތުރައިލި ވަގުތު ޝައިނާގެ ސިކުނޑިއަށް ވެރިވީ ކޮންކަހަލަ ވަސްވާހެއް ކަމެއް ނޭނގެއެވެ. މަޑުމަޑުން ރާހިލްގެ ގަމީސް ނަގައި ނޭފަތާ ގާތްކޮށްލެވުނެވެ. ރާހިލްގެ ގައިން އަބަދުމެ ދުވާ މީރު ސެންޓުގެ ވަސް އެ ގަމީހުގައި ހަރުލައިފައި ހުއްޓެވެ. އެއީ ޝައިނާއަށް އަބަދުވެސް ވަރަށް ކަމުދާ ވަހެކެވެ.
“ގޯޝް.. ޖަސްޓް ސޭ ޔެސް އެޓް ދިސް ޕޮއިންޓް” ކުއްލިއަކަށް ޝައިނާ ސިއްސައިގެން ދިޔައީ ފަހަތުން އިވުނު އިޝްވާގެ އަޑަށެވެ. އިޝްވާގެ އަޑުގައިވާ ނުރުހުމުގެ އިތުރުން އިޝްވާގެ މޫނުމަތީގައިވި ނުރުހުންވުން ޝައިނާއަށް ފާހަގަވިއެވެ،
“ޕްލީޒް އިޝީ.. ޔޫ އަރ އެކްޓިންގް ސޯ ސްޓުޕިޑް” ޝައިނާ ބުންޏެވެ. އިޝްވާ އިތުރަށް ޝައިނާއަށް ރައްދު ދިނުމެއްނެތި އެތަނުގައި ހިއްކަން އަޅައިފައިހުރި ހެދުންތަކެއް ހިފައިގެން ނުކުތެވެ. ޝައިނާ ބޯ ހޫރައިލުމަށްފަހު ރާހިލްގެ ގަމީސް އިސްތިރި ކުރަން ފެށިއެވެ. އެކަން ނިމުމަކާ ގާތްވެފައި ވަނިކޮށް ފަހަތުން މީހެއްގެ ހިލަމެއްވިހެން އޭނާއަށް ހީވިއެވެ. މޭޒަށް އެޅިގެންދިޔަ ބިޔަ ހިޔަނީގެ ސަބަބުން ފަހަތް ނުބެލި ކަމުގައި ވިޔަސް އޭނާއަށް އެއީ ކާކުކަން އެނގުނެވެ.
“ރާހިލް” ޝައިނާއަށް ރާހިލް އެތަނުގައި ހުރިކަން އެނގޭކަން އަންގައިލިއެވެ.
“ހެއި ޑަރލިންގް.. ކޮބާ ނުނިމޭތަ؟” ރާހިލް ޝައިނާއަށް ފެންނާނެހެން މޭޒުގެ އެއްފަޅީގައި ހުއްޓިލަމުން އަހައިލިއެވެ.
“މި ނިމެނީ. ހާދަ އޮފިޝަލްކޮށް.. ތާކަށް ދާން ޖެހުނީތަ؟” ޝައިނާ ހިނިތުންވެލަމުން އަހައިލިއެވެ.
“ހްމްމް. ސޯ އެޕެރެންޓްލީ ދަ ގަރލް އައި ލައިކް ވޯންޓްސް އަ ވެރީ ރެސްޕޮންސިބަލް މޭން.. އެހެންވެ އެކަހަލަ މީހަކަށް ވެވޭތޯ މި އުޅެނީ..” ރާހިލް ބުންޏެވެ.
“މަޑުކޮށްބަ؟؟ ޖޮބް އިންޓަރވިއު އަކަށް ދަނީތަ؟” ޝައިނާ ހައިރާންވެފައި އަހައިލިއެވެ.
“ނޯޕް.. އައިމް ޓޭކިންގް އޯވަރ ދަ ކޮމްޕެނީ ފައިނޭންސަސް” ރާހިލް އާދައިގެ ގޮތަކަށް ބުނެލިއެވެ.
“ވަޓް؟ ނާޝިދުބެގެ ކޮންޕެނީތަ؟” ޝައިނާ އަހައިލިއެވެ.
“ހްމްމް.. ނޮޓް އަ ފްލެކްސް ބަޓް ޔޫ އަރ ލުކިންގް އެޓް އިޓްސް ސީ.އެފް.އޯ އިފެކްޓިވް ފްރޮމް ޓުޑޭ.” ރާހިލް ދެކޮނޑު އަރުވައިލަމުން ބުންޏެވެ.
“އަޅޭ.. އަހަރެންނަށް މިހާ ބޮޑު ކަމަކަށް އަވަސް އަރުވައިލަން ރާހިލްއަށް ޕްރެޝަރ ކުރެވުނީތަ؟” ޝައިނާ ކަންބޮޑުވިއެވެ.
“ނޫނޭ ހާސްނުވޭ… ދިސް ވޯޒް ގޮނަ ހެޕެން ސޫނަރ އޯރ ލޭޓަރ.. މިއަދު ނުވިއްޔާ މާދަންވެސް ވާންހުރި ކަމެއްމީ.. އަހަރެން ހަގީގަތުގައި މިކަންތައް ކުރަން ބޭނުން ނުވާތީ ލަސްކުރެވުނީ.. އެކޮޅުގަވެސް އިތުރަށް 3 އަހަރު މަޑުކުރެވުނީ.. ސިޔާސީ މީހުންގެ ވިޔަފާރީގެ ކަންކަން ހުންނާނެ ގޮތް އެނގެއެއްނު. މޭ އައި؟” ރާހިލް ފަހަތުން އައިސް ޝައިނާގެ ބަނޑުގައި އެއް އަތް ވަށައިލަމުން ހުއްދަ ހޯދިއެވެ.
ރާހިލްގެ އެ އެދުމަށް ޝައިނާއަށް ބޯ ޖަހައިލެވުނީ ކީއްވެކަމެއް ނޭނގުނެވެ. ރާހިލްގެ މަޖުބޫރީ ހާލަތު އިވިފައި އޭނާއަށް ރާހިލްއާމެދު ހަމްދަރުދީ ވެވުނީ ކަމުގައިވެސް ވެދާނެއެވެ. ރާހިލް މަޑުމަޑުން އެއްއަތުގެ އެހީގައި ޝައިނާގެ ހަށިގަނޑު ރާހިލްގެ ގާތަށް ދަމާލުމާއެކު ޝައިނާގެ ބުރަކަށިގޮސް ރާހިލްގެ ތަނަވަސް މޭގައި ޖެހުނެވެ. ޝައިނާގެ ނޭވާވެސް ހިނދުކޮޅަކަށް ހުއްޓުނެވެ. އިތުރު ހަރަކާތެއް ގެނައުންވެސް ދަތިކަމަކަށް ވެފައި ވަނިކޮށް ރާހިލްގެ ތުންފަތް އޭނާގެ ކަރުގައި ބީހިލި ކަމުގެ އިހުސާސް ކުރެވުނެވެ. އެއާއެކު ޝައިނާ ސިހިފައި ރާހިލްއާވީ ފަރާތަށް އެނބުރިލިއެވެ.
“ސްޓޮޕް އިޓް ރާހިލް.. މީހަކު އައިސްދާނޭ..” ޝައިނާ އިހުސާސްތައް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން ބުނެލިއެވެ.
“ލެޓް ދެމް… އަހަރެންނަށް މައްސަަލައެއް ނެތޭ ކޮންމެ މީހަކަށް އެނގުނަސް…. ގޯޝް އައިމް ސޯ އޮބްސެސްޑް ވިތް ޔޫ” ރާހިލް ޝައިނާގެ އަތުގައި ހިފަހައްޓައިލިނަމަވެސް ޝައިނާ އަތް ދަމައިގަތެވެ.
“ރާހިލް ތި އުޅެނީ ކިހިނެއްތަ؟ އަހަރެން ބޭނުންވާ ވަރަކަށް ވަގުތު ދޭނަމޭ ކިޔާފަ ރާހިލް ތި ކަންތައް ކުރަނީ ރާހިލް ބޭނުން ގޮތަކަށް ނޫންތަ؟ ރާހިލްގެ އަމިއްލަ ނަފްސު ނޫން އިތުރު މީހަކާ ދޭތެރޭ ވިސްނާލާނެ ވަގުތެއް ރާހިލްއަށްވޭތަ؟ ފުރަތަމަ މިކަހަލަ ބޮޑު ވާހަކައެއް އަހަރެންނާ ދެެއްކި އިރުވެސް މިކަމުގެ ޓައިމިންގްއާ ދޭތެރޭ އެންމެ ފަހަރަކުވެސް ވިސްނާލިންތަ؟ ޒީގެ ކައިވެނީގެ ވާހަކަ ދައްކާފަ އޮއްވާ އަހަރެން މިކަންތަކުގަ އުޅެން ޖެހޭނެކަން އެނގިހުރެ އިތުރަށް އަހަރެންގެ ބޯ ގޮއްވަންވެގެންތަ؟” އިތުރު މީހަކަށް ނީވޭނެހާ މަޑުން ވާހަކަ ކުރިއަށް ގެންދިޔުމަށް ޝައިނާ މަސައްކަތް ކުރަމުން ދިޔައެވެ.
“ހުވާ މި ކުރީ އަހަރެންގެ ބޯ ފަޅައިގެން ދާ ވަރުވޭ.. އެއްކޮޅުން ޒީ އަށް ބޮޑު ސިއްރެއް ބާއްވައިގެން އުޅޭއިރު އަނެއްކޮޅުން ރާހިލްއަށް ދޭނެ ޖަވާބެއް ވިސްނަން!! އަނެއްކޮޅުން އިޝީގެ ރުޅި-”
“އިޝީގެ ރުޅި؟؟ އިޝީ ކިހިނެއްވީ؟؟ ޝިމާންއާ ރުޅިވީތަ؟” ރާހިލް ސުވާލު ކުރިއެވެ.
“އަޅާނުލާ. ރާހިލް ހެޔޮނުވާނެ. އަހަރެންނަށް ކަމެއް ކޮށްދެންޏާ އަހަރެން ވަކި ޖަވާބެއް ދެންދެން ރާހިލް އަހަރެންނާ ދުރުގަ ހުރެދީ. ރާހިލް ނާންނަންދެން އަހަރެންނަށް މިގޭގަ އުޅުމަށް އޮތްފަދަ މިނިވަންކަމެއް ދީ…” ޝައިނާ އިސްތިރި ކޮށް ނިންމައިލި ރާހިލްގެ ގަމީސް ދިއްކޮށްލަމުން ބުންޏެވެ.
“އަހަރެން އުޅޭތީ އުނދަގު ވަނީތަ؟ އަހަރެން ޝައިނާއާ ގާތް ނުވާންވީތަ؟” ރާހިލް ގަމީހުގައި ހިފަމުން ބުންޏެވެ. ރާހިލް ދެރަވެފައި އެހެން ބުނެލިގޮތުން ޝައިނާގެ ހިތަށް ނޭނގޭ އުނދަގުލެއް ކުރުވިއެވެ. އެކަންވީ ޝައިނާގެ ބޮލުގެ ރިހުން އިތުރަށް ގަދަވި ކަމަކަށެވެ. އިސާހިތަކު އޭނާއަށް ރާހިލްދެކެ ރުޅި އާދެވުނެވެ.
“ނުބުނިއްޔާ ހަމަ ނޭނގެނީތަ އުނދަގޫވާކަމެއް އޭން؟ އަހަރެންނަކަށް ރާހިލް ގާތްވީމާ ރާހިލް އަތްލީމަ ކަމަކު ނުދެޔޭ އަޑު އިވިއްޖެތަ؟ ކިތައް ފަހަރުތަ ބުނަންވީ އަހަރެން ރާހިލްއާ ދެތެރޭ އެހެނެއް ނުދެކެމޭ ތިއީ ހަމައެކަނި އަހަރެންގެ ރައްޓެއްސެކޭ؟ ކިތަންމެ ދުވަހެއް ދިނަސް އަހަރެންގެ ޖަވާބެއް ބަދަލެއް ނުވާނޭ… ކީއްވެގެންތަ ރިޖެކްޝަން ހަޖަމުނުކުރެވިގެން ތި އުޅެނީ؟ ކިހާބޮޑު އުނދަގުލެއްތަ މީ ދެން”
ޝަައިނާގެ ރުޅިވެރި ބަސްތައް ރާހިލްއާ އަމާޒު ކުރުމަށްފަހު އެތަނުން ނުކުމެގެން ދިޔައެވެ. ހަމަ ދިޔުމާއެކުހެން ރާހިލްއަށް ދަތްކުނޑި ވިކައިލަމުން އަތުގައި އޮތް ގަމީސް ބޮނޑިކޮށްލައި މޭޒުމައްޗަށް ހޫރައިލެވުނެވެ. ގޮތްނޭނގޭ ދިލަ ރިހުމެއް މޭގައި އުފެދިގެން ދިޔުމުން ދެލޯ މަރައި ތަގުޅި ކޮށްލުމަށްފަހު ފާރުގައި ދެއަތް ވިއްދައިލަމުން ހިންދިރުވައިލެވުނެވެ. މިނެޓެއްހާއިރު ފަހުން އެދެލޯ ހުޅުވައިލިއިރު ފަނޑު ރަތްކަމެއް އޭނާގެ ދެލޮލުގައި ވިއެވެ. އެއީ ރުޅިވެރިކަން ބާއެވެ. ނުވަތަ އެ މޭގައިވާ ދިލަ ރިހުމުގެ އަސަރު ލޮލާ ހަމައަށްވެސް ފޯރަނީ ބާއެވެ. އެޖަވާބު ހޯދާކަށް އޭނާއެއް ނޫޅުނެވެ. އިތުރަށް އެތަނުގައި މަޑުކުރުމެއްނެތި ހަރު ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަނެވެ. ބާރަށް ޖެހި ދޮރުގެ އަޑު މުޅި ގޭގައި ގުގުމާލިއިރު ގޭގެ ފާރުތަކަށްވެސް ލޮޅުން އަރައިގެން ދިޔައެވެ.
“އަސްތަޤްފިރުއްﷲ. ޕިސްޕިސް.. މަށަށްވާ މިހިރީ ދަރިއެއް ލިބިފަ” ކާގެއަށް ވަދެގެން އައި ޒީވާއާއި ޝައިނާއަށް އިވޭވަރަށް ބަދިގޭގައި އުޅުނު ވާފިޔާ ބުނެލިއެވެ.
“ދޮންބެއަށް ކިހިނެއްވީބާ؟ ވަރަށް ދުވަސްވެއްޖެ ގައިމު ތަންކޮޅެއް މައިތިރިކޮށް އުޅޭތާ.. ޝައި އައި އިރު އޯކޭކޮށްތަ ހުރީ؟” ޒީވާ ޝައިނާގާތު އަހައިލިއެވެ.
“އާނ އަހަރެން އައިއިރު ހުރީ އޯކޭކޮށް” ޝައިނާ ޒީވާއާ ހަތަރުކަޅި ހަމަ ނުކުރުމަށް މަސައްކަތް ކުރިއެވެ. ރާހިލްއާ ދިމާލަށް ކިޔުނު އެއްޗެއްސާމެދު ވިސްނަންފެށިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



Hey fyi, ehves reader eh gina faharu comment nukureyey kiyafaa vhk liyun huttaa nulahchey, and avahah up kohdhehchey ingey. Aslu v reethi story eh mee, but komme faharaku comment nukurevenee reason eh otheethee. Ekan share kjraakau nethin, but v reet+story, exciting. Keeps me waiting, so abadhuvx up kohdhehchey kurin. I appreciate ur hard work. Keeo it up