“ހުކުރު ދުވަސް އޯކޭ..” ޒީވާގެ ވާހަކަ ރިއާން މެދުކަނޑައިލިއެވެ. “މިބުނީ ވާފިޔާއްތަ ބުނެފަ އޮތިއްޔާ ދާންވާނެ ނޫންހޭ.. އަހަރެން މި ހުކުރަށް ޝެޑިއުލް ކްލިއަށް ކޮށްލާނަން” ރިއާން ޖަވާބުދިނެވެ. ޒީވާ އަވަސްއަވަހަށް އެންމެ ރަނގަޅޭ ބުނެ ބޯ ޖަހައިލިއެވެ. ************ އެއްބަސްވެވިފައިވާ ގޮތުގެމަތިން ޖެހިގެންއައި ދުވަހު ރިއާން ހުކުރުން ފައިބައިގެން އަންނަންވާއިރަށް ޒީވާ ތައްޔާރުވެލައިގެން ތިރިއަށް ފޭބީ ވާފިޔާގާތަށް ދިޔުމަށެވެ. ރިއާންގެ ކާރު އައިސް ޒީވާގެ ކުރިމައްޗަށް ހުއްޓައިލުމާއެކު އަވަހަށް ކާރުގެ ކުރީ ސީޓަށް އަރައި ހަމަޖެހިލިއެވެ. އެވަގުތު […]
އެ ކެމެރާތަކުގެ ލެންސަށް ޒީވާ ނާރާނެހެން އެދެމެދަށް ހުރަސްވެލަމުން ރިއާން ހަލުވިކަމާއެކު ގޮސް ޒީވާއާއެކު ކާރުގެ ފަހަތަށް އެރިއެވެ. އޭރު ކާރުގެ ބިއްލޫރި ގަނޑުގެ ބޭރުގައި ކެމެރާ ޖައްސައިގެންވެސް ފޮޓޯ ނެގޭތޯ އެތައް ބަޔަކު ދިޔައީ މަސައްކަތް ކުރަމުންނެވެ. “މަޑުމަޑުން ދުއްވާލާ.. ދުއްވަން ފެށީމަ އެއްފަރާތަކަށް ޖެހޭނެ” ކުރިމަތީގައި ތިބި މީހުންގެ ސަބަބުން ކާރު ދުއްވަން ފަސްޖެހިފައި އިން ޑްރައިވަރަށް ރިއާން އިރުޝާދު ދިނެވެ. އޭނާ ރިއާންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރިއެވެ. _______ ރިއާންއާއި ޒީވާ ދިއުމުން އިޝްވާގެ […]
ޝައިނާގެ ޖަވާބާއެކު ރާހިލްގެ ބުމަ ގޮށްޖެހުނެވެ. ނަމަވެސް އެ ބުނި އެއްޗެއް ފަހުމުވިހިނދު ކުއްލިއަކަށް އޭނާގެ މޫނު އުފާވެރި ހިނިތުންވުމަކުން އުޖާލާވިއެވެ. “އިޒް ދެޓް އަ ޔެސް؟” ރާހިލްއަށް ލިބުނު އުފަލުން ޝައިނާގެ އަތުގައި ހިފައިލެވުނެވެ. “އުޕްސް… ޑިޑް އައި މިސް ސަމްތިންގް؟ އެހާ ފަސޭހައިން އަހަރެންގެ ޔެސްއެއް ނުލިބޭނެ އެނގޭ.. ޕްރޮޕޯޒަލްއަކާނުލާ ޔެސް ބުނާ ވަރަށްވުރެން އަހަރެންގެ ސްޓެންޑަރޑްސް ހައި ވާނެ” ޝައިނާ އެއްބުމަ އަރުވައިލަމުން ހިނިތުންވެލިއެވެ. “ލެޓް ދޯސް ސްޓެންޑަރޑްސް ފްލައި ޑަރލިންގް. ލެޓް ދެމް […]
“އޯ ގޯޑް. ޕިސް އެހެނެއް ނޫނޭ މި ބުނީ.. ބްރައިޑް ޓު ބީ.. ގްރޫމް ޓު ބީ” އިޝްވާ އެއްފަހަރު ރިއާންއަށް އަނެއްފަހަރު ޒީވާއަށް އިޝާރާތްކުރަމުން ބުންޏެވެ. އެއާއެކު ޒީވާއާއި ރިއާންއަށް ސިހިފައި އެކަކުއަނެކަކަށް ބަލައިލެވުނެވެ. އެދެމީހުންކުރެ އެކަކަށްވެސް އެވާހަކަ ގަބޫލެއް ނުކުރެވުނެވެ. ޖަވާބު ހޯދުމަށްޓަކައި ދެން ޒީވާ ބަލައިލީ ޝައިނާގެ މޫނަށެވެ. ޝައިނާގެ މޫނުގައިވަނި ކަންބޮޑުވުން ފެނި ޒީވާއަށް އެ ކުރަނީ ސަމާސާއެއް ނޫންކަން އެނގުނެވެ. “ނޯ.. ނޯ އިޝީ.. ނޯ ދޮންބޭ ޕްލީޒް. ބުނޭ ތިއީ ސަމާސާއެކޭ” ޒީވާ ލައިގެންހުރި […]
“މިވަގުތަށް ގޮސްލީ. ޖޫލީ.. ދަނީ އެނގޭ” ރިއާން ޖޫލިޔާއަށް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އެތަނުން ނުކުމެގެން ދިޔައެވެ. *********** ޒީވާމެންގެ ގެއިން އެނބުރި އައިސް ގެއަށް ވަނުމަށް ތައްޔާރުވެލި ޝައިނާއަށް އެހެން ދުވަސްތަކެކޭވެސް އެއްފަދައިން ދޮރުގެ ކުރިމަތީގައި ބާއްވައިފައިވާ މާބޮނޑިއާއި އަސްދޫނީގެ އިތުރުން ކަޕްކޭކް ފެނުނެވެ. ތަފާތަކީ އެހެން ދުވަސްދުވަހާ ހިލާފަށް މިއަދުގެ މާބޮނޑީގައިވާ ރީނދޫ ފިނިފެންމާތަކުގެ ފިޔަތަކުގެ ކޮޅުގައި ރަތް ކުލައެއް ހުރުމެވެ. އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ޝައިނާ އެ ހިފައިގެން އެތެރެއަށްވަނެވެ. “އަނެއްކާވެސް؟” ސޯފާގައި އޮށޯވެގެން އޮތް […]
އޭސީގެ މަޑު ފިނި ހިފައިލައިފައިވާ ކާރުގެ ތެރޭގައި ދެލޯ މަރައިލައިގެން އިންއިރު ރިއާންގެ ސިކުނޑީގައި ޒީވާގެ ބަސްތައް ތަކުރާރުވަމުން ދިޔައެވެ. އެވާހަކަތަކުގެ ތެދުކަން ޙުދު އޭނާއަށްވެސް އިހުސާސްވެއެވެ. ޒީވާފަދަ ކުއްޖެއްދެކެ ލޯބިވާނެ ކިތަންމެ މީހަކު ވާނެކަމާއި، ޒީވާއަށް އެ ކައިވެނި އުފާވެރި ކައިވެންޏަކަށް ހެދިދާނެކަން އޭނާއަށް ގަބޫލު ކުރެވެއެވެ. އެކަމަށްޓަކައި އޭނާ އުފާކުރަން ޖެހޭނެކަން އެނގިހުރެވެސް އޭނާގެ ސިކުނޑި ހާސްވާން ފެށިއެވެ. އޭރު އޭނާގެ ހަނދާންތައް ދަތުރުކުރަމުންދިޔައީ އޭގެ އަށް އަހަރު ކުރިއަށެވެ. އެއީ އޭނާގެ ހަޔާތުގައިވެސް އައި އެންމެ […]
“ޝައިނާ..” ރާހިލްއަށްވުރެން ކުރިން ޝައިނާ ކުރިއަށް ޖެހިލައި އައިދަންއާ ސަލާމް ކޮށްލިއެވެ. “ލެޓް މީ ގެސް. ޒީގެ ފަހަރިތަ؟” އައިދަންގެ ސުވާލަށް ޒީވާއާއި ޝައިނާއާ އެއްފަހަރާ “ނޯ” އޭ ބުނެލިއެވެ. “އައިދަން ދައްކާ ވާހަކަ. މިއީ އަހަރެންގެ ބެސްޓްފްރެންޑް. އެނީވޭ ޔޫ ގައިޒް ކެޗްއަޕް.. އަހަރެން އެބަ އަންނަން ޗޭންޖް ކޮށްލައިގެން” ޒީވާ އަދިވެސް ހުރީ ޑިއުޓީ ނިމުނު ގޮތަށް ޔުނީފޯމާއެކު ކަމަށްވުމުން އެތަނުން ދިޔައެވެ. “އައިދަން ބޭނުންތަ ޗޭންޖް ކުރަން؟ އަހަރެންގެ އެއްޗެހި ހެޔޮވަރު ވާނެހެން […]
“އެކްސްކިއުޒް. މިވަގުތު މިކޮޅުގަ އިންޗަރޖްއަށް ހުންނަ ބޭފުޅަކާ ބައްދަލު ކޮށްލެވިދާނެތޯ؟” ޝައިނާ އެދުނެވެ. އެކުއްޖާ ބޯޖަހައިލުމަށްފަހު ޝައިނާ އެދުނު ފަދައިން އެތަނުގެ މެނޭޖަރ ގެނެސްދިނެވެ. ހުދު ކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެއްގައި ކައިރިއަށް އައިސް ހުއްޓިލި ޒުވާނާފެނި ޒީވާ ޝައިނާގެ އަތުގައި ކޮށްޓައިލިއެވެ. “އައްސަލާމް އަލައިކުމް އަޅުގަނޑަކީ ޖައިލަމް. މިކޮޅުގެ ސްޓޯރ މެނޭޖަރ” ޖައިލަމް ހިނިތުންވުމަކާއެކު ބުނެލިއެވެ. ޝައިނާ ފެނުމާއެކު އޭނާއަށް ކަޅިޖަހައިލަން ނޭނގިފައިހުރިތަން ފެނި ރާހިލްއަށް ލޯ ހަނިކޮށްލެވުނެވެ. “ހައި.. މިކޮޅުން ބަލާލި ބޫޓެއްގެ ސައިޒް […]
“އާނ އަހަރެން އައި އިރު ހުރީ އޯކޭކޮށް” ޝައިނާ ޒީވާއާ ހަތަރުކަޅި ހަމަ ނުކުރުމަށް މަސައްކަތް ކުރިއެވެ. ރާހިލްއާ ދިމާލަށް ކިޔުނު އެއްޗެއްސާމެދު ވިސްނަން ފެށިއެވެ. *********** “ރާހިލް.. ދެން ތީ ކޮންކަމެއް؟ ތިހެން ހަރޓްބްރޯކެން ޕެތެޓިކް މީހެއްހެން ނޯވެ ތެދުވޭ!! އަވަސް އަވަސް.. މިހިރީ ސައިތަށި” ރިއާން ސޯފާގައި ބަނޑުވަތަށް އޮތް ރާހިލްގެ އަތުގައި ހިފައި ދަމަމުން ބުންޏެވެ. “އައިމް ސަޗް އަ ލޫޒަރ” ރާހިލް ތެދުވެ ރިއާން ދިން ސައިތަށީގައި ހިފިއެވެ. “ލޫޒަރ އަކަށް ވެވޭނީ […]