ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭއަށް ތިރިކުރި އެމިރޭޓްސް ބޯޓުގައި އިން ޒުވާނާގެ މޫނުމަތިން ފެންނަނީ ސިފަ ނުކުރެވޭހާ އުފާވެރި ހިނިތުންވުމެކެވެ. އަށްއަހަރުގެ ދިގު މުއްދަތެއް ރާއްޖެއިން ބޭރުގައި ހޭދަކުރުމަށްފަހު އަމިއްލަ ވަޒަނަށް އާދެވުމުން ލިބުނު ހިތްހަމަޖެހުން އެ މޫނުން ފާޅުވާން ހުއްޓެވެ. ރާއްޖޭގެ މަލަމައްޗަށް އައިސްފައިވާ ގިނަ ބަދަލުތަކާމެދު އޭނާ ވަނީ އާޝޯހު ވެފައެވެ. ވައިމަތީގައި ބޯޓު އޮތް އިރުވެސް ދެތިން ފަހަރަކަށް ބޯޑިންގ ފާހުގެ ބާކީ ބަޔަށް ބަލާލަމުން މި އާދެވުނީ ހަމަ ރާއްޖެއަށްތޯ ޔަގީން […]