Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

އިންސާފު ލިބޭނެބާ-9 (ފަހުބައި)

Raaya Level 210 Stories100 Comments
June 27, 2020 5 Mins Read
19 Comments

“ހެހެ… އަހަރުމެން ހަދާނީ ބޮލުގެ އެއްޗެއް! އަހަރުމެން އޭނަ މަރާލާނީ… އެކަމު މީހުންނަށް ފެންނާނީ އޭނަ އަމިއްލައަށް މަރުވެފަ އޮއްވާ!” އަހުމަދު މިހެން ބުނުމުން ދެމީހުންވެސް އެކަމާއި އެއްބަސްވިއެވެ. އަދި ލަސްނުކޮށް ކަންތައް ކުރަންވީ ގޮތް ރޭވިއެވެ.

ރޭގެ ހާދިސާގެ ސަބަބުން ނާޔާއަކަށް ނިންޖެއް ނުލިބުނެވެ. ދެލޯ މަރައިލާއިރަށް ފިލްމެއް ރޯލު ކޮށްލާހެން އެހާދިސާ ނާޔާ ކުރިމައްޗަށް ސިފެވެގެން ދެއެވެ. މިހެން އޮއްވައި ފަތިސް ނަމާދު ބަންގި ގޮވިއެވެ. އިތުރުވަގުތުތަކެއް ބޭކާރު ނުކޮށް ނާޔާ އަވަސްއަވަހަށް ވުޟޫ ކޮށްލައިގެން ނަމާދުކޮށްލިއެވެ. ސަޖިދައިގައި އޮވެ ރޮވުނީ ކިހާއިރަކު ކަމެއް ހުދު ނާޔާއަކަށްވެސް ނޭނގެއެވެ. ނާޔާ ހުންނަނީ އިރު އިރު ކޮޅާ ސިހިސިހިއެވެ. މިއަދުމީ ނާޔާގެ ފަހު ދުވަހަށް ވެއްޖިއްޔާ ނާޔާ ކުރާނީ ކީއްހެއްޔެވެ؟ ނާޔާ ދެއަތް އުފުލާ ދުޢާ ކުރަމުން ދިޔައީ އޭނާގެ ބައްޕަމެންގެ ރޭވުންގަނޑު އޭނާ ދުނިޔޭގައި ނެތް ދުވަހަކުންވެސް ފަޅާއަރާތޯއެވެ. ނަމާދު ކޮށްހަދައިގެން ނާޔާ ޒާރާއަށް ހޭލާށޭ ކިޔައިފައި ގޮވިއެވެ. ޒާރާ ސުކޫލަށް ދާން ހިނގައިގަންނަން އުޅެނިކޮށް ނާޔާ ޒާރާ ގާތަށް ގޮސް ވަރަށް ލޯބިން ބައްދައިލިއެވެ. ނާޔާގެ ވަގުތުތަށް އެއްކޮށް ހުސްކޮށްލީ އޭނާގެ ލޯބިވާ މަންމައަށާއި މާމައަށް ބަދިގޭގެ މަސައްކަތް ތަކުގައި އެހީވެދިނުމަށެވެ. ހަމަ އެވަގުތުތެރޭގައި އަފީފާ ވަރަށް ސިއްރު ސިއްރުން ނާޔާގެ ކޮޓަރިއަށް ވަދެ އެކޮޓަރީ ކުޑަދޮރު ތަންޑުނައްޓައިލިއެވެ.

“މަންމާ! މި ވަންނަނީ ފެންވަރާލަން ހިނގޭ!” ނާޔާ އޭނާގެ މަންމަ ގާތު މިހެން ބުނެފައި ކޮޓަރިއަށް ވަނެވެ. އަފީފާ ނާޔާ ކޮޓަރިއަށް ވަން ޙަބަރު އަހުމަދުމެންނަށް ދިނެވެ. ލަސްނުކޮށް އަހުމަދާއި އާދިލް ނާޔާގެ ކޮޓަރިއަށް ކުޑަދޮރުން ވަނެވެ. އަލަމާރިތެރެއިން ހެނދުން ނަގަންހުރި ނާޔާއަށް މީހެއްގެ ހިލަމެއްވެގެން ފަހަތް ބަލައިލިތަނާ އޭނާގެ ކަރުގައި އަހުމަދު ހިފިއެވެ.

“އޮޅިގެންވެސް އަޑެއް ނުލައްވާތި!” އަހުމަދު ނާޔާއަށް އިންޒާރު ދިނެވެ. އޭރު އާދިލް މަސްއޫލުވެ އުޅުނީ އެނދުގައި އޮތް ބެޑުޝީޓުނަގައި އޭގެން މަޅިއެއް ހެދުމުގައެވެ. ނާޔާ އޭރުވެސް ބެލީ ސަލާމަތްވެވޭތޯއެވެ.

“ބައްޕަމެން…. ތި…ތިކުރާ… ކަންތައް… އަދި….ފަޅާ..އަރާނެ!” ވާހަކަ ދައްކަން ކިތަންމެ އުނދަގޫވިއެއްކަމަކު ނާޔާ ވަރަށް ހިތްވަރު ކޮށްލައިގެން މިހެން ބުންޏެވެ. އޭރު ނާޔާއަށް ދެތިން ފަހަރު އޭނާގެ މާމަ ދޮރުގައި ޓަކިދިން އަޑުއިވުނެވެ. މިހެން ބުނުމާއިއެކު އަހުމަދު ނާޔާގެ ކަރުގައި މިއަށް ވުރެ ބާރަށް ފިއްތައިލިއެވެ. ނާޔާ އޭނާގެ ދެއަތް ހޫރުވަނިކޮށް ޑްރެސިން ޓޭބަލްގެ މަތީގައި އިން ސެންޓުފުޅިއެއް ވެއްޓުނެވެ. ވެއްޓި ތަޅައިގެން ދިޔަ ގޮތުން އޭގެ ބިއްލޫރި ކޮޅުތައް މުޅިތަނައް ބުރަ ބުރައިގެން ދިޔައެވެ. އެވަގުތު އަހުމަދު ނާޔާގެ ކަރުން ދޫކޮށްލައި އެތަނުން ދުރައް ޖެހިގަތެވެ. ނާޔާ ޑްރެސިން ޓޭބަލްވެސް ވައްޓައިލިއެވެ. ސަލާމަތައް އެދި ގޮވަން ބޭނުންވެފައި ހުރި ނާޔާގެ އަނގައަކުން އެއްވެސް ބަހެއް ނުނިކުތެވެ. ހަޅޭއްލަވަން ކިތަންމެ ބޭނުންވެފައި ހުއްޓަސް އަޑެއް ނުނިކުމެއެވެ. ކޮޓަރީގައި ތިބި ތިންމީހުންވެސް ސިހިގެންދިޔައި ދޮރުގައި ޓަކި ޖަހާލެއް ބާރުކަމުންނެވެ. ބޭރުން ސަކީނާއާއި އައިންތު ހަޅެއްލަވާ އަޑު އިވުނެވެ. ނާޔާ ދޮރާއި ދިމާލަށް ދާން ދުއްވައި ގަތް ވަގުތު އާދިލް އޭނާގެ އަތުގައި ހިފާ އެނދަށް ވައްޓައިލިއެވެ. އަދި އޭނާގެ މޫނުގައި ބާލިސް އަޅައި އޭނާ ނޭވާ ހާސްކޮށްލަން މަސައްކަތް ކުރިއެވެ. ނާޔާ އޭނާގެ ދެއަތާ ދެފަޔާ ތަޅުވަމުން ދިޔައެވެ. އިރުކޮޅެއް ފަހުން ނާޔާގެ ހަށިގަނޑު މުޅިއަކުން ހިމޭންވިއެވެ. އަހުމަދާއި އާދިލްގެ ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. އަވަސް ހަރަކާތްތަކަކާއި އެކު ނާޔާ އުފުލައިފައި ފަންކާގައި އަޅުވައިފައި އިން މަޅިއަށް ނާޔާގެ ބޯހެޔޮވަރު ކޮށްލައިފައި ދޫކޮށްލިއެވެ.

“އަހަރެން މިދަނީ! އާދިލް އާދޭ އިރުކޮޅަކުން… މިތަން ރަނގަޅަށް ބަލާފަ އަންނާނީ!” އަހުމަދު ކުޑަ ދޮރުން ފުއްމައިލަމުން ބުނެލިއެވެ. ހިތް އަވަސް ވެފައި ހުރި އާދިލް އެތާނގައި އިތުރަށް މަޑުކުރާކަށް ބޭނުމެއްނުވިއެވެ. ހީވަނީ ކޮޓަރި ދޮރު ދެންމެ ދެންމެ ފަޅައިލައިފައި ބަޔަކު އެތެރެއަށް ވަދެދާނެހެންނެވެ. އެހެންކަމުން އަހުމަދު ދިއުމަށް ފަހު އާދިލްވެސް މާލަސްތަކެއް ނުކޮށް ކުޑަދޮރުން ފުއްމައިލައިގެން ދިޔައެވެ.
……………………………………………………….

އަހުމަދު މި ވާހަކަތައް ކިޔައިދީ ނިމުނުއިރު ޒާރާ ހުރީ ބިރުން ވާނެ އެއްޗެއްވެފައެވެ. ޒާރާގެ ލޮލަކުން ކަރުނައެއް ނުހިކެއެވެ.

“ބައްޕަ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ދޯ މިހާ ބޮޑު ތަނަކަށް އަހަރުމެން ގެންނަން ފައިސާ ލިބުނީ!” ޒާރާ ބުންޏެވެ.

“އާން! ބައްޕަ އަތު މިހާރު ހުންނާނެ އަސުރުމާގަހަކުން މާ ފޮޅޭ ވަރަށް ފައިސާ! ގައިމު ދޮންތަ އެރޭ އެކޮޓަރިތެރެއަށް ނުވަން ނަމަ މިހުރިހާ ސަކަރާތެއް ޖަހާކަށް ނުޖެހުނިސް! އޭރަށް އަހަރުމެން އެންމެން މިހާރު އުޅޭނީ މިގޭގަ! އުފަލުގަ!” އަހުމަދު ބުންޏެވެ.

“ދޮންތަ ކަންތައް ކުރީ ރަނގަޅަށް! ދޮންތަގެ ރަނގަޅުކަމުންނެންނު ބައްޕަ އިސްލާހުވާން ފުރުސަތެއްދީ ޕޮލިހަށް ނުގުޅީވެސް! އަހަރެން ނަމަ ވަގުތުން ޕޮލިހަށް ގުޅީމުސް!” ޒާރާ ބުންޏެވެ. މިކަހަލަ ގޮތަކަށް އެމީހުން ތިއްބައި އިރުއެރިއެވެ.

“ބޭބޭ! މިހާރު ކެތްކޮށްފިން! ދެން އިތުރަކަށް ކެތެއްނުވާނެ! ހިނގާ އަނެއްކާވެސް މާޒީ ރިޕީޓު ކުރަން!” އާދިލް ބުންޏެވެ.

“އާން! މިހާރު ޒާރާއަށް ދިރިހުންނަން ވާވަރަށް ވަގުތު ދެވިއްޖެ! އައިހަމް! އަފީފާ! އައިންތުއަށާ މަންމައަށް ރަނގަޅަށް ބަލާތި! މާ ހުށިޔާރުވެގެން އުޅެންޔާ ކޮންމެވެސް ގޮތެއް ހަދައިގެން މައިތިރި ކުރުވާ!” އަހުމަދު ބުންޏެވެ. ޒާރާގެ އަތުގައި ހިފައިފައި ޒާރާ ކޮޓަރިއަށް ވެއްދިއެވެ.

“ދޫކުރޭ! އަހަރެން އަތުން ދޫކުރާށޭ!” ޒާރާ ހަޅޭއްލަވަމުން ގެންދިޔައެވެ.

******************************

ކޮލެޖުގެ ގޭޓު ކައިރީގައި ޝަބާނާ ހުރީ ޒާރާގެ އިންތިޒާރުގައެވެ. ކިލާސް ގަޑިޖެހެން ގާތްވަނީއެވެ. ޒާރާގެ ފޯނަށް ގުޅުނީ ކިތަށް ފަހަރަކު ކަމެއްވެސް ނޭނގެއެވެ. ޒާރާގެ ފޯނު ރިންގުވެއެވެ. ނަމަވެސް ފޯނެއް ނުނަގައެވެ. ޝަބާނާގެ ހިތް ބިރު ގަންނަންފެށިއެވެ. ކޮލެޖަށް ވަދެފައިވެސް ބޭރަށް ނުކުތީ ޒާރާ މެންގެއަށް ދާށެވެ. ޝަބާނާ ހިތް ބުނަމުން ދިޔައީ ކޮންމެވެސް ގޯހެއް އުޅޭ ކަމަށެވެ. ވަގުތުން ލައިޝްއަށް ގުޅައި ޒާރާ ކޮލެޖަށް ނާންނަ ވާހަކައާއި ފޯނު ނުނަގާ ވާހަކަ ބުންޏެވެ. ލައިޝް ވީހާވެސް އަވަހަކަށް ޕޮލިހަށް ގުޅައި މިވާހަކަ ހިއްސާކުރިއެވެ. އަދިވަގުތުން ޒާރާމެންގެ އެޕާޓުމެންޓާއި ދިމާލަށް ޓެކްސީއަކަށް އަރައިގެން ދިޔައެވެ.

****************************

އަހުމަދާއި އާދިލް ޒާރާއާއި ދިމާލަށް ދާވަރަކަށް ޒާރާ ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ކޮޓަރީގެ ކަނައްޖެހުނެވެ.

“ބައްޕާ! އަހަރެން މަރުވިޔަސް މި ކަންތައް ފަޅާއަރާނެ! ޕޮލިހުން މިހާރު އުޅޭނީ ރަށު ގޭގަ ހެކި ހޯދަން! ބައްޕަމެން ކޮޓަރިއާއި ބޭބެމެން ކޮޓަރި ހާވާނެ މިހާރު! ބައްޕަމެން ހޯދުމުގަ މިހާރުވެސް އުޅޭނީ!” ޒާރާ ބުންޏެވެ.

“އެހެންވެގެނެންނު މިއުޅެނީ ޒާރާ މަރާލާފަ އެހެން ތާކަށް ދާން!”އަހުމަދު ބުންޏެވެ. ޒާރާ އަނެއްފަރާތައް ދުއްވައިގަން ތަނާ އާދިލްގެ ފައިގައި އަޅައިގަނެގެން ޒާރާ ވެއްޓުނެވެ. ވީތަދެއްގެ ސަބަބުން “އައްދިއްޔޯ” އޭކިޔައިފައި ހަޅޭއްލަވައިގަތެވެ. ވެއްޓިފައި އޮތް ފަޅިނޫން އަނެއްފަޅިއައް އެނބުރެލިތަނާ އަހުމަދު ޒާރާގެ މޫނުގައި ބާލިސް އެޅިއެވެ.

“އާދިލް! އާދިލް! މިތަނުން ނުކުންނަން ހިނގާ! ތިރިން ޕޮލިހުންގެ ސައިރަންގެ އަޑު އެބަ އިވޭ!” އަފީފާ ދޮރުގައި ޓަކިޖަހަމުން ބުންޏެވެ. މިވާހަކަ އަޑު އިވުމާއިއެކު އަހުމަދުއާއި އާދިލް ކޮޓަރިން ބޭރަށް ނުކުންނަން ދުއްވައިގަތެވެ. ފަހަތުން ޒާރާވެސް ބޭރަށް ގޮސް އޭނާގެ މަންމައާއި މާމަ ގައިގައި ބަނދެފައި ހުރި ވާތައް ނެއްޓިއެވެ. ދޮރާއި ދިމާލަށް ދުއްވައިގަން އަހުމަދުއާއި އާދިލްއާއި އަފީފާއާއި އައިހަމް ހުއްޓުން އެރީ ބޭރުން ބަޔަކު ދޮރުގައި ބާރަށް ޖަހާ އަޑަށެވެ.

“ހިނގާ ކުޑަ ދޮރުން ފުއްމައިލަން!” އައިހަމް ބުންޏެވެ.

“މީ ހަތް ވަނަ ބުރިއޭ! ފުއްމައިލައިފިއްޔާ މަރުވާނީ!” އަހުމަދު ބުންޏެވެ. ފަހަތުން ޒާރާ ހަޅޭއްލަވަމުން ދޮރާއި ދިމާލަށް ދުއްވައިގަތެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭނގިފައި ތިއްބާ ޕޮލިހުން ދޮރު ފަޅައިލައިފައި އެތެރެއަށް ވަނެވެ. އަހުމަދުއާއި އަފީފާއާއި އާދިލްއާއި އައިހަމް ހައްޔަރުކުރިއެވެ.

“ތިހެން ކޯޓު އަމުރަކާއި ނުލާ އަހަރުމެން ހައްޔަރު ކުރެވޭނެތަ؟.” އަހުމަދު އަޑުގެ ނެތް ކޮޅަށް ބުންޏެވެ.

“ކޯޓު އަމުރު އެބައޮތް! ވާ ވަރަށް ހެކިވެސް އެބަހުރި!” ޕޮލިސް މީހާ ބުންޏެވެ.

ލައިޝްއާއި ޝަބާނާއަށް އާދެވުނީ ދެނެވެ. ޕޮލިހުން އެހަތަރުމީހުން ހައްޔަރު ކޮށްގެން ގެންދިއައެވެ. އެދެމީހުން ގޮސް ޒާރާގެ މާމައާއި މަންމަ ގާތަށް ދިޔައެވެ.

“ޒާރާމެން މައްސަލަ ހުށައެޅީމަ އަޅުގަނޑުމެން ތިރަށަށް މިކޮޅުން ޓީމެއް ފޮނުވީ! އެޓީމުން ވަރަށް ރަނގަޅަށް އެމައްސަލަ ތަހުގީގު ކުރި! ރަށަށް ދިޔައިރު އެނގުނީ އެ ތިން މީހުން ރަށުން ފުރި މުދާ ބޯޓަކަށް އަރައިގެން މާލެއައް އައިކަން! އެކަމުން އެކަނިވެސް އެނގޭ އެމީހުން ކަމެއް ފޮރުވަން އުޅޭކަން! އެ ހަބަރު އަޅުގަނޑުމެންނަށް ލިބުނުތަނާހެން އަވަހަކަށް އަޅުގަނޑުމެންގެ މަސައްކަތް ފެށިން! ރަށުގެއިން ތަހުގީގު ކުރިއިރު ނާޔާގެ ފޯނު ފެނުން ޒާރާގެ ދައްތަގެ ކޮޓަރީގަ ފޮރުވާފަ އޮއްވާ! ފޯނު ބެލިއިރު އިނގުނީ ނާޔާ އެންމެ ފަހުން ގުޅާފަ އޮތީ ޕޮލިސް ނަމްބަރަށްކަން! އަނެއްކޮޅުން ފޮޓޯތައް ބެލިއިރު ފާހަގަވި ކަމެއްވެސް އޮތް… ނާޔާ ދަންޖެހިފަ އޮތް އިރު ފަންކާއާ ދިމާލަކު ނެތް ގޮނޑިއެއް ކަހަލަ އެއްޗެއް! މިބުނީ ފަންކާ ސީލިންގުގަ އިންއިރު ދަންޖެހެވޭނީ ގޮނޑިއެއް ކަހަލަ އެއްޗަކަށް އަރައި ދެން ފަހުން އޭތި ދުރަޖައްސާ ވައްޓާލީމަ ދަންޖެހޭ މީހާ އެމަޅިގަ ބެދެނީ! އެހެންމަ ވަރަށް ގިނަ ކަންތައްތައް އެބަ ހުރި! މިހާރު މިގެންދިޔައީ ސުވާލު އަހަން! ރަނގަޅީ އެމީހުން އަމިއްލައަށް ކުށަށް އިއުތިރާފްވުން… އެހެންނޫންނަމަ މި މައްސަލަ ވަރަށް ދިގު ދެމޭނެ!” އެތަނުން ޕޮލިހެއް ޒާރާމެންނަށް ވީނުވީ ކިޔައިދިނެވެ.

ޕޮލިހުން އަނބުރާ ގޮސް އެތަން ހަމައަކަށް އެޅުނެވެ. ޒާރާ އެންމެން ގާތު ނާޔާ މަރުވި ގޮތާއި އަހުމަދު ދެއްކި ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

“ޒާރާ… ޒާރާ ކިޔަވަން މަޑު ކުރަންވީ އެންނު ޝަބާނާ ގާތު؟” ލައިޝް ބުންޏެވެ.

“އެކަމަކު…” ޒާރާ ވަކި ހިސާބަކަށް ބުނެވުނުތަނާ ޝަބާނާ ޒާރާ އަތުގައި ހިފައިފައި ބުންޏެވެ.

“ކޮން އެކަމަކެއް؟ ޒާރާ ޖެހޭނީ ދެން އަހަރެން ގާތު ކިޔަވަން މަޑުކުރަން!” ޝަބާނާ ބުންޏެވެ.

“އެކަމަކު މަންމައާ މާމަ؟” ޒާރާ އެހިއެވެ.

“ތިކަމާ ޒާރާ އަޅާ ނުލާ! މަންމައާ މާމަ ގެންދާނީ އަހަރުމެންގެއަށް… ރަށައް!” ލައިޝް ބުންޏެވެ.

ޒާރާ ކިޔަވަން މާލެގައި މަޑުކުރީ ޝަބާނާއާއި ލައިޝްގެ އެދުމުގެ މަތިން ޝަބާނާ ހުންނަ ގޭގައެވެ. އޭގެ ހަފްތާއެއް ފަހުން އެހަތަރު މީހުން ކުށައް އަމިއްލައަށް އިއުތިރާފް ވެގެން އެމީހުން އުމުރު ދުވަހަށް ޖަލަށް ލެވުނެވެ. އަހުމަދުގެ ބޮލުގައި ދެ ކުށުގެ ތުހުމަތު އެޅުވުނެވެ. މަރުގެ ތުހުމަތާއި ގެވެށި އަނިޔާގެ ތުހުމަތެވެ.

މިއަދު ޒާރާއަކީ ރާއްޖޭގެ ނަން މަޝްހޫރު ލޯޔަރުންގެ ތެރެއިން ލޯޔަރެކެވެ. ޝަބާނާވެސް ޒާރާއެކޭ އެއްފަދައިން ލޯޔަރުކަން ކިޔަވައިގެން ނަންމަޝްހޫރު ލޯޔަރަކަށް ވިއެވެ. ލައިޝްވެސް އަމިއްލަ ދިރިއުޅުމާއިގެން ކުރިއަށް ދިޔައީ އައިންތު އޭނާ ގާތު ކިޔައި އާދޭސް ކޮށްގެންނެވެ. މިހާރުވެސް އެހަތަރު މީހުންނަށް ދަނީ އެމީހުންނަށް ލިބެންވާ ހައްގު އަދަބު ލިބެމުންނެވެ. ޒާރާގެ ސިކުނޑީގައި އުފެދުނު ސުވާލު- އިންސާފު ލިބޭނެބާ؟- މިސުވާލަށްވެސް ޖަވާބު ލިބުނީއެވެ.
-ނިމުނީ-
******************
މިވާހަކަ އަޅުގަނޑަށް ކާމިޔާބު ކަމާއެކީ ނިންމާލެވުނީތީ މާތް ﷲއަށް ހަމްދުކުރަން. މި ފުރުސަތުގެ ބޭނުން ހިފާ އަޅުގަނޑުގެ މަންމައާއި ތިއްތައަށް މިވާހަކަ ލިޔުމުގައި އެހީތެރިވެދީނީތީއާއި ދެއްވި ސަޕޯޓަށާއި އެއްބާރުލުމަށް ފަށްފަށުން ޝުކުރު އަދާކުރަން. އަދި މިވާހަކަ ކިޔުއްވި ހުރިހާ ކިޔުންތެރިންނަށާއި މިވާހަކަ ކަމުދިޔަ ހުރިހާ ކިޔުންތެރިންނަށާއި ކޮމެންޓު ކުރެއްވި ހުރިހާ ކިޔުންތެރިންނަށް މަލުގެ ގުލްދަސްތާތަކުން ޝުކުރު އަދާކުރަން. ހާއްސަކޮށް މިވާހަކައައް ކޮމެންޓުކޮށް ސަޕޯޓުދިން ލިޔުންތެރިން (ނަފޫ، ޖަބީލާ، ޔޫން އަދި ސްޓޯރީ ރީޑާ) އަށްވެސް ޝުކުރު އަދާކުރަން. އަދި އާއްކޮއަށްވެސް ވަރަށް ޙާއްސަ ޝުކުރެއްދަންނަވަން.

ނިންމާލަމުން އަޅުގަނޑު އަދިވެސް އެއްފަހަރު ހުރިހާ ކިޔުންތެރިންގެ ފަރާތުން ޝުކުރު އަދާ ކުރަން. މިއީ އަޅުގަނޑުގެ ފުރަތަމަ ސިލްސިލާ ވާހަކަ ކަމުން ތަންކޮޅެއް ކުރުކޮށް ގެނެސްދިނީ. އިންޝާﷲ ދެން ގެންނަ ވާހަކައެއް މިއަށް ވުރެ ދިގު ކޮށް ގެނެވޭތޯ ބަލާނަން. އިންޝާﷲ ވަރަށް އަވަހަށް އަޅުގަނޑުގެ އެހެން ވާހަކައެއް ގެނެސްދޭނަން. އުއްމީދު ކުރަން ދެން އަންނަ ވާހަކައަށް ހަމަ މިކަހަލަ ސަޕޯޓާއި އެއްބާރުލުން ލިބޭނެކަމަށް. މިވާހަކަ ކިޔުންތެރިންނަށް ކަމުދިޔަ ކަމަށް އުއްމީދު ކުރަން.
-ޝުކުރިއްޔާ

Share Article

Follow Me Written By

Raaya

Level 210 Stories100 Comments

Other Articles

Previous

ޖައިޝް 2

Next

އައިނާ (2) 3

Next
June 27, 2020

އައިނާ (2) 3

Previews
June 27, 2020

ޖައިޝް 2

19 Comments!

  1. Ram says:
    June 27, 2020 at 2:36 pm

    VVV reethi V kamudy

    1. Raaya says:
      June 27, 2020 at 3:53 pm

      Vrh bodah shukuriyya ram

  2. Raaya says:
    June 27, 2020 at 4:16 pm

    ދެން ތި ކިޔުނތެރިން އަޅުގަނޑުގެ ފަރާތުން ކިޔާލަން ބޭނުންވަނީ ކޮންކަހަލަ ވާހަކައެއް؟

  3. Anonymous says:
    June 27, 2020 at 7:22 pm

    Aakko akiy kaakubaa??

    1. Shixu says:
      June 27, 2020 at 9:34 pm

      Hama aakko ey ?

  4. Liyaa says:
    June 27, 2020 at 8:13 pm

    Mashaa allah nice keep it up ?❤️??

  5. ? says:
    June 27, 2020 at 8:13 pm

    Vrh reethi?
    Dhn liyeba loabii ge Vhk ehh ☺️

  6. Dhona says:
    June 27, 2020 at 9:33 pm

    varh beynun loabigey vahaakha raaya pls. Dhn sad vaahkah ey??

    1. Raaya says:
      June 28, 2020 at 5:11 am

      thanks dhona… mihaaru vaahaka liyan fashaifin… in sha allah vrh avahah kiyaalan libeyne 🙂

  7. Nafu✨ says:
    June 28, 2020 at 5:17 am

    loabyge vr asaru gadha vaahaka eh beynumy dhn.. kon dhuvahakun raayage vaahaka kiyaalan libeyny. waiting waiting

    1. Raaya says:
      June 28, 2020 at 5:28 am

      5 noony 7 varakah bai liyrvunyma post kuran fashaany… school hulhuvuniyma vrh undhagoo vaane time nulibeynethy

  8. Anonymous says:
    June 28, 2020 at 11:16 am

    Not funny shixu.? I’m seriously asking it. Who is that. Aakk iniyma check ves kohlaifin? comment kohfa inthoa mi story ge bayakah. But alhugan akah nufenun??

    1. aharen says:
      June 28, 2020 at 11:57 am

      btw who is shixu?? and who are u??

    2. Raaya says:
      June 28, 2020 at 2:59 pm

      Film thakuga vx credit ge bayah aadhe ehnnu dhw film ah naara meehunvx… e gothah aakko is someone whom i have to thank for everything she did for me? although she didnt comment meega… but she would comment raaya ah gulhaafa?… i mentioned her bcoz she is one of the reasons behind i started writing stories… and its she who inspired me at the first place… and plus the support she gave me… she is my cousin eh… mihaaru ingihjje dhw eii kaaku kan?…

  9. ?Aashko?? says:
    June 28, 2020 at 2:53 pm

    Maasha Allah ???
    V v reethi mi story.
    Waiting for ur next story…

    1. Raaya says:
      June 28, 2020 at 2:55 pm

      Thanks aashko?.. in sha allah vrh avahah kiyaalan libeyne raaya ge ehn story eh… keep waiting ?

  10. Anonymous says:
    June 28, 2020 at 2:56 pm

    Raaya is this Aashko the one whome u mentioned after the story

    1. Raaya says:
      June 28, 2020 at 3:00 pm

      No…

  11. Cutie??❤️ says:
    June 30, 2020 at 8:35 am

    The story is awesome??????love it❤️❤️❤️can’t wait for next part???waiting…..

Comments are closed.



All Right Reserved!