Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނިކަން ލޯބިން-8

SomeOne Level 210 Stories
March 12, 2021 5 Mins Read
2 Comments

“ދެން ނުކިޔާނަން އިނގޭ ލަވައެއް! ދެން މަ ކިއާހާ ލަވައެއް މީހުންނަށް ނިސްބަތްވަންޔާ ނެތެއްނު ލަވައެއް ކިއޭކަށް! އެހެން ނޫނަސް ވެދާނެ ދޯ ހަމަ ތީގެން މީހަކަށް ކަމަށްވެސް!” އަހަރެންގެ ވަރުގަދަ އަނގައިގެ ބޭނުން އަހަރެން ހިފީ އެވަގުތު ގަނެފައި އިންލަދުން ސަލާމަތް ވެވޭތޯއެވެ.

ލަވަ ބާޒީ ކުޅެގެން މޮޅުވީ އަންހެން ކުދިންނެވެ. އެއްބަސް ވެވުނު ގޮތަށް ފިރިހެން ކުދިންނަށް ޝޯ ހުށައަޅާދޭންޖެހުނެވެ. ބައިގަޑިއިރުގެ ވަގުތެއް ޝޯ އަށް ތައްޔާރުވާން ދިނުމަށްފަހު ހުރިހާ އަންހެންވެރީން ގޮސް  ޓެންޓް ތެރޭގައި ހީ ސަކަރާތް ޖަހަން ތިބީމެވެ.

“ޔާ! ލައިތްގެ ލަވަޔާ ވިއްދާލާފަ ކިއާލި ލަވައިން އަހަރެންވެސް ހީކުރީ ތި ދެމީހުން ކަމެކޭ! އެހާ ފީލްގައޭ އަދި ކިއާލީވެސް” ޒުހުދާ އަހަރެންނާ ދިމާ ކުރަމުން ބުނެލިއެވެ.

“ތެދެއް؟ އަނެއްކާ އަހަރެމެންގެ ފަހަރިއަކަށްވާންތަ ތިއުޅެނީ” ބޮޑުބެގެ އަންހެނުންވެސް އެފުރުސަތުގެ ބޭނުން ހިފާލިއެވެ. އަހަރެން އިނީ އެންމެން ކިއާ އެއްޗެއް އަޑުއަހާށެވެ. ޝިއުނާ މަޑު މަޑުން އަހަރެންގެ ގައިގައި ވިކާލަ ވިކާލަ އިނެވެ.

“ދޮން ގެ އެއްވެސް އިއުތިރާޒެއް ނެތް އެނގޭ. މަގޭ ޅިޔަނަކަށް ޕައިލެޓެއް ވާން އަހަރެންވެސް ބޭނުންވާނެ އެއްނު” އެއްޗެއް ނުބުނާނެކަމަށް ހީކުރި ދޮންތަވެސް އެމީހުންނާ އެއްބައިވެލިއެވެ.

“އާއާއާއާޔާޔާޔާޔާ!!! ދިގުރާގެއް ލާފައި ޝިއުނާވެސް ފެށިއެވެ. “ހުރިހާ އާއިލާއެއް ގަބޫލު ދެން ތިކަން ކުރަންވީނު.”

އެންމެ ފަހުން އަހަރެންނަށްވެސް އެއްޗެއް ނުބުނެ ނީނދެވުނެވެ.

“ދެ އާއިލާ ގަބޫލަސް އިންނަން ތިބި ދެމީހުން ގަބޫލު ނޫނިއްޔާ ނުވާނެ ދޯ! މަށެއް ނޫޅެން މޮޔަވެގެން. މާދަން މާލެ ނުދެވިގެން މިއުޅެނީ” އަހަރެން ބުނެލީމެވެ. ހަމަ އެވަގުތު ބޮޑުބެ އައިސް ގޮވާލިއެވެ. ” ޝޯ ރެޑީ! އެންމެން ނުކުމޭ!”

އަހަރެމެން ނުކުތް އިރު ކުނާތައް ފަތުރާލާފައި ހުއްޓެވެ. ކައްކަން ގެންގުޅުނު ތެލިތައް ހިފައިގެން ފިރިހެންވެރިން ފައްޗަކަށް އެތުރިގެން ތިއްބެވެ. އެތަނުގައި މަދީ ލައިތް އާއި ހުޝާމް އެވެ. ތެލި ނެށުމުން ފެށި ޝޯ، ފެޝަން ޝޯއާއި ލަވަކިޔުމާއި ނެށުމުގެ އިތުރުން މަޖާ ޑްރާމާ އެއް ހުށައެޅިއެވެ. އަހަރެމެން ތިބީ ހީހީ ގޮސް ހަލާކުވެފައެވެ. ފެޝަން ޝޯއިން ފިޔަވާ ހުޝާމްއެއް ނުފެނެއެވެ. ލައިތްވެސް ފެޝަން ޝޯގެ އިތުރުން ދެން އެރީ ޑަބިޔާ ޖެހުމަށެވެ. އާދެ ބެރު ނެތުމުން ބެރުގެ ބަދަލުގައި އެވެރިން ބޭނުން ކުރީ ޑަބިޔަލެވެ.

ސަކަރާތުގައި ވަގުތު ދިޔަގޮތްވެސް ނޭނގުނެވެ. ވަރުބަލިވެގެން ތަންތަނަށް ދެމިގެން ގަޑި ބަލާލިއިރު ދަންވަރު 2:30 ވެއްޖެއެވެ. ހުރިހާ އެންމެންވެސް އެއްބަސްވެލީ ކުޅިވަރުތައް ނިންމާލުމަށްފަހު އަރާމުކުރަން ބޭނުންވާ މީހުން އަރާމުކުރުމަށެވެ. އަދި ފަތިހު 0530 ގައި ކޮފީ ބޮއެގެން ރަށަށް ފުރުމަށެވެ. އެ ދުވަހުގެ 1600 ގައި ފުރާ ލޯންޗުން އަހަރެމެންވެސް މާލެ ދާން ޖެހޭނެތީ ރަށަށް ގޮސް ކުޑަކޮށް އަރާމުކޮށްލަންވެސް  ބޭނުންވާނެތީއެވެ.

“ހޭލަ ތިބޭ މީހުން ހޭލަ ތިބެންވީ.ސްޓާގޭޒް ކުރާމީހުން އެކަން ކުރަންވީ. ނިދާ މީހުން ނިދަން ވީ. މީ ސެލްފް ޓައިމް. އަހަރެން މިދަނީ ނިދަން.”ބޮޑުބެ އެހެން ބުނެލީ ޓެންޓާ ދިމާއަށް ހިނގައި ގަންނަމުންނެވެ.

އެތަނުގައި 3 ޓެންޓް ހުރުމާއި އެކު ބޮޑު ޓެންޓް ހުރިހާ އަންހެން ކުދިންނަށް ދީފައި އަނެއް 2 ޓެންޓްގައި ތިބީ ފިރިހެން ކުދިންނެވެ.އެކި މީހުން އެކި ދިމާލަށް ހިނގައިގަތް އިރުވެސް ހުޝާމް އާއި ލައިތް އަދި ހުސެއިންނާއި އަހަރެން ހަމަ އެތާ ކުނާމަތީ ތިބީމެވެ. އަހަރެން އެތާ މަޑުކުރީ ލައިތް މެސެޖްކޮށްފައި މަޑުކުރަން ބުނުމުންނެވެ. މި މީހުން އަހަރެންނާއި ލައިތް މީޓް ވާނޭ ގޮތުގެ ކޮންމެސް ޕްލޭންއެއް ހަދައިގެން ތިބިކަން އަހަރެންނަށް ޔަގީން ކުރެވުނެވެ. އެއާއި އެކު އަހަރެންގެ ބަނޑު ތެރޭ ކޮކާ އުދުހެންފެށިއެވެ.އެއްކަލަހެން މޭ ތެޅެންފެށިއެވެ. ހަތަރެސްފައި ފިނިވިއެވެ.

“ޔާ! ދޮން މިދަނީ ޖައްސާލަން އެނގޭ.” އަހަރެން ދޮންތަ ޓެންޓާއި ދިމާލަށް ހިނގައި ގަންނަމުން ބުންޏެވެ. ޝިއުނާވެސް ގޮސްގޮސް ހުރެފައި އެއްޗެއް ހީވެގެން އަނބުރާލާފައި އައިސް އަހަރެން ކައިރީ އިށީނެވެ.

“މަ ނިދަން ދާނީ އާޔާ އާ އެކީ! ދޮންތަ ދޭ ނިދަން”  ދޮންތަވެސް ހީލުމަށްފަހު އިތުރު އެއްޗެއް ނުބުނެ ދިޔައީއެވެ.

 

” މަ ހުއްޓުވީތި ކީއްކުރަން އަޅެ؟ ތިތިބީ ޖޯޑުތައް ހަމަވެފައެއްނު” ހުޝާމް އެހެން ބުނެލުމާއި އެކު އަހަރެން ލައިތްގެ މޫނަށް ބަލާލީމެވެ.

“ތީ އޭ އަސްލު މީހަކީ! ރެޑް އެލާޓް ކުޅެން އޮވެބަ. ހިނގާ ތުނޑިއަށް އަހަރެމެން ނުދާނަމޭ ދުރަކަށް. އެތާ ހަމަ ވާހަކަ ދައްކާލަން ތިބޭނީ. ހުޝާމް ނިދައިއައިސިއްޔާ އެތާ އޮވެގެން ނިދޭނެ އެއްނު” ލައިތް ހުޝާމްދިޔަ ނުދޭން އެ ވިސްނަނީ ހަމަ ޔަގީނުންވެސް މީހަކަށް ކަމެއް ޝައްކުވެދާނެތީ ހެން އަހަރެންނަށް ހީވިއެވެ.

ކުނައެއް ނަގާ އަތަށް ލައިގެން ހުޝާމް ތުނޑިއާ ދިމާލަށް ނަށްޓާލީ އަހަރެމެންނަށް ކުދި ކިޔަމުންނެވެ. އަހަރެމެންވެސް ހުޝާމް ފަހަތުން ތުނޑިއަށް ހިނގައިގަތީމެވެ. ތުނޑިއާއި ޓެންޓްތަކާއި ދެމެދު މާބޮޑު ދުރުމިނެއް ނުހުންނާނެވެ. ތުނޑީގައި އިށީނދެ ތިބޭއިރުވެސ ޓެންޓްތައް ރީއްޗަށް ފެނެއެވެ.

އަހަރެމެންގެ މަންޒިލަށް ވާސިލްވުމުނެ ހުސެން ޝިއުނާ އަތުގައި ހިފައިގެން ކުޑަތަންކޮޅެއް ދުރަށް ހިނގައިގަތެވެ. އަދި ގޮސް އެތާ އިށީނެވެ. އަހަރެމެން ގަސްތުކުރީ ކުޑަކޮށް ރާޅު ޖަހާ ފަށުގައި ހިނގާލާށެވެ.

“އޭ މާދުރަށް ނު ހިނގާތި. ” ކުނާ މަތީ އޮށީންނަމުން ހުޝާމްވެސް ހަޅޭއްލަވައިގަތެވެ. ހޫމް އަޅުވާލުމަށް ފަހު އަހަރެންނާ ލައިތްވެސް މަޑުމަޑުން ހިނގަން ފެށީމެވެ.ރާޅު ޖަހާފަށުގައި މަޑުމަޑުން ހިނގަމުން ދިޔައީ އެކަކު އަނެކަކުގައގައި ޖެހޭ ނުޖެހޭހާ ކައިރިންނެވެ.

ވަށައިގެން ވަނީ ހަނުހިމޭންކަމެވެ. ރޭގަނޑުގެ އަނދިރިކަންވަނީ މުޅި ސަރަހައްދަށް ފެތުރިފައެވެ. ފަޅި ހަނދު ގެ ފަނޑު ހަނދުވަރާއި އުޑުމައްޗަށް ޖަމާވެފައިވާ ގުނާ އަދަދު ނުކުރެވޭ ހާ ތަރިތަކުގެ އަލިކަން  ކޮންމެވެސް ވަރަކަށް ލިބެއެވެ. ގޮނޑުދޮށަށް ބީއްސާލާ ކުދި ކުދި ރާޅުތަކުން މިޔުޒިކީ އަޑެއް އިވިއިވި ހުއްޓެވެ. އެ ފަދަ މާހައުލަކީ ދެ ލޯބި ވެރިއެއްގެ ލޯބީގެފެށުމުގެ ބިންގާ އަޅަން އެންމެ ފުރިހަމަ މާހައުލެކެވެ.

ދެމީހުންގެ ދެމެދުގައިވި ހަނުހިމޭންކަން ފޫއަޅުވާލީ ލައިތްއެވެ.

“ޔާ ބުނީމެއްނު މިސް އަންޑަސްޓޭންޑިން އެއްގެ ވާހަކަ؟ އަދިވެސް ސާފެއް ނުވި އެބުނި އެއްޗެއްގެ މާނަ އެއް”

އަހަރެން ކައިރިއަށް ހިނިއައެވެ. އަހަރެންގެ މޮޔަކަން ލައިތް ހަނދާން ކޮށްދޭން ޖެހޭހެއްޔެވެ.

“ނުބުނެވޭ ވަރު ވާހަކައެއްތަ އަނެއްކާ؟” ލައިތް އެހެން އެހީ އަހަރެން އަނަގައިން ނުބުނުމުންނެވެ.

” ހިނގާ އިށީންނަން. އޭރުން ކިޔާދޭނަން” އެހެން ބުނެލުމަށްފަހު ކުޑަކޮށް އެއްގަމަށް ހިނގައިގަތީމެވެ. އަދި ދޮންވެލިގަނޑުމަތީ ފައިވާން ބެހެންޓުމަށްފަހު އިށީނެމެވެ. އޭރު އަހަރެމެންނަށް ޓެންޓުތަށް ފެންނަ ހިސާބަށްވުރެ ދުރަށް ދެވިއްޖެއެވެ. ކުޑަތަންކޮޅެއް ދުރުން ފަނޑު ހަނދުވަރުގެ ތެރެއިން ހުޝާމް ފެނެއެވެ.

ރީއްޗަށް އިށީނދެ ހަމަ ޖެހެލުމާއިއެކު އަހަރެންނަށް ލައިތް އާއި ހުޝާމް އޮޅުނު ވާހަކަ ކިޔާ ދިނީމެވެ. ފަހަރިމެން ދެއްކި ވާހަކަ އަޑު އިވުނުކަމާއި މެސެޖް ގެ ޖަވާބް އެހެން ދިނީ ކީއްވެކަން ބުނެދިނީމެވެ. ލައިތް އިނީ ލާނެއް ފާޑަކަށް ހޭންށެވެ. އަހަރެން ވާހަކަ ކިޔާދީނިމުމާއިއެކު ލައިތް އަހަރެންއަތުގާ ހިފާލާ އަހަރެންގެ ލޮލާލޯ ސީދާކޮށްލިއެވެ.

“ސޯ. ފުރަތަމަ ނަޒަރުންވެސް އަހަރެންނާ ގަޔާވި ދޯ؟ ނޫނީ ސެންޓާތަ ގަޔާވީ؟” ލައިތް އެހެން އަހާލީ ޖަޒުބާތުން ފުރިގެންވާ ރާގެއްގައެވެ.

” ފުރަތަމަ ދިމާވެލުމުންވެސް. ސެންޓުވެސް” އަހަރެން އެހެން ބުނީ ލައިތްގެ އެ ޖާދުވީ ލޮލަށް ނަޒަރު ހުއްޓައިގެން އިނދެއެވެ. ލައިތް މަޑު މަޑުން ކުރިއަށް ޖެހިލާ އަހަރެންގެ ތުންފަތުގައި ބޮސްދިނެވެ. މިއީ އެންމެ ރަނގަޅު ގޮތްކަމުގައި ނުވިނަމަވެސް އަހަރެންގެ ހިތް އެދެމުންދިޔައީ މަޑުމަޑުން އިނުމަށެވެ. އަނެއްކާވެސް ކުޑަކުޑަ ހިމޭންވަގުތުކޮޅަށްކަށްފަހު ލައިތް އަހަރެން ދުރުކޮށްލިއެވެ. އަދި އަހަރެންގެ އަތުގައި ހިފާ އެނާގެ ފައިމަތީގައި ބާއްވާލުމަށްފަހު އަހަރެންގެ ބޮލުގައި ހިފާ މަޑުމަޑުން އެނާގެ ކޮނޑުގައި ބާއްވާލިއެވެ. އެނާގެ ކޮންމެ ހަރަކާތަކަށް އަހަރެން ދިޔައީ ކިޔަމަންވަމުންނެވެ.

ލޯބީގެ ގުލްޒާރުގައި އެކި މާތައް ފޮޅުވާ ވައުދާއި އަހުދުތައް ކުރަމުން ދިޔައިރު މުޅި ކާއިނަތު އަހަރެމެންގެ ލޯތްބަށް ހެކިވާކަހަލައެވެ. މެންދަމުގެ ފިނީގެ ތެރޭގައި ލައިތްގެ ހޫނު އަތުގެ ތެރޭގައި ވަގުތު ހޭދަވެގެން ދިޔަގޮތްވެސް އަހަރެމެންނަށް ނޭގުނެވެ. ދެމީހުން ގެ ދިރިއުޅުމާއި އާއިލާއާއި ގުޅޭ ގިނަ ވާހަކަތަކެއް އަހަރެމެން ހިއްސާކުރީމެވެ. ދިރިއުޅުމުގެ ޕްލޭންތައް ކުރީމެވެ. ރަށްޓެހިވެގެން ގިނަ ދުވަހު އުޅެން އަހަރެން ބޭނުން ނޫންނަމަވެސް ލައިތް އަށް އަހަރެންނާއި ކައިވެނި ކުރެވޭނީ އަދި 2 އަހަރު ފަހުން ކަމުގައި ލައިތް ބުންޏެވެ. ލައިތް އަހަރެން ގޮވައިން ދިރިއުޅޭނޭ ތަނެއް ހޯދުމާއި އާއިލާއެއްބިނާކުރުމަށް ލައިތްއަށް އިތުރުވަގުތު ބޭނުންވާތީ އެކަން އަހަރެން ބަލައިގަތީމެވެ. ލައިތްއާއި އިނދެވޭނެ ދުވަހަކަށް ނިކަން ލޯބިން އިންތިޒާރުކުރާނޭ ކަމުގައި އަހަރެން ބުނީމެވެ.

އެ ފޮނި ވަގުތުކޮޅަށް ނިމުން އައީ ހުޝާމް އައިސް ގޮވާލުމުންނެވެ.

“ބޮޑުބެ ހޭލައިފި.ދެން ނިންމާ.. އެއްރެއަށް ވާވަރުވެއްޖެ އެއްނު..ހިނގާ މަޑުމަޑުން ހިނގަމުން އެދިމާއަށް” ހުޝާމް އެހެން ބުނިއިރު ލައިތް އޮތީ އަހަރެންގެ އުނގުގާ ބޯ އަޅާލައިގެންނެވެ. ހުޝާމް ގެ އަޑު ޖެހުމާއި އެކު ލައިތް ތެދުވިއެވެ.

“ކޮބާ ހުސެންމެން” ލައިތް ސުވާލުކޮށްލިއެވެ.

“އެމީހުން ނިދަން ދިޔަތާ ކިތަންމެ އިރެއް. ބަލާބަލަ ގަޑި”

ތެދެކެވެ. ގަޑިން 0450 ވެއްޖެއެވެ. ކިތަންމެ ބޭނުން ނުވިއަސް އަހަރެމެންގެ އެ ލޯބި ވަގުތުކޮޅު ނިންމާލަން ޖެހުނީއެވެ. 3 މީހުން އެކީ ޓެންޓްތަކާއި ދިމާއަށް ހިނގާގަތްއިރު ބޮޑުބޭބެ ހިނގާފައި ޓެންޓްތަކާއި ދުރަށް ދާތީ ފެނެއެވެ.

“އާޔާ. އަދި އެއްވާހަކަ ނުބުނެވޭ. އާޔާމެންނާއެކީ އަހަރެންވެސް މިއަދު މާލެ އެބަ ދަން. އިއްޔެ ބޮސް އެގުޅީ ޑިޔުޓީއަށް ނުކުންނަން ބުނަންވެގެން.މާލެ ގޮސް ހަމަޖެހިލާފަ ގުޅައްޗޭ”ލައިތް  އެހެން ބުނީ އަހަރެންގެ އަތުގައި ހިފާލަމުންނެވެ.

އަހަރެން އެއްވެސް ބަހެއް ނުބުނެ ހީލީމެވެ.

އެ ރަށް ދޫކޮށް އަހަރެމެން ފުރީ ހެނދުނު 6 ޖެހިއިރުއެވެ. އަހަރެމެން ބަލާ ދޯނި އައިސް އޮތެވެ. ދޯނި އެރަށު ފަޅުން ނިކުތުމުންވެސް އެންމެ ފަހުފަހަރަށް އެރަށައި ދިމާއަށް ބަލާލީމެވެ. އަހަރެން އެރަށުގައި ހޭދަކުރި 24 ގަޑިއިރަކީ އަހަރެންގެ މުޅި ހަޔާތިގައިވެސް އައި އެންމެ އުފާވެރި ވަގުތުތަކެވެ. އެ ވަގުތުތައް އަހަރެންގެ ހިތުތެރޭގައި އަބަދަށްމެ ފޮރުވާލަމުން ލައިތް އާއި ދިމާއަށް ބަލާލާ ހިނިތުންވެލީމެވެ.

ދިއްފުށްޓަށް ދެވުމާއި އެކު އެންމެންވެސް އަވަސްވެގަތީ ގެއަށް ދިޔުމަށެވެ. އަހަރެންވެސް ހަވީރު ފުރުމުގެ ކުރިން ނިދާލަން ބޭނުންވިއެވެ. އެހެންކަމުން ގެއަށް ގޮސް ފެންވަރާލައިގެން އޮށޯވެލީ ދިހައެއް ޖަހާލާއިރު ގޮވާލަދޭން ދޮންދައްތަ ކައިރީ އެދެމުންނެވެ. ގޮވަން ބުނި ގަޑިއަށް ދޮންދައްތަ އަހަރެންނަށް ގޮވުމުން ތެދުވެ ތައްޔާރުވެލީމެވެ. ދަންނަ އެންމެން ގޭގެއަށް ޒިޔާރަތްކޮށް ވަދާޢީ ސަލާމްކުރީމެވެ.  އަހަރެމެން ފުރާތަނަށް ގޭ އެންމެން ނުކުމެ ތިއްބެވެ. އޭގެތެރޭގައި ޝިއުނާވެސް ހުއްޓެވެ.

“ވަރަށް މިސްވާނެ. މާލެ ގޮސް ގުޅާނަން. ފަހަރީ.” އަހަރެން ގައިގައި ބައްދާލަމުން ޝިއުނާ އަހަރެން ކަންފަތްދަށުގައި ބުނެލިއެ ބަސްތަކުން ކުޑަކޮށް ރަކިވާގޮތްވިއެވެ. ނަމަވެސް ގިނަ މީހުން ތިބުމާއި އެކު އިތުރު އެއްޗެކޭ ނުބުނޭ “ވިލް މިސް ޔޫ ޓޫ ” އޭ ބުނެލާ ލޯންޗަށް އެރީމެވެ. އޭރު ލޯންޗް ވަނީ ފުރަން ތައްޔާރުވެފައެވެ. އަހަރެމެންގެ ފަހަތުން ލައިތްވެސް ލޯންޗަށް އެރިއެވެ.

“ދަރިފުޅާ ލައިތް އެންމެން ބަލާތި” ފަހަރިގެ މަންމަ ލައިތްއަށް ނިސްބަތްކޮށް ބުނިލިއެވެ. އަހަރެމެން އެނބުރި ދިޔައިރު ފަހަރިއާއި އާލް އަދި އަހަރެންގެ ބޮޑުބެވެސް އަނބުރާ މާލެ ދިޔައެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

ގެއްލުނު އެކުވެރިޔާ (ޓްރެއިލަރ)

Next

ލޯބިވާ ވަރު ކަލާޔަށް އަންގައިދެމޭ 6

Next
March 12, 2021

ލޯބިވާ ވަރު ކަލާޔަށް އަންގައިދެމޭ 6

Previews
March 12, 2021

ގެއްލުނު އެކުވެރިޔާ (ޓްރެއިލަރ)

2 Comments!

  1. Boaganvilla says:
    March 13, 2021 at 4:13 pm

    varah habeys best of luck …..
    in my opinion after this story you should make this story as a book salhivaane

  2. SomeOne says:
    March 14, 2021 at 8:20 am

    Thank you! 🙂

Comments are closed.

Next Episodeނިކަން ލޯބިން-9←


All Right Reserved!