Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނިކަން ލޯބިން-6

SomeOne Level 210 Stories
March 10, 2021 5 Mins Read
0 Comments

ދަތުރަށް ގެނައި ތަކެތީގެ ތެރެއިން ރެޔަށް ބޭނުންވާ ތަކެތި ބެހެއްޓުމަށްފަހު  ދޯނި ރަށަށްދާންފުރީ ގެނައި ޑިނގީ ބާއްވާފައެވެ. ބޮޑުމީހަކަށް މަޑުކުރީ ފަހަރިގެ ބޮޑުބޭބެއެވެ. މިހާހިސާބުން ފަހަރިގެ ނުކިޔަމާތޯއެވެ. އެއީ ލައިތްގެ ވެސް ބޮޑުބޭބެވިއްޔާއެވެ.ބޮޑުބޭބެއައި އޭނާގެ އަންހެނުންގެ އިތުރުން އަހަރެންނާއި ދޮންދައްތަ ،ޝިއުނާ އާއި ދޫމާ އަދި ޒުހުދާ މަޑުކުރީއެވެ. ޝައުމާ ޑިޔުޓީއަށް ނުކުންނަން ޖެހީތީ ދިޔައީއެވެ. ފިރިހެނުންގެ ތެރެއިން ދެން މަޑުކުރީ ލައިތް އާއި ހުސެން ގެ އިތުރުން ފާރިޝް އާއި ޝުޖާއު އަދި ހުޝާމްއެވެ. އަހަރެން އެ އުޅުނީ ހުޝާމް ލައިތްއަށް ހަދައިގެންނެވެ. ހުޝާމްއަކީ ދިއްފުށީ ކުއްޖެއްނަމަވެސް އޭނާގެ އާއިލާ ދިރިއުޅެނީ ރާއްޖޭން ބޭރުގައި ކަމުން ޗުއްޓީއަށް އައިސް ލައިތް އާއިއެކު ހުންނަނީ އެގޭގައިކަން އަހަރެންނަށް ބުނެދިނީ ޝިއުނާއެވެ.

“ހޭވް ފަން ޔޫގައިސް!” (އެންމެން މަޖާކޮށްލައްޗޭ!) ދޯނި  ރަށަށްދާން މިސްރާބް ޖެހުމާއިއެކު ފަހަރި ހަޅޭއްލަވައިގަތެވެ. ހުރިހާ އެންމެންވެސް އަތްހޫރާ ޓާޓާ ކިޔުމަށްފަހު އެއްގަމަށް ހިނގައިގަތެވެ.

“އެންމެން މިކޮޅަށް އާދޭ!” ދެން އިވުނީ ލައިތްގެ ބޮޑޫބޭބެ އަޑެވެ. އަހަރެންވެސް އެނބުރި ބަލާލީމެވެ. ބޮޑުބެއާއި ބޮޑުބެ އަންހެނުން އަތިރިމަތީގައި ދެފައި ވަށްކޮށްލައިގެން އިށީނދެ ތިއްބެވެ. އަހަރެމެން އެންމެންވެސް ގޮސް އެތާ ކައިރީ އިށީނެމެވެ.

“މިހާރު ގަޑިން 3:30! އަސްރު ނަމާދުކޮށްގެން އެންމެން ރެސްޓްކުރޭ! 4:30 ގައި ސައި ބޮއެގެން މަހަށް ފުރަން ޖެހޭނެ! ކޮންބައެއް ކަނޑުމައްޗަށް ބަލީ؟” އަތުކުރީ ގަޑިއަށް ބަލާލުމަށްފަހު ބޮޑުބޭބެ އެހިއެވެ.

އެކަކު އަނެކަކު މޫނަށް ބަލާލީ އެއްވެސް މީހަކު ކަންޑުމައްޗަށް ބަލިކަމަށް އެއްބަސް ނުވާންކަން ކަށަވެރެވެ. ގައިމުވެސް އަހަރެންނަކީ ކަނޑުމަށްޗަށް އެހާ ގަދަ މީހެއް ނޫނެވެ. ނަމަވެސް އަހަރެންވެސް ނުވާކަމަށް ހަދައިގެން އިނީއެވެ.

” އެނގިދާނޭތާ ހުރި ފެންވަރެއްވެސް!” އެންމެންނަށް އިޝާރާތްކޮށް ބޮޑުބެ އެހެން ބުނީ މަލާމާތުގެ ރާގަކަށެވެ. އަދި ބޮޑުބެ އަންހެނުން އަތުގައި ހިފާލާފައި ވާޙަކަ ކުރިއަށް ގެންދިޔައެވެ. “ދޫނީ! ހިނގާބަ ދެމީހުން ޑޭޓްއަކަށް ގޮސްލަން! މިކަހަލަ މަދު ފުރުސަތެއް ނޫނީ ނުލިބޭނެ!”

“ހޫން! އެއްކަލަ ވަސީމް! ލަދެއްވެސް ނުގަނެއޭ މި އޮއް އެންމެންތެރޭ ފާޑުފާޑު އެއްޗެހި ކިއާކަށް” ބޮޑުބެ އަންހެނުން އިނީ ލަދުން ހަލާކު ވާން ކައިރިވެފައެވެ.

“މިތިބަ ޒުވާން ކުދިން ކޮޅާއެކީ މަވެސް ޒުވާން ވެލީއޭ! ކޮބާ ޖޯޑު ޖޯޑު  ހަދައިން ބިޓު ހިއްލަން ދާނީކީ ނޫން! އެންމެން އެއްކޮށް އުޅޭތި! އަހަރެމެން އަންނާނަން! ބޮޑުބެ އެހެން ބުނުމަށްފަހު އަންހެނުން އަތުގައި ހިފައިގެން ހިނގައި ގަތެވެ. އެންމެންވެސް ބޮޑުބެއާ ދިމާކުރާފާޑަށް ހޭން ފެށިއެވެ.

“ކޮން ބައެއް ހިނގާލަން ދާނީ؟ އަހަރެންވެސް ބޭނުން ރަށުތެރެ ބަލާލަން!” ހުސެއިން ބުނެލިގޮތުން ހީވީ ވަކިމީހަކަށް އިޝާރާތްކޮށް އެހެން ބުނިހެންނެވެ.

“އަހަރެމެންވެސް ދާނަންދޯ” ހުސެއިންގެ ޖުމްލަ ނުނިމެނީސް ޝިއުނާ ހުސެއިންއާއި އެއްބައި ވެލީ އަހަރެންނަށް ދޯ ދެމުންނެވެ.

” ހެދުން ބަދަލު ކޮށްލައިގެން ދާނީ. ވަރަށް ފިނިވޭ!” އަހަރެންވެސް ހުރީ ރަށުތެރެ ބަލާލަންދާން ވަރަށް ބޭނުނުންވެފައެވެ.

“ދޮން ރެސްޓްކޮށްލާނީ! މިދަނީ ޓެންޓްގަ ޖައްސާލަން!” އިންތަނުން ތެދުވަމުން ދޮންދައްތަ ބުނެލިއެވެ.

“ހަވީރު ސަޔަށް ސޭންޑްވިޗް ހަދާނީ މަށާ ލައިތް އާ ދޯ” ސުޖާއު ލައިތްއަށް ދޯ އެއްއެއްލިއެވެ.

ލައިތް ބޯޖަހާލުމާއިއެކު އަހަރެން މޫޑު ގޯސްވިއެވެ. އަހަރެން ހިނގާލަން ދާންބޭނުންވީ ލައިތް އާއި އެކީއެވެ. އެންމެ ފަހުން ހިނގާލަންދާ ތިބީ ހުސެއިން އާއި ޝިއުނާއާއި އަހަރެންނެވެ. ދެން ތިބި ތިން މީހުންވެސް ބޭނުންވީ މަހަށް ފުރުމުގެ ކުރިން އުނޯ ގަނޑެއް ޖަހާލުމަށެވެ.

އަހަރެމެން  ތިން މީހުން އެއްޗެހި ބަދަލުކޮށްލާ ނަމާދުކޮށްލުމަށް ފަހު ހިނގާލަންދާން ނުކުތީމެވެ. ޝުޖާއު އާއި ލައިތް ސޭންޑްވިޗް ހަދަން އެއްޗެހިކޮށަން ތިއްބެވެ.ރަށަކީ ބޮޑު ރަށެކެވެ އަހަރެމެން ހިނގަމުން ދިޔައިރު އެކި ވާހަކަ ދައްކަމުން ފޮޓޯ ނަގަމުން ދިޔައީމެވެ. ރަށުގެ އެއްކޮޅުގައި ، އަލަތު ކައިވެނިކޮށްގެން އުޅޭ ދެމީހުންހެން ތިބިހެން އަންހެނުން އުނގުގައި ބޮޑުބެ އޮށޯވެލައިގެން ވެލިގަނޑުމަތީ މާ ފޮޅުވަން ތިއްބައި ފެނުނެވެ.

” ޝިއުނާ! ހިނގާބަ އެކޮޅުގަ އިށީނދެލަން! މަލެއް ފޮޅުވާލަން” އަހަރެން ސިހިފައި ހުސެއިން ބުނި އެއްޗެއް ސާފު ނުވެގެން ކީކޭހޭ އަހާލީމެވެ.

ޝިއުނާ ލަދުން ހުރެ އަހަރެންނާ ދިމާލަށް ބަލާލިއެވެ. ” އަހަރެންނާ ހުސެއިން މި އުޅެނީ ރަށްޓެހިވެގެން.އަޅެ އެހަށް އެކަކު ކައިރީވެސް ނުބުނައްޗޭ ޕްލީސް” ޝިއުނާ އާދޭހުގެ ރާގެއްގައި ބުނިލިއެވެ.

” ތެދެއް! ލައިތް ނޫން މީހަކަށް ނޭގެނެ! އޭނައަށް މެސެޖްކޮށްފިން އަހަރެމެން މާ ފޮޅުވާލަންދެން ސެކިޔުރިޓީ ބަލަން އައިސްދޭން”!

ވޭތުވެދިޔަ 3 ދުވަހު އަހަރެންގެ ހިތަށް ހާދަ އަނިޔާއެއް އެބަވެއެވެ. ލައިތް އޭ ބުނާ ކޮށްމެ ފަހަރަކު ނުނީ އޭނާ ފެންނަ ކޮންމެ ފަހަރަކު ހިތް ތެޅޭވަރު ބާރުވެއެވެ. ބައެއްފަހަރު ހިތް ހީވަނީ މޭކަށިގަނޑު ފަޅާލާފައި ބޭރަށް ނުކުންނަށް އުޅޭހެންނެވެ. އެހެންނަމަވެސް ހަމަ ޖެހޭ ގޮތް ދައްކާލަމުން ޝިއުނާ އަތުގައި އަހަރެންގެ ދެއަތުން ބާރަށް ހިފާލީމެވެ.”ޕިސް ޕިސް! ވަގޭ ދޯ މީނަ! 4 ދުވަސް އެއްކޮށް އުޅުން އިރުވެސް މަށަށް ރޭކާވެސް ނުލާ! ދެން އޯކޭއޭ! މާ ފޮޅުވަ ބަލަ! ލައިތް ނަޔަސް އަހަރެން ހުންނާނަން އެތާ ދުރުގަ! މީހަކު އަންނަންޔާ ތިމީހުންނާ ދިމާލަށް ހިނގައި ގަންނާނަން. ފެންނަ ހިސާބުގަ މިހިރީ މާ މައްޗަށް ނުދާތި އެނގޭ!” ހެމުން ހެމުން އެނހެން ބުނެލުމަށް ފަހު އަހަރެން މޫދާ ދިމާލަށް ހިނގައި ގަތީމެވެ. އެދެމީހުން އެއްގަމަށް އަރާ ގަސްތަކު ތެރޭގައި އޮތް ލަކުޑި ކަނޑެއްގެ މަތީގައި އިށީދެ އަތުގައި ހިފާލިއެވެ. މި ދަތުރުގައި އަހަރެންނަށްވެސް އެގޮތަށް ލައިތް ގެއަތުގައި ހިފާލައިގެން އިންނާނޭ ފުރުސަތު ލިބުނީހެވެ. އެހެންނަމަވެސް އެ ފުރުސަތު ގެއްލުވާލީވެސް އަހަރެންނެވެ. ހިސާބަށް ވުރެ މޮޔަވީމައެވެ.

ދެމީހުންނަށް ބަލާލާ ހީލުމަށްފަހު އަހަރެންވެސް މަޑުމަޑުން ދުރަށް ހިނގަން ފެށީމެވެ.
“ކޮބާ ހުސެންމެން؟” ކުއްލިއަކަށް އަހަރެންގެ ފަހަތުން މީހަކު ވާހަކަ ދެއްކިއަޑު އިވިގެން ސިހިފައި އަހަރެން ބަލާލީމެވެ.

ކުރިމަތީގައި ލައިތް ހުއްޓެވެ. ފެންވަރާ ރީތިވެލައިގެން ހުރިއިރު “ޓޮމް ފޯޑް” ގެ މީރުވަހުން ޖައްވު އެއްވަސް ކުރުވާފައިވާ ކަހަލައެވެ.

“އެބަތިބި އެތާ!” އެމީހުންތިބި ދިމާލަށް އިޝާރާތްކޮށްފައި އަހަރެން ބުނީމެވެ.

“އެއްޗެއް އަހާލަންތަ؟ ފިރިހެން ކުދިންނާ ވާހަކަ ދެއްކީމައި ބިޓު ރުޅިއާދޭތަ؟ މިހެން މިބުނީ ބިޓު ރުޅިއަންނަ ކަމެއް ކުރަން އަހަރެންވެސް ބޭނުންނުވާތީ! ” އަހަރެންގެ މޫނަށް ބަލާލަމުން ލައިތް ބުނެލިއެވެ.

އަހަރެން އިސްޖަލާ ބިންމަތިން ގާކޮޅު ކޮޅު ހޮވަނީ ކަމަށް ދައްކާލީމެވެ. ހަމަޖެހިލުމުގެ ބޭނުމުގައެވެ. މިހާރުވެސް އަހަރެންގެ މޭ ނެގިނެގިފައި ޖެހެނީއެވެ. އެކަމް މި ފަދަ ދެވަނަ ފުރުސަތެއް ނުލިބިދާނެތި އަހަރެންވެސް ލައިތްއާއި ވާހަކަ ދައްކަން ބޭނުމެވެ. ކިތަންމެ ސަކަރާތްޖަހާ އަނގަ ގަދަކޮށް އުޅުނު ނަމަވެސް ލައިތް ފެނުނީމައި މިހިރަ ވާގޮތްތަކެއް އަހަރެންނަށްވެސް ނުވިސްނެއެވެ.

” ކާކު ބުނީ އަހަރެން ބިޓެއް ހުރެއޭ” މަޑުމަޑުން އަހަރެން ބުނީމެވެ.

ލައިތް އުޑުފައިން އިށީނދެ ގުދުވެގެން އޮތް އަހަރެންގެ މޫނަށް ބަލާލިއެވެ. “އާޔާ އެއްނު ބުނީ އައި ލައިކް ސަމްވަން އެލްސް އޭ”

އަހަރެން ކުޑަކޮށް އިސް އުފުލާލާ ލައިތްގެ މޫނަށް ބަލާލުމަށްފަހު އަނެއްކާވެސް އިސް ޖަހާ ބިންމައްތީ އޮތް ގާކޮޅަކާއި ކުޅެންފެށީމެވެ.

“އޯހ. އެ ދޯ. ސިމްޕްލީ އަ މިސްއަންޑަސް ޓޭންޑިން”( ވަރަށް ކުރުކޮށް ބުނަންޔާ އެއީ އޮޅުމެއް) އަހަރެން އެހެންބުނުމާއި އެކު ލައިތް އަހަރެންގެ އަތުގައި ހިފާލިއެވެ.

“މިތާ އިށީނދެބަ! އައިނީޑް ޓު ޓޯކް. އިޓްސް ސޯ ކޮންފިޔުސިން” (އަހަރެން ބޭނުންވާހަކަ ދައްކާލަން. މަށަށް އޮޅޭއެބަ).ހައިރާންވެފައިވާކަހަލ ރާގެއްގައި ލައިތް ބުނެލިއެވެ.

އިސްއުފުލާ ބަލާލުމަށް ފަހު އަހަރެން ދޮންވެލި ގަނޑު މަތީގައި އިށީނދީމެވެ. އަހަރެންނާ ޖެހިގެން ލައިތްވެސް އިށީނެވެ.

“ކީކޭ ތިބުނީ؟ ކޯންޗެއް މިސް އަންޑަސްޓޭންޑިން؟ ތިބުނީ ބިޓެއް ނުހުރެއޭތަ؟” އަހަރެން ލަދުން އިސްޖަހާލީމެވެ އަނގައިން އެއްވެސް ބަހެއް ނުބުނަމުއެވެ.

އާދައިގެ މަތީން އަހަރެން އިނީ ލަދުން ހަލާކުވެފައެވެ. އަހަރެން ހިތް އެދޭ ޒުވާނާއާއި މިހާގާތުގައި އެކަހެރިތަނެއްގައި މިހެން އިށީނދެލާނެ ފުރުސަތެއް ލިބުނީމައި އަހަރެން ކިހާ އުފާވާނޭ ހެއްޔެވެ.

“ކީއްވެ އެއްޗެއް ނުބުނީ؟ ސޮރީ އެނގޭ! މަށަކަށް ނޭނގޭނެ ވަށާޖަހާ މޮޅެތި ވަށްބަހުން ވާހަކަ ދައްކާކަށް. ވަރަށް ޑައިރެކްޓްކޮށް ވާހަކަ މި ދައްކަނީ” ލައިތްގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.” ދެން ބުނެބަ އިޒް ދެޓް ސަމްވަން ޔޫ ލައިކް، މީ؟” (ތިބުނި ގަޔާވާ މީހަކީ އަހަރެންތަ؟) އަހަރެންނަށް ކުއްލިއަކަށް ލައިތް ގެ މޫނަށް ބަލާލެވުނެވެ. ލައިތް އިނީ ސީދާ އަހަރެންގެ މޫނަށް ބަލަހައްޓައިގެންނެވެ. އަހަރެން އަނެއްކާވެސް ލަދުން އިސްޖެހީމެވެ. ހަމަ އެވަގުތު ފަހަތުން ހުސެއިން ގޮވާލިއެވެ.

“އޭ ހިނގާ ދާން! އެއޮއް ހަތަރު ގަޑި ފަނަރަވީ” އަހަރެން ފުންމައިގެން ތެދުވީމެވެ. އަހަރެން އިނީވެސް ލަދުން ދުއްވައިގަންނަން ބޭނުންވެފައެވެ. ނަމަވެސް ތެދުވަމުން ވަރަށް ހިއްވަރުކޮށް ފައި އަހަރެން ފަހު ޖުމްލަ އަޑު އިއްވާލީމެވެ.

“ސަމްޓައިމްސް އެކްސްޕްރެޝަންސް އެންޑް އިމޯޝަންސް ސްޕީކްސް ބެޓަރ ދެން ވޯޑްސް. ޖަސްޓް ފޮލޯ ޔުއާރ ގަޓް ފީލިންގްސް”( ބައެއްފަހަރު ބަހަށްވުރެ އިހްސާސްތަކުން ބުނެދޭ ވާހަކަ މާ ބޮޑުވާނެވެ. ހިތް ދަތުރުކުރާ މިސްރާބަކަށް ބޯލަނބާށެވެ) އިތުރުއެއްޗެއް ބުނުމުގެ ފުރުސަތު ލައިތްއަށް ނުދީ އަހަރެން ޝިއުނާ މެންނާ ދިމާއަށް ދުއްވައިގަތީމެވެ.

ލައިތްވެސް ތެދުވެ އަހަރެންގެ ފަހަތުން އައެވެ. އޭނާގެ މޫނުމަތީގައި ތަފާތު ހިނިތުންވުމެއް ހުއްޓެވެ.

“އޭ ހާދަ ވަރަކަށް ރަތްވެފަ؟ ލައިތްބެ އަނެއްކާ ކީއްކުރީ” ޝިއުނާ އެހެންބުނުމުން އިހުނަށްވުރެ އަހަރެން ލަދުގަނެއްޖެއެވެ. ބާރަކަށް ޝިއުނާގެ އަތަށް ފިތާލެވުނުވެ.

“ތެދެއް؟ އަހަރެންނަށް ކަމެއް ކުރެވުނުތަ؟ ދައްކަބަ ބަލާލަން މޫނު” ލައިތް ހަމަ ގަސްދުގައި އަހަރެންނާ ދިމާކޮށްލިއެވެ. ހަމަ ޔަގީނުންވެސް އަހަރެން ބުނި ބަސްތަކުގެ މާނަ ލައިތްއަށް ވިސްނުންކަން ކަށަވަރުވިއެވެ. އަހަރެން އިތުރަށް ލަދު ގަންނަކަން ދައްކަން ބޭނުން ނުވިނަމަވެސް އަހަރެންގެ މޫނަށް ބަލާލިކޮންމެ މީހަކަށްވެސް އަހަރެން ރަކިވެފައި ހުރި މިންވަރު ފެންނާނެއެވެ. ނަމަވެސް އަހަރެން އެކަން ފޮރުވުމަށް ވާހަކަ ދެއްކީމެވެ.

“ބަލަ ތިމީހުންމޫނުވެސް ރަތޭ! ރަތްދަކަ އަވީގަ މޫދަށް އެރުނީމާ މޫނު އުޖާލާތަ ވާނީ” އަހަރެންނަށް ކިޔޭ ނުކިޔޭއެއްވެސް ނޭނގޭ ކަހަލައެވެ. ހެމުން ހެމުން އެކި ވާޙަކައިގައި ކުރިއަށް ދިޔައިރު އަހަރެން ހުރީ ޝިއުނާ އަތުގައި ހިފައިގެންނެވެ. ލައިތް ހުރީ އަނެއްކޮޅުގައެވެ.

އެކިވާހަކަ ދައްކަމުން ސަކަރާތް ޖަހަމުން ޓެންޓްތަކާއި ހަމައަށް އާދެވުނުއިރު އެންމެން ތިބީ އަހަރެމެންގެ އިންތިޒާރުގައެވެ.

“ޙޯނ! މީ މިހާރު ކޮންކަމެއް؟ ސޭންޑްވިޗް ހަދަން އިނދެފަ ފާހަނާއަށް ދިޔަމީހާ؟ ނުލެވެގެންތަ ތިތިބަ ތިން މީހުން ގެންދިޔައީ”؟ ދިމާކުރާ ރާގަކަށް ސުޖާއު އެހެން ބުނުމާއިއެކު އެންމެން ހޭންފެށިއެވެ.

“އެކަނި ވީމަ ބިރުގަތީ ދޯ” ފާރިޝް ވެސް ޝުޖާއުއާއި އެއްބައިވެލިއެވެ.

“ބޭކާރު ވާހަކަ ނުދައްކަބަލަ. ހިނގާ ފުރަންދާން ޑިނގީގައި  ސައިވެސް ބޯނީ. މާދުރަކަށް ނުކުންނާކަށްވެސް ނުޖެހޭނެ” ބޮޑުބެ އެހެން ބުނުމާއިއެކު އެންމެން ހިނގައިގަތީ ޑިނގީއާއި ދިމާއަށެވެ. ޑިނގީ އަކީ  މަހަށް ދާ ގޮތަށް ޑިޒައިންކޮށްފައިވާ ޑިނގީއެކެވެ. ފަހަތުގައި 4 މީހުން އިށީނދެވޭ ވަރުގެ ސީޓެއް ހުރިއިރުގައި ދުއްވަން އިންނަ ތަންކޮޅު ވަނީ ހިޔާކޮށްފައެވެ. ޑިނގީގެ ވަށައިގެންނާއި ކުރީބައިއޮތީ ހުސްކޮށެވެ. އެންމެން ޑިނގީއަށް އަރާ ހަމަޖެހުމާއިއެކު ޑިނގީ ނައްޓާލިއެވެ. ދުއްވަން އިނީ ބޮޑުބެ ކަމުން ކައިރީގައި ބޮޑުބެ އަންހެނުން އިށީނެވެ. ފަހަތު ސީޓުގައި  ދޮންދައްތަ އާއި ދޫމާ އަދި ޝިއުނާ އިށީނުމުން އަހަރެންނާއި ޒުހުދާ އިށީނީ ފިރިހެން ކުދިންތަކާއިއެކު ޑިނގީގެ ކުރީގައެވެ. އެކި ވާހަކަދައްކަމުން ސަކަރާން ޖަހަމުން ދަތުރު ކުރިއަށް ދިޔައިރު ލައިތް އިނީ އަހަރެންގެ ކުރިމަތީގައެވެ. އިރުއޮއްސެމުން ދިޔަނަމަވެސް ލޮލުގައި އަވިއައިނު އަޅާފައިވެއެވެ. ހަމަ ޔަގީނުން ވެސް އެއީ އަހަރެންނާ ދިމާއަށް ބެލުމަށެވެ. އަހަރެމެން ބުނެއުޅޭކަހަލް ނުލަފާހިނިތުން ވުމެއް މޫނުމަތީގައި ހުއްޓެވެ. އަހަރެންނުފެންނަކަމަށް ހަދާ ސަކަރާތުގައި އިނީމެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

ބަދު ނަސީބުގެ ހިޔަނި އެޅުމުން (15)

Next

ނިކަން ލޯބިން-7

Next
March 11, 2021

ނިކަން ލޯބިން-7

Previews
March 10, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (15)



All Right Reserved!