Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނިކަން ލޯބިން-7

SomeOne Level 110 Stories
March 11, 2021 5 Mins Read
0 Comments

“ބޭކާރު ވާހަކަ ނުދައްކަބަލަ. ހިނގާ ފުރަންދާން ޑިނގީގައި  ސައިވެސް ބޯނީ. މާދުރަކަށް ނުކުންނާކަށްވެސް ނުޖެހޭނެ” ބޮޑުބެ އެހެން ބުނުމާއިއެކު އެންމެން ހިނގައިގަތީ ޑިނގީއާއި ދިމާއަށެވެ. ޑިނގީ އަކީ  މަހަށް ދާ ގޮތަށް ޑިޒައިންކޮށްފައިވާ ޑިނގީއެކެވެ. ފަހަތުގައި 4 މީހުން އިށީނދެވޭ ވަރުގެ ސީޓެއް ހުރިއިރުގައި ދުއްވަން އިންނަ ތަންކޮޅު ވަނީ ހިޔާކޮށްފައެވެ. ޑިނގީގެ ވަށައިގެންނާއި ކުރީބައިއޮތީ ހުސްކޮށެވެ. އެންމެން ޑިނގީއަށް އަރާ ހަމަޖެހުމާއިއެކު ޑިނގީ ނައްޓާލިއެވެ. ދުއްވަން އިނީ ބޮޑުބެ ކަމުން ކައިރީގައި ބޮޑުބެ އަންހެނުން އިށީނެވެ. ފަހަތު ސީޓުގައި  ދޮންދައްތަ އާއި ދޫމާ އަދި ޝިއުނާ އިށީނުމުން އަހަރެންނާއި ޒުހުދާ އިށީނީ ފިރިހެން ކުދިންތަކާއިއެކު ޑިނގީގެ ކުރީގައެވެ. އެކި ވާހަކަދައްކަމުން ސަކަރާން ޖަހަމުން ދަތުރު ކުރިއަށް ދިޔައިރު ލައިތް އިނީ އަހަރެންގެ ކުރިމަތީގައެވެ. އިރުއޮއްސެމުން ދިޔަނަމަވެސް ލޮލުގައި އަވިއައިނު އަޅާފައިވެއެވެ. ހަމަ ޔަގީނުން ވެސް އެއީ އަހަރެންނާ ދިމާއަށް ބެލުމަށެވެ. އަހަރެމެން ބުނެއުޅޭކަހަލް ނުލަފާހިނިތުން ވުމެއް މޫނުމަތީގައި ހުއްޓެވެ. އަހަރެންނުފެންނަކަމަށް ހަދާ ސަކަރާތުގައި އިނީމެވެ.

މަސްބާނާ ފަރާއި ކައިރިކުރުމުން ޑިނގީ މަޑުކުރުމަށްފަހު އެންމެން ރޯލްތައް ނަގާ އެކި ދިމަދިމާލުން ދޫކުރިއެވެ. އެއްބަޔަކު ސައިބޮމުން ދިއައިރު އަހަރެންވެސް ހުރި ރޯލެއް ހިފައިގެން އެންކޮޅެއް ލިބެންދެންނެވެ.

“އަން މި ރޯލް އެއްލާ” ލައިތް އައިސް އެން އަޅާފައިވާ ރޯލެއް ދިނެވެ. އެންމެން ފޯރީގައި މަސްބާނަމުން ދިޔައީ މަސް ނުބޭނޭ މީހުންނަށް މަލާމާތް ކުރަމުންނެވެ. މި ގޮތުގައި މަސްބޭނުމުގައި 8 ޖަހަންދެން އުޅުމަށްފަހު އަލުން އެ ރަށަށްދާން ފުރީ ބޭނުންވާ ވަރަށް މަސް ބޭނުމުންނެވެ. ބޮޑުބޭބެ ރޯލްތައް އޮޅަން އެންގުމުން އަހަރެން ވެސް ރޯލް އޮޅަން ފެށިތަނާ މަހެއް ގަތެވެ. އަހަރެންނަށް ދަމާ ނެގޭވަރަށްވުރެ ބޮޑެވެ. އަހަރެން ހަޅޭއްލަވައިގަތުމާއިއެކު ލައިތް އައިސް ރޯލް އަތުލިއެވެ. އަދި ބޮޑު ރަތް މަހެއް ދަމާ ނެގިއެވެ.

“އޭ ސަޅިއޭ! އެންމެ ފަހު މަސް ބާނަންތަ ތިހުރީ!” ފާރިޝް ހަޅޭއްލަވައިގަތެވެ.

“އަދި އެންމެ ބޮޑު މަސް! ފިސާރި އަންހެނެއްމީ އެނގޭ! ޝުޖާއުވެސް ފާރިޝް ގެ ވާހަކައަށް އެއްބަސް ވެލިއެވެ.

” ބަލަ މަސްވެރިންގެ ދަރިންނޭ! ދޯ ދޮން” އަހަރެން ދޮންދައްތައަށް ދޯ އެއް އެއްލީމެވެ.

މަސްބާނާ ނިމިގެން އަހަރެމެން ތިބި ރަށަށް އަލުން ގާތްކުރިއިރު ރޭގަނޑު 8:30 ވެ ބޮޑު ވެއްޖެއެވެ. އެއްގަމަށް އެރުމާއިއެކު އެންމެންވެސް އެހަށް އަވަސްވެގަތީ ނަމާދުކޮށްލުމަށެވެ. ނަމާދުން ފައިބައިގެން އެއްބަޔަކު ބާބެކިޔު ހެދުމުގެ މަސައްކަތް ފެށިއިރު އަނެއް ބަޔަކު ރޮށިފިހެން ފެށިއެވެ. އަހަރެން ހުރީ ރޮށި ދަމާށެވެ. އެހެން ހުރެގެންވެސް ދޭތެރެއަކުން އަހަރެންނަށް ލައިތް އާއި ދިމާލަށް ބަލާލެވެއެވެ.

އަހަރެމެން ރޮށިފިހެ ނިމުން އިރުވެސް މަސްފިހެ ނުނިމެއެވެ. އަހަރެންގޮސް ޓެންޓްގައި އޮތް އަހަރެންގެ ފޯނު ނެގީ ފޮޓޯ ނެގުމަށްޓަކައެވެ. ނަމަވެސް ފޯނު ނެގުމާއި އެކު އަހަރެން އުފަލުން ފުރުނީ ލައިތް ގެ މެސެޖްއެއް އައިސް އިންތަން ފެނުމުންނެވެ.

“މިރޭވާނެ ބައްދަލުކޮށްލަން! އަހަރެންގެ ގަޓް ފީލިން ގެ ހުރި ތެދުވެރިކަން ބަލާލަން ބޭނުން! އުންމީދުކުރަނީ ނޫނެކޭ ނުބުނާނެކަމަށް”

އެމެސެޖް ރިޕީޓްކޮށް ކިޔަމުން ދިޔައިރުވެސް އަހަރެންގެ މޫނުމަތީގައި އިން ހިނިތުންވުމެއް ނުފިލިއެވެ. މެސެޖްއަށް ރިޕްލައި ނުކޮށް އަހަރެން ބޭރަށް ނުކުންނަށް ހިނގައިގަތީމެވެ.

ކުއްލިއަކަށް މީހަކު އަހަރެންގެ އަތުގައި ހިފާ ޓެންޓްގެ ފުރަގަހަށް ދަމައިގަތެވެ. އަހަރެމެން ތިބޭ ޓެންޓް ހުރީ މީހުން ތިބި ސަރައްދުން ބަލާނަމަ އެންމެ ފަހަތުގައެވެ. ޓެންޓްގެ ދޮރުމަތީ ހުންނައިރު މާދުރުނޫން ހިސާބުގައި މަސްފިހެ ސަކަރާތްޖަހާއަޑުއިވެއެވެ. ނަމަވެސް ޓެންޓްގެ ފުރަގހުގައި ވަނީ ދޮން ފަސްގަނޑެވެ. ޓެންޓްގެ ނިވަލަށް ވަނުމުން ހަނދުވަރުގެ އަލި ފިޔަވާ އިތުރު އަލިކަމެއް ނުވެއެވެ.

އަހަރެން ހުރީ ވިސްނައިގެން ނޫންކަމުން ދަމަގަތުމާއި އެކު އެމީހެއްގެ ގައިގައި އަހަރެން ލައްވިއެވެ. ހުށިޔާރުކަމާއިއެކު އޭނާ އަހަރެންގައިގައި ބައްދާލިއެވެ. ބާރަށް ތެޅެމުން ދިޔަ ހިތާއެކުވެސް އެހަރެން އެ އަތުގެތެރޭގައި ބޮޑިވެލީމެވެ.

“ކަލާ ދެން މި ދުނިޔޭން އުޅޭ ކޮންމެ ތާކުން..”

“ދުވާ މީރު ލުއި ލުއި ވަހުން ވަކި ކުރާނަން”

ޓޮމް ފޯޑް ސެންޓުވަސް އަހަރެންނަށް އެނގުނީ އަހަރެންގެ ރަށްޓެއްސެއް އޭނާގެ ފިރިމީހާއަށް ކޮންމެ އަހަރަކު އުފަންދުވަހުގެ ހަދިޔާއަކަށް އޭގެ ސެންޓު ދޭތީއެވެ. އޭނާއާއި އެކު ވަރަށް ގިނައިން ސެންޓް ގަންނަންދެވެއެވެ. އޭރުންސުރެވެސް އެވަހަކީ އަހަރެން ވަރަށް ގަޔާވާ ވަހަކެވެ.

“އަހަރެންގެ ގަޓް ފީލިން ބުނަނީ ތީ އަހަރެންގެ މީހެކޭ! ނޫންކަމަށް ވެއްޖެއްޔާ އަވަހަށް ދޭ!” އަހަރެންގެ ގައިން ދޫކޮށްލުމަށްފަހު ލައިތް އެހެން ބުނެލީ އުންމީދުން ފުރިގެންވާ ރާގެއްގައެވެ.

ލައިތް އަހަރެންނަށް މިހެން ކުރާ ކުދި ގޯނާތަކުން އަހަރެން ހިތްފުރާލާ ކަހަލައެވެ.  އެންމެ ފުރަތަމަ ދިމާވި ދުވަހުން ފެށިގެންވެސް ލައިތްގެ ފަރާތުން އަންނަ މިކަހަލަ ކުއްލި ނުރައްކާތަކަށް އަހަރެންގެ ހިތް އެދެއެވެ. އަހަރެން އޭރުވެސް ހުރީ ލައިތްގެ މޭމަތީގައި ބޯއަޅާލައިގެންނެވެ. ވަގުތު ކޮޅަކަށްވެސް އެއަތުގެ ތެރެއިން ނުކުމެގެން ދާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ހިތް އެދެނީ މުޅި އުމުރުވެސް އެ މޭމަތީ ބޯއަޅާލައިގެން އެ އަތުގެ ތެރޭގައި ބޮނޑިވެލައިގެން ދިރިއުޅުމަށެވެ. ނަމަވެސް ކުޑަ ސިކުންތުކޮޅަކަށް ދެމިގެން ދިޔަ ހިމޭންކަން ފޫއަޅުވާލީ ފަހަތުން އިވުނު އަޑުންނެވެ.

“އާނއާނ! ވަގު މީހުން އެބަ ފެނޭނު!” ހުސެއިން ކަރުކެހެލާފައި އެހެން ބުނެލުމާއި އެކު އަހަރެންނާއި ލައިތް ދިޔައީ ސިއްސައިގެންނެވެ. އަހަރެން އަވަސް އަވަހަށް ފަހަތަށް ޖެހެލީމެވެ. އޭރުވެސް ޝިއުނާ އަނގަމަތީ އަތް އަޅައިގެން ހޭން ހުއްޓެވެ.

“ލައިތް ބޭ! ފަހަރި ތަ އާޔާމީ؟” ޝިއުނާވެސް އަހަރެންނާ ދިމާކޮށްލިއެވެ. އަހަރެން ލަދުންގޮސް ރަތްވެއްޖެއެވެ. އަނގައިން ބަހެއް ނުބުނެވި ހުއްޓައި ލައިތް ޖަވާބު ދިނެވެ.

“ކަލޭމެން ދެމީހުންނާއި ހެދިވެސް ކިހިނެއް ފަހަރިއެއް ހޯދާނީ؟ ނުފެށެނީސް އައިސް އުނދަގޫކޮށްގެން ހުއްޓުވީވިއްޔަ ތި. އެހެން ނޫނަސް ދެން ކޮންކަމެއް ތި ދެ މީހުން؟ ހަމަ ވަގުތުކޮޅެއް ލިބޭ އިރަށް ކަޓަށް ތި ދަނީ! ޝިއުނާ މަންމަ ކައިރީ ބުނާނަން އެނގޭ!” ލައިތް ނުރުހުމުގެ ރާގެއްގައި ބުނެލި ނަމަވެސް ލައިތްވެސް ހުރީ ކުޑަކޮށް ލަދުގަނެ ހާސްވެފައިކަން އެނގެއެވެ. ލައިތް ވާހަކަ ދައްކަމުން ދިޔައީވެސް ކުރާނެ ނުކުރާނެ ކަމެއް ނޭނގި ހުރެ ބޮލުގައި އަތް ކާއްތަމުންނެވެ.

“ފެށިކަމަށް ވާނީ 9 މަހާ ނުވަދުވަހުން ދަރިއަކު ނުކުތީމަތަ؟ އެއްބަސް ވެސް ނުވެޔޭ! އަހަރެން ހީކުރީ ޓެންޓްކައިރީ ހުރީ ގަހެއް ކަމަށް. އެހެންވެ މިދިމާލަށް މިއައީ. ގައިމު ދެ އިންސާނުން ނުފެނޭ އެކަކު އަނެކަކު ގައިގަ ތަތްވެފަ ތިބި ވަރުން! ހުސެން ދޫކުރާ ޚިޔާލެއްނުކުރިއެވެ. އަހަރެންހުރީ ކުށްވެރިއެއް ފަދައިން އިސްޖަހައިގެންނެވެ.

“ދެން ދިމާ ކުރުން ހުއްޓާލާފަ އައި ތަނަކަށް ދާންވީ!” ލައިތް ހުސެން ގެ ކޮނޑުގައި ޖެހިއެވެ.

“ތެދެއް ފަހަރީ؟ އަހަރެމެން ދާންވީތަ” ހުސެން އަހަރެންނާ އަނެއްކާވެސް ދިމާކޮށްލިއެވެ. އަހަރެން ގަތް ލަދުން އެތާ އިތުރަށް ހުންނާކަށް ނުކުރުނެވެ. މަސްފިހެން އެންމެ ތިބި ދިމާލަށް ދުއްވައިގަތީ ކައިރީގައި ހުރި ޝިއުނާ އަތުގައިވެސް ހިފައިގެންނެވެ. އަހަރެން ކުއްލިއަކަށް އޭނާގެ އަތަށް ދަމައިގަތުމުން ސިހިފައި ނުވެއްޓުނީ ކިރިޔާއެވެ.

“އާޔާ! މަޑުކޮށްބަލަ” ޝިއުނާ ހަޅޭއްލަވަމުން ދިޔައެވެ. އަހަރެން އެއަޑު ނާހާ ބާރަށް ދުވަމުން ގޮސް ހުއްޓުނީ އެންމެން ތިބި ހަމައަށް ދެވުނީމައެވެ.

‘އާޔާ! ކިހިނެއް ވި މާބަރަކަށް ތިޔަ ދުވަނީ؟” ދޮންދައްތަ އެހެންއަހާލީ އަހަރެން މާނޭވާ ލެވިފައި ހުރީމައެވެ

“މި ޝިއުނާއާ ދެމީހުން ދުވުމުގެ ރޭސް ޖަހާލީ އެއްނު” އަހަރެމެން ދެމީހުން މާނޭވާލަމުން އެތާ އަޅާފައިހުރި ކުނާ ތަކުގެ މައްޗަށް ވެއްޓިގަތީމެވެ.

“މަސް މިހިރީ ފިހެވިފައި ހިނގާ އެންމެން ކާން” ޝުޖާއު އެހެން ބުނުމުން އަހަރެންވެސް ތެދުވެގެން އެ ދިމާލަށް ހިނގައިގަތީމެވެ.

ފިހުނުމަހާއި ރޮށީގެ އިތުރުން ފިހުނު އަލުވި އާއި ކައްޓަލަ ހުއްޓެވެ. ހުސެން އާއި ލައިތް އައީ އަހަރެމެން ކެއުމުގައި ތިއްބައެވެ.

“ކަލޭމެން ދެ ފިރިހެނުން އަޅެ ކޮންތާކަށް ވަދެފަ ތިއައީ؟ އަނެއްކާ…. އައްޗީޑި ދެން” ފާރިޝް އެ ބުނި ޖުމްލައިގެ މާނަ އެންމެންނަށްވެސް ދޭހަވުމާއި އެކު ބާރަށް ހޭން ފެށިއެވެ.

“ދެން އެހެންއެއްޗެއް ނުލިބުނު ތާ މިވެސް އޯކޭ އެއްނު” ހުސެއިން ލައިތް ކޮނޑުގައި ޖަހާލިއެވެ.

“އައްޗީ! ދުރަށްދޭ” ލައިތް އަވަހަށް ފާރިޝް ދުރަށްކޮށްޕާލިއެވެ. އެންމެންވެސް ހޭން ފެށިއެވެ.

ކެއުމުގެ ކަންކަން ނިންމާ ތަން ސާފުކޮށް ނިމުން އިރު 11 ޖަހަނީއެވެ. ދަތުރުގެ ދެން އިން އައިޓަމް އިއުލާން ކުރީ ބޮޑުބެއެވެ.

“ދެން އޮތީ ލަވަބާޒީ!” އަންހެން ފިރިހެން ވަކިން. ބަލިވާ ބަޔަކު މިރޭގެ ޝޯ ހުށައަޅާ ގޮތައް!” އަހަރެންގެ ދޮންތަ ފިޔަވާ އެންމެން އެއްބަސް ވިއެވެ.

“އަހަރެން އިންނާނަން ސްކޯ ޖަހަން. މަ ލަވަ ކިޔައިފިއްޔާ އެންމެން ރަށްދޫކޮށްފަ ފިލާނެ” ދޮންތައަކީ މަޑުމައިތިރި މީހެއް ނަމަވެސް އެންމެންނާ ގުޅޭ މީހެއްކަމުން ލަވަކިޔަން ނުކެރުނަސް އެކަމުގައި ބައިވެރިވާނޭ އިތުރުގޮތެއް ހޯދިއެވެ.

އެންމެންވެސް  ފޯރިއާއި އެކު ލަވަބާޒީ ކުޅަމުން ދިޔައިރު ބައެއް ފަހަރު ބޮޑުބެ އޭނާގެ އަންހެނުންނަށް، ހުސެއިން ޝިއުނާއަށް ލަވައެއް އެއްލައެވެ. އަހަރެން ވެސް މަޑުމަޑުން ކޮންމެވެސް ވަރަކަށް ލަވަކިޔުމުގައި ބައިވެރިވަމުން ދިޔައީމެވެ. އަހަރެންގެ މަސައްކަތަކަށް އޮތީ ލަވަ ހަނދާންކޮށްދިނުމެވެ. ކިޔުމުގެ ބައި ވަރަށް ފޯރީގައި ކުރިއަށް ދެއެވެ. އަހަރެމެން ކީލަވަ ނިމުނީ “ދ” އަކަށް ކަމުން ފިރިހެންވެރިންނަށް ލަވަ ފަށަން ޖެހުނީ ދ އަކުންނެވެ. އެންމެން ލަވައެއް ހަނދާން ނުވެގެން ތެޅި ފޮޅެމުން ދިޔައިރު އަހަރެމެން ދިޔައީ އަޑު ގަދަކޮށް ގަޑި ހަނދާން ކޮށްދެމުންނެވެ.

“ޓިކް ޓިކް 8…. ޓިކް ޓިކް 9……” ދިހައަކާއި ހަމައަށް ނުދަނީސް ޖާދުވީ ރީތި ފިރިހެން އަޑެއް އިވިގެން ދިޔައެވެ.

“ދިލް މޭރާ ހަރުބާރު ޔެ ސުންނޭކޯ ބޭގަރާރުހޭ”

“ކަހޯނާ ޕިޔާރް ހޭ ކަހޯނާ ޕިޔާރް ހޭ”

(އަހަރެންގެ ހިތް އަޑު އަހާލާހިތުން ބޭގަރާރުވަނީއެވެ. ލޯބިވޭ ބުނެ ބަލާށެވެ”)

ހުރިހާ އެންމެން އެއްފަހަރާ ހަޅޭއް ލަވައިގަތްއިރު އަހަރެން އިނީ އިސްދަށަށް ޖަހައިގެންނެވެ. ޝިއުނާ އަހަރެންގެ ކޮނޑުގައި ބާރަށް ޖެހިގަތެވެ. ޙުސެއިން ކަރުކެހިގަތެވެ. އެންމެންވެސް ލައިތް އާ ދިމާކުރާ ކަހަލައެވެ.

“ހިތް ދެވިއްޖޭ ކަލާޔަށް ހުވާ ތީފުރާނައިގެ ދިރުމޭ މަގޭ ލޯބިވާ”

“ވިންދުގާވެސް ތި ލޯތްބޭ ވަނީ ހަމަ ހުވާ”

ލައިތް ގެ ލަވަ ނިމުމާއިއެކު އަހަރެންނަށް ލަވަ ފެށުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އެތަނުގެ އަޑުފަށްގަނޑު އިހުނަށްވުރެ ގަދަވިއެވެ.

“އޭ އޭ އަނެއްކާ އެކަކު އަނެކަކަށްތަ ލަވަ ތިކިޔާދެނީ؟” ހުސެއިންއަށް އަނގަ މަޑުލައިން ނީނދެވުނެވެ.

އަހަރެން އިނީ ކުރެވުނު ކަންތަކުން އިންތިހާއަށް ލަދުގަނެފައެވެ. ލައިތްވެސް އަހަރެމެން މިކިޔާ ޒާތުގެ ނުލަފާ ހިނިތުންވުމެއް މޫނުމަތިން ދައްކައިގެން އިނެވެ.

” ތެދެއް އާޔާ! މަށަށް ކިޔާދިން ލަވައެއްތަ؟” އަހަރެން ލަދު ގަނެފައި އިންވަރުން ލައިތް ބޭނުންވީ އިތުރަށް އަހަރެން ލަދު ގަންނަވާލަން ކަންނޭނގެއެވެ.

“އާޔާ! އާޔާ!” ހުރިހާ އެންމެން ހަޅޭއްލަވަން ފެށިއެވެ. އަހަރެންގެ ދޮންތަވެސް އެންމެން އަހަރެންނާ ދިމާކުރާއިރު ހޭން އިނީއެވެ.

“ދެން ނުކިޔާނަން އިނގޭ ލަވައެއް! ދެން މަ ކިއާހާ ލަވައެއް މީހުންނަށް ނިސްބަތްވަންޔާ ނެތެއްނު ލަވައެއް ކިއޭކަށް! އެހެން ނޫނަސް ވެދާނެ ދޯ ހަމަ ތީގެން މީހަކަށް ކަމަށްވެސް!” އަހަރެންގެ ވަރުގަދަ އަނގައިގެ ބޭނުން އަހަރެން ހިފީ އެވަގުތު ގަނެފައި އިންލަދުން ސަލާމަތް ވެވޭތޯއެވެ.

(ނުނިމޭ)

Share Article

Follow Me Written By

SomeOne

Level 110 Stories

Other Articles

Previous

ނިކަން ލޯބިން-6

Next

ވާން އެދެމޭ ގާތުގާ (6)

Next
March 11, 2021

ވާން އެދެމޭ ގާތުގާ (6)

Previews
March 10, 2021

ނިކަން ލޯބިން-6


All Right Reserved!