Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނިކަން ލޯބިން-04

SomeOne Level 210 Stories
March 9, 2021 5 Mins Read
2 Comments

“ސާބަސް ޔާ!” ދެމީހުން އެކީގައި ޝޯ ބެލުމަށް ހިނގައި ގަތީމެވެ. އޭރުވެސް ފޯރީގައި ޝޯ ކުރިއަށް ދެއެވެ.އެހެންނަމަވެސް އަހަރެން ކަންފަތުގައި ގުގުރަނީ އެންމެ ދެ ލަފްޒެވެ “ވަރަށް ގަޔާވޭ”. ހީވަނީ ކެސެޓް ރޯލެއް ރިޕީޓަށް ޖައްސާފައިވާހެނެވެ.

 

ކުއްލިއަކުން އެއްލި ކަޅިއަކުން މާދުރުނޫން ހިސާބެއްގައި ލައިތް އާއި “ޓޮމްފޯޑް” އަދި އިތުރު އެއް ފިރިހެން ކުއްޖަކު ތިބިތަން ފެނުނެވެ. ހަމަ ޔަގީނުންވެސް “ޓޮމް ފޯޑް” ކަޅި ޖަހާނުލާ ބަލަމުން އެދަނީ އަހަރެންނަށެވެ. އަހަރެން ލަދުގަތެވެ. އަހަރެން މަޑުމަޑުން ހުންނަން ފެށުމާއިއެކު އެންމެން ކިހިނެއްވީތޯ އަހަންފެށިއެވެ. ފެން ބުއީމައި ލޮޑުވީކަމަށް ބުނެ އަހަރެން ހަމަޖައްސާލީމެވެ. ޝޯ ނިންމާފައި ގެއަށް އަހަރުމެން ދާން ހިނގައިގަތް އިރުވެސް “ޓޮމް ފޯޑް” ހަމަ އެޖޯލީގައި އަހަރެންނާ ދިމާލަށް ބަލަން އިނެވެ.

ޖެހިގެން އައި ދުވަހު އަހަރެންނަށް ހޭލެވުނީ 7 ޖަހަންވެސް ކައިރިވެފައި ހުއްޓައެވެ. ސިއްސައިގެން ގޮސް ހޭލެވުނީ އާލީ އައިސް  ގައިމަށްޗަށް އެރީމައެވެ.

“ޔާއްތާ! ކޮންއިރެއް މިހާރު ދޮން ގޮވާތާ! ހޭލަބަލަ!” ލައިބާގެ އަޑަށް އަހަރެން ފުންމައިގެން ތެދުވީމެވެ. އަދި ލޯ އުނގުޅަމުން ގޮސް ފާހާނާއަށް ވަދެ ފެންވަރައިގެން ފަތިސް ނަމާދުކޮށްލީމެވެ. އަދި އަވަސް އަވަހަށް ބަދިގެ ދޮށަށް ނުކުންނަން ހިނގައި ގަނެފައިވެސް ހުއްޓުންއެރީ ބަދިގެ ފަރާތުން ދައްކަމުން ދިޔަ ވާހަކަ އަޑު އިވިގެންނެވެ.

“އޭ؟ ހަމަ އަސްލުވެސްތަ؟ އާޔާ ކައިރީގަ އެހިންތަ؟  މަންމަ ބުނަންތަ އާޔާގެ ދައްތަ ކައިރީ؟ކޮންމެވެސް ހިތްހަމަ ނުޖެހޭކަމެއް ނުކުރާތި! އެއީ މިއާއިލާ ބައެއް. ކުރާކަމެއް ވިސްނައިގެން ކުރާތި”

އަހަރެންގެ ޝައުގުވެރިކަން އެދިމާލަށް ދަމައިގަތީ  ފަހަރިގެ މަންމަ ބުނި ބަސްތައް އަޑު އިވިފައެވެ. އަހަރެންގެ ވާހަކަ މި ދައްކަނީ ކީއްވެބާއެވެ؟ ވާހަކައިގެ އަނެއްބައި ރަނގަޅަށް އަޑުއަހާލާ ހިތުން އަހަރެން ދޮރާއި ކައިރިވެލީމެވެ.

“މަންމާ! އެއީ ދޮގެކޭ! އެކަހަލަ ވިސްނުމެއް އަހަރެންގެ ނެތޭ!” ދެން އިވުނީ ފިރިހެން އަޑެކެވެ.ދަންނަ އަޑެއް ހެން ހީވިއެވެ. ނަމަވެސް ކާކުކަމެއް ޔަޤީނެއްނުވިއެވެ.

“އާނ! ދޮގެއް.. އެކަމް ތި ފޯނުގަ އީދު ފޮޓޮއަކަށް ހުރީ ހުސް އާޔާގެ ފޮޓޯ! އަދި އެބަ އޮޅުވާލައެއްނު!” ފަހަރިގެ އަޑު އިވުނެވެ. އަހަރެން ހުރީ ވާނުވާއެއް ކުޑަކޮށްވެސް އޮޅުން ނުފިލާފައެވެ.

“ޝާއިރާވެސް ދެން ލައިތް އާ ދިމާ ނުކޮށްބަލަ! 30 އަހަރު ވީއިރު އަލަށް އަންހެންކުއްޖެއް ފޮޓޯ ހުރިވާހަކަ ތިބުނީ! މަންމަ ވަރަށް އުފާވެއްޖެ! އާޔާވެސް އެއީ މީހުންނާ އަހްލާގް ރަނގަޅު ކުއްޖެއް! އެކަމަކު ދެ އާއިލާ ގުޅުމަށް އަސަރު ކުރާ ކަހަލަކަމެއް ކޮންމެސް ނުކުރާތި!” ފަހަރިގެ މަންމަ ބުނިއަޑު އިވުނެވެ.

“އަން މި ޑިލީޓްކުރީ ހުރިއެއްޗެއްވިއްޔާ! އެ ކުއްޖާ ހިފި ނުހުރެގެން މުޅިތާ ދުވަންޔާ ފޮޓޯ ތަކަށް އަރާނެ ދޯ! ސަކަރާތް ޖަހަން މޮޔަވެފަ ހުންނަ ކުއްޖެއްވިއްޔަ އެއީ! މަ ނޫޅެމޭ މީހަކާ ހިތާވާކަށް” ލައިތްގެ އަޑު އިވި އަހަރެން ލައިތް ދެކެ ރުޅިއާދެވުނެވެ. އަހަރެން ކިތަން މެ ސަކަރާތް ޖެހިއަސް ލައިތް އާއި ކޮން ބެހޭކަމެއް ހެއްޔެވެ.”މަ އެބައުޅޭތަ ތި މީހަކާ ހިތާވެގެން! ވަރަށް ފޫހިވޭ” ހިތާހިތުން އަހަރެންނަށް ބުނެވެނުވެ.

” ދެން ތޮޅުން ހުއްޓާލާ! އެމީހުން މިހާރު އަންނާނެ! ތިވާހަކަ އަޑު އިވިއްޖެއްޔާ ކީކޭ ހިތަށް އަރާނީ! ޝާއިރާ ދޭ ހަވާދު ފުނޑަން! މަންމަ އަންނާނަން ޞަމަދުބެ ފިހާރައަށް ވަދެލާފައި.” ދެން އިވުނީ ފަހަރިގެ މަންމަ ތެދުވެގެން ހިނގައިގަތްއަޑެވެ.

“ދައްތަ މަންމަ ކައިރީ ފަޅާލަން ޖެހޭތަ؟ މާ އަނގަ ގަދަ ކުރަންޏާ ނުވެސް ބުނާނަން އެނގޭ އެކަން ވިއަސް. ދެން އާލީ އަތަށް ފޯނުދިނުންވެސް ނިމުނީ”

ލައިތް ގެ ބަސްމަގު ބަދަލުވިހެން އަހަރެންނަށް އިހްސާސް ކުރެވުނެވެ.ލައިތް އަހަރެންނާ ހަމަ އަސްލުވެސް ގަޔާވީބާއޭ އަހަރެންގެ ހިތަށް އެރިއެވެ.

” ދައްތައަށް ވަރަށް ކަމުދޭއާޔާ! ދެން ނުބުނާނަން އެކުކައިރީވެސް! ހެލްޕެއް ބޭނުމިއްޔާ ބުނާތި! އާޔާވަރުގެ ކުއްޖެއް ލައިތް ހަޔާތަކަށް ނާންނާނެ! އެކަމް އާޔާ ނޫނެކޭ ބުންޔަސް އެ ނިންމުމަށް އިހްތިރާމް ކުރާތި އެނގޭ! ފަހަރި ނަސޭހަތް ދިނެވެ.

“ހޫމް ބުނާނަމޭ! އެހެން ނޫނަސް ކަނދުފަތިކަނބާދޭނެ ހުޝާމްވެސް. ދައްތަ މާ އަނގަގަދަ ނުކޮށް ހުރެދީ” ލައިތް އެހެން ބުނުމާއިއެކު އުނދޯލިން ތެދުވި އަޑު އިވުނެވެ.

އަހަރެން ވެފަ ހުރި ފޫއްސަކުން ބޭރަށް ނުކުންނަ ހިތްވެސް ކެނޑުނެވެ. ލައިތްކަހަލަ ބޮޑާ ކުއްޖެއް އަހަރެން ބޭނުންވާނޭ ހެއްޔެވެ؟ ރަނގަޅީ ދުވަހަކުވެސް ނޭހިއްޔާއެވެ. އެހިއަސް އަހަރެންގެ ޖަވާބަކީ ނޫނެކެވެ. މިހާރުއްސުރެ އަހަރެން ގެ ނިންމުން ނިންމާ ހިތުގައި ފޮރުވީމެވެ.

އަހަރެން ކޮޓަރިން ބޭރަށް ނުކުތީ އެންމެން އައި އަޑު އިވުނީމައެވެ. އަހަރެން ބޭރަށް ނުކުމެ ކާގެއަށް މިސްރާބު ޖެހީމެވެ. ކާގެ ދޮރުމައްޗަށް ނެގި ފިޔަވަޅު ހުއްޓުނީ ލައިތް ސައިބޯން އިންތަން ފެނިގެންނެވެ. ކާގެއަށް ނުވަދެ އަނބުރާލާފައި ދާން އުޅެނިކޮށް ބޮޑުދައިތަ ސައިބޯން އަންނާށޭ ބުނުމުން ނޫނެކޭ ބުނާކަށް ނުކެރުނެވެ. އެހެން ކަމުން މޭޒުކައިރިއަށް ގޮސް ލައިތް ކުރިމަތީ ހުރި ގޮނޑީގައި އިށީނދެ ސައިބޯން ފެށީމެވެ. އަހަރެންގެ ހިތަށް އޭރު އަރަމުން ދިޔައީ “ނޫނެކޭ” ކިޔާފައި ބާރަށް ހަޅޭލަވައިގަތުމަށެވެ. ލައިތް އަހަރެންގެ މޫނަށް ބަލާލާ ހީލިއެވެ. އަހަރެންގެ ރުޅި އިތުރަށް ގަދަވިހެން އަހަރެންނަށް ހީވިއެވެ. އަވަސް އަވަހަށް އެންމެ ރޮށްޓެއްކާލައިގެން އެތަނުން ތެދުވެ ބަދިގެތެރެއަށް ވަނީމެވެ.

ދުވަހުގެ ފެށުންވެސް ދިޔައީ ވަރަށް ގޯހުންނެވެ. “ޓޮމް ފޯޑް” ނުފެނުނުތާ ލައިތް އަހަރެންނާ ގަޔާވާކަން އެނގުނީއްސުރެ އަހަރެންގެ ހިތްއެއްގޮތަކަށްވެސް ހަމައެއް ނުޖެހުނެވެ. ފަހަރި އާއި ހިލާފަށް ލައިތް ފާހަގަ ކުރެވުނީ ބޮޑާ، މީހުންނާ ބީރަށްޓެހި މީހެއްގެ ގޮތުގައެވެ. އެކަހަލަ މީހަކާއި އެކު އަހަރެންގެ ދިރިއުޅުން ކުރިއަށް ގެންދާނީ ކިހިނެއް ހެއްޔެވެ؟ އެހެން ނޫނަސް ނޭނގުމެއްގެ ތެރޭގައި އަހަރެންގެ ހިތުން އެހެން ޒުވާނަކު ވަނީ ޖާގަ ހޯދާފައެވެ.  “ޓޮމް ފޯޑް” އަހަރެންގެ ހަޔާތަށް ގެންނަން އަހަރެން ވަރަށް ބޭނުންވެއެވެ. “ޓޮމް ފޯޑް” ވެސް އަހަރެންނާ ގަޔާވާކަން އަހަރެންނަށް ޔަޤީން ކުރެވުނެވެ.

މިއަދުވެސް އީދުގެ އެކި ކުޅިވަރުތައް އޮތެވެ. ނަމަވެސް އަހަރެމެން ތައްޔާރުވަމުން ދިޔައީ މާދަމާ ދަތުރު ދާށެވެ. ދިއްފުށްޓާ މާދުރުނޫން އެ ރަށަކީ ރީތި ރަށެއްކަމުން ގިނަމީހުން ބޭނުންވީ އޯވާނައިޓް ކޮށްލާށެވެ. ނަމަވެސް އާލް އަދި ކުޑަ ވީމައި ފަހަރި އާއި ބޮޑުބެ އޯވަނައިޓް ކުރަން ބޭނުން ނުވުމުން، މަޑުކުރަން ބޭނުންވާ މީހުން މަޑުކޮށްފައި ދެން ތިބި މީހުން އަންނަ ގޮތަށް ދަތުރުވަނީ ޕްލޭން ކުރެވިފައެވެ. މި ދަތުރުގައި ފަހަރިގެ ގާތްތިމާގެ އިތުރު މީހުންވެސް ބައިވެރި ކުރަން ނިންމީ މީހުން ގިނަވީމައި މަޖާވާނެތީއެވެ.

ޓެންޓް ހޯދުމާއި ތަކެތި އެއްކުރުމުގައި އެންމެން އުޅުންއިރު ފަހަރިގެ ބޮޑުދައިތައާއި އަހަރެން އުޅުނީ ބަދިގޭގައި މެންދުރު ކެއުން ތައްޔާރުކުރުމަށެވެ. އަހަރެންގެ ފޯނަށް މެސެޖްއެއް އައި އަޑު އިވުމުން ކުރަން ހުރި މަސައްކަތް ހުއްޓާލާފައި ފޯނު ހުޅުވާލީމެވެ. ބަލަން ތިބި މީހުންނަށް ސިފާވާނީ ފޯނު ހުޅުވާލުމާއި އެކު ކުނި ބިހެއް އަހަރެންގެ މޫނުމައްޗަށް ޖެހި ހެންނެވެ.

“ހައި. ދިސް އިޒް ލައިތް. ސޮރީ އައި ސްޓޯލް ޔުއަރ ނަންބަރ ފްރޮމް މައި ސިސްޓަރސް ފޯން. އިޓް ޓުކް އަ ލޮޓް އޮފް ކަރޭޖް ޓު ސެންޑް ދިސް ވަން ސިންގަލް މެސެޖް. ކޭން ވީ މީޓް ޓުނައިޓް؟ އައި ވިލް މޭކް އެން އެކްސްކިޔުޒް ޓު ޓޭކްޔޫ އައުޓް” ( ހައި. މީ ލައިތް. މާފްކުރޭ! އަހަރެން މި ނަންބަރު ހޯދީ ދައްތަ  ކައިރީ ނުބުނެ އޭނާގެ ފޯނުން. ވަރަށް ހިތްވަރާއެކު މި މެސެޖް މި ކުރަނީ. މިރޭ ބައްދަލުވެދާނެތަ؟ އަހަރެން ބަހަނާއެއް ހޯދާނަން ތީނަ ބޭރަށް ގެންދަން.)

އިނގިރޭސިން ލިޔެފައި އޮތް އެ މެސެޖް ކިޔަމުން ދިޔަވަރަކަށް އަހަރެން ދިޔައީ ރުޅިގަދަވަމުންނެވެ. އެ މެސެޖްއަށް ވަރަށް ކުރު ރިޕްލައި އެއް ވަރަށް އަވަހަށް ލިޔެލީމެވެ.

“ސޮރީ. އައިލަކް ސަމްވަން އެލްސް.” ( މާފުކުރޭ. އަހަރެންނަށް ކަމުދާ އެހެން ކުއްޖެއް ހުރޭ) އަހަރެން އެހާ ކުރުކޮށް އެމެސެޖްގެ ރިޕްލައި ފޮނުވީ ލައިތްއަކީ އަހަރެން ބޮޑުބެ އަންހެނުންގެ ކޮއްކޮއަށް ވާތީއެވެ. އާއިލާގެ ގުޅުން އިތުރަށް ގޯސްވިޔަ ނުދިނުމަށެވެ.

އަހަރެންގެ މެސެޖްއަށް ލައިތް ރިޕްލައި ނުކުރުމުން އަހަރެން ކޮންމެވެސް ވަރަކަށް ހިތްހަމަޖެހުނެވެ. އެހެންކަމުން ފޯނު ބާއްވާފައި އަހަރެން ކުރަންހުރި މަސައްކަތާއިގެން އުޅުނީމެވެ.

 

 

ދަތުރުގެ ހުރިހާކަމެއް ނިންމާ ދަތުރު ދާ އެންމެން ގޯތިތެރެއަށް އެއްވެލީ އެންމެ ފަހުގެ ތައްޔާރީތައް ވެލުމަށެވެ.އެދުވަހު އަހަންނަށް “ޓޮމް ފޯޑް” ފެނުނީ ހަމައެކަނި އެމީޓިން ތެރެއިންނެވެ. ދަތުރުދާ މީހުންގެ ގޮތުގައި 30 ހާ ގާތްކުރާ ވަރަށް މީހުން ތިއްބެވެ. އާއިލާ މީހުންނާއި އަވަށްޓެރިންނެވެ.

ގިނައީ އަހަރެންނަށް ނޭގޭ މީހުންނެވެ.ދަތުރުގޮސް ކުރާނޭ ކަންކަމުގެ ޝެޑިޔުލް އެއް ފަހަރިގެ ބޮޑު ދައިތަ އޮތީ ތައްޔާރުކޮށް ނިންމާފައެވެ. ހެނދުނު ގެ ނާސްތާއަށްފަހު އެކި ކުޅިވަރުތަކުގެ އިތުރުން މަޖާ ހެދުމާއި މޫދަށް ދިޔުން އަދި މޫދުގެ އެކިއެކި ކުޅިވަރުތައް ރާވާލާފައިވާ ގޮތުން ބޮޑަށް ސިފަވަނީ ކުޅިވަރު ފެސްޓިވަލްއަކާއެވެ. އެރަށުގައި އޯވާނައިޓް ކުރާނޭ މީހުންގެ ލިސްޓް ހަދަމުން ދިޔައިރު އަހަރެން ކައިރީގައިވެސް މަޑުކުރާނަންތޯ އެހިއެވެ. ޖެހިގެން އަންނަ ދުވަހަކީ އަހަރެމެން އެނބުރި މާލެ ދާންޖެހޭ ދުވަސްކަމުން އެރޭ ރޭކުރަން އަހަރެން އެހާ ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް އަހަރެންނަށް ވުރެ ކުރިން ޝިއުނާ އަލޭއްލަވައިގަތެވެ.

“އާޔާވެސް ދޮން ވެސް މަޑުކުރާނީ ދޯ؟ ހަވީރު އެއްނު ފުރަނީ. މިރޭ ޕެކް ކުރޭ. ހެނދުނު ހެނދުނާ އަންނާނީ. އޭރުން އަދި 4 ޖަހާއިރު ލޯންޗާއި ހަމައަށް ހަމަޖެހިގެން ދެވޭނެޔޭ..”

ފަހަރިގެ މަންމައާއި އެތަނުގައިތިބި ބޮޑެތި މީހުންވެސް ޝިއުނާ އާއި އެއްކޮޅަށް ހިފާލިއެވެ. ” އާޔާ އާއި ދޮންތައާ ދެމީހުން ވާނެ މަޑުކުރަން. ބޮޑުބެވެސް މަޑުކުރާނެ. އަނެއްކާ ހުރިހާ ޒުވާންކުދިންކޮޅު މަޖާކޮށްލާ މަސްބާނާލާ ބާބެކިޔު އެއްވެސް ހަދާލެވޭނީ މި ކަހަލަ ފަހަރެއްގަ.” ފަހަރިގެ މަންމަ އެހެންބުނިއިރު “ޓޮމްފޯޑް”އިނީ އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އެދެލޮލުން އެދެމުންދަނީ އަހަރެން އޯވާނައިޓްއަށް މަޑުކުރުމަށްކަމަށް އަހަރެންގެ ހިތް ބުނެދިނެވެ.

“ޔާ! ލެޓްސް އޯވަނައިޓް. އިޓްވިލް ބީ ފަން” އެންމެ ފަހުން އަހަރެންގެ ދޮންތަވެސް އެމީހުންނާއި އެއްކޮޅަށް ހިފާލިއެވެ.

ދަތުރުގެ ޕްލޭން ކިއައިދެމުން ދިޔަ އިރުވެސް އަހަރެންގެ ހިތާއި ސިކުނޑި ވަނީ ކުރިމަތީގައި އިން ޒުވާނާއަށް ހުއްޓިފައެވެ. އިރުއިރުކޮޅަކާއި ވަށްކަޅިން އޭނާއާއި ދިމާލަށް އަހަރެންނަށް ބަލާލެވެއެވެ. އެގޮތަށް ބަލާލެވޭކޮންމެ ފަހަރަކުވެސް އަހަރެންނާއި ދިމާލަށް އޭނާވެސް ބަލާކަން ފާހަގަކުރެވުނެވެ. އަހަރެންގެ ހިތުގެ ހިނގުން އަވަސްވިއެވެ. އަހަރެން އެތަނުން ތެދުވެ ކޮޓަރިއަށް ވަންނަން ހިނގައިގަތީ މަންމަ ގުޅަން ފެށުމުންނެވެ.

“ހަލޯ. ދަރިފުޅާ! ކިހިނެއް ހާލު” އެ ކޮޅުން އިވުނީ ބައްޕަގެ އަޑެވެ.

އަހަރެން ދަތުރުދާން އުޅޭ ވާހަކަ އާއި އޯވާނައިޓް ކުރާ ވާހަކަ ބައްޕަ ގާތުގައި ބުނީމެވެ. އަދި އެރަށުގައި ޢީދުގެ ކުޅިވަރުތަކުގެ މަޖާވާހަކަތައްވެސް މަންމަމެންނާ ހިއްސާ ކުރީމެވެ.

“ދަރިފުޅުމެން މަތިން ވަރަށް ހަނދާންވޭ! ޗުއްޓީ ނަގައިގެން އަދި ވާނެ މިކޮޅަށް އަންނަން! އަދި އެއްވާހަކަ ނުބުނެވޭ! ތުއްތުބެގޭ އިޖާޒް ރަށަށް ބަދަލު ވެއްޖެ. މިތާ ޕޮލިސް ސްޓޭޝަން އިންޗާޖަކަށް ހުންނަނީ. ވަރަށް ގިނައިން މިގެއަށް އާދޭ. ދަރިފުޅު ވާހަކަ ވަރަށް އަހާ” މަންމަ އެހެންބުނުމާއި އެކު އަހަރެންނަށް ހެވުނެވެ.

‘އެހެންތަ؟ އާން ސަލާމް ބުނާތި އިޖާޒްއަށް. ދެން މިދަނީ ނިދަން. ފުރަން ވާއިރަށް ޕެކް ކުރަންވެސް ޖެހޭނެ” އަހަރެން އަވަސް އަވަހަށް ފޯނު ބޭއްވީމެވެ.

އިޖާޒަކީ ބައްޕަގެ ދެ ގޮތެއް ނުވެހުރި އެންމެ ގާތް އެކުވެރިޔާ އިބްރާހިމްބެގެ ހުރި ހަމައެކަނި ދަރިފުޅެވެ. ކުޑައިރު އަހަރެންގެ ވަރަށް ގާތް އެކުވެރިއެކެވެ. ހަނދާން ހުންނަން ފެށީއްސުރެ ވަރަށް ބަލިވެ އުޅޭނެއެވެ. ނަމަވެސް ޓީން އޭޖަށް އެޅުމާއިއެކު އޭނާ އަހަރެންކައިރީ ރަށްޓެހިވާން އެހިއެވެ. އޭރު އޭނާ ބަލިކޮށް އުޅޭތީ އޭނާއަށް ނުވާނޭހެން ހިވާ ކަހަލަ ކަމެއް ބޮލުގަ އެޅުވީ އަހަރެން އޭނާ އާއި އެކަހަލަ ގުޅުމެއް ބާއްވަން ބޭނުން ނުވާތީއެވެ. އަހަރެން އީޖާޒް ކައިރީ ބުނީ އަހަރެން އިންނާނީ ފުލުސް އޮފިސަރަކާއި ކަމުގައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

ވާން އެދެމޭ ގާތުގާ (4)

Next

ލޯބިވާ ވަރު ކަލާޔަށް އަންގައިދެމޭ 5

Next
March 10, 2021

ލޯބިވާ ވަރު ކަލާޔަށް އަންގައިދެމޭ 5

Previews
March 8, 2021

ވާން އެދެމޭ ގާތުގާ (4)

2 Comments!

  1. redlailacrose says:
    March 9, 2021 at 7:31 pm

    . މޫނަށް ބަލާލާ ހީލިއެވެ
    Mi phrase mi gothah bunumun maa furihama vaanehn heevanee.
    މޫނަށް ބަލައިލައިފައި ހީލިއެވެ.
    Anehn stry vrh reethi. Unmeedhu kuran mi kmnt positive koh nagaane kamah adhi. Improve kuran try kuraane kamah. Gud luck writing next episodes ?? stay safe and stay home ??

  2. Boaganvilla says:
    March 10, 2021 at 12:59 am

    ތިންވަނަބައި ތަންކޮޅެއްކުރީ ވާހަކަ ހަމަ ވަރަށް ރީތި ކޮންމެ ދުވަހަކުވެސް މި ހުރެވެނީ ތި ވާހަކައިގެ އިންތިޒާރުގަ
    ހަބޭަސް އިންގޭ

Comments are closed.

Next Episodeނިކަން ލޯބިން-5←


All Right Reserved!