އަނެއްދުވަހުގެ މެންދުރު ފަހު ރީޝާ އާއި ރިޔާޝް ސްޓޫޑިއޯ އަށް ދިޔައިރު ނަޔާ އާއި އަހުޝަމް އުޅުނީ ފޮޓޯ ތައް އެޑިޓް ކުރުމުގައެވެ. އެމީހުން އެޑިޓް ކޮށްފައި ހުރި ފޮޓޯތައް ރީޝާ މެންނަށް ދައްކާލުމުން ރީޝާ އާއި ރިޔާޝް ތިބީ ވާ ވާ ކިޔާލަ ކިޔާލަ އެވެ. ކޮންމެ މީހަކަށް ވެސް އެމީހަކަށް އެންމެ ކަމުދާ އެމީހެއްގެ ފޮޓޮއެއް އިޚްތިޔާރު ކުރުމަށް އަހުޝަމް ބުންޏެވެ. އެންމެން ވެސް އިޚްތިޔާރު ކުރީ ހުޅުމާލޭގައި ނެގުނު ފޮޓޯ ތަކެވެ. […]
އަހުޝަމް އާއި ރީޝާ ތިބީ ކޮމެޑީ ލޭންޑްގެ ސްޓޫޑިއޯ ގައެވެ. ޓީވީއިން އަޅުވާފައި ހުރީ ދިވެހި ޕްރިމިއަރ ލީގުގެ ފައިނަލް މެޗެވެ. ކުޅެމުން ދިޔައީ ރާއްޖޭގެ ޒަމާންވީ ޓީމެއް ކަމުގައި ވާ އީގަލްސްއާއި މާޒިޔާ އެވެ. އަހުޝަމް ހުރީ އީގަލްސް ކޮޅަށެވެ. ރީޝާ އިނީ މާޒިޔާގެ ދިދަ ނަގައިގެންނެވެ. އަހުޝަމް ޗިޕްސް ޕެކެޓަށް އަތް ބާނަމުން ދިޔައިރު ރީޝާ އިނީ ޖަބުލާނީ ހައެއްކަ ޕެކެޓު ތައްޓަކަށް އަޅައިގެން ކާލަކާލައެވެ. މެޗްގެ ލީޑު ދަމަހައްޓަމުން ދިޔައީ މާޒިޔާ އެވެ. […]
ރޭގަނޑުގެ ހަމަ ހިމޭން ވަގުތު އައިސް ޖެހިއްޖެ އެވެ. މަގުމަތި ފަޅުވެ ގޭގޭގައި ދިއްލާފައި ހުރި ބޮކިތައް ވެސް ނިއްވައިފިއެވެ. އެންމެން ނިދާ ފައިހިލަވަޅު އޮބޭ ވަގުތޭ ކިޔާ ވަގުތަކީ މިއީ އެވެ. މިވަގުތު ނުނިދާ އުޅޭނީ ކޮންމެވެސް އެއްޗެއް ބައްލަވައިގެން ނުވަތަ އެ ހޯދަން އުޅޭ މީހެކެވެ. މި ހަމަހިމޭން ވަގުތުގައި ނިދީގެ ފޮނި މީރުކަން ޙާޞިލް ކުރަމުން ދިޔަ ރީމާ އަށް ސިއްސައިގެން ގޮސް ހޭލެވުނީ މީހަކު އޭނާ އަށް ގޮވާލިހެން ހީވެގެންނެވެ. […]
ފޯނުން ކިޔަމުން ދިޔަ ޚަބަރަށް ގެއްލިފައި އިން ޝަރީފް އިސްއުފުލާލީ، އޭނާ އާއި މީހަކު ވާހަކަ ދެއްކި ހެން ހީވުމުން ނެވެ. ރަނގަޅަށް ދެލޮލަށް އައިނު ހެޔޮވަރު ކޮށްލުމަށްފަހު އެ މީހަކާއި ދިމާއަށް ބަލައިލި ޝަރީފްގެ ދެލޯ ބޮޑުވީ ކުރިމަތީގައި އިން ނިޔާޒު ފެނިފައެވެ. އޭނާގެ ހިތަށް ބިރުވެރި ކަމުގެ ރާޅެއް ބިންދާލި އިރު މުޅި މީހާ ދާ ހިއްލަން ފެށީ ވެސް އެއްވެސް އިޚްތިޔާރަކާ ނުލައެވެ. ****************** ރިޔާޝްގެ ކޮޓަރިއަށް ވަން […]
ފަރީދާ ނުކުތުމުން ރިއާޝް ފަހާ ރިޔާޝް ދުއްވައިގަތެވެ. ރިޔާޝްގެ އަތުނުޖެހެން ވެގެން ރިއާޝް ދުވަމުން ދިޔައިރު ކޮޓަރިތެރޭ ގުގުމަމުން ދިޔައީ ދެބެންގެ ހުނުމުގެ އަޑެވެ. “ހަހަހަ އޯކޭ އޯކޭ ދެން ދޮންބޭ ޕްލީޒް…” ވަރުބަލި ވެގެން ރިއާޝް ދުވުން ހުއްޓާލިއެވެ. ރިޔާޝް ވެސް މާނޭވާ ލަމުން އައިސް ރިއާޝްގެ ކޮނޑަށް އަތް ވައްޓާލިއެވެ. “ހާހްހް… އޯކޭ ކޮބާތަ ދެން މަގޭ ފަހަރި….” ރިއާޝްގެ އިސްތަށިގަނޑު ހާވާލަމުން ރިޔާޝް އަހާލިއެވެ. އެވަގުތު ރިއާޝްގެ ހިތަށް ފެނުނީ ހަމަ […]
“އެހެމް އެހެމް… އެކާވީސް އޮގަސްޓް ދެހާސް އެކާވީސް… އެކާވީސް ގަޑި އެކާވީސް… މަރިޔަމް ރީޝާ ޝަރީފް އަދި ރިޔާޝް ޙުސައިން ޤާދިރު ލޯބިވެރިންގެ ލިސްޓަށް… މަރުޙަބާ މަރުޙަބާ… “ރީޝާ އަދި ރިޔާޝް އަށް އެކަކު އަނެކަކާއި ދުރުވެލަން ޖެހުނީ އަހުޝަމް މެން އައިސް ދިމާކުރަން ފެށުމުންނެވެ. ރިއާޝް އާއި އަހުޝަމް ނަށަނަށާފައި ލޯބީގެ ލަވަ ތައް ކިޔަން ފެށި އިރު އަންހެން ކުދީންތައް އެ މަންޒަރު އެ ކުދިންގެ ފޯނު ތަކުގައި ރައްކާކުރަމުން ދިޔައެވެ. “ހިނގާ […]
އަހުޝަމް އަށް ހޭލެވުނީ އިރު ވެސް އޮއްސުނު ފަހުންނެވެ. ގެއަށް އައިސް ފެންވަރައިގެން އޭނާ ނިދީއެވެ. ނަޔާގެ ހާލަކީ ވެސް އެ އެވެ. ނަޔާ އަށް ހޭލެވުނީ ނަސީމާ އައިސް ރޭގަނޑު ކާން ގޮވުމުންނެވެ. ރީޝާ އިނީ ފެންވެރި ގޮތަށް ޑްރާމާގައެވެ. އިރު އޮއްސުމުން އަޅުކަންތައް އަދާ ކުރުމަށްފަހު އަށެއް ޖެހުމުން ކޭކު އޯޑަރަކަށް ކޭކު އަޅަން އޭނާ ތައްޔާރު ވިއެވެ. ލަވައެއްގެ ރިކޯރޑިން ނިންމާލުމަށްފަހު ރިޔާޝް ސްޓޫޑިއޯ އިން ނުކުތީ ނިދިއައިސްގެން ގޮސް މީހާ […]
އެތައް އިރަކު އެތައް ވާހަކައެއް ދެކެވުނު އިރު އެކަކު ވެސް ލޯބިވާ ވާހަކަ އެއް ނުބުނެއެވެ. ހައްތަހާވެސް މޮޔައިންނެވެ. މިއަށްވުރެ ރަނގަޅު ފުރުސަތެއް އަޅެ ރިޔާޝް އަށް ލިބޭނެ ހެއްޔެވެ؟ އަހުޝަމް އާއި ރިއާޝް އުނދަގޫ ކުރާކަށް ނެތެވެ. ނަޔާ މެން ތިބީ ގަދަ ނިދީގައެވެ. ރަށު ތެރޭގައިވެސް މީހަކު ނުކުމެ އުޅޭ ހެނެއް ހިއެއް ނުވެއެވެ. ދުރު ދުރުން އުދުހިފައި ދާ ކާޅުތައް ވެސް އެދެމީހުންގެ ދޭތެރެއަކަށް ނުވަންނާނެއެވެ. އޭ މިހިރަ ފެންނަ ރިޔާސާ […]
އޭނާ ކޮއްކޮއެއްގެ ހައިސިއްޔަތުން ދެކޭ ކުއްޖެއްގެ ސަބަބުން އޭނާގެ ދޮންބެ އަށް ހިތާމައެއް ލިބޭކަށް ރިއާޝް ބޭނުމެއް ނުވެއެވެ. ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމަށް އަހުޝަމްގެ އަތް މައްޗަށް އޭނާ އެކަން ދޫކޮށްލީ ރިޔާޝް އަށް ދޭނެ ލަފައެއް އޭނާ އަށް ނުވިސްނުމުންނެވެ. އަހުޝަމް ވެސް ހުރީ އޭނާ އަށް ނިންމުނު ގޮތާއި މެދު މާ ހިތް ހަމަ ޖެހިފަކާއެއް ނޫނެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ސަބަބުން އޭނާ ވެސް ބޭބެ އެއްގެ […]