ރިއާޝް، ރީޝާ، ރަނާ، ނަޔާ، އަހުޝަމް – “އައްސަލާމު ޢަލައިކުމްމް… ވެލްކަމް ބެކް ޓު ކޮމެޑީ ލޭންޑް…” ރިއާޝް – “އާދެ ވަރަށް ގިނަ ދުވަހު ތިޔަ ބޭފުޅުންނާ ދުރުގައި އޮތުމަށްފަހު އަނެއްކާވެސް އަޅުގަނޑުމެން ފެނުމަތިން މި ދައްކާލީ ކުޅެވެމުން މިދާ ވޯލްޑް ކަޕްގެ ކުއާޓާރ ފައިނަލާ އެކީ…” ރަނާ – “އާދެ އަޅުގަނޑު އުންމީދު ކުރަން މިހާ ގިނަ ދުވަސް ކޮށްފައި ބައްދަލުވީ ނަމަވެސް ތިބޭފުޅުންނަށް އަޅުގަނޑުމެން ބާ ނުވާނޭ ކަމަށް…” ރީޝާ – […]
ކުރިމަތީގައި ހުރި ރީޝާ ފެނުމާއި އެކު ރިޔާޝްގެ ހިތް ހީވީ ރޫރޫ އަޅައިގަތް ހެންނެވެ. ދެލޮލަށް އައިނު ހެޔޮވަރު ކޮށްލުމަށްފަހު އޭނާ ބެލީ ރުޅި ވެރިކަން ދެއްކޭތޯއެވެ. “ބުނެބަލަ ޔާޝް… ކީއްވެތަ ތިހެން ތި ހެދީ؟ ޔާޝް ޔާޝް އަހަރެން ދެކެ ވަރަށް ލޯބި ވެސް ވެއެއްނު؟…ދޯ؟ ބަލަ.. ބަލާ މިއޮތީ ޔާޝް ރީޝް އަށް ދިން ފަށް ވެސް… ޔާޝް ބުނީމެއްނު މި ފަށް ރީޝްގެ ކަރުގަ އޮތްހާ ދުވަހަކު ޔާޝް ރީޝް […]
ކޮމެޑީ ލޭންޑްގެ އެންމެހާ ސަޕޯޓަރުންނަށް! ކޮމެޑީ ލޭންޑް ބިނާވެފައި ވަނީ ފުޓުބޯޅައިގެ މައްޗަށެވެ. ދުނިޔޭގެ ވާދައިގެ ތަށްޓަށް ކުޅޭ ފުޓުބޯޅަ މުބާރާތް ކުރިއަށް ދާ ދުވަސް ވަރެއްގައި ކޮމެޑީ ލޭންޑް ތިޔަ ކިޔުންތެރީންނާއި ދުރުގައި އޮތުމަކީ ކޮމެޑީ ލޭންޑްގެ ސަޕޯޓަރުން ވަރަށް ހިތްދަތިވާ ކަމެއް ކަމުގައި އަޅުގަނޑަށް ވަނީ އެނގިފައެވެ. ވީމާ އަޅުގަނޑު ގަސްތުކުރަނީ ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލް ފެށުމާއި އެކު ކޮމެޑީ ލޭންޑްގެ ހޫނު ޒުވާބުތައް ތިޔަ ކިޔުންތެރީންނާއި ހަމައަށް ގެނެސްދިނުމަށެވެ. އަދި ވޯލްޑް […]
ހިތާމައިގެ ކަނޑެއްގައި ރީޝާ އާއި ރިޔާޝް އޮޔާ ބެހިގެން ހިނގައްޖެ އެވެ. ދިމާވި މަޖުބޫރީ އާއެކު ރީޝާ އާއި ރިޔާޝް ވަކި ވެއްޖެ އެވެ. އެދެމީހުންގެ ޙަޔާތް ފުނޑު ފުނޑު ވެއްޖެ އެވެ. ނަމަވެސް ނިޔާޒުގެ ޙަޤީޤަތް އަދި ކޮބާތޯއެވެ؟ ނިޔާޒުގެ ނިޔަތަކީ ކޮބާތޯއެވެ؟ ޝަރީފް އާއި ވަސީމާގެ ދަރިފުޅު ދުނިޔޭގައި އެބަ އިން ތޯއެވެ؟ ރީމާ އަށް ނިޔާޒު ޖެއްސި ޙާލުގެ ޙައްޤު ސަޒާ ނިޔާޒު އަށް ލިބޭނެ ތޯއެވެ؟ ޖޫސް ތައްޓެއް […]
ތައްޓަކަށް ހެދިކާ އަޅައިގެން ގޮސް ރަސްފަންނު ގައި ހުރި ހަޓެއްގެ ދަށުގައި ހަމަ އިށީން ތަނުން ޝަރީފްގެ ފޯނު ރިންގުވިއެވެ. ޖީބުން ފޯނު ނަގައި އެއްވެސް ވިސްނުމެއް ނެތި އޭނާ ފޯނު ކަންފަތުގައި ޖަހާލިއެވެ. “ކޮބާ ޝަރީފް… މިއަދަކީ ހޯމަ… މަގޭ ދަރިފުޅު ހުރި ތަނެއް ބުނޭ.. އެތާކަށް އަހަރެން ދާނަން…” ފޯނު ހަމަ ނެގުމާއި އެކު ޝަރީފްގެ ކަންފަތް ބުޑުގައި ގުގުމާލީ ނިޔާޒުގެ އަޑެވެ. ނިޔާޒުގެ މަތިން އޭނާ ހަނދާން ވެސް ނެތެވެ. އަނެއްކާ […]
ރިޔާޝްގެ ސައިކަލު ފަހަތުގައި އިން ރިއާޝް އިރުއިރުކޮޅާ ބޮޑުބެރު ލަވައެއް ކިޔާލައެވެ. އެއާއި ވިއްދައިގެން ރިޔާޝް ވެސް ލަވައިގެ އަނެއްބައި ކިޔާލައެވެ. މަގުމަތިން އެއްޗެއް ފެންނަ އިރަށް އެ އެއްޗަކާއި ގުޅުވައިގެން ލަވަ ހަދަހަދައިގެން ވެސް ކިޔައެވެ. ގެއިން ނައްޓާލީންސުރެން ސްޓޫޑިއޯ އާއި ހަމައަށް ދެވެން ދެންވެސް އެ ދެމީހުން ތިބީ އެގޮތުގައެވެ. “އޭ އޭ އޭ އާޝް ބްރޯ….. ޔާޝް ދޮންބޭ… ރައްނު ސާޖަރީ އެއް ހަދަނީ އޯ… ޑޮކްޓަރު ނައިންޓީ ނައިން ޕަސެންޓް […]
ޝަރީފްގެ ޢާއިލާ އެ ކުއްޖާ ގޮވައިގެން އެމީހުންގެ ގެއަށް ދިޔައެވެ. އެހެން ކުދިން މިސްކިތުން ފައިބައިގެން އެ މީހުންނާއި ވަކިވިއެވެ. ރިޔާޝް ވެސް ރީޝާ ގާތު ވާނުވާ އެންގުމަށް ބުނެ ރީޝާ މެންގެ ގެއާއި ހިސާބުން އޭނާގެ ގެއަށް މިސްރާބު ޖެހިއެވެ. ނިމިދިޔަ ހިތާމަވެރި ޖަނާޒާ އަށް ފަހު އެންމެންގެ ވެސް ތަބީޢަތު ވަނީ ގޯސްވެފައެވެ. **************** ރިޔާޝް ގެއަށް އައި އިރު ރިއާޝް ހުރީ ބެލްކަނީގައެވެ. ފަރީދާ ބަދިގޭގައި އުޅެފައި ސިޓިންރޫމަށް ނިކުތީ […]
“ހުސެން؟؟…. ” ކުރިމަތީގައި ހުރި މީހާ ފެނި ވައި އަޑުން ރީޝާ އަށް ބުނެވުނެވެ. **************** ރީޝާ އޭނާގެ އަނގަމަތީ އިން މާސްކް ނެގުމުން ރިޔާޝް ހިނިގަނޑެއް ޖަހާލިއެވެ.” ޔެސް އިޓްސް މީ މަރިޔަނބު… ޔުއަރ ރިޔާޝް ހުސެން ގާދިރު… ” ބޮލުގައި އޮތް ތޮފި ނަގައި ރީޝާގެ ބޮލުގައި އަޅުވާލަމުން ރިޔާޝް ބުންޏެވެ. ” ޕިސް ޕިސް ޕިސް ތިހެން ހަމަ މަގުމަތިން ދިމާކޮށްލަންޏަކާ ނޭނގޭނެދޯ… އެހެންނޫނަސް ޔާޝް އަށް ކިހިނެއް […]
އިރު ފެނުން ތޮޅިލީ ހިތްގައިމު ހެނދުނެއްގެ ހައެއް ޖަހާކަށް ހާއިރު އެވެ. ފަތިހުގެ ފިނި ރޯޅިތައް މާލޭގެ މަގުތައް މަތިން މިނިވަން ކަން ހޯދަމުން ދިޔައީ ދުއްވާ އުޅަނދުތައް މަގުމަތީ މަދުވެފައި ވުމުންނެވެ. މާލެ އަކީ ހަލަބޮލި ކަމަށް މަޝްހޫރު ތަނެއް ކަމުގައި ވިޔަސް ގުދުރަތުގެ ޙަޤީޤީ ރީތިކަން މާލެއިން ވެސް ފެނެއެވެ. ކުޑަކޮށް މޯޅި އަކަށް ދެމިލުމަށްފަހު މާލޭ ލޮނުޒިޔާރަތް ޕާކަށް ޖެހިލަމާ ތޯއެވެ. ރޭ ވެހުނު ވާރޭގެ ޝަބްނަމް ތިކިތައް އަދިވެސް ގަސްގަހުގެ […]