އެތައް އިރަކު އެތައް ވާހަކައެއް ދެކެވުނު އިރު އެކަކު ވެސް ލޯބިވާ ވާހަކަ އެއް ނުބުނެއެވެ. ހައްތަހާވެސް މޮޔައިންނެވެ. މިއަށްވުރެ ރަނގަޅު ފުރުސަތެއް އަޅެ ރިޔާޝް އަށް ލިބޭނެ ހެއްޔެވެ؟ އަހުޝަމް އާއި ރިއާޝް އުނދަގޫ ކުރާކަށް ނެތެވެ. ނަޔާ މެން ތިބީ ގަދަ ނިދީގައެވެ. ރަށު ތެރޭގައިވެސް މީހަކު ނުކުމެ އުޅޭ ހެނެއް ހިއެއް ނުވެއެވެ. ދުރު ދުރުން އުދުހިފައި ދާ ކާޅުތައް ވެސް އެދެމީހުންގެ ދޭތެރެއަކަށް ނުވަންނާނެއެވެ. އޭ މިހިރަ ފެންނަ ރިޔާސާ އެވެ. ކައިރީގައި ތީނީ ކަލޯ ލޯބިވެގެން އުޅޭ ރީސާ އެވެ. މިތާކު އަހުއްޓި އެއް އާއްޓެއެއް ކަލޯ މެން ދެމީހުން ދެމެދަށް ވަންނާކަށް ނެތެވެ. ނަސީމާ އެ އޮތީ ހުވަފެން ބަލަން ރަޖާ ދަށަށް ވަދެއެވެ. އިސާހިތަކު މީހަކު ބީޗް ބޮގަކަށް އައިސް ދާނެއެވެ. ތި ނިކަން ލޯބިވެޔޭ ކިޔާ ހަޅޭއްލަވައިގަން ބަލާށެވެ. އޭރުން މަ ވެސް ލޯބި ވެެޔޭ ކިޔާ ރީޝް ހަޅޭއްލަވައިގަންނާނަމެވެ.
****************
ފޯނުގެ އެލާމުގެ އަޑަށް ގަދަ ނިދީގައި އޮތް ނަޔާ ފުންމައިގެން ތެދުވިއެވެ. ގަޑި ބަލައިލިއިރު ހަ ގަޑި ބައި ވެފައި ވާ ތަން ފެނި އިރު އަރައިފިތޯ ބަލަން ދޮރުފޮތި ގަނޑު ހެސްކިޔާފައި ކަހާލިއެވެ. މިހާ އިރު ވާއިރު އިރު އަރާނެ ކަން ވެސް އެ ފަކީރަށް ނޭނގެނީ ބާއެވެ. އެކަން އެނގޭނީ ވެސް ފަތިހަށް ހޭލާ ނަމަ ތާ އެވެ. “އޭ އެންމެނޭ އޭ… ތެދުވޭ.. ކަލޯ ރީސާ މިހާރު ހުންނާނެ ނައިސްގެން ކަންތައްބޮޑުވެފަ… ދާ އިރަށް އެގޮލާ ތަޅައިގަންނާނެ… ޕިސް ޕިސް ރިއްލު އޭ… ކަލޯ ތެދުވަންވީ…” ނިދާފައި ތިބި ރިހުލާ އާއި ޒާނާ އަދި ލަމްހާގެ ގައިގައި ބާލީހުން ތަޅަމުން އެމީހުން ހޭލައްވަން ނަޔާ މަސައްކަތް ފެށިއެވެ.
ދެފައި ދެރާއްޖެއަށް ލައިގެން އަހުޝަމް އޮތީ މުޅި އެނދު ހިފާލައިގެންނެވެ. ރިއާޝް ފަކީރު ކިރިޔާ އޮތް ކަމެވެ. އެސޮރަށް ހަމަޖެހިގެން ނިދާލެވޭނެ ރެއެއް ނާދެއެވެ. މާލޭގައި ވެއްޖެއްޔާ ރިޔާޝްގެ އުނދަގޫ ބޮޑު ކަމުން ރިޔާޝް އާއި އެކު އެނދުގައި އެއް ނޯވެވެއެވެ. ރަށަކަށް އައިސްފިއްޔާ އަހުޝަމްގެ ހަތަރެސްފައި ދިގު ކަމުން އޭނާ އަށް އެނދުގައެއް ނޯވެވެއެވެ. ކުރާނީ ފަހެ ކީއްހެއްޔެވެ. ލިބޭ މިންވަރަށް ޝުކުރު ކުރަން ވާނެ ނޫންހެއްޔެވެ.
ހުއްޓާނުލާ އަނގަ ތަޅަމުން ދިޔަ ރީޝާގެ މޫނަށް ގެއްލިފައި ރިޔާޝް އަށް އިނދެވުނެވެ. މިވަގުތު އޭނާގެ ހަ ހިއްސު ރަނގަޅަށް މަސައްކަތް ކުރާ ހެންނެއް ހީއެއް ނުވެއެވެ. އޭނާގެ ހަށިގަނޑުގެ ހުރިހާ ބާރެއް މިވަގުތު ހިފަހައްޓަމުން ދިޔައީ އޭނާގެ ލޮލެވެ. ރީޝާގެ ސޫރަ އެ ލޮލުން ބަލަމުން ދިޔައެވެ. އެ ސޫރަ ހިތުގައި ކުރަހަމުން ދިޔައީ ވެސް އޭނާގެ ލޮލެވެ. ނުވާ ތާކަށް އޭނާގެ ހިތުގައި ވާ ހުރިހާ އިޙްސާސެއް މިވަގުތު އޭނާގެ ދެލޮލުން ފާޅުވާން ހުއްޓެވެ. “އަސްލު ބުނަންޏާ މިހާރުގެ މޮޑެލްތަކާ ފިލްމުސްޓާރުން ރީޝްއަކަށް ކަމަކު ނުދޭ… ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި ނިވާކަން ކުޑަ ގޮތްގޮތަށް ފިލްމު ކުޅެ، ލަވަ ކުޅެ، ފޮޓޯ ނަގާ ދެންހުރި ކަމެއްވެސް ކުރަނީ… މީ މިއަދު ދިވެހިންގެ ހާލަތަކީ… މަ ވެސް ލަދު ގަނޭ… ކިރިޔާ ލާރިއެއް ދޭ އިރަށް އެވީ ހެދުން ބާލައިގެން މޮޑެލް ކުރަން… މީ ކޮން ގޮތެއް؟؟… އެ ފާޑަށް ތެޅެން އެމެރިކާ އަށް ދާންވީނު… އާން މި ދިވެހި ފަސްގަނޑުގައި ހުރެގެން ވައްތަރު ވައްތަރަށް ތެޅިއަރުވާނެ ކަމެއް ނެތެއްނު… ” ނޫނޭވާ ފިސާރި ދިވެހި ދަރިއެކެވެ. އެއީ މިހާރުގެ ގިނަ ދިވެހި އަންހެން ކުދީން އުޅޭ ގޮތެވެ. ރީޝާ އެއް ކަމަކު އެބުނީ ހެޔޮ ވާހަކަ އެކެވެ. ދެރައީ އެހާ މުހިންމު މަޢުޟޫއަކަށް ވާހަކަ ދައްކާއިރު ރިޔާޝްގެ ދެ ކަންފަތަށް އަޑު ނީވޭ ކަމެވެ. ” ކީކޭ ޔާޝް ދޮންބެ ބުނަނީ؟.. ” ރިޔާޝް އާއި ދިމާއަށް ބަލައިލަމުން ރީޝާ އަހާލިއެވެ. ސިހިފައި ރިޔާޝް ފަރާތް ފަރާތް ބަލަން ފެށިއެވެ. ރިޔާޝް ޖަވާބެއް ނުދިނުމުން ރީޝާ ފުއްޓަތްކެއް ޖަހާލިއެވެ. “އަނ އަ އާން ދޯ ހިނގަދާން…” ގޮނޑުދޮށަށް ފުންމާލަމުން ރިޔާޝް ބުނެލިއެވެ. ރީޝާ ވެސް ފަސޭހަ ކަމާއި އެކު ތިރިއަށް ފުންމާލިއެވެ. ރިޔާޝް ހިތުން ރީޝާ އަށް އެކަންޏެއް ނުފޭބޭނެއެވެ. އެހެންވެ އޭނާ އުޅުނީ ރީޝާ ބާލަން އެހީވާށެވެ. އަނެއްކާވެސް އެކަހަލަ ފުރުސަތެއް ގެއްލުނީއެވެ. އެކި އެކި ވާހަކަ ތަކުގައި ތިބެ ދެމީހުން އެމީހުން ތިބޭ ގެއަށް މިސްރާބު ޖެހިއެވެ.
އަވަސް އަވަހަށް ނަޔާ، ރިހުލާ، ޒާނާ އަދި ލަމްހާ ރީޝާ މެން ތިބޭ ގެއަށް ދިޔައެވެ. އެގެއަށް ދިޔައިރު އެ ގޭ ދައްތަ ކުނި ކަހަން އޮތެވެ. ހިނިތުން ވެލާފައި އެކުދިން ގޭގެ މަގާ ވީ ފަރާތުގައި ހުރި ޖޯލިފަތީގައި އިށީނެވެ. “އޭ ކޮޔާ ރީޝް އަށް ގުޅަގާ… ބުނާނީ އަހަރުމެން މިތާ ތިބޭތާ ކިތަންމެ އިރެކޭ.. މަންޖެ އަންނަންދެން މިތާ ތިބިއްޔޭ ބުނާނީ…” ނިޔަފަތި ކާލަ ކާލާ އިން ނަޔާ ގާތު ލަމްހާ ބުންޏެވެ. “ޕިސް އުހޫން އޭނާ ދާނީ ވެސް މި މަގުން ކަންނޭނގެ… ” ހާސްވެފައި އިން ވަރުން ނަޔާ އަށް ކިޔޭ ނުކިޔޭ އެއް ވެސް ނޭނގުނެވެ. ރީޝާ އަށް ދޯކާ ދީފައި މިތާ ތިބުން ވެސް މާ ބުއްދިވެރި ކަމަށް އެ މަންޖެ އަށް ފެނުނީ ތޯއްޗެކެވެ. ވަލު މަގުން އައި ރިޔާޝް އާއި ރީޝާ އަށް ނަޔާ މެން ފެނުނެވެ. އެ ދެމީހުން ދުވެލާފައި ނަޔާ މެން ގާތަށް ދިޔައެވެ. “ހާދަ މައިރަކާ ދެމީހުން ކޮންތާކުން؟..” ރިހުލާ ބެލީ ވީހާވެސް މަޢުޟޫ އާއި ދުރުން ވާހަކަ ދެއްކޭތޯއެވެ. “މި އައީ ބަނދަރަށް ގޮސް..” ރީޝާ ޖަވާބު ދިން އިރު އެ އަޑުގައި ވީ އުފާވެރިކަން ރިޔާޝް ނޫން އެންމެނަށް ވެސް ނަގައިގަނެވުނެވެ. އިރު އަރާ މަންޒަރު ބަލަން ދާން އެމީހުން ބުނި ކަން ރީޝާ ހަނދާން ނެތްކަން އެނގުމުން ހަތަރު ކުދިންނަށް ވެސް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. “މަ ސަންރައިޒް ބަލަން ވެސް ދިއައީމޭ… ތަންކޮޅެއް ފަހުން ރީޝް ފެނިގެން ދެމީހުން އެތާ ވާހަކަ ދައްކާލަން ތިބީ ދޯ…” ރިޔާޝް ‘ސަންރައިޒް’ އޭ ބުނުމުން ރީޝާ ވިސްނާލިއެވެ. “އޭ ލާ…. މަންޖެ މެން ތީ ސަންރައިޒް ބަލަން އަންނަން ކީ މީހުންނޭ… މަ ފަސް ގަޑި ބައި ވީއިރު ހުންނާނީ ބަނދަރުގަ… މަންޖެ މެން އެކަކަށްވެސް ނާދެވުނެއްނު؟…” ރިޔާޝް އާއި އެކު ހުރެވުމުން ރީޝާ އެކަން މަތިން ހަނދާން ވެސް ނެތުނީ އެވެ. އެކަން ހަނދާން ވުމުން އެންމެނަށް އޭނާ ބަޑިއަޅާލިއެވެ. “އޭ އޭ މަންޖެ ދެން.. ޕިސް ނުހޭލެވުނީ އޭ…” ލަމްހާ ބެލީ ރީޝާ ކައިރިން އަވަހަށް ސަލާމަތް ވެވޭތޯއެވެ. “ބަހަނާ ދައްކާނެ ކަމެއް ނެތް… އަނެއްކާ ސަންރައިޒް އެހާ ރީތި ވެސް ރީތި.. ހެޔޮ މަށަށް ދޯ ލައިކު ލިބޭނީ…” އޭނާ ނެގި ފޮޓޯ ތައް އެމީހުންނަށް ދައްކަމުން ރީޝާ ފޮނި ކަނޑާލިއެވެ.
ހެނދުނުގެ ސަޔަށް ފަހު އެންމެން ހިނގާލަން ނުކުތެވެ. ބޮޑެތި މީހުންނާއި އަހުޝަމް މެން ޖެހުމުން މުޅީން ވެސް ދެކެވުނީ ކޮންމެވެސް އަންހެން ކުއްޖަކު މީހަކާ ދެވާ ވާހަކަ އެވެ. “އަޅެ އައްބު ބެ އަޅުގަނޑު މެން ބަހައްޓާފައި މި އަހުޝަމު މީހަކާ ދެވާބަލަ… އެހެން ނޫނީ ދުވަހަކު އޭނާ އަޅުގަނޑުމެންނަށް ޖެއްސުން ކުރުން ހުއްޓައެއް ނުލާނެ…” މަގުމަތިން ދާހާ މީހަކާ އޭނާ އާއި އަޅުވާ ކިޔާތީ ރީޝާ ބުނެލިއެވެ. “ޕިސް އައްޗި… މަ އިންނާނީ ހަމަ ސީދާ މުސްކުޅި އަކާ… ކާށިކިބަ އަކާ ބޯވަޅި އަކާ ދީފަ ބޭންދީމަ ކައި ކައި އިނދެދާނެއްނު…” އަހުޝަމް އެހެން ބުނުމުން ގެއެއްގެ އުނދޯލީގައި ރޯނު ވަށަން އިން ދައިތަ އެއް ދައްކާ އެ ދައިތައާ އިންނާށޭ ކިޔައި އެންމެން އަހުޝަމް އާއި ދިމާކުރިއެވެ. “މިތާ އެންމެ ބޮޑަށް ހުރީ ރިޔާޝް ދޯ؟.. ރިޔާޝް ނޫޅެންތަ މީހަކާ އިންނާކަށް؟” ރިޔާޝްގެ ކޮނޑަށް އަތް ވައްޓާލަމުން ޝަރީފް އެހެން އެހުމުން ރީޝާ އަށް ރިޔާޝް އާއި ދިމާއަށް ބަލައިލެވުނެވެ. ރިޔާޝް އަށް ވެސް ރީޝާ އާއި ދިމާއަށް ބަލައިލެވުނީ ބުނާނީ ކީކޭ ކަމެއް ނުވިސްނުމުންނެވެ. އަހުޝަމް، ރިއާޝް އަދި ނަޔާ އަށް ވެސް ހިމޭންކަން އިޚްތިޔާރު ކުރަން މަޖުބޫރު ވިއެވެ. “ހެހް… ޝަރީފް ބެ ހޯދައިދިގަ އަޅުގަނޑަށް އިންނާނެ ކުއްޖެއް..” ހިންދިރުވާލަމުން ރިޔާޝް ބުނެލިއެވެ. “ރީޝާ ވެސް މިހިރީ…. ހަމަ އިންނަންވީ…” ރީޝާގެ ކޮނޑުގައި އަތް އަޅުވާލަމުން ޝަރީފް ހީލިއެވެ. ރިހުލާ އެ ތިން މީހުންގެ ފަހަތަށް ގޮސް ފޮޓޯއެއް އެއް ނަގައި ގުރޫޕަށް އެ ފޮޓޯ ލިއެވެ. ބައްޕަ އާއި ދަރިފުޅު އަދި ދަނބި ދަރިފުޅެވެ. އިތުރަށް ބުނާނީ ކީކޭ ކަމެއް ނޭންގުމުން ހިނިގަނޑަކުން ރިޔާޝް ފުއްދާލިއެވެ. ރީޝާ ހުރީ ހިތާ ހިތުން ދުޢާ ކޮށްލަ ކޮށްލައެވެ. ބައްޕަ އަޅެ އޭނާ އާއި ރިޔާޝްގެ ކައިވެނި ކޮށްދޭނެ ނަމައެވެ. އެ ދުވަހަކުން އޭނާ އުފަލުން މޮޔަވާނެ އެވެ.
މަޖާ ދުވަސްކޮޅެއް ވިލިނގިލީގައި ހޭދަ ކޮށްލުމަށްފަހު އެންމެން އެނބުރި މާލެ އައީ ހޯމަ ދުވަހެއްގެ ހިތްގައިމު ހަވީރެއްގައެވެ. ގެއަށް އައި ގޮތަށް ރިއާޝް ސޯފާ އަށް ވެއްޓިގަތެވެ. ހޮޑު ލައި ލައި އެސޮރުގެ ޙާލެއް ނެތެވެ. ރިޔާޝް ދަބަސް ތައް ކޮޓަރިއަށް ލީގޮތަށް ފަރީދާ ހޯދަން ދިޔައެވެ. “މަންމާ… ބައްޕާ…” ފަރީދާ މެންގެ ކޮޓަރީ ދޮރުގައި ޓަކި ޖަހާލަމުން ރިޔާޝް ގޮވާލިއެވެ. ދުވެފައި އައިސް ފަރީދާ ދޮރު ހުޅުވާލިއިރު ފަހަތުން ޤާދިރު ވެސް އާދެއެވެ. ދެ ދަރިން ފެނުމުން ފަރީދާ ގޮސް ރިޔާޝް އަދި ރިއާޝްގެ ގައިގައި ބައްދާލިއެވެ. ޤާދިރު ވެސް އައިސް ދެ ދަރިންގެ ގައިގައި ފިރުމާލައި ވާހަކަ ދައްކާލިއެވެ. ފަރީދާ އަވަސްވެގަތީ ދެ ކުދިންނަށް ކާން ހަދާށެވެ. ރިއާޝް އަށް ލުނބޯ ފަނި ތައްޓެއް ގިރުމަށްފަހު ބަތް އަޅާ ތަށިތައް މޭޒު މައްޗަށް ނެގިއެވެ.
އަހުޝަމް އަށް ހޭލެވުނީ އިރު ވެސް އޮއްސުނު ފަހުންނެވެ. ގެއަށް އައިސް ފެންވަރައިގެން އޭނާ ނިދީއެވެ. ނަޔާގެ ހާލަކީ ވެސް އެ އެވެ. ނަޔާ އަށް ހޭލެވުނީ ނަސީމާ އައިސް ރޭގަނޑު ކާން ގޮވުމުންނެވެ. ރީޝާ އިނީ ފެންވެރި ގޮތަށް ޑްރާމާގައެވެ. އިރު އޮއްސުމުން އަޅުކަންތައް އަދާ ކުރުމަށްފަހު އަށެއް ޖެހުމުން ކޭކު އޯޑަރަކަށް ކޭކު އަޅަން އޭނާ ތައްޔާރު ވިއެވެ. ލަވައެއްގެ ރިކޯރޑިން ނިންމާލުމަށްފަހު ރިޔާޝް ސްޓޫޑިއޯ އިން ނުކުތީ ނިދިއައިސްގެން ގޮސް މީހާ ވެއްޓެން ގާތް ވެފައިވާ ޙާލުގައެވެ. ކާރަށް އަރަން ދިޔައިރު ރިއާޝް ކާރު ގައި ގޮސްފައިވީކަން އެނގުނީ ކާރު ބޭއްވި ތާނގައި ކާރު ނެތުމުންނެވެ. މި ޖެހުނީ އަނެއް ހަ ކަންތަކެވެ. ސައިކަލެއް ވެސް ނެތެވެ. ގެ ހުރީ މާ ދުރަކު ވެސް ނޫނެވެ. އެކަމަކު ވެސް ހިނގާފައި ދާން އޭނާ މާ ކަންނެތެވެ. ރިއާޝް އަށް ގުޅިއިރު ފޯނަކު ރުފިޔާއެއް ނެތެވެ. ކުދި ކިޔާލަ ކިޔާލާ އޭނާ އެތާ އެނބުރި އެނބުރި ހުއްޓާ މީހަކު އައިސް ސައިކަލުގައި މަޑުކޮށްލިއެވެ. ސައިކަލުގެ ލައިޓު ސީދާ އޭނާގެ މޫނަށް އެޅިފައި ހުރުމުން ދުއްވަން އިނީ ކާކު ކަމެއް އޭނާ އަކަށް ނޭނގުނެވެ. މަޑު މަޑުން އެ މީހަކު ސައިކަލު ރިޔާޝް އާއި ކައިރި ކުރަމުން ދިޔައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




Manjey ey sorry ingey nethey maa dhigu cmnt eh kureveykah..dhenme course in aissa nidhan mi othy..maadhamaa 6 ga scl ah dhaan jehey.. interhouse otheema.. dhn manje ah ingeynu mashaky nidhan miyareh kan..ehnma mihaaru nidhaigen noony fathihu nuheyleveyne..ekm alhe mi prt vx hama vvvvvvvvvvvvvvvv reethi ingey dhoonyyy..keep it up.. proud as always ♥️
Loabivey bodu bodu koh??♥️♥️♥️
Miss vey hes kiyaaha♥️♥️♥️
aisthoooo… hiiii
eyy laa meega vx miothy naayathu ge kaineyy kamuge vhk… px px ?♀️?♀️
reesh ah ingeytha eyna vrh molhu kanthah thah bolun katuvan… ???
nooney vaa thiee fisaari dhariehhhh… hama dhiveheenge leiy thi hasheega dhauru kuranee… mihaaruge anhenun ulhey goii dhe… maves ladhuganey mihaaru beyrah nukunnan.. maaleyga vx ma hinganee dhaidholhi magumathee kaahthamun.. ehengya fahe… baeh faharu hoduvx lavaa… ???
eyy manje keehkurantha thi madu kuranee yaash dhonbe nubunyma manje jeheyne bunan kihaa salhi furusatheh e dhiayaiee thi dhemeehunvx ekaherikoh nulaahiku rom thanehgga.. jinni eh hen hee kurevunas yaash dhonbege naseebu kanne manje kairi ah dhevunu kan… ???
DHEN MAGEY LOLUGE MASSALA EHTHA nooni aslutha mi vhk ge cover pic ga.. preeshage dhe loluga innanee dhe kula ehhfalhi blue anehhfalhi brown… ??
dhen oii bayah inthixaaru kurann???