Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ތީ އޭ ހަނދަކީ 15

ReeshA CoronA
ReeshA CoronA Level 410 Stories100 Comments100 Login
July 27, 2022 6 Mins Read
2 Comments

 

ފޯނުން ކިޔަމުން ދިޔަ ޚަބަރަށް ގެއްލިފައި އިން ޝަރީފް އިސްއުފުލާލީ، އޭނާ އާއި މީހަކު ވާހަކަ ދެއްކި ހެން ހީވުމުން ނެވެ. ރަނގަޅަށް ދެލޮލަށް އައިނު ހެޔޮވަރު ކޮށްލުމަށްފަހު އެ މީހަކާއި ދިމާއަށް ބަލައިލި ޝަރީފްގެ ދެލޯ ބޮޑުވީ ކުރިމަތީގައި އިން ނިޔާޒު ފެނިފައެވެ. އޭނާގެ ހިތަށް ބިރުވެރި ކަމުގެ ރާޅެއް ބިންދާލި އިރު މުޅި މީހާ ދާ ހިއްލަން ފެށީ ވެސް އެއްވެސް އިޚްތިޔާރަކާ ނުލައެވެ.

 

******************

 

ރިޔާޝްގެ ކޮޓަރިއަށް ވަން ފަރީދާ އަށް ސުބުޙާނަ ﷲ ކިޔުނީ އަލަމާރި އެފުށް މިފުށަށް ޖަހާފައި އޮތް ތަން ފެނުމުންނެވެ. ނުވިތާކަށް ދާވަށިގަނޑު ވެސް ބަންޑުން ޖަހާފައި އޮތް އިރު ހީވަނީ ކޮޓަރި ތެރެއަށް ސުނާމީ އަރާފައި އޮތް ހެންނެވެ. “ޕިސް އަޅެ މަންމަ ކޮބާތަ އެއްކަލަ ގަމީސް؟…” އަންނައުނު އަޅުވާ ހަރުގަނޑުގައި ހުރި އަންނައުނުތައް ހާވަމުން ރިޔާޝް ހަޅޭއްލަވައިގަތެވެ. “ޕިސް ޕިސް ޕިސް އެކަމަކުވާ މިހިރަ ކުއްޖާ… ކޮން ގަމީހެއް؟…” ތިރީގައި ހުރި އަންނައުނުތައް ނަގައި އެނދުމައްޗަށް އަޅަމުން ފަރީދާ އެހިއެވެ. “އެއްކަލަ… ކަޅު… ތުއްތޮންބެ ގެނައި ގަމީސް…” ނޭވާ ހަމައަށް ނުލައި ހުރެގެން ރިޔާޝް އެ ގަމީހެއް ނުފެނިގެން ތެޅިއަރުވަމުން ދިޔައެވެ. “ކޮން އެއްކަލަ ކަލަ ކަލަ ކަޅު ތުއްތޮންބެ އެއް ގެނައި ކޮން ގަމީހެއްތަ؟” އެނދުގައި ހަމަޖެހިލަމުން ފަރީދާ އެއްސެވެ. “ޕިސް ކަޅު ތުއްތޮންބެ އެއް ނޫނޭ… ތުއްތޮންބެ ގެނައެއްނު މިދިޔަ ފަހަރު ޢީދަށް ކަޅު ރޮނގުދެމި ގަމީހެއް.. އެ ގަމީސް ކޮބާހޭ؟…” ތަން ތަން ހާވަމުން ރިޔާޝް ބުންޏެވެ. ރިޔާޝް އެހެން ބުނުމުން ފަރީދާ ތަންކޮޅެއް ރަނގަޅަށް ރިޔާޝް ލައިގެން ހުރި ގަމީހާއި ދިމާއަށް ބަލައިލިއެވެ. އެވަގުތު އޭނާގެ ހިނިގަނޑު ފަޅައިގެން ދިޔައީ އެ ބުނާ ގަމީހެއް ލައިގެން ރިޔާޝް ހުރުމުންނެވެ. “ދެލޯފުޅާ ތިހިރީ ލައިގެން ކޮން ގަމީހެއް؟…” ހިނިގަނޑު މަތަކުރަމުން ފަރީދާ ގޮސް ރިޔާޝް ލޯގަނޑު ކުރިމަތީގައި ބެހެއްޓިއެވެ. “ގޯޑްޑްޑް…. ވަޓްސް ރޯންގް ވިތް މީ ޓުޑޭ… އެ އަންހެނާ އާ ހެދި މަ ވެސް ގަމާރު ވެއްޖެ…” ހޯދިޔެކޭ ކިޔާފައި ފެންނާނެ ހެއްޔެވެ؟. ބިމު އަޑި ކޮނެގެން ބެލިޔަސް ތިމަންނަ ލައިގެން ހުރީ ކޮން އެއްޗެއްތޯ ބަލައިނުލަންޏާ އެ ގަމީހެއް ފެންނާނެ ހެއްޔެވެ؟ އޭނާގެ ގަމާރު ކަމުން އެއްޗިހި ކިޔަން އެނގުނީވެސް ރީޝާ އާއި ދިމާއަށެވެ. އެ ވަރަށް ރީޝާގެ ފޫބުޑުން ނެއްޓެން ނޭނގިގެން އުޅެންޏާ ގަމާރު ނުވިއްޔާ ދެރައެއް ނޫން ހެއްޔެވެ؟. ބޯ ހޫރުވަމުން ގޮސް ރިޔާޝް ފެންވަރަން ވަނީ ރީޝާގެ ސޫރަ ހިތަށް ގެނެސް ހިތްހަމަޖެހުން ހޯދަމުން ނެވެ.

 

ގޮނޑީގައި ހަމަޖެހިލަމުން ނިޔާޒު ކުރިމަތީގައި އިން މީހާ އަށް ނަޒަރެއް ދިނެވެ. އެހިނދު އޭނާ އަށް ވީ ޝަރީފް އަށް ވެސް ވީ ވަރެވެ. ދެމީހުންނަށް ވެސް އެކަކު އަނެކެއްގެ ނަން ކިޔާލެވުނު އިރު އެ ދެމީހުންގެ މޫނުމަތިން ވެސް އެވަގުތު ފެންނަން ހުރީ ދެނެގަންނަން އުނދަގޫ އަސަރު ތަކެކެވެ. “ޝަރީފް… އަހަރެން ހާދަ ދުވަހެއް ވެއްޖެ އޭ ޝަރީފް ހޯދަން އުޅޭތާ…” ނިކަން ހިނިއައިސްފައި ހުރެ ނިޔާޒު ސަލާމަށް އަތް ދިއްކޮށްލިއެވެ. އިންކާރު ކުރުމެއް ނެތި ޝަރީފް ވެސް ސަލާމް ކޮއްލީ ހިތުގައި  ވީ ނުތަނަވަސްކަން ފޮރުވަން މަސައްކަތް ކުރަމުން ނެވެ. “ޝަރީފް… އަހަރެންގެ ދަރިފުޅު ކޮބާ؟ އެ ކުއްޖާގެ ޙާލަކީ ކޮބާ؟ އޭނަ ރަނގަޅަށް ބަލަން ތަ އެބަ؟” ނިޔާޒު އޭނާ އާއި ކުރިމަތި ކުރުވި ސުވާލުތަކުން ޝަރީފްގެ ހަމަޖެހުން ނަގާލިއެވެ. އަށާރަ އަހަރު ވަންދެން އޭނާ އަށް ދަރިއެއްގެ އުފާ ދިން ކުއްޖާ އޭނާ އަށް ގެއްލެން އުޅޭ ކަމުގެ އިޙުސާސް ޝަރީފް އަށް ކުރެވެން ފެށުނެވެ. “ހެޔޮޙާލުގަ ސަލާމަތުން އެބަ އިން…” ޝަރީފް އަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. ރީޝާ ގެއްލިދާނެ ކަމުގެ ބިރުވެރިކަން އެ ހިތުގައި އިންތިހާ އަށް އުފެދެން ފަށައިފިއެވެ. “ޝަރީފް އަހަންނަށް އަހަރެންގެ ދަރިފުޅާއި ބައްދަލު ކޮށްލާނެ ފުރުސަތެއް ދީ…” ހިތުގައި ވީ އެދުން ނިޔާޒު ހާމަކޮށްލީ ކެތްތެރިކަން ކުޑަވެފައި އިން ޙާލުގައެވެ. ނަމަވެސް ޝަރީފްގެ ހިތުގައި އެވަގުތު އުފެދުނީ ނަފުރަތުގެ ހުޅުކޮޅެކެވެ. މި ވީ ހާ ދުވަހު ނިޔާޒު ކޮބައިހެއްޔެވެ؟ ވީ ކޮންތާކު ހެއްޔެވެ؟ ތިމާގެ އުފަން ދަރިޔަކު ހުރިކަން ހަނދާން ހުރި ހެއްޔެވެ؟ އެ ކުއްޖާ ފުޅުގެ ޙާލެއް ބަލައިލިން ހެއްޔެވެ؟ މިއަދު ކޮންމެހެން ތިމަންނަގެ ދަރިފުޅު ކޮބައިހޭ ކިޔާފައި އައިސް ވާހަކަ މޮޅު ކުރަން ޖެހޭ ހެއްޔެވެ؟ އެހާ ގިނަ ދުވަހަށް ފަހު މިއަދު އެ ދަރިފުޅާ ބައްދަލު ކުރަން ތިއުޅެނީ ކީއްކުރަން ހެއްޔެވެ؟ އެ ސުވާލުތައް ހިތަށް އެރުމާއި އެކު ޝަރީފްގެ ދެ އަތް މުށް ކެވުނެވެ. މާޒީގެ ހިތި ހަނދާންތައް އާވެ އާލާ ވީ އެސްފިޔަ ޖަހާލާ ހާ ހިނދުކޮޅެއްގެ ތެރޭގައެވެ.

 

********މާޒީ********

 

މިއަދަކީ ޝަރީފް އާއި ވަސީމާގެ ދަރިފުޅަށް އަހަރެއް ފުރޭ ދުވަހެވެ. އެ ދަރިފުޅަށް އެއް އަހަރު ފުރޭ ދުވަސް ކުލަ ގަދަ ކޮށް ފާހަގަ ކުރަން ޝަރީފްގެ ދެމަފިރިން ވަނީ ނިންމާފައެވެ. ޕާޓީގެ ކަންކަމުގައި ވަސީމާ އާއި ޝަރީފް އަވަދިނެތި އުޅެމުން ދިޔަ އިރު ޝަރީފްގެ ކޮއްކޮ ރީމާ ދިޔައީ އޭނާގެ ބޭބެގެ ދަރިފުޅާއި އެކު ކުޅެ އެކުއްޖާ މަސަލަސް ކުރަމުންނެވެ.

 

ހަވީރު ހަތަރެއް ޖެހިއިރު ގޯތި ތެރެ ވަނީ ފުއްޕާހަމާއި ކުލަ ކަރުދާސް ތަކުން ޒީނަތްތެރި ކުރެވިފައެވެ. ވަސީމާގެ އުނގުގައި ލޯބި ލޯބި އަންހެން ކުއްޖެއް އިން އިރު ޝަރީފް އެކުއްޖާ އާއި މައްލަވަ ކުރަމުން ދިޔައެވެ. ގޯތި ތެރޭ ކުދިން އައިސް ޕާޓީގައި އުފާ ކުރަމުން ދިޔައިރު ރީމާ އިންތިޒާރު ކުރަމުން ދިޔައީ އޭނާގެ ލޯބިވެރިޔާ ޕާޓީ އަށް އަންނާނޭ އިރަކަށެވެ. އޭނާގެ ބޭބެއަށް ނިޔާޒު ތަޢާރަފު ކޮށްދޭން ރީމާ ހުރީ ނުހަނު ބޭނުންވެފައެވެ. ރީމާގެ އިންތިޒާރަށް ނިމުން ގެނުވީ ގެއަށް ވަދެގެން އައި ޒުވާނާ އޭނާގެ ކުރިމައްޗަށް އެރުމުން ނެވެ. އުފަލުން އޭނާ އަށް ނިޔާޒުގެ ގައިގައި ހިފައިގަނެވުނު އިރު ނިޔާޒު ވެސް ރީމާގެ ގައިގައި ފިރުމާލިއެވެ. ނިޔާޒުގެ އަތުގައި ހިފައި ދަމަމުން ރީމާ ގޮސް ޝަރީފް މެން ކައިރީގައި ނިޔާޒު ބެހެއްޓިއެވެ. “ބޭބޭ… މިއީ އަޅުގަނޑު އިންނަން ބޭނުންވާ ކުއްޖަކީ… މީ ނިޔާޒު” ރީމާ ޝަރީފް މެންނަށް ނިޔާޒު ތަޢާރަފު ކޮށްދިނުމުން ނިޔާޒު ޝަރީފް އާއި ސަލާމް ކޮށްލިއެވެ. އެދެމީހުންގެ ދެމެދުގައި އުމުރުގެ މާ ބޮޑު ފަރަގެއް ހުރި ހެނެއް ބަލައިލާފަކާ ހިއެއް ނުވެއެވެ.

 

ރީމާ އާއި ނިޔާޒުގެ ކައިވެނީގެ ކަންތައް އާދައިގެ ދުވެއްޔެއްގައި ހަމަޖެހެމުން ދިޔައެވެ. އެކަމާ ނިޔާޒު މާ ހޭބަލި ވެގެން ނޫޅުނަސް ރީމާ ދެފައި އެއްތާކު ނުޖަހައެވެ. މާ އަވަސް އަރުވާލައިގެން ކައިވެނި ހަމަޖައްސާކަށް ނިޔާޒެއް ނޫޅެއެވެ.

 

ރީމާ މެން ގޭގެ އުނދޯލީގައި ނިޔާޒު އިނީ ޖޫސް ތައްޓެއް ހިފައިގެންނެވެ. ޝަރީފް މެން ގޭގައި ނޫޅޭ ވަގުތަކަށް ވުމުން ރީމާ އުޅުނީ ޝަރީފްގެ ދަރިފުޅު ގޮވައިގެންނެވެ. ނިޔާޒު އަށް ފެންތައްޓެއް ގެނައުމަށްޓަކައި ރީމާ ބަދިގެއަށް ދިޔައީ އެކުއްޖާ ނިޔާޒު ކައިރީ އުނދޯލީގައި ބައިންދާފައެވެ. ނިޔާޒު އޭނާގެ ކައިރީގައި އިން ތުއްތު ކުއްޖާ އަށް ބަލައިލުމެއް ވެސް ނެތި ޖޫސް ބޮމުން އުނދޯލި ހެއްލަމުން ދިޔައެވެ. އެ ކުއްޖާ ނިޔާޒުގެ ގައިގައި ހިފަހައްޓަމުން ކޮޅަށް ހުންނަން މަސައްކަތް ކުރަން ފެށުމުން ނިޔާޒު ފާޑަކަށް ރުޅި އައެވެ. އެ ކުއްޖާ އުނދޯލީގައި ބައިންދަން އުޅުމުގެ ތެރޭގައި އެކުއްޖާގެ އަތުން ޖެހިފައި ޖޫސް ތަށި ނިޔާޒުގެ ގަޔަށް ބަންޑުން ވިއެވެ. “އޭތް… ޝިޓް… އެއޮއް އަގުބޮޑު ގަމީސް…. ދެން ނޭނގެ މި ފިލާނެ ކަމެއް ވެސް…. ކުޑަޔަކަސް އަތް ދިގޭ ދޯ؟ މީއްޗާ ހެދި މިއޮއް ރީތި ގަމީހޭ މި ހަރާބު ވީ..” އެ ކުށެއް ނެތް ތުއްތު ކުއްޖާ އަށް އަޑު ލަމުން ބާރު ބާރަށް ނިޔާޒު އުނދޯލިން ތެދުވިއެވެ. ދެވަނަ ސިކުންތުގައި އުނދޯލި ހެއްލުނު ގޮތުން އެ ކުއްޖާ ބިންމައްޗަށް ވެއްޓުނެވެ. ނިޔާޒުގެ ދެލޯ ބޮޑުވި އިރު އެ ކުޑަ ކުޑަ މަޢުސޫމް ތުއްތު ކުއްޖާގެ ބަޑި ފަޅައިގެން ދިޔައެވެ. އެ ކުއްޖާ ނަގަން ދިޔުމުގެ ބަދަލުގައި ނިޔާޒަށް ފުރަތަމަ ވެސް ބަލައިލެވުނީ ފެންނަ ހިސާބުގައި މީހަކު ހުރިތޯ އެވެ. ގޯތީގެ އެއްވެސް ހިސާބެއްގައި މީހަކު ފެންނަން ނެތުމުން މަޑުމަޑުން ނިޔާޒު އެ ކުއްޖާ ކައިރިއަށް ދިޔައެވެ. އޭރު އެފަކީރު އޮތީ ރޮއެ ރޮއެ ގޮސް ހިނދިފައެވެ. އެ ކުއްޖާގެ ބޯ ފެޅި ލޭ އޮހޮރެމުން ދިޔައިރު އަނގަމަތި ވެސް ވަނީ ފަޅައިގެން ގޮސްފައެވެ. ތަނަކުން ވައްކަން ކޮށްގެން ލާރިގަނޑު ހިފައިގެން ނުކުންނަ މީހެއް ހެން ނިޔާޒު އެ ކުއްޖާ ގޮވައިގެން އެ ގެއިން ނުކުތެވެ. އެ ގެ ހުންނަނީ މާލޭގެ އެކަހެރި ހިސާބެއްގެ ފަޅު ގޯޅި ގަނޑެއް ގައި ކަމުން އެ ދިމާލުގައި މީހަކު ލޮލު ކޮޅަށް ދާން ދެން ވެސް ފެންނާކަށް ނެތެވެ. އެ ކުއްޖާ ގަޔާއި ދުރުކޮށްގެން ނިޔާޒު ދުވަމުން ދިޔައީ އެންމެ ލޭ ތިކެއް ވެސް ގައިގައި ނުހޭކޭނެކަން ކަށަވަރު ކުރަމުންނެވެ. ތަން ކޮޅަކަށް ގޮސް ބާ ގެގަނޑެއްގެ ދޮރު ބުޑުގައި އޭނާ އެ ނިކަމެތި ކުއްޖާ ބޭއްވުމަށްފަހު ރީމާ މެން ގެއަށް ދާން ދުއްވައިގަތެވެ. ގެއަށް ވަދެ ބޭރުގައި ހުރި އަތް ދޮންނަ ސިންކުން މޫނާ އަތް ދޮވެލައި މީހާ ހަމަޖެހެން ވާ އިރަށް ރީމާ އަންނަ އަޑު އޭނާ އަށް އިވުނެވެ. “އަން ފެން…” ފެން ތަށީގައި ނިޔާޒު ހިފުމުން ރީމާ އުނދޯއްޔާއި ދިމާއަށް ދިޔައީ ކޮއްކޮ އުރުމަށެވެ. ނިޔާޒުގެ ހިތް ނެގި ނެގިފައި ތެޅުމުން ދިޔައިރު އިތުރު ކަމެއް ކުރާނެހާ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. އެހާ ވެސް އޭނާގެ އީމާންތެރިކަން ބައްޔެވެ. އެ ކުއްޖާ ވެއްޓުމުން ނަގައި ރީމާގެ ކައިރިއަށް ދިޔަ ނަމަވެސް ކުށެއް ކުރި ކަމަކަށް ނުވާނެއެވެ. ނަމަވެސް މިހާރު އޭނާ އެހެރީ އާޚިރުގައި އޭގެ ސަޒާ ބޮޑު، ފާފައެއް ކޮށްގެންނެވެ. “ނި ނިޔާޒު.. ކޮ ކޮބާ ކޮއްކޮ؟…” ދުވެފައި ނިޔާޒުގެ ގާތަށް މާނޭވާ ލަމުން އައި ރީމާ ހުރީ ހާސްވެ ކަންތައްބޮޑުވެފަ އެވެ. “އެތާ އުނދޯލީގައި ބައިންދާފައި އަހަރެން މި އައީ އަތް ދޮންނަން..” ހަމަޖެހިލަމުން ނިޔާޒު ފެންތަށި ދަމާލިއެވެ. “ކޮއްކޮއެއް ނެތް…” ރީމާ އަށް އެހެން ބުނެވުނު އިރު ޝަރީފް އާއި ވަސީމާ  އައިސް ގެއަށް ވަންނަނީ އެވެ. “ކޮއްކޮއެއް ނެތޭ؟…” ޝަރީފްގެ އަޑަށް ނިޔާޒު އާއި ރީމާ ގޭގެ މައިދޮރާއި ދިމާއަށް އެއްފަހަރާ ބަލައިލިއެވެ.

 

ކަމެއް ނުވާ ފަދައިން ނިޔާޒު އުނދޯއްޔާއި ދިމާއަށް ދިޔައީ އެހެންނުވާނޭ ކިޔައި އެ ކުއްޖާ ހޯދާ ކަމަށް ހެދެމުންނެވެ. ފަހަތުން ރީމާ އާއި ޝަރީފްގެ ދެމަފިރިން ވެސް އެ ކުއްޖާ ހޯދަން ދުއްވައިގަތީ ބިރުގަނެފައިވާ ހިތަކާއި އެކީގައެވެ. މުޅި ގޯތި ތެރެ އާއި އަވަށްޓެރިން ގެ ގޭދޮށް ބެލިއިރުވެސް އެ ކުއްޖާގެ ހިލަމެއް ނެތެވެ. ޝަރީފްގެ ދެމަފިރިންގެ ލޮލުން ކަރުނަ އޮހޮރޭ ޙާލު ހުސް އަތާ ގެއަށް އަންނަން ޖެހުމުން ރީމާ ވިސްނާލިއެވެ. އޭނާ ގޭތެރެއަށް ދިޔައީ ނިޔާޒު އަށް ކޮއްކޮ ހަވާލު ކޮށްފައެވެ. ނިޔާޒު ރަނގަޅަށް ކޮއްކޮ ބެލި ނަމަ ކޮއްކޮއެއް ނުގެއްލޭނެ އެވެ. އެހެން ކަމަށްވާނަމަ މިކަމަށް ޒިންމާ ވާން ޖެހޭނީ ނިޔާޒު އެވެ. “ނިޔާޒު… އަހަރެން ދިޔައީ ނިޔާޒު ގާތު ކޮއްކޮ ބައިންދާފައި… ނިޔާޒު ރަނގަޅަށް ކޮއްކޮ ބެލި ނަމަ މިހެންނެއް ނުވާނެ.. އެ ކުއްޖާ އެއީ އަމިއްލަ ހިނގާފައި ތަނަކަށް ދެވޭ ވަރަށް ވުރެ ވެސް ކުޑަ ކުއްޖެއް…. އެ ކުއްޖާ ފުޅު އަހަރެމެންގެ އަތުން ބީވެގެން އެ ދިޔައީ ހަމަ ނިޔާޒުގެ ސަބަބުން… މި ހިސާބުން ފެށިގެން އަހަންނާ ކަލެޔާ ދޭތެރޭ އެއްވެސް ގުޅުމެއް ނޯންނާނެ… ” ގިސްލާ ރޮމުން ދިޔަ ވަސީމާގެ ކޮނޑުގައި ހިފަހައްޓައިގެން އިނދެ ރީމާ ނިޔާޒު އާއި ދިމާއަށް ބުންޏެވެ. އެދުވަހަށް ފަހު ރީމާ އާއި ނިޔާޒުގެ ވާހަކަ ހުއްޓުނީ އެވެ. ވަސީމާ އާއި ޝަރީފްގެ ދިރިއުޅުން މިސްރާބެއް ނެތި އޮޔާ ބެހުނީ އެވެ. ތުއްތު ތުއްތު ކުޑަ ކުއްޖެއް އަޅާލާނެ ޔާރެއް މިޔާރެއް އަހުލެއް ވަހުލެއް ނެތި ގެ އެއްގެ ދޮރު ބުޑުގައި އޮވެ ރޯން ޖެހުނީ އެވެ.

 

އޭގެ އެއް މަސް ފަހެވެ. ޝަރީފް ކުރި ހިތްވަރުން އޭނާ އަށް އެ ހިތްދަތި ކަމުން އަރައިގަނެވިއްޖެ އެވެ. ނަމަވެސް ވަސީމާ އަދިވެސް ވަނީ ހިތާމައިގެ ބިޔަ ކަނޑެއްގައެވެ. އެއްޗެއް ކާނެ ބޯނެ ހިތްވަރެއް އޭނާގެ ގަޔަކު ނުހުރެ އެވެ. ޑޮކްޓަރު ބުނެފައިވާ ގޮތުން ދެނެއް އެމީހުންނަކަށް ދަރިޔަކު ނުލިބޭނެ އެވެ. ނިޔާޒުގެ ހިލަމެއް އޭގެ ފަހަކުން އެމީހުންނަކަށް ނުވެ އެވެ. ނަމަވެސް ރީމާ ދިޔައީ އެތެރެ އެތެރެއިން ހިތާމަ ކުރަމުންނެވެ. ލޯބިވާ ކޮއްކޮ އާއި އެކު ލޯބި ވެރިޔާ ވެސް ގެއްލުނީއެވެ.

 

ރޭގަނޑުގެ ހަމަ ހިމޭން ވަގުތު އައިސް ޖެހިއްޖެ އެވެ. މަގުމަތި ފަޅުވެ ގޭގޭގައި ދިއްލާފައި ހުރި ބޮކިތައް ވެސް ނިއްވައިފިއެވެ. އެންމެން ނިދާ ފައިހިލަވަޅު އޮބޭ ވަގުތޭ ކިޔާ ވަގުތަކީ މިއީ އެވެ. މިވަގުތު ނުނިދާ އުޅޭނީ ކޮންމެވެސް އެއްޗެއް ބައްލަވައިގެން ނުވަތަ އެ ހޯދަން އުޅޭ ލާޗަރު ބީޗަރު މީހުންނެވެ. މި ހަމަހިމޭން ވަގުތުގައި ނިދީގެ ފޮނި މީރުކަން ޙާޞިލް ކުރަމުން ދިޔަ ރީމާ އަށް ސިއްސައިގެން ގޮސް ހޭލެވުނީ މީހަކު އޭނާ އަށް ގޮވާލިހެން ހީވެގެންނެވެ. ކޮޓަރީގެ ޖާލިން އޭނާ އަށް މީހަކު ހަނާ އަޅާލި ހެން ހީވުމާއި އެކު ރީމާގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. ޖާލިން ކޮޓަރި ތެރެއަށް އެމީހަކު ފުންމާލިއެވެ. ކަޅު ކުލައިގެ ޖެކެޓެއް ގައި މޫނު ނިވާކޮށްގެން ހުރި އެމީހާ ފެނުމުން ރީމާ އަށް ބިރުން ރަޖާ ގަނޑު އަތަށް ބޮނޑިކޮށްލެވުނެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

ReeshA CoronA
Follow Me Written By

ReeshA CoronA

Level 410 Stories100 Comments100 Login

ᵒⁿᵉ ᵃⁿᵈ ᵒⁿˡʸ ᴿᵉᵉˢʰᴬ ᶜᵒʳᵒⁿᴬ

Other Articles

Previous

އެ ޖަންގަލީގެ ތެރެއިން… ޓްރެއިލާރ

Next

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 10

Next
July 27, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 10

Previews
July 27, 2022

އެ ޖަންގަލީގެ ތެރެއިން… ޓްރެއިލާރ

2 Comments!

  1. Nayaa Nayaa says:
    July 27, 2022 at 10:29 pm

    Yooooooooo broooooooooo
    How’s yuh????
    Ma buny habeys ingey hama mi bai vx.. haama vamun mi dhany varah vx gaboolu nukurevey hageegaiy thakeh.. Maazeege hithi handhaan thah enmen ge dhiriulhumah hiyani alhan fashaifi.. dhn vaane gothakaa dheythereyga vrh curious..
    Kaleyney ekamaku yaash dhonbe vx ulhey gotheh dhwww.. pss pss.. manje aa jehuneema vaa gothey dhw hama.. side effects of dating REESHA CORONA 🤣🤣🤣
    Ey manjey dhn oiy episode avas kohlahchey ingey.. mashakah dhn nuhureveyne nukiya eh..
    Anyways lwbi vey sooooooooooooo muchhhhh lwbi gandaaaaaaaaaaaaaa 😭😭♥️♥️♥️😘😘

  2. lau.laala786@gmail.com lau laalu says:
    July 28, 2022 at 12:18 pm

    eeyyyhhhh manjeyy mi kihineh vanee
    manje magey hiyy thalhuvanee ey thi…
    ekamkauvaa yaash dhonbe dhw…. laigen huri t-shirt hoadhan ves udashaa bimah araaf e ulheny manje aa hedhi e soruge sikundi goas vegen dhww….
    hehehehehe eyyy manje menna vhk up kureveytha??? mashah mi dheythrein ehves gothakah log in nuvegen miulhuny vhk up kuran…. commment ves kuran jeheny hack kuran….
    aatte men keeh tha kuranee???? vhk liye nimeny mihaaru ekam up eh kurevey vareh nuvey…. hehehe
    eyyn ma dhany eyyy

Comments are closed.

Next Episodeތީ އޭ ހަނދަކީ 16←


All Right Reserved!