އަހުޝަމް އާއި ރީޝާ ތިބީ ކޮމެޑީ ލޭންޑްގެ ސްޓޫޑިއޯ ގައެވެ. ޓީވީއިން އަޅުވާފައި ހުރީ ދިވެހި ޕްރިމިއަރ ލީގުގެ ފައިނަލް މެޗެވެ. ކުޅެމުން ދިޔައީ ރާއްޖޭގެ ޒަމާންވީ ޓީމެއް ކަމުގައި ވާ އީގަލްސްއާއި މާޒިޔާ އެވެ. އަހުޝަމް ހުރީ އީގަލްސް ކޮޅަށެވެ. ރީޝާ އިނީ މާޒިޔާގެ ދިދަ ނަގައިގެންނެވެ. އަހުޝަމް ޗިޕްސް ޕެކެޓަށް އަތް ބާނަމުން ދިޔައިރު ރީޝާ އިނީ ޖަބުލާނީ ހައެއްކަ ޕެކެޓު ތައްޓަކަށް އަޅައިގެން ކާލަކާލައެވެ. މެޗްގެ ލީޑު ދަމަހައްޓަމުން ދިޔައީ މާޒިޔާ އެވެ. އީގަލްސް އަށް މާޒިޔާ ކޮޅަށް އަދި އެންމެ ލަނޑެއް ވެސް ނުޖެހެއެވެ. މެޗު ނިމޭކަށް ވެސް ދެން މާ ގިނަ އިރެއް ނެތެވެ. ފޯރި ގަދަވާނީ ކިހާވަރަކަށްތޯ އެވެ؟. މެޗްގެ ނުވަދިހަ މިނެޓު ހަމަވާން ގާތްވެއްޖެ އެވެ. ރެފްރީ ކަށިގަނޑު ތުމާއި ކައިރި ކުރަނީ އެވެ. ރީޝާ ކޮޅަށް ތެދުވި އިރު އަހުޝަމް ބުރަކަށި ސީދާ ކޮށްލާ ދެލޯ ބޮޑު ކޮށްލިއެވެ. ބޯޅަ އޮތީ އަސަދުﷲ އަބްދުﷲގެ ފައިބުޑުގައެވެ. މެޗު ނިމެން ބާކީ 30 ސިކުންތެވެ. “އާދެ މާޒިޔާގެ އަސަދުﷲ އަބްދުﷲ ޖެހި ބޯޅަ ގޯލުގެ ތިން ދަނޑިން އެތެރެ ވުމާއި އެކު މެޗު ނިމިގެން މިދިޔައީ ފަހެއް ސުމެއްގެ ނަތީޖާއަކުން މާޒިޔާ ސްޕޯޓްސް ކްލަބް މިފަހަރުގެ ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަން ކަން ޙާސިލް ކޮށްގެން….” ކޮމެންޓޭޓަރަށް ވުރެ ކުރިން ރީޝާ މެޗްގެ ކޮމެންޓްރީ ފެށިއެވެ. އޯހ ނޯ އޭ ކިޔައި އަހުޝަމް ސޯފާ އަށް ވެއްޓި ގަތް އިރު ރީޝާ ހަޅޭއް ލަވަމުން ނަށަނީ އެވެ. ދެކަންފަތައް ހެޑްސެޓް ޖަހައިގެން ލަވަ އަޑުއަހަން އިން ނަޔާގެ ދެކަންފަތް ސަލާމަތުން ހުރީ ކިރިޔާ އެވެ. އެހެން ރީޝާ ނަށަނަށާ ހުއްޓާ ރިޔާޝް ނައިސްފިއްޔާ ވާ ރަނގަޅެވެ. ރިޔާޝް އޭނާގެ ހައްޤަކަށް ވީ ރޭ ވެސް ރީޝާ މިހާ އުފަލެއް ނުވެއެވެ. ދެން ތިޔަބޭފުޅުން ނިކަން ވިސްނަވާ ބައްލަވާށެވެ. ރިޔާޝް ގެއްލުމުން ވާ ދެރަ އަށްވުރެ ފުޓުބޯޅަ ކުޅުންތެރިއަކު މަރުވެއްޖެނަމަ އެކުއްޖާފުޅު ވާނެ ދެރަ ބޮޑުވާނެ ނޫން ހެއްޔެވެ؟.
*******************
“ކާކު ދެކެ ލޯބިވީ؟؟..” ކަރު ކެހިލަމުން ރިޔާޝް ކޮޓަރި ތެރެއަށް ވަނެވެ. ރިއާޝް އަށް ސިއްސައިގެން ގޮސް ފޯނު ނިއްވާލެވުނު އިރު ރިޔާޝް ހުރީ ހެވިފައެވެ. “ދެން ސިއްރު ކުރާނެ ކަމެއް ނެތޭ… ދެން ބުނަން ވެއްޖެ އެއްނު.. ކާކު ތަ؟…” އެނދުމައްޗަށް ވެއްޓިގަންނަމުން ރިޔާޝް ބާލީހެއް ރިއާޝް އާއި ދިމާއަށް އެއްލިއެވެ.”އެ ދެން ބުނަން ވީމަ ބުނާނަމޭ… ” ރިއާޝް ބެލީ ކޮންމެވެސް ގޮތަކުން ވާހަކަ އޮއްބާލެވޭތޯއެވެ. އޭނާ އަދިވެސް އެވާހަކަ މީހަކާ ހިއްސާ ކުރާ ޚިޔާލެއް ނުގެންގުޅެއެވެ. އެހެން ފަސް ކުރަން އުޅެނިކޮށް ކާޅު ތެޔޮނާށި ޖަހައިނުގަނެފިއްޔާ ވާ ރަނގަޅެވެ.
ހަފްތާ އެއް ފާއިތުވެގެން ދިޔައިރު ރިޔާޝް އާއި ރީޝާގެ ޢާއިލާ އާއި ދެމެދު ވަރުގަދަ ގުޅުމެއް ވަނީ އުފެދިފައެވެ. ރީޝާ އާއި ރިޔާޝްގެ ލޯބީގެ ބަގީޗާގައި ކުރިޖަހައި ހެދެމުން ދިޔަ ގަސްތަކާއި ފޮޅެމުން ދިޔަ މާތައް ވެސް ވަނީ އިތުރު ވެފައެވެ. ރިއާޝްގެ ހިތުގައި ޖަހަމުން ދިޔަ ލޯބީގެ ވިންދު ވެސް ދެގޮތެއް ނުވެ ޖަހަމުން ދިޔައެވެ. އަހުޝަމް އާއި ނަޔާ ލޯބީގެ އެއްވެސް ޚިޔާލެއް ނެތި އުމުރު އޮތީތީ ދިރިއުޅުމުގައި ހަރުދަނާ ކަން ހޯދަމުން ދިޔައެވެ. ނިޔާޒު އެނބުރި އައުމުން ޝަރީފް އާއި ވަސީމާގެ ހިތަށް ވެރިވެފައިވީ ނުތަނަވަސްކަން ދުވަހަކަށް ވުރެ ދުވަހެއް ދިޔައީ ބޮޑު ވަމުންނެވެ.
ބެލް އަޅާލި އަޑު އިވުމުން ދުވެފައި ރިޔާޝް ގޮސް ދޮރު ހުޅުވި އެވެ. ފަހަތުން ރިއާޝް ވެސް ދުވެފައި އައެވެ. ދޮރު މަތީގައި ތިބި ރީޝާގެ ޢާއިލާ އަށް ވަންނަން އިޝާރާތް ކުރަމުން ރިޔާޝް ތަންދެއްކި އެވެ. ވަސީމާ އާއި ޝަރީފްގެ ފަހަތުން ވަން ރީޝާގެ އަތުގައި ހިފައި ރިޔާޝް މަޑުކުރުވިއެވެ. “ޕިސް ދެން ޔާޝް…” ރިޔާޝް އާއި ދިމާއަށް ލޯ އަޅާލަމުން ރީޝާ ސިއްރު ސިއްރުން ބުނެލިއެވެ. ރީޝާ އަށް އެއް ލޯ މަރާލަމުން ރިޔާޝް ރީޝާގެ ފަހަތުން ހިނގައިގަތެވެ. ރީޝާ އައިސް ވަސީމާ ކައިރީ އިށީނުމުން ރިޔާޝް އިށީންނަން ޖެހުނީ ރިއާޝް ކައިރީގައެވެ. ކުރީފަހަރު ކުރިހެން މިފަހަރު ޖެއްސުން ކުރެވޭކަށް ނެތެވެ. ރިޔާޝް އަނގަޔަށް ވައްތަރެއް ޖައްސާލުމުން ބަދަލުގައި ރީޝާ ވެސް މޫނަށް ގޮތެއް ހަދާލީ މިފަހަރު ތިމަންނަ އަކާއި ނުބެހެވޭނޭ ބުނާ ފަދައިންނެވެ.
ދެލޮލަށް އައިނު ހެޔޮވަރު ކޮށްލަމުން ރީޝާ އާއި ދިމާއަށް ބަލައިލި ފަރީދާގެ މޭ ގަނޑު އަނގަޔަށް ނައީ ކިރިޔާ އެވެ. ރީޝާގެ ކަޅު ކަޅި އާއި ވަށް ދެލޮލުގެ ތެރެއަށް އޭނާ އަށް ފީނައިގަނެވުނު އިރު ހަނދާން ނައްތާލާފައިވާ މާޒީގެ ހިތި ހަނދާންތައް އޭނާގެ ލޮލަށް ސިފަވީ ވިދާލި ވިދުވަރެއް ހެންނެވެ. އެއީ ހަމަ އެދެލޮލެވެ. އެ ދެ ލޮލުން އޭނާގެ ނަޒަރު ވަކި ކުރަން ނުކުޅެދުނު ދެ ލޮލެވެ. އެ ދެލޮލުން އޭނާ އަށް ދުނިޔެ ދައްކައިދިން ދެ ލޮލެވެ. ހަމަ އެ ދެ ލޮލުން އޭނާގެ ހުވަފެން ތަކަށް އަލިފާން އަޅާ އޭނާގެ މުޅި ދިރިއުޅުން ބަރުބާދު ކޮށްލި ދެލޮލެވެ. ދުވަހަކުވެސް އޭނާގެ މާފު ޙައްޤު ނުވާނެ ދެލޮލެވެ. “ދޯ ފަރީދާ؟… ހަމަ ވީ އެންމެ އަވަހަކަށް ކައިވެނި ހަމަޖައްސަންވީ..” ނުބައި ވަސްވާސް ތަކުން އޭނާގެ ސިކުނޑި ހިސޯރު ކުރަމުން ދިޔަ ފަރީދާ އަށް ހަމަބިމަށް އާދެވުނީ ކައިރީގައި އިން ޤާދިރު އޭނާގެ ގައިގައި ކޮށްޓާލުމުންނެވެ. “ރީޝާ އަކީ ހަމަ ތި ދެމަފިރިންގެ ދަރި އެއް ތަ؟….” ދެކެވެމުން ދިޔަ ވާހަކައިން ބޭރުން ފަރީދާ ކުރި ސުވާލުން ހާސްކަން ވެރިވީ ހަމައެކަނި ޝަރީފް އާއި ވަސީމާ އަށެވެ. ޝަރީފް އިތުރު ވިސްނުމަކަށް ނުގޮސް ރީޝާ އަކީ އޭނާގެ ދަރިއެއް ކަމަށް އެއްބަސް ވިއެވެ. “އެކަމް ވައްތަރެއް ނޫން އެއްގޮތަކަށްވެސް…” ރީޝާގެ ދެލޮލަށް ނަޒަރު ސީދާ ކޮށްލަމުން ފަރީދާ ބުންޏެވެ. “ހެހް މަންމަ ދައްކާ ވާހަކަ.. ދަރިއެއް ކަމަކު ވައްތަރު ވާން ޖެހޭތަ؟ ބަލާ އާޝް… މަންމަ އަކާ ވެސް ބައްޕަ އަކާ ވެސް ވައްތަރެއް ނުވާނެ… އާޝް ވައްރުވާނީ މުސްކުޅި ކާފަ އާ… ސޯ؟.. އޮބްވިއަސްލީ ރީޝް އެއީ ޝަރީފްބެ އާ ވަސިއްތަގެ ދަރިއެއް…” ރިއާޝްގެ ވާހަކައިން ޝަރީފް އާއި ވަސީމާ އަށް ހަމަޖެހުމެއް ލިބުނު ނަމަވެސް ފަރީދާގެ ހިތް އަދިވެސް އެކަމަށް އެއްބަހެއް ނުވެއެވެ. “ދެން އެހެންވީމަ ދަރިފުޅު މެން ކައިވެނި ކުރަން ބޭނުން އިރަކުން ހަމަ ބައްޕަ މެންނަށް އަނގާލަންވީ… އޭރުން ކައިވެނި ހަމަޖެހޭނެ..” މަޢުޟޫ ބަދަލު ކޮށްލުމުގެ ގޮތުން ޝަރީފް ބުންޏެވެ. ރިޔާޝް ރީޝާ އަށް އެއް ލޯ މަރާލުމުން ރީޝާ ބަދަލުގައި ދެލޯ މަރާލިއެވެ. އެ މަންޒަރު ފެނުނު ފަރީދާގެ ހިތް ޝައްކާ ވަސްވާހުން ފުރުނެވެ. އެގޮތަށް ލޯ ހުޅުވާފައި ލައްޕާނީ ހަމަ އެންމެ މީހެކެވެ. ރީޝާ އާއި އެ މީހެއްގެ ލޮލާ ވައްތަރު ވާން ވީ ކީއްވެ ބާއެވެ؟.
ކޮމެޑީ ލޭންޑްގެ ހުރިހާ ކުދިން ތިބީ މާލޭ ލޮނުޒިޔާރަތް ޕާކުގައެވެ. އެކި ގޮތްގޮތަށް ތިބެ ހުރިހާ ކުދިން ފޮޓޯ ނަގަމުން ދިޔައިރު މީހުން އެ ވަރަށް ބަލަން ވެސް ބަލައެވެ. އެކަމާ ކަންބޮޑު ވެގެން ޒައިޝާ އެވާހަކަ ދެއްކުމުން ވެސް ނަޔާ އާއި ރީޝާ އަކަށް އެއީ ބޮޑު ކަމަކަށް ނުވިއެވެ. ގަސް ތަކު ތެރެއަށްވަދެ އެހެން މިހެން އެކި ކޮޅު ކޮޅުން ފޮޓޯނެގިއެވެ. އެތަނުން ވާ ވަރަށް ނެގުނީމަ ދެން ދިޔައީ ބަހުގައި ހުޅުމާލެ އަށެވެ. ހުޅުމާލެ އަށް ގޮސްފައި ވެސް ރީތި ތަނެއް ފެންނަ އިރަށް އެ ތަނެއްގައި ހުއްޓި ފޮޓޯ ނަގައެވެ. މި މީހުން ހިތް ފުރޭ ވަރު ވާނީ ކިހާ ވަރެއް ވީމާ ބާއެވެ. “އޭ އޭ މަ މިތަނަށް އެރީމަ ނަގާބަލަ…” ހިނގަމުން ހިނގަމުން ގޮސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބްރިޖަށް އަރައި ރިއާޝް ފޮޓޮއަށް ރެޑީ ވެލިއެވެ. އެތަނުން ހިނގާފައި ދަނިކޮށް ގަސް ބޯ ހިސާބެއްގެ ކުރިމަތީ އިށީނދެ އަހުޝަމް ފޮޓޯ ނެގިއެވެ. މި ދެމީހުން ވެސް އަނހެނުންނަށް ވުރެ ކަންތައްބޮޑެވެ. އެދިމާލުގައި ހުރެ ކެފޭ އެއްގެ ދޮރު ބުޑުގައި ނަޔާ އާއި އިމްހާ ފޮޓޯ ނެގިއެވެ. އެންމެންގެ ފޮޓޯ ނަގަން ފޯނު ހިފަހައްޓައިގެން ހުރެ ހުރެ ރީޝާ ވަރުބަލި ވީ އިރު ވެސް އެ މީހުން ތިބީ ދޫ ކުރާ ޚިޔާލެއްގައެއް ނޫނެވެ. އިރު އިރު ކޮޅާ ރިއާޝް އާއި އަހުޝަމް ކޮނޑަށް އަރާ އަރާފައި ފޮޓޯ ނަގަން އުޅޭނެއެވެ. އަނެއްކާ ނަޔާ އާ ރިހުލާ މެން ވެސް ރީތި ތަނެއް ފެނިއްޖެއްޔާ މޮޔަވެއެވެ. އެއަށްވުރެ ވެސް އަހުޝަމް މެންގެ ކަންތައް ބޮޑެވެ. މަގުމަތީ ފެންގަނޑެއް އޮތަސް އެތާ ކައިރީ ފޮޓޯ ނަގަން އޮށޯވެފަނެއެވެ. “އޭ ކަލޯ މި ވެމްކޯ ޑަސްބިން ތައް ކައިރީ ހުރެ ބަލަ… ހެސްކިޔާ ސަޅި ވާނެ… މަ ވެސް މިތާ ނަގާނަން މިފަހަރު…” ރިޔާޝް ބޮޑު އިބިލީސް ވަސްވާސް ދޭން ފެށީމާ ދެން ކުޑަ އިބިލީސް ތައް މަޑުން ތިބޭނެ ހެއްޔެވެ. އަހުޝަމް އާއި ރިއާޝް އަދި ރިޔާޝް ފުންމައިގެން އަރައި އެތާ ހުރި ކުނި ޑަސްބިން ތައް މަތީ އިށީނެވެ. ޗުސް ޗުސް ތަޅަމުން އެވަރުން ވެސް ރީޝާ އެމީހުންގެ ފޮޓޯ ނެގިއެވެ. އެތަނުން ދުވާ ވަހުން ނޯއް ދަމާލަން ނުކެރޭ އިރު ވެސް އެ ތިން މޮޔައިން އަރާ އެ ތިބީ ޑަސްބިން ތަކު މައްޗަށެވެ. ފޭސް ދެއަކަސް ނާރާ އެމީހުން ފޭބީ ގޮނޑުދޮށަށެވެ. އެތާނގައި ރިހުލާގެ ފޮޓޯއެއް ނެގުމަށްފަހު އިރު އޮއްސެން ވާއިރަށް ސެންޓްރަލް ޕާކް އަށް ދާން އެންމެން އަވަސްވެގަތެވެ. ހިތް ނުރުހުނަސް ރީޝާ، ތިން ފިރެހެނުން ފިހާރައަށް ފޮނުވާލީ އައިސްކޯރން އާއި ފެން ފުޅި ކޮޅެއް ގަނެ ލުމަށެވެ. މީގެ ކުރިން އެ މީހުން ފިހާރައަށް ފޮނުވާލުމުން ވީ ގޮތް ހަނދާން ވުމުން ރީޝާ ގާތަށް ހިނި އައިސް ރުޅިވެސް އައެވެ. “ހްމްމްމް އަދި ކިރިޔާ އެއްނު މި ލިބުނީ އަހަރުމެން ފޮޓޯ ނަގާނެ ސަޅި ސްޕޮޓެއް… ކަމޯން ޒާނު، ލަމް، ޒައި މިފަހަރު މީ އަހަރެންގެ ޗާންސް… ކަލޭމެން ވާ ވަރަށް ފޮޓޯ ނަގައިފި… ދެން އަހަރެންގެ ފޮޓޯ ނަގައިދީ… ސެނަޓްރަލް ޕާރކުގައި ލަކުނޑިން ހަދާފައި ހުރި ހިޔާ ބައިގެ ތެރޭގައި ރީތި ގޮތަކަށް ހުއްޓިލަމުން ރީޝާ ބުންނެވެ. ޕާކު ތެރޭގައި ޒައިޝާ، ޒާނާ އަދި ލަމްހާގެ ފޮޓޯ ނެގުން އިރު ހުރީ ހައެއް ޖަހަން ކުޑަތަން ވެފައެވެ. ބަސް ކަޓަން ވާއިރަށް އަވަހަށް ބަސް ޓޮޕަށް ދެވޭތޯ ދިހަ ކުދިން ހިނގައިގަތެވެ.
އަނެއްދުވަހުގެ މެންދުރު ފަހު ރީޝާ އާއި ރިޔާޝް ސްޓޫޑިއޯ އަށް ދިޔައިރު ނަޔާ އާއި އަހުޝަމް އުޅުނީ ފޮޓޯ ތައް އެޑިޓް ކުރުމުގައެވެ. އެމީހުން އެޑިޓް ކޮށްފައި ހުރި ފޮޓޯތައް ރީޝާ މެންނަށް ދައްކާލުމުން ރީޝާ އާއި ރިޔާޝް ތިބީ ވާ ވާ ކިޔާލަ ކިޔާލަ އެވެ. ކޮންމެ މީހަކަށް ވެސް އެމީހަކަށް އެންމެ ކަމުދާ އެމީހެއްގެ ފޮޓޮއެއް އިޚްތިޔާރު ކުރުމަށް އަހުޝަމް ބުންޏެވެ. އެންމެން ވެސް އިޚްތިޔާރު ކުރީ ހުޅުމާލޭގައި ނެގުނު ފޮޓޯ ތަކެވެ. “ހްމްމް ރީޝް ހަމަ މޮޅިއްޔޭ…” ރީޝާގެ ކޮލުގައި ހިފާލަމުން ރިޔާޝް ބުނުމުން އެންމެން ވެސް އެކަމަށް އެއްބަސް ވިއެވެ. “އޭ މަށަށް ހާދަ ރީއްޗޭ މި ޑަސްބިން ފޮޓޯ… ސަހާދެއް މިބުނީ… ރޭގަ މި ސްޓޯރީއަށް ލީމާ ވެސް ގޮލަ ގޮލާ ކިޔޭ ކުނި ތަކު ތެރޭ ވިޔަސް އަސްލު ވަރަށް ސަޅި އޭ… ޔާޝް ދޮންބެ ކައެ އައިޑިއާ މޮޅީ ހަމަ…” ޑަސްބިން ތަކު މަތީ ނެގި ފޮޓޯ ދައްކަމުން އަހުޝަމް ބުންޏެވެ. ދެން އޭނާ ޕްރިންޓް ކޮށްލީ އެންމެން ވެސް އިޚްތިޔާރު ކުރި ފޮޓޯތައް އެއް ފޮޓޯ ގަނޑެއްގެ ގޮތުގައެވެ. އޭ ފޯ ސައިޒުގެ އެ ފޮޓޯ ގަނޑު ފްރޭމް އަކަށް ލުމަށް ފަހު ސްޓޫޑިއޯ ގައި އޭނާ އެ ފޮޓޯ ހަރުކޮށްލިއެވެ.” ރައްނު ނެތީމަ ދޯ…. ރައްނު ތި ފޮޓޯ އަށް އަޅެ އެޑް ކޮށްލި ނަމަ… ” މޮޅިވެރި އަޑަކުން ރީޝާ ބުނެލި އިރު އެކަމުން އެންމެ އަސަރު ކުރީ ރިއާޝް އަށެވެ. ރަނާ މަތިން ހަނދާން ވުމުން ހިތުގައި މާޔޫސް ކަން އުފެދުނީ އިންތިހާ އަށެވެ. ރަނާ އަށް އަވަސް ޝިފާ އެއް ދެއްވުން އެދި ދުޢާ ކުރެވުނެވެ. މިވަގުތު އޭނާގެ ހިތް އެދި ގޮވަން ފެށީ ރަނާގެ އަޑު އަހާ ލުމަށެވެ. ނަމަވެސް ރީޝާ މެން ގާތު މިފަދަ ގަޑިއެއްގައި ގުޅަން ބުނަން ޖެހިލުން ވިއެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟ އޭނާ އަބަދުވެސް ހަމަ ރަނާ މަތިން ހަނދާން ވީމަ އެންމެން ތެރޭ އިނދެފައި ގުޅާލަނީ ނޫން ހެއްޔެވެ؟ އެކަމަކު މިފަހަރު ޖެހިލުން ވާންވީ ކޮން ސަބަބަކާއި ހުރެ ހެއްޔެވެ؟
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.




kaloooooooo mashah heevi goiy rangalhu dhwwwwww
amayayaaaiy mashah neygunu mioh paragraph kiyaafa vee goiy ves….
eyyy ma dhanee ey neii hurveykah ekam reeshooo mi bai ves hama habeys ingey dhoonigandaa
keep it upp…
ma dhanee byeeee
kaloooooooo mashah heevi goiy rangalhu dhwwwwww
amayayaaaiy mashah neygunu mioh paragraph kiyaafa vee goiy ves….
eyyy ma dhanee ey neii hurveykah ekam reeshooo mi bai ves hama habeys ingey dhoonigandaa
keep it upp…
ma dhanee byeeee
Ainn kon gotheh? Kaley gothakah heekurin tha?
Saabaheyy klwww kon paragraph eh tha??
Aaan ok dhey ahahaha sukur sukr klw…
Aarn bye..
Ey ekam bunan sorry hama mashakah neygunu klw thee kaaku kameh! 😕🤔
Ekm konme meehakas heyo hama shukr klw
This reply is for @ His Beastess
kalo gayaa ma handhaaneh nuves neii mashah username badhalu kurevunu kan…. 😂😂😂
luvza ge mifaharuge acc ge dhevana display name mee…. ok thaaaaa reesh mifaharu rangalhah confuse kurevifa onnaanee
aan eii meendha enme fahu praragraph eyy… aash and ranaa ge vhk in than… ehehehe
kalao ma adhi meeni heyli gothah bandah saifodhu nulaa dhanee kaan… byeeee
eyy dhen faharakun username badhalu viyya angaalaanan ingeyy…. 😆😆😆🤭🤭🤭😁
This reply is for @His Beastess’s second comment
kalo gayaa ma handhaaneh nuves neii mashah username badhalu kurevunu kan…. 😂😂😂
luvza ge mifaharuge acc ge dhevana display name mee…. ok thaaaaa reesh mifaharu rangalhah confuse kurevifa onnaanee
aan eii meendha enme fahu praragraph eyy… aash and ranaa ge vhk in than… ehehehe
kalao ma adhi meeni heyli gothah bandah saifodhu nulaa dhanee kaan… byeeee
eyy dhen faharakun username badhalu viyya angaalaanan ingeyy…. 😆😆😆🤭🤭🤭😁
Klw gaya manje dhww.. Mashah hee vx vieyy.. Klw haha ma ham meenee kaaku baa ey hithaa
Ahaha klww aash aa ranaa ge bai dhww.. E sorah kuch kuch hota hai vaathy e ulheny…
Hoon dhey
Koyaa mihaaru vx theenee username badhalu vefa 😭🤣🤧