ރިއާޝް -” اسلم عليكم ورحمة الله وبركاته …. އާދެ… މިރޭގެ ޝޯވގެ ސްޓޭޑިއަމް ތަފާތު ހެން ތިޔަބޭފުޅުންނަށް ހީވެ ދާނެ… ހީފުޅު ތިޔަ ކުރެއްވީ ވެސް ރަނގަޅަށް… މިރޭ މި ސްޓޭޑިއަމް އިން ތިޔަ ފެނިވަޑައިގަންނަވަނީ އަންހެނުންނާއި ފިރިހެނުންގެ ހިތް ވެސް ކަތިލާފައިވާ މަޝްހޫރު ދޮން ހުއްތު އާރިފު ކިލެގެފާނު އޭނާގެ ޙަޔާތުގައިވެސް އަންނަ އެންމެ އުފާވެރި ރެއަށް ތައްޔާރު ވަމުން ދާ މަންޒަރު… އޭނާގެ ބޯ ސްޓައިލް ކުރުމަށް އަހުއްޓި އާއި […]
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ރަށުގެ އަތިރިމަތީ މީހުންތައް އެ ހިތްފަސޭހަ ކަމުން ހިތަށް ފިނިކަން ހޯދަން ޖޯލިފަތި ތަކުގައި ތިއްބެވެ. ކުޑަކުދީންތަށް ތަފާތު ކުޅިވަރު ކުޅުމުގައި މަސްއޫލުވެގެން އުޅުނެވެ. ޒުވާން ފުރާގެ އަންހެން ކުދީން ވެސް ގޮނޑުދޮށުގައި ފޮޓޯ ނަގަ ނަގައި ތިއްބެވެ. ރަށުގެ ޒިޔާރަތް މަގުގެ މެދެއްހާ ހިސާބުގައި ބޮޑު ގެއެއް ހުއްޓެވެ. ރީނދޫ ކުލައިން މުޅި ގެ ޖަރީ ކޮށްފައި ވުމުން ވައްތަރީ ކެންޕޭނަށް ތައްޔާރު ކޮށްފައި އޮތް ހެނެވެ. ރީނދޫ ކުލައިގެ […]
އަހަރެންގެ މަންމަ އަހަރެން ބެލީ ތަޅައިގެންނެވެ. ގަޑިއަށް ސްކޫލަށް ނުގޮސްފިނަމަ ގުދަނަށް ލައި ބަންދު ކޮށްގެންނެވެ. މިސްކިތަށް ނުގޮސްފި ނަމަ ސުންނަތް ތިރީސް ނަމާދު ކުރުވައިގެން ނެވެ. ހެނދުނު ސައި ނުބޮއެފި ނަމަ އެ ދުވަހަކު ކެއުމުން އަހަރެން މަޙުރޫމް ކުރުވައިގެންނެވެ. ފަތިސް ނަމާދަށް ނުހޭލައިފި ނަމަ އިލޮށިފަތިން ހައެއްކަ އެތިފަހަރު ތަޅައިގެންނެވެ. ވައްކަން ކޮށްފިނަމަ ދެއަތް ފަހަތަށް ގެންގޮސް އައްސައިގެން ނެވެ. ނުބަލަންވީ މަންޒަރެއް ބަލައިފިނަމަ ލޯ މަތީ ފޮތި ބަނދެގެންނެވެ. މީހަކާ ދިމާއަށް […]
ލޮބުވެތި ކިޔުންތެރީން. ކޮމެޑީ ލޭންޑްގެ ތިން ވަނަ ޝޯވ ސަބްމިޓް ނުކުރެވިގެން މި އުޅެނީ ތިޔައިގެ ތެރެއިން ބައެއް ކިޔުންތެރީން އެދި ލައްވާފައިވާ ގޮތުގެ މަތީން ކަވަރ ޕިކް އަޕްޑޭޓް ކުރުމުގެ ގޮތުންނެވެ. ތިންވަނަ އެޕިސޯޑް ލިޔެ އެއްކޮށް ނިމިފައިވީ ނަމަވެސް ކަވަރ ޕިކް ލުމުގައި މައްސަލަ އެއް ޖެހޭތީ އެ މައްސަލަ ޙައްލު ވުމުން ޝޯވ ސަބްމިޓް ކޮށްދޭނަމެވެ. ކިޔުންތެރީން އިންތިޒާރު ކޮއްލަށްވާ!
ރިއާޝް – “އައްސަލާމު އަލައިކުމް….. އާދެ މިރޭގެ ޝޯވ އަށްވެސް ތިޔަ އިޙުސާންތެރި އިޤުމާތްތެރި ފިޤުޙަތްތެރި ބޭކަލުންނާއި ބޭކެނބިންނަށް މަރުޙަބާ… މިރޭގެ ޝޯވ އާއި ގެން ވެސް މި ބައްދަލު ކޮށްލީ އަޅުގަނޑު ތުއްތު މަނިކުބޭ އަދި އައިމިނަބީ…” ރަނާ – “އޭ ބަލަ ތުއްތު މަނިކާ… ކޮން އިޤުމާތްތެރި ފިޤުޙަތްތެރި ބޭކެނބިންނެއްތަ؟ބޭކަނބަލުންނޭ މޮޔަޔާ… އިޤުމާތްތެރި އެ ކޯއްޗެއްތަ؟ ފިޤުޙަތްތެރި އެއް ނޫން.. ފިޤުހު.. އެއީ އިސްލާމް ފޮތުގައި އިންނަ ޓޮޕިކެއް ނޫންތަ؟ ޕިސް ޕިސް […]
ރިއާޝް – “އައްސަލާމު އަލައިކުމް… އާދެ ކޮމެޑީ ލޭންޑްގެ ފުރަތަމަ ޝޯވ އަށް ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް މަރުހަބާ… ??މި ޢިއްޒަތްތެރި މަޖިލީހުގެ އެއް ވަނަ ޖަލްސާ ގައި ތިޔަ ބޭފުޅުންނާއި މި ބައްދަލު ކޮށް ލަނީ އަޅުގަނޑު ތުއްތު މަނިކުބޭ، އައިމިނަބީ، ތަކުރުފާނު އަދި ސަންތިމަރިޔަނބު… ޝޯވ ފެށުމުގެ ގޮތުން ވަކި ކަމެއް ޚާއްޞަ ކުރެވިފަކައި ނެއް… ހުރިހާ ކަމަކީ ވެސް ޚާއްޞަ ކަންކަން… ވީމާ ބިސްމީނުގެ ބަރަކާތުން ޝޯވ ފަށަން… “ ރީޝާ – […]
ލޮބުވެތި ކިޔުންތެރީން… ކޮމެޑީ ލޭންޑްގެ ނަމުގައި ސިލްސިލާ ޝޯވ ތަކެއް ބޭއްވުމަށް އަޅުގަނޑު ވިސްނައިފީމެވެ. ކޮންމެ ޝޯވ އެއްގައި ވެސް ހެއްވާ ވާހަކަތަކެއް ބަޔަކު ދަށްކާ އުސޫލުން ޑައިލޮގު ތަކެއްގެ ސިފައިގައި ހިމަނާނަމެވެ. މިއީ ވާހަކަ އެއް ނޫން ނަމަވެސް ސްކްރިޕްޓަކާއި އެއްގޮތްވުން އެކަށީގެން ވެއެވެ. މިއީ މި ސައިޓުގައި އަޅުގަނޑާއި ދިމާވި އެކުވެރީން ތަކެއްގެ ހަނދާން އައު ކުރުމުގެ ގޮތުން އަޅުގަނޑު ކުރަން ނިންމާފަިއވާ ކަމެކެވެ. މި ސިލްސިލާގެ ފުރަތަމަ ޝޯވ ވަރަށް އަވަހަށް ނެރޭ […]
އެކުވެރި ކަމުގެ މިގުޅުމެ އް ބަދަލެ އް ނުވާނެޔޭ ހަތްދިހަ އަހަރު ވެދިޔަޔަސް ދެގޮތެ އް ނުވާނެޔޭ ބަޔަކު މި ގުޅުން އުޅުނަކަސް ހޭވޭ “ފަނިކޮށްލުމަށް” ބުނަމޭ ނިކަން މަ ކެރިހުރެ ފަންޏެ އް ނުވާނެޔޭ ޖެހުނަސް ތިބެން މި ދުރުގަ އި ބަ އްދަލު ނުވާނޭހެން އެހެނަސް އިނގޭ މި ގުޅުމަށް ނިމުމެ އް ނުވާނެޔޭ އެންމެ ފުރަތަމަ ވެސް މި ލޭންޑުގެ ބިންގާކަމުގަވީ ސަންފަ އަށް ޝުކުރު ތަޢުރީފާ ޡަނާ ރަ އްދު ކުރަމޭ […]
ހިޔަޅުންގެ ތާރީޚުގެ ތެރެއިން ޞަފުޙާ އެކޭ ހުޅުވާ މިލީ ނަމަކަށް ނިގޫބުރި ހިޔަޅު ކިޔުނު ހިޔަޅެއްގެ ވާހަކަ އޭ މިއީ ތިޔަ ބޭކަލުން ވެސް އައްސަވާނޭ ބުރި ނިގޫ ހިޔަޅުގެ މި ވާހަކަ ހަމަ އެންމެ ކަމެކޭ މިސޮރު ދިރިއުޅުމަށް ހުރަސް ދެން މިއަޅަނީ ތިޔަ ދެންނެވީ ރަނގަޅަށް އިނގޭ މިސޮރުގެ ނިގޫ ބުރިވެފައި ވަނީ މިކަމާ މިސޮރު ދެލޮލުގެ ޒަމާން ދަންދެން ކަރުނަ އެޅި ކަމު ވަނީ ހިތުގައި މިސޮރު ޖެހިގެން ގަހެއް ދަށުގައި ނިކަން […]