“ހޫން ކޮން ވާހަކައެއް ދައްކާށޭ ޔާޝް ދޮންބެ ތި ފޮނުވާލީ؟…”ރިޔާޝް ދިއުމުން ދޮރު ލައްޕާފައި އައިސް އަހުޝަމް ގޮނޑި އެއްގައި އިށީނދެ ލިއެވެ. ރީޝާ ދައްކަން އެ އުޅެނީ ކޮންމެވެސް ކޫސަނި ވާހަކަ އެއް ކަން އޭނާ އަށް އެނގެއެވެ. މީގެ ކުރިން ވެސް ބޮޑު ވާހަކަ އެކޭ ބޮޑު ކަމެކޭ ކިޔާފައި ރީޝާ ވަނީ އޭނާ ތަންތަނަށް ގެންގޮސްފައެވެ. އެ ބޮޑު ކަމަކީ ރަނގަޅަށް ބަލާއިރު ފިޔައެއް ނޮޅާލުން ކަހަލަ ކަމެކެވެ. “އޭ ބްރޯވްސް…. […]
އަލީ އައިސް ރީޝާގެ ކޮލުގައި ހިފާފައި އުފުލާލި އެވެ. އެއަށްފަހު ލަކުނޑި ބުރިއެއް ހިފައިގެން އައިސް ރީޝާގެ ގައިގައި ޖަހަން އަތް ހިއްލާލި އެވެ. “ނޫން.. ނޫން… މީނާގެ ޒަމާން މީހާ އަވަހަށް ދުއްވާލައިގެން ނުވާނެ… ކަލޭ ޖެހޭނީ މަރަށް ތެޅެން…” އެހެން ބުނުމަށް ފަހު ރީޝާގެ ކަރުގައި އަތް އަޅަން އޭނާގެ އަތް ދިއްކޮށްލިއެވެ. “ހެހެ… ފެން ފޮދެއް ބޮއެފަ ދޯ ކަލޭ ފަހު ނޭވާ ލާ ހިތްވަނީ؟…” ނުލަފާ ގޮތަކަށް ހީ ގަންނަމުން […]
ހިޔާ ވެފައި އޮތް މީހުން މަދު ގޯޅިއަކަށް ވަދެވުމާއި އެކު ފުންނޭވާއެއް ރީޝާ އަށް ދޫކޮށްލެވުނެވެ. އަތުގައި އޮތް ގަޑި ބަލައިލިއިރު އަށް ގަޑި ބައި ވަނީ އެވެ. ލަމްހާ ހުންނާނީ ލަސްވެފައި ކަން އެނގުމާއި އެކު ވާރޭ އޮއްސާލުމުން ލަސްވީ ކަމަށް ބުނެ ލަމްހާ އަށް މެސެޖް ކުރިއެވެ. ގައިން ހީފިލުވަން ދެއަތް އުފުލާލި ރީޝާ ސިހުނީ އޭނާގެ އަތުގައި މީހަކު ހިފާފައި ދަމައިގަތުމުންނެވެ. ******************* ފޯނު ހާވަން އޮއްވާ ކޮމެޑީ […]
ރިއާޝް އާއި އަހުޝަމް ސައިކަލު ޕާކު ކުރުމަށްފަހު ސްޓޫޑިއޯ ހުންނަ ޢިމާރާތަށް ވަންނަން ދިޔައެވެ. ސަކަރާތް ޖަހަމުން ދެމީހުން ގޮސް އެ އިމާރާތަށް ވަން އިރު އެމީހުންނަށް ފާރަލަމުން މީހަކު ދިޔައެވެ. އެމީހެއްގެ މޫނު ނިވާކޮށްފައި ވާއިރު ލައިގެން ހުރީ ގޮޅިޖެހި ގަމީހަކާއި އެކު ސޮހިފައިވާ ޖިންސެކެވެ. އޭނާގެ އަތުގައި އޮތް ބައްތި ފޯނުން ކޮންމެވެސް މީހަކަށް ގުޅާ ކޮންމެވެސް އެއްޗެކޭ ކިއުމަށްފަހު އެމީހާ އެ މަގުގައި ހުރި އެހެން އިމާރާތަކަށް ވަންނަން ދިޔައެވެ. މާ […]
ރާގު : ޔޭ ހޭ ޗާހަތެއިން މި ލޯބީގެ ގުލްޝަން ފަރިވެ ފޮޅެޔޭ…. ވީމޭ ކަލާއަށް އިމްތިޒާރުގައި… ބޭނުން އަބަދަށް ތިޔަ ނަން މަގޭ…. މި ހިތުގައި ލިޔެވުން ވަރަށް ލޯބިން… ތީ އޭ ހަނދަކީ…. ތީ އޭ ހަނދަކީ… ލޯބީގެ ތީ އޭ ހަނދަކީ… ލޯބިވާ މަގެ ހަނދަކީ ތީ އޭ… އޮއެވަރާއެކު ބީވެ ނުދާށޭ….. ވަކި ނުވެވޭހާ ލޯބިވޭ…. ލޯބިވާ މަގެ ހަނދަކީ ތީ އޭ… އޮއެވަރާއެކު ބީވެ ނުދާށޭ….. […]
އަތުގައި ހުރި ކޮފީ ޖޯޑުން ކޯވަރެއް ބޯލުމަށް ފަހު އަނެއްކާވެސް އަލީ އޭނާ ކުރަން އިން މަސައްކަތައިގެނަ ކުރިއަށް ދިޔައެވެ. އޭނާ ބަލަމުން ދިޔައީ އެމީހުންގެ ސްޓޫޑިއޯ އަށް ދިމާވެފައި ވާ މައްސަލަ ވަރަށް ތިލަކޮށް ޙައްލު ކުރެވޭ ތޯއެވެ. އެލް އެލްގެ ދުޝްމިން ކަމުގައި ވާ ކޮމެޑީ ލޭންޑް ވައްޓާލަން ދެން އޭނާ އަށް ކުރެވެން އޮތީ ހަމަ އެންމެ ކަމެކެވެ. ކޮމެޑީ ލޭންޑްގެ އަބުރާއި ޢިއްޒަތް ފޭރިގަތުމެވެ. ސިކުނޑި އަށް އައި މޮޅު ޚިޔާލާއި […]
ނަމަވެސް މި ލޭންޑްގެ ބޯމައްޗަށް ދަނީ ވަރުގަދަ ބޯ ވިލާ ގަނޑެއް ހިޔާ އަޅަމުންނެވެ. ކޮމެޑީ ލޭންޑްގެ ކުދިންނަށް އެ ވިލާ ގަނޑުން މި ލޭންޑް ސަލާމަތް ކޮށް ދެވޭނެ ބާއެވެ؟ ގޯނީގެ ފުލަށް ވެއްޓުނަ ނުދީ މި ގޮތުގައި ކުރިއަށް ދެވޭނެ ބާއެވެ؟ ރިޔާޝް މެންނަށް ފެނުނު ފައިލަކީ ލޭންޑް ސަލާމަތް ކުރުމަށްޓަކައި ކިހައި މުހިންމު އެއްޗަކަށް ވާނެ ބާއެވެ؟ ************ ސްޓޫޑިއޯ އަށް އައިސްފައި ހުރި ބަދަލު ތަކުގެ ވާހަކަ ދައްކަމުން […]
ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރީޝާގެ ހިތް ވަނީ ހުއްޓުމާއި ގާތް ވެފައެވެ. ރިޔާޝް އާއި އެއްފަސްގަނޑެއްގައި ހުރެ އޭނާ އެ އުޅެން ޖެހުނީ ރިޔާޝް އަށް ފިލައިގެންނެވެ. ރިޔާޝް ހުންނަ ތަނަކަށް ވެސް ނުގޮސް ވޭތޯ އެނާ ވަރަށް މަސައްކަތް ކުރިއެވެ. އެފަދަ ކޮންމެ ވަގުތަކު އޭނާގެ ހިތަށް ކެއްނުކުރެވޭ ވަރުގެ ވޭން ލިބެއެވެ. މިއީ ތަޤުދީރު އޭނާ އާއި ކުރާ ސަމާސާއެއް ހެއްޔެވެ؟ ނުވަތަ ލޯބީގެ ކޮންފަދަ ވޭނީ އިމްތިޙާނެއް ހެއްޔެވެ؟ […]
ހަބީބާ ކައިރީގައި ބުނެގެން އަނބު ބިންނަ ދަނޑި ހިފައިގެން އައިސް ރީޝާ އަނބު ގަސް ދޮށުގައި ހުއްޓިލިއެވެ. ހުތް އަނބުން ގަހުގެ ގޮފިތައް ބަރާ ވެފައި ވާތަން ފެނި ރީޝާގެ ކުޅު ދިޔާ ވިއެވެ. ލަހެއް ފަހެއް ކުރުމެއް ނެތި އެންމެ ބޮޑެތި އަނބު ހުރި ކޯޅީގައި ދަނޑި ޖައްސާ އަނބުރާލިއެވެ. އެއާއެކު ބިންމައްޗަށް ވެއްޓުނު އަނބު ކޯޅި ނަގަން އޭނާ ދުއްވައިގަތެވެ. އަނބު ކޯޅި ނެގުމަށް ގުދު ކޮށްލި ބުރަކަށި ތެދު ކޮށްލިއިރު ކުރިމަތީގައި […]