ރޭގަނޑުގެ ހަމަ ހިމޭން ވަގުތު އައިސް ޖެހިއްޖެ އެވެ. މަގުމަތި ފަޅުވެ ގޭގޭގައި ދިއްލާފައި ހުރި ބޮކިތައް ވެސް ނިއްވައިފިއެވެ. އެންމެން ނިދާ ފައިހިލަވަޅު އޮބޭ ވަގުތޭ ކިޔާ ވަގުތަކީ މިއީ އެވެ. މިވަގުތު ނުނިދާ އުޅޭނީ ކޮންމެވެސް އެއްޗެއް ބައްލަވައިގެން ނުވަތަ އެ ހޯދަން އުޅޭ މީހެކެވެ. މި ހަމަހިމޭން ވަގުތުގައި ނިދީގެ ފޮނި މީރުކަން ޙާޞިލް ކުރަމުން ދިޔަ ރީމާ އަށް ސިއްސައިގެން ގޮސް ހޭލެވުނީ މީހަކު އޭނާ އަށް ގޮވާލިހެން ހީވެގެންނެވެ. ކޮޓަރީގެ ޖާލިން އޭނާ އަށް މީހަކު ހަނާ އަޅާލި ހެން ހީވުމާއި އެކު ރީމާގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. ޖާލިން ކޮޓަރި ތެރެއަށް އެމީހަކު ފުންމާލިއެވެ. ކަޅު ކުލައިގެ ޖެކެޓެއް ގައި މޫނު ނިވާކޮށްގެން ހުރި އެމީހާ ފެނުމުން ރީމާ އަށް ބިރުން ރަޖާ ގަނޑު އަތަށް ބޮނޑިކޮށްލެވުނެވެ.
*****************
ނިޔާޒު އޭނާ އަޅައިގެން ހުރި މޫނުމަތި ނެގުމުން ރީމާ އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ގަނެފައި ހުރި ބިރު ފިލައިގެން ދިޔަ ހެން ހީނުވެ އަނެއްކާވެސް ރީމާގެ ހިތަށް ބިރުވެރިކަން ވެރިވެގަތީ ނިޔާޒު އެފަދަ ސިއްރު ގޮތަކަށް އޭނާގެ ކޮޓަރިއަށް ވަނުމުން ނެވެ. އުނދަގުލުން ނަމަވެސް ރީމާ އަށް ނިޔާޒުގެ ނަން ކިޔާލެވުނެވެ. އިރުކޮޅަކު ރީމާ އާއި ދިމާއަށް ބަލަން ހުރެފައި ނިޔާޒު އައިސް މިނިކާވަގެއް ހެން އެނދުމައްޗަށް ޖެހިގަތެވެ. އެއަށްފަހު ރީމާގެ އަބުރާއި ޢިއްޒަތް ފޭރިގަތީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.
އެ ރޭގެ އެ ހިތި ހާދިސާ އަށް ފަހު ރީމާގެ ހަށިގަނޑުގައި ދެ ހިތެއް ވިންދު ޖަހަމުން ދިޔައެވެ. އޭނާއަށް ކެހި ދިނުމަށްފަހު ނިޔާޒު އެދިޔައީ ކޮންތާކަށްތޯ ބަލާލާނެ ހިތްވަރެއް ވެސް ރީމާގެ ނެތެވެ. އުމުރުން އެންމެ ނަވާރަ އަހަރު ގައި ނަޙަލާލަށް ބަލިވެ އިނުމުން މީހުންގެ ފަރާތުން ލިބެމުން ދިޔަ ބަދު ބަސް ތަކުން ރީމާ ވަނީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައެވެ. ނުވަމަހާއި ނުވަދުވަސް ފުރާ މަޢުސޫމް އަންހެން ކުއްޖަކު ދުނިޔެއަށް އުފަން ކުރުމަށްފަހު ރީމާ މި ފަނާވަނިވި ދުނިޔެއާއި އަލްވަދާޢު ކިޔެވެ. އެދުވަހަށްފަހު ރީމާ އާއި ނިޔާޒުގެ ދަރިފުޅު ބެލުމުގެ ޒިންމާ އެޅުނީ ޝަރީފް އާއި ވަސީމާގެ ބޮލުގައެވެ. މުޅި ދުނިޔެއަށް ވެސް ސިއްރުން އެ މީހުން އެ ދަރިފުޅު ބަލައިގަތީ އަމިއްލަ ދަރިއެއް ފަދައިން ނެވެ. ރީމާ އާއި ގުޅުވައިގެން އެ ކުއްޖާ އަށް ރީޝާގެ ނަން ދިނީ ޝަރީފް ބޭނުން ވެގެންނެވެ. މަރިޔަމް ރީޝާ ޝަރީފްގެ ނަމުން އެ ކުއްޖާ އަށް ނަން ދިނުމަށްފަހު އެ ދެމަފިރިން އެމީހުންގެ ދިރިއުޅުން ހުޅުމާލެ އަށް ބަދަލު ކުރީ މީހުންގެ ސުވާލުތައް އެ ކުއްޖާއާއި އަމާޒު ނުކުރަން ވެގެންނެވެ.
……………….
މާޒީގެ ހިތި ހަނދާން ތަކުން މޮޅިވެރިކަން ވެރިވެފައި އިން ޝަރީފް އަށް ހަމަހޭވެރިކަން ވީ ނިޔާޒު އޭނާއަށް ގޮވާލުމުންނެވެ. ދެލޮލަށް ޖަމާވެފައި ހުރި ކަރުނަ ތައް ބޮޑުވައި އިނގިލިން ފުހެލުމަށް ފަހު ޝަރީފް ހަމަޖެހިލިއެވެ. “ކަލެއަށް ކަލޭގެ ދަރިފުޅާއި ބައްދަލު ކުރެވިދާނެ… އެކަމަކު ޝަރުތެއްގެ މަތިން…ކަލޭ ތީ އޭނާގެ އުފަން ބައްޕަ ކަން އޭނާ އަށް އަންގައިގެން ނުވާނެ…” ކަރު ކެހިލަމުން ޝަރީފް ނިޔާޒު އަށް ޝަރުތެއް ކަނޑައެޅި އެވެ. އެއާއި އެއްބަސް ވުމުގެ ގޮތުން ނިޔާޒު ބޯޖަހާލުމުން ޝަރީފް އޭނާގެ ފޯނު ނަންބަރު ނިޔާޒު އަށް ދިނުމަށްފަހު ކެފޭ އިން ނުކުތެވެ.
ރީޝާ އިންތިޒާރު ކުރަމުން ދިޔައީ ބައްޕަ އަންނާނޭ އިރަކަށެވެ. އެންމެން ސިޓިންރޫމުގައި ހަމައަށް ތިބިއިރު މަދީ ހަމައެކަނި ޝަރީފް އެވެ. ރީޝާ އާއި ޖެހިގެން ރިޔާޝް އިން އިރު ދޭތެރޭ ދޭތެރެއިން ރިޔާޝް ކޮންމެވެސް ކަހަލަ އުނދަގުލެއް ރީޝާ އަށް ކޮށްލައެވެ. ބައެއް ފަހަރަށް އިސްތަށިގަނޑަށް ދަމާލަފާނެއެވެ. އެހެންނޫނީ ފައިގައި ކޮށްޓާލަފާނެއެވެ. އުނަގަނޑުގައި އަތް އަޅުވާލަފާނެ އެވެ. ބުރިކަށީގައި ޖަހާލަފާނެއެވެ. އަހުޝަމް އާއި ނަޔާ އަދި ރިއާޝް ތިބެގެން ރިޔާޝް އަށް ހިތްވަރުދެއެވެ. ރިޔާޝް އެފަދައިން ޖެއްސުން ކުރާ ކޮންމެ ފަހަރަކު ރީޝާ އަށް ބަލައިލެވެނީ ވަސީމާ އާއި ދިމާއަށެވެ. ވަސީމާ އަށް ފެނިދާނެތީ އޭނާ އިންނަނީ ބިރުން ދެލޯ ބޮޑު ވެފައެވެ. ރިޔާޝްގެ ޢަމަލުތައް ހުއްޓުނީ ޝަރީފް ގެއަށް އައުމުން ނެވެ. ޝަރީފް ރިޔާޝް އަށް ހިތްހެޔޮ ހިނިތުން ވުމެއް ހަދިޔާ ކުރުމަށްފަހު ޙާލު އަހުވާލު އަހާލިއެވެ. “އެހެންވީމަ ދެކުދިން ކައިވެންޏާ ދޭތެރޭ ކިހިނެއް ވިސްނަނީ… އެހާ ގިނަދުވަހު ރައްޓެހިވެގެން އުޅުން އެއީ ބައްޕަމެން އެހާ ރުހޭ ގޮތެއް ނޫން… އަދި ރިޔާޝްގެ ޢާއިލާ އާ ވެސް ބައްދަލު ކޮށްލަން ޖެހޭނެއްނު ދޯ؟…” ކުޑަކޮށް ވާހަކަ ދައްކާލުމަށްފަހު ޝަރީފް ބުންޏެވެ. “ބައްޕަމެން ކައިރީ އަހާލާފަ އަޅުގަނޑު ބުނެލާނަން ދުވަހެއް….” ރީޝާގެ އިސްތަށިގަނޑު އިނގިލީގައި އޮޅަމުން ރިޔާޝް ބުންޏެވެ. ބޮލަށް ވާން ވެގެން ރީޝާ ރިޔާޝްގެ ފައިގައި ޖަހާލިއެވެ. ރިޔާޝް އަވަހަށް ރީޝާގެ އިސްތަށިގަނޑުން ދޫކޮށްލީ ފުދޭވަރަކަށް ބާރަށް މަޢާފަށް ވެސް އެދެމުންނެވެ. އެ މަންޒަރު ޝަރީފް އާއި ވަސީމާ އަށް ވަރަށް ރީއްޗަށް ވެސް ފެނުނެވެ. ރީޝާ އާއި ރިޔާޝް ބިރުން ގަނޑުވިއިރު ދެން ތިބި މީހުން ފެށީ ހޭށެވެ.
ރީޝާގެ މައިންބަފައިންނާ ބައްދަލު ވުމުން ރިޔާޝް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އޭނާގެ މައިދައިތައާއި ބަފައިބެ އެހާ ހިތް ހެޔޮ ވުމުން ރިޔާޝް ހުރީ އަވަހަށް އިންނަ ހިތް ވެސް ވެފައެވެ. ފަހެއް ޖެހުމުން ފަސް މީހުން ނުކުތީ ހިނގާލާށެވެ. އަހުޝަމް މެން ރިޔާޝް އަދި ރީޝާ އަށް ދިމާކުރަމުން ދިޔައިރު ރީޝާ އާއި ރިޔާޝް ވެސް އެ ދެމީހުންގެ ގޮތުގައި އެމީހުންނަށް ރައްދު ދެމުން ދިޔައެވެ. “މަންޖޭ ވިސްނައިގެން އުޅޭތި… މަންޖެ އަށް ފެނެއެއްނު ޑްރާމާ ތަކުން މައިޓުމެންގެ ގޮތް… ފުރަތަމަކޮޅު ނިކަން ހެޔޮ ވާނެ… އެކަމް ފަހުން ހަމަ ހިލާ އަރާމުގައި ނިދިޔަ ނުދޭނެ… ދަންވަރު ވެސް ގޮވާނެ ފައިމޮޑެން… އަނެއްކާ އަނެއްކޮޅުން ކައްކާ އެއްޗިހި އެމީހުންނަކަށް ދުވަހަކު ކަމަކު ނުދާނެ… އެއްފަހަރު ފޮނި މަޑުވެދާނެ… އަނެއްފަހަރު ގަދަ ވެދާނެ… އެހެންޏާ ހުތް ވެދާނެ… މަންޖޭ މަގޭ ތަޖުރިބާ އިން ބުނަނީ…މީހަކާ އިންނަ އިރު ވިސްނާތި… ” ދެކެވެމުން ދިޔަ ވާހަކައިގެ ތެރެއިން ނަޔާ އަނގަ ހަދަހަދާފައި ބުންޏެވެ. ” މަގޭ ތަޖުރިބާ އޭ؟؟.. މަންޖެ ކޮންއިރަކު މައިޓެއް ހޯދީ؟.. ” ނަޔާގެ ކޮނޑަށް އަތް ވައްޓާލަމުން ރީޝާ އެއްސެވެ. ” އެއެ މި މިބުނީ މަށަށް ވެސް ފެނެއޭ އެހެރަ ލީލާ މެން އަނޫޕަމާ އާ ދޭތެރޭ ކަންތައް ކުރާ ގޮތް… އަނެއްކާ ނީލާ މެން އިމްލީ އާ ދޭތެރޭ ދެކޭ ގޮތް… ދެން އެހެރަ ފެންނަ މީ އަނޭއް ކާކު ތަ… ދެން ނޭނގެ މަށަކަށް.. މަންޖެ އަށް ވެސް އެނގޭނު…” ހިންދީ ދުނިޔޭގެ ވާހަކަ ތައް އެންމެ ރަނގަޅަށް ނޭނގުނަސް އެނގޭ މިންވަރަކުން ނަޔާ ވާހަކަ ކުރިއަށް ގެންދިޔައެވެ. “އެހެންމަ ތިބުނީ ޖިން އަމާ މަންޖެ އަށް ހެވެއް ނޫނޭ ދޯ؟… މަމީ ރޮކްސްޓާރ ރުދްރާކްޝް ކުރާނާ އޭ މޭން… މަގޭ މަންމަ އަކީ ޝަރްދާ ކުރާނާ އޭ… ސޯ އޮބްވިއަސްލީ މަގޭ މަންމަ މަގޭ ވައިފީއަށް ނުލާހިކު ހެޔޮ ވާނޭ…ވައިފީ ޗިލް.. ” ރީޝާ ގެނެސް ގަޔާއި ކައިރި ކޮއްލާ ކޮނޑަށް އަތް ވައްޓާލަމުން ރިޔާޝް ފޮނި ކަނޑާލިއެވެ.” އައްދޭ ދޯ… އަދި މިއުޅެނީ ރައްޓެހި ވިތާ ހަފްތާ އެއް ނުވެގެން… މިހާރު ވައިފީ އަށް ގޮވަން ފެށީ… ބޮޑު ވަރު ދޯ…” އަނެއްކާވެސް އެފެށުނީ އެންމެންގެ ދިމާކުރުމެވެ. އެހެން ކުދިން ހެން މީހުން ދިމަކުރާތީ ލަދުންނެއް ރީޝާ މެންނެއް ނޫޅެއެވެ. އެކަން ހުއްޓުވާކަށްވެސް ނޫޅެއެވެ. އެކުދިން ހިތް ހަމަޖެހެނީ އެކުވެރިން އެހެން ދިމާ ކުރީމައެވެ.
ގެއަށް އައިސް ހަމަޖެހިލަމުން ރިއާޝް ފޯނު ހުޅުވާލިއެވެ. ވައިފައި ޖައްސާލުމާއި އެކު އެންމެ ފުރަތަމަ ވެސް އައީ ހަނާގެ މެސެޖެކެވެ. އެ މެސެޖު ހުޅުވާލަމުން ކޮޓަރިތެރެ އަށް ދެމިގަތް އިރު ދޮރު ޖަހަން ވެސް އެސޮރު ހަނދާން ނެތެވެ. ހަނާ ފޮނުވާފައި ހުރި ކޮންމެ މެސެޖަކަށް ލައިކު ދެމުން ދިޔައިރު އޭނާގެ މޫނުމަތީގައިވީ ނުފިލާ ހިނިތުންވުމެކެވެ. “އައި ލަވް ޔޫ ލޯބީ…” ވައި އަޑުން ރިއާޝް އެހެން ބުނެލީ ހަނާ ފޮނުވާފައި އިން ފޮޓޮއަށް ބޮސް ދެމުން ނެވެ. ކިތަންމެ ސިއްރުން އިނދެގެން އޭނާ ފޯނާ ކުޅުނަސް އެ ވަގުތު ކޮޓަރީގެ ދޮރުމައްޗަށް އެރި ރިޔާޝް އަށް ވަރަށް ރަނގަޅަށް އެ އަޑު އިވުނެވެ.
އަހުޝަމް އާއި ރީޝާ ތިބީ ކޮމެޑީ ލޭންޑްގެ ސްޓޫޑިއޯ ގައެވެ. ޓީވީއިން އަޅުވާފައި ހުރީ ދިވެހި ޕްރިމިއަރ ލީގުގެ ފައިނަލް މެޗެވެ. ކުޅެމުން ދިޔައީ ރާއްޖޭގެ ޒަމާންވީ ޓީމެއް ކަމުގައި ވާ އީގަލްސްއާއި މާޒިޔާ އެވެ. އަހުޝަމް ހުރީ އީގަލްސް ކޮޅަށެވެ. ރީޝާ އިނީ މާޒިޔާގެ ދިދަ ނަގައިގެންނެވެ. އަހުޝަމް ޗިޕްސް ޕެކެޓަށް އަތް ބާނަމުން ދިޔައިރު ރީޝާ އިނީ ޖަބުލާނީ ހައެއްކަ ޕެކެޓު ތައްޓަކަށް އަޅައިގެން ކާލަކާލައެވެ. މެޗްގެ ލީޑު ދަމަހައްޓަމުން ދިޔައީ މާޒިޔާ އެވެ. އީގަލްސް އަށް މާޒިޔާ ކޮޅަށް އަދި އެންމެ ލަނޑެއް ވެސް ނުޖެހެއެވެ. މެޗު ނިމޭކަށް ވެސް ދެން މާ ގިނަ އިރެއް ނެތެވެ. ފޯރި ގަދަވާނީ ކިހާވަރަކަށްތޯ އެވެ؟. މެޗްގެ ނުވަދިހަ މިނެޓު ހަމަވާން ގާތްވެއްޖެ އެވެ. ރެފްރީ ކަށިގަނޑު ތުމާއި ކައިރި ކުރަނީ އެވެ. ރީޝާ ކޮޅަށް ތެދުވި އިރު އަހުޝަމް ބުރަކަށި ސީދާ ކޮށްލާ ދެލޯ ބޮޑު ކޮށްލިއެވެ. ބޯޅަ އޮތީ އަސަދުﷲ އަބްދުﷲގެ ފައިބުޑުގައެވެ. މެޗު ނިމެން ބާކީ 30 ސިކުންތެވެ. “އާދެ މާޒިޔާގެ އަސަދުﷲ އަބްދުﷲ ޖެހި ބޯޅަ ގޯލުގެ ތިން ދަނޑިން އެތެރެ ވުމާއި އެކު މެޗު ނިމިގެން މިދިޔައީ ފަހެއް ސުމެއްގެ ނަތީޖާއަކުން މާޒިޔާ ސްޕޯޓްސް ކްލަބް މިފަހަރުގެ ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަން ކަން ޙާސިލް ކޮށްގެން….” ކޮމެންޓޭޓަރަށް ވުރެ ކުރިން ރީޝާ މެޗްގެ ކޮމެންޓްރީ ފެށިއެވެ. އޯހ ނޯ އޭ ކިޔައި އަހުޝަމް ސޯފާ އަށް ވެއްޓި ގަތް އިރު ރީޝާ ހަޅޭއް ލަވަމުން ނަށަނީ އެވެ. ދެކަންފަތައް ހެޑްސެޓް ޖަހައިގެން ލަވަ އަޑުއަހަން އިން ނަޔާގެ ދެކަންފަތް ސަލާމަތުން ހުރީ ކިރިޔާ އެވެ. އެހެން ރީޝާ ނަށަނަށާ ހުއްޓާ ރިޔާޝް ނައިސްފިއްޔާ ވާ ރަނގަޅެވެ. ރިޔާޝް އޭނާގެ ހައްޤަކަށް ވީ ރޭ ވެސް ރީޝާ މިހާ އުފަލެއް ނުވެއެވެ. ދެން ތިޔަބޭފުޅުން ނިކަން ވިސްނަވާ ބައްލަވާށެވެ. ރިޔާޝް ގެއްލުމުން ވާ ދެރަ އަށްވުރެ ފުޓުބޯޅަ ކުޅުންތެރިއަކު މަރުވެއްޖެނަމަ އެކުއްޖާފުޅު ވާނެ ދެރަ ބޮޑުވާނެ ނޫން ހެއްޔެވެ؟.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




Ey ey eyhhhh.. mashah mihaaru eba getu vey brwwww..aash brw aa hana ey e ineenu dhw..hana aky rannu ge dhontha ennu dhw? So hana aash brw ah e fonuvany rannu ge photo dhww??ohhhhh!!! Woww.. mashah visney dhw..lmao sorry dhn noolhen ithurah vhk spoil kuraakah.. ekm heevaa goiy mi bunely..
Ey ma buny e niyaazu jalah laan v ingey..rape kohfa eyna akah ehenneh nuhureveyne..anhen kudhin rape kohlaafa e gothah kithah firihenun minivan vegen ulheyne?? Eyynn??? Ma haadha natta ey..mi vaahakain vx mujithamau ah ibratheh dheebala brw..ekahala meehunnah haqqu vany jaley!!!
Anyways vhk vrh reethi..plot twists genna goiy vx vrh salhi ingey..
Eyyyy jin ge manma mashah nulaahiku heyo vaane..huh..vrh foohivey..ma innaanamey adhi jin aa..balahchey..😂😂
Dhn enme inthizaaru kureveny aash brw mashah fahari dhakkaalaane dhuvahakah..ehn abadhu sirrakunneh noolheveyne ingey..hahaha
Arn ok ey vrh salaamey..bye bye..lwbi vey bodu koh 😘😘♥️♥️♥️
Reply for @Nayaa
Ey ey eyhhhh.. mashah mihaaru eba getu vey brwwww..aash brw aa hana ey e ineenu dhw..hana aky rannu ge dhontha ennu dhw? So hana aash brw ah e fonuvany rannu ge photo dhww??ohhhhh!!! Woww.. mashah visney dhw..lmao sorry dhn noolhen ithurah vhk spoil kuraakah.. ekm heevaa goiy mi bunely..
Ey ma buny e niyaazu jalah laan v ingey..rape kohfa eyna akah ehenneh nuhureveyne..anhen kudhin rape kohlaafa e gothah kithah firihenun minivan vegen ulheyne?? Eyynn??? Ma haadha natta ey..mi vaahakain vx mujithamau ah ibratheh dheebala brw..ekahala meehunnah haqqu vany jaley!!!
Anyways vhk vrh reethi..plot twists genna goiy vx vrh salhi ingey..
Eyyyy jin ge manma mashah nulaahiku heyo vaane..huh..vrh foohivey..ma innaanamey adhi jin aa..balahchey..😂😂
Dhn enme inthizaaru kureveny aash brw mashah fahari dhakkaalaane dhuvahakah..ehn abadhu sirrakunneh noolheveyne ingey..hahaha
Arn ok ey vrh salaamey..bye bye..lwbi vey bodu koh 😘😘♥️♥️♥️
Hmmm hmmm visney visney…
Aan laanamey jalah hurebala balan.. Ehn dhoo vegenneh noolheveyne dhw.. Aan hama mujithamau ah iburatheh dheynan rangalhu…..
Aan dhn jin amaa manje ah heyo vaanethaa… Hmm meenee balan… Kaley hama jehey.. Fahari fennaany enme fahun..
Klwwww raatte meehakaa indhefi yoooooaaa..
Ok vrh salaam