ފަރީދާ ނުކުތުމުން ރިއާޝް ފަހާ ރިޔާޝް ދުއްވައިގަތެވެ. ރިޔާޝްގެ އަތުނުޖެހެން ވެގެން ރިއާޝް ދުވަމުން ދިޔައިރު ކޮޓަރިތެރޭ ގުގުމަމުން ދިޔައީ ދެބެންގެ ހުނުމުގެ އަޑެވެ. “ހަހަހަ އޯކޭ އޯކޭ ދެން ދޮންބޭ ޕްލީޒް…” ވަރުބަލި ވެގެން ރިއާޝް ދުވުން ހުއްޓާލިއެވެ. ރިޔާޝް ވެސް މާނޭވާ ލަމުން އައިސް ރިއާޝްގެ ކޮނޑަށް އަތް ވައްޓާލިއެވެ. “ހާހްހް… އޯކޭ ކޮބާތަ ދެން މަގޭ ފަހަރި….” ރިއާޝްގެ އިސްތަށިގަނޑު ހާވާލަމުން ރިޔާޝް އަހާލިއެވެ. އެވަގުތު ރިއާޝްގެ ހިތަށް ފެނުނީ ހަމަ އެންމެ ސޫރައެކެވެ. ސިކުނޑި އަށް ވެރިވީ ހަމަ އެންމެ ނަމެކެވެ. ދުޢާ ކުރެވުނީ އެންމެ މަލަކަށެވެ. މަޢުނަވީ ހިނިތުންވުމަކުން އޭނާ ފުއްދާލީ އަދި އެ ހިތުގެ ރާނީގެ ނަން ދުލުން ބޭރު ކުރެވޭނެ ވަރުގެ ހިތްވަރެއް އޭނާގެ ނެތީމައެވެ.
*********************
ތިން ރުއް ޕާކުގެ ރުކެއްގެ ބުޑުގައި ރީޝާ އިށީނދެ ލައިގެން އިނީ ރިޔާޝްގެ އިންތިޒާރުގައެވެ. އެހެންޏާ ނުފެންނަ ފަދަ އަޖައިބު ކުރުވަނިވި ކުލަވަރު ތަކެއް މިއަދު އޭނާގެ މޫނުމަތިން ފެންނަން އެބަހުއްޓެވެ. ބައެއް ފަހަރު ހީލަން އުޅޭހެން ވެސް ހީވެއެވެ. އަނެއްބައި ފަހަރު ރޯންފަށާފާނެ ހެން ވެސް ހީވެއެވެ. ހީވާ ގޮތުން އޭނާ އެއިނީ ޚިޔާލުގެ ފުން ކަނޑަކަށް ގެނބިފައެވެ.
ދުވަމުން ދުވަމުން އައިސް ތިން ރުއް ޕާކަށް ވަން ރިޔާޝްގެ ދެލޯ ހޯދާލީ ރީޝާ އެވެ. މާ ދުރު ނޫން ހިސާބެއްގައި އިން ރީޝާ އޭނާގެ ތޫނު ދެލޮލުގައި އަޅައިގަތުމާއި އެކު އެންމެ ފުރަތަމަ ވެސް އޭނާ ބަލައިލީ އަތުކުރީގައި އޮތް ގަޑި އަށެވެ. ހަތެއް ޖަހަން އަދި ދެ މިނެޓު އެބަ އޮތެވެ. ގަޑި ނުޖެހޭ ކަން އެނގުމުން އޭނާގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. ކުޑަކޮށް ދުވެލާފައި ރީޝާ އިން ހިސާބަށް ގޮސް މީހާ ހަމަޖެހިލިއެވެ. އިސްތަށިގަނޑު ރީތި ކޮށްލުމަށްފަހު މަޑު މަޑުން ރީޝާގެ ފަހަތުން ގޮސް ރީޝާގެ ދެލޮލުގައި އަތް އެޅިއެވެ.
ފަހަތުން މީހަކު އޭނާގެ ދެލޮލުގެ އަތް އެޅުމުން ރީޝާ ސިއްސައިގެން ދިޔައެވެ. އޭނާގެ ހިތް ނޭނގޭ ބާރު މިނެއްގައި ތެޅިގަތް އިރު އަތް ފައި ފިނިވާން ފެށިއެވެ. ހަޅޭއްލަވައިގަންނަން ވެސް އޭނާ އަކަށް ނޭނގުނެވެ. “ޑޯންޓް ޝައުޓް ލަވް… އިޓްސް މީ…” ރީޝާ ބިރުން އިން ހެން ހީވުމުން ރިޔާޝް ބުންޏެވެ. އެއަށްފަހު އޭނާ ވެސް ރީޝާގެ ކައިރީގައި އިށީނދެލީ ރޭންސުރެ އޭނާގެ ހިތް އެ ސޫރައެއް ދެކިލުމަށް ޓަކައި ބޭޤަރާރު ވަމުން ދިޔަ ސޫރަ އެންމެފަހުން ފެނުމުން ނެވެ. “ޕިސް އަޅެ ޔާޝް ވެސް އެކަހަލަ ކަންތައް ކުރާކަށް ނުވާނެއްނު… ކިރިޔާ އޭ ބިރުން ހަލާކު ނުވީ…” ރުޅި އައިސްފައި ބުނި ކަމުގައި ވިޔަސް ރީޝާގެ ހިތް އެދުނީ ރިޔާޝް ގިނަ ގިނައިން އެކަހަލަ ސަމާސާ ކުރުމަށެވެ. “އޯހް ހެލޯވް އެންގްރީ ޗޯރްނީ… އެއީ ލޯބިވެރިން ކުރާ ކަހަލަ ކަންތަކޭ…. އެކަހަލަ ކަންތައް ކުރީމަ ރުޅި އަންނަ ކަހަލަ ބައިވެރި އެއް އަލަށް މި ފެނުނީ…” އާދައިގެ މަތިން އޭނާގެ ‘ރޮކްސްޓާ’ ސްޓައިލުގައި ރިޔާޝް ރީޝާ އާއި ދިމާކޮށްލިއެވެ. “ހްމްމް ހެވޭ ދެން… އެބޯތޭ ވަރަށް ބޮޑު ސުވާލެއް…” ރިޔާޝްގެ ކޮނޑުގައި އަތް އަޅުވާލަމުން ރީޝާ ބުންޏެވެ. “އެނީ ކުއެޝަން އިޒް އެލޯވްޑް…” ހަމަޖެހިލަމުން ރިޔާޝް ބުނެލިއެވެ. ހިތުގައި ވީ ސުވާލު ދުލަށް ގެނައުމުގެ ކުރިން އަދިވެސް ރީޝާ ވިސްނާލިއެވެ. ރިޔާޝް އޭނާ އަށް ތެދުވެރި ވާނެ ބާއެވެ؟ ނޫނީ ރިޔާޝް އަކީ އޭނާ ހީކުރި ކަހަލަ މާތް އިންސާނަކަށް ނުވެދާނެ ބާއެވެ. ނޫނީ ރިޔާޝް އެ ވާހަކަ އޭނާ ގާތުގައި ނުބުނީ އެއީ މުހިންމު ކަމަކަށް ނުވާތީ ބާއެވެ؟
ފަތިސްނަމާދު ކޮށްގެން އޮށޯތްގޮތަށް ނުނިދުމުން ނަޔާ ގާތަށް ރުޅި އައެވެ. އެނދުގައި ދެކޮޅަށް ފުރޮޅި ފުރޮޅި ވެސް އޭނާ އަކަށް މިއަދު އެއްގޮތަކަށް ވެސް ނިދޭ ގޮތެއް ނުވިއެވެ. އެންމެފަހުން ރުޅި އައިސްގެން ވައިބަރ އަށް ވަނެވެ.
ޖޮގްއިން އަށް ގޮސް އައިސް ގެއަށް ވަން ގޮތަށް އަހުޝަމް ވައިފައި ޖައްސާލިއެވެ. ކޮމެޑީ ލޭންޑްގެ ވައިބަރ ގުރޫޕަށް ނަޔާ މެސެޖު ކުރަން އިނުމުން ވައިބަރުގެ އަވައިގައި ޖެހިފައި އޭނާ ވެސް ނަޔާ އާއި މެސެޖު ކުރަން ފެށިއެވެ. *އޭ ކޮބާތަ އެއްކަލަ ރީސާ އާ ޔާޝް ދޮންބެ… މިހާރު ތިބޭނީ ލޮނުޒިޔާރަތް ކޮޅުގައި މާ ފޮޅުވަން ތޯއްޗެއް* މެސެޖު ކުރަމުން ގޮސް ނަޔާ ރީޝާ މެންގެ ވާހަކަ ފެށިއެވެ. *ތިބެދާނެއްނު… މަންޖެ ވެސް މީހަކާ އިނދެބަލަ މީހުންގެ ވާހަކަ ނުދައްކާ.. * ފެންފުޅި ދަމާލަމުން އަހުޝަމް ރިޕްލައި ދިނެވެ. *މަ މީހަކާ އިންނާނީ ޖިން މަ ކައިރީ އިންނަން އެހި ދުވަހަކުން.. އޭގެ ކުރިން އައި އޭމް ޙަރާމް ފޯ ބޯއީސް* އެއްކަލަ ނަޔާ އެއްކަލަ ސޮކް ޖިންސުގެ ވާހަކަ ފެށީއެވެ. ދެމީހުން ޖިން އާއި ބެހޭގޮތުން ޒުވާބު ކޮށް ކޮށް ތިއްބާ ޖިން އެތަނަށް ނައިސްފިއްޔާ ވާ ރަނގަޅެވެ.
ރީޝާ ކޮށްފާނޭ ސުވާލަކާއި ދޭތެރޭ ނުވިސްނާ އިން ރިޔާޝްގެ ދެލޯ ބޮޑުވީ ރީޝާ އޭނާ އާއި ކުރިމަތި ކުރުވި ސުވާލުންނެވެ. ރީޝާގެ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން ރީޝާ އާއި ދިމާއަށް ބަލައިލެވުނީ އެކަން އެނގުނީ ކިހިނެއް ހޭ އަހާފަދަ ގޮތަކަށެވެ. “އަސްލު ބުނަން؟ ފަހުން މަ އެކަން މަތިން ހަނދާން ވެސް ނެތް… އެހެންވެ އަސްލު ރީޝް ކައިރީ ނުބުނެވުނީ… ސޮރީ ވަރަށް ބޮޑަށް…” ރީޝާގެ އުނގުގައި ބޯ އަޅާލަމުން ރިޔާޝް ބުންޏެވެ. “ދެން ބުނެބަ… އެއީ ކޮން ކަމެއް؟ ވެއާ އިޒް ޝީ ނައު؟ ހައު އެބައުޓް ހާރ ވެން އައި އޭމް ޔުއާރސް؟ އާރ ޔޫ ޗީޓިން؟..” ރީޝާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން ރިޔާޝް ރީޝާ ހުއްޓުވިއެވެ. ހުރިހާ ކަމެއް ރީޝާ އަށް އޮޅުންފިލުވައި ދިނުމަށްޓަކައި ދެތިން ނޭވާ ދޫކޮށްލަން އޭނާ އަށް ޖެހުނެވެ.
ޖިމަށް ގޮސް އައިސް އަހުޝަމް އެކޭ އެއްފަދައިން ރިއާޝްގެ ވެސް އެންމެ އިސް ވާޖިބަކަށްވީ ފޯނު ހާވާލުމެވެ. އިސްޓާކީނު ބާލަމުން މެސެންޖާ އިން އައިސްފައި ހުރި މެސެޖުތައް ހާވަން އޭނާ ފެށިއެވެ. ވައިބާރ އިން އަހުޝަމް މެން ކޮށްފައި ހުރި މެސެޖު ތައް ގިނަ ކަމުން އޭނާ އިސްކަމެއް ދިނީ އެންމެ މަދުން ނޮޓިފިކޭޝަން އައިސްފައި ހުރި ވިޔުގަ އަށެވެ. މެސެންޖާ އަށް ވަން އިރު އެންމެ ފުރަތަމަ ވެސް އައިސްފައި އިނީ ހަނާގެ މެސެޖެކެވެ. އަވަސް އަވަހަށް މެސެޖު ސީން ކޮށްލިއިރު ރިއާޝްގެ މޫނު މަތި ވަނީ އިންތިހާއަށް އުޖާލާ ވެފައެވެ. ހަނާ ފޮނުވާފައި އިން ފޮޓޮއަށް ގެއްލިފައި މަޖުނޫނެއް ހެން ރިއާޝް އަށް އިނދެވުނެވެ. އެ ތަސްވީރުން ނަޒަރު ވަކިކޮށްލާ ޚިޔާލެއް އޭނާ ނުކުރެއެވެ. އެންމެ ފަހުން އޭނާ އަށް ހޭވެރިކަން ވީ ފޯނު ނިވުމުންނެވެ. އޭނާގެ ހިތުގެ މޮޔަ ކަމުން އަމިއްލަ ނަފްސަށް ދިމާކުރާ ޙާލު ހެމުން ހެމުން ރިއާޝް ދެފަރާތަށް ބޯ ހޫރުވާލިއެވެ.
“ނޯ ނޯ ނޯ މަރިޔަމް ރީޝާ ޝަރީފް… ދެޓްސް ނޮޓް ލައިކް ހައު ޔޫ ތިންކް… އެއީ ލިޔާ… ރާއްޖޭގެ މަޝްހޫރު ޓިކްޓޮކް ތަރިއެއް… ރަނގަޅު.. އޭނަ އާ މަ ރައްޓެހި ވީން. އެކަމަކު ލޯތްބަކުންނެއް ނޫން… ކޮމެޑީ ލޭންޑް އަށްޓަކައި… މަ ބެންގަލޯރ ގަ ހުރި އިރު އޭނަ އާ ދިމާވީ… ބެންގަލޯރ ގަ ހުރި ފަހުއަހަރު ކޮމެޑީ ލޭންޑްގެ ރަޖިސްޓްރީ ބަޔަކު ވަގަށް ނެގިކަން މަށަށް އެނގުނީ… އާޝް ބުނީމަ… އެދުވަހުން ފެށިގެން މަ އެކޮޅުގައި ހުރެގެން މަސައްކަތް ފެށިން ރަޖިސްޓްރީ ނެގި ބަޔަކު ހޯދަން… ދެން މަ ހޯދި ހޯދުމުން އެނގުނީ އެލް އެލް ކިޔާ ބަޔަކު ކަން ރަޖިސްޓްރީ ނެގީ… ދެން ލިޔާ… އޭރު އޭނަ ވެސް ހުރީ އެކޮޅުގަ… މަ ހުރި ހޮޓެލްގަ… ކިޔެވީ މަ ކިޔަވާ ޔުނިވަރސިޓީއިން… އެއް ކްލާހެއްގައި… ކުދިން ކުދިންގެ ފަރާތުން މަށަށް އެނގިފަ އޮތީ ލިޔާ އަކީ އެލް އެލް ސްޓޫޑިއޯ ގެ އެކްޓަރެއް ކަން… ރަޖިސްޓްރީ ހޯދަން މަށަށް ފެނުނު އެންމެ ފަސޭހަ ގޮތަކީ އެއީ… މަ ލިޔާ އާ ރައްޓެހި ވީ މަ އެކޮޅުގަ ހުރި ދެވަނަ އަހަރު އޭނަ ކިޔާ ވަރުން ބޮލަށް އުނދަގޫ ވެގެން… މަށާ އަޅައިގަނެގެން ނެއްޓެން ނޭނގިގެން އުޅޭ އަންހެނެއް އެއީ… މަށަކަށް މާ އުނދަގުލެއް ނުވި އެލް އެލްގެ މަޢުލޫމާތު ހޯދާކަށް… ލިޔާ އަކީ ވަރަށް މައިންޑް ފްރީ އަންހެނެއް.. އޭނާ ކޮންމެ ކަމެއް ވިޔަސް މަށަށް ކިޔައިދޭ… ވަރިހަމަ އެލް އެލްގެ ކަމެއް ވިޔަސް…. ދެން މަ މާލެ އައި ގޮތަށް ދިޔައީ ވިލިނގިއްޔަށް… މަ ބޭނުންވީ ރީޝް އަށް ސަރޕްރައިޒް އެއް ދޭން…. އެދުވަހު މަ ވިލިނގިއްޔަށް ދިޔަ ގޮތަށް މަ ދިޔައީ ލިޔާ އިންނަ ގެސްޓް ހައުސް އަށް…. ކަން ދިމާކުރި ގޮތުން އެއީ ރިއްލުގެ މާމަ ގެ… މަ އެކޮޅުގަ ހުއްޓާ އެއްދުހު އަލީ ކިޔާ މީހެއް.. އެލް އެލްގެ ބޮސް… ލިޔާގެ ބޮޑުބޭބެ… އޭނާ ލިޔާ އަތަށް ދިން ގަނޑުތަކެއް… ލިޔާ އޭއްޗިހި މަށަކަށް ވެސް ނުދައްކާ… އެހެންވެ މަށަށް ޝައްކު ވީ… އެހެންވެ ވިލިނގިއްޔަށް ދިޔަ ގޮތަށް މަ ލިޔާ ކައިރިއަށް ދިޔައީ އެ ގަނޑުތައް ހޯދަން….. ” އަކުރުން އަކުރަށް ވީ ހުރިހާ ކަމެއް ރިޔާޝް ކިޔައިދެމުން ދިޔައެވެ. ރިޔާޝްގެ ވާހަކަ އެ ހިސާބަށް ދިޔަ ތަނާ ރީޝާގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. އޭނާ އަށް އެދުވަހު ފެނުނު މަންޒަރު އެ ހިތަކުން އަދިވެސް ފިލައިގެނެއް ނުދެއެވެ. ” މަޑު…. އަހަރެން އެދުވަހު ހުރީ ހަބިއްތަ މެން ގޭގަ… އަނބު ގަސް ދޮށުގައި.. އެކޮޓަރީގެ ޖާއްޔާވީ ފަރާތުގައި… އަހަންނަށް ޔާޝް އާ ލިޔާ ފެނުން… ޔާޝް ހުރީ ލިޔާ ގައިގައި ފަހަތުން ބައްދާލައިގެން…” ދެލޮލަށް ޖަމާވެފައިވީ ކަރުނަ ތަކާއި އެކު އެދުވަހު އޭނާ އަށް ފެނުނު މަންޒަރު ރީޝާ ސިފަކޮށްދިނެވެ. އޭނާ އަށް ހީވި ގޮތް ހަމަ ގޯހީއެވެ. ހުރިހާ ކަމެއް ބަލަން ހުރި ނަމަ ހަމަގައިމު ވެސް އޮޅުމެއް ނޭރީހެވެ. “ޝްޝްޝް ލޯބީ ޕްލީޒް… ތިހެން ރީޝް ރޯތަން ބަލާކަށް ދެނެއް އަހަންނަކަށް ކެތެއް ނުވާނެ… ހުއްޓާލަބަލަ… ހުރިހާ ކަމެއް ކިޔައިދޭށޭ މިއުޅެނީ…” ރީޝާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ގޮސް ޖެހުނީ ރިޔާޝްގެ މޫނުގައެވެ. ރީޝާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަ ތައް ލޮއެއްބާއި އެކު ފޮހެ ދެމުން ރިޔާޝް ތެދުވެ އޭނާގެ ދެ އަތުގެ ހިމާޔަތް ރީޝާ އަށް ދިނެވެ. އެދުވަހު ލިޔާ އާއި އެކު ވީ ކޮންމެ ކަމެއް އޭނާ ވަރަށް ތަފްސީލު ކޮށް ރީޝާ އަށް ކިޔައިދިނެވެ. އެ ދުވަހު ކޮޓަރި ތެރޭން ފެނުނު ގަނޑު ތަކަކީ ރަޖިސްޓްރީ ފޯމު ތައް ނޫން ކަމަށާއި ރަޖިސްޓްރީ އޮތީ ރިއާޝް މެން ކުއްޔަށް ތިބި ގޭގެ ކޮޓަރީގެ އެނދު ދަށުގައި ކަން ވެސް އޭނާ ކިޔައިދިނެވެ. އެއީ އެމީހުންނަށް ވުރެ ކުރިން ލިޔާ ވިލިނގިއްޔަށް ގޮސް ހުރި ގެ އެވެ. އޭގެފަހުން ރަނާގެ އެކްސިޑެންޓްގެ ޙަޤީޤަތް އޭނާ ހޯދީވެސް ލިޔާގެ ކައިރިން ކަމަށް ބުންޏެވެ. އަދި އެއީ ރީޝާ އާއި އެކު އައިސްކްރީމް ބޯން ދިޔަ ދުވަހު ލިޔާ ކައިރިއަށް ގޮސް އޭނާ ކުރި ރިކޯރޑިންއެއް ކަން ވެސް ބުނެދިނެވެ. “ލިޔާ އާ ބްރޭކް އަޕް ނުވެ އުޅެނީސް އަސްލު ރީޝް ކިޑްނެޕް ކުރީ… އެރޭ މަށަށް ރީޝްގެ ތަނޑިގަނޑާ ކަންފަތު ލާ އެތިކޮޅު އެ ގޭ ދޮރު ބުޑުން ފެނުނީމަ މަ އެގެއަށް ވަނީ… ވަން ތަނާ މަށަށް ރީޝް ފެނުނީ އެތާ ހުރި ކޮޓަރި ގަނޑެއް ތެރޭން… ވަގުތުން މަ ޕޮލިހަށް ގުޅީ… ދެން އެރޭ ފަހުން އާޝް މެންނަށް ލިޔާ ބޮއެގެން އިންދާ މަގުމަތިން ފެނިގެން އޭނަ ވެސް ޕޮލިހުންނާ ހަވާލު ކުރީމަ ފަހުން މަ ނޫޅެން ކޮންމެހެން ލިޔާ އާ ބްރޭކް އަޕް ވި ވާހަކަ އޭނަ ކައިރީ ބުނާކަށް… އެދުވަހުގެ ފަހުން މަ މަސައްކަތް ކުރީ ރީޝް ހޯދަން… ދެން މަށަށް ވުރެ ރީޝް ގަދަ ކޮށްގެން ރީޝް ވިއްޔާ މަށަށް ކޮންފެސް ކުރީވެސް… ” އެދުވަހުން ފެށިގެން މިއަދާއި ހަމައަށް ވީ ހުރިހާ ކަމެއް އަކުރުން އަކުރަށް ރިޔާޝް ރީޝާ އަށް ކިޔައިދިނެވެ. ހުރިހާ ކަމެއް ރީޝާ އާއި ހިއްސާ ކުރެވުމުން ރިޔާޝްގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. ރިޔާޝްގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ ހުރިހާ ވާހަކައެއް އަޑު އަހަމުން ދިޔަ ރީޝާގެ ދެލޮލުގައި ކަރުނަ ވިދައެވެ. މިހާރު އޭނާގެ ހުރިހާ ސުވާލަކަށް ޖަވާބު ލިބިއްޖެ އެވެ. ލޯބިވާ މީހުންނަށްޓަކައި، އޭނާގެ ލޯބިވާ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެކަން މިއަދު އޭނާ އަށް ޔަގީން ވެއްޖެ އެވެ. “އަދި ވެސް އޮޅުން ނުފިލާ ކަމެއް އެބަ އޮތްތަ؟…” ރީޝާގެ ބޮލުގައި އޭނާގެ ބޯ ޖައްސާލަމުން ރިޔާޝް އަހާލިއެވެ. “އުހުން.. ނޫން… މިހާރު އެނގިއްޖެ މަގޭ ޔާޝް އަކީ އެސް އާރް ކޭ ކަން… އާން ޝާހު ކޮންމެ ފިލްމެއްގަ ޖައްސާ ކޮންމެ މޫވް އެއް ޖައްސާފަ އެބަ ހުރި ވިއްޔަ…. ތި ލިޔާ އަކާ ރައްޓެހި ވެގެން އުޅުނު ގޮތް ކީ އިރު މަށަށް ސިފަވީ ބާޒިގަރްގައި އަޖޭ ސީމާ އާ ރައްޓެހިވެގެން އުޅުން ގޮތް… އެހާ ވެސް ކުޅަދާނަ… ” ރިޔާޝްގެ ދަތްދޮޅީގައި ހިފާލަމުން ރީޝާ ހީލިއެވެ.” އެހެންވެއޭ މަށަށް ރޮކްސްޓާރ ރިޔާޝް ޙުސައިން ޤާދިރޭ ކިޔަނީ…. “ރީޝާގެ ކޮލުގައި ހިފާލަމުން ރިޔާޝް ބުނެލިއެވެ.
އޮފީސް ނިންމާފައި ގެއަށް ދާން ވެގެން އޮފީހުން ނިކުން ޝަރީފް ޗޮކެއް ކަނޑާލީ ވާރޭ އޮއްސާލުމުންނެވެ. ރީޝާ ރައްޓެހިވެގެން އުޅޭ ކުއްޖާ ވެސް އެމީހުންނާއި ބައްދަލު ކުރަން އަންނާނީ މިއަދު އެވެ. އެހާ ވަރުން އޭނާ ތައްޔާރު ވާން ޖެހޭ އިރު މި ވާރޭ ގަނޑާ ހުރެ ގެއަށް ވެސް އަވަހަށް ނުދެވޭނެއެވެ. ކުޑައެއް ހިފައިގެން ގޮސް ކައިރީގައި ހުރި ކެފޭ އަކަށް އޭނާ ވަނީ ހޫނު ކޮފީ އަކުން އަރު ތެރެ ތާޒާ ކޮށްލާށެވެ.
އަލަމާރީގައި ހުރިއްޔާ ހުރި ހެދުމެއް ނަގައި ގައިގައި ޖައްސާލާފައި އެނދުމައްޗަށް ހެދުން އެއްލަމުން ދިޔަ ރީޝާގެ މޮޔަ ހަރަކާތްކަތުން ބޯ ފަޅައިގެން ދާން ގާތްވެފައި އިން ނަޔާ ފެނި އަހުޝަމް އިނީ ހީ ހީ ހަލާކު ވާން ގާތް ވެފައެވެ. ރީޝާ އުޅެމުން ދިޔަ ގޮތުން އެހާ ހިނިއަންނަ އިރު ނަޔާ ކިޔާ އެއްޗިހިން އޭނާގެ ހިނިގަނޑު ދެ ގުނަ އަށް އިތުރު ވެއެވެ. “ޕިސް ޕިސް ހެޔޮނުވާނެ މަންޖޭ… ތިއުޅެނީ ޖާބިރާ އިންނަން ރަން ކިޔަން ދާކަށް ނޫނޭ…. ސަހާދެއް.. އަހުއްޓި ކަލޭ ވިސްނާލާ ދެން މީނާ ކައިވެނީގައި މަ ފަކީރު އުޅެން ޖެހޭނެ ޙާލު… ޕިސް ޕިސް ބޯ ހަލާކު…” އަނގަ ހުއްޓާނުލާ އިނދެގެން ނަޔާ ރީޝާ އާއި ދިމާއަށް އެއްޗިހި ގޮވަމުން ދިޔައެވެ. މެންދުރު ކާން ވެގެން ނަޔާ އާއި އަހުޝަމް އޭނާ ގެއަށް ގެނައީ ބައްޕަ މެންނާއި ބައްދަލު ކުރަން ރިޔާޝް އަންނަ އިރު ނަޔާ މެން ކޮންމެ ހެން ވެސް އޭނާ ތައްޔާރު ވާއިރު ތިބެން ޖެހޭނެ ތީ އެވެ. ރިއާޝް ނުގެނައީ އެސޮރުގެ އަނގަބޮޑު ކަމުން އޭނާ ލާ ހެދުމަށް ދަންދެން ރިޔާޝް އަށް ފޮޓޯ ފޮނުވާނެތީއެވެ. “ޕިސް ކޮޔާ.. އަޅެ އަހޫ މި ކަޅު ހެދުން ގުޅޭތަ….” އިންޑިއާ ސްޓައިލުގެ ފަޔާ ހަމައަށް އަރާ ވައްތިރި ހެދުމެއް ނަގަމުން ރީޝާ އަހާލިއެވެ. އޭނާގެ ކަމެއް ވުމުން އަހުޝަމަށް ގޮވާލީ ވެސް އެހާ ލޯބިން ނެވެ. “އަހޫ އޭ؟؟؟ لا إله إلا الله މަންޖެ މިއަދު މަށަށް ހާދަ ލޯބި އަރައިގަނެގެން އުޅޭ ދުވަހެއް…” އަހޫ އޭ ކިޔާފައި ރީޝާ ވާހަކަ ދެއްކުމުން އަހުޝަމް ހިސާބަކަށް ފޮނިވެސް ވިއެވެ. އެންމެ ފަހުން ރީޝާ އަށް ކަމުދާ އެއްޗަކަށް ފެނުނީ އެ ކަޅު ހެދުމެވެ. ރީޝާ އަށް ކަމުދާ ހެދުމެއް ފެނުމުން ކުރިއަށްވުރެ ގިނައިން އެއްޗިހި ކިޔަން ނަޔާ ފެށިއެވެ.
ސައިކަލުގައި އިންދާ ވާރޭ އޮއްސާލުމުން ނިޔާޒު އަވަހަށް ހިޔާ ހިސާބެއްގައި ސައިކަލު ޕާކު ކުރުމަށްފަހު ފޭބިއެވެ. ވާރެއިން ސަލާމަތްވުމަށް ޓަކައި އެންމެ ކައިރިން ފެނުނު ކެފޭ އަށް އޭނާ ވަނެވެ. ހުސް އެންމެ މޭޒެއް ވެސް ކެފޭ ގައި ނެތް އިރު ހުސް ގޮނޑިއެއް އިން މޭޒަކަށް ވެސް ހުރީ ދެތިން މޭޒެވެ. ހުސް ގޮނޑިއެއް އިން މޭޒަކާއި ދިމާލަށް ހިނގައި ގަތް ނިޔާޒުގެ މިސްރާބު ނޭނގި ނަމަވެސް ހުރީ ޝަރީފް އިން މޭޒާއި ދިމާއަށެވެ. “މިތާ އިށީނދެލަނީ އިނގޭ…” މޭޒުގެ އަނެއް ފަރާތުގައި އިން މީހާ އަށް އަވަސް ނަޒަރެއް ދިނުމަށްފަހު ނިޔާޒު ގޮނޑީގައި އިށީނެވެ.
ފޯނުން ކިޔަމުން ދިޔަ ޚަބަރަށް ގެއްލިފައި އިން ޝަރީފް އިސްއުފުލާލީ، އޭނާ އާއި މީހަކު ވާހަކަ ދެއްކި ހެން ހީވުމުން ނެވެ. ރަނގަޅަށް ދެލޮލަށް އައިނު ހެޔޮވަރު ކޮށްލުމަށްފަހު އެ މީހަކާއި ދިމާއަށް ބަލައިލި ޝަރީފްގެ ދެލޯ ބޮޑުވީ ކުރިމަތީގައި އިން ނިޔާޒު ފެނިފައެވެ. އޭނާގެ ހިތަށް ބިރުވެރި ކަމުގެ ރާޅެއް ބިންދާލި އިރު މުޅި މީހާ ދާ ހިއްލަން ފެށީ ވެސް އެއްވެސް އިޚްތިޔާރަކާ ނުލައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.




EYYYYYYYYYYHHHHHHH BRWWW.. Mifaharu ma enme furathama vx like dhiny..hahahaha yayyyyyyyyyyy 😃😃😃😃😃😃😃
Eyyyyy kaleyyyyy..obi ingey hama mi bai vx..manje ekm haadhahaa ey dhw molhyyy..hama aiythila badi eh dhey varu vey 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Ey brw manje aa yaash dhonbe ge bai kiyan in iru ma vx iny ladhun..eyoh lwbi dialogue thakeh dhwwww..damnnnn😂😂😂😂😂♥️♥️♥️
Ey dhn bechy ey ingey ma..vhk liyan mi gady mi iny..byeeeeeeeee
Lwbi vey hes kiyaaha ♥️😘♥️♥️♥️
Ey btw aash brw ge part ga hana liyefa inyma ma dhiyaee hama sissaigen..brw eii anekkaa typing mistake eh thr??ma beynunvaa meehaa fahari akh nulinijjeyyaa aash brw meehakaa inaka nudheynan aan 😭😭😭
Oihhhhhhhhhhhh…. Klwww ey vrh zamaan kohfa dhw anehkkaa vx e record thi libunyyy.. Maruhabaa manjeyy.. Ey no mabunan jeheynee Shukuriyyaa ey dhw🤔uhn ain?? Ok dheythi vx bunaanan.. Congra and thanks vvv much bab…. Mi mi mibuny babukeylaa… Mi aneyh hus noonu vx laifa🤗banbukeylaa… (😬eyhchaku anehkkaa mithaa therey bavaa nulaifihyyaa vaa rangalhu)
Ahdheyyyy manje vx hama haadha hayyey molhy engey tha.. Ma cmnt kuran enme thiriyah dhiya iru mi aarifaa iny faadehgge gotheh hadhaafa.. Cmnt nuvx kurevunu.. Ai foohyga ma ehaa dhuvas kohfa mi balaily up kohfa in thw.. Dhn belyru alun login vaan jehuny… Manje avahha up kurahchey..
Awwnnn hageegathuga vx aharun hama ehaa loehbeh noon tha alhe🙊🌹
Aan haadha curious ey manjge vhk ah.. Avahah sub kuran nahttaayaa…
Aaan lwbi vey ma vx heskiyaah.. Dhn engeynu nubungnas dhww😏
Hanaaa eyy??? Aiinnn ehen tha inyyy??? Klwww gayaaa🤦🤦😮😮😮😮😮😰😰😰😰😟😟😱😱😱😱😱shitt brwww whattt srsly???.
Ey ma vx adhi eboathey vhk eh bunan vefa manjege vhk ah.. E ulhey zara aa kaaku tha… Dhn e ulhey soru.. Hmm e dhegolaa ulhey gothun klw mashah sifa vany mashaa th*******i… U getu.. Aan adhi klw reyga ehnu huvafeneh fenuny🤣🤣🤣🤣klw egolaa aa mashaa innan egolaa mainbafain gaboolu nuvee oa… Tha*******i ge… Klw hama firaashaa aa siraaju.. Hahah hama fala fala muskulhi dheythin… E dheythi magey koa mathy alhuvaa vx li ingey tha🤣🤣🤣ma heylaafa handuaan vee aharun maitunnaa behey gothun vrh ehchihi keemehnu… Dhn klw adhi mashaa tha** aaa innan ehbas nuvy🤣🤣🤣🤣🤣🤣.. Okay vrh salaam.. Taaa taaa.. Ma kal ho naa balan fashaafa e nubeligenney miulheny.. Aman vehttey hisaabun wifi dhiyaee… Okay kendy
ohh noooooo
what is going onnn
eyy manjeyyy im in lovee mihaaru.. ingeytha… eii mi storyyyy wowwww like so ****ing muchhhhhhhh
imm curiousssss
eyy inthizaaru ga ingye ma adhi miulheny naayathu kohhfa in comentah vx reply nudhee enme furathama vx manjege vhk mi kiyaalee eynage vhk vx nukiyaa 😂😂😁
ok lyy sweatheartttt
byeeee
What’s going on????
Even i donno brww😕😕😕😕
Ainnn manje kaaku dheke lwbi veee???.
Alheyyyy haadha rangalheyyyy… Ma miulheny mi esfiya ah faadehggeyotheh hadhaafa inyma manjege vx naayattegevx vhk ah cmnt nukurevigen
Yess love u tooo sugar heart ♥
Bye 👋
Ey kalw haadha lwbey dhw yaash lhiyanbe yaa dhegollaa….
Maadha Allah
Ma hini gandu falhaihen dhiyaee reesha kairy nayaa bunyennu jaabiru ey something eyy
Every dhn koyaa liyaa ehchehi
Shared AA e badhalu vee kaaku thaaaa
Koyaa avahah up kuraathi
Ma vrh keh Madhu vejje
Reply for @Chuku chuku hoagayaa
Ey kalo lwbi vaane dhw dhn
Sukr
Hahh@ aaan jaabiraa innan ran kiyan dhaakah noono thiulheny kee🤣🤣🤣
Hahaha ma liyaaney fahkaa ehchihi
Shareef aa bahdhalu vi meeheh engeynee shareef akahnu.. Ey kaley magey bahppa ah namun nugovaathi😡ey oops ma vx namunney dhw mi kiyany.. *bahppa*
Kaley thibuny avahah up kuraashey. Magey mi episode vx 18 ga su:it kohfin.. Ekam up e vee 21 ga😡😡😡😡
Hmm next part liyamunney mi dhany haas kandaaalaaaa