އަނެއްދުވަހުގެ މެންދުރު ފަހު ރީޝާ އާއި ރިޔާޝް ސްޓޫޑިއޯ އަށް ދިޔައިރު ނަޔާ އާއި އަހުޝަމް އުޅުނީ ފޮޓޯ ތައް އެޑިޓް ކުރުމުގައެވެ. އެމީހުން އެޑިޓް ކޮށްފައި ހުރި ފޮޓޯތައް ރީޝާ މެންނަށް ދައްކާލުމުން ރީޝާ އާއި ރިޔާޝް ތިބީ ވާ ވާ ކިޔާލަ ކިޔާލަ އެވެ. ކޮންމެ މީހަކަށް ވެސް އެމީހަކަށް އެންމެ ކަމުދާ އެމީހެއްގެ ފޮޓޮއެއް އިޚްތިޔާރު ކުރުމަށް އަހުޝަމް ބުންޏެވެ. އެންމެން ވެސް އިޚްތިޔާރު ކުރީ ހުޅުމާލޭގައި ނެގުނު ފޮޓޯ ތަކެވެ. “ހްމްމް ރީޝް ހަމަ މޮޅިއްޔޭ…” ރީޝާގެ ކޮލުގައި ހިފާލަމުން ރިޔާޝް ބުނުމުން އެންމެން ވެސް އެކަމަށް އެއްބަސް ވިއެވެ. “އޭ މަށަށް ހާދަ ރީއްޗޭ މި ޑަސްބިން ފޮޓޯ… ސަހާދެއް މިބުނީ… ރޭގަ މި ސްޓޯރީއަށް ލީމާ ވެސް ގޮލަ ގޮލާ ކިޔޭ ކުނި ތަކު ތެރޭ ވިޔަސް އަސްލު ވަރަށް ސަޅި އޭ… ޔާޝް ދޮންބެ ކައެ އައިޑިއާ މޮޅީ ހަމަ…” ޑަސްބިން ތަކު މަތީ ނެގި ފޮޓޯ ދައްކަމުން އަހުޝަމް ބުންޏެވެ. ދެން އޭނާ ޕްރިންޓް ކޮށްލީ އެންމެން ވެސް އިޚްތިޔާރު ކުރި ފޮޓޯތައް އެއް ފޮޓޯ ގަނޑެއްގެ ގޮތުގައެވެ. އޭ ފޯ ސައިޒުގެ އެ ފޮޓޯ ގަނޑު ފްރޭމް އަކަށް ލުމަށް ފަހު ސްޓޫޑިއޯ ގައި އޭނާ އެ ފޮޓޯ ހަރުކޮށްލިއެވެ.” ރައްނު ނެތީމަ ދޯ…. ރައްނު ތި ފޮޓޯ އަށް އަޅެ އެޑް ކޮށްލި ނަމަ… ” މޮޅިވެރި އަޑަކުން ރީޝާ ބުނެލި އިރު އެކަމުން އެންމެ އަސަރު ކުރީ ރިއާޝް އަށެވެ. ރަނާ މަތިން ހަނދާން ވުމުން ހިތުގައި މާޔޫސް ކަން އުފެދުނީ އިންތިހާ އަށެވެ. ރަނާ އަށް އަވަސް ޝިފާ އެއް ދެއްވުން އެދި ދުޢާ ކުރެވުނެވެ. މިވަގުތު އޭނާގެ ހިތް އެދި ގޮވަން ފެށީ ރަނާގެ އަޑު އަހާ ލުމަށެވެ. ނަމަވެސް ރީޝާ މެން ގާތު މިފަދަ ގަޑިއެއްގައި ގުޅަން ބުނަން ޖެހިލުން ވިއެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟ އޭނާ އަބަދުވެސް ހަމަ ރަނާ މަތިން ހަނދާން ވީމަ އެންމެން ތެރޭ އިނދެފައި ގުޅާލަނީ ނޫން ހެއްޔެވެ؟ އެކަމަކު މިފަހަރު ޖެހިލުން ވާންވީ ކޮން ސަބަބަކާއި ހުރެ ހެއްޔެވެ؟
****************
ހަފްތާގެ ދުވަސްތައް ފާއިތުވެގެން ހިނގައްޖެއެވެ. އައު ހަފްތާ އެއް ފެށުނީ ބަރަކާތްތެރި ހުކުރެއްގެ ފަތިސްނަމާދު ބަންގީގެ އަޑުންނެވެ. އިސްލާމީ މަރުކަޒުން ފައިބައިގެން ފަތިހުގެ ފިނިކަން އިޙްސާސް ކޮށްލުމަށްޓަކައި އަހުޝަމް ކޮތަރު ޕާކަށް ދިޔައީ ރިއާޝް މިސްކިތަށް ނައުމުން އެކަމާ ޗުކު ޗުކު ތަޅުވަމުންނެވެ. ކޮތަރު ޕާކަށް ހަމަ ވަދެވުމާއި އެކު އަހުޝަމްގެ ހިތް އޭގެ މަގާމު ދޫކޮށް ފޭބި ކަހަލަ އެވެ. ކޮތަރު ތަކުގެ މުރު މުރު އަޑާއި، ރާޅު ތައް އައިސް މާލޭގެ ތޮށި މައްޗަށް ބިންދާލާ އަޑާއި، ގަސް ގަހުގެ ގޮފިތައް ހެލޭ އަޑު ނޫން އެހެން އަޑެއް އެތާކުން ނީވެއެވެ. ދަމަކުން ބަޑި އެއް ޖަހާހެން ދުއްވާ އެއްޗެއް ދާ އަޑު އިވިދާނެއެވެ. ގައިގައި ބީހުނު ފިނި ފިނި ވައިރޯޅި އާއި އެކު އަހުޝަމް އަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މިއޮއް ހުރިހާ ދުވަހު މާލޭގައި އުޅުނު އިރު ވެސް މިހާ އަރާމު ދުވަހެއް އޭނާގެ ޙަޔާތުގައި އައި ހެނެއް ހިއެއް ނުވެއެވެ. ކޮތަރު ތައް އައިސް އޭނާ ވަށާ އުދުހެން ފެށުމާއި އެކު އަހުޝަމް އަށް ވެސް މަޑު މަޑުން އެނބުރިލެވުނެވެ. އޭނާގެ އެ މިނިވަން ޢަމަލުތައް ދެކޭ ކަށް އެތާކު މާ ގިނަ ބަޔަކު ނުވެސް ނެތެވެ. ދުރު ހިސާބެއްގައި މުސްކުޅި ދެމަފިރި އަކާއި އެހެން ދިމާލެއްގައި އިން ދައިތަ ގަނޑެއް ފިޔަވާ އެހެން އެކަކު ވެސް ނެތެވެ. ޕާކުގައި އޮތް ފެހި ވިނަގަނޑު މަތީ އިށީންނަން ދިމާކުރި އަހުޝަމްގެ ލޮލުގައި އަޅައިގަތީ އެދިމާލުގައި ހުރި ރުކެއްގެ ކައިރިއަށް ވެއްޓިފައި އޮތް ކަރުދާސް ގަނޑެކެވެ. މަގު މަތިން ފެންނަ އެއްޗިހި އާންމު ގޮތެއްގައި ނުނަގާ މީހަކަށް ވިޔަސް އަހުޝަމްގެ ޝައުގުވެރިކަން އެ ކަރުދާސް ގަނޑަށް ދެވުނެވެ.
ފަރީދާ ގެނެސްދިން ކޮފީ ތަށީގައި ހިފާލި ރިޔާޝް އަށް ފަރީދާގެ މޫނުމަތީގެ އަސަރުތައް ފެނި ސުވާލު ކުރެވުނެވެ. “މަންމަ ކޮން ކަމަކާ ވިސްނަނީ؟…” ރިޔާޝްގެ ސުވާލުން ފަރީދާ ކުޑަކޮށް ބޯ ހޫރުވާލިއެވެ. އެހެން ނަމަވެސް ރިޔާޝް އަނެއްކާވެސް ވީ ކީއްތޯ އެހިއެވެ. “ދަރިފުޅާ… ރީޝާ އެއީ ދަރިފުޅު ކުރިންސުރެ ވެސް ދަންނަ ކުއްޖެއްތަ؟” ރިޔާޝް ކައިރީ އިށީންނަމުން ފަރީދާ އެހިއެވެ. “ކުރިން ސުރެން.. އަމްމް އާން މިހާރު ހަތަރު އަހަރު ވެއްޖެ ރީޝް އެނގޭތާ.. ދެން އާޝް އަށް އެނގޭނެ… ރީޝް މެން ގްރޭޑް ވަން އިން ފެށިގެން އާޝް ނިކަން ޕާޓު ވާނެ…. ކިހިނެއްވީ؟” ކުރުގޮތަކަށް ރިޔާޝް ބުނެލިއެވެ. “އެހެންތަ… ޝަރީފް އެއީ ހަމަ ރީޝާގެ ބައްޕަ ތަ؟” އަހަން ނާހަން ހުރެފައި ވެސް ފަރީދާ އަހާލިއެވެ. “އާން.. ޝަރީފް ބެ އެއީ ހަމަ ރިޝާ ބައްޕަ… ކިހިނެއްވީ؟” ފަހަތުން އައި ރިއާޝް އަށް އެ އަޑު އިވިގެން ބުންޏެވެ. ރިއާޝް އައުމުން އިތުރަށް އެވާހަކަ ދައްކާ ޚިޔާލެއް ފަރީދާ ނުކުރިއެވެ. ކަމެއް ނުވާކަމަށް ބުނެ ދެ ކުދިންގެ ޖޯޑު ހިފައިގެން އޭނާ ދިޔައީ ބަދިގެއަށެވެ.
ކައިރި ގެއަކަށް ކޭކޭއް ޑެލިވަރީ ކުރުމަށްފަހު އެ ގެއިން ނުކުން ރީޝާ ސިހުނީ މީހަކު އޭނާ ގެނެސް އެ ގޭގެ ފާރުގައި ލައް ކޮށްލާ އަނގަމަތީ އަތް އެޅުމުންނެވެ. ރީޝާގެ ދެލޯ ބޮޑުވެފައި ހުރި އިރު އެ މީހެއް މޫނު ފޮރުވާފައި ހުރުމުން އޭނާގެ ހިތް ވެސް ބާރު ބާރަށް ތެޅެން ފެށިއެވެ.
“އަހަރެންގެ ގަލަމުގެ ކުލަ ފަނޑު ވަންދެން ލިޔާނަމެވެ. މި ހިތުގެ ވޭން ތަކަށް ނިމުމެއް އަންނަން ދެން ލިޔާނަމެވެ. މި ހަށިގަނޑުން އޮހޮރޭ ލޭ ހުސްވަންދެން ލިޔާނަމެވެ. މި ޖިސްމަށް ލިބޭ އަނިޔާ ތައް ހުއްޓެން ދެން ލިޔާނަމެވެ. އާނ އެކެވެ. އަދި ވެސް މި ލިޔަނީ ހަމަ އެއް ވާހަކަ އެކެވެ. އަހަރެންގެ މި ކަޅު އަނދިރި ޙަޔާތުގެ ވާހަކަ އެވެ. ނިމޭނެ ކަމުގެ އުންމީދެއް ނެތް ބިރުވެރި މި ޙަޔާތުގެ ވާހަކައެވެ. ވަކި ތޫނު އަތް ތައް ގިނަ، ހަރު ހިތް ތަކުގެ ވެރި އިންސާނުން ދިރިއުޅޭ މި ދުނިޔޭގައި އަހަރެންގެ ނިކަމެތި ކަމުގެ ވާހަކަ އެވެ. އަހާށެވެ. މަގޭ ޙަޔާތުގެ ހުރި ހަމައެކަނި މަގޭ އެކުވެރިޔާއެވެ. މަގޭ ހުރިހާ އިޙްސާސް ތަކަކާއި ކެކުޅުން ތަކެއް އެއްވެސް ޝަކުވާ އަކައި ނުލާ އަޑު އަހާ މަގޭ ޙަޔާތުގެ ބައިވެރިއާއެވެ. މިއަދަކީ ވެސް ހަމަ އިއްޔެ ފަދަ ދުވަހެކެވެ. މި ހަފްތާ އަކީ ވެސް ހަމަ މިދިޔަ ހަފްތާ ފަދަ ހަފްތާއެކެވެ. މި މަހަކީ ވެސް މިދިޔަ މަސް ފަދަ މަހެކެވެ. މި އަހަރު ކީއްކުރަން ހެއްޔެވެ؟ މިދިޔަ އަހަރެކޭ ތަފާތެއް ނެތެވެ. ދައްކާނެ ވާހަކަ ހުހެއް ނުވާނެއެވެ. ލިބޭ އަނިޔާ ތައް މަދެއް ނުވެއެވެ. އެކަމަކު ނުލިބޭނީ ހަމަ އެންމެ އެއްޗެކެވެ. މަގޭ މި ވާހަކަ ތައް އަހާނެ ކަންފަތެކެވެ. އެއީ މިއަދު އަހަރެން އެންމެ ބޭނުންވާ އެއްޗެވެ. އެކަމަކު ލިބެން ނެތް އެއްޗެކެވެ. އަހަރެންގެ ނަސްލެއް ނަސަބެއް އަހަންނަކަށް ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ މަގޭ މަންމަ އެއް ދުނިޔޭ ގައި އިން ކަމެވެ. އެ މަންމަ ބަލި އެނދުގައި އޮވެގެން މަށަށް ޓަކައި އަޅާ ކަރުނަ ތައް ވެސް ކޮންމެވެސް ދުވަހަކުން ހުއްޓޭނެ ކަމެވެ. އެ މަންމަ އަށް ހިނިތުން ވުމެއް ހޯދާ ދޭން ވެސް މަށަށް ކުރެވޭނެ ކަމެއް ވަކި ނެތެވެ. ގޭތެރޭ ވެސް އަރާރުމެވެ. ޒުވާބެވެ. އެކަކު އަނެކަކާ ޖަގަޑާ ހެދުމެވެ. އަހަރެންގެ ބައްޕަ އެއް ނޭނގި މަށަށް އަޅާލާން ހުރި މަންމަ ވެސް ވަނީ އަހަންނެކޭ އެއްފަދައިން މި ފަނާވަނިވި ދުނިޔޭގައި އޮޔާ ބެހިގެން ގޮސްފައެވެ. އެއްބަނޑު ބޭބެ މެންނާއި ދައްތަ މެން ވެސް މީސް މީހުނާއި އިނދެގެން ހިނގައްޖެއެވެ. އެންމެ ފަހު ބޭބެ ވެސް ރާއްޖެ ތެރޭ މީހަކާ އިނދެގެން ގެއިން ނުކުމެގެން ހިނގައްޖެއެވެ. އަހަންނަށް ރަނގަޅީ ދެން ދުވަހަކު ވެސް އެނބުރި ނައިއްޔާއެވެ. ކިރިޔާ ވެސް ހަށިގަނޑަށް ތަސައްލީ އެއް މި ލިބުނީ އަދިކިރިޔާއެވެ. އެކަމަކު ދެން އޮތީ ސިކުނޑިއަށް ބޮޑު ތަސައްލީ އެކެވެ. މަގޭ މަންމަ އަށް ކާން ދީ ބޯންދީ ހަދަން މަ ކުރާނީ ކީއް ހެއްޔެވެ؟ ގެއަކުން މަސައްކަތެއް ކޮށްލަން ދޭތޯ އަވައްޓެރި ގެއަކަށް ވަނީމެވެ. އަހަރެންގެ ގެއަށް ވުރެ ތަންކޮޅެއް ފެންވަރެވެ. އެގޭ ދައްތަ އަށް އަހަރެން ހަމަ ފެނުމާއި އެކު އަތުގައި ހިފައި އެގެއިން ނެރެފިއެވެ. އަހަންނާ ދިމާއަށް ނުގޮވާކަށް އެއްޗެއް ނެތެވެ. ކަރު އެލުވާލާފައި ހުސް އަތާއި އަހަރެން އެނބުރި ގެއަށް އައީމެވެ. މަންމަގެ ކުކުރާލުމުގެ އަޑު ކޮޓަރިން އިވުމާއި އެކު ދުވެފައި އަހަރެން ކޮޓަރި އަށް ވަނީމެވެ. ފެން ބޮވައިގަނެގެން އެފަކީރުގެ ދެލޯ ވަނީ ކަޅި އަރާފައެވެ. ބޯލާނެ ސާފު ފެންފޮދެއް ހުރި ތޯ މުޅި ގޭތެރެ އަހަރެން ހޯދީމެވެ. މަންމަގެ އެނދު ދަށުން ފެނުނު ފުޅީގެ ފުލުގައި ފެން ތިކެއް ހުއްޓެވެ. އެ ފެން ފޮދު މަންމަގެ ތުމުގައި ޖެއްސުމާއި އެކު އޭގެ ވެސް ދެބައި ކުޅަ އެއްބައި ކަރު ތެރޭ ތާށިވެ ކޮށި އަރައިގެން ނުކުތީ އަނގައިން ބޭރަށެވެ. ހަދާނެ ގޮތް ހުސްވެފައި އަހަރެން މިހެން ކިހާ ދުވަހަކު އިންނަން ޖެހޭނެ ބާއެވެ. މި ބާ ވީރާނާ ވާން ގާތް ވެފައިވާ ގެ ގަނޑުގެ ތަނބު ތައް ބިމާއި ހަމަ ވަންދެން….. ” އެ ކަރުދާސް ގަނޑުގެ ދެފަރާތުގައި ލިޔެފައިވާ އެއްޗިހި އެއްކޮށް ކިޔައި ނިމުނު އިރު އަހުޝަމްގެ ދެލޮލުން ކަރުނަ ފައިބައެވެ. މިއީ މީހަކު ލިޔެފައޮތް ވާހަކަ އެއް ނަމަ ލިޔުންތެރިޔާ ހަދަހާ ކުޅަދާނައޭ އޭނާގެ ހިތަށް އެރިއެވެ. ނޫނީ މިއީ ހަމަ ޙަޤީޤަތުގައި ވެސް މީހެއްގެ ހިތުގެ ކެކުޅުން ތައް ކަމުގައި ވާނަމަ އެ މީހަކަށް ޓަކައި އޭނާގެ ހިތް ހަމްދަރުދީ އިން ފުރިއްޖެ އެވެ. އެ ހިތުގައި ދިލަ ވޭނެއް އެވަގުތު އަޅަމުން ދިޔައިރު އެ ކަރުދާސް ކޮޅު ފަތް ޖަހާލުމަށްފަހު ޖީބަށް ލަމުން ދެލޮލުން ކަރުނަ ފުހެލިއެވެ. އެނބުރި ސައިކަލަށް އަރަން ދިޔައިރު ވެސް އަހުޝަމް އަށް ވިސްނެމުން ދިޔައީ އެ ކަރުދާސް ގަނޑުގައި ލިޔެފައިވާ އެއްޗިއްސާއި މެދުގައެވެ.
ކަޅު ހޫޑީއެއް އަޅައިގެން ހުރި ފިރިހެނެއް އޭނާ އާއި ގާތް ވާން ފެށުމުން ރީޝާގެ ލޯލިތައް ކޮޅަށް ޖެހުނެވެ. އެ މީހެއްގެ މޫނު ކަޅު މާސްކަކުން ނިވާ ކޮށްފައިވާއިރު ބޮލުގައި ވަނީ ޒާތަކަށް އޮތް ތޮތްޕެއް އަޅާފައެވެ. އެމީހާ އަޅައިގެން ހުރި މާސްކް ނެގުމާއި އެކު ރީޝާގެ ދެލޯ ބޮޑުވެ ހިތް ތެޅިގަތެވެ.
ނަޔާ އާއި އިމްހާ ކޮމެޑީ ލޭންޑްގެ ސްޓޫޑިއޯ އަށް ދިޔައިރު ރިއާޝް އާއި ޒައިޝާ އެތާ ތިއްބެވެ. ކުޑަކޮށް ކުނިކަހައިލާ ސާފު ކޮށްލަން ތިން އަންހެން ކުދިން ފެށިއިރު މި ރޭގެ ޝޯވ އަށް ތައްޔާރު ވާން ރިއާޝް ފެށިއެވެ. ނިމިދިޔަ ދިވެހި ޕްރިމިއަރ ލީގުގެ އުސްއަލިތައް ފާހަގަ ކޮށް ތަފާތު ކަމެއް މިރޭގެ ޝޯވ ގައި ކޮށްލެވޭތޯ ބަލަން ގޫގުލް ހާވަން އޭނާ ފެށިއެވެ. “އޭ އަޅެ ރައްނު ކިހިނެއްތަ މިހާރު؟..”ފިހިގަނޑު ހުންނަ ތަނުގައި ފިހިގަނޑު ބަހައްޓަމުން ޒައިޝާ އަހާލިއެވެ. ” ދެން އަދިވެސް ހަމަ ދުވާލަކު އެއްފަހަރު ތެރަޕީ ނަގާ… މުޅި އެކުން ރަނގަޅު ވާނީ އަދި ދެ އަހަރުގެ ފަރުވާ އަށް ފަހު އޭ އޯ ޑޮކްޓަރު ބުނަނީ… ” ޕްރިންޓަރު އޮން ކޮށްލަމުން ރިއާޝް ބުންޏެވެ. “ރައްނުގެ ކަމެއް ވިއްޔާ ހަމަ އެންމެ ރަނގަޅަށް އެނގޭނީ އާޝް ބްރޯ އަށް…. ދޯ ތުއްތު މަނިކުބޭ…” އިމްހާ ކައިރީ ސޯފާގައި އިށީނދެލަމުން ނަޔާ ހިނިގަނޑެއް ޖަހާލިއެވެ. “ހޫމްމް…. މަށަށް ހީވަނީ އާޝް ބްރޯ ވެސް އެބަ ކަމެއް ހިންގާ ހެން..” ނަޔާ ދިން ސުޕާރި ކޮޅު އަނގަޔަށް އަޅާލަމުން އިމްހާ ރިއާޝް އާއި ދިމާ ކޮށްލިއެވެ. “އެހެން ބުނަން ރަނގަޅޭ… މަ ދެކުނިން އިއްޔެ ވެސް މި އިމްކޮ ކޮންމެސް ފިރިހެން ސޮރެއްގެ ކޮލުގަ ހިފާފަ އިން ފޮޓޮއެއް ސްޓޯރީ އިން… ކޮޔާ ވަކި ކަމެއް ނުހިންގަން ދޯ؟…” ނަޔާ އަތުން ސުޕާރި ޕެކެޓު އަތުލައި އެއްކޮށް އަނގަޔަށް އަޅާލަމުން ރިއާޝް ބުންޏެވެ. “އޭ ކަލޯ…. މަގޭ ސުޕާރި ކޮޅު… ކަލޭ… ހަމަ ސަހާދެއް މިބުނީ.. ބިރިޔާނީ ދޭން ޖެހޭނެ ބަދަލަށް…. އެ ރީސާ ވެސް އަދި ޔާޝް ދޮންބެ ލިބުނީމަ މަށަށް ދަރާފަ އޮތް ބިރިޔާނީ ނުދޭ…. ހުރެ ބަލަ ނިކަން…” ރިއާޝް ފައިގައި ޖަހާ ކޮއްޕާލަމުން ނަޔާ ހަޅޭއްލަވައިގަތެވެ. ރީޝާ އާއި ދެމީހުން ތިބެނީ އަބަދު އެ ޙާލެއް ގައެވެ. ކާ އެތިކޮޅު ގެއްލިއްޖެއްޔާ އެ ދެމީހުންނަށް އެ އަރާ ވަރަކީ ދުނިޔޭން މީގެ ކުރިން މީހަކަށް އަރާފައިވާ ވަރެއް ވެސް ނޫނެވެ. މި ވަރުގެ ބަޔަކު މިހާރު މި ރާއްޖޭގައި އުޅޭނެ ހެންނެއް ހީއެއް ނުވެއެވެ.
“ހުސެން؟؟…. ” ކުރިމަތީގައި ހުރި މީހާ ފެނި ވައި އަޑުން ރީޝާ އަށް ބުނެވުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.




Klw klw klwww.. Hama gadiyah mi lavvaalee.. 1 minute ago oa.. Furathama like vs mi dhiny ma.. Hahaha kulhadhaana eh noon thr alhe..
Anekkaa kaakubaa ahu ah libunu gandu liyefa e othy.. Ma vx dhera vejje aslahvx e kiyaaha ..
Aash brw ah ingeynu rannu viyyaa.. Hahahah
Mi husein mee kaaku mhr.. Pss pss.. Ma boa govaifi mhr.. Adhi meehchaku nulafaa kamun mashah kiyaidheneekee vs nooney ehcheh.. Vrh foohivey.. Huh
Eyy supaari.. Hahaha.. Ma athuga hus nuvaa vrh abadhus hunna ehcheh eii.. Lol.. Meehakah nuvs dheynan bunyyas.. Haha
Anyways mi prt vs vrh obi.. Dhany ey dhn.. Interval ah ais mi ulheny vs.. Byeeeeeee
Lwbi vey inthihaa ah❤️❤️❤️😘😘
Reply for @Nayaa
Ahdhey dhww… Hmmm manje haa kulhadhaana eh nuvaane ekaku vx… Saabaheyy dhariyyaa…. Manjey alhe manje vhk ah ma kuri cmnt thah dhiya tha? Ma haadha vareh viyey manje vhk kiyaafa…
Ooon ahutti dhw.eii hama randome vhk fothehgge gandekey heekohllaa.. Ahutti ge ihusaas thakaa kulhelaa dhn eyna ge vx hitheh onna kan dhahkaalan vegen aslu genai scene eh eii… 👍
Aaan enmenah vx enge ey aash brw ah libeynee rannu kan.. Ekm hama manje ah vehjjehyyaa oa.. (🤗🙊🙊🙊😆😆😇😈😈😈😈😈😈😈)
Husen vx engeyne anehbai keema… Manje heekuraa haa faseyha akun masheh dhuleh nukuraanamey… Ahanmadhaa kaasimaa iburaahimaa ismaailu vx mithaa there ah vahdhaafa dhookuraany.. Heeeheeheeee manje ah kiyaidhemehnu kurin.. Eii ma sikundi lha kamun ehcheh nuvisnan vegen.. Ekm mihaaru manje buneethee ma mi sikundeege beynun kurany eyyy.. Shukuru kohbala…
Aan mashah engey supari eii manjege dress code ge baeh kan… Ehenve ey nayaa kiyaifiyyaa biriyani aa supari huhnany….
Aan koyaa ma vx eh irehga ulhunin thihen interval ah geah ais thelhen.. Ekm mihaaru ge buduga huryru vx schl ga interval gady sakaraai gannany 🤣🤣👍👍👍
Aaarn ma vx lwbi veyy inthihaa..
Manjey mashah handhaan kohdheythi dhn faharakun ma copy past kohfa cmnt fohelan..
aha? mihaaru kon huseyneh hasaneh haasineh araafa miothy…😆
ma huree adhi varah velaafa eyy mi nayaash ge zuvaabugandeh annaane kamah heekohffa.. varah molhu vejje eh nun…🤦♀️🤦♀️🤦♀️😌
eyyy kalo mibai miothy haadha habeys konneyy😘😘😘💯💯💯
mashah kiriyaa nurovuny eyndha diary liyefa in thanolhu kiyaafa. hama enme asarukuree e fakeeru eynaage manma ah fenfodhu dhin thankolhu… reesh heevanee ethankolhu experience kohhfa liyefa in thankolheh hen NO OFFENCE🤫🤫🤫🤫
eyy kalo mibai hessah salhi ingey… dhen ves biriyaany ah nudharaa varun ulheythi… laa ilaaha illa allah kaakan neygunas kaalaa anheneh eii…😂😂😂
hahahahaha
eyy ma dhanoo nidhan byee lobs kolhuu❤❤❤
Reply for @His Beastess
Eyyy koyaa maany dhww.. Haha “naayaa kon hasanehge vhk eh tha thikiyany? Dhn bunefaane hasaneh nooney haasinekey..” klww akmal ge dialogue.. I miss raasthaa😭😭😭ahdeyyy manje heekury zuvaabeh naannaane kamah tha?.. Heevey tha e golaa ge zuvaabeh nugenes mi episode nimunas e scene nimeyne hen?… Anna Episode ga onnaaney ebai.. Seedhaa hoonu kalhu sayaa faarihttaa ekee Riaash aa Nayaa ge zuvaabeh onnaanee.. Manje hurebala balan..
Aan aaan manje bunaa gothun hurihaa baeh vx habbu.. Ey koyaa btw vrh sorry engey manje vhk ah cmnt nukureveythee… Adhi nuvx kiyan 2nd aa 3rd..eh mi cmnt ah reply dheefa ma kiyaanan..
Klww ethankolhu ma hama liyuny.. Liye ninmaafa nuvx kiyan… Alheyyy manma part vrh touching tha?… Ekm koyaa ma experience eh nukuran engey… Eii hama imagination..
Klww Kihineh tha biriyani ah nudharaa ulheynee vxx.. 😭😭e golaa kiriyaa kameh kohlaa irah bunaane biriyaany dheynnn😭😭😭
Aan ekeyyy…
Aan ma vx dhany manje vhk kiyaafa update kiyaafa naaunmeedhu balan.. Adhi keumaa nidhun vx eba oiy faheh jehumuge kurin…