Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ތީ އޭ ހަނދަކީ 13

ReeshA CoronA
ReeshA CoronA Level 410 Stories100 Comments100 Login
July 3, 2022 6 Mins Read
21 Comments

 

“އެހެމް އެހެމް… އެކާވީސް އޮގަސްޓް ދެހާސް އެކާވީސް… އެކާވީސް ގަޑި އެކާވީސް… މަރިޔަމް ރީޝާ ޝަރީފް އަދި ރިޔާޝް ޙުސައިން ޤާދިރު ލޯބިވެރިންގެ ލިސްޓަށް… މަރުޙަބާ މަރުޙަބާ… “ރީޝާ އަދި ރިޔާޝް އަށް އެކަކު އަނެކަކާއި ދުރުވެލަން ޖެހުނީ އަހުޝަމް މެން އައިސް ދިމާކުރަން ފެށުމުންނެވެ. ރިއާޝް އާއި އަހުޝަމް ނަށަނަށާފައި ލޯބީގެ ލަވަ ތައް ކިޔަން ފެށި އިރު އަންހެން ކުދީންތައް އެ މަންޒަރު އެ ކުދިންގެ ފޯނު ތަކުގައި ރައްކާކުރަމުން ދިޔައެވެ.  “ހިނގާ ކޭކު ފަޅަން…” ކޭކު ކާ ހިތުން ނުހުރެވިގެން ރިޔާޝް ދުވެފައި ކޭކު ބައިންދާފައި އިން މޭޒާއި ދިމާއަށް ދިޔައެވެ. ރީޝާ ވެސް ރިޔާޝްގެ ފަހަތުން ދުވެފައި ގޮސް ވަޅި ނެގިއެވެ. ހިތެއްގެ ބައްޓަމަށް އަޅާފައި އޮތް ކޭކުގައި ވަނީ ރިޔާޝް އަދި ރީޝާގެ ނަން ލިޔެފައެވެ. ކޭކު ފެޅުމަށްޓަކައި ރީޝާ އާއި ރިޔާޝް ވަޅީގައި ހިފާލި ވަގުތު އަހުޝަމް ލަވައެއް އަޅުވާލި އެވެ. “އޭ ކޮބާ ބިރިޔާނީ ދޭން ވާނެ އެނގޭ….” އެއްކަލަ ނަޔާ އަށް ބިރިޔާނީ ދޭން ޖެހުނީ އެވެ. “ޕިސް ޕިސް އަނެއް ހަ ކަންތައް… މަންޖެ ކީއްތަ ވާނީ މަށަށް ނާސިގޮރޭ ގެނެސް ދިނިއްޔާ..” ރިޔާޝް އަށް ކޭކު ކޮޅެއް ލަވާލަމުން ރީޝާ ބުންޏެވެ. “އޭ އަސްލު ޔާޝް ދޮންބެ ދޯ މަންޖެ އަށް ނާސިގޮރޭ ދޭނީ.. އެކަމު މިކަމުގެ މުނާސަބަތުގައި މަށަށް ބިރިޔާނީ އޮންނަން ވާނެ… މަށެއްނު މި ތަން ރެޑީ ކުރުމުގައި ވެސް އެންމެ އިސްކޮށް އުޅުނީ… އަނެއްކާ މަންޖެގެ ހެދުން ފަހަން ފޮތި ވެސް ގަތީ މަ.. އޭ ދެން ބްރޯ ދޭން ވާނެ އެނގޭ… ” ނަޔާ ވަކި ދޫކުރާނެ ހެއްޔެވެ. އެންމެ ފަހުން ނަޔާ އަށް ބިރިޔާނީ ދޭން އެއްބަސްވީ ރިޔާޝް އެވެ. އެހެން އެކުދިންގެ ބޮލަށް އެރިގެން މި ނަޔާ ކިތައް ބިރިޔާނީ މިހާރު ކަޓުވާލައިފި ހެއްޔެވެ. އެގޮތަށް މީހުން އަތުން ކާ އެއްޗިހި ހޯދަން ނަޔާ ވަރުގެ މީހަކު ނެތެވެ. ކޭކު ފަޅާ ނިމުމަށްފަހު ކުރިއަށް ދިޔައީ ރީޝާ އަދި ރިޔާޝްގެ ފޮޓޯ ނެގުމެވެ. ކޮންމެ ފޮޓޯއެއް ވެސް އެ ދެމީހުންގެ ލޯބިވެތި ހަރަކާތްކަތުން ފުރިހަމަ ވެއެވެ. ފޮޓޯ ނަގައި ނިމުމުން ތަނުގައި ހަރުކޮށްފައި ހުރި ބޮކި ފަތި ތަކާއި މާ ބޮނޑިތައް ނެއްޓުމަށް ހުރިހާ ކުދިން އުޅެން ފެށި ވަގުތު ބަލައި ރިޔާޝް ރީޝާ ގޮވައިގެން ޕާކުގެ އެކަހެރި ހިސާބަކަށް ޖެހިލި އެވެ.

 

ލެމަންގްރާސް ރެސްޓޯރެންޓަށް  ވަދެގެން އައި ހައިބަތުހުރި ފިރިހެން މީހާ އަށް އެންމެންގެ ލޯ ތައް އަމާޒު ވިއެވެ. އެމީހެއްގެ އެއް އަތް ޖީބަށް ކޮށްޕާލާފައި ވާއިރު އަނެއް އަތުން ކަރުގައި އޮތް ޓައި ރަނގަޅު ކޮށްލިއެވެ. އޭނާގެ މިސްރާބު ހުރީ  އެކަނި މާ އެކަނި އިން މީހަކަށެވެ. އެ މީހެއްގެ ކުރިމަތީގައި އިން ގޮނޑި ދަމާލުމަށްފަހު އޭނާ އެ ގޮނޑީގައި އިށީނެވެ. “އަހަރެން ބޭނުން ކޮންމެހެން ވެސް އަހަރެންގެ ދަރިފުޅު ހޯދަން…” ކުރިމަތީގައި އިން މީހާ އަށް ބަލައިލުމެއް ވެސް ނެތި ނިޔާޒު އޭނާގެ ހިތުގެ އެދުން ހާމަކޮށްލިއެވެ. “އެނގޭ ދޯ މިއޮއް ބޮޑު މާލޭން އޭނާ ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަން… މަށަކަށް ވެސް މިހާރު އޭނާ އުޅޭ ތަނެއް ނޭނގެ…. މިތަނުން އޭނަ ކެނޑުނުތާ ވެސް މިހާރު ހަތް އަހަރު ވެއްޖެ… މަށަކަށް މާ ބޮޑު އެހީ އެއް ނުވެވޭނެ…” ގޮނޑީގައި ހަމަޖެހިލަމުން ފައިރޫޒް ކޮފީތަށިން ކޯވަރެއް ދަމާލިއެވެ.

 

ރީޝާ ގޮވައިގެން ގޮސް ރިޔާޝް އެރީ މައްޗަށް ނަގާފައި ހުރި ގެ ގަނޑެއް ކަހަލަ ތަނަކަށެވެ. އެތަނުން އުޑުމަތި ސާފުކޮށްފެންނަން އޮތް އިރު ދެ ލޯބިވެރިންނަށް އެންމެ ކަމުދާނެ މަންޒިލަކަށް އެތަން ވާނެ އެވެ. ދެމީހުންނަށް އެކަކު އަނެކަކާއި ދިމާއަށް ރަނގަޅަށް ބަލައިލެވުނީ ވެސް އަދިކިރިޔާއެވެ. ރެއަކީ ސާދަވިލޭރެއެއް ކަމުން ރޭގަނޑުގެ ރާނީ ވެޑުވެ އިންނެވީ ހަމަ ސީދާ އެ ދެމީހުންގެ ބޯ މަތީގައެވެ. ހަނދުގެ ރިހި އައްޔާއި އެކުވެގެން އިމާރާތް ތަކުންނާއި އެތާނގައި ހުރި ހޮޅިބުރި ތަކުން އުފެދިފައިވާ މަޑު ރީނދޫކުލައެއް ހުރި އަލި ދެމީހުންގެ މޫނަށް އެޅިފައިވާއިރު ނުހަނު ފުރިހަމަ އެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވީ ހިނދު އެހެންތާކަށް ބަލައިލަން ދެމީހުން ވެސް ނުކުޅެދުނެވެ. ރިޔާޝް ލައިގެން ހުރީ ހުދު ކުލައިގެ ގަމީހެކެވެ. ގަމީހުގެ އަތް އުޅަނބޮއްޓާއި ހަމައަށް އޮޅާލާފައި ވާއިރު މަތިން ހުރީ ރަތް ކުލައިގެ ޖެކެޓެއް ލައިގެންނެވެ. ރީޝާ ލައިގެން ހުރީ ރަތް ކުލައިގެ ވައްތިރި ހެދުމެކެވެ. ހެދުމުގެ މޭމަތީގައި ވިދާ ޒާތުގެ ރަތް ލޭސް ގަނޑެއް ވަނީ ހަރުކޮށްފައެވެ. މާ ގޮތް ބޮޑު ހެދުމަކަށް ނުވިޔަސް އެވަރުން އޭނާގެ ރީތިކަން ހާމަވެއެވެ. އަބަދުވެސް ގަތާފައި އޮންނަ އެ ދިގު އިސްތަށިގަނޑު މިރޭ ވަނީ މިނިވަންކަމާއި އެކު ވިހުރެން ދޫކޮށްލާފައެވެ. ތުންފަތުގައި ގަދަ ނޫނަސް ރީތި ވަރަކަށް ރަތް ކުލަ ޖައްސާލާފައި ވާއިރު މޫނުމަތީގައި ލުއި މޭކަޕެއް ވަނީ ކޮށްފައެވެ. އަބަދުވެސް އަނދުން އަޅާފައި ހުންނަ ބުމައިގައި މިރޭ އަނދުނުގެ އަސަރު ނެތުމުން ބުމަ ފަޅު ކަމަށް ދައްކައެވެ. އެހެނަސް އޭނާގެ ރީތިކަމަކަށް އެކަމުގެ ސަބަބުން އެއްވެސް ވަރަކަށް ބުރޫއެއް ނާރައެވެ. ދެމީހުންނަށް ވެސް އެކަކު އަނެކެއްގެ ރީތިކަމަށް ހިތާ ހިތުން ތަޢުރީފު ކޮށްލެވުނެވެ. ރިޔާޝް އޭނާގެ އަތް ރީޝާގެ އުނަގަނޑުގައި އަޅުވައި އޭނާ އާއި ގާތަށް ރީޝާ ދަމާލިއެވެ. ރީޝާ ފާޑަކަށް ބަލަން ހުރުމުން ރިޔާޝް ބުމަ ހިއްލާލިއެވެ. “ހާދަ… ތަފާތު ހެން ހީވޭ…. ހީވާ ގޮތްތަ އަނެއްކާ؟…” އެއޮއް ހުރިހާ އިރު އޭނާގެ ހިތުގައި އުފެދެމުން ދިޔަ ސުވާލު ރީޝާ ކޮށްލީ ރިޔާޝްގެ މޫނުން ނަޒަރު ވަކި ކުރުމެއް ނެތި އެވެ. “ހެހްހް..  ތުނބުޅި ދޯ؟…. އާޝް ކިޔާ ވަރުން ބޭލީ..” ރިއާޝް ކިޔާ ވަރުން ބޮލަށް އުނދަގޫ ވެގެން ރިޔާޝް މިރޭ އައީ ތުނބުޅި ބާލައިގެންނެވެ. އެހެނަސް މިރޭ މިފަދަ ޚާއްސަ ކަމެއް ވެދާނެއޭ ހީކޮށެއް ނޫނެވެ. “ހޫމްމްމް… ތުނބުޅި ގަނޑު ދޯ؟… މިހާރު މާ ކިއުޓް…” ރިޔާޝްގެ ކޮލުގައި ހިފާލަމުން ރީޝާ ސަމާސާ ކޮށްލިއެވެ. “ދެން ތުނބުޅި ލީމަ ހަޑީ؟…”  ދެލޯ ހަނި ކޮށްލަމުން ރީޝާ އިތުރަށް އޭނާގެ އަތުތެރެއަށް ލަމުން ރިޔާޝް އަހާލިއެވެ. “ޕިސް ކިއުޓް އޭ ނު މިބުނީ… ދެން އެހެން ނޫނަސް ތުނބުޅި ލީމަ ވަރަށް ހޮޓު އިނގޭ..” ރިޔާޝްގެ ކަރުގައި ދެއަތް ވަށާލަމުން ރީޝާ އެއް ލޯ މަރާލިއެވެ. “އާ ހާ ހާ ހާ… އެހެން ވިއްޔާ ތުނބުޅި ބާލައިގެން ދޯ އުޅެންވީ؟…ފިސާރި ރުޅި އަރައޭ…” ރީޝާ ރުޅި އަންނާނޭކަން އެނގޭތީ ރިޔާޝް ބުންޏެވެ. “ޕިސް ޗީޑި ނޯ ވޭ… ތުނބުޅި ބަހައްޓާތި… އޭރުންނޭ ހޮޓީ މައި ހޮޓް ޕޮޓޭޓޯ…..” ފަހު އަކުރަށް ދަމާލަމުން ރުޅި އަންނަ ކަމަށް ރީޝާ ހެދުނެވެ. “ހަހަހަ އޯކޭ އޯކޭ އެންގްރީ ޗޯރްނީ… ލޯބި ވެޔޭ…” ރީޝާ އަތްދަނޑި މައްޗަށް އުފުއްލާލަމުން ރިޔާޝް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.

ލޯބިވާ އަށްޓަކައި ހިތް ހުޅުވާލަމޭ

ލޯބިވާ ވަރު ކަލާއަށް އަންގައިދެމޭ

ލޯބިން ކަލާ މިހިތާ ކުޅެން އުމުރަށް މަ ދޭނަމޭ

ދާކަށް ވަޔާ އަހަރެންގެ ހިތް ދޫކޮށްނުލާނަމޭ

މަންޒިލެއް ދާން އެދޭ ނެތް ކަލާޔާ ނުލާ

މަންޒިލެއް ދާން އެދޭ ނެތް ކަލާޔާ ނުލާ

ހިތް އުފާ ވާނެހޭ ދެން ކަލާޔާ ނުލާ

ރީޝާ ދެލޯ މަރާލީ ރިޔާޝްގެ ކޮނޑުގައި އޭނާގެ ދަތް ދޮޅި އަޅުވާލާ އިތުރަށް އެ މޭ ތެރޭ ބޮނޑިވެ ގަންނަމުންނެވެ. ރިޔާޝް އޭނާގެ ދެ އަތް ރީޝާގެ ގައިގައި ވަށާލީ މުޅި އުމުރަށް އެ ދެ އަތުގެ ހިމާޔަތް ރީޝާ އަށް ދޭން ހިތުގެ ފުންމިނުން ވަޢުދު ވަމުންނެވެ.

 

ގޭގެ ދޮރު ހުޅުވި އަޑަށް ވަސީމާ އަވަހަށް އަތުގައި ހުރި ފައިލުތައް ލައްޕާލިއެވެ. އެގޮތަށް ދޮރު ހުޅުވާފައި ލައްޕާނީ ރީޝާ ކަން އެނގުމުން އަވަސް އަވަހަށް އެ ފައިލުތައް ކަބަޑު ތެރެއަށް ލައި ފޮރުވިއެވެ. ރީޝާގެ މޫނުމަތީގައި ވާ އުޖާލާކަން ފެނި ވަސީމާ އަށް ހިނިތުން ވެވުނެވެ. އަބަދަށް އެ ދަރިފުޅު އުފަލުގައި ލެއްވުން އެދި މާތް ރަސްކަލާނގެ ޙަޟްރަތަށް ދުޢާ ކުރެވުނެވެ. “މަންމާ….. ލޯބި ވެޔޭ….” ރީޝާ ހީވަނީ ދުވަހަކު އުފާ ނުވާ ވަރަށް އުފާ ވެފައި ހުރި ހެންނެވެ. ވަސީމާ ފެނުމާއި އެކު ވަސީމާގެ އަތުގައި ހިފައި ފުމެން ފެށިއެވެ. “ހޫން ހޫނ ދަރިފުޅު މިރޭ ފަޒައަށް އަރައިގެން ތިއުޅެނީ އަނެއްކާ ރުދްރު އިންނަން އެހީތަ؟..” ރީޝާ އުޅެމުން ދިޔަ ގޮތުން ވަސީމާ ވެސް މަޖާ ކުރަން ފެށިއެވެ. “އާން އާން އަންމާ… އައި ގޮޓް މައި ލަވް ޓުޑޭ… ﷲ އަކްބަރު ﷲއަކުބަރު ﷲ އަކްބަރު…” ވަސީމާގެ ކޮނޑުގައި އެލިގަންނަމުން ރީޝާ އޭނާގެ އުފާވެރިކަން މަންމައާ ޙިއްޞާ ކުރިއެވެ. ދަރިފުޅަށް މީހަކު ދެކެ ލޯބި ވެވިއްޖެ ކަން އެނގުމުން ޝަރީފް އަށް އެވާހަކަ ކިޔައިދޭން ވަސީމާގެ ހިތް އެދުނީ އިންތިހާ އަށެވެ. އަދި އެ މީހަކު ދަރިފުޅަށް ލިބުމުން އޭނާގެ ހިތަށް ބަޔާން ކުރަން ދަތި އުފަލެއް ލިބުނެވެ. “الحمد لله… މަންމަގެ ރީއްކޮ މަންމަ އަށް ނުވެސް އެނގި ހުއްޓާ ބޮޑު ވެއްޖެ… އެއީ އަނެއްކާ ކޮން ކުއްޖެއް؟..ބައްޕަ އަންނަ އިރަށް ވާނެ ބައްޕަ ގާތު މި ވާހަކަ ބުނަން…” ރީޝާ ގެނެސް އޭނާގެ ކައިރީގައި ބައިންދަމުން ވަސީމާ ރީޝާގެ ނިތުގައި ބޮސް ދިނެވެ. “ބައްޕަ ކައިރީ ބުނެފައި އެކުއްޖާ އާ ބައްދަލު ކޮށްލަން ގެންނާނަމޭ.. މަންމަ ހަމަޖެހި ބަލަ…” މަންމަގެ އުނގުގައި ބޯ އަޅާލަމުން ރީޝާ ބުނެލިއެވެ. އެހެން އޮވެ އޮވެފައި ރީޝާ ތެދުވީ ޝަރީފް ގެއަށް އައުމުން ނެވެ. ލަސްކުރުމެއް ނެތި ދެމައިން އެ ވާހަކަ ޝަރީފް އާއި ޙިއްޞާ ކުރިއެވެ. ލޯބިވާ ދަރިފުޅު އަމިއްލަ ޙަޔާތާއިގެން ތެދުވެއްޖެ ކަން އެނގުމުން ޝަރީފްގެ ހިތް އުފަލުން ރޮއެލިއެވެ. އެރޭ ނިދަން ވަންދެން މަންމަ އާއި ބައްޕަ ވެގެން ދަރިފުޅަށް އެތަށް ނަސޭހަތެއް ދިނެވެ. އެއިން ކޮންމެ ނަސޭހަތަކަށް ބޯލަނބާ ކިޔަމަންވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރީޝާ ވަސީމާ އަދި ޝަރީފް އަށް ދިނެވެ. “އެއީ ކޮން ކުއްޖެއް ކަން އަޅެ ދަރިފުޅު ބުނެބަލަ..” ޝަރީފް އެ ސުވާލު ރީޝާ އާ ކުރީ އެއީ ކޮންމެ ކުއްޖަކަށް ވިޔަސް އޭނާގެ ދަރިފުޅަށް އެންމެ އެކަށޭނަ ކުއްޖާ ތޯ ޔަގީން ކުރުމަށެވެ. “އެކުއްޖާ ގެންނާނަމޭ ބައްޕަ ކައިރިއަށް.. ވަރަށް އަވަހަށް….” ލަދުވެތި  ގޮތަކަށް ބޯ ޖަހާލަމުން ރީޝާ ބުންޏެވެ.

 

ރިޔާޝް ގެއަށް އައިސް ކޮޓަރި އަށް ވަން ގޮތަށް ރިއާޝްގެ ބާލީހާއި ރަޖާގަނޑު ދޮރު މައްޗަށް ހޫރުވާލިއެވެ. “މިއޯ؟…” ސުވާލުގެ ނަޒަރަކުން ރިޔާޝް އާއި ދިމާއަށް ބަލައިލަމުން ރިއާޝް ބާލީސް ތައް ނަގަން ފެށިއެވެ. “މިރޭން ފެށިގެން ކަލޯ މި ކޮޓަރީން ބޭރު…” އެނދަށް ވެއްޓިގަނެ ކަންނެޔޮލެއްގައި ބައްދައިގަންނަމުން ރިޔާޝް ބުންޏެވެ. “ޕިސް ޕިސް އަދި މިއުޅެނީ ފަހަރި ގެއަށް ނުވެއްދިގެން… ކޮޓަރިން މިހާރު މަ ނެރެލީ… ކިހާ ރީތި…” ތުން އޫކޮށްލަމުން ރިއާޝް އެއްޗިހި ގޮވަން ފެށިއެވެ. ދެބެންގެ ޒުވާބުގެ އަޑަށް ފަރީދާ ނިދަން އޮވެފައި ވީ ކީއްތޯ ބަލަން އައެވެ. “މަންމާ ބަލާ ދޮންބެ މިއަދު ފަހަރި ސެޓު ކޮށްގެން އައިސް ނުވެސް އިނދެވެނީސް އާޝް ކޮޓަރިން ނެރެލީ..” ކުޑަ ކުއްޖެއް ފަދައިން ރިއާޝް އައިސް ފަރީދާގެ ފުރަގަހަށް ވަދެ ޝަކުވާ ކޮށްލިއެވެ. ރިއާޝް އަށް ބުނެވުނީ ކީކޭ ކަން ރޭކާލީ އޭނާ އަށް އަމާޒު ވެފައި ހުރި ރިޔާޝްގެ ނުރައްކާތެރި ނަޒަރު ފެނުމުން ނެވެ. “ފަހަރި އޭ؟…” އެއްފަހަރު ރިޔާޝް އަށް އަނެއްފަހަރު ރިއާޝް އާއި ދިމާއަށް ބަލައިލަމުން ފަރީދާ އަހާލިއެވެ. އެއާއެކު ރިއާޝް އަށް ދުލުކުރީގައި ދަތްއަޅާ ލެވުނު އިރު ރިޔާޝް އަށް އޯ ޝިޓޭ ބުނެވުނެވެ. “އަ އާން މަންމާ ދޮންބެ މިގެއަށް ޅީދަރި އެއް ގެންނަނީ އެއްނު…” ރިޔާޝްގެ ހަމަލާއަކަށް ސަމާލުވެ ހުރެ ރިއާޝް ބުނެލިއެވެ. އެއާއެކު ރިޔާޝްގެ ދެލޯ ބޮޑުވެގެން ދިޔައިރު ފަރީދާ އަށް ހިނިތުންވެވުނީ އޭނާ ވެސް މައިދައިތަ އަކަށް ވާން އުޅޭކަމުގެ ފެހި ސިގްނަލް ލިބުމުން ނެވެ. “އެ ތެދެއް ޔާޝް؟… އައިންން؟… އަސްލު ވެސް؟… މަންމަ ކައިރީ ވެސް ބުނެލައިގެން އުޅޭ… ކޮން ކުއްޖެއް އަނެއްކާ؟…” ރިޔާޝް ކައިރީ އެނދުގައި އިށީންނަމުން ފަރީދާ އެކަމާއި ބެހޭގޮތުން ސުވާލު ކުރިއެވެ. ފަރީދާ ކުރާ ކޮންމެ ސުވާލަކަށް ރިޔާޝް އަށް ވުރެ ކުރިން ރިއާޝް ޖަވާބު ދެއެވެ. “ދެން ތީ ކޮންމެ ކުއްޖަކަށް ވިޔަސް މަންމަ މެންނަށް ތިކުއްޖާ ދައްކާލަން ވާނެ…” ކޮޓަރިން ނުކުންނަމުން ފަރީދާ ބުންޏެވެ. ފަރީދާ  ނުކުތުމުން ރިއާޝް ފަހާ ރިޔާޝް ދުއްވައިގަތެވެ. ރިޔާޝްގެ އަތުނުޖެހެން ވެގެން ރިއާޝް ދުވަމުން ދިޔައިރު ކޮޓަރިތެރޭ ގުގުމަމުން ދިޔައީ ދެބެންގެ ހުނުމުގެ އަޑެވެ. “ހަހަހަ އޯކޭ އޯކޭ ދެން ދޮންބޭ ޕްލީޒް…” ވަރުބަލި ވެގެން ރިއާޝް ދުވުން ހުއްޓާލިއެވެ. ރިޔާޝް ވެސް މާނޭވާ ލަމުން އައިސް ރިއާޝްގެ ކޮނޑަށް އަތް ވައްޓާލިއެވެ. “ހާހްހް… އޯކޭ ކޮބާތަ ދެން މަގޭ ފަހަރި….” ރިއާޝްގެ އިސްތަށިގަނޑު ހާވާލަމުން ރިޔާޝް އަހާލިއެވެ. އެވަގުތު ރިއާޝްގެ ހިތަށް ފެނުނީ ހަމަ އެންމެ ސޫރައެކެވެ. ސިކުނޑި އަށް ވެރިވީ ހަމަ އެންމެ ނަމެކެވެ. ދުޢާ ކުރެވުނީ އެންމެ މަލަކަށެވެ. މަޢުނަވީ ހިނިތުންވުމަކުން އޭނާ ފުއްދާލީ އަދި އެ ހިތުގެ ރާނީގެ ނަން ދުލުން ބޭރު ކުރެވޭނެ ވަރުގެ ހިތްވަރެއް އޭނާގެ ނެތީމައެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

ReeshA CoronA
Follow Me Written By

ReeshA CoronA

Level 410 Stories100 Comments100 Login

ᵒⁿᵉ ᵃⁿᵈ ᵒⁿˡʸ ᴿᵉᵉˢʰᴬ ᶜᵒʳᵒⁿᴬ

Other Articles

Previous

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ޓްރެއިލަރ)

Next

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 4

Next
July 3, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 4

Previews
July 3, 2022

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ޓްރެއިލަރ)

21 Comments!

  1. lau.laala786@gmail.com lau laalu says:
    July 3, 2022 at 12:23 pm

    is me frst or second or third idc
    but WOWWWWWW
    yeeee i cant wait firr the next parttt
    ty ty ty ty ty reeshoooooooooooooooooooooooooooo
    eyy madehhh aash ge… khm khm akee,,, varah heevey eba meehaku ekam nethin bunaakah byeeeee

  2. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    July 3, 2022 at 1:28 pm

    Reply for @Lau laalu
    Manje first ey manje first ey haas kandaalabala
    Ahaaaahaaahaaa madu kohlabala ma hun aisgen ulhey thy liyan vx vrh dhahchey.. Ekm balaanan 7 ge kurin next part up kureveythw.. Dhn July 7 in feshigen 15 aa hama ah vhk up eh nukureveyne ingey brw.. Ma rashah kandaalaathy…
    Wlc wlc wlc wlc wlc wlc lauuuuuuuuuuuuuuuuuuuuuuuuuuuu
    Haaa haaa haaaaa aash ge.. Ekm ekmmm angain beyru nukuraathi.. Adhi neynge rangalhu kameh vx??
    Hmmm byeeee

    1. lau.laala786@gmail.com lau laalu says:
      July 3, 2022 at 2:49 pm

      magey loabi reeshoo aha avas shifaa akah edhen… GET WELL SOON DARLXXX

    2. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      July 3, 2022 at 4:35 pm

      Thank you Lau lwbeee ❤️❤️❤️

    3. lau.laala786@gmail.com lau laalu says:
      July 3, 2022 at 11:00 pm

      eyyyy reeshooooo ma dhenme mi balaileee hama cover pic ahhh ????????????????????????????????????????????
      kaakutha ehery e dhemeehun ganna gandu balan ethaa fahathuga….ma eyah balaafa othy endhun vettifa hee gos naseebu kokko kulhen godhadi alhaafa oii kan thireega ehen nooni ma onnanee hiri nulevifa…..
      im curious who is that mahima, or ehhkala sania tha…. armaan thakuru ge anbi goyya ????????????
      eyy mishka nooni, ahaanaa kameh kahaanaa ehtho kiyaa meehaku vx ulhunehhnune eyna thoahcheh… neyge im so curiouse ma dhanee eii kaaku thw balan

    4. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      July 4, 2022 at 10:17 pm

      Kaleyyyyy dhwww… Bodu kamehnu… Manje athah dheynvee cover pic lumuge kurin balaa faas kuran.. Aan ethaa dheytherey meehaku seelaan inas mi manje ah eba feneyey… Koyaa dhn evarah nubalaga.. Eiii mashakah heevany mishka hen.. Ooooon eyru mahima dhahkaa vx nulaane.. Ahdhe adhi saniya eii sonia ah vure vx fahun ai golaeh.. Ahaanaa zamaanaa eh noon.. Egolaa heskiyaaha dhigu vaanehnu.. Koyaaa eii mishka ehn noony konmes guest eh.. Eii preesha aa rudruge interview eh e geyga negi re ekey.. Dhn rudru kuri kamaky mi balraj chandelier vahttaalan ulheythy vrh salhikoh chandelier vahttaaly eyah maa alhaafa.. Dhn flower shower ehgothah hedhy.. Chandelier vahttaaly preesha eyaa dhimaaluga huri vaguthu balaafa.. Adhi molhu kamun eyna preesha ge rescue ah dhaan vegen.. DhnDhnegolaa dhuvefa gos preesha salaamai kohfa dhegolaa bimah thara vefa e othy… Mihaaru eba ingey dhw vaanuvaa

    5. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      July 4, 2022 at 10:45 pm

      Pis pis alhe manjeyyyyy hithuga veyey thiya namah cmnt kuran vaa irah cmnt section bandhu kohfi eyy… Ekm mithaa cmnt eh kohlaanan engey..
      Bruh jt was awesome.. First part in hama magey interest dhamai ganehjje… Vrh reethi.. Dhn maain ge story ahaalan vrh curious… Eynage maazy vrh intresting vaane hn heevany.. Kuriah brw kuriah..
      Aan adhi manjege vhk ge cover aa dheytherey ehcheh bunelan jeheynehnu dhw.. ???eba annan cover balaalaafa

    6. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      July 4, 2022 at 10:48 pm

      Pis pis koyaa ma manje haa molheh noon cover in ehchihi ehchihi faahaga kuraakah.. Ma bunelan othy nan thah liyefa ehera font akun mashakah vaa hama kiyaakah neynguney.. Ithuru ehcheh bunaakah nethin.. ???

    7. lau.laala786@gmail.com lau laalu says:
      July 4, 2022 at 10:56 pm

      eyyyy dhen ma ehen veema badhalu kohhlaanan next cover ah font thah aslu im not that satisfied by the cover aslu….
      eyyy mashah v faahaga vee ehcheh magey cover in…. looks like that mifzal has b**** like the female way… and i bursted out laughing eyru the story was already posted… im sprt of glad that you didnt spot that….
      and FYI ma varah balaafa lanee cover pic ekam dhenme mi buni ethi hama alhaeh nuganeyyy…????

  3. Nayaa Nayaa says:
    July 3, 2022 at 2:19 pm

    eyyy brwwwwwww.. kaleyney mihaaru aash brw vxxx??? pss pss dhn dhwww.. adhi kithah meehunge love story miyah add vaanebaa.. mashah haadha heevey eii rannu hn.. klw ey thi ahutti vx dhn meehakaa dhevaabala.. rangalhu vaane mi lam mn meehakaa dheviyas.. haha.. eyyy dhn mihaaru mashah vrh heevey eba thi kiyaa haibathu bodu firihenaa gelligen e hoadhaa dhariyaky manje hen.. hoon dhn hevey.. ey ma buny dhn aash brw ge love story dhww?? omggg.. im soooo excited ingeyyy.. eii rannu ah vejjeyyaa ma adhi vakin ufaa vaane.. assu ma dhiyaee hama sissaigen viyya.. mioh haa zamaan v iru ekahala evvx ehchekey nukiya hure hurefa kulliyakah ehn keema.. lol
    klw ey vhk up nukureveyney 5 to 17 ah?? alheyyy vrh dhera vejje.. ekms ok dhn.. understand vey.. enjoy ur vacation..
    eyyy manjeyyy biryaniiiii.. arrrn meehun athun kaa ehchehi athulan ma vareh noannaane.. eii yageen kamennu..lmao
    alheyy adhi fahari geyah nuves genevigen ulhenikoh dhonbe aaash brw kotarin nerelee ey dhw.. pss pss.. sahaadheh mi buny..
    ey brw aslahvx firihenun hot vany hama thunbulhi reethi vrkh behetteema ey.. dhw
    ey arn dhn vaa vrh vhk dhekevijje ennu.. dhn kendee ey.. bye bye.. rashuga thibi meehunnah magey salaam vattaalahchey

  4. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    July 3, 2022 at 4:34 pm

    Reply for @Nayaa
    Ey manje heekury hama ekani mashaa yaash dhonbe ge love story kamah tha meee? Buro cl nuliyevunyma hama comedy land ey mi gannany love story eh gothah.. Kaley haas kandaalaa.. Manje vx meehakaa dhevaafa huhtaany.. Ma mihaaru mi visnany ahutti kaakaa baa ey dhevaany.. Eba hithah araa manje aa ahutti gulhuvan vx.. Kaley ey dhn vaahakaige kuri numaraa..
    Hmmmmmmmmmmmmmmmmm
    Adhi aash brw vx ahu brw vx manje vx ranaa ge vx love story kuriah othyyyy.. Heevey tha lahkka ekey?… Comedy land ge hurihaa comedians ge love story ey mee brwwww.. Ekm ulheynee mashah mihaaru ninmifa vaa gothun 3 couple.. Dhn u guess… ?ssshhhhh nubunaathi anga gadha mithuru
    Pis pis fahakun sathaara akah noon galhiyaaa…. Hathakun fanara ahh????ey anehkkaa mashah jehifa iny 5 to 17 ey tha? ?noon hama ma jahaafa iny 7 to 15 ashey.. Manje loluge massala… Haas kandaalaa enme haiy dhuvahey… Mashehnu dhera vaan vee.. Rashah gos vx enme 7 dhuvahu ulhefa enburi annan???
    Ok brw thanks for understanding
    Eyyy aaaiyytheryyyyy manje vareh netheyyyyy… Manje insta gengulheynama haadha falhu filaaney mihaaru.. Ma ginain mihaaru ulheny vx insta therey vihyya..
    Aarn ekey Hama thuni thuni thunbulhi eh leema ey Hotu vanyyy.. Manje nikan balaabala abhi ahh.. Nikan dhekebala rudru. Kartik men hoteh noonehnu ?e keehvve? Thunbulhi nethyma.. Esoru ekm heskiyaaha cute ingey.. Esoru guneynee cute listuga.. Ekm e golaage dhanbi dhari ABHIMANYU BIRLA himeneynee enme Hotu list ga… Dhn magey loabivaa ROCK STAR RUDRAKSH KHURANA eii Hotu list ga dhevana???whyy brw whyy?.. Because of their beard ??brw laa haadha foareega ma mi thunbulhi vhk dhhakany oa? ???
    Aarn manje ge vhk nueh nimeyne dhuvahaku vx.. Dhahkaa dhahkaa kolhun nulaa… Hmm thikolhun hiloo mennah vx magey salaam.. Iraadhakurehvihyyaa bunaanan

  5. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    July 3, 2022 at 9:55 pm

    Hahahahahahahahahahahahahahahahahahahahahahahahahahahahahahhahahahahahahahhahahahah
    ???????????????????????????????????????
    Hahahahahahahahahahahahahahahahahahahahahahahahahahahahahahhahahahahahahahhahahahah
    ???????????????????????????????????????
    Hahahahahahahahahahahahahahahahahahahahahahahahahahahahahahhahahahahahahahhahahahah
    ???????????????????????????????????????
    Hahahahahahahahahahahahahahahahahahahahahahahahahahahahahahhahahahahahahahhahahahah
    ???????????????????????????????????????
    Hahahahahahahahahahahahahahahahahahahahahahahahahahahahahahhahahahahahahahhahahahah
    ???????????????????????????????????????
    Hahahahahahahahahahahahahahahahahahahahahahahahahahahahahahhahahahahahahahhahahahah
    Manjeyyyyy thi cmnt ge furathama 11 folhuvaiy kiyaafa ma heeheeeeee bindheyyy ebaa???
    Koyaaaaa hahahahaha… Ok ok ok ok manje hama single koh bahahttaany.. Dhn huvafenuga jin aa dhevaafaanan… Hahaha ok ekm massala aky ahutti ah serious biteh hoadhan mashakah neynge ey hoadhaany kaaku kamehhh..
    Eyyyy laaaaa hahahahahaha eiii vx kamehhh.. Hmmm e ahutti mihaaru vx eii meehehgge halaalu anbeh… Brruhhhh????????dhe dharin keehkuran mihaaru mashah heevey dheyhge fahathah sumeh innaane hen… Hahaha hmm engey thaks ge vhk kan
    Hmm manje single koh ok final..
    Hahaha hmm evaru kamh vedhaane olhigen… E rangalhuvaane.. Dhn manje ah engeyne ma huhnnaany manjege kushakah bala balaa kan..
    Insta gengulhun manaley? Khrin manje gengulhuny manma mennah engigen tha?????.
    Hmm dhn thunbulhi vaahakaiga fulustop jahanveenu dhw.. Ma ladhu ganey eba?
    Ok salaamey

    1. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      July 3, 2022 at 9:57 pm

      This is a reply for nayaa’s comment

    2. Nayaa Nayaa says:
      July 3, 2022 at 11:17 pm

      Maaiy kalaange aa vakeelu manje beynun meehakaa ma dhevaa..massala eh nethennu? Dhn huvafenuga noon gothakah jin akaa neendheveyne thaa dhw..
      Ey eyru manma ok ey..fahun fahun ais ok nuvy dhn..magey kiyevumah buroo araaneyoa..uk wut I mean..lol
      Hahahaha arrn full stop jehy. Thunbulhi vhk ah vassalaam ??

    3. Nayaa Nayaa says:
      July 3, 2022 at 11:44 pm

      Ey kaleyyyyy ma innaane Viber in msg kohfa..balaabala

    4. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      July 4, 2022 at 10:11 pm

      Ok ok ok brww.. Manje hama ma beynun meehakaa dhevaany.. Thanks for giving me tha chance ???… Okay dhw jaabe aa dheviyas.. Heskiyaaha laari libeynu?
      Ey manma ok tha eyru.. Ma heekury vagah kmh..
      Aan ok thunbulhi ah salaam

    5. Nayaa Nayaa says:
      July 4, 2022 at 11:17 pm

      Hoan dhn mashah engijje mihaaru ma dhevan thi ulheny kaakaa kan vx..?..haha wlcm brw.. lmaooooo arn jaabbe vx ok vaane ???
      Eyru vx faadakah dhw dhn..uk…
      Ahaha oksss

  6. ?YEOJA? says:
    July 4, 2022 at 10:26 am

    Hellwwww reeeshhh ganduuu?
    Manje kihineh tha ale ?
    Haaadha miss eyyy??
    Habareh vxxx netheyy?
    Ril vxx login vaan maseikatha cmnt eh kohnukevigen mioleny ?. Ekm miadu thankoleh muraali duvaheh veemaa login velaagen mioleny ❤️?
    Hehehe anyways vrh vrh reethi ingey stry ❤️✨Masha Allah soooo amajin no worddss brww❤️?✨✨
    Comedy land mathin haadha miss eyyyyy ?huvaa heheheh miss the showsss specially heheh?✨❤️
    Fainally reesh and yaash brwww guluny waa soooo happyyy enme beynun vaa kantha soo romantic ale heheh❤️✨?
    Aash brw ah vrh hamdarudeeveveyy konme part Aku vxx hahahaha??????
    Srslyy vrh reethi reesh stry kuri ah gendaagoi Hama woww ?✨?❤️
    MASHA ALLAH thi gothugaa kuri ah gendey ingeyy dhoonyy❤️
    Dhn cmnt kuru kohlamun vaki velany lwbi ganduuuu vrhhh misss vrh lwbi veyyy ?❤️??‍♀️
    Hope to see the next part asap .?
    Take care love ❤️❤️

  7. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    July 4, 2022 at 4:12 pm

    Oh my God this reply goes to my lwbi gandu @YEOJA
    Laaaaaaaaaaaa koyaaaaaaaaaaa???????????
    Manjeyyyyyyyyyyy
    Kalooooo mihaaaru ma ehaaa viber ga active noon veema engey habareh nethyyyy❤️❤️❤️❤️
    Subhaanah Alllahhhh.. ??????
    Manjeyyyy Kihineh thaaaaaa????
    Ma vx vrhhhhh miss s veyyyyyy
    Naseebehnuuuuu manje muraali veekan vessssss…. ?????????
    Koyaaa Alheyyyy vrh vrh vrhhh bodahhhh thank youuu???????????
    aaarn cl mathin miss vaane enmen vxxx..
    Hahahahaa aaarnnnn riyaish ge love story started officially…
    Klwww aaan abadhu vx aash brw ge haalaa medhu enme hamdharudhee vaanee manje??????
    Thank you thank you thank youuuuu
    Insha allah migothuga kuriah ????????????

    1. ?YEOJA? says:
      July 4, 2022 at 6:04 pm

      Hhahahaha brwww vrh suprise veethe?
      Hahahaha manje ah vaany thi varu ?
      Alheyy aslu sayd eh nu ?
      Dhn ma vxx ragalu dhww faadakah kudakoh Bali kamun mioleny ?❤️?
      Aaan heysaa miss?
      Hahaha muraali vaan jeheyne eh nu manje men ge haggu gaa Hama ?❤️?
      Anytimesss ingeyyy❤️
      Hehehe yssss??
      Yaashh dhonbe men gadha kury eyy dhw e?
      Aaan esoru haalatha hamdarudeevevey Gotha veehya uleny vxxx ??
      Hahahaha anytimesss ❤️❤️

    2. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      July 4, 2022 at 10:25 pm

      Hahaha nooney brww aslu ehaa surprising eh noon.. Aslu ma meege cmnts thah belumuge kurin nayaa ge vhk ah gos ethaa huri cmnts thah balaifin vihyyaa.. Dhn fenihjje nayaa manje ah reply dheefa in than.. Dhn mashah yageen vi vihyya nayaa vhk ah cmnt kohfa magey vhk ah cmnt nukosheh magey manma eh nuhunnaane kan.. Ehnma aslu surprise vee ehaa dhuvas kohfa fenuneemaa.. Mdhn viber in vx mihaaru ehaa dhimaleh nuvey vihyya..
      Alheyy manjey avas Shifaa akah edhen.. Ma vx iyye noon aneh dhuhu hun ais gen ulhuny.. Miadhu rangalhu ekm
      Alheyyy aaarnn dhivehi film “kalaage haqquqaa” ge aneh version mioh fennany.. “manje menge haggugaa” ??
      Hhmmmmmm hmmmmmmmm yaash dhonbe gadha kohffi.. Kurin ehaa madun negi maduvefa inna soreh hama ma libunyma aash brwge kanfaiy ufuraaly..
      Koyaa aarn ekeyy Esoru ge haalath eii dhn hama comedy land ga hoonu koh dhekevey vhk eh

Comments are closed.

Next Episodeތީ އޭ ހަނދަކީ 14←


All Right Reserved!