Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތީ އޭ ހަނދަކީ 22

ReeshA CoronA
ReeshA CoronA Level 410 Stories100 Comments100 Login
October 4, 2022 5 Mins Read
1 Comment

 

ތައްޓަކަށް ހެދިކާ އަޅައިގެން ގޮސް ރަސްފަންނު ގައި ހުރި ހަޓެއްގެ ދަށުގައި ހަމަ އިށީން ތަނުން ޝަރީފްގެ ފޯނު ރިންގުވިއެވެ. ޖީބުން ފޯނު ނަގައި އެއްވެސް ވިސްނުމެއް ނެތި އޭނާ ފޯނު ކަންފަތުގައި ޖަހާލިއެވެ. “ކޮބާ ޝަރީފް… މިއަދަކީ ހޯމަ… މަގޭ ދަރިފުޅު ހުރި ތަނެއް ބުނޭ.. އެތާކަށް އަހަރެން ދާނަން…” ފޯނު ހަމަ ނެގުމާއި އެކު ޝަރީފްގެ ކަންފަތް ބުޑުގައި ގުގުމާލީ ނިޔާޒުގެ އަޑެވެ. ނިޔާޒުގެ މަތިން އޭނާ ހަނދާން ވެސް ނެތެވެ. އަނެއްކާ މިއަދަކީ ހޯމަ ހެއްޔެވެ؟. މިއަދުގެ ތާރީޚު ވެސް އޭނާގެ ހަނދާނުން ކައްސާލީއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟. ކުރިމަތިވާން މިއުޅެނީ ކޮންފަދަ ތޫފާނަކާ ބާއެވެ؟. މި ތޫފާނަކީ ކިހާ ވަރެއްގެ ގެއްލުމެއް ލިބިދެނިވި ތޫފާނެއް ބާއެވެ؟. މި ތޫފާނުގައި އޭނާގެ ދަރިފުޅު އޭނާ އަށް ގެއްލެނީ ބާއެވެ؟ އެ ދަރިފުޅާއި އުމުރަށް ވަކިވާން ޖެހެނީ ބާއެވެ؟ ނިޔާޒު އެހެން ހަދާފާނެ ބާއެވެ؟ އޭނާގެ ދަރިފުޅު އޭނާ އާއި ވަކި ކުރުވަފާނެ ބާއެވެ؟ ކޮންމެއަކަސް މި ފަދަ ނުބައި ވަސްވާސް ތަކެއް ޝަރީފްގެ ސިކުނޑި ހިސޯރު ކޮށްލިއެވެ.

 

****************

“ހަލޯ ޝަރީފް…މިހާރު މާ ލަސްވެއްޖެ… ދެން ހަދާނެ ގޮތް ވަރަށް ރަނގަޅަށް އަހަންނަށް އެނގޭ… ” އެހެން ބުނުމަށް ފަހު ނިޔާޒު ފޯނު ކަނޑާލިއެވެ. އެއަށްފަހު ޓެކްނޮލޮޖީގެ އެހީގައި ޝަރީފް ހުރި ހިސާބަށް އޭނާ ދަތުރު ފެށިއެވެ. ސައިކަލުގެ ހުންގާނުގައި ހިފައި ބާރު ކޮށްލިއިރު އޭނާގެ ނިޔަތް އަންދާޒާ ކޮށްލަން ވެސް ދައްޗެވެ.

 

ނިޔާޒު ހަމަ ފޯނު ކަނޑާލުމާއި އެކު ޝަރީފް އަށް ބަލައިލެވުނީ އުފަލުން ފުރިފައިވީ އޭނާގެ ލޯބިވާ ދަރިފުޅާއި ދިމާއަށެވެ. ވާން އުޅޭ ފިރިމީހާ އާއި ލޯބި ކޮށްލަ ކޮށްލާ އެ ދަރިފުޅު ހުރި އިރު މިވަގުތު އެ ދަރިފުޅަށް މިފަދަ ބިރުވެރި ކަމެއް ވާން އުޅޭ ކަން އެނގިއްޖެ ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ބުނާނީ ކީކޭ ކަމެއް ކުރާނީ ކީއް ކަމެއް ނޭނގި ހުރި ޝަރީފް އަށް ކުރެވުނު ކަމަކީ އެންމެ ފަހުގެ ނަޒަރު ހެން ހީވެ ރީޝާ އާއި ދިމާއަށް ބަލަން ހުރެވުމެވެ. ދެން ރީޝާ އޭނާ އަށް އަވަސް ރަޙްމަތެއްގައި ފެނިދާނެ އެކޭ ހީއެއް ނުވެއެވެ.

 

ސައިކަލުގެ ހަރު ޖައްސާލަމުން ނިޔާޒު އޭނާގެ ލޮލުގައި އިން އައިނު ލޮލަށް ހެޔޮވަރު ކޮށްލިއެވެ. ލައިގެން ހުރި ބާ ގަމީސް ގަނޑުގެ ބަނޑުމަތީ އަތް ހާކާލާ ތުނބުޅި މަތިމަސް ރީތިކޮށްލިއެވެ. އިސްތަށިކޮޅެއް ނެތަސް ބޮލުގައި އަތް ހާކާލާ ތައްޔާރު ވެލީ އޭނާގެ އުފަން ދަރިފުޅާއި ބައްދަލު ކުރުމަށެވެ. އެ ދަރިފުޅާއި ބައްދަލު ވުމުން އެހެން ކަން ކަން ކުރަން ވެސް އޭނާގެ ހިތުގައި ވަނީ ރޭވިފައެވެ. މަގުގެ ދެކޮޅު ބަލައި ހޯދާލުމަށްފަހު ނިޔާޒު މަގު ހުރަސް ކޮށްލިއެވެ. އެއަށްފަހު ޝަރީފްގެ ފޯނު އޮތް ލޮކޭޝަން ބަލަމުން އެ ހިސާބަށްދިއުމަށް ފިޔަވަޅުތައް ހަލުވި ކޮށްލިއެވެ.

 

ހިތުގައިވީ ބިރުވެރި ކަމުގެ ރާޅު ބާނިތައް ބިންދާލާނެ ފަސްގަނޑެއް ނޭނގިފައި ހުއްޓާ  އޭނާ އާއި ދިމާއަށް އަންނަމުން ދިޔަ ނިޔާޒު ޝަރީފްގެ ލޮލުގައި އަޅައި ގަތެވެ.  ނިޔާޒު އައިސް އޭނާ އާއި އަރާ ހަމަވިއިރު ވެސް ޝަރީފް އަށް ގާ ވެފައި ހުރެވުނީއެވެ. އޭނާގެ ހިތް ނެގި ނެގިފައި ތެޅެމުން ދިޔައިރު މޫނުމަތިން ދާ ތިކި ތިކި ފާޅުވާން ފެށިއެވެ. “އަހަރެންގެ ދަރިފުޅު ކޮބާ؟…” ޝަރީފް އާއި ހަތަރު ކަޅި ހަމަ ކުރަމުން ނިޔާޒު އަހާލިއެވެ. އެ އަޑުގައި ވަނީ ރުންކުރު ކަމެވެ. “ބައްޕާ…” ހަމަ އެވަގުތު އެތަނަށް އައިސް ރީޝާ އާއި ރިޔާޝް ހުއްޓުނެވެ. ރީޝާ ޝަރީފް އަށް ގޮވާލުމާއި އެކު އެއްފަހަރު ނިޔާޒު އަށް އަނެއްފަހަރު ރީޝާ އާއިދިމާލަށް ޝަރީފް އަށް ބަލައިލެވުނެވެ. “ދަރިފުޅާ…” ރީޝާގެ އަޑު ހަމަ ޖެހުމާއި އެކު ނިޔާޒުގެ މޫނުމަތީގެ ކުލަވަރު ބަދަލު ވިއެވެ. މޫނުމަތިން ހިތާމައިގެ އަސަރު އިންތިހާއަށް ފާޅުވެގެން ދިޔައިރު އުފަލުން އޭނާގެ ދެލޮލުން ކަރުނަ ނީރާލިއެވެ.

 

ނުދަންނަ މީހަކު ދަރިފުޅާ އޭ ބުނުމުން ޙައިރާންވީ ނަމަވެސް އެ މީހާއަށް ހިތްހެޔޮ ހިނިތުން ވުމެއް ރީޝާ ހަދިޔާ ކޮށްލިއެވެ. “ދަ ދަ ދަރިފުޅާ… މަގޭ ދަރިފުޅާ… މީ މީ ބައްޕައޭ… މިއީ ދަރިފުޅުގެ އުފަން ބައްޕައޭ… ދަރިފުޅު ދެކޭ ހިތުން ބައްޕަ އުޅޭތާ ކޮން ދުވަހެއް؟؟..” ރީޝާގެ ބޮލުގައާއި މޫނުގައި ފިރުމަމުން ރޮމުން ކަހަލަ ގޮތަކަށް ނިޔާޒު ބުންޏެވެ. ދެލޯ ބޮޑު ވެފައި ހުރި ރީޝާގެ ބަސް ހުއްޓުނު އިރު ޝަރީފްއަށް އިސް ޖަހާލެވުނެވެ. “އަ އާން ދަރިފުޅާ… ތީ މި ބައްޕަގެ ލެޔޭ… ތީ މި ބައްޕަގެ އުފަން ދަރިޔޭ… ދަރިފުޅާ ބައްޕަ މިއައީ އެންމެ ކަމަކު… ހަމަ އެންމެ ކަމަކު ދަރިފުޅު ގާތުން އެދެން… އެއީ ދަ ދަރިފުޅު-” ނިޔާޒުގެ ވާހަކަ ފުރިހަމަ ނުކުރެވި އުޅެނީސް އޭނާގެ ކޯތާފަތަށް އެރީ ފަރީދާގެ އަތުގެ ހޫނު ހަމަލާއެކެވެ. “ބަލާބަލަ ހުރި ގޮތްކުޑަ ކަން… ބަލާބަލަ ހުރި ނުލަފާ ކަން.. އެންމެ ފުރަތަމަ މި އަންހެނާ ފެނުނު ދުވަހު ވެސް މަށަށް ޝައްކު ވިއޭ މީ ތި ނުލަފާ ކަލޭގެގެ ދަރިއެއް ކަން.. އެކަމަކު ޔަގީން ނުވާތީ އެއްޗެކޭ ނުބުނީ… ކަލޭ ތީ މަގޭ ދިރިއުޅުމަށް ވެސް އައި ބޮޑު މުސީބާތެއް… މަގޭ ހިތް ހަލާކު ކޮށްފަ އެވަރުން ނުވީމަ އެހެން އަންހެނަކާ އެކީ ނަޙަލާލު ދަރިން ވެސް ހޯދާފަ… ބަލާބަލަ ހުރި ލަދު ހަޔާތް ކުޑަކަން… ކަލޭގެ މުޑުދާރު ލޭ ހުރި އަންހެނަކާ މަގޭ ދަރިފުޅު ވައި އެޅުނަ ވެސް ނުދޭނަން… “ރިޔާޝްގެ އަތުގައި ހިފައި ރީޝާ އާއި ދުރު ކުރުވަމުން ފަރީދާ އޭނާގެ ނުރުހުމުގެ ބަސްތައް ނިޔާޒު އަށް އަމާޒު ކޮށްލިއެވެ. އެންމެ ފުރަތަމަ ރީޝާ ފެނުނު ދުވަހު ވެސް އޭނާ އަށް ޝައްކު ވިއެވެ. ނަމަވެސް އެއީ ދޮގެއް ކަމަށް ހިތަށް ވިސްނައިދީގެން މަޑުން ހުރީ އެވެ. ނިޔާޒަކީ އޭނާގެ ޅައިރުގެ ލޯބިވެރިޔާއެވެ. ނަމަވެސް އިންނާނަމޭ ކިޔާފައި ލަނޑު ދިނުމަށްފަހު ފިލީއެވެ. އެދުވަސް އެއީ ދުވަހަކު ވެސް އޭނާގެ ހިތުން ފިލައިގެން ނުދާނޭ ދުވަހެކެވެ. އޭނާގެ ހިތަށް އެދުވަހު ކުރި އަސަރު ބަޔާން ކޮށްދޭން ވެސް ދައްޗެވެ. ނަމަވެސް އޭނާގެ ނަސީބުގައި ޤާދިރު ވީކަން އެއީ އޭނާ މިއަދު ޝުކުރު ކުރާ ކަމެކެވެ.

 

ފަރީދާގެ ދުލުން ނުކުން ބަސްތަކުން އެތާ ތިބި އެންމެނަށް ޝޮކެއް ލިބުނެވެ. ރީޝާގެ ދެލޯ ބޮޑުވި އިރު އޭނާ އެއީ އެހެން މީހެއްގެ ދަރިއެއްކަން އެނގުމުން، ހިތަށް، ދިޔާ ދަނގަޑު އެޅުނު ފަދަ އިޙްސާސެއް ކުރެވުނެވެ. އޭނާގެ ގައިގައި ހިނގަނީ އެހެން މީހެއްގެ ލޭ ހެއްޔެވެ؟ ވިހޭން ސުރެން އޭނާ އަށް ލޯބި ދީ ބަލާ ބޮޑު ކުރީ އޭނާގެ އަސްލު މައިންބަފައިންނެއް ނޫން ހެއްޔެވެ؟ އޭނާ އަކީ ނަޙަލާލު ދަރިއެއް ހެއްޔެވެ؟ ދެން އެހެންވިއްޔާ  ޝަރީފް އެއީ ކާކު ހެއްޔެވެ؟ ވަސީމާ އެއީ އޭނާގެ މަންމަ ނޫން ވިއްޔާ އޭނާގެ އަސްލު މަންމަ ކޮބާ ހެއްޔެވެ؟ ސުވާލުމާކު ތަކުން އޭނާގެ ސިކުނޑި ފުރުނު އިރު ރީޝާގެ ދެލޮލުން ތާޒާ ކަރުނަ ފައިބަން ފެށިއެވެ.

 

“އަހަރެންގެ ދަރިފުޅާއި މި އަންހެނާ ކައިވެނި ކުރާކަށް ލާހިކެއްނޫން… ނިޔާޒުގެ މުޑުދާރު ލޭ ހިނގާ މީހަކު މަގޭ ޅީދަރި އަކަށް ނުވެވޭނެ… ދަރިފުޅާ ރިޔާޝް ހަމަ މިހާރުން މިހާރަށް އެ އަންހެނާ އާއި އޮތް ގުޅުން ކަނޑާލާ… އެހާ ހަޑި ލެއެއް ހުރި އަންހެނަކު ދަރިފުޅުގެ ޙަޔާތައް އައިސްގެން ދަރިފުޅަށް ލިބޭނެ އެއްވެސް އުފަލެއް ނޯންނާނެ… ހަމަ މިހާރު މި ކައިވެނީގެ ކުޅިގަނޑު ނިންމާލާ… ” އަޑަށް ބާރު ލަމުން ފަރީދާ ރިޔާޝް އަށް އިންޒާރު ދިނެވެ.

 

އޭނާގެ މަންމަގެ ދުލުން ނުކުންނަމުން ދިޔަ ކޮންމެ ލަފުޒެއް ރިޔާޝްގެ ކަންފަތަށް ވަންނަމުން ތީރެއް ފަދައިންނެވެ. މަންމަގެ ދުލުން ރީޝާ އާއި ދިމާލަށް ކީ އެއްޗިހިން އޭނާގެ ސިކުނޑި އަށް ބުރަބޮޑު ވެއްޖެ އެވެ. އެ މަންމަގެ ރުހުމަކީ އޭނާގެ ލޯބިވާއަށް ލިބެން ނެތް އެއްޗެއް ކަން އެނގުނު ހިނދު މުޅި މީހާ ފުނޑު ފުނޑު ވެއްޖެ އެވެ. ހިތަށް ކެތްވީ ވަކި ވަރަކަށެވެ. އަޑުގެ ނެތް ތަނަށް ހުއްޓާލާށޭ ކިޔައި އޭނާ އަށް ހަޅޭއްލަވައިގަނެވުނެވެ. “ދެން ހެޔޮ… ދެން ހެޔޮ…” ފަރީދާ އާއި ދިމާއަށް ހުއްޓާލުމަށް އިޝާރާތް ކުރަމުން ރިޔާޝް ރީޝާ އާއި ދިމާއަށް އެނބުރިލިއެވެ. “އާން މަންމާ… ތިއީ ތެދެއް… އެހާ ނުބައި މީހެއްގެ ލޭ ހިނގާ، އެހާ ނުބައި މީހެއްގެ ނަޙަލާލު ދަރިއެއް އަހަރެންގެ ޙަޔާތަށް އައުމަކީ އަހަންނަށް ހުރި ބޮޑު ހުތުރެއް… ބޮޑު ލަދެއް… މިއަދުގެ މިހިސާބުން ފެށިގެން އަހަންނާ ރީޝާ އަކީ ދެ ބީރައްޓެހިން…” ރިޔާޝް އަށް ބުނެވުނީ އެ ހިސާބަށެވެ. އޭނާއަށް ދެލޯ މަރާ ބާރު ކޮށްލެވުނީ ރީޝާގެ  މަޢުސޫމް ދެލޮލުން ފައިބަމުން ދިޔަ ހިތި ކަރުނަތައް އޭނާ އަށް ފެނިއްޖެއްޔާ މިކަން ކުރަން އޭނާ އަށް ފަސޭހަ ނުވާނެތީއެވެ. އެއަށްފަހު ރީޝާ އަށް ފުރަގަސްދީ އެތަނުން ނުކުތުމަށް އޭނާ ހިނގައިގަތެވެ.

 

ރިޔާޝް ލޮލު ކޮޅަށް ގެއްލުމާއި އެކު، ހިތް ކުދި ކުދި ވެފައި ވާ ޙާލު ރީޝާ ބިމަށް ތިރިވިއެވެ. ގިސްލަ ގިސްލާފައި އޭނާ ރޯން ފެށިއިރު އެތާ ތިބި އެންމެންގެ ހިތްތައް ރޮއްވާލިއެވެ. ވަސީމާ އާއި ޝަރީފް އައިސް ރީޝާގެ ހިތް ހަމަ ޖައްސައިދެވޭތޯ މަސައްކަތް ފެށިއެވެ. އިރުކޮޅެއް ނުވަނީސް ދެން އެތަނަށް އައީ ފުލުހުންނެވެ. ނިޔާޒުގެ ދެއަތުގައި ބިޑި އަޅުވައިގެން ގެންދެވުނު އިރު ރިޔާޝްގެ ޢާއިލާގެ މީހުން ވެސް އެތަނުން ދިޔައެވެ. ރިއާޝް އާއި އަހުޝަމް އަވަހަށް ރީޝާ ގެއަށް ގެންދެވޭތޯ ކާރެއް ހޯދަން ދިޔައެވެ.

 

އެންމެން ގޭގެއަށް ގޮސް ނިމުނު އިރު ވެސް އޮއްސެމުން ދިޔަ އިރުގެ ރަން ދޯދި ތަކަށް ގެއްލިފައި ރިވާ ހުއްޓެވެ. ދޭތެރެއަކުން މަޑު ގިސްލުމެއްގެ އަޑު އޭނާގެ އަނގައިން ބޭރުވެއެވެ. މިއަދު ވެދިޔަ ހުރިހާ ކަމެއް އޭނާގެ ޑައިރީގައި ލިޔެ ނިމުމާއި އެކު އޭނާ ފޮތް ލައްޕާލިއެވެ. އެއަށްފަހު މޫނު ފުހެލުމަށް ފަހު މީހާ ހަމައަކަށް އެޅިލިއެވެ. އަނދިރި ވުމުގެ ކުރިން ގެއަށް ދެވޭތޯ ދުވެފައި އޭނާ ރަސްފަންނުން ނުކުތެވެ.

 

ކޮޓަރީގެ ބޮކިތައް ވަނީ ނިއްވާލާފައެވެ. އެސީ ސޯޅައިގައި ހުރުމުން ކޮޓަރި ތެރެ ވަނީ އިންތިހާއަށް ފިނިވެފައެވެ. ހަމަ އެހެންމެ ފަންކާވެސް ޖައްސާ ބާރު ކޮށްފައި ހުރިއިރު ކޮޓަރި ތެރޭގައި އުޅޭ މީހަކު ގަނޑު ވާހާ ވެއެވެ. ތެއް ހެދުމާއި އެކު ފާހާނައިން ނުކުން ރީޝާ އަށް ފިނީގެ އެއްވެސް އަސަރެއް ކުރާ ހެނެއް ހީއެއް ނުވެއެވެ. މަޑުމަޑުން އޭނާ މުށިގަނޑު މަތީގައި އޮށޯތް އިރު ހީވަނީ ދިރޭ ޤަބުރެއް ހެންނެވެ. އެނބުރެމުން ދިޔަ ފަންކަލުގެ ފިޔަތަކަސް ނަޒަރު ހުއްޓާލައިގެން އޮތް ނަމަވެސް ރީޝާގެ ހިތާއި ސިކުނޑި ވަނީ މާ ދުރު ގައެވެ. ވަށައިގެން ގަހެއް ރުކެއް ނުވާ ހަނަފަސް ސަހަރާއެއްގައެވެ. ނުވަތަ ވަށައިގެން ރަށެއް ފިނޮޅެއް ފެންނަން ނެތް ފުން ކަނޑެއްގައެވެ. އޭނާގެ ހިތް އެ ކަނޑުގައި ޣަރަޤު ވެ ގެނބެނީ އެވެ. ސިކުނޑި ވިރިގެން ފައިބަނީއެވެ. އޭނާގެ ދެލޮލުން ކަރުނަ ހިކިފައިވާއިރު  ތުންފަތް ވެސް ވަނީ ހިކިގެން ގޮސް ހަން ނެއްޓިފައެވެ.

 

ރިޔާޝް ތޯއެވެ؟ ވެހެމުން ދިޔަ ބޯ ވާރޭގެ ތެރޭ އޭނާ އޮތީ ޓެރަހުގައި ހުރި އުނދޯލީގައި ދެ އަތް ދަމާލައިގެންނެވެ. ވިއްސާރަ ކަނިތައް އައިސް އޭނާގެ ގައިގައި ޖެހޭއިރު އޭނާގެ ހިތާމައިގައި ވާރޭ ވެސް ބައިވެރި ވާ ކަހަލަ އެވެ. އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ތައް ވާރެއާއި އެކުވެގެން ދަނީ އެވެ. ނަމަވެސް ހިތުގައި ވާ ފަޅުކަން ރީޝާ ނޫން މީހަކަށް ފިލުވައެއް ނުދެވޭނެއެވެ. މުޅި އުމުރު ރީޝާގެ ހަނދާނުގައި ދުއްވާލަން ޖެހުނަސް އޭނާ އެ ނޫން ފަރާތަކަށް އެ ހިތަކުން ޖާގައެއް ނުދޭނެއެވެ. އެ ހިތް މިލްކް ކުރީ ރީޝާ އެވެ. އޭނާ އެ ހިތް ދޭނެ ހަމައެކަނި ފަރާތަކީ ވެސް ރީޝާ އެވެ.

 

ހިތާމައިގެ ކަނޑެއްގައި ރީޝާ އާއި ރިޔާޝް އޮޔާ ބެހިގެން ހިނގައްޖެ އެވެ. ދިމާވި މަޖުބޫރީ އާއެކު ރީޝާ އާއި ރިޔާޝް ވަކި ވެއްޖެ އެވެ. އެދެމީހުންގެ ޙަޔާތް ފުނޑު ފުނޑު ވެއްޖެ އެވެ. ނަމަވެސް ނިޔާޒުގެ ޙަޤީޤަތް އަދި ކޮބާތޯއެވެ؟ ނިޔާޒުގެ ނިޔަތަކީ ކޮބާތޯއެވެ؟ ޝަރީފް އާއި ވަސީމާގެ ދަރިފުޅު ދުނިޔޭގައި އެބަ އިން ތޯއެވެ؟ ރީމާ އަށް ނިޔާޒު ޖެއްސި ޙާލުގެ ޙައްޤު ސަޒާ ނިޔާޒު އަށް ލިބޭނެ ތޯއެވެ؟

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

ReeshA CoronA
Follow Me Written By

ReeshA CoronA

Level 410 Stories100 Comments100 Login

ᵒⁿᵉ ᵃⁿᵈ ᵒⁿˡʸ ᴿᵉᵉˢʰᴬ ᶜᵒʳᵒⁿᴬ

Other Articles

Previous

މަދަަދުވެރިޔާ (14)

Next

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 24

Next
October 5, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 24

Previews
October 4, 2022

މަދަަދުވެރިޔާ (14)

One Comment

  1. Nayaa Nayaa says:
    October 6, 2022 at 6:08 pm

    Buroooooooo
    Hiyy dhathi😭😭😭😭😭😭😭

Comments are closed.

Next Episodeތީ އޭ ހަނދަކީ 23←


All Right Reserved!