ކުރިމަތީގައި ހުރި ރީޝާ ފެނުމާއި އެކު ރިޔާޝްގެ ހިތް ހީވީ ރޫރޫ އަޅައިގަތް ހެންނެވެ. ދެލޮލަށް އައިނު ހެޔޮވަރު ކޮށްލުމަށްފަހު އޭނާ ބެލީ ރުޅި ވެރިކަން ދެއްކޭތޯއެވެ. “ބުނެބަލަ ޔާޝް… ކީއްވެތަ ތިހެން ތި ހެދީ؟ ޔާޝް ޔާޝް އަހަރެން ދެކެ ވަރަށް ލޯބި ވެސް ވެއެއްނު؟…ދޯ؟ ބަލަ.. ބަލާ މިއޮތީ ޔާޝް ރީޝް އަށް ދިން ފަށް ވެސް… ޔާޝް ބުނީމެއްނު މި ފަށް ރީޝްގެ ކަރުގަ އޮތްހާ ދުވަހަކު ޔާޝް ރީޝް ދެކެ ލޯބި ވާނެޔޭ… ދެން ޔާޝް ކީއްވެ؟…” ހުދު ކުލައިގެ ބޮޑު ފޫކެއް އިން ކަރުގައި އޮތް ފަށް ދައްކަމުން ރީޝާ އާދޭހުގެ ރާގަކަށް ބުންޏެވެ. “އަހަރެން ބޭނުމެއް ނޫން އިތުރަށް މި ގުޅުން ކުރިއަށް ގެންދާކަށް… ކަލޭ ތީ ނުބައި މީހެއްގެ ނަޖިސް ލޭ ހިނގާ ދަރިއެއް… ތިހާ އަގެއްނެތް ޖިސްމެއް އަހަރެންގެ ޙަޔާތަށް އައުމަކީ އަހަންނަށް އޮތް ބޮޑު ހުތުރެއް…” ދެލޯ މަރާ ބާރު ކޮށްލަމުން ރިޔާޝް ރީޝާ އާއި ދިމާއަށް އެހެން ބުނީ އެއްގޮތަކަށް ވެސް އެހެން ބުނަން ބޭނުން ވެގެންނެވެ ނޫނެވެ. ނަމަވެސް މިއަދު މިނޫން ގޮތެއް ނެތެވެ. އޭނާގެ ލޯބިވާ މަންމަގެ ހިތް ރީޝާ އަށް ދުވަހަކު ވެސް ހެޔޮ ނުވާނެ ކަން އެނގޭ އިރު އަނތްބެއްގެ ގޮތުގައި ރީޝާ ގެއަށް ގެނެސްގެން ރީޝާގެ ހިތަށް ވޭނާއި ކެކުޅުން ދިނުމަކީ އޭނާ ކުރާނޭ ކަމެއް ނޫނެވެ. “ނޫން ޔާޝް… ތި ދެލޯ ފޮރުވައިގެން ހުއްޓަސް ތި އަޑުން ވެސް އަހަންނަށް އިނގޭ ޔާޝް ތިހުރީ މިކަން ކުރަން މަޖުބޫރު ވެފަ ކަން… އަހަރެންގެ ކަރުގައި މި ފަށް އޮތްހާ ދުވަހަކު ތިހިތުގައި އަހަންނަށް ޓަކައި ވަނީ ސާފު ލޯބި ކަމާމެދު އަހަރެން ޝައްކެއް ނުކުރާނަން…” ރިޔާޝްގެ ދެއަތުގައި ހިފަހައްޓަމުން ރީޝާ ބާރު ބާރަށް ބުންޏެވެ. “ބުނެފީމެއްނު އަހަރެން މިކަން އިތުރަށް ހިންގާކަށް ބޭނުމެއް ނެތޭ… އެކަމާ މެދު ޝައްކު ނުކުރަންޏާ މިހާރުން ފެށިގެން އަހަރެންގެ ހިތުގައި ކަލެއަށް އެއްވެސް މަޤާމެއް ނުވާކަން ޔަގީން ކުރޭ..” އެންމެ ފަހު ޖުމްލަ ބުނެލަމުން ރީޝާގެ ކަރުގައި އޮތް ފަށް ދަމައިގަނެ އަތުކޮޅަށް ހޫރާލިއެވެ. ކަރަށް ވީ ތަދުން ބާރު ބާރަށް ރީޝާ އަށް ހަޅޭއްލަވައިގަނެވުނެވެ. އެ އަޑު އަހަން ކެތް ނުވުމުން އެތަނުން ދިއުމަށް ބާރު ބާރަށް ރިޔާޝް ހިނގައިގަތެވެ. ރީޝާ އާއި ދިމާއަށް އެ ހުރިހާ އެއްޗެއް ގޮވިއިރު ވެސް ރީޝާ ދެކެ ލޯތްބެއް ނުވެއޭ ބުނާނެ ހިތްވަރެއް އޭނާ އަކަށް ނުލިބުނެވެ. ނުލިބޭނެކަން ކަށަވަރެވެ.
****************
ނުމެދާށޭ ނުމެދާށޭ ފަސް ދީފާ އަދު ދެން
ތިޔަހެން ހަމަ ދާތީ ދެރަވެއްޖޭ އަދު އަހަރެން
ހާދަ އަސަރުތައް މި ހިތަށް މިއަދު ކުރާތީ ދެން ބުނަމޭ
ކާކު ހޭ ބަލާލާނީ ދެން މަށަށް މިތާ
ހާދަހާ އެކަނިވެރިޔޭ ހާލަކީ މިއޭ
އޯގާވީ ހިތަކުން އެދުނީމޭ އުފަލުން
ފޮރުވީމޭ ހިތުގައި ވީ ލޯބި ނުފޮހެވޭހެން
އަދު ލޯބި ވެވިއްޖޭ ދެން
ދުރުގައި ހަމަ ހުރެވޭހޭ ބުނެދޭނެގޮތެއް ނޭނގޭ
އަދު ވާ މަޖުބޫރީ ދެން
ދެލޮލުން އޮހިގަތް ކަރުނަ ތައް ފުހެމުން ރީޝާ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ފައި އެޅުނު ގޮތަކުން ހިލަ ގަނޑުން އޭނާ ކައްސާލިއެވެ. ދެލޯ މަރާ ބާރުކޮށްލެވުނީ ރިޔާޝް އޭނާ ހިފަހައްޓަން އާދޭތޯ ހިތާ ހިތުން ދުޢާ ކުރަމުންނެވެ. ނަމަވެސް ތޮށިގަނޑުން ކައްސާލައިގެން އޭނާ ވެއްޓުނީ މޫދަށެވެ. ހިލަ ގަނޑެއްގައި ގޭނި ފައި މަށައިގެން ދިޔަ ކަމުގެ އިޙުސާސް ވެސް ރީޝާ އަކަށް ނުކުރެވުނެވެ. އެއަށް ވުރެ އެހިތުގައި އަޅަމުން ދިޔަ ވޭން ބޮޑެވެ. ޖެހެމުން ދިޔަ ވައިގައި ރާޅު ތަކުގެ މިސްރާބު ހުރީ ރަށާ ދިމާއަށްކަމުން އޮޔާ ބޭރަށް ރީޝާ ނުގެންދިޔަކަން އެއީ ނަސީބެކެވެ. އޮއެ ގަދަ ރާޅުތަކާއި އެކު ރީޝާ ގޮނޑުދޮށަށް ބީއްސާލިއެވެ. އެތަނުން ތެދުވާ ހިޔާލެއް އޭނާ ނުކުރެއެވެ. ވެހެމުން ދިޔަ ބޯ ވާރެއިން އޭނާއަށް ހިމާޔަތް ލިބޭ ކަހަލައެވެ. ރާޅުޖަހާ ހިސާބުގައި އެ އޮތް ގޮތަށް އޭނާ އޮތީ ދެލޯ މަރާ ބާރު ކޮށްގެންނެވެ.
އައި ޖީ އެމް އެޗުގެ އަވަސް ފަރުވާ ދޭ ބައިގައި ރިވާ އަށް ފަރުވާ ދެވެމުން ދިޔައެވެ. އޭނާ ހޮސްޕިޓަލަށް ގެނެވުނު އިރު ލެއިން އެ ހަށިގަނޑު ވަނީ ތަތް ތެޅިފައެވެ. ރިވާގެ އެކްސިޑެންޓުގެ ޚަބަރާއި އެކު އަހުޝަމް، ނަޔާ އަދި ރިއާޝް ވެސް ހޮސްޕިޓަލަށް އައިސް ތިއްބެވެ. ވަސީމާ އިނީ ބޯ ސަކަރާތް ވެފައެވެ. ރިވާ ކާރު ދަށުވި މަންޒަރު އެހާ ގާތުން ފެނުމުން އޭނާ އިނީ ފާޑަކަށް ހުން ވެސް އައިސްފައެވެ. ރޯން ވެސް ނޭނގިފައި ވަސީމާ އިނީ ގަބު ވެފައެވެ. އިރުކޮޅަކުން ޑަކްޓަރަކު އެ ކޮޓަރިން ނުކުތެވެ. ޝަރީފް އާއި އަހުޝަމް ދުވެފައި ކަހަލަ ގޮތަކަށް ޑޮކްޓަރާއި ދިމާއަށް ދިޔައެވެ. “ޕޭޝަންޓްގެ ގައިން ލޭ ވަނީ ވަރަށް ބޮޑަށް މަދު ވެފައި… އެހެންވީމަ ވަރަށް އަވަހަށް އޯ ޕޮޒިޓިވް ލޭ ބޭނުންވޭ.. އެބަ އުޅުއްވާތޯ…” “އަޅުގަނޑު ގައިގައި ހުންނަނީ އޯ ޕޮޒިޓިވް.. ” ޑޮކްޓަރުގެ ސުވާލު ފުރިހަމަ ނުވަނީސް ޝަރީފް ޖަވާބު ދާރީ ވިއެވެ. އެ ޑޮކްޓަރާއި އެކު ޝަރީފް ލޭ ނަގަން ދިއުމުން އަހުޝަމް އެނބުރި ވަސީމާ މެންގެ ޙާލު ބަލައިލަން ދިޔައެވެ.
“ބައްޕަ ދެއްތޯ؟.. ” ލޭގެ ޓެސްޓު ތައް ހަދަމުން ޑޮކްޓަރު ޝަރީފް ކުރެން އެއްސެވެ. “އާދެ.. މި މިބުނީ ބައިލޮޖިކަލް އެއް ނޫން.. އެކަމަކު އަޅުގަނޑު ބަލަނީ” ޑޮކްޓަރަށް އޮޅުނީ ކަމަށް ހީކޮށް ޝަރީފް ކިޔައިދިނެވެ. “ބައިލޮޖިކަލް އެއް ނޫނޭތޯ؟ އެކަމަކު މި ޓެސްޓް ތަކުން އަންގަނީ ޝަރީފް… މުޙައްމަދު ޝަރީފް ދެއްތޯ؟ ޔެސް ޝީޒް ޔުއަރ ޑޯޓަރ…” ޔަގީން ކަމާއި އެކު ޑޮކްޓަރު އެ ބުނެލި ބަސް ކޮޅު ޝަރީފްގެ ކަންފަތުގައި ގުގުމައިގަތެވެ. އެހާ ޔަގީން ކަމާއި އެކު ޑޮކްޓަރަކު އެހެން ބުނުމުން ޝަރީފްގެ ދެލޮލުން ކަރުނަ ހިލުނެވެ. އޭނާގެ އުފަން ދަރިފުޅު އޭނާގެ ކައިރީގައި އެއޮއް ހުރިހާ ދުވަހު އުޅުނު އިރު އޭނާ އަށް ރޭކާވެސް ނުލިއެވެ. އެމީހުންގެ ގެއްލުނު ދަރިފުޅަށް ވެސް މިހާރު ވާނީ ބަރާބަރު ނަވާރަ އަހަރެވެ. ރިވާ އަށް ވެސް ނަވާރަ އަހަރެވެ. ވީއިރު އެއީ ހަމަ އެ ދަރިފުޅު ހެއްޔެވެ. “އަ އަ އަޅުގަނޑުގެ އުފަން ދަރިޔޭ ތޯ؟” ޤަބޫލު ނުކުރެވިގެން އަނެއްކާވެސް ޝަރީފް އަށް އަހާލެވުނެވެ. “ޔެސް.. ޔޫ ކޭން ޑޫ ޑީ އެން އޭ ޓެސްޓް އޯލްސޯ…” ގޮނޑިން ތެދުވެލަމުން ޑޮކްޓަރު ބުންޏެވެ. ޝަރީފްގެ ކޮނޑުގައި ޖަހާލަމުން ޑޮކްޓަރު ހިތްވަރު ދިނެވެ.
ގޮނޑުދޮށުގައި އިންދާ ދިމާވި ރައްޓިއްސެއްގެ ސައިކަލު ފަހަތުގައި ރީޝާ މާލެ ދިޔައެވެ. ގެއަށް ވަދެ ތެތް ހެދުމުގައި އަލަމާރި މަތީގައި އޮތް ފޮށި އޭނާ ނެގިއެވެ. ފެން ވަރަންވެސް ނޫޅެ އޭނާ ދެން ހުޅުވާލީ ފޯނެވެ. މިއަދު ފުރާ ފްލައިޓަކުން ބުކިން ހެއްދުމަށްފަހު އަވަސް އަވަހަށް ފާޚާނާ އަށް ވަދެ ފެންވަރައިގެން ނުކުތެވެ. ވާވަރަށް ފޮށްޓަށް އަންނައުނު އަޅާ ކޮންމެހެން ބޭނުންވާނެ އެހެނިހެން ސާމާނު އަޅައި ނިންމާލިއެވެ. އެއަށްފަހު ބާލީސް ދަށުގައި އޮތް ރިޔާޝްގެ ފޮޓޯ ގަނޑަށް ބޮސް ދިނުމަށް ފަހު އެ ފޮޓޯގަނޑު ފޮށްޓަށް ލިއެވެ. ދެން އޭނާގެ ކައިވެންނަށް އެއްކުރަމުން ދިޔަ ފައިސާ ހުރި ދަބަސް ނަގައި ހުޅުވާލިއެވެ. ބައި ލައްކަ ހަމަވާން ގާތްވެފައިވާ އެ ފައިސާ ދަބަހުން ސާޅީސް ހާސް ރުފިޔާ ނަގައި ރައްކާތެރި ކަމާއި އެކު އަތް ދަބަހަށް ލިއެވެ. އެ ފައިސާއެއީ އޭނާގެ އަމިއްލަ މަސައްކަތުން އެއްކޮށްފައިވާ އޭނާގެ އަމިއްލަ ލާރިއެވެ. އެއިން އެންމެ ލޯ ލާރި އެއްވެސް އޭނާ މިހާތަނަށް ބޭނުންކޮށްފައެއް ނުވެއެވެ. އެއީ ހަމައެކަނި އޭނާގެ ޒަވާޖީ ޙަޔާތަށްޓަކައި ރީޝާ ރައްކައުކުރަމުން އައި ފައިސާއެވެ. ނަމަވެސް މިއަދު އެ ފައިސާގެ ބޭނުން އޭނާ އެ ކުރަނީ އެންމެ ލޯބިވީ ފަރާތާއި އެކު ޒަވާޖީ ޙަޔާތެއް ފެށުމަށް ދެކެމުން އައި ހުވަފެން ބިލާހަކަށްވެ ނިމުނީމައެވެ. އެއަށްފަހު ޖަހާފައިވާ ހުޅި ނައްޓާލާ އެ ބޮޑު އިސްތަށިގަނޑު މިނިވަން ކޮށްލިއެވެ. އަދި ބުމައިގައި އަނދުން އަޅާލުމަށްފަހު ގަޔަށް ސެންޓު ކޮޅެއް ބުރުވާލިއެވެ. ފޮށީގެ ޒިބު ދަމާ، ތަޅު އަޅުވާލުމަށްފަހު ބާކީ ހުރި އެއްޗިހި އަލަމާރިއަށް ލައި އެ ހުރިހާ އެއްޗެއް ވެސް ކުރިން ހުރި ގޮތަށް ތަރުތީބުން ބެހެއްޓިއެވެ. އެއަށްފަހު ރީތިވާ މޭޒު ދޮށުގައި އޭނާ އިށީނީ ގަލަމަކާއި ކަރުދާސްގަނޑެއް ހިފައިގެންނެވެ. އެ ލިޔާ އެއްޗެއް ލިޔެ ނިމުމުން ސެންޓުފުޅިއެއްގެ ދަށުގައި ކަރުދާސްގަނޑު ވަޔާ ނުދާނޭހެން ބޭއްވިއެވެ. އެންމެ ފަހު ކަމަކަށް ދެން އޭނާ ބަލައިލީ ލޯގަނޑުން އަމިއްލަ ސޫރައަށެވެ. ކަޅު ކުލައިގެ ހުޑީ އެއް ލައިފައި ކަޅު ޖިންސެއްގައި ހުރި އިރު ފެންނަނީ މުޅީން އެހެން މީހެކެވެ. އޭނާގެ ކަޅުކަން ގަދަ ދިގު އިސްތަށިގަނޑު ދޫކޮށްލާފައި އޮތުމުން ރީޝާ ހެން ވެސް ހީނުވެއެވެ. ކަޅު ކުލައިގެ ތޮތްޕެއް ބޮލުގައި އަޅާލުމަށްފަހު ކަޅުކުލައިގެ ސާރޖިކަލް މާސްކެއްވެސް ރީޝަ އެޅިއެވެ. އޭނާ ހިތްހަމަ ޖެހުނީ ދެނެވެ.
ފޮށި ހިފައިގެން ގެއިން ނުކުތް އިރު ވެސް ގޭގައި މީހުން ނޫޅޭ ކަމުގެ އިޙްސާސެއް އޭނާ އަކަށް ނުކުރެވެއެވެ. އޭގެބަދަލުގައި އެކަކުވެސް ގޭތެރެއިން ފެންނަން ނެތުމުން އޭނާ އަށް ލިބުނީ ހިތްހަމަޖެހުމެކެވެ. ފޮށި ދަމަމުން ގޮސް ކައިރީގައި ހުރި ބޭންކަށް ވަދެ އޭނާ ގެންދިޔަ ފައިސާތައް ޑޮލަރަށް ބަދަލު ކޮށްލިއެވެ. އިރުގަނޑެއް ފަހުން އެކަން ނިމުމުން ޓެކްސީ އަކަށް އަރައިގެން ދެން އޭނާ މިސްރާބު ޖެހީ ހުޅުލޭ އެއަރޕޯޓް އާއި ދިމާއަށެވެ. އެއަރޕޯޓަށް ހަމަ ވަދެވުމާއި އެކު އެންމެ ފުރަތަމަ ވެސް އިވުނީ ޚަބަރު ތަކުން ދެމުން ދިޔަ އިންޒާރުގެ އަޑެވެ. ވައި ގަދަވެ އަރަބި ކަނޑުގައި އުފެދިފައިވާ ތޫފާނުގެ އަސަރު ރާއްޖެއަށް ކޮށްފާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާ ކުރަމުން ދިޔައެވެ. ވައިގެ މަގުން މިއަދާއި މާދަމާ ދަތުރު ނުކުރުމަށް ޚަބަރު ތަކުން އަންގަމުން ދިޔައެވެ. ނަމަވެސް ރީޝާ އަކަށް އެ އަޑެއް ނީވެއެވެ. ޗެކިން ވުމަށްފަހު އޭނާ އަރަން ހަމަޖެހިފައިވާ ފްލައިޓުގެ ބޯރޑިންގ އަށް ގޮވަންދެން މަރުވެފައިވާ މައްޔިތެއް ހެން ގޮނޑިބަރީގައި އޭނާ އިނެވެ. ބޯރޑިންގ އަށް ގޮވުމުން ތެދުވެ ބޯޓާ ހަމައަށް ދިއުމަށް ކަޑައްތު ކުރަންޖެހޭ ރާސްތާ އޭނާ ކަޑައްތު ކޮށްލިއެވެ. ބޯޓަށް އަރައި ސީޓުގައި ހަމަޖެހިލަމުން ދެލޯ މަރާލީ ކަރުނަ އަންނަން އުޅޭހެން ހީވުމުންނެވެ. އޭނާގެ ސިކުނޑިއާއި ހިތުގައިވާ ހައިޖާނާއި ހުރެ ކުރެވޭ ނުކުރެވޭ ކަމެއް ވެސް އޭނާ އަކަށް ނޭނގެއެވެ. ހަމަ ބިމުން ނެއްޓި ބޯޓު މައްޗަށް ދަތުރު ފެށުމާއި އެކު ފުސްވަމުން ދިޔަ މާލޭގެ މަލަ މައްޗަށް ރީޝާ ނަޒަރު ހުއްޓާލިއެވެ. އުފަން ފަސް ގަނޑެވެ. އެންމެ ލޯބިވާ ބިމެވެ. ހަށިގަނޑުގެ ލެޔާއި ނޭވާ ވެސް ފަސް ލެވިފައި ވީ ބިމެވެ. ޅައިރު ދުވެ ފުމެ އުޅުނު ބިމެވެ. އެންމެ ފުރަތަމަ ނޭވާ ލީ ބިމެވެ. ނަމަވެސް ލޯބި އޭނާ އެ ބިމުގައި އުޅުމުގެ ޙައްޤު ޖަހައިގަނެފިއެވެ. ލޯބި އޭނާ އެ ބިމުގައި އުޅުމުގެ ނަސީބު އަތުލައިފިއެވެ. ލޯބީގެ ކަނު ކަމުން އަލި ކަމަކަށް ވާސިލު ވެވެން އޮތް ހަމައެކަނި ގޮތަކީ މިއެވެ. ރީޝާ މިއަދު ދަތުރު އެ ފަށަނީ ޙަޔާތުގެ އަނދިރި ސަފްޙާ ތަކުން އަލިވިލެނިވި ފަތިހެއް ހޯދުމުގެ ނިޔަތުގައެވެ. ލޯބީގެ ދަލުން ނުކުމެ ޙަޔާތުގެ އައު ބާބެއް ފެށުމުގެ ނިޔަތުގައެވެ. ލޮއެއްބާއި ދުރަށް ދުވެ ފިލަމުންނެވެ. ހިތުގެ ޒަޚަމް ތަކަށް ލޮނު އަޅަމުންނެވެ. މި ދަތުރުގައި އޭނާގެ ބައިވެރިޔަކީ އޭނާ އަމިއްލަ ނަފްސަށް ކުރާ އިތުބާރެވެ. އެހެން މީހުން ހެން ލޯބީގެ ސަބަބުން އަމިއްލައަށް މަރުވުމަކީ އޭނާ ދުވަހަކުވެސް ކުރާނޭ ކަމެއް ނޫނެވެ. މި ފަދަ އެތަށް ފިލާވަޅު ތަކެއް އަމިއްލަ ނަފްސަށް ނަގައިދެމުން ރީޝާ ދެލޯ މަރާލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.




alheyyyyyy manjeyy okay thr…..
WAIT WHATTTTTTT!!!!! R I V A A IS SHAREEF GE DHARIFULHU?????? DUDE WHATTTTTTTTTTTTT??????
ANY WAYS EYNI NUN LAVA EH E LAVA JAHIGEN MEENI HEHEHEEHEH….. EKM E THANKOLHEH NOON 😂😂😂😭EYY MA DHANEE NEIYY HUREVEYKAHHH
BUT RIVAA AH AVAS SHIFAA AKAH EDHEN.. BYEEEEE LOVE YOU SISSSYYY
Reply for @lau.laalu
AAAAN EHENNOAAA… RIVAA EII SHAREEF DHARIYOO? EKM SHAREEF EKANI DHARI? HAHAHAHA
EHNTHSSS.. AAN JAHAALAA JAHAALAAA
THANK YOU RIVAA FARAATHUN KANBULO AH
AAAWWWNN LOVE YOU MOREE DHOONIII❤️❤️❤️
burooooo..yageeney dhen dhakkaany haekka aharu fas kan..ehaa iru vaa iru aash brw vs ulheyny rannu aa indhegen kanneynge..dhn yaash brw mashah ingey abadhu coffee boe boe kan hunnaany..cigarette va boane..boa haavaafa moonumathi andhaafa dhn neynge ahannakah..dhn manje hunnaany burugaa alhaafa..glow up velaafa..manje raajje annaany dhuniyeyge fenvaruge mash’hooru chef akah vgn..yageeney.. rivaa vs meehakaa innaane thoacheh..dhn ahu brw aa nayaa vrh zinmaadhaaru vaaneyoala.. e dheythi eii dhuvahakuves innaane meehaku hoadhan ulhey baeh noonennu..shit mashaa dhimaalah dhw mi ehchehi kiyeny..anyways..thedhu vaany thedhah dhw..lol thats my imagination..lol..pretty wild right..
anywayssssssss vvvvvvv emo ingey mhr mi vhk… kobaa mashah eyruves ingey rivaa eii manje dhahtha kan..ma bunaa ehcheh goaheh nuvaane..dhn rivaa ah avas shifaa akah edhen
ey ey eyyyy..dhethin aharu fas dhakkaa iru vrh saly koh gennahchey..dhn manje aa yaash brw aa vs gulhehchey aharuthakeh keeh kuran, garunuthakeh fahun viyas..
ey dhn ma buny….. manje gaumun beyrah dhaa iru visa vs nuhahdhan tha??? hahahahahahaha galhi boaaaaaa..
ok once again this story is the best hama..dhn ma dhany magey vhk liyan..ma buneemennu manje vhk up vyma ey ma dhn liyaany..so bye bye..take care..loabi vey inthihaaaaaa ah <33333
Reply for @Nayaa
Haehka aharey? Dhiha baara aharu viyas hevehnu
Aan dhw aash brw vx rana aa indhegen ha dharin vx hoadhaafa.. Uhn kaafa dharin vx
Dhw.. Yaash dhonbe vx nukai nuboe hus coffee aa cigarette boegen meehaa hiki dhandi vefa.. Moonu milaafa.. Boa govaafa.. Isthashi gandu buri aa hamaiga kaalheh hen fen nuvaraa… Partey guroopakaa gulhigen dhw..
Aan ma vx burugaa keehkuran moonu burugaa vx alhaafa.. Glow upakas down akas.. Hurihaa ehcheh vx vefa dhw.. Aan dhuniyeyge fwnvaru chef akah vegen..
Hmm hmm rivaa vx meehakaa indhegen dharin hoadhaafa..
Mihaathanah hus rangalhu vhk thi dhehkee.. Ekm mihisaabun mulhin goas.. Ebunaa ahushamaa nayaa eii dhuvahaku zinmaadhaaru vaane beyeh noon.. Hama kanneh fodarun.. Ulhe ulhefa innaanee vx e dhegolaa.. Indhegen onnaanee hus zuvaabu.. Ahushamah biriyani kahkan neyngeythee nayaa esoraa dhimaalah govaa ethi varu.. Dhemeehunge nunimey tholhun gandu.. Dhn balaala manje veema imagination vx nikan high kohfi ehnu.. Heveyyy..
Mashah vx enge eyy.. Uhn konme faharaku nuvey thedhakah.. Mihaaru thikee nayaa aa ahushamuge bai mulhin goas…
Dhethin aharu fahey?…. Manje hama aslah vx thiulheny vhk leap akah gendhan tha? 😮suhbunaa.. Mee adhi aadhaige golaeh noon.. Adbi evx haehka aharu fas… Ajaibu
Amaaa.. Oww shit… Ey ey ey eydhn mee aneyhh mee dhen hahdhaafa oa othee visaa.. Ehnve e eii.. Aslu.. Mee eii eh eiie.. Hahdhaafa yoa othee.. 😬😬
Ahdeyyy koyaa bunee 23 vana epi up kuryma eyy.. Kon irehge vhk eh edhahkany mihaaru.. Pispsipsi
Eyyyy dhen dhww manjeyyyyy dhwwwww.. Ma kannethakas Assu vrh hardworking vs vaaney.. Kuran beynun kameh kohfa noony dhuleh nukuraanan.. Klw test dhuvas kolhu vs literally dhan varu 2 jahaa iru ves eba thedhuvamey filaavalhu kiyan.. Heeveytha mi Fathimath Nayaa Abdulla dhuvahakuves nidhi qurubaan kohlafaane hen? Even I couldn’t believe myself lol.. Dhn adhi test nimuneema dhuvaalaa reygandaa ekkoh nidhaafa othas……. Lmao eii dhn mulhin ehn vhk eh..
Alhe dhn kobaatha massala aky dhethin aharu fas dhakkaaliyas?? Nulaahiku salhi vaane.. Ey ey ey ma meehakaa dhevaa dhuvahakun vvv salhi wedding dress eh dhehchey.. Just like kubra ge.. A beautiful crown nd a looooong veil.. Damn… Arn adhi eh vhk… Biriyani kakkan engumaky mashaa inna meehegge kibaiga hurun must kameh.. Ekan handhaan kurahchey.. Lol anyways bye.. Match feshunyyy.. Habareh vahcheyyyy
Hmm hmm enge eyy.. Manje thee nulaahiku molhu hard working kuhjjeh kan masha allah… Heevey aan thauleemah vehjjehyyaa manje kohfaane konme fadha kameh vx… Pis pis alhe dhethin aharu faho… Kihineh engeny flight massala eh jehigen thiri nukuraane kameh.. Yaash dhonbe ah engigen reesh balai naannaane kameh…? Brw dhen kuraa hiyaalu…thankolhhe expectation low kohlabala.. Ooooppsss🤐🤐manje akaa hure mashah kuri vx mereyneee….. Hmmm dheynamey adhi e dhuvas ais genehnu… Manje meehakaa dhimaalah balailaigenehnu… Meehakaa neennan huri meehaa balaila buneli vhk.. Thiamanna ah salhi wedding dress eh dhehcho..thihaa Wedding dress laa hiy vangnaa magey hedhun dheefaanamey.. Uhn eii indian hedhumeh.. Manje ah dheyn jeheynee hulhanguge hudhu leys elhi molhu hedhumeh dhw.. Hmm kubrage hedhun kahala hedbumeh hoadhaanan.. Pis pis anwhkaka aneh vhk… Mashah engeyey thikan.. Varugadha kamehnu.. Hmm handhaan kuraanan… Kihineh habareh vaanee naseemaaa… Dhah veema dhen nethey nayaa kiyaafa govaa levey kah vx… Naseema byeee… Vrh laobi veyyyy.. naseemaa i love youuuuu.. Naseemaa dhany engeyyyy… Mihaaru 1st epi submit kohfinnnnnn… Aa*i* kairy buney avahah up kuraashey