Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

#riyaish “Anniversary Special”

ReeshA CoronA
ReeshA CoronA Level 410 Stories100 Comments100 Login
August 21, 2022 8 Mins Read
15 Comments

 

އިރު ފެނުން ތޮޅިލީ ހިތްގައިމު ހެނދުނެއްގެ ހައެއް ޖަހާކަށް ހާއިރު އެވެ. ފަތިހުގެ ފިނި ރޯޅިތައް މާލޭގެ މަގުތައް މަތިން މިނިވަން ކަން ހޯދަމުން ދިޔައީ ދުއްވާ އުޅަނދުތައް މަގުމަތީ މަދުވެފައި ވުމުންނެވެ. މާލެ އަކީ ހަލަބޮލި ކަމަށް މަޝްހޫރު ތަނެއް ކަމުގައި ވިޔަސް ގުދުރަތުގެ ޙަޤީޤީ ރީތިކަން މާލެއިން ވެސް ފެނެއެވެ. ކުޑަކޮށް މޯޅި އަކަށް ދެމިލުމަށްފަހު މާލޭ ލޮނުޒިޔާރަތް ޕާކަށް ޖެހިލަމާ ތޯއެވެ. ރޭ ވެހުނު ވާރޭގެ ޝަބްނަމް ތިކިތައް އަދިވެސް ގަސްގަހުގެ ފަތް ތަކުގައި ތާޒާ ކަންމަތީ ވިދަ ވިދާ ހުއްޓެވެ. ބިންމަތީ އޮތް ފެހިކަން ގަދަ ވިނަގަނޑު އަންނަހާ މީހަކަށް މަރުޙަބާ ކިޔަން ތައްޔާރަށް އޮތެވެ. ސައިމާ ތަކާއި ބޯގަންވިލާ ތައް ފަރިވެ ފޮޅިފައި ބަހާރުގެ އުފާވެރިކަން ދައްކަމުން ދިޔައެވެ.

 

ފަތިހު ދުވަން ނުކުމެ އުޅުނު ރިޔާޝް ހުއްޓުނީ ފޯނު ރިންގްވާން ފެށުމުންނެވެ. މާނޭވާ ލަމުން ދިޔައިރު އޭނާގެ މޭ އުފުލިފައި ތިރިވާ ގޮތުން ދުވެފައި އެ އައީ ވަރަށް ދުރުން ކަން ހާމަވެއެވެ. ޓީޝާޓުގެ އަތްކުރި އުޅަނބޮއްޓަށް ވުރެ ހައެއްކަ އިންޗި މަތީގައި ހުރި އިރު އެދިމާލުން މަސް ޖަހާލާފައިވާލެއް ގިނައެވެ. ލައިގެން ހުރި ކަޅު ކުލައިގެ ޓީޝާޓު ގައިގައި ތަތްލަވާފައި ވާއިރު އުނަގަނޑުން ހިމަ ބާމަތިން ފުޅާ އެ ފިރިހެން ވަންތަ ހަށިގަނޑު ހުސް ގަޔާއި ހުއްޓާ ފެނުނު އަންހެން ކުއްޖަކު މޮޔަ ވާނެކަން ގައިމެވެ. ނިތް މައްޗަށް ވެއްޓިފައި އޮތް ފަން އިސްތަށިކޮޅު އެއް އަތުން ނަގައި ރަނގަޅު ކޮށްލަމުން އޭނާ ފޯނު ނެގިއެވެ. “ގުޑް މޯނިންގްގްގް…. ސޮރީ ވަރަށް ބޮޑަށް ސޮރީ… މަށާ ދިމާލަށް ބަވާ ނުލައްޗޭ… އެނގޭ މިގަޑީ ޔާޝް އުޅޭނީ ޖޮގިންގަ ކަން ވެސް.. އެކަމް ވެސް-” ފޯނު ނެގި ތަނާ އެކޮޅުން ވާހަކަ ދައްކަން ފެށިއެވެ. އެމީހަކު ވާހަކަ ދެއްކި ގޮތުން ރިޔާޝް ގާތަށް އައީ ލާނެއް ހިންޏެކެވެ. “އޯ ހެލޯވް އުނދަގޯ ބޮޑު އަންހެނާ…. ހެޔޮ ނުވާނެ މަށަށް އިރު އަރަން ވާއިރަށް ބްރިޖް އާ ހަމައަށް ދެވޭތޯ ކަނޑާލާ…” އެމީހެއްގެ ވާހަކަ ފުރިހަމަ ނުކޮށް އުޅެނީސް ރިޔާޝް ވާހަކަ ދައްކަން ފެށިއެވެ. އެހެން ބުނުމަށް ފަހު އޭނާ ފޯނު ޖީބަށްލީ ގޮތަށް ދުވުމައިގެން ކުރިއަށް ދިޔައެވެ. ބްރިޖް އާއި ހަމައަށް ދެވުނު އިރު އިރުގެ ރަން ދޯދި ތަކުން އުދަރެސް އަލިވެފައި ވީތަން ފެނި އޭނާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލި އެވެ. އެކޮޅުން ފޯނު ކަނޑާލިތޯ ބަލަން ވެގެން ފޯނު ނެގި އިރު އަދިވެސް ފޯނު ކަނޑާ ނުލާތީ އެ ތުންފަތުގައި ވީ ހިނިތުންވުން އިތުރަށް އުޖާލާ ވެގެން ދިޔައެވެ. އިރު އަރާމަންޒަރުގެ ފޮޓޯއެއް ނަގާލުމަށްފަހު ރިޔާޝް ކަންފަތުގައި ފޯނު ޖައްސާލިއެވެ. “އައްސަލާމު ޢަލައިކުމް ލޯބިވާ… ބާއްޖަވެރި ފެށުމެއް…” މަޑުމަޑުން ހިނގާލާފައި އައިސް ލޮނުޒިޔާރަތް ޕާރކަށް ވަންނަމުން ރިޔާޝް ފޯނަށް ޖަވާބު ދިނެވެ. “ވަޢަލައިކުމުއް ސަލާމް މަގޭ ޖާނުގަނޑު… ތިބާ އަށް ވެސް ބާއްޖަވެރި ފެށުމެއް…” އެކޮޅުން އެމީހެއްގެ ލުއި ހުނުމުގެ އަޑު އިވުމުން ރިޔާޝްގެ އުފާވެރިކަން އިތުރު ވިއެވެ. “ރީޝް… ބުނަންތަ ވާހަކައެއް؟ އޭންދަ ރަތް ބޯގަންވިލާ ފެނުނީމަ ވެސް މަށަށް ހީވަނީ ހަމަ ރީޝް ފެންނަ ހެން…..” ޕާކުގެ ބެންޗެއްގައި އިށީނދެލަމުން ރިޔާޝް ރީޝާ އަށް ތަޢުރީފާ ކޮށްލިއެވެ.

 

ރިޔާޝްގެ އެ ލޮބުވެތި ބަސްކޮޅުން އެންމެ ކުރިއެކޭ ވެސް އެއްގޮތަށް ރީޝާގެ މޫނުމައްޗަށް ރަތް ކުލަ ނޭރިޔަސް ލަދުވެތިކަން ވެރިވިއެވެ. ތިރީ ތުންފަތުގައި ދަތް އަޅާ ލެވުނު ގޮތަށް އޭނާ އަށް އިސްޖަހާލެވުނެވެ. ހީވަނީ ރިޔާޝް އޭނާގެ ކުރިމަތީގައި އިނދެގެން އޭނާ އަށް ހުއްޓާނުލައި ބަލަމުންދާހެންނެވެ. ނަމަވެސް ދެން ރިޔާޝް ފެންނާނީ ހައެއްކަ މަސް ފަހުން ކަން ހަނދާން ވުމުން އެ ހިތުގައި ނާއުންމީދުގެ އިޙްސާސް ތައް ދަތުރު ކުރަން ފެށިއެވެ.

 

“ރީޝް… ހަލޯ.. “ރީޝާ އެއްޗެކޭ ނުބުނެ އިރުކޮޅެއް ވުމުން ރިޔާޝް ގޮވާލިއެވެ.” އަ އާން… ” ގޮނޑީގައި ހަމަޖެހިލަމުން ރީޝާ ޖަވާބުދިނެވެ. “ރީޝް އައި ނޯ ޓުޑޯ ވޯންޓް ބީ ސޯ ސަޕްރައިޒިންގް އެންޑް ސްޕެޝަލް ލައިކް އަދާރސް… ބަޓް ރިމެމްބާ ދިސް… އަބަދުވެސް އެކާވީސް އޮގަސްޓް އެއީ ޚާއްސަ ދުވަހެއް… އެ ދުވަހުގެ ރޭގަނޑު އެކާވީސް ގަޑި އެކާވީސް އެއީ އެ ދުވަހުގެ ޚާއްސަކަމުގެ ހުޅުކޮޅު ދިއްލޭނެ ވަގުތެއް.. އަހަރެމެން މިއަދު ކިތަންމެ ދުރުގައި ތިއްބަސް އެކަކު އަނެކެއްގެ ސޫރައާއި ފޮނި ހަނދާންތައް ވަނީ ހިތު ތެރޭ ރައްކާ ކުރެވިފައި… އެހެންމަ ރީޝް ހީކޮށްލާ ރީޝްގެ ޔާޝް ހުރީ ވަރަށް ގާތުގައޭ… ވަރަށް ވަރަށް ގާތުގައޭ… ލޯމަތިން ނުގެއްލޭހާ ގާތުގައޭ… އޯކޭ؟.. ” މި އުފާވެރި ޚާއްސަ ދުވަހު އެކަކު އަނެކަކާއި ދުރުގައި ތިބެން ޖެހުމުން ރިޔާޝް ރީޝާ އަށާއި ޚުދު އޭނާގެ އަމިއްލަ ނަފްސަށް ވެސް ވިސްނައިދިނެވެ. “އިނގޭ ޔާޝް.. އަހަންނަށް ވިސްނޭ… އަދި މި ނޫނަސް ކިތައް ދުވަސް އަހަރުމެންގެ ޙަޔާތުގައި އަންނާނެ؟… މީވެސް އިމްތިހާނެއް…..” ފުން ނޭވާއެއް ދޫކޮށްލަމުން ރީޝާ ބުންޏެވެ. “ހޫމްމް.. ބްރޭކް އެއް ލިބުނީތަ މި ގަޑީ ތި ގުޅާލީ؟ ދެންމެ ދޯ ތި ދިޔައީ؟” މިގަޑީ ރީޝާ އިންނާނީ ކުލާހުގައި ކަން އެނގޭތީ ރިޔާޝް އަހާލިއެވެ. “ނޯ ބްރޭކް އެއްނޫން.. ކަރަންޓު ގޮސްގެން ކްލާސް ނުފަށާ އަދި…” އަށެއް ޖެހި އިރު އޭނާ ކޯސް ހަދާ އެކަޑަމީ އަށް ގޮސް އަށް ގަޑި ފަންސަވީސް ވީއިރު ވެސް ކްލާސް ނުފެށުނު ސަބަބު ރީޝާ ބުންޏެވެ.

 

ލިބުނު ފުރުސަތެއް ގައި ކަލިނަރީ ކޯހެއް ހަދަން ރީޝާ ތައިލެންޑްގެ ބެންކޮކަށް ދިޔައީ މިދިޔަ ހަފްތާ އެވެ. ހަމަހުގެ ކޯހަކަށް އޭނާ ފުރީ ކެއްކުމަށް ހުންނަ ޝައުގެއްގެ ބޮޑު ކަމުންނާއި ރިޔާޝް އާއި އެންމެން އޭނާ އަށް އެ ފުރުސަތުގެ ބޭނުން ހިފަން ހިތްވަރު ދިނީމައެވެ. އެންމެންނަށް ވުރެ ބޮޑަށް ރިޔާޝް ހުރީ ރީޝާ އަށް އެ ފުރުސަތު ލިބުމުން އުފާ ވެފައެވެ. ރިޔާޝް ބޭނުންނީ ރީޝާ އަކީ ދުނިޔޭގެ ފެންވަރުގެ ބޮޑު ކައްކާ އަކަށް ވާށެވެ. ހަމަ އެހެންމެ އޭނާ އަށް ގިނައިން ކާން ލިބޭނެތީ ވެސް ރީޝާ ކޮންމެހެން ވެސް އެ ކޯސް ހަދަން އޭނާ ބޭނުން ވިއެވެ.  ހަ މަސްދުވަހަށް ވަކިވާން ޖެހުމުން އެކަމުގެ ހިތާމަ ވެސް އެކަނި ހުރެގެން ރިޔާޝް ކުރިއެވެ. ނަމަވެސް ރީޝާގެ ކުރިމަތީ އޭނާ ހިތްވަރު ކުރެއެވެ. ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރީޝާ ނުފެނި އޭނާ އުޅުނީ ލައްކަ ޙާލުންނެވެ. ކާ އެތިކޮޅު އަނގަޔަށް ވަންނަނީ ވެސް ރީޝާ އާއި ވީޑިއޯ ކޯލު ކޮށްގެން ރީޝާ ކާތަން ފެނުނީމަ އެވެ. ނިދެނީ ވެސް ރީޝާ ލައްވާ ލަވަ ކިއުއްވާފައި ވޮއިސް މެސެޖަކުން ފޮނުއްވާ އެ އަޑު އަހައިގެންނެވެ.  ދުވާލަކު ދިހަ ވަރަކަށް ފަހަރު ވެސް އޭނާ އެ ވޮއިސް މެސެޖު ތައް އަޑު އަހައެވެ. ނަމަވެސް މިއަދަކީ އެދެމީހުންގެ ގުޅުމަށް ދެ އަހަރު ފުރޭ ދުވަހެވެ. ސާބިތު ކަންމަތީ އެކަކު އަނެކެއްގެ ލޯބިވެރިޔާގެ މަޤާމުގައި ދެމީހުން ދެގޮތެއް ނުވެ ތިބިއިރު ކައިވެނީގެ މާތް ގުޅުމުން ދެމީހުން ގުޅޭނެ ދުވަހަކަށް އަބަދުވެސް އެދެމީހުން އިންތިޒާރު ކުރެއެވެ. އަދި ދެތިން އަހަރު އެ ގޮތުގައި ތިބެން ޖެހޭނެކަން ގައިމެވެ.

 

އިރުކޮޅެއްގައި ވާހަކަ ދައްކާލުމަށްފަހު ރިޔާޝް ފޯނު ބޭއްވި އެވެ. ހިތުގައި ފޯނު ޖައްސާލިއިރު ކުރިއަށް އޮތް ދުވަސްތަކާއި މެދު އޭނާއަށް ވިސްނާލެވުނެވެ. ދުލުން ބުނަން ފަސޭހައަސް ހިތުން ލޯބިވާ މީހަކަށް ހަ މަސް ދުވަސް އެއީ ދިގު މުއްދަތެކެވެ. ނަމަވެސް ރިޔާޝްގެ މޫނުމަތިން ފެންނަ އަސަރުތައް ތަފާތެވެ. މިއަދު އެހާ ޚާއްސަ އިރު ދުރުގައި ތިބެން ޖެހުމުން ދެރަވާ ކަމެއް ރިޔާޝްގެ މޫނަމަތިން ފާހަގައެއް ނުވެއެވެ. އޭނާގެ ތުންފަތުގައި ވީ ހިނިތުންވުމެކެވެ. މާނަ ފުން ހިނތުންވުމެކެވެ. ނުފިލާ ހިނިތުންވުމެކެވެ.

 

ކުލާސް ނިމުނު އިރު ރީޝާ ހުރީ ވަރުބަލި ވެގެން ގޮސް މީހާ ވާތާ ވާން ގާތް ވެފައެވެ. މެންދުރުގެ ކެއުމަށް ލިބުނު ހުސް ގަޑީގައި ވެސް ކާން ލިބުނީ އޭތި މީތި އަޅައިގެން ހަދާފައި ހުރި ފާޑެއްގެ ތައި ރިހަގަނޑެކެވެ. އެއާއި އެކު ޒާތެއްގެ ސެލެޑެކެވެ. ރިހާކުރާ ތެލުލި ފަތާ ބަތާ ކައިގެން ބޮޑުވި އަންހެނަކަށް އެ ތަންތާ ހުންނަ ކާ އެއްޗިހީގައި ލާނީ ކޮން ރަހައެއް ހެއްޔެވެ. އޭނާ އަށް ވެގެން ވާނަމަ އޭނާ ކާނީ އަމިއްލަ އަށް ކައްކައިގެންނެވެ. އެކަމަކު ބްރޭކް ގަޑީގައި ކޮލެޖުން ނުކުތުން ވެސް މަނަލެވެ. ކާން ދާން ޖެހެނީ ކެންޓީނަށެވެ.  ކާ އެއްޗިހި ހުސް ވެސް ނުކޮށް ރީޝާ އެނބުރި ކްލާހަށް ދާނެ އެވެ. އެތާނގައި ހުންނަ ކާ އެއްޗިހި ނުބައި ކަމުން ކޮންމެ ދުވަހަކު ކުލާސް ނިމިގެން އޭނާ އުޅޭ ކޮޓަރިއަށް އާދެވޭ އިރު ރީޝާ ހުންނަނީ ބަނޑުހައި ވެގެން މީހާ ދެފުށް ޖެހިފައެވެ. ކޮޓަރި އަށް ހަމަ ވަދެވުމާއި އެކު ދަބަސް އެނދު މައްޗަށް ހޫރުވާލައިފައި ރީޝާ އެނދުމައްޗަށް ވެއްޓިގަތެވެ. ދެލޯ މަރާލުމާއި އެކު އޭނާ އަށް ބަނޑުހައި ކަން އިޙްސާސް ކުރެވުނެވެ. ދެފައި ކާއްތަމުން ގޮސް ފާޚާނާ އަށް ވަނީ ފެންވަރާ ލައިގެން ހޮޓެލްގެ ތިރީގައި ހުންނަ ރެސްޓޯރެންޓަށް ކާން ދިއުމުގެ ނިޔަތުގައެވެ. ފެން ވަރަން ހުރި އިރު ވެސް އޭނާގެ ބޮލަށް ހުރީ ބަރުވެފައެވެ. ފާޚާނާ އިން ނުކުމެ ކުޑަގޮތަކަށް ހެދިލައިގެން ރީޝާ ކޮޓަރިން ނުކުތެވެ.

 

ފުސްވަމުން ދިޔަ މާލޭގެ މަލަ މައްޗަށް ނަޒަރު ހުއްޓާލައިގެން އިން ރިޔާޝްގެ ހިތަށް ލިބިފައި ވަނީ ފިނިކަމެވެ. ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެވެ. ފޯނުގެ ވޯލްޕޭޕަރ ގައި އިން އޭނާގެ ހިތުގެ މަލިކާގެ ތަސްވީރަށް ބޮސް ދިނުމަށްފަހު އޭނާ ފޯނު ނިއްވާލިއެވެ.

 

ހަވީރު ހަތަރުގަޑި ބައެވެ. ދަ ބެޑްރޫމްސް ބޮޓިކް ކެފޭގައި މެންދުރުގެ ކެއުމަށް އިންސާފު ކުރަމުން ދިޔަ ރީޝާގެ ސިކުނޑީގައި ދުނިޔެމަތީ ހިނގާ އެހެން އެއްވެސް ކަމެއްގެ ޚިޔާލެއް ނެތެވެ. އޭނާގެ ހުރިހާ ޙިއްސުތަކެއް ވެސް މިވަގުތު ހޭލާ ތިބީ ކާއެއްޗަކަށް ޓަކައެވެ. މާ ދުރުން ވޭޓަރު އަންނަ ތަން ފެނި ރީޝާގެ ކުޅު ދިޔާވި އެވެ. ވޭޓަރު އައިސް އޭނާ އޯޑަރު ޖެހި ޕާސްތާ ތައްޓާއި މިލްކްޝޭކްގެ އިތުރަށް ޗޮކްލެޓް ކޭކު ފޮތި މޭޒުމަތީގައި ބެހެއްޓުމުން ރީޝާގެ ދެލޯ ތަރަ ތަރަ ޖަހައިގަތެވެ. އެންމެ ސިކުންތެއް ވެސް ލަސްކުރުމެއް ނެތި ކާން ފެށި ގޮތުން އެކުއްޖާ ފަކީރު ހީވަނީ މީން ދުވަހަކު ނުކާ މީހެއް ހެންނެވެ.

 

އިރުއޮއްސި އަނދިރި ވެއްޖެއެވެ. އޭނާގެ މަންޒިލާއި ހަމައަށް ވާސިލް ވެވުނު އިރު ރިޔާޝް ހުރީ އާޝޯޚު ވެފައެވެ. ކުރިމަތިން ފެންނަން އޮތީ ކުލަކުލައިން ދިއްލާ އަޅާފައި އޮތް ބޮޑު ސިޓީ އެކެވެ. އުސް އިމާރާތް ތަކާއި ކާރުބާރު ބޮޑު މަގުތައް ފެނި ރިޔާޝް ފުން ނޭވާއެއް ދޫކޮށްލިއެވެ. ފޮށީގެ އަތް ގަނޑުގައި ބާރަށް ހިފަހައްޓާލަމުން ރޭލު ސްޓޭށަނަށް އޭނާ މިސްރާބު ޖެހިއެވެ.

 

ބެންކޮކް ގަޑިން ރޭގަނޑު ނުވަގަޑި ދިހައެކެވެ. ރީޝާ ލޯގަނޑު ކުރިމަތީ ހުރެގެން އެންމެ ފަހު ފަހަރަށް ގަޔަށް ސެންޓު ބުރުވާލިއެވެ. މިނިވަންކަމާއި އެކު ވިހުރެން ދޫކޮށްލާފައިވާ އޭނާގެ ބޮޑު އިސްތަށިގަނޑުގައި މަޑު މަޑުން އަތް ފުނާ އަޅާލިއެވެ. ކަންފަތުގައި ލައްވާފައި އިން މުލި ރަނގަޅު ކޮށްލަމުން ތުންފަތުގައި އަދިވެސް އެއްފަހަރު ކަޑި އުނގުޅާލިއެވެ. އެއަށްފަހު ކޮޓަރި ތެރެއަށް ބަލައިލީ ހުރިހާ ކަމެއް ހުރީ ރަނގަޅަށްތޯ ބެލުމުގެ ނިޔަތުގައެވެ. ހުރިހާ އުއްބައްތި އެއް ރޯ ކޮށްލުމަށްފަހު ފޯނު ސްޓޭންޑުގައި ހަރުކޮށްލިއެވެ. މިރޭ އޭނާ އެ ތައްޔާރު ވީ ރިޔާޝް އަށް ގުޅައިގެން އެދެމީހުންގެ “އެނިވާސަރީ” ފާހަގަ ކުރުމަށެވެ. ކިތަންމެ ދުރުގައި ހުއްޓަސް ފޯނުގެ ޒަރީއާއިން އެދެމީހުންގެ ގުޅުން ވަނީ ވަރުގަދަ ގޮށަކުން ގޮށްޖަހާލެވިފައެވެ. އަދިވެސް އެއްފަހަރު ލޯގަނޑުން އަމިއްލަ ސޫރަ އަށް ބަލައިލިއިރު ރީޝާގެ މޫނުމަތީ ލަދުރަކި ހިނިތުންވުމެއް ދުވެލި އެވެ.

 

ގަޑިން އެކާވީސް ގަޑި ނަވާރަ ހިނގައިފިއެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ރިޔާޝް ހިނގުން ބާރު ކޮށްލިއެވެ. ހައެއްކަ ފޫޓު ދުރުގައި ހުރި ރޫމް ނަމްބަރު 21 އާއި ދިމާއަށް ދިއުމަށް ރިޔާޝް އޭނާގެ ފިލާވަޅުތައް ހަލުވި ކޮށްލިއެވެ. ރިޔާޝްގެ ކޯލް އައިޑީ އަށް ފިތަން އަތް ހިއްލާލި ރީޝާ ސިހުނީ މީހަކު އޭނާގެ ކޮޓަރީގައި ޓަކިދިނުމުންނެވެ. މިއޮއް ފަދަ ގަޑީ އަންނާނީ ފަހެ ކާކު ހެއްޔެވެ. ދޮރުގެ ފަހަތަށް ވަދެ ދޮރާއި ނިވާވެލަމުން ކުޑަކުޑަކޮށް ރީޝާ ދޮރު ހުޅުވާލިއެވެ.

 

ރީޝާ ދޮރުގެ ތަޅުގައި ހިފާލި އަޑު އިވުމާއި އެކު ރިޔާޝް އަނެއްފަރާތަށް އެނބުރުނެވެ. ފުންކޮށް ދެތިން ނޭވާ ދޫކޮށްލުމަށްފަހު މީހާ ހަމަޖެހިލިއެވެ.

 

“ހެލޯވ.. ހައު ކޭން އަައި ހެލްޕް ޔޫ ސާރ؟..” އޭނާ އަށް ފުރަގަސް ދީގެން ހުރި މީހާއާއި މުޚާތަބުކޮށް ރީޝާ އަހާލިއެވެ.

 

ރީޝާގެ އަޑު ޖެހުމާއި އެކު ލަހެއް ފަހެއް ކުރުމެއް ނެތި ރިޔާޝް ކޮޓަރި ތެރެއަށް ދެމިގަތެވެ. އޭނާ ވަދެގަތް ލެއް ބާރުކަމުން ނުވިސްނާ ހުރި ރީޝާ އަރި އަޅާލިއެވެ. ނަމަވެސް އެކަމަށް ނުހަނު ހުށިޔާރު ވެގެން ހުރި ރިޔާޝް ރީޝާގެ އުނަގަނޑުގައި އަތް އަޅުވައި މަތަކުރިއެވެ. އެހެން ނަމަވެސް ކައްސާލައިގެން ގޮސް ދެމީހުން ބެލެންސް ކަޓައި އެނދުމައްޗަށް ވެއްޓުނު އިރު ބެލްކަނިން ޖެހިލި ވައިރޯޅިއާއި އެކު ކޮޓަރި ތެރޭގެ އެކި ހިސާބު ތަކުގައި ހުރި ރަތް ބޯގަންވިލާ މާތައް އެދެމީހުންގެ ގަޔަށް ވެރުނެވެ. ރިޔާޝްގެ ގައި ދޮށުގައި ރީޝާ އޮތް އިރު އެ ހިތުގެ ބާރު ތެޅުމުގެ އަޑު ރިޔާޝް އަށް އިވުމުން ދިޔައެވެ. “ހެޕީ އެނިވަރސަރީ މައި ލަވް…” އެކާވީސް ގަޑި އެކާވީހުގެ އެލާމު ފޯނުން އިވުމާއި އެކު ރިޔާޝް ރީޝާގެ ނިތުގައި ބޮސް ދެމުން ބުނެލިއެވެ. ވަމުން ދާ ގޮތުން އަދިވެސް ވާނުވާގައި އޮތް ރީޝާ އޮތީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިއަދު ހެނދުނު މާލޭގައި ހުރި މީހަކު މިހާރު ބެންކޮކްގައި ހުރުމުން ހައިރާން ނުވާނީ ފަހެ ކާކު ހެއްޔެވެ. އަނެއްކާ އެއީ ހަމަ ރިޔާޝް ބާއެވެ؟ ނޫނީ ޝައިތާނެއް ބާއެވެ. ނޫނީ އޭނާ ހޭލާ ހުރެ ހުވަފެން ބަލަނީ ބާއެވެ. ރީޝާ އަށް ހަމަހޭވެރިކަން ވީ ރިޔާޝް ދޮރު ލެއްޕުމަށްފަހު އައިސް އޭނާ އަށް ތެދުވަން އަތް ދިއްކޮށްލުމުންނެވެ. މަޑުމަޑުން އެ އަތުގައި ހިފައި ތެދުވެވުމާއި އެކު އަނެއްކާވެސް ރިޔާޝް އޭނާގެ ކޮލަށް ބޮހެއް ދިނެވެ. “ހާހ… ހެޕީ އެނވާރސަރީ މައި ލޯބިވާ…” އެ ގަޅި ސިކުނޑި ރަނގަޅަށް މަސައްކަތް ކުރަން ފެށީ ވެސް ދެނެވެ. ރިޔާޝްގެ ތުންފަތް އޭނާގެ ކޮލުގައި ޖެހުމާއި އެކު ކަރަންޓު ޝޮކެއް ޖެހުނު ފަދައިން ރިޔާޝްގެ ކަރުގައި އޮޅުލައި ގަންނަމުން ރީޝާ ހަޅޭއްލަވައިގަތެވެ. “ވާއޮ… މީ ކޮން ކަމެއް؟…” ރަތް ބޯގަންވިލާ މަލާއި އުއްބައްތިން ޒީނަތްތެރި ކުރެވިފައިވީ ކޮޓަރި ތެރެ ފެނި ރިޔާޝް އަށް އަހާލެވުނެވެ. “މިީ ޔާޝް އަށް  މެސެންޖާ ކޯލް ހަދަން ވެގެން ރެޑީ ވެފައެއްނު… އެވަރުން ވެސް ޔާޝް ސަޕްރައިޒް ރުއިން ކޮށްލީ ވިއްޔަ…” ހަށަން ބަނދެލަމުން ރީޝާ ދެކޯ ފުއްޕާލިއެވެ. “އަޅެ ބޭބީ… ޔާޝްގެ ސަޕްރައިޒް ކިހިނެއްތަ؟” ރީޝާގެ ކުރިމަތީ ދެފައި މައްޗަށް ތިރިވެ އޭނާ ގެނައި ރަތް ބޯގަންވިލާ މާ ބޮނޑި ދިއްކޮށްލަމުން ރިޔާޝް ޅަ ގޮތަކަށް އަހާލިއެވެ. “ޔަ ޔާޝް… އަޅޭ… ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށްށްށް ސަޕްރައިޒް ވެއްޖެ.. އަސްލު ވެސް ރީޝް ހިއެއް ނުކުރަން ޔާޝް އައިސް ދާނެ އެކޭ…” ރިޔާޝް ދިން މާ ބޮނޑީގައި ހިފަމުން އަނެއްކާވެސް ރީޝާ ރިޔާޝްގެ ގައިގައި ބައްދައިގަތެވެ. ރިޔާޝް ވެސް ރީޝާގެ އުނގަނޑުގައި ހިފައި އަނބުރާލަމުން ލޯބީގެ ލަވައެއް ކިޔާލިއެވެ.

ބޭނުމީ ދާއިމީ ލޯތްބޭ ދިނުން ހަމަ ކަލާ

ބޭނުމީ ގާތުގައި ލޯބިން އުޅޭށޭ ކަލާ

ބީވެގެން ލޯ މަތިން ދާން މަ ނޭދެން ކަލާ

ރިޔާޝްގެ އެ ފިރިހެންވަންތަ އަޑުން އެދެމީހުންގެ ޚާއްސަ ލަވަ ކިޔާ ލުމާއި އެކު ރީޝާ އަށް ވެސް ލަވައިގެ އަނެއްބައި ނުކިޔާ ނުހުރެވުނެވެ.

ހިތް އުފާ ވާނެ ހޭ ދެން ކަލާޔާ ނުލައި

ލޯބިވާ އަށްޓަކައި ހިތް ހުޅުވާލަމޭ

ލޯބިވާ ވަރު ކަލާއަށް އަންގާދެމޭ

ރިޔާޝް ރީޝާ ތިރީގައި ބަހައްޓަމުން ރީޝާ އަށް ނަޒަރެއް ދިނެވެ. އެއާއި އެކު ރީޝާގެ ފައިން ފެށިގެން ބޮލާހަމަޔަށް އެސްފިޔަ ވެސް ޖަހާނުލައި އޭނާ އަށް ބަލައިލެވުނެވެ. އިތުރު ތަާކަށް ބަލަން ވެސް އޭނާ ނުކުޅެދުނެވެ. ދެ ލޮލާއި އެއްވަރަށް އޭނާއަށް އަނގަ ވެސް ހުޅުވާލެވުނެވެ. ރީޝާ ލައިގެން ހުރީ ކަރު ނެތް ކަކުލާއި ހަމައަށް އަންނަ ރަތް ކުލައިގެ ހެދުމެކެވެ. ގޮތްބޮޑު ހެދުމަކަށް ނުވިޔަސް ރީޝާ އަކީ ދުވަހަކުވެސް އެކަހަލަ ހެދުމެއް ލީ ކުއްޖަކަށް ނުވާތީ ރިޔާޝް އަށް ހަމަ އަނގަ ޗޭ ކޮށްގެން ބަލަން ހުރެވުނެވެ.

 

އޭނާ ލައިގެން ހުރި ހެދުމާއި ދޭތެރޭ ވެސް ރީޝާ އަށް ވިސްނާލެވުނީ ރިޔާޝް ދެލޯ ބޮޑުކޮށްގެން އޭނާ އާއި ދިމާއަށް ބަލަން ހުރުމުންނެވެ. އެއާއި އެކު ޙަޤީޤަތުގައި ވެސް އޭނާގެ ދެ ކޯތާފަތަށް ޖަންބު ކުލަ ވެރިވިއެވެ. އެ މަންޒަރު ފެނި އެއްމިޔަކަނިން ރިޔާޝް ހީލިއެވެ. ކުއްލި ޖަހާފައި ރީޝާގެ އުނަގަނޑުގައި ހިފައި ގެނެސް އޭނާގެ އަތުތެރެއަށް ލިއެވެ. އެއަށްފަހު އިސްޖަހައިގެން ހުރި ރީޝާގެ ދަތްދޮޅީގައި ހިފައި އޭނާ އާއި ހަތަރުކަޅި ހަމަ ކުރުވި އެވެ. “ޔޫ ލުކް ސޯ ހޫތްތްތް މައި ޖާލް ޕަރީ… ހަމަ ހީވަނީ މި ހިތް އޭގެ މަގާމު ދޫކޮށް ހިނގައިދާނެހެން… އާހްހްހް

ލޯބިން މި ގޮތުގައި

ތި ޖިސްމަށް ބެލޭނޭ

ފެނިފާ ތި މިތުރާ

މި ވާ ގޮތް އެނގޭހޭ

ބުނަމޭ ގަންދީ

މޮޔަވެދާނޭ

 

ލޯބިވާއޭ އެކީ

ދީވާނާ ވެއްޖޭ އާދޭ ކަލާ

ޖާދޫގާ ޖެހޭނޭ ފެނިފާ ތިބާ

ތިޔައީ މިސާލޭ ހަމަ ރީތި ކަލާ”

 

ދެން ރިޔާޝް ކިޔާލީ ލަވައިން ރީޝާ ހުރީ ދެލޯ މަރާ ބާރުކޮށްގެންނެވެ. ދެ ތުންފަތް ޖައްސާ ފިއްތައިގެންނެވެ. “އޭ ހެލޯ ތިހާ ލަދުގަންނަ ކަމެއް އަދި ނޭނގެ…” ރީޝާގެ ދަތްދޮޅީގައި ހިފާލަމުން ރިޔާޝް ބުނީ ރީޝާ އިތުރަށް ލަދު ގަންނަވާލުމަށްޓަކައެވެ. އެކަން ކަމިޔާބުވެސް ވިއެވެ. ދެނޭ ކިޔައި ރީޝާ ދާން އުޅުނެވެ. އެހެނަސް އެއަށްވުރެ މާކުރިން ރިޔާޝް ރީޝާ ގެނެސް އޭނާގެ އަތުތެރެއަށް ލިއެވެ. ރީޝާގެ ގައިގައި ފަހަތުން ބައްދާލައިގެން ހުރެ ރިޔާޝް ކޭކު ބައިންދާފައި އިން މޭޒު ކައިރިއަށް ދިޔައެވެ. “ވަންސް އަގައިން ހެޕީ ސެކަންޑް އެނިވާސަރީ ސަންތިމަރިޔަނބު…” ރީޝާ އަށް ކޭކު ކޮޅު ލަވާލަމުން ރިޔާޝް ބުންޏެވެ. “ހެޕީ ހެޕީ ހެޕީ ސެކަންޑް އެނިވާރސަރީ ޓު ޔޫ ޓޫ މައި ރޮކްސްޓާރ… އައި ލަވް ޔޫ. އައި ލަވް ޔޫ. އައި ލަވް ޔޫ ސޯ މަޗް މޮޔަބެ….” ހަމަ އެ ކޭކު ކޮޅު ރިޔާޝްގެ އަނގަޔަށް ލަވާކަމަށް ހަދާ ރިޔާޝްގެ ނޭފަތު ކުރީގައި ހާކާލަމުން ރީޝާ ބުންޏެވެ. “އައި ލަވް ޔޫ ލަވް ޔޫ ލަވް ޔޫ ޓޫ ގަޅިދައިތާ…” ރީޝާގެ ގައިގައި ބާރަށް ހިފަހައްޓައި އެނާގެ ނޭފަތް ރީޝާގެ ނޭފަތު ކުރީގައި ހާކާލަމުން ރިޔާޝް ވެސް ރައްދު ދިނެވެ. އެއާއި އެކު ކޮޓަރި ތެރޭ ގުގުމާލީ ދެ ލޯބިވެރިންގެ ލޯބިވެތި ހުނުމުގެ އަޑެވެ. އެދެމީހުންގެ ގުޅުން އެ ގޮތުގައި ސާބިތު ކުރައްވާށިއެވެ. އުމުރު ހުސްވަންދެން ފުރިހަމަ ލޯތްބާއި އެކު ދެމީހުން ލަހައްޓަވާށިއެވެ. ކޮންމެވެސް ދުވަހަކުން ކައިވެނީގެ މާތް ގުޅުމުން އެ ގުޅުން ވަރުގަދަ ކޮށްދެއްވާށިއެވެ. އުމުރު ހުސް ވަންދެން އެކަކު އަނެކަކަށް ވަފާތެރި ވުމުގައި އެ ދެމީހުން ދެމި ހުންނާނެ ގޮތް މިންވަރު ކުރައްވާށިއެވެ. ހުރިހާ ކިޔުންތެރީންގެ ލޮއެއްބާއި ތަރުޙީބާއި އެކު މިއަހަރުގެ މި ދުވަސް ވަރަށް ޚާއްޞަ ކަމާއި އެކު ރިޔާޝް އާއި ރީޝާގެ ލޯބީގެ ޑައިރީ ގައި ރަން އަކުރުން ފެވޭނެ އެވެ. އެކާވީސް އޮގަސްޓަކީ ކޮންމެ ޙާލެއް ގައި ވެސް #ރިޔައިޝް ގެ ލޯބީގެ ދުނިޔޭގައި ޚާއްސަ ދުވަހެކެވެ.

 

(ނިމުނީ)

Share Article

ReeshA CoronA
Follow Me Written By

ReeshA CoronA

Level 410 Stories100 Comments100 Login

ᵒⁿᵉ ᵃⁿᵈ ᵒⁿˡʸ ᴿᵉᵉˢʰᴬ ᶜᵒʳᵒⁿᴬ

Other Articles

Previous

ވައުދޭ ވެވޭ މީ…25

Next

ޢަބްދުﷲގެ ޙަޔާތުން ދުވަހެއް (ދެވަނަ ބައި)

Next
August 21, 2022

ޢަބްދުﷲގެ ޙަޔާތުން ދުވަހެއް (ދެވަނަ ބައި)

Previews
August 21, 2022

ވައުދޭ ވެވޭ މީ…25

15 Comments!

  1. lau.laala786@gmail.com His Beastess says:
    August 21, 2022 at 2:17 pm

    MASHA ALLAH MASHA ALLAH….. ASTHAGH FIRULLAH… 21 AUGUST DHW….. ALHEYYY REESHOOO!!!! ingeytha mashaa shai aa dhemeehun miadhu claahuga ves mivaahaka… mulhinhen.. like ma bunin eyna kairi reeshdhahthi bunaashey ma bunyey thi dhemeehunnah happy anniversary eyy… and shai buni reeshdhahthi bunyo mashha salaam eyy.. ty darlxx salaam back to you toooo❤❤❤😘😘😘😁😁
    kaleyneeyyyyy ma meethi kiyaafa othy bindhifa… yaash dhonbe ah varehhge jaadhuleh meena jahssaifi… hama varugadha ehcheh…😏😏😏😏🤣🤣🤣🤣❤
    manje enmenna salaam bunaathi and ╰☆☆ 𝙷𝙰𝙿𝙿𝚈 𝙰𝙽𝙽𝙸𝚅𝙴𝚁𝚂𝙰𝚁𝚈 𝚁𝙸𝚈𝙰𝙸𝚂𝙷 ☆☆╮💖💖💖💖🙌🙌🙌💖💖💖💖
    CONGRAAA
    oki byeee love you tc byeeeee

  2. Nayaa Nayaa says:
    August 21, 2022 at 3:37 pm

    Happy anniversary brothahhh.. Lol.. Ey dhn mashakah neynge bunaane ehcheh.. Vrh Lwbi meethi.. Mivaru ok dhw? Hehe..
    Ey ma buny.. Manje haadhahaa ey dhw hoty🤣🤣.. Ethan kolhu kiyaafa I started lmao.. Idek why 😭😭🤣🤣🤣🤣.. Klw mifaharu ma kiyan feshi iru iny 8 seconds ago.. Haha… 3 views… Ma like vs dhiny enme furathama..lol…
    Ey ma buny.. Laigen hunna ehchessaa dheytherey kudakoh visnaalhchey ingey.. Yaash dhonbe aky hiley firiheneh adhi😉😂.. Ehn dhonbe kurimatheega hurumekey hiley ethah baegge kurimatheega hurumekey kobaa thafaatheh.. But then again… Vhk reethi vaany ekahala scene vs aima dhw.. Lmaooo I’m still laughing brwwww😭🤣🤣.. Idk what’s funny in this but still……. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
    Haha gud bye.. Filaavalhu hadhan dhany mi..
    Ahdhiyyooooi adhis heveveny ey🤣🤣🤣🤣🤣🤣🤣🤣🤣

  3. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    August 21, 2022 at 4:31 pm

    Reply for @His Beastest

    💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
    Koyaaaaaa alheyyyyyy aaarn ekeyyyy 21 August ey miadhooooo
    Hahahhaha koyaaa shai aa dhegolaa hingaalan dhww vrh… Haha aan manje ah salama bunymeyy.. Aan ana Wa’alaikum salaam.. Welcome
    And THANK TO YOU TOOOOOO FOR WISHNG US (dhn i mean mashaa yaash dhonbe.. Even though he’s not real.. But he is me😜)
    Hahahahahahhahahahahahaha klwwww mashah ehveny hama manje aa nayaa ge cmnt and kiyaafa.. Manje men dhemeehunge cmnt keeru ma othy hama heeheeee gos huhttan vx neyngifa🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣hahahha dhhwwww alhe aslah vx ma dheke ehaa lwbi vaane yaash dhonbe eh hunnaane nama…
    Yes yes enmmenneyyy lautte salaam buni…
    Thank you thank you thank youuuu
    Yes yes yes luv u more tc bye byeeeeee 👋

    1. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      August 21, 2022 at 4:40 pm

      Ey manje cover Kihineh vany? Hama magey amihlla ufehdhun.. Aibeh neh tha? 🤣🤣

  4. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    August 21, 2022 at 4:39 pm

    Reply for @Nayaa

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
    Kaleyyyyyyy Hahahahahahhahahahahahaha
    Shukuriyyaa Shukuriyyaa Shukuriyyaa
    Mashah bunan tha hama enme salhee cover.. Ma enme hiy hama jeheny cover aa dheytherey meehchah vure vx mashah lwbee cover… Brw I’m expert now… Enmenge Wedding ah vx mihaaru hunnaanee cover thah hadhaa nimifa😉😉

    Hahahahahah aana aan thivaru rangalhey… Hahahah kaley abadhu vx bunamehnu ma hotey.. Ehma ma vx mihaaru bali gaboolu kohfeemey🤣🤣🤣🤣🤣🤣🤣🤣🤣🤣🙏🙏🙏🙏

    Aaan aaan saabahey dhariyaaa.. Manje vaane ma vhk liyun quit kuran dhn vx thi record hifahahttan.. Magey vhk ah enme furathama like dhey meehaa ge record 🤣🤣🤣🤣ekm enme furathama cmnt kury lautte engey…

    Eyyyy klwwwww ma ladhu nugannuvabala dhww.. Dhn masheh vx aslaku nuhunnaane dhw firehenh kurimathy olhigen neh vx ehenneh… Eii dhn scene salhi kuran.. Manje vx yaina lehveemehnu ekahaka hedhumeh hama milaan ah dhahkuvan vegen😝😝😝😝hahaha aslu ma ulhunin reesha gaiga bedsheet olhaa scene vx gennan.. Ekm dhn las vedhaane thy iyye avahah submit kury miadhah up nukohfaanethy…
    Aaan gudu byee.. Hahaha klw manje cmnt kiyaafa vx ma heeheeeee dhefai vaathaaaa vehjjeee….
    Mashakah mihaaraku nuhevey🤣🤣🤣🤣🤣ey hama heny dhw mi ok salaam

  5. lau.laala786@gmail.com His Beastess says:
    August 21, 2022 at 5:06 pm

    eyyy manjeyyyy mashakah nufenunu cover in ehves aibeh ekm e baiybongivilla (boaganvilla) maagandu thereyga ebain maruvefa mibuny hikifa in ethigandeh eythi faseyhain fennaanee riyaashge photoganduge athaa dhimaalun😁😁😁

  6. 🌻LamHaa🌻 🌻LamHaa🌻 says:
    August 21, 2022 at 7:46 pm

    Manjeyyy…. Happy 2nd Anniversary.. yaash dhonbe gaathu vx bunahcheyy inge Happy Anniversary eyy.. vhk nudhehkunas hama miss veyey.. HAPPY ANNIVERSARY🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

  7. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    August 21, 2022 at 9:29 pm

    Reply for @His Beastess’s second comment

    Aadhe aadhe manjege faadu kiyun heyo gothugai balaigannan🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
    Koyaaaaa ekamaku vaaa🤣🤣🤣🤣🤣🤣🤣sahaadheh mibuny… Aan dhen e maagandu inyma vx reehchehnu🤣🤣🤣🤣🤣🤣

    1. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      August 21, 2022 at 9:33 pm

      Ma hama hairaan vehjje manje ah yaash dhonbe tuxedo ga roo huri varu faahaga nuveema.. Alhe esoru e isthiri kohgen leenama dhw🙄

  8. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    August 21, 2022 at 9:31 pm

    Reply for @ 🌻LamHaa🌻

    Manjeyyyy thank youuuuu….
    Aan bunefin yaash dhonbe buny vrhhh bodahhh thankyiu oa.. Lam ah salaam vx buni… Aan miss veyyy miss vey]
    THANK YOU ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️💋💋💋💋💋💋

  9. Ryyn says:
    August 21, 2022 at 9:58 pm

    Waaaaw waaaaaaw 👏❤ Vrh vrh vrh rythi vhk eh masha allah 🥰 ooow. Adhi kiriyaa mi engunee miadhu ves miee august 21 kan. Hehe.. vrh salhi hama vhk gendhiya goiyh 🥰 masha allah reesh vrh molhu. Hehe.
    Kihineh thr dear? Hope you doing well. Vrh dhuvas vejje dhw vhk cmnt eh ves koh nuleveythaa? Anekka ryn mathin handhaan ebahuri thr? Hehehh. Dhn reesh ehn vhk eh liyanthr? Or comedy land ge ssn 2 eh.. ? 😄 lyy. Take care reeshoo ❤

    1. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      August 22, 2022 at 2:11 pm

      Helloowwww reeenoooooooo💋💋💋💋💋
      Haaadha dhuvaheh vehjjey dhimaanuvaathaaa… 😘😘😘
      Ahaaaaa hama 21 August ah khaassa koshey mi vhk mi liyuny… 😇😇
      Thank you thank you manjeyyyy❣️❣️❣️
      Hama vrh habeysssss 👍👍👍👍👍
      How are you darlx
      Ahdheyyyy dhwwww reen mathin handhaan netheyne tha dhen?…. Hithah vx araey vrh ginain ryn kobaa baa ey…..
      Comedy land ssn 2 eh noon.. Ekm hama comedy land continue Mikurajy vhk eh gothah.. Dhn eyga show thakeh aneh hen noannaane.. Aslu cl ehkoh liye ninmeemey.. Submit kuran vaairah veegothakee hurihaa ehcheh delete vee😭😭😭😭
      Ehnve dhn 3 aharuge leap eh nagaafa feshy thee ey handhakee ge namuga…
      Love you toooo ryyn sisoooo… Take care byeee

  10. lau.laala786@gmail.com His Beastess says:
    August 22, 2022 at 1:15 pm

    ahahaa e tux dhw dhen leema hunaanee ehn dhw… dhen maa bodah faadu kiyangyaa esoru dhen ekahala eh cheh nuves laafaane eh nun… heheheh🤣🤣🤣🤣😭😭😭
    dhenfaharaku vaane thakolheh rangalahh balaalan… hahahahahaand yess thee e handhakee ge dhen oiyy bai kon irakuthaaa????????????

  11. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    August 22, 2022 at 2:13 pm

    Reply for @His Beastess

    Hahahaha aan aan manjey.. Eha avrh faadu kiyangnaa kad avaane.. Koyaaa dhn oiy bai vx libeynee aatte up kuryma dhwww

  12. Ryyn says:
    August 22, 2022 at 6:44 pm

    Owhh hehe 😅 ryn hykury ryn mathin handhaan nethuny kamahshey. 😄 Adhi vhk nunimey dhw. I thought vhk nimuny kamah niney thanuga nimunee ey liyefa ineema. Lol. Ehnve eyny myge ssn 2 ey bunfa. Mb 😂 Ryn ves hama gud. Studies kihineh? Heh 😘🥰 Tvgc.

Comments are closed.



All Right Reserved!