ހިތާމައިގެ ކަނޑެއްގައި ރީޝާ އާއި ރިޔާޝް އޮޔާ ބެހިގެން ހިނގައްޖެ އެވެ. ދިމާވި މަޖުބޫރީ އާއެކު ރީޝާ އާއި ރިޔާޝް ވަކި ވެއްޖެ އެވެ. އެދެމީހުންގެ ޙަޔާތް ފުނޑު ފުނޑު ވެއްޖެ އެވެ. ނަމަވެސް ނިޔާޒުގެ ޙަޤީޤަތް އަދި ކޮބާތޯއެވެ؟ ނިޔާޒުގެ ނިޔަތަކީ ކޮބާތޯއެވެ؟ ޝަރީފް އާއި ވަސީމާގެ ދަރިފުޅު ދުނިޔޭގައި އެބަ އިން ތޯއެވެ؟ ރީމާ އަށް ނިޔާޒު ޖެއްސި ޙާލުގެ ޙައްޤު ސަޒާ ނިޔާޒު އަށް ލިބޭނެ ތޯއެވެ؟
ޖޫސް ތައްޓެއް ހިފައިގެން އައިސް ރީޝާގެ ކޮޓަރީގައި ރިވާ ޓަކި ޖަހާލިއެވެ. އެތެރިން ޖަވާބެއް ނުލިބުމުން މަޑުމަޑުން ރިވާ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ހަމަ ވަނުމާއި އެކުހެން ފިނިވެގެން އޭނާ ރޫރޫ އަޅައިގަތެވެ. އަވަސް އަވަހަށް ބޮކި ދިއްލާ އަލިކޮށްލުމަށްފަހު ފަންކާ ނިއްވާލިއެވެ. އޭސީގެ ފިނިވެސް ދަށް ކޮށްލުމަށްފަހު ރީޝާ ކޮބައިތޯ ބަލައިލަން އެނބުރުނު ރިވާގެ ހިތަށް އަސަރު ކުރީ މުށި ތަކު މަތީގައި ގުރު ގެޅިގެން ނިދިފައި އޮތް ރީޝާ ފެނިފައެވެ. ޖޫސް ތަށި ރީތިވާ މޭޒުމަތީގައި ބެހެއްޓުމަށްފަހު އޭނާ އަވަހަށް ގޮސް ރީޝާގެ ގައިމަތީގައި ރަޖާގަނޑު އަޅާލިއެވެ. އޭރު ރީޝާ ލައިގެން ހުރި ހެދުން ވެސް ވަނީ ކޮންމެވެސް ވަރަކަށް ހިކިފައެވެ. ރީޝާ އޮތް ގޮތުން ހިތަށް އުނދަގޫ ވެގެން ވަސީމާ ގާތު އަވަހަށް އެވާހަކަ ބުނަން ރިވާ ދިޔައެވެ. އެވަގުތު ވީ އަހުޝަމް ވެސް އައިސް އެގެއަށް ވަން ވަގުތަށެވެ. ވަސީމާގެ އެދުމުގެ މަތިން އަހުޝަމް ގޮސް ރީޝާ އެނދަށް ލިއެވެ. އެ އެންމެންގެ ހިތުގައި ވެސް އެވަގުތު ވަނީ ހިތްދަތިކަން އިންތިހާއަށް އުފެދިފައެވެ.
އިރުގެ އަލި ލޮލަށް އެޅުމާއި އެކު މަޑު މަޑުން ރިޔާޝް ދެލޯ ހުޅުވާލި އެވެ. ރަތްވެގެން ގޮސް ކަރުނަ ހިކިފައިވާ އޭނާގެ ދެލޮލުން ރޭގައި އެއްވެސް ވަރަކަށް ނުނިދާ ކަން ހާމަވެއެވެ. “އައިމް ސޮރީ…” މަޑު މަޑުން ރިޔާޝްގެ ތުންފަތް ފޫ އަޅުވާފައި ނުކުތީ އެ ދެ ލަފްޒެވެ. އެ އަޑުގައި ރިހުމާއި ހިތްދަތިކަން ވެއެވެ. ވޭނާއި ކެކުޅުން އިންތިހާއަށް ވެއެވެ. އިރުކޮޅެއް ނުވެ ރިއާޝް އައިސް އޭނާގެ ކޮނޑުގައި ޖަހާލިއެވެ. ރިޔާޝް އެއްޗެކޭ ނުބުނި ތާނގައި ގުޑިވެސް ނުލުމުން ރިޔާޝް އަށް ވަގުތު ދީފައި ރިއާޝް ދިޔައެވެ. އޭނާ ހުރީ ދޮންބެ އެހެން ކަންތައް ކުރި ސަބަބެއް އޮޅުން ފިލުވަން ނުހަނު ބޭނުންވެފައެވެ. އެފަދަ ގޮތަކަށް ރިޔާޝް ރީޝާ ދޫކޮށްލާނީ ކޮންމެވެސް ކަހަލަ މަޖުބޫރީއެއް އޮވެގެން ކަން އެނާ އަށް ވަރަށް ރަނގަޅަށް އެނގެއެވެ.
ރީޝާގެ ދެލޯ ހުޅުވުނީ މެންދުރުން އިރު ތިރިވެ ހަވީރު އަތަށް އެޅި ފަހުންނެވެ. ރޭގައި ވެސް އިރު އިރު ކޮޅާ ނިދިފައި އޭނާ އަށް ހޭލެވެއެވެ. ގިސްލަ ގިސްލާފައި އެތަށް ފަހަރަކު ރޮވުނެވެ. މޮޔަވެފައިހެން ހީވެ އެތައް އިރަކު ވިސްނަން އޮވެވުނެވެ. އިއްޔެ ވީ ކަންތައް ހަނދާން ވުމުން އަނެއްކާވެސް އޭނާއަށް ރޮވެން ފެށުނެވެ. އޭނާގެ ބައްޕައޭ ބުނެ ވާހަކަ ދެއްކި މީހާގެ މަތިން ހަނދާން ވުމުން ކުއްލިއަކަށް ރީޝާ އަށް ތެދުވެވުނެވެ. އަވަސް އަވަހަށް ފާޚާނާ އަށް ވަދެ ފެންވަރައިގެން ނުކުތެވެ.
ސިޓިންރޫމުގައި ވަސީމާ އާއި ޝަރީފް އަދި ރިވާ ތިބިއިރު އެދޭތެރޭ އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އިރު އިރު ކޮޅާ އަތުގައި އިން ކޮފީ ޖޯޑުން އެތިކޮޅެއް ބޯލަ ބޯލާ ޝަރީފް އިން އިރު ވަސީމާ އިނީ ފުން ވިސްނުމެއްގެ ތެރޭގައެވެ. ނިޔަފަތި ހަފާލަ ހަފާލާ ރިވާ އިނީ ރީޝާ ހޭލާނެ އިރެއްގެ އިންތިޒާރުގައެވެ. ތިން މީހުންނަށް ވެސް ސިހުން ގެނުވީ ކޮޓަރިން ނިކުން ރީޝާ ފެނިފައެވެ. “އަޅުގަނޑު މިއީ ކާކުގެ ދަރިއެއް؟…”އެކަކު އެކައްޗެކޭ ވެސް ބުނުމުގެ ކުރިން ރީޝާ ސުވާލު ކުރިއެވެ. ވަގުތު އައިސް ޖެހިއްޖެ ކަން ވަސީމާ އާއި ޝަރީފް އަށް އިހުސާސް ވިއެވެ. ރީޝާގެ ޙަޤީޤަތް ކިޔައިދޭން އެ ދެމަފިރިން ތައްޔާރު ވެލިއެވެ. ވަސީމާ، ރީޝާ ގެނެސް އޭނާގެ ކައިރީގައި ބޭންދިއެވެ. މަޑުމަޑުން ހުރިހާ ވާހަކައެއް އަލިފުން ފެށިގެން ކިޔައިދޭން ޝަރީފް ފެށިއެވެ.
އަހުޝަމް އާއި ނަޔާ ތިބީ ސްޓޫޑިއޯ ގައެވެ. ރިޔާޝް އަށް ވިސްނަދޭނެ ގޮތަކާއި މެދު އެދެމީހުން މަޝްވަރާ ކުރަމުން ދިޔައެވެ. ރީޝާ ހަމައަކަށް އަޅުވާނެ ގޮތަކާއި މެދު ވިސްނަމުން ދިޔައެވެ. މިވަގުތު ރިއާޝް ވެސް ނެތުމުން ދެމީހުން އެކަކު އަނެކަކަށް ފެންނަ އެއްޗެއް ބުނެދެމުން ދިޔައެވެ. ފޯނެއް އައިސްގެން ޖީބުން ފޯނު ނެގި ވަގުތު އަހުޝަމްގެ ޖީބުން ކަރުދާސް ކޮޅެއް ވެއްޓުނެވެ.
ޝަރީފްގެ ވާހަކަތައް ނިމުނު އިރު ރީޝާ އިނީ ގަބު އަރާފައެވެ. އޭނާގެ އަސްލު ބައްޕަ އަކީ ހަމަ އެހާ ނުބައި މީހެއް ހެއްޔެވެ؟ އޭނާގެ މަންމަ ވަކިވެ އެދިޔައީ ކޮންފަދަ ބޮޑު ވޭނަކާއި އެކުގައި ހެއްޔެވެ؟ އޭނާ ވިހޭންސުރެން މިއަދާއި ހަމައަށްވެސް އޭނާ ބަލަމުން އެ އައީ އޭނާގެ ބޮޑުބޭބެގެ ދެމަފިރިންނެވެ. އެމީހުންގެ ދަރިފުޅު ގެއްލި ދިޔައިރު އެމީހުންގެ ހިތަށް ހާދަ އަސަރެއް ކުރާނެއެވެ. އެ ހިތާމަ ތަކާއި ހުރިހާ ވޭނެއްގެ އަސްލަކީ އޭނާގެ ބައްޕަ އެވެ. އެކަމާ ރީޝާގެ ހިތުގައި ނިޔާޒު އާއި ދޭތެރޭ ނަފުރަތުގެ ބޮޑު އަލިފާން ގަނޑެއް ރޯވިއެވެ. އެންމެ ފުރަތަމަ އޭނާގެ ބައްޕަ އަނިޔާ ދިނީ އޭނާގެ ބޮޑުބޭބެއަށެވެ. އެއަށްފަހު އޭނާގެ މަންމަ އަށެވެ. މިއަދު އޭނާ އަށެވެ. ތިމާގެ އަމިއްލަ ބައްޕަގެ ސަބަބުން އަމިއްލަ ދިރިއުޅުން ހަލާކު ވެގެން ދިޔަ ގޮތް ހިތަށް ވެރި ވުމާއި އެކު ރީޝާގެ ހިތް ފުނޑު ފުނޑު ވެގެން ދިޔައެވެ. މޫނުމަތީގައި އަތް އަޅައިގެން އިނދެ އެތައް އިރެއް ވާންދެން އޭނާ ރުޔެވެ.
މަގު ގެއްލިފައިވީ މުސާފިރެއް ފަދައިން ހުޅުމާލޭ ފޭސް ދޭއްގެ ބްރިޖް ހުރަސް ކުރަމުން ރިޔާޝް ދިޔައެވެ. ޖެހެމުން ދިޔަ ގަދަ ވަޔަކަށް އޭނާގެ ފަރުވާލެއް ނެތެވެ. ލައިގެން ހުރި ކަޅު ހޫޑީގެ ދެ ޖީބަށް އަތް ޖަހާލައިގެން ދިޔައިރު އޭނާގެ ރަތްވެފައިވީ ދެ ލޯ ވަނީ އަވި އައިނަކުން ނިވާ ކޮށްފައެވެ. ކަނދުރާއާ ހަމަ އަށް އޮތް އިސްތަށިގަނޑުގައި އެއްވެސް ތަރުތީބު ކަމެއް ނުވާއިރު ޖެހޭ ވަޔާއި އެއްވަރަށް އިސްތަށިގަނޑު ހޫރެމުން ދިޔައެވެ. އޭނާގެ ކޯތާފަތްމަތިން އިރު އިރުކޮޅާ ކަރުނައިގެ ރޮނގެއް ދެމިލައެވެ. ބްރިޖުން ފައިބައިގެން ގޮސް ހިލަ ތޮށިގަނޑު މައްޗަށް އޭނާ އެރިއެވެ. ރުޅިއައިސް ރަތްވެފައި ތިބި އެތް ތަކެއް ފަދައިން ރާޅުތައް ތޮށިގަނޑު މައްޗަށް ޖެހިގަންނަމުން ދިޔައެވެ. ހިލަ ތަކުގެ ކޮޅުގައި ރިޔާޝް އިށީނދެލިއެވެ. ދެން ކަޑައްތު ކުރަން އޮތީ އުނދަގޫ ރާސްތާއެކެވެ. އެންމެ ލޯބިވާ ފަރާތް ދޫކޮށްލާ އޭނާ އެކަނި ކުރަން ޖެހޭ ދިގު ދަތުރެކެވެ. އެ ދަތުރުގެ ބައިވެރިޔާ ގެއްލިއްޖެވެ. ދުނިޔެމަތިން ފޫހިވީ ވަރުން މޫދަށް ފުންމާލަން ވެސް ރިޔާޝްގެ ހިތަށް އެރިއެވެ. ހިތުގައިވާ ހުރިހާ އުދާސް ތަކެއް ބޭރުކޮށްލުމުގެ ގޮތުން އަޑުގެ ކޮޅަށް އޭނާ އަށް ހަޅޭއްލަވައިގަނެވުނެވެ.
ގެއިން ނުކުމެގެން ދުއްވައިގަތް ރީޝާގެ ފަހަތުން ރިވާ އާއި ޝަރީފް ދުއްވައިގަތެވެ. މަގުމަތީގައި ދުއްވަމުންދިޔަ އުޅަނދުތަކަށް ވެސް ބެލުމެއްނެތި ރީޝާ މަޖީދީ މަގު ހުރަސްކޮށް އަނެއްފަރާތަށް އަރަން ދުވުން ބާރުކޮށްލިއެވެ. ރީޝާ އާއި ދިމާއަށް ބާރު ސްޕީޑުގައި އަންނަމުން ދިޔަ ކާރު ފެނި ރިވާ އަށް ރީޝާ އާއި ދިމާއަށް ބާރު ބާރަށް ދުއްވައިގެނެވުނެވެ. އަތުގައި ހުރި ބާރެއްލައި ރިވާ ރީޝާ ކޮށްޕާލިއެވެ. “ރީޝާ….” އަމިއްލަ ނަފްސު މަރަށް ހުށަހަޅަމުން ވެސް ރިވާ ބެލީ ރީޝް ސަލާމަތް ކުރެވޭތޯއެވެ. ކާރުގެ ކުރީ ފުރޮޅު އައި ގޮތަށް އައިސް އެރީ ހަމަ ސީދާ ރިވާގެ ކަނާތު ފަޔަށެވެ. ލޯމައްޗަށް ފުސްވަމުން ގޮސް މަޑު މަޑުން ރިވާގެ ލޯ މެރުނެވެ.
ދުނިޔެ މަތީގައި ވަމުންދާ އެއްވެސް ކަމެއް ރީޝާ އަކަށް ނޭނގެއެވެ. އޭނާ މިވަގުތު ކަންތައް ކުރަމުން ދިޔައީ އޭނާގެ ހިތް އެދުނު ގޮތަކަށެވެ. އޭނާގެ ހަށިގަނޑު މިވަގުތު ކޮންޓްރޯލް ކުރަމުން ދިޔައީ އެހެން ފަރާތެކެވެ. ދުވަމުން ދުވަމުން ގޮސް ލޮނުޒިޔާރަތް މަގު ކޮޅަށް ދެވުނު އިރު ވެސް އޭނާ ހުރީ ހުއްޓާލާ ގޮތަކަށް ނޫނެވެ. އޭނާ މިވަގުތު ހުރީ ކޮންމެވެސް ދުރު މަންޒިލަކަށް ވާސިލް ވާން ބޭނުންވެފައި ހެން ވެސް ހީވެއެވެ. ނުވަތަ މަގު އޮތީތީ ދުވަނީއެވެ. ރީޝާ ދެން ދުއްވައިގަތީ ސިނަމާލެ ބްރިޖުން ހުޅުމާލެ އަށެވެ. އިރުމަތިން ޖެހެމުން ދިޔަ ގަދަ ރޯޅިތަކަށް ވެސް މިވަގުތު އޭނާ ހުއްޓުވޭ ވަރެއް ނުވިއެވެ. ބުރިޖްގެ ހިނގަން ހަދާފައި އޮތް ބައި ނިމި ހައިވޭ އަށް އެރުމުން ވެސް ރީޝާ ދުވުން މަޑެއް ނުކުރިއެވެ. 12 މޭލަށްވުރެ ދިގު ހައިވޭ ހުރަސްކޮށް ހުޅުމާލޭގެ ގޮނޑުދޮށަށް އެރުމުން ރީޝާ މަޑުކޮށްލިއެވެ. މާނޭވާ ލެވެމުން ދިޔައިރު ވެސް އޭނާގެ ހިތް ދިޔައީ ހުއްޓާނުލާ ދުވުމަށް އިރުޝާދު ދެމުންނެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ގައިގައި ހުރިއްޔާ ހުރި ބާރެއްލައި އޭނާ ދުއްވައިގަތީ ކުރިއަށެވެ. އޭނާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައިރު އޭނާގެ ހިތުގެ ހިނގުން ވެސް ހިނދަކަށް ވުރެ ހިނދެއް ދިޔައީ ބާރު ވަމުންނެވެ. ފޭސް ދެއަކާއި ހުޅުމާލެއާއި ގުޅޭ ހިސާބުގައި އޮތް ކުޑަ ހިލަތޮށިގަނޑާއި ހިސާބަށް ދެވުމާއި އެކު ކުއްލިއަކަށް ރީޝާ ހުއްޓުނެވެ. އޭނާގެ ހިތުގެ ތެޅުން އެތައް ގުނައަކަށް އަވަސް ވިއެވެ. މަޑުމަޑުން ހިލަ ތަކު މައްޗަށް އަރަން އޭނާ ހިނގައިގަތެވެ. ބާރު ގުގުރި އަކާއި އެކު ވާރޭ ވެސް އޮއްސައިގަތެވެ.
ރިޔާޝް އަށް ސިހިގެން ގޮސް ކުއްލިއަކަށް ތެދުވެވުނީ އޭނާގެ ކޮނޑުމަތީގައި މީހެއްގެ އަތް ބާއްވާލި ކަމުގެ އިހުސާސް ކުރެވުމުންނެވެ. ފައި އެޅުނު ގޮތަކުން އޭނާ އަރިއަޅާލައިގެން ވެއްޓެން ދިޔައެވެ. ނަމަވެސް ވެއްޓުމުގެ ކުރިން އެމީހަކު އޭނާގެ އަތުގައި ހިފިއެވެ.
ކުއްލިއަކަށް ވާރޭ ވެހިގަތުމުން ރީޝާ އަށް ދެލޯ މަރާ ތަގުޅި ކޮށްލެވުނެވެ. މީހާއަށް އާ ހިތްވަރަކާއި އާ އުންމީދެއް ގެނެސްދިން ކަހަލައެވެ. ދެލޯ ހުޅުވާ ލުމަށްފަހު ހިލަ ތޮށިގަނޑު މައްޗަށް މަޑުމަޑުން ރީޝާ އެރިއެވެ. އިސް އުފުލާ ކުރިމަތި ބަލާލުމާއި އެކު ކުރިމަތީގައި އިން ރިޔާޝް ފެނުމާއި އެކު އޭނާގެ ދެލޮލުން އުފާވެރި ކަމުގެ ކަރުނަ ވިދައިގަތެވެ. މަޑުމަޑުން ހިލަތައް ގިރާ ކުރަމުން ގޮސް ރިޔާޝްގެ ފަހަތުގައި ހުއްޓުނެވެ. އެއަށްފަހު އެއް އަތް ރިޔާޝްގެ ކޮނޑު މަތީގައި ބާއްވާލިއެވެ. ކުއްލިއަކަށް ރިޔާޝް ތެދުވުމުން އަރި އަޅާލައިގެން ވެއްޓެން ދިޔައެވެ. ނަމަވެސް ބާރަށް ރިޔާޝްގެ އަތުގައި ހިފަހައްޓާ އޭނާ އާއި ދިމާއަށް ރިޔާޝް ގެނައެވެ.
ކުރިމަތީގައި ހުރި ރީޝާ ފެނުމާއި އެކު ރިޔާޝްގެ ހިތް ހީވީ ރޫރޫ އަޅައިގަތް ހެންނެވެ. ދެލޮލަށް އައިނު ހެޔޮވަރު ކޮށްލުމަށްފަހު އޭނާ ބެލީ ރުޅި ވެރިކަން ދެއްކޭތޯއެވެ. “ބުނެބަލަ ޔާޝް… ކީއްވެތަ ތިހެން ތި ހެދީ؟ ޔާޝް ޔާޝް އަހަރެން ދެކެ ވަރަށް ލޯބި ވެސް ވެއެއްނު؟…ދޯ؟ ބަލަ.. ބަލާ މިއޮތީ ޔާޝް ރީޝް އަށް ދިން ފަށް ވެސް… ޔާޝް ބުނީމެއްނު މި ފަށް ރީޝްގެ ކަރުގަ އޮތްހާ ދުވަހަކު ޔާޝް ރީޝް ދެކެ ލޯބި ވާނެޔޭ… ދެން ޔާޝް ކީއްވެ؟…” ހުދު ކުލައިގެ ބޮޑު ފޫކެއް އިން ކަރުގައި އޮތް ފަށް ދަށްކަމުން ރީޝާ އާދޭހުގެ ރާގަކަށް ބުންޏެވެ. “އަހަރެން ބޭނުމެއް ނޫން އިތުރަށް މި ގުޅުން ކުރިއަށް ގެންދާކަށް… ކަލޭ ތީ ނުބައި މީހެއްގެ ނަޖިސް ލޭ ހިނގާ ދަރިއެއް… ތިހާ އަގެއްނެތް ޖިސްމެއް އަހަރެންގެ ޙަޔާތަށް އައުމަކީ އަހަންނަށް އޮތް ބޮޑު ހުތުރެއް…” ދެލޯ މަރާ ބާރު ކޮށްލަމުން ރިޔާޝް ރީޝާ އާއި ދިމާއަށް އެހެން ބުނީ އެއްގޮތަކަށް ވެސް އެހެން ބުނަން ބޭނުން ވެގެންނެވެ ނޫނެވެ. ނަމަވެސް މިއަދު މިނޫން ގޮތެއް ނެތެވެ. އޭނާގެ ލޯބިވާ މަންމަގެ ހިތް ރީޝާ އަށް ދުވަހަކު ވެސް ހެޔޮ ނުވާނެ ކަން އެނގޭ އިރު އަނތްބެއްގެ ގޮތުގައި ރީޝާ ގެއަށް ގެނެސްގެން ރީޝާގެ ހިތަށް ވޭނާއި ކެކުޅުން ދިނުމަކީ އޭނާ ކުރާނޭ ކަމެއް ނޫނެވެ. “ނޫން ޔާޝް… ތި ދެލޯ ފޮރުވައިގެން ހުއްޓަސް ތި އަޑުން ވެސް އަހަންނަށް އިނގޭ ޔާޝް ތިހުރީ މިކަން ކުރަން މަޖުބޫރު ވެފަ ކަން… އަހަރެންގެ ކަރުގައި މި ފަށް އޮތްހާ ދުވަހަކު ތިހިތުގައި އަހަންނަށް ޓަކައި ވަނީ ސާފު ލޯބި ކަމާމެދު އަހަރެން ޝައްކެއް ނުކުރާނަން…” ރިޔާޝްގެ ދެއަތުގައި ހިފަހަށްޓަމުން ރީޝާ ބާރު ބާރަށް ބުންޏެވެ. “ބުނެފީމެއްނު އަހަރެން މިކަން އިތުރަށް ހިންގާކަށް ބޭނުމެއް ނެތޭ… އެކަމާ މެދު ޝައްކު ނުކުރަންޏާ މިހާރުން ފެށިގެން އަހަރެންގެ ހިތުގައި ކަލެއަށް އެއްވެސް މަޤާމެއް ނުވާކަން ޔަގީން ކުރޭ..” އެންމެ ފަހު ޖުމްލަ ބުނެލަމުން ރީޝާގެ ކަރުގައި އޮތް ފަށް ދަމައިގަނެ އަތުކޮޅަށް ހޫރާލިއެވެ. ކަރަށް ވީ ތަދުން ބާރު ބާރަށް ރީޝާ އަށް ހަޅޭއްލަވައިގަނެވުނެވެ. އެ އަޑު އަހަން ކެތް ނުވުމުން އެތަނުން ދިއުމަށް ބާރު ބާރަށް ރިޔާޝް ހިނގައިގަތެވެ. ރީޝާ އާއި ދިމާއަށް އެ ހުރިހާ އެއްޗެއް ގޮވިއިރު ވެސް ރީޝާ ދެކެ ލޯތްބެއް ނުވެއޭ ބުނާނެ ހިތްވަރެއް އޭނާ އަކަށް ނުލިބުނެވެ. ނުލިބޭނެކަން ކަށަވަރެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




OMG FINALLYYY!!!!!! WAS DYING TO READ THIS STORY DARLING 🖤🖤🖤
vrh vrh vrh ufaa vejje mihaa dhuvas kohfa mi story kiyaalan libuneema.. Ekm vrh dhera vejje Reesh nd dhonbe ah v gothun…
So Reesh knows everything by now… My God….
Btw… Ma buny Assu mashakah hiyeh nuve ingey ekm Manje ah ehaa vrh dhuveveyne henneh.. Hahaha lol.. Ok ok jokes aside…
Sooo nayaa ah vs e letter ge vhk ingen dhw e ulheny? Mashah hama Heevany eii rivaa ge journal hn..
Anyways, vhk hama vrh obi.. Keep it up darling 🖤
Xoxo🖤🖤🖤
Byeee ma vejje nidhan dhn.. Ove ove vs nunidhunu mirey.. Ehnyyaa ma Mee hama jehey irah nidhaa meeheh viyya.. Idk..faadegge reyeh mirey.. Okie byeee
Reply for @Nayaa
Eyyh eyyh eyyh katheebaa fureythaa mahyyaa hama jeheyyy
Aslu engey tha manje ah ma mi submit kohfin mimahu 2 haa thaa… Ekm up kuran e inguny miadhehnu 😒😒
Yes yes dhen abadhaku sirru kohgen neh vx nugengulheveyne dhw..
Aaahaaaiiiii amahyyaaai kale ah heeveyyy tha.. Buraanthi hurebala… Manje maale aeemaa onnaane track ga reyheh.. Manje aa vaadha jahaanan hurebala… Dhuvelaanan engihjjeyyy.. Ahcheedi manje thee kaaku e letter kiyan? Huh beykaarrr.. Ahaha e majaa.. Dhn engidhaane thaa dhw.. Rivaa eyyy??. Oooon eii beyrun ais huri bodu beerahttessehnu.. Eii dhen kaaku vaahakaige massala there ah vahdhan
Ahaha thank youuu auntyy❣️❣️😘😘😘☺️☺️
Ummwwahhh💋💋
Varah loabi vey afaan bunaa hen
Hehehhehehehehehhe hahahahahaha hihihihihihi
Ey kalo ma dhaan vehjje update kiyan vx.. Haadha salhi ey mihaaru.. Abhi aa akshu alheyy☺️☺️😚😚😚😚🤗🤗🤗😍😍😍😍😻😻😻😻vrhh loabi yrkkh.. Dhn rudru aa preesha dhw😒thedhah bunangnaa ma mihaaru maa interesting eh noon yeh hai chahatein akah.. E armaan eh ais mulhi drama mududhaaru kohfi..
Ey eeyyyanehkkaa mirey kihineh vegen thiulhwnyyy??maa bodah meeheh mathin handuaan vany tha.?? Ehm ehmm kaakubaa? Dhn nidhunu tha reyga?