Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ތީ އޭ ހަނދަކީ 19

ReeshA CoronA
ReeshA CoronA Level 410 Stories100 Comments100 Login
August 28, 2022 5 Mins Read
3 Comments

 

“ހުސެން؟؟…. ” ކުރިމަތީގައި ހުރި މީހާ ފެނި ވައި އަޑުން ރީޝާ އަށް ބުނެވުނެވެ.

 

****************

 

ރީޝާ އޭނާގެ އަނގަމަތީ އިން މާސްކް ނެގުމުން ރިޔާޝް ހިނިގަނޑެއް ޖަހާލިއެވެ.” ޔެސް އިޓްސް މީ މަރިޔަނބު… ޔުއަރ ރިޔާޝް ހުސެން ގާދިރު… ”  ބޮލުގައި އޮތް ތޮފި ނަގައި ރީޝާގެ ބޮލުގައި އަޅުވާލަމުން ރިޔާޝް ބުންޏެވެ. ” ޕިސް ޕިސް ޕިސް ތިހެން ހަމަ މަގުމަތިން ދިމާކޮށްލަންޏަކާ ނޭނގޭނެދޯ… އެހެންނޫނަސް ޔާޝް އަށް ކިހިނެއް އެނގެނީ މަ ހުރީ މިތާ ކަމެއް ؟” ދެމީހުން އެކީ ގެއަށް ހިނގައިގަންނަމުން ރީޝާ އަހާލިއެވެ. “ދެން އޮފްކޯޒް އައި ވިލް ނޯވް ދޯ… އަސްލު މަ ދެންމެ މި އައީ ތިގެއަށް… ދެން މިތާ ސައިކު ޕާކު ކޮށްފަ ދާން އުޅެނިކޮށް ފެނުނީ ގޮއްޔެ ނުކުންނަނިކޮށް…އެހެންވެ ބިރުގަންނަވާލާ ހިތްވީ.. ހެހެ” ރީޝާގެ ކޮނޑަށް އަތް ވައްޓާލަމުން ވީ ގޮތް ރިޔާޝް ކިޔައިދިނެވެ. އެހެން ސަމާސާ ކުރަމުން ދެމީހުން ގޮސް ރީޝާ މެންގެ ގެއަށް ވަނެވެ.

 

މަޖީދީ މަގުން ހަނި ގޯޅިއަކަށް ޝަރީފް ސައިކަލުގައި ވަނެވެ. އިރުކޮޅެއް ނުވެ ސައިކަލުގެ އިންޖީނު ހުއްޓުނެވެ. ގިޔަރަށް ބާރުލައި ދެފައިން ކޮށްޕާ ކޮށްޕާ ވެސް ސައިކަލު އިސްޓާޓެއް ނުވިއެވެ. އެންމެފަހުން ގޯޅި ގަނޑު ތެރޭ ތަންކޮޅެއްގައި ސައިކަލު ބެހެއްޓުމަށްފަހު ރައްޓިއްސަކަށް ގުޅޭތޯ މަސައްކަތް ފެށިއެވެ.

 

އަމިއްލަ ދުނިޔޭގައި ހުރެގެން ސްޓޫޑިއޯގެ ދޮރު ހުޅުވާލާފައި އެތެރެއަށް ދެމިގަތް އަހުޝަމް ލައިގަތީ ހަމަ އެވަގުތު ދޮރުން ނުކުންނަން ދިމާކުޅަ ނަޔާގެ ގައިގައެވެ. އަހުޝަމް ބެލީ ފިލްމު ތަކުގައި މީހުން ހަދާހެން ނަޔާ ވެއްޓުނަ ނުދީ ހިފެހެއްޓޭތޯ އެވެ. ނަމަވެސް ދުވަހަކުވެސް އެފަދަ ކަމެއް ތަޖުރިބާ ކޮށްފައި ނުވާތީ ނަޔާ ތިރިއަށް ވެއްޓި އަހުޝަމް ވެސް ނަޔާގެ ގައި މައްޗަށް ވެއްޓުނެވެ. ދެމީހުންނަށް އެއްފަހަރާ ހަޅޭއްލަވައިގަނެވުނު އިރު އެހެން ކުދިން ވެސް ތިބީ އަނގަ ނަގައިގެން ކުޅި ބަލާށެވެ. “އައްދޯއި ކަލޯ… ތިއޮއް ބަރު މީހާ މަގޭ ގައި މައްޗަށް… އައޫޗްޗް… ތެދުވަން ހަދާ ފަލަ ގުއްޑި…” ބުރަކަށްޓަށް ވަމުން ދިޔަ ތަދުން ކެތްނުވެގެން ނަޔާ ހަޅޭއްލަވައިގަތެވެ. “ކޮޔާ.. އަޅެ މަންޖެ ބަރު ކަމުން ދޯ މަށަށް ނުހިފެހެއްޓުނީ ވެސް…” އުޅަނބޮށީގައި އަތް ކާއްތަމުން އަހުޝަމް ތެދުވިއެވެ. “ހެވޭ.. ކަލޭ ނުވެސް ޖެހޭ ދޯ ހެސްކިޔާހަ ވަދެގަންނާކަށް…” އެ އޮތް ގޮތަށް އޮވެ ބުރަކަށީގައި އަތް ކާއްތަމުން ނަޔާ ހަޅޭއްލަވަމުން ދިޔައެވެ. “ދެން ވާހަކަ ދައްކާނެ ކަމެއް ނެތް ތެދުވަން ހަދާ…” ނަޔާ އާއި ދިމާއަށް ކުޝަން އެއް އެއްލަމުން އަހުޝަމް ބުންޏެވެ. “އާހްހްހް އަޅެ މީހެކޭ މަ ނަގައިދީ…” ދެފައި ތަޅައިގަންނަމުން ނަޔާ ކުސްތަޅައިގަތެވެ. އެންމެން ހޭން ފެށުމުން ނަޔާ ގާތަށް އިތުރަށް ރުޅި އައެވެ. “އޯކޭ އޯކޭ މަ ނަގައިދީފާނަމޭ…” ހެމުން ހެމުން އައިސް އަހުޝަމް ނަޔާ ނަގަން އަތް ދިއްކޮށްލިއެވެ. އަހުޝަމްގެ އަތުގައި ޖަހަމުން ނަޔާ ތެދުވީ ފުއްޕާލާފައި ހުރެއެވެ. ދެލޯ ވަށް ކޮށްގެން ހުރިއިރު އެ ފަކީރުގެ މުޅި މޫނު ވެސް ވަނީ ވަށް ވެފައެވެ. ނަޔާ ދިޔަ މަންޒަރު ބަލަން ހުރި އަހުޝަމްގެ ޖަހާލީ ލާނެތް ހިނިގަނޑެކެވެ.

 

ރައްޓިއްސަކަށް ގުޅުމުން މިއަންނަނީ ކަމުގައި ބުނުމުން ޝަރީފް ސައިކަލު ކައިރީ މަޑުކޮށްލިއެވެ. މެންދުރުގެ ގަދަ ހޫނުން ސަލާމަތް ވުމަށްޓަކައި ގެއެއްގެ ދޮރު ކަނީގައި އޮތް ހިޔާ ކޮޅެއް ކައިރިއަށް އޭނާ ދިޔައެވެ. އަދި ވަސީމާ އަށް ގުޅާ ލަސްވާ ސަބަބު ބުނުމަށް ފަހު އޭނާގެ އެކުވެރިޔާގެ އިންތިޒާރުގައި އެ ގޭ ދޮރު ބުޑުގައި މަޑުކޮށްލިއެވެ. ކުއްލިއަކަށް އެތެރެއިން ދޮރު ހުޅުވާލިއެވެ. އެ ގެއިން ނުކުންނާނެ މީހަކަށް ތަން ދެއްކުމުގެ ގޮތުން ޝަރީފް އެއްކައިރިއަކަށް ޖެހިލި އެވެ. ނަމަވެސް އެ މީހަކު ނުކުންނާކަށް ނޫޅުނެވެ. މަޑުމަޑުން ޝަރީފް އެ މީހަކަށް ބަލައިލިއިރު ދޮރު ކަނީގައި ލެނގިލައިގެން ހުރީ ޅަ ޒުވާން އަންހެން ކުއްޖެކެވެ. އެކުއްޖާ ލައިގެން ހުރި ހެދުމުގެ ތަންތަނުން ވީދައިގެން ގޮސްފައި ވާއިރު ހަރުވާޅު ވެސް ހުރީ ބާވެ ކަށް ވެފައެވެ. ކިފުޅި އިސްތަށިގަނޑު ތެރެއަށް އަތް ކޮށްޕައި ބޯ ކަހަމުން ދިޔައިރު މީން ދުވަހަކު ބޯ ދޮވުނު ހެނެއް ހީއެއް ނުވެއެވެ. މޫމުނަތިން ނިކަމެތިކަން އިންތިހާއަށް ފެންނަން ހުރި އިރު މިހާ ބޮޑެތި ނިކަމެތިން މާލޭގައި އަދިވެސް އުޅޭބާއޭ ޝަރީފްގެ ހިތަށް އެރިއެވެ. އެ ކުއްޖާގެ ގައިން ނަޒަރު ވަކިކޮށްލަމުން އެކުއްޖާގެ ފަހަތުން ފެންނަން އޮތް ގޭތެރެއަށް ޝަރީފްގެ ނަޒަރު ދަތުރު ކުރިއެވެ. މާ ރަނގަޅަށް ގޭތެރެ ނުފެނުނަސް ބާވެ ވީރާނާ ވާން ގާތް ވެފައި ވާކަން އޭނާ އަށް ފާހަގަ ވިއެވެ. އެފަދަ ނިކަމެއްޗަކަށް ކޮންމެވެސް ކަހަލަ އެހީއެއް ވެވޭތޯ ޝަރީފް ވާހަކަ ދައްކަން ކުޑަކޮށް ކުރިއަށް ޖެހިލި އެވެ.

 

ނަޔާ އާއި އަހުޝަމްގެ ކުޅިވަރު ނިމުމުން އަނެއްކާވެސް އެންމެން އެމީހެއްގެ މަސައްކަތައިގެން އުޅެންފެށިއެވެ. މިރޭގެ ޝޯވގެ އެޖެންޑާ ގަލަމުން ލިޔަމުން ދިޔަ އަހުޝަމް އާއި ދިމާއަށް ބަލައިލާފައި އިރު އިރުކޮޅާ ރިއާޝް ބަނޑަށް ހޭން ފަށައެވެ. ރީޝާ އެކޭ އެއްފަދައިން އަހުޝަމް ވެސް އަދިވެސް ޒަމާނާއި އެއްގޮތަށް ބަދަލު ވާކަށްނޫޅެއެވެ. ސްޓޫޑިއޯގައި ކޮމްޕިއުޓަރެއް ހުރި އިރު ވެސް އަހުޝަމް ކަރުދާހުގައި ލިޔަމުން އެދަނީ އެސޮރުގެ އަތު ލިޔުން ރީތި ކުރަންހެން ވެސް ބައެއް ފަހަރު ހީވެއެވެ. އިރު އިރުކޮޅާ އަތް ވާޅުވެގެން އުޅޭ ގޮތުން އެ ނޫން ގޮތެއް ނެތިގެން ކަރުދާހުގައި ލިޔަނީ އޭ ވެސް ހީވެއެވެ. ރިއާޝް ބަނޑަށް ހީލަ ހީލާ އިނީ އަހުޝަމް ފަކީރަށް އެހީއެއް ވާނަމޭ ހިތަށް ވެސް އަރުވާނުލައެވެ.

 

“ކޮއްކޯ… ”  ވޮލެޓުން ނެގި އެއްހާސް ރުފިޔާ އެ އަންހެން ކުއްޖާއަށް ދިއްކޮށްލަމުން ޝަރީފް ގޮވާލިއެވެ. ހަށިގަނޑު ސީދާ ކޮށްލަމުން އެ އަންހެން ކުއްޖާ އެނބުރި ޝަރީފް އާއި ދިމާއަށް ބަލައިލިއެވެ. އޭނާ ދިއްކޮށްގެން ހުރި އެއްހާސް ރުފިޔާގެ ނޫޓަށް ބަލައިލިއިރު އެކުއްޖާގެ

މޫނުމަތިން ފެނުނީ އާދައިގެ އަސަރު ތަކެކެވެ. އެއީ ކޮން އެއްޗެއް ކަމެއް އެކުއްޖާއަށް ނުވެސް އެނގޭ ކަހަލަ އެވެ. “މި ގޭގައި ކޮން ބައެއް އުޅެނީ؟..” އެކުއްޖާ ފައިސާގައި ނުހިފުމުން ޝަރީފް މަސައްކަތް ކުރީ ކުޑަކޮށް މަޢުލޫމާތު ސާފު ކޮށްލެވޭތޯއެވެ. “އަހަންނާ މަންމަ އާ…” ބަލި އަޑަކުން އެހެން ބުނެލި އިރު ޝަރީފްގެ ހިތް ހަމްދަރުދީއިން ފުރިގެން ދިޔައެވެ. ގޭގައި އިތުރު މީހަކު ނޫޅޭހޭ އެހުމުން އެކުއްޖާ ބޯ ޖަހާލިއެވެ. މަންމަ އާއި ބައްދަލު ކޮށްލަން އެދުމުން ޝަރީފް އަށް ގޭތެރެއަށް ވަންނަން ތަން ދެއްކިއެވެ. ގޭތެރެއަށް ދެތިން ފިޔަވަޅު އެޅުމާއި އެކު ދެން ވަދެވުނީ ކުޑަ ކުޑަ ކޮޓަރި ގަނޑަކަށެވެ. “މިއޮތީ މަންމަ…” ތިރި އެނދެއްގައި އޮތް އަންހެން މީހާ އަށް އިޝާރާތް ކުރަމުން އެ ކުއްޖާ ބުންޏެވެ. މަޑުމަޑުން އެ އެމީހާގެ ގައިގައި ހިފައި މަގަތަށް އަނބުރާލަމުން އެކުއްޖާ އެ މީހާއަށް ގޮވަން ފެށިއެވެ. ހައެއްކަ ފަހަރު ގޮވިއިރު ވެސް ޖަވާބެއް ނުލިބުމުން ޝަރީފް އަށް ވާނުވާ ދެނެގަނެވުނެވެ. އެ އަންހެން މީހާގެ އަތުގައި ހިފައި ވިންދު ޖަހާތޯ ޗެކު ކޮށްލިއެވެ. އެއަށްފަހު ނޭފަތު ކުރީގައި އިނގިލި ޖައްސާލަމުން ނޭވާލާތޯ ބަލައިލިއެވެ. “މަންމަގެ ޚަބަރު ހުސްވެއްޖެ…” އެ އަންހެން ކުއްޖާ އަށް ބަލައިލަމުން ޝަރީފް ބުނި އިރު އެ ކުއްޖާ އަށް ވާނެ ގޮތަކާމެދު އޭނާ އަށް ވިސްނާލެވުނެވެ. ހިނދުކޮޅެއް ނުވެ އެކުއްޖާގެ ލޮލުން  ހޯސްލާފައި ކަރުނަ ފައިބަން ފެށިއެވެ. ލޯބިވާ މަންމަގެ ގައިގައި ބައްދައިގަނެގެން އޮވެ ގިސްލަގިސްލައިފައި ރޮމުން ދިޔައެވެ. އެ ކުއްޖާގެ ބޮލުގައި ފިރުމާލުމަށްފަހު އެންބިއުލާންސް އަށް ގުޅަމުން ޝަރީފް އެގެއިން ނުކުމެލިއެވެ. އޭރު އޭނާގެ އެކުވެރި ސަލީމް ވެސް އެ ގޯޅިގަނޑު ތެރެއަށް ވަންނަނީ އެވެ.

 

“މަރުވެފައޭ؟؟…. “ރިޔާޝް އަށް ބަޖިޔާއެއް ލަވާލަ ލަވާލާ ހުރި ރީޝާގެ އަތުން ބަޖިޔާ ވެއްޓުނީ ވަސީމާ ހަޅޭއްލަވައިގަތް އަޑުން ސިހިފައެވެ. ރިޔާޝް އާއި ދެމީހުން ދުވެފައި ސިޓިންރޫމަށް ނުކުތީ އުނދުންމަތީ އޮތް ބިސްގަނޑުގެ މަތިން ވެސް ހަނދާން ނައްތާލާފައެވެ.  ފޯނުން މީހަކަށް ގުޅައިގެން ހާސްވެފައި ހުރި ވަސީމާގެ ކޮނޑުގައި އަތް ބާއްވާލަމުން ވީ  ކީތްތޯ ރީޝާ އެއްސެވެ. “އަޅާލާނެ މީހަކު ވެސް ނެތް ކުއްޖެއް.. މަންމަ އެކަނި ކަންނޭނގެ ހުރީ ވެސް.. ވަސީ އާދެ ބަލަ އައި ޖީ އެމް އެޗަށް ރީއްކޮ ގޮވައިގެން…” ޝަރީފް އެހެން ބުނި އަޑު ރީޝާ މެންނަށް އިވުނީ ވަސީމާ ފޯނު ސްޕީކަރަށް ލުމުންނެވެ. ހަދަންވީ ގޮތުގެ އިރުޝާދު ޝަރީފް ރިޔާޝް އަށް ކިޔައިދީފައި ފޯނު ބޭއްވި އެވެ. އަވަސް އަވަހަށް ތިން މީހުން ޓެކްސީ އެއް ނަގައިގެން އައި ޖީ އެމް ހޮސްޕިޓަލާއި ދިމާއަށް  މިސްރާބު ޖެހީ އެ ކުއްޖެއްގެ ޙާލުގެ ދެރަކަމުން ނެވެ.

 

ރީޝާ މެންނަށް ހޮސްޕިޓަލަށް ވަދެވުނު އިރު މައްޔިތާ ހިނަވާ ގެއަށް ގެންދިއުމަށްޓަކައި އެންބިއުލާންސް އަށް އަރުވަނީ އެވެ. ޝަރީފް އާއި ސަލީމް އަންހެން ކުއްޖާ ގޮވައިގެން އެންބިއުލާންސް އަށް އަރަމުން ކާރެއްގައި ހިނަވާ ގެއަށް އައުމަށް ވަސީމާ މެންނަށް އިޝާރާތް ކުރިއެވެ. ދިޔަ މަގުމަތީ ރިޔާޝް އަހުޝަމް މެންނަށް ގުޅާ އެވާހަކަ ބުންޏެވެ.

 

އެރޭގެ އިޝާ ނަމާދަށްފަހު ނިޔާވި އަންހެން މީހާގެ ކަށުނަމާދު ކުރެވުނެވެ. ކަށު ނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރި ކުރުމުގެ ގޮތުން ރީޝާ މެން އެމީހުންގެ އެކުވެރިންނަށް ގުޅާ ޖަމާޢަތުގައި ބައިވެރި ކުރުވި އެވެ. ކަށުކަމާކެމީގެ ކަންތައް ނިމުމުން ޝަރީފް އޭނާ އާއި ދިމާވި އަންހެން ކުއްޖާ ފެނޭތޯ ވަސީމާ އާއި އެކު މަޑުކޮށްލިއެވެ. ރިޔާޝް އާއި ރިއާޝް ވެސް އެމީހުންގެ އެކުވެރިން ގޮވައިގެން ޝަރީފް މެން ކައިރިއަށް އައެވެ. މިރޭގެ ޝޯވ ކެންސަލް ކޮށްލާ ފައި ނަޔާ މެން ވެސް ރީޝާ އާއި އެކު ގެއަށް ދާން މަޑުކުރިއެވެ. އެންމެން މިސްކިތުން ފޭބިހެން ހީވުމުން ކުޑަކޮށް އެތެރެ ބަލައިލަން ޝަރީފް ސަލީމް އާއި ރިޔާޝް ގޮވައިގެން ދިޔައެވެ. ރީޝާ މެން ވެސް ވަސީމާ އާއި އެކު އެބުނާ ކުއްޖަކު ފެނޭތޯ ޕާރކިން ޒޯން ހޯދަން ދިޔައެވެ. އަހުޝަމް އާއި ރިއާޝް ހިނަވާ ގޭގެ އެތެރެއަށް ދިޔައީ އެއްޗެއް ވެއްޓުނު އަޑު އިވިގެން ނެވެ. ތަންކޮޅަކަށް ދެވުނު ތަނުން ހިނަވާ ގޭގެ ދޮރު ބުޑުގައި އިށީނދެލައިގެން އިން އަންހެން ކުއްޖަކު އަހުޝަމްގެ ލޮލުގައި އަޅައި ގަތެވެ. އެ ކުއްޖެއްގެ ދެލޮލުން ކަރުނަ ހިކިފައި ވާއިރު ރޮއެ ރޮއެ ދެލޯ ވެސް ވަނީ ވަޅު ވަދެފައެވެ. އަވަހަށް އޭނާ ޝަރީފް އަށް ގުޅައި އެތަނަށް ގެނައެވެ. އެކުއްޖާ ހަމަ ފެނުމާއި އެކު އެއީ އޭނާ އާއި މިއަދު މެންދުރު ދިމާވި ކުއްޖާ ކަން ޝަރީފް އަށް އެނގުނެވެ. ވަސީމާ އަށް ގުޅައި އަވަހަށް އައުމަށް އޭނާ އެދުނެވެ. ވަސީމާ މެން އައުމުން ޝަރީފް އާއި ވަސީމާ ގޮސް އެކުއްޖާ އާއި ވާހަކަ ދެއްކޭތޯ ބެލިއެވެ. “ކޮއްކޯ.. ހިނގާ ދައްތަ މެން ގެއަށް…” އެ ނިކަމެތި ކުއްޖާގެ ބޮލުގައި ފިރުމާލަމުން ވަސީމާ ބުންޏެވެ. އެއާއި އެކު މާނަ ފުން ބެލުމަކުން އެ ކުއްޖާ ވަސީމާ އާއި ދިމާއަށް ބަލައިލިއެވެ. އެ ދެލޮލުން ވަރަށް ގިނަ ވާހަކަ ތައް ބުނެދިނެވެ. އެތަށް ޝަކުވާ ތަކެއް ބޭރުކުރަން އުޅުނެވެ. ނަމަވެސް އެއިން އެންމެ އެއްޗެއް ވެސް ވަސީމާ އަކަށް ފަހުމެއް ނުވިއެވެ. އޭނާ އަށް ކުރެވުނު ހާވެސް ކަމަކީ އެ މަޢުސޫމް މޫނުގައި ބޮސް ދިނުމެވެ.

 

ޝަރީފްގެ ޢާއިލާ އެ ކުއްޖާ ގޮވައިގެން އެމީހުންގެ ގެއަށް ދިޔައެވެ. އެހެން ކުދިން މިސްކިތުން ފައިބައިގެން އެ މީހުންނާއި ވަކިވިއެވެ. ރިޔާޝް ވެސް ރީޝާ ގާތު ވާނުވާ އެންގުމަށް ބުނެ ރީޝާ މެންގެ ގެއާއި ހިސާބުން އޭނާގެ ގެއަށް މިސްރާބު ޖެހިއެވެ. ނިމިދިޔަ ހިތާމަވެރި ޖަނާޒާ އަށް ފަހު އެންމެންގެ ވެސް ތަބީޢަތު ވަނީ ގޯސްވެފައެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

ReeshA CoronA
Follow Me Written By

ReeshA CoronA

Level 410 Stories100 Comments100 Login

ᵒⁿᵉ ᵃⁿᵈ ᵒⁿˡʸ ᴿᵉᵉˢʰᴬ ᶜᵒʳᵒⁿᴬ

Other Articles

Previous

(ތިންވަަނަ ބައި) ޢަބްދުﷲ ގެ ޙަޔާތުން ދުވަހެއް

Next

އެދުވަހު ލޯބިން 16

Next
August 28, 2022

އެދުވަހު ލޯބިން 16

Previews
August 26, 2022

(ތިންވަަނަ ބައި) ޢަބްދުﷲ ގެ ޙަޔާތުން ދުވަހެއް

3 Comments!

  1. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    August 28, 2022 at 4:17 pm

    @Nayaa
    Manjey mi faharu ma furathama like vx dhiny cmnt vx kury 😝

  2. Nayaa Nayaa says:
    August 28, 2022 at 4:49 pm

    @Reesha Corona
    Ma mifaharu 2 vana ah view kury vs like dhiny vs cmnt kury vs😂😂

    Anyways vhk vrh salhi.. Eyyyy so Mashah mi heevany rangalhah dhww.. That girl is ur cousin- ooops I didn’t mean to spoil it.. Heheheh.. Alheyy Ekm ethankolhu kiyaafa vrh dhera vejje.. Inna lillahi va innaa ilaihi raajioon🖤
    Klw nayaa aa auhshan ge scene kiyaaha Mashah hama heveveny.. Nayaa fakeeruge burakashi.. Ouch vaane dhw.. Hahaha.. Ahutti akah Neyngey romantic film kulheykah 😂😂
    Anyways.. Magey vhk liyan mi dhany… Bye byeee.. Tvgc 🖤🖤🖤

  3. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    August 29, 2022 at 1:35 pm

    Reply for @Nayaa

    Hoon dhen hevey hevey
    Nooney adhi thi heevany rangalhakah noon..
    Alheyyyy hmm hmm dhn ahu brw vx manjege hithaa kulhen vaa irah romance jassan dhaskurany ey e.. Adhi hurebala esoru manje hifahahttaafa aiy dhandi mahchah nagan vx nagaane..
    Aan anyways ma vx midhany manje vhk kiyan… Bye ee tc🖤🖤🖤🖤🖤🖤🖤

Comments are closed.

Next Episodeތީ އޭ ހަނދަކީ 20←


All Right Reserved!