Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާ

ކޮމެޑީ ލޭންޑް – ބްރެޒިލް 🆚 ކްރޮއޭޝިއާ

ReeshA CoronA
ReeshA CoronA Level 410 Stories100 Comments100 Login
December 12, 2022 8 Mins Read
6 Comments

 

ރިއާޝް، ރީޝާ، ރަނާ، ނަޔާ، އަހުޝަމް – “އައްސަލާމު ޢަލައިކުމްމް… ވެލްކަމް ބެކް ޓު ކޮމެޑީ ލޭންޑް…”

ރިއާޝް – “އާދެ ވަރަށް ގިނަ ދުވަހު ތިޔަ ބޭފުޅުންނާ ދުރުގައި އޮތުމަށްފަހު އަނެއްކާވެސް އަޅުގަނޑުމެން ފެނުމަތިން މި ދައްކާލީ ކުޅެވެމުން މިދާ ވޯލްޑް ކަޕްގެ ކުއާޓާރ ފައިނަލާ އެކީ…”

ރަނާ – “އާދެ އަޅުގަނޑު އުންމީދު ކުރަން މިހާ ގިނަ ދުވަސް ކޮށްފައި ބައްދަލުވީ ނަމަވެސް ތިބޭފުޅުންނަށް އަޅުގަނޑުމެން ބާ ނުވާނޭ ކަމަށް…”

ރީޝާ – “އަމައްޔާއި އަހަރުމެން ބަރާބަރަށް ފެންވަރާ ގައިންތާހިރު ވަމޭ… ދެން ކީއްވެ ބާ ވާންވީ..”

ނަޔާ – “އޭ ގަޅިބޯ އަނގަ މަނޑުންލައިގެން އިނދޭ…”

ރަނާ – “އާދެ ކުއާޓަރ ފައިނަލްގެ ފުރަތަމަ މެޗުގައި މި ބައްދަލުކުރަނީ ފަސް ތަރީގެ ބްރެޒިލް އަދި ގޮޅިފުށީ ކްރޮއޭޝިއާ”

އަހުޝަމް – (އަތް ޖަހާލަމުން) “ޔެސް ޔެސް އާދެ އަޅުގަނޑާއި މަރީ އަދި ނަސީމާ މިތިބީ ބްރެޒިލް ކޮޅަށް.. ފެނެއެއްނޫންތޯ ޖޯޒީ ވެސް… އާޝް ބްރޯ އެއިނީ ކްރޮއޭޝިއާ ދެން މާ މޮޅު ބައެއް ކަމަށް ގޮޅިޖެހި ޖޯޒީ ލައިގެން ކަންމަތި ވެފަ..”

ރިއާޝް – “އޭ ބަލަ ބްރެޒިލް އިރއްގަ ފަސް ތަށި ނެގިޔަސް މިހާރަކު އެ ކުޅުމެއް ނެތޭ… އޭރު ތިބީ ލެޖެންޑުންނޭ.. ރޮނާލްޑޯ އާ ރޮނާލްޑީނިއޯ އާ ޕެލޭ.. މިހާރަކު އެމީހުންނެއް ނެތޭ… އެ ކުޅުމެއް ނެތޭ… ފާޑެއްގެ ނައީމާ އެއް އުޅެނީ އެވެސް ކިރިޔާ ފަޔަށް ބޯޅަ އަރާ އިރަށް ބިންމަތީ އޮންނަ ގޮލައެއް.. ”

ނަޔާ -” އޭތް އޭތް އޭތް… ނޭމާއާ ދިމާއަށް މާވައްތަރު ވައްތަރަށް އެއްޗިހި ގޮވާނެ ކަމެއް ނެތް… ކަލޭމެން ޓީމުގައި އުޅެނީ ހުސް ޗީޗީ…މޮޑްރިޗާ، ޕެރެސިޗާ، ކޮވަސިޗާ، ބަރިސިޗާ ޕަކިޗާ ބަކިޗާ ޓަކިޗާ ހުސް ޗިކު ޗިކު… މާ މޮޅަށް ކުޅެވޭ ވެސް ބައެއް ނޫނޭ… ”

ރިއާޝް -” އޭ ހެލޯ ކުރޮއޭޝިއާ އެއީ އެންމެފަހުގެ ރަނަރަޕޭ… ބްރެޒިލް ކިތައް ފަހަރު ކުއާޓަރ އިން ކަޓައިފި؟ ޔަގީނޭ މިފަހަރު ވެސް ހަމަ ކަޓާނީކަން..”

އަހުޝަމް – “އޭތް ޔޭ ޔޭ މާ އަނގަ ފޮނި ނުވޭ (އެމީހުން ކުރާ ޒުވާބު އަހަން ރީޝާ ހީހީ އިނުމުން) އޭ މަންޖެ ހޭންތަ ވީ…. މަންޖެ ވެސް ބްރެޒިލެއް ނޫންތަ؟”

ރީޝާ – “ބާރައިގެ ފަހުން މެޗަށް އަރަން ވާއިރަށް ޒުވާބު ކޮށްކޮށް މަގޭ އަޑު ދިޔައީމަ ކަމަކު ނުދާނު.. ކަލޭމެން ނޭމާ މީހުން ޒުވާބު ކުރޭ.. މަ މިއަންނަނީ ކާލާނެ އެއްޗެއް ފެނޭތޯ ބަލައިލާފައި..”

ރިޔާޝް – (ހަ ކޮތަޅު ޕޮޕްކޯން ހިފައިގެން ސްޓޫޑިއޯ އަށް ވަންމުން) “ޕޮޕްކޯންން… ކޮބާ ފެށީތަ؟ މަ ކްރޮއޭޝިއާ އެނގޭ…”

ރީޝާ – (ރިޔާޝް އަތުން ޕޮޕްކޯން ކޮތަޅެއް ނަގައި އަނގަ ފުރާ ޕޮޕްކޯން އަޅާލަމުން) “ޕިސް ޕޮޕްކޯން ކައިގެން ބަނޑެއް ނުފުރޭނެ… އެހާ އަވަހަށް ހުސް ވެސް ވާނެ.. ބަތް ތެއްޔެކޭ އަސްލު ގެންނަން ވީ…”

ނަޔާ – “އޭ އުހުން ދެން ސަކަރާތް ގަނޑެއް ގަންނާނެ ކަމެއް ނެތް… އެޔޮއް ފަށަނީ މިހާރު… (ޓީވީއިން ނޭމާ ދައްކާލުމުން) އަޅޭ ވާއު މައި ހޮޓީ ޕޮޓީ ނޭމާ.. އަޅޭ އެސޮރު ކޮންއެއްޗެއްބާ މާމީރުކޮށް އެ ކަނީ.. އަޅެ މަށަށް ވެސް ދޭނެ ނަމަ…”

އަހުޝަމް – “އޭ އުހުން މަންޖެ އަށްވުރެ މާ ދިނުން އައުލާކަން ހޮޑު މީހެއް މަ މީ… މަންޖެ ދެން ތީ ނޭމާ އާ އަޅާ ބަލާއިރު ކާކު…”

ރަނާ – “އޭ ކަލޯ ގައުމީ ސަލާމަށް ތައްޔާރު ވަނީ އެޔޮއް…”

ރިޔާޝް – “މަންޖެ އެތަނުންތަ ބިޓެއް ހޯދާނީ؟..”

ރިއާޝް – “އޭ އުހުން އައިމިނަބީ  ކަރަ ކަރައިން ބިޓުން ހޯދަން އުޅޭނެ ކަމެއް ނެތް…”

ރީޝާ – “އެ ޖޭވީ އެ ޖޭވީ…”

އަހުޝަމް – (ޓީވީގެ އަޑު ބާރު ކޮށްލަމުން) “ހޫން އޭ ދެން ތި މީހުން މައިތިރި ވެބަލަ މެޗު ފެށީ އޭ..”

ރިއާޝް – “ހޫން އަދިކިރިޔާ ގައުމީ ސަލާން އެ ފެށީ..(ބްރެޒިލްގެ ޤައުމީ ސަލާމުގެ ރާގު ގަނޑު އައުމުން) އައްދެ ކަލޯ މީ ކޮން ކަހަލަ ބައެއް… ޤައުމީ ސަލާމް ނުވެސް ކިޔާ…”

އަހުޝަމް – “ޕިސް ޕިސް ތި މައިތިރިވެބަލަ އަދި އެއީ ރާގު ގަނޑޭ… ކިޔަނާނެ އޭ އަދި…”

ރިޔާޝް – (ބްރެޒިލް ޤައުމީ ސަލާމުގެ ރާގު މަޖާވުމުން) “ހަހަހަ ކަލޯ ގަޔާ މަ ހީކުރީ ޓޮމް އެންޑް ޖެރީގެ ރާގު ގަނޑު ކަމަށް”

ރަނާ – “އާން އޭ ހާދަ ކާރޓޫނިޝް އޭ…”

ރީޝާ – “އެއްކަލަ ދިއިންގްލިޝް ގޮލާ…”

ރިއާޝް – (ބްރެޒިލްގެ ޤައުމީ ސަލާމް ނިމުމުން ނަޔާ އާއި އަހުޝަމް ކޮޅަށް ތެދުވެ އަތް ޖަހަ ޖަހާފައި ސަލާން ކުރުމުން) “ވަރެއް ވެފަ ތިބޭ ބައެއް ސަހާދެއް… ”

ނަޔާ -” ހޫން ދެން ފެށީ އޭ.. ޕިސް ޕިސް އެހެރަ މޮޑްރިޗެއް.. ކަލޭނޭ އެ ބޯ ކޮށާކަށް ނޫޅޭތަ؟… ”

ރިއާޝް -” މަންޖެ އަށް ކޮން އުނދަގުލެއްތަ ވަނީ؟.. ”

ރިޔާޝް -” ހޫންންން ބަލައިލަ އަނހާ އެހެރަ ގޮލައެއް… ހަތް ނަމްބަރު ހަހަހަ ކަލޯ އެގޮލާ ތުނބުޅި އެހުރީ ކުރީޒަމާނުގައި ދިވެހިން ތުނބުޅި ހުންނަހެން… ”

އަހުޝަމް -” މަށަށް ހާދަ އެބަ އުނދަގުވެއޭ އެހެރަ ފެންނަ ސޯސާ އެއްގެ ބޯ ހުރި ގޮތުން.. ”

ރީޝާ -” ހީވަނީ މީން ޒަމާނަކު ބޯ ނުދޮންނަ ގޮލައެއް ހެން ދޯ”

ނަޔާ – “އޭ ކަލޯ ކަލޯ ވިނީ ޖޭ އާރު.. އަން އާން ދަރިފުޅާ ޖަހާ…”

ރަނާ – “އޫންންން ތިޔަ މީހަކު ފައިގައި ބޯޅަ ހަރެއް ނުލިއެއްނު ދުވަހަކު… އެގޮލާ ފަޔަށް ބޯޅަ އަރާ އިރަށް އެ އަތުލަނީ…”

އަހުޝަމް – “ކަލޯ  ފްރީ ކިކެއް.. ނޭމާ އިނގޭ…”

ރިޔާޝް – (ބޯޅަ ދިޔަ ގޮތަށް ގޮސް ކީޕަރު އަތަށް އެރުމުން) “ހެހޭ… ހަމަ ސީދާ ކީޕަރު އަތަށް”

އަހުޝަމް – (ކުރޮއޭޝިއާ ކުޅުންތެރިއަކު ބްރެޒިލް ކުޅުންތެރިއެއްގެ ގަޔަށް އެރުމުން) “އޭތް އަމައްޔާއި… މޮޑްރިޗް ކިހިނެއް ތިއުޅެނީ…”

ނަޔާ – “އަމައްޔާއި އެގޮލާ ރިޗާލިސަން ގަޔަށް ބޮލަށް އަރަނީ ކީއްވެ؟… ކަމަކު ނުދޭ…”

ރިޔާޝް – “ހާދަ ހެއްވައޭ ދޯ.. ރިޗޭ އައިސް މޮޑްރިޗް ގަޔަށް އެ އެރީ…”

ރީޝާ – ( ކޮމެންޓްރީ ދިން ވަގުތު ކުޅުންތެރިންގެ ނަން ކީ ވަގުތު ހިނިގަނޑެއް ޖަހާލާފައި) “އައްދެ ކަލޯ ރަފީނިއާ އޯ… އަޅެ މަގޭ ހިތަށް އަރާ އެ މީހުން މައިންބަފައިން ހާދަ ފާޑު ފާޑުގެ ނަން ކިޔައޭ… ޕިސް ޕިސް”

އަހުޝަމް – “ލާ ކަލޯ ރޮނާލްޑޯ… ވާއު ފަލަ ދޯ އެގޮލާ މިހާރު…”

ރީޝާ – (އަކުރު ތަކަށް ދަމާލަމުން) “ރޮނާލްޑޯ… ކަލޯ އެޔޭ މީހަކީ…. އޭނަ ކުޅޭ ނަމަ އުފަލުން މަ މިރޭ ބްރެޒިލް އަށް ސަޕޯޓު ކުރީމުސް…”

ރިޔާޝް – (ކްރޮއޭޝިއާގެ އަންހެން ސަޕޯޓަރެއް ދެއްކުމުން ރީޝާ އާއި ދިމާއަށް ބަލައިލާފައި) “ވާއު… ހޮޓު ކުއްޖެއް އޭނީ… މަށަށް ލިބޭނެ ނަމަ ކޮންފަދަ…”

ރިއާޝް – (ރީޝާ ފާޑަކަށް އަނގަ ހަދާލުމުން) މާ ބޮޑު އަސަރެއް ކުރިހެނެއް ހިއެއް ނުވޭ… ”

ނަޔާ -” ކަލޯ ފަސްޓް ހާފް ނިމުނީ އެ… ”

ރިއާޝް – (ދެވަނަ ހާފް ފެށުމުން)” ފުރަތަމަ ވެސް ފްރީ ކިކެއް.. ހީވޭތަ ލައްކަ އެކޭ.. މޮޑްރިޗް އެ ނަގަނީ އިނގިއްޖޭ… ”

ނަޔާ -” ހޫން ގޯލާ ހަމަޔަށް ނުވެސް ދިޔަ.. ހަހަ ލައްކަ އެކޭ ހީވެއްޖެ ހަމަ ރަނގަޅަށް ވެސް.. ”

އަހުޝަމް -” އަން އާން އެ އޮތީ މިފަހަރު ނޭމާ ފައިގައި ބޯޅަ… ޖަހާނެ ބަލައްޗޭ… ”

ނަޔާ – (ނޭމާ މޫނު މަތީގައި ކުޅުންތެރިޔަކު ހިފައިގަތުމުން)” އޭ ކާކު އެއީ.. ނޭމާ ގައިގައި ނާތްލާ ހުރޭ.. ބަލައިލަ ހުރި ނުލަފާ ކަން… ”

ރަނާ – (ރީޝާ ގެންގުޅުނު ޕޮޕްކޯން ކޮތަޅު ހުސް ވުމުން އޭނާގެ ކޮތަޅުން ވަގަށް ކާން ފެށުމުން)” އޭ ވަގެއް ވަގެއް.. ބަލާބަލަ ސަންތިމަރިޔަނބު މަގޭ ކޮތަޅުން ކާ ވަރު… ”

ރީޝާ -” ބްރޯ އޭ ދެން ދީބަލަ… ސަވާބު ލިބޭނެޔޭ… ”

ރަނާ -” އޭނީނު މަންޖެގެ ލޯބިވާ… އެސޮރު ކައިރީ ބުނެބަލަ… ”

ރީޝާ -” ޕިސް ނުދޭނެ.. ( ކުޅުންތެރިއެއް މީހަކާ ވައްތަރު ވުމުން) ”  އެ އެ އޭ ބަލާ 22 ނަމްބަރު ކްރޮއޭޝިއާގެ… ޖުރަނޮވިޗް.. ހަހަ ކަލޯ އެގޮލާ ވައްތަރެއް ނޫންތަ މިތާ ކަންމަތީ ފިހާރައިގަ އުޅޭ ބޮންދާ…”

އަހުޝަމް – “ހޫންން އެއްކަލަ މުރާދު ދޯ..ހަހަ މަ ވެސް މި ހިތަށް އަރަނީ އޭ އެހެން…”

ރީޝާ – (ރިޔާޝް އާއި ދިމާއަށް ބަލައިލާފައި ލާނެއް ރާގަކަށް) “އޭ މަށަށް ވަރަށް ހޮޓު އެފަރާތުގަ އެ އުޅޭ ރެފްރީ… އޭނާ މީހަކާ އިނދެގެންބާ އުޅެނީ…”

ރިޔާޝް – “އަވަހަށް ދާން ވީނު އިންނަން އަހަން ދެން”

ރީޝާ – “އަސްލު ވެސް؟”

ރިޔާޝް – “ހޫން.. މަށަށް އެނގޭ ނީނދެވޭނެ ކަން..”

ރިއާޝް – “ފެންފޮޅި…  ކަލޯ ރަފީނިއާ ބާލާފަ އެންޓޮނީ އެރުވީ.. ކިހާވަރަކުން ދާނެބާ…”

ރަނާ – “އަޅެ ދަނޑު ބޭރުން ނޫކުލައިގެ ކޯޓު ތަކެއް ލައިގެން އެ އުޅެނީ ކޮންބައެއްތަ އެނބުރި އެނބުރި… ހީވަނީ ތޮވާފު ކުރާހެން ވިއްޔަ…”

ރިއާޝް – “ހޫން އެއީ ކްރޮއޭޝިއާ އަށް ދުޢާ ކޮށްދޭ މީހުން”

ނަޔާ – “އޭ ވިނީ ޖޭ އާރު ބާލަނީތަ؟  ވަރަށް ކަޑަވީ ދެން ތި..”

ރިޔާޝް – “އޭނާ ފައިގައި ދެފަހަރު ހަމަޔަށް ބޯޅަ ހިފެހެއްޓިގެންނު…”

ރަނާ – “ޕިސް އަޅެ އެއީ ހަމަ ނޭމާ ބޯ ހުންނަ ކުލަ ތަ؟ ހީވަނީ ބޮލަށް ކާޅު ގުއިރީފައި ހުރި ހެން ވިއްޔަ…”

އަހުޝަމް – “މަންޖެ ބޮލަށް ހީވަނީ މާކަނާ ހޮޑު ލައިފައި ހުރިހެން..”

ނަޔާ – “އޭ މަށަށް ހަމަ މި ހީވަނީ ރަނގަޅަށްދޯ؟ ކްރޯގެ 11 ނަމްބަރު ގޮލާ ކަރުގައި އެބަ އިންދޯ ބޮމެއް…”

ރިއާޝް – “އާން.. އޭނަ އާ ކައިރިވާ މީހަކު ގޮވާނެ ހަބޭހަށް…”

އަހުޝަމް – (ނޭމާ ބޯޅަ ހިފައިގެން ގޯލާއި ދިމާއަށް ދުއްވައިގަތުމުން ހަޅޭއްލަވައިގަންފައި) “އޭ ކަލޯ ނޭމާ… އަން އާން ކުރިއަށް ދަރިފުޅާ ޖަހާ…”

ނަޔާ – (ތެދުވެ ހަޅޭއްލަވަމުން) “ވަންނާނެ ބާރު ލައިފަ ޖަހާ ލޯބިގަނޑާ… އެ ޖެހީ……”

ރިއާޝް – (ބޯޅަ ހަމަ ސީދާ ކީޕަރު އަތަށް އެރުމުން) “އޭ ދޮންބޭ.. މަ ބުނީ.. އަސްލު ނޭމާ ހާދަ މޮޅޭދޯ ކީޕަރު އަތަށް ޖަހަން..”

ރިޔާޝް – “އާން އަނެއްކާ މިސްރާބު ވެސް ސީދަލިއްޔޭ..”

ރިއާޝް – “ހްމްމް އެންމެ ސީދަލަށް ކީޕަރު އަތަށް ބޯޅަ ޖެހި ކުޅުންތެރިޔާގެ އެވޯޑު ލިބޭނެ…”

ނަޔާ – “އޭ… އެންމެ ފަހަރަކު ހަމަ ނުގޮސްދާނެ ދޯ…”

ރިއާޝް – (މޮޑްރިޗް ކަރުގައި އަތް އަޅުވާފައި ކުޅުންތެރިއަކު ފައުލް ކުރުމުން) “އޭ އޭ ބަލަ މި މަންކީނިއޮސް ހާދަ ހެއްވައޭ… ކާޑު ދައްކާ…”

ރިޔާޝް – (މަކީނިއޮސް އަށް ރީނދޫ ކާޑު ދެއްކުމުން) “އާން ބަރާބަރު ރެފްރީ… ހަމަ ޙައްޤު އެއްޗެއް ތި ދިނީ…”

ނަޔާ – (ބްރެޒިލް ކުރޮއޭޝިއާގެ ގޯލަށް ހަމަލާ ފޮނުވަން ފެށުމުން) “އާން އަން އެބަ ރަނގަޅުވޭ… ޖަހާ ޖަހާ އާންންން އޯހ ނޯ”

ރިޔާޝް – (ބޯޅަ ސީދާ ކީޕަރު އަތަށް އެރުމުން ރަކި ހިނި ހީހީފައި) “ހަަހަ އާޝް އަސްލުވެސް ބްރެޒިލް ކުދިން ހާދަ ގަދަޔޭ…”

ރިއާޝް – “ކީޕަރު އަތަށް ޖަހަން ދޯ… އެކަމް ދެން އެނޫން ދިމާލަކަށްވެސް ޖަހަން ވެއްޖެ އެއްނު..”

ރިޔާޝް – “ކީއްކުރާނީ… އެކުދިން އުފެދުމުގައި ހުރި ހުނަރަކީ ތޯއްޗެއް ކީޕަރު އަތަށް ސީދާ ކޮށް ބޯޅަ ޖެހުމަކީ…”

އަހުޝަމް – “އޭ އަށްޑިހަ މިނެޓު ވެއްޖޭ މިހާރު… ދެން އަވަހަށް ޖަހާބަލަ…. އޯހ ނޯ ރިޗާލިސަން ވެސް ބާލަނީތަ..”

ރީޝާ – “ދެން ނުވާނެ.. ތި މީހުން ޖެހޭނީ ހަމަ ޕެނަލްޓީ ޖަހަން…”

ނަޔާ – “އޭ މަންޖެ ބްރެޒިލް ޖޯޒީ ލައިގެން އިނދެ ދެކޮޅަށް ވާހަކަ ނުދައްކައްޗޭ…”

ރީޝާ -” އަޅެ މަ މިބުނީ މުޅި މެޗަށް ރިޢާޔަތް ކޮށޭ… ފަނަރަ މިނެޓްގެ ދެ ހާފް ކުޅުނަސް މަށަކަށް ހިއެއް ނުވޭ ކަމެއް ވާނެ ހެންނެއް… ހަމަ ޕެނަލްޓީ ޖަހަން ޖެހޭނީ… ”

ރިއާޝް – (ނުވަދިހަ މިނެޓު ހަމަވުމުން ރެފްރީއާ އެއްވަރަށް ކަށިގަނޑު ފުމެފައި އެންމެނާ ސަލާން ކުރަމުން)” ގުޑް ލަކް ބްރެޒިލިއަންސް ފޯރް ނެކްސްޓް ތާރޓީ މިނެޓްސް.. ކަލޭމެން އެއް ގޯލު ޖަހައިފިއްޔާ އަހަރުމެން ވެސް އެއްގޯލު ޖަހާނަން..ޕެނަލްޓީ ޖަހަން ވެއްޖެއްޔާ އެކަމުން ވެސް ކާމިޔާބު ހޯދާނަން… ”

ރިޔާޝް -” އާން ހަނދާން ކުރައްޗޭ އަހަރުމެން މީ އެންމެ ފަހުގެ ރަނަރަޕް ކަން… ތީ އިރެއްގަ ޗެމްޕިއަނުންނަށް ވިޔަސް”

ރީޝާ – “އޭ ދެން ޔާޝް ހިނގާބަ ކާއެއްޗެއް ހޯދަން ދާން…”

އަހުޝަމް – “ނުކެވިގެން އަބަދުވެސް ކަލޭނޭ… ދެން ތިއަށްވުރެ ތަންކޮޅެއް ފަލަވިޔަސް ހީވާނީ ގެރިއެއް ހެން.. މިހާރު ވެސް ކިރިޔާ ފިޔަވަޅު އެޅޭކަން..”

ރީޝާ – “އޭ މަށާ ދިމާލަށް މަލާމާތް ކުރާނެ ކަމެއް ނެތް އިނގޭ… ކަލޭ މާ ހިކީކީ ނޫނޭ.. މިހާރުވެސް ކޮންމެ ދުވަހަކު ދެ ގަޑިއިރު ނުދުވެ ކަނޑު އަޑީ ނުފަތާ ނަމަ މީހާ ހީވާނީ ހަމަ ފައްކާ ބަރަބޮލެއް ހެން…”

އަހުޝަމް – “މަންޖެ ދެނަހުރިންތަ މިހާރުވެސް މަންޖެ ފާ ފަޅޮލަކާ ވައްތަރު ކަން؟”

ރީޝާ – “އޭ މަގޭ ފަޅޯ ދަނޑެއް އޮތަސް މަ ފަޅޮލަކާ ވައްތަރުވާކަށް ނުޖެހޭ އިނގޭ ދަނޑި އަލުވި ގަނޑާ…”

ރިޔާޝް – “އޭ ދެން ހުއްޓާލަބަލަ… ބަނޑުހައިވީމަ ކާން ވެސް ޖެހޭނެ… މަ މި އަންނަނީ ބަތް ޕާރުސަލެއް ހިފައިގެން.. ދެމީހުން ސުލްޙައިގަ ތިބޭތި އާރޖެންޓީނާ މެޗު ފަށަން ދެން..”

ރިއާޝް – (ވޯޓަރ ބްރޭކްގައި ކުޅުންތެރިންނާއި ދިމާއަށް ފާޑު ކިޔަމުން) “ޕިސް ޕިސް ބަލާބަލަ އެ ނައީމާ ފެންބޯ ވައްތަރު.. މުޅި ގަޔަށް އަޅައިގެން..ކީޕަރު އަތަށް ނޫން ތާކަށް ބޯޅަ ޖަހަން ނޭނގުނުތާ ގަޔަށް ނާޅާ ފެން ބޯން ވެސް ނޭނގެނީ އޭ… ކީކޭ ކިޔާނީ ދޯ..”

ނަޔާ – “އޭ ވަކި ކުރޮއޭޝިއާ މީހުން ފެން ބޮނީ ގަޔަށް ނާޅާ ތަ؟ބަލައިލަ އަނހަ އެހެރަ  ޕެރިސިޗެއްމުޅި ގަޔަށް އަޅައިގެން ފެން ބޮނީ..”

ރަނާ – “އަޅެ މި މީހުން ފެން ބޯ ފުޅިތައް ހުންނަ ގޮތެއް ދޯ… ހީވަނީ ދެން ކުޑަކުދިން ބޯ ބުއްފުޅި އެއްހެން ވިއްޔަ..”

އަހުޝަމް -” މީ އަދި ދަނޑު ބޭރުން ވާހާ ކަމަކާ ބެހޭ އަންހެނެއް… އޭ ފެށީ އޭ… ”

ނަޔާ – (ސަތޭކަ ފަސް ވަނަ މިނެޓުގައި ނޭމާ ބޯޅަ ހިފައިގެން ކުރިއަށް ދުއްވައިގަތުމުން)” އޭ ޖަހަނީ.. (ގޯލު ޖެހުމުން) ޔެ ޔެ ޔެ ޔެސްސްސް….. އޯހ އޯހ އޯހް މައި ގޯޑްޑްޑް.. އިޓްސް އަ ގޯލްލްލް… ”

އަހުޝަމް -” ބިސް ބޮނޑިބަތް…. އަޅޭ ވާހްހްހް މަގޭ ނޭމާ…. ސާބަހޭ ދަރިފުޅާ… ތީ ދަރިޔަކީ… ހާ الحمد لله ”

ރިއާޝް -” އޭ އަދި ހުރެބަލަ… އަހަރުމެން ވެސް އަދި ޖަހާނަމޭ…. ”

ރިޔާޝް – (ރީޝާ އަށް ބަތް ގަނެގެން އައިސް)” އޭ ޖެހީ؟… ”

ރީޝާ -” އޭ ގަތީ؟… އަވަހަށް ގެނޭ… އަޅެ ލޯބިވާނެ.. ޕިސް ޕިސް ސަހާދެއް މިބުނީ… ”

ރިޔާޝް -” މަންޖެ ކައިގެން ހުންނާތި.. އޭ އަދި ނުވޭ ނިންމާކަށް… އާން މޮޑްރިޗް…މޮޑްރިޗް ޕެޓްކޮވިޗަށް… ޕެޓްކޮވިޗް ބޯޅަ ހިފައިގެން ކުރިއަށް.. އެ ދަނީ… އެ ފޮނުވާލަނީ..އެ ފޮނުވާލީ އެ ވަނީ…….(ރިއާޝް އާއި ދެމީހުން ފުންމައިގެން އަރާ ހަޅޭއްލަވައިގަންނަމުން) ގޯލްލްލްލް… ދެން ލަލަލަ… އެއޮތީ ޖަހާފަ އެނގިއްޖޭ… ”

އަހުޝަމް -” އޭ އޮފްސައިޑު…  ނުވާނެ… ނުކުރާނަން ގަބޫލެއް… ”

ނަޔާ -” ކަލޯ އޭ ނޯ… މިފަހަރު ބްރެޒިލް މޮޅު ނުވެއްޖެއްޔާ މަށަކަށް ނަޔާ އެއް ނުކިޔާނެ… ހުރެބަލަ… އަދި ނިމުނީކީ ނޫނޭ.. ”

ރީޝާ -” އެއޮތީ ނިމިފައި.. ދެން ހަމަ ޕެނެލްޓީ ޖަހާނީ…. ”

ރަނާ – (ރެފްރީ ފަހު ކަށިގަނޑު ގޮއްވުމުން)” އަޅެ ވަރުބަލި ވާނެ ދޯ އެކުދިން.. ގައިމު ސަތޭކަ ތިރީސް މިނެޓު ތޯއްޗެއް އެކުޅުނީ…”

އަހުޝަމް – “މިގޮލާ މީ އަދި މުސްކުޅި އެއް ހެން އަނގަ ތަޅަން އިންނަ ގޮލައެއް ސަހާދެއް މިބުނީ…”

ރީޝާ – “އެ ނިމުނީނު.. މަ ބުނީމެއްނު ޕެނަލްޓީ އިންނޭ ނިންމާނީ… ކަލޯ ހެސްކިޔާހަ ރިސްކީ ވަނެ އެނގޭ… މަ ނެތިން އެއްކޮޅަކަށްވެސް ދާކަށް…”

ރިޔާޝް – “ފުރަތަމަ އަހަރުމެން އެނގޭ… ވަންނާނެ ބަލައްޗޭ… (ކުރޮއޭޝިއާގެ ޕެނަލްޓީ ކާމިޔާބު ވުމުން) ޔެސް…”

ނަޔާ – (ބްރެޒިލްގެ ޕެނަލްޓީ ނުވަނުމުން) “އޯ ނޯ…. ޕިސް އަދި ޖަހާނެ…”

ރީޝާ – (ދެ ޓީމުން ވެސް ޖެހި ދެވަނަ އަދި ތިންވަނަ ޕެނަލްޓީ ކާމިޔާބު ވުމުން) “އާން އާން… ވަރަށް ޗެލެންޖިން މިހިސާބުން ފެށިގެން ބްރެޒިލް އަށް… މިފަހަރު ކްރޮއޭޝިއާ އިން ޖަހާފަ ބްރެޒިލް އަށް ނުޖެހިއްޖެއްޔާ ދުވަސް ދިޔައީ…”

ރިއާޝް – (ކްރޮއޭޝިއާގެ ހަތަރު ވަނަ ޕެނަލްޓީ ކާމިޔާބު ވުމުން) “ހޫރޭ.. ޔެސް.. ކަލޯ ގަޔާ ނުޖެހޭނެ އެނގިއްޖޭ ބުރިސިލަކަށް…”

ރިޔާޝް – (އަހުޝަމް އާއި ނަޔާ ފެންކަޅި ވެފައި ދުޢާ ކުރަން ތިބުމުން) “ހްމްމް ހްމްމް ކިޔަވާލާ ކިޔަވާލާ… މީތި ނުވެއްޖެއްޔާ ރަށަށް ދިއުން ނޫން ގޮތެއް ނެތް…”

އަހުޝަމް، ނަޔާ – (ބްރެޒިލްގެ ހަތަރު ވަނަ ޕެނަލްޓީ ނުވަނުމުން) “ނޯ…. ނޯ ނޯ ނޯ……”

ރީޝާ – “ދެން މިފަހަރު ދޫކޮށްލިޔަސް ރަނގަޅު ވާނެ… އަބަދަކު ނުލިބޭނެ ދޯ ތަށްޓެއް ވެސް… އެހެން މީހުންނަށްވެސް ޗާންސް ދޭންވާނެ…”

ރިޔާޝް – “އާންންން… ދެން އަވަހަށް ފޮށްޓަށް އެއްޗިހި އަޅައިގެން ރަށަށް ދާން ތައްޔާރު ވޭ…”

ރިއާޝް – “މޫސުން ވެސް ރަނގަޅޭ..އަވަހަށް ފުރަންވީ…”

ރަނާ – “އޭ އެހެންމަ ކޮން ބައެއް އެ މޮޅުވީ…”

ރީޝާ – “އަނެއްކާ އަނެކަކު…. ކަލޭނޭ ގޮޅި ޖެހި މީހުން މޮޅުވީ… އޭ އެކަމް ޔާޝް އާއި އާޝް ޖެހޭނީ އާރޖެންޓީނާ އަށް މިރޭ ސަޕޯޓު ކުރަން އެނގޭ…”

ރިޔާޝް، ރިއާޝް – “ޔެސް މެޑަމް… ވިދާޅުވި ގޮތެއް ….”

ރަނާ – “އާރޖެންޓީނާ  ވެސް މި ވަރުން ތޯއްޗެއް ދާނީ…”

ރިއާޝް – “އާދެ އެޔެއް ވެސް އެނގޭނީ މެޗު ނިމުނީމަ… މިހާ ހިސާބުން އަޅުގަނޑު މެން މި ވަކިވެލަނީ… ނަސީމާ އާއި އަހުއްޓި މިވަގުތު ވަރަށް ޙާލު ދެރަ…”

ރީޝާ – “ހަމަ ދެފައި ތަޅަތަޅާފައި ރޮނީ….”

ރަނާ – “ދެން އަޅުގަނޑު މެން ބައްދަލުކޮށްލާނީ މިރޭ އާރޖެންޓީނާ އަދި ނެދަޑޭލްސް ބައް…”

ރިއާޝް – “ސާބަހޭ ނެދަޑޭލްސް އެއް ނޫނޭ ނެދަލޭންޑްސް…”

ރީޝާ – “އާދެ ނެދަލޭންޑްސް އަދި އާރޖެންޓީނާ ބައްދަލު ކުރާ މެޗާ އެކު.. ހުރިހާ ކުދިން ވެސް އާރޖެންޓީނާ އަށް އެނގޭ ސަޕޯޓް ކުރާނީ…”

ރިއާޝް، ރަނާ، ރީޝާ – “ވައްސަލާމް ޢަލައިކުމް..”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

ReeshA CoronA
Follow Me Written By

ReeshA CoronA

Level 410 Stories100 Comments100 Login

ᵒⁿᵉ ᵃⁿᵈ ᵒⁿˡʸ ᴿᵉᵉˢʰᴬ ᶜᵒʳᵒⁿᴬ

Other Articles

Previous

ކެޔޮޅު-1

Next

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 31

Next
December 12, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 31

Previews
December 12, 2022

ކެޔޮޅު-1

6 Comments!

  1. Nayaa says:
    December 12, 2022 at 9:23 am

    First like is given by me.. Lol
    Ey dhogu nuhadhaa bunan? Hayaathuga dhuvahaku nuroa varah Brazil dhahvyma erey mashah roevunu.. Lol..
    Adhi hama Brazil dhah vaa irah Jersey libuny.. Dhn e laigen indhe hama rony mi..
    Dhn Ekms ok.. They did their best.. That’s all that matters.. I’m still proud of them..
    Dhn ma Argentina kanneynge dhww.. Ekm mashah hama heevany France aa Morocco aa kulhegen molhu vaa team hn champion kan nagaany.. Dhn neynge dhw.. Boalha aky vahkoh onna ehcheh viyya.. Vaane gotheh engeneekee noon..
    Dhn hingaa balamaa.. Argentina molhu vejjeyyaa kithanme haaves rangalhu..
    Arn dhn dhany ey.. Vrh salaam
    Dhn oiy episode ah waiting
    Loabi vey

    1. ReeshA CoronA ReeshA CoronA says:
      December 13, 2022 at 2:03 pm

      Dhen first like manje ge faraathun libumaky aa kameh noon mashakah…
      Ekm vx Shukuriyyaa ey dhannavana othy..
      Aan dhennroan vx vaane… Ufaa vx vaan vaane e sorumen kuri hiyvarunnn….
      Aan mashah heevany mee hama Morocco ge fahareh hen
      ..
      Anehkaa anekaku boalha vah veema dhen eyge maana aky molhuvaane baeh meyngeyne ey 😭🤣🤣🤣🤣? Manjege nujoomy ilmu🤣🤣🤣👏👏👏👏
      Aaaan kithame haa vx rangalhu ma huvandhu fenun fen vx varaanan insha allah..
      Hmm ma vx

  2. Ammmu says:
    December 12, 2022 at 9:52 am

    I just loved it
    Keep doing your best work

    1. ReeshA CoronA ReeshA CoronA says:
      December 12, 2022 at 11:14 pm

      Thank you dear ☺️❤️

  3. lolli says:
    December 12, 2022 at 12:02 pm

    Brazil kety ma aslu vrh majaa
    anyways mi part vx vrh reethi masha allah
    dhn next part avahah kiyaalan libey ne kamah ummeedhu kuran

    1. ReeshA CoronA ReeshA CoronA says:
      December 12, 2022 at 11:13 pm

      Thank you ☺️
      Yes next part hama upvihaa avahakah kiyaalan libeyne

Comments are closed.

Next Episodeކޮމެޑީ ލޭންޑް – އާރޖެންޓީނާ : ނެދަލޭންޑްސް←


All Right Reserved!