މަންމަ އަހަންނާއި ފަހުންވެސް އެވާހަކަ ދެއްކިއެވެ. އަހަރެން އެކަމާއެދު ވިސްނަމުން ދިޔައީމެވެ. ޝާފީއަށް ބައްޕައެއްގެ ލޯބި ދެވޭނެ ފަރާތަކަށް ޔަމާން ވާނެކަމަށް މަންމަވެސް ޤަބޫލުކުރެއެވެ. އޭނާގެ އަމަލުތައްވެސް އެކަމަށް ހެކިދެއެވެ. ނަމަވެސް ފަހުން ވާނެ ގޮތެއް އިނގޭނީ ކާކަށް ހެއްޔެވެ؟ އަހަރެންގެ ހިތާއި ސިކުނޑި އަރާރުންވަމުން ދިޔައެވެ. ހަދަންވީ ކިހިނެއްކަމެއް އަހަންނަށް ނޭންގުނެވެ. އަހަންނަށްވެސް އަދި ޝާފީއަށްވެސް ދެރަގޮތެއް ވިޔަނުދޭނެކަމުގެ ޔަޤީންކަން ދެވަނަފަހަރަށްވެސް ޔަމާންއާއި ޔަމާންގެ އާއިލާއިން ދިނެވެ. އެންމެންގެ ވާހަކަތަކާއި ދޭތެރޭ ވިސްނުމަށްފަހު އަދި ޝާފީގެ […]
ވިއްސާރަ ރެއެކެވެ. އިޝާ ނަމާދު ވަގުތު ވެހެންފެށި ވާރޭ މިހާރު ކުރިއަށްވުރެވެސް ބޯކޮށްލައިފިއެވެ. ބޯކޮށް ވާރޭ ވެހެމުންދާއިރު އެންމެންވެސް ބަލާނީ ރަޖާދަށަށް ވަދެ އަރާމުކޮށް ނިދާލެވޭތޯއެވެ. ނަމަވެސް އަހަރެން ނުނިދާ އިންތިޒާރުކުރަމުން ދިޔައީ އަހަރެންގެ ފިރިމީހާއަށެވެ. އިރުއޮއްސުނުއިރު ނުކުމެގެން ދިޔަ މީހާ އަދި ގެއަކަށް ނާދެއެވެ. ރޭގަނޑުގެ ކެއުން ތައްޔާރުކުރިގޮތަށް މޭޒުމަތިން ތަށިތައްވެސް ހުރީ ނުނަގައެވެ. ޝާފީ ނިންދެވުމަށްފަހު އަހަރެން އުޅުނީ ހެދުންތަކެއް ފެހުމުގެ މަސައްކަތުގައެވެ. މިރޭ ކޮންމެހެން މި މަސައްކަތްފެށީ ނަޒީލް އަންނަންދެން ހޭލާ އިނުމުގެ […]