“ކޮންމެހެން ރޯނެކަމެއް ނެތް… ތި ކަރުނަތަކުން އަސަރުކުރާނީ މަންމަމެންނަށް… އަހަރެންގެ ހިތަކަށް އެއްވެސް އެއްޗެއް ނާރާނެ… މަންމައާއި ބައްޕަ ޝަބާ ބުނާހާ އެއްޗެއް ގަބޫލުކުރިޔަސް އަހަންނެއް ނުކުރާނަން… ފެންނަހާ ފިރިހެނެއްގެ ފަހަތުން އުޅެން ޖެހޭތަ؟؟… ކިހާ ދެރަކަމެއް… އަހަރެން ހިއެއް ނުކުރަން ތިއީ އެހާ ދަށުދަރަޖައިގެ މީހެއް ކަމަކަށް… ފައިސާއަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނަންދޯ؟” ރަޔާން އެންމެ ފަހުން ބުނެލި ވާހަކައިން، އަހަރެންގެ ކަރުނަތައް ކުއްލިއަކަށް ހުއްޓުނެވެ. ދެލޯ ބޮޑުކޮށްލަމުން ރަޔާންގެ މޫނަށް ބަލާލެވުނެވެ. ********************** […]
ފައި ކަހާލައިގެން އަހަރެން ވެއްޓުނީ ސިޓިންރޫމް ސޯފާތަކާއި ހަމައިންނެވެ. ވީ ތަދުން ނުތެދުވެވިފައި އަހަންނަށް އޮވެވުނެވެ. އިމާދު ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއިއެކު، ދެމީހުން ދޭތެރޭގައި އޮތް ދުރުމިން ކުޑަވަމުންދާތަން ފެނި، އަހަރެންގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. އިސާހިތަކު ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަން ފެށިއެވެ. އަހަންނަށް އެހީވެދޭން އަންނާނެ މީހަކުވެސް ނެތެވެ. މިފަހަރު މި ނުލަފާ މީހާގެ އަތްދަށުން ސަލާމަތް ނުވާނެކަން އެނގުމުން، ދެލޯ މަރާ ބާރުކޮށްލެވުނެވެ. ********************** އަހަރެން މިހާ ބަލިކަށިވެގެން […]
“ދަރިފުޅާ… އާދެ ކާން…” އަހަރެން ބޭރަށް ދާން ނުކުންނަނިކޮށް މަންމަ ގޮވިއެވެ. އަނގައަށް ގޮތެއް ހަދާލެވުނީ މަންމައަށް ސިއްރުން ބޭރަށް ފިޔަވަޅެއްވެސް ނޭޅޭނެއޭ ހިތަށް އެރުމުންނެވެ. “ނުކާނަން…” ކުރު ޖަވާބެއްދީފައި އަހަރެން އަވަސްއަވަހަށް ނުކުތީ މަންމަ އިތުރު ވާހަކައެއް ދައްކަފާނެތީއެވެ. ދޮރު ލައްޕާލިއިރު، މަންމަ އަހަންނަށް ދެވަނަ ފަހަރަށް ގޮވާލި އަޑު އިވުނެވެ. އެކަމަކު އަހަރެން އަޑު އިވުނުކަމަށް ނުހެދީއެވެ. ********************** އެނބުރި ގެއަށް އައިސް ވަނީ، އެރޭ ބާރަ ޖެހިފަހުންނެވެ. ސިއްރު ފިޔަވަޅުތަކެއްގައި ގޭތެރެއަށް ވަންއިރު، […]
“ރަޔާން….” އަކުރުތަކަށް ދަމާލަމުން، އަހަންނަށް ކަރުބުޑުން ހަޅޭއްލަވައިގަނެވުނެވެ. ********************** ޝާފީ ސިޑި ކައިރީގައި ވެއްޓިފައި އޮތްތަން ފެނުމުން އަހަންނަށް ހުރެވުނުތަންވެސް ނޭންގުނެވެ. ސިޑީގެ ވަކި ހިސާބެއްގައި ހުރި ރަޔާން އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އަހަރެންގެ ދަރިފުޅު ވެއްޓިފައި އޮތް ގޮތުންނާއި ރަޔާން ކައިރީގައި ހުރުން އިއްތިފާގަކަށް ވެދާނެކަމަށް އަހަންނަށް ޤަބޫލުނުކުރެވުނީއެވެ. އެހާ ބާރަށް ހަޅޭއްލަވައިގަނެވުނީ އެހެންވެއެވެ. އަހަރެންގެ އަޑަށް ރަޔާން ސިހުނުކަން އެއީ އަހަންނަށް ހީވި ހީވުމެއް ނޫނެވެ. ދުވެފައި ގޮސް ޝާފީގެ ކައިރީގައި އިށީންދެ އަހަރެންގެ […]
“ޝަބާ…. ޝަބާ… ދައްތަމެން މިފަހަރު މާލެ އައީ އެކޮޅަށް އެނބުރި ދާގޮތަކަށް ނޫން…” ވާހަކަ ދައްކަން އުނދަގޫވެގެން ދެ ފަހަރަކު މެދުކަނޑާލުމަށްފަހު ދައްތަ ދެން ބުނެލި ޖުމްލައިން އަހަރެންގެ ދެލޯ ބޮޑުވިއެވެ. ލިބުނު ހައިރާންކަމުގައި ދައްތަގެ ކޮނޑުމަތިން ބޯ ހިއްލާލެވުނެވެ. ސުވާލުގެ ނަޒަރަކުން ބަލާލެވުނީ ކަންފަތަށް އިވުނު ވާހަކަ އަޑު އިވުނީ ރަނގަޅަށްކަން ޔަޤީން ނުކުރެވިގެންނެވެ. ********************** ދައްތަ އެ ބުނީ ތެދެއްކަން އިތުރަށް ޔަޤީންކޮށްދިނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އިތުރު އެއްޗެއް ނުބުނެ އަހަންނަށް ހައިރާންވެފައި […]
މިގޮތުގައި ދުވަސްތައް ވޭތުވަމުންދިޔައެވެ. ރަޔާން އަހަރެންދެކެ އަންނަ ރުޅިއަކަށް ބަދަލެއް ނާދެއެވެ. އޭގެ ސަބަބުތައް އަހަންނަށް ދެނެގަނެވުނީ ފަހުންނެވެ. އަހަރެމެން ދިއުމުގެ ކުރިން އޭނާއަށް ލިބެމުން ދިޔަ ސަމާލުކަން ކުޑަވެގެން ދިޔުމަކީ އޭނާ ހިތްހަމަ ނުޖެހުނު އެއް ސަބަބެވެ. ކުރިން ބޮޑުބޭބެމެން ގެނެސްދިން ކޮންމެ އެއްޗަކީ ހަމައެކަނި އޭނާގެ މިލްކަކަށްވީ ނަމަވެސް، ފަހުންފަހުން އައިސް ގެނެސްދޭ އެއްޗެހިން، އަހަންނަށް އެއްބައި ދޭތަން ފެނުމުން އޭނާގެ މޫނުމަތިން ފާޅުވެގެންދާ ރުޅިވެރިކަން ސިއްރެއް ނުވެއެވެ. “މަންމަ މިހާރު އަޅުގަނޑުދެކެ ލޯތްބެއް […]
ގޭގެ ދޮރު ހުޅުވާލުމަށްފަހު ރަޔާން ވަނީ އަހަރެމެން އެ މަސައްކަތުގައި ތިއްބައެވެ. ރަޔާންގެ ނަޒަރު އަހަރެންގެ މޫނުން ދެން އަމާޒުވެގެން ދިޔައީ އައިނީގެ މޫނަށެވެ. އެ މޫނުމަތިން ފެނުނު ކުލަތައް ތަރުޖަމާ ކުރާކަށް އަހަންނަށް އެވަގުތު ނޭންގުނެވެ. ހުއްޓުން އަރާފައި އިނދެވުނީއެވެ. އަހަރެންގެ އުނގުގައި އައިނީ އިނުމުން ހިތްހަމަނުޖެހިފައި ކަމަށްވެސް ވެދާނެއެވެ. އިއްޔެ މީހުން ތިބުމުން އެއްޗެއް ނުބުނި ކަމުގައި ވިޔަސް މިއަދު އެއްޗެއް ނުބުނެ މަޑުން ހުރެދާނެހެން އަހަންނަކަށް ހިއެއް ނުވެއެވެ. ރަޔާން ކުރިއަށް އަޅާލި […]
ބޮޑުބޭބެވެސް ޝާފީގެ ބޮލުގައި ފިރުމާލިއެވެ. އަދި ޔަމާންއާއި ސަލާމްކުރިއެވެ. އަހަރެންގެ ހިނިތުންވުން ފަނޑުވެގެން ދިޔައީ އެއްލި ކަޅިއަކުން އެތާ ކައިރީގައި ހުރި ޒުވާނާ ފެނިފައެވެ. ********************** އެއްވެސް އަސަރެއް މޫނުމަތިން ދައްކާނުލާ އެތާ ހުއްޓިލައިގެން ހުރިއިރު ކައިރީގައި ތިބި މީހުންނަކަށްވެސް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އެތައް ދުވަހެއް ފަހުން ފެނުނު ނަމަވެސް އެ ހަށިގަނޑަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ކަޅު ޓީޝާޓަކާއި ނޫ ޖިންސެއްގައި ހުރިއިރު އަވިއައިނަކުން އެ ދެލޯ ފޮރުވާލެވިފައިވިއެވެ. ބޮޑުބޭބެ ޔަމާންއާއިއެކު […]
އެވަގުތު އަތުގައި ހުރި އެއްޗެހިތައް އަތުން ދޫވިއެވެ. މޭގައި އަތްއަޅާލުމަށްފަހު އަޑު އިވުނު ދިމާއަށް ބަލާލުމަށްޓަކައި މަޑުމަޑުން އެދިމާއަށް މޫނު އަނބުރާލަން އުޅުނު ވަގުތު ކުއްލިއަކަށް އިވުނީ ހުނުމުގެ އަޑެވެ. ******************************** ކުޑަކޮށް ހަޅޭއްލަވައިގަންނަމުން ހޭ އަޑު އިވުނު ދިމާއަށް ބަލާލެވުނެވެ. ޝާފީއާއި ޔަމާން ކޮޓަރި ދޮރުމަތީގައި ތިއްބެވެ. “މަންމާ… މަންމަ ބިރުގަތީދޯ….” ޝާފީ ހެމުން ހެމުން ބުނެލިއެވެ. އަހަންނަށް ވީ ގޮތް ފެނުމުން އޭނައަށް މަޖާވީއެވެ. އޭރުވެސް އަހަންނަށް ހުރެވުނީ މޭގައި އަތްއަޅައިގެންނެވެ. އަހަންނަށް އޭރު އިވުނީ […]