Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ސިއްރެއް ނުވާނޭ… 6

Mai Naa Level 3100 Login10 Stories100 Comments
January 17, 2022 3 Mins Read
0 Comments

“އާލިފް….” ކިތަންމެ މަޑުން އަހަރެންގެ ނަން ކިޔާލިކަމުގައިވިޔަސް އެއަޑުގައިވި ނުރުހުން އަހަންނަށް ފާހަގަވިއެވެ. ދެބުމަ ގޮށްޖަހާލައިގެން ހުރެ އެ ދިން ނަފްރަތުން ފުރިފައިވާ ނަޒަރުން ހީވަނީ އަހަރެން އަނދާ އަޅިއަށް ހަދާލަފާނެހެންނެވެ.

ޕާޓް 6

“މާ… މާޔާ؟؟؟…” އަހަރެންގެ ދުލުން އެކުއްޖާގެ ނަން ކިޔާލެވުނެވެ. އެކުޑަކުއްޖާވެސް އެއްފަހަރު އަހަރެންގެ މޫނަށް އަނެއްފަހަރު މާޔާގެ މޫނަށް ބަލަމުން ދިޔައެވެ.

“އާން މާޔާ… އަހަރެން ހިއެއްނުކުރަން…” ނަފްރަތުން ފުރިފައިވި އަޑުން މާޔާ ދައްކަމުން ދިޔަ ވާހަކަ މެދުކެނޑުނީ ކުއްލިއަކަށެވެ. މާޔާގެ މަޒަރު ހުއްޓިފައި ހުރީ އަހަރެންގެ ފަހަތަށެވެ. އޭރު އެމޫނުގެ ކުލަވަރުވެސް ބަދަލުވެއްޖެއެވެ.

“ތުއްތާ…” އަހަރެންގެ ފަހަތުން އިވުނު ކަމުގައިވިޔަސް އެއަޑުގެ ވެރިއަކީ ކާކުކަން އަހަންނަށް އެނގުނެވެ. ފަހަތަށް އެނބުރި އެ މޫނަށް ބަލާލެވުނެވެ. ނުފެންނަތާ ގިނަދުވަސްތަކެއްވެފައި ފެނުނުއިރު، ކޮންމެވެސްވަރެއްގެ ބަދަލުތަކެއް މީހާއަށް އައިސްފައި ހުރިނަމަވެސް، އެއީ މާޝާކަން އަހަންނަށް އެނގުނެވެ. އެވަގުތަކީ މާޝާއާއި ހަތަރުކަޅި ހަމަވި ވަގުތެވެ.

“އާ…އާލިފް…” އަހަރެންގެ ނަން ކިޔާލިއިރު އެ އަޑުގައި ތުރުތުރުލުމެއް ހުރިކަން އަހަންނަށް ފާހަގަވިއެވެ. ހިނދުކޮޅެއްގެ ތެރޭގައި އެދެލޯ ފެންކަޅިވިތަން އަހަރެންނަށް ފެނުނެވެ. ހިނދުކޮޅެއްފަހުން، ފުންނޭވާއެއް ދޫކޮށްލުމަށްފަހު، އަހަރެންގެ މޫނުން ނަޒަރު ވަކިކޮށްލިއެވެ. އަހަންނަށް އިސްޖަހާލެވުނެވެ.

“މާޝް… ހިނގާ ދާން…” މާޝާގެ އަތުގައި ހިފާލަމުން މާޔާ އެތަނުން ދުރަށް ހިނގައިގަތެވެ. އެމީހުންނާއެކު ހުރި ކުޑަ ކުއްޖާ ދެފަހަރަކު ފަހަތަށް ބަލާވެސްލިއެވެ. ބުނާނެ އެއްޗެއް ނޭންގިފައި އެދިމާއަށް ބަލަން ހުރެވުނެވެ.

މިޖެހުނީ އަނެއްކާ އަނެއް ކަންތަކެވެ. އެއްކަމަކުން ސަލާމަތް ނުވެވި އުޅެނިކޮށް އަނެއްކަމެއް އެބަ ދިމާވެއެވެ. އަހަންނަށް ހަމަޖެހިލައިގެން ދިރިއުޅުމުގެ ފުރުސަތެއް ނުލިބޭނެ ހެއްޔެވެ؟ ފިކުރުތަކާއި ހާސްކަމުން ސަލާމަތްވެ، އުފާވެރިކަމެއް ލިބުމުގެ ޙައްޤު އަހަންނަށް ނެތީ ހެއްޔެވެ؟  ވިސްނާވިސްނާ އަހަރެން ބޯ ގޮވާ ވަރުވެއްޖެއެވެ. ބޮލުގެ އިސްތަށިތަކުގެ ތެރެއަށް އަތް މަހާލަމުން ފުންނޭވާއެއް ދޫކޮށްލީމެވެ.

*****************

“މަންމާ… ބައްޕަ ކިހިނެއްތޯ؟…” އަހަރެން އެންމެ ފުރަތަމަވެސް އަހާލީމެވެ.

“އެކަހަލަ ގޮތެއް… މާގިނަ ވާހަކައެއް ނުދައްކާ… މިވަގުތު ނިދިފައި އެ އޮތީ…” ބައްޕަ އޮތް އެނދާ ދިމާއަށް ބަލަން ހުރެ މަންމަ ވާހަކަ ދެއްކިއެވެ. ދާނިޔާވެސް މަންމަގެ ކައިރީގައި ހުއްޓެވެ.

“ދާނިޔާ… ފޯނު ކޮބާ؟… ހާދަވަރަކަށް ގުޅީމޭ…” އަހަރެން ދާނިޔާއާއި ސުވާލުކުރީމެވެ.

“ގުޅިންތަ؟…” ދާނިޔާ އެކޮޓަރީގެ އެކި ތަންތަނަށް ބަލަމުން ދިޔަގޮތުން އެހޯދަނީ އޭނާގެ ފޯނުކަން އަހަންނަށް އެނގުނެވެ.

“ހީވަނީ ބޭގްތެރޭގައިހެންވީ…” ކަބަޑުމަތީގައި އޮތް ދަބަސް ނަގާ އެތެރެ ބަލާލިއެވެ. ދަބަހުގެ ތެރެއިން ފޯނު ނަގާ އެއަށް ބަލަމުން ދާނިޔާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

“އަޅެ… ސައިލެންޓަށް ލެވިފައި އޮތީ… ސޮރީ… ހަމަ އަސްލުވެސް ނޭންގެ އާލިފް ގުޅި ކަމެއް… ކީއްވެ ގުޅީ؟…” ފޯނު ހިފައިގެން އައިސް އަހަރެންގެ ކައިރީގައި ހުއްޓެމުން ދާނިޔާ އެހިއެވެ.

“އޭގެ ކުރިން މެސެޖްވެސް ކުރިން… އެތައް އިރެއްވިއިރުވެސް ޖަވާބު ނުލިބުނީމަ ގުޅީ… މަ ހީކުރީ އަނެއްކާ ކަމެއްދިމާވީކަމަށް…” އަހަރެން ކިޔައިދިނީމެވެ.

*****************

ރޭގަނޑުގެ ވަގުތެވެ. ބެލްކަނީގައި މަޑުކޮށްލައިގެން ހުރީމެވެ. ސާފު އުޑަށް ނަޒަރު ހުއްޓާލައިގެން ހުރިއިރުވެސް، އެރީތި މަންޒަރުން އަހަންނަކަށް ހަމަޖެހުމެއް ނުލިބުނެވެ. އެއަށްވުރެ އަހަރެންގެ ސިކުނޑިތެރެ ވަނީ ހަލަބޮލިވެފައެވެ.

އަހަރެންގެ ވިސްނުމާއި ޚިޔާލުތަކުގައި ދައުރުވަމުން ދިޔައީ މިވޭތުވެގެން ދިޔަ ދުވަސްތަކުގެ ތެރޭގައި އަހަރެންގެ ޙަޔާތުގައި ކުރިމަތިވި އެކި ކަންކަމެވެ. އެކިއެކި ޚިޔާލާއިވިސްނުމުގެ ތެރެއިން ގޮސް އެންމެ ފަހުން މިއަދު ހޮސްޕިޓަލުގައި ދިމާވި އެ ކުޑަކުޑަ ހާދިސާއާއިމެދުވެސް އަހަންނަށް ވިސްނުނެވެ. ދުވަސްތަކެއް ފަހުން ދިމާވި ނަމަވެސް، މާޔާއާއި މާޝާއާއި ބައްދަލުވި އެހިނދުކޮޅުގެ ސަބަބުން އަހަރެންގެ ހިތުގެ ހަމަޖެހުން ނަގާލައިފިއެވެ. ސަބަބެއް ނެތިއެއް ނޫނެވެ.

މާޔާގެ ނަފްރަތުން ފުރިގެންވާ މޫނާއި، މާޝާގެ ފެންކަޅިވެފައިވާ ދެލޯ އަދިވެސް އަހަރެންގެ ކުރިމަތިން ފެންނަކަހަލައެވެ. މިއަދު އެ ދިމާވި ދެމީހުންނަކީއެއް އިރެއްގައި ކޮންމެވެސް ސިފައެއްގައި އަހަރެންގެ ޙަޔާތާއި ގުޅިފައިވި ދެމީހުންނެވެ. މާޒީގެ ތެރެއިން ދުވަސްތަކެއް އަހަރެންގެ ހަނދާނަށް އައެވެ.

“އާލިފް… ނުނިދަނީތަ؟…” ޚިޔާލުތަކުގެ ވާފަށް ކެނޑިގެން ދިޔައީ ދާނިޔާ އަހަރެންގެ އަތުގައި ހިފާ ގޮވާލުމުންނެވެ. ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި ހުރިވަރުން، ދާނިޔާ އެތަނަށް އައި ކަމެއް އަހަންނަށް ނުވެސް އެނގުނެވެ.

“ނިދި ނާންނާތީ މަޑުކޮށްލީ މިތާ… ދެން ދާންވީ ނިދަން… ހިނގާ ދާން…” ދާނިޔާގެ އަތުގައި ހިފަމުން އަހަރެން ބުނީމެވެ. ދާނިޔާ ހިނތުންވެލަމުން އަހަންނާއެކު އެތެރެއަށް ވަންނަން ހިނގައިގަތެވެ.

*****************

ތިން ދުވަސްފަހުން ދާނިޔާގެ ބައްޕަ ހޮސްޕިޓަލުން ދޫކޮށްލެވުނެވެ. ހަވީރު އެގެއަށް ދާނިޔާއާއެކު ގޮސް އިންދާ ފޯނެއް އައުމުން އަހަރެން ތަންކޮޅެއް ދުރަށް ޖެހިލީމެވެ. އަޑުއިވޭ ހިސާބުގައި އެހެންމީހަކު ނެތްކަން ޔަޤީންކޮށްފައި ފޯނަށް ޖަވާބުދިނީމެވެ. ފޯނުކޯލް ނިމުނުއިރު އެރޭ އަހަރެން އޭނާއާއި ބައްދަލުކުރަން އެއްބަސްވީމެވެ. ކުރީފަހަރެކޭ އެއްގޮތަށް ދާނެ ތަނާއި ގަޑި ކަނޑައެޅީ އޭނާއެވެ.

*****************

ރޭގަނޑު ދިހައެއް ޖަހަނިކޮށް އަހަރެން ގެއިން ނުކުތީ ރައްޓެއްސަކާއި ބައްދަލުކޮށްލަން ދަނީކަމަށް ދާނިޔާ ގާތު ބުނެފައެވެ. ލަސްވެދާނެކަމަށާއި، އަހަރެން އަންނަންދެން މަޑުނުކޮށް ނިދަން އޮށޯތުމަށް ދާނިޔާ ގާތު ބުނީމެވެ. އެހާ ދަންވަންދެން ދާނިޔާ އަހަރެންގެ އިންތިޒާރުގައި ނުނިދާ ހޭލާ އިންނާކަށް އަހަރެން ބޭނުމެއް ނޫނެވެ.

*****************

ރެސްޓޯރެންޓެއްގެ ތެރޭގައި އަހަރެން މަޑުކޮށްލައިގެން އިނީމެވެ. ދިހައެއްޖެހިއިރުވެސް އޭނާގެ ޚަބަރެއް ނުވުމުން އަހަރެން އިނީ ފޫހިވެފައެވެ. އެކަމަކު ކޮންމެހެން އޭނާއަށް ގުޅާކަށް އަހަރެން ބޭނުމެއް ނޫނެވެ.

“ވަރަށް ލަސްވެއްޖެ ދޯ…. ކުއްލިއަކަށް ކަމެއް ދިމާވީއޭ…” ފޯނަށް ނަޒަރު ހުއްޓާލައިގެން އިންދާ މީހަކު ވާހަކަ ދެއްކި އަޑަށް އަހަރެން އިސްއުފުލާ ބަލާލީމެވެ. ލަސްވީތީ މާފަށް އެދުމެއްވެސް ނެތެވެ. އެއީ އޭނާއަށް މާ މުހިންމު ކަމެއްވެސް ނޫނެވެ. އަހަރެންވެސް ކޮންމެހެން އެވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. އޭނާއަށް ބައްދަލު ނުކުރަންވެގެން އެތައް ބަހަނާއެއް ދައްކާތާ ފުދޭވަރަކަށް ދުވަސްވެސް ވެއްޖެއެވެ. އަހަރެން އަދި ބައިގަޑިއެއްހާއިރު މަޑުކުރަންޖެހުނަސް ޝަކުވާ ކުރެވޭކަށް ނެތެއް ނޫން ހެއްޔެވެ؟

އަހަރެންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންދެ އޭނާ ދައްކަން އައި ވާހަކަ ފެށިއެވެ. ޝައުޤުވެރިކަމެއްނެތަސް އަހަރެން އެވާހަކަތައް އަޑުއެހީމެވެ. އެއިން އެއްވެސް ވާހަކައަކަށް ރައްދުގައި އެއްޗެކޭ ނުބުނަމެވެ. ބޭނުމެއް ނެތީމައެވެ. ބުންޏަސް އެއްވެސް ކަމެއް ބަދަލެއް ނުވާނެކަން މިއީ ރޭގަނޑުކަން އެނގޭ ފަދައިން އަހަންނަށް ޔަޤީންވާތީއެވެ.

“އާލިފްގެ ވިސްނުން މިހާރު ބަދަލުވެއްޖެހެން އަހަންނަށް ހީވަނީ…. ރަނގަޅަށްތަ މި ބުނެވުނީ؟” އެ ޖުމްލަ އަޑުއިވުމުން އޭނާގެ މޫނަށް ބަލާލުމަށްފަހު ދުރަށް ނަޒަރު ހުއްޓާލީމެވެ. އަހަރެން ދައްކަން ބޭނުންވާ ވަރަށް ގިނަ ވާހަކަތައް ހުއްޓެވެ.

“އަހަރެން ވިސްނާފައި އޮތް ގޮތަކަށް ނޫން ކަންތައްތައް ހިނގައި ދިޔައީ… އެކަން އެންމެ ރަނގަޅަށް އެނގޭނެ މީހަކީ ތިއީ…” ކިތަންމެ ހިތްހަމަނުޖެހިފައި ހުރި ނަމަވެސް އަހަރެން ވާހަކަ ދެއްކީ މަޑުންނެވެ.

އެއްމިޔަކަނުން ހީލިއިރު، އަހަންނަށް އެ މޫނުން ސިފަވީ އޭނާގެ މަކަރުވެރިކަމެވެ. އައިސްފައި ހުރި ގަދަ ރުޅީގައި އަހަރެންގެ ދެއަތް މުށްކަވާލެވުނެވެ. ދަތްކުނޑި ވިކާލަމުން ދުރަށް ނަޒަރު ހުއްޓާލީމެވެ. ދެން އިވުނު ޖުމްލަ އަޑުއަހާފައި އޭނާގެ މޫނަށް ބަލާލެވުނެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mai Naa

Level 3100 Login10 Stories100 Comments

Other Articles

Previous

ހީވޭ ގާތުގާއި ވާހެން ކަލާ 20

Next

ވީމޭ އިންތިޒާރުގައި – 6

Next
January 17, 2022

ވީމޭ އިންތިޒާރުގައި – 6

Previews
January 16, 2022

ހީވޭ ގާތުގާއި ވާހެން ކަލާ 20



All Right Reserved!