
އެދިގެން ކަލާ ލިބޭތޯ 30

(30 ވަނަ ބައި)
“ކިހިނެތްވީ؟ ފަސޭހައެއްނުވިދޯ އަޑުއަހާކަށް.. އަހަންނަކަށްވެސް ފަސޭހައެއް ނޫނޭ ފަށަފަށައިގެން މިވާހަކަތައް ދައްކާކަށް.. އެކަމަކު ހަޤީގަތަކީ އެއީ އޭ… ކީއްވެތަ އަބަދު އަހަރެން ލައްވާ އެއްވާހަކައެއް ތަކުރާރުކުރުވަން ތިއުޅެނީ؟” ހިނދު ކޮޅަކަށްވެސް ރުޅިއިސްކުރެވުނީތީ މައާފަށް އެދެމުން ހިޒްޔާން ދެވަނަ ފަހަރަށްވެސް ޔުމްނުގެ އަތުގައި ހިފަހައްޓާލަން އުޅުމާއިއެކު ހިޒްޔާންގެ އަތްފޮޅުވާލިގޮތަށް ޔުމްނު ޖޯލިން ތެދުވިއެވެ. އޭރު އެދެލޮލުން ރުޅިވެރިކަން ފާޅުވަމުންދިޔައެވެ.
“ޔުމް… އަޑުއަހާބަލަ… އަހަރެން ބޭނުންވާހާ ކަމަކީވެސް ޔުމްނުއަށް ރައްކާތެރިކަން ދިނުމޭ… އެހާ ނުބައިކޮށް ނުވިސް ނަބަލަ…” ޔުމްނު އިތުރަށް ނުރުހޭފަދަ ބަހެއް ބުނެވިދާނެއަތީ ހިޒްޔާން ވާހަކަތަައްް އަތުރަމުންދިޔައީ ނުހަނު ލަސްލަހުން ސަމާލުވެ އިނދެއެވެ. ބައެއް ލަފްޒުތައް އަޑުއިވުނަސް ޔުމްނުގެ ރުޅިގަނޑު ހިލި ތަބީއަތް ބަދަލުވެގެންދާގޮތް މިވީ ދުވަސްތަކުގައި އޭނައަށް ފާހަގަކުރެވިފައިވެއެވެ. އެހެންނޫނަސް އޭނަގެ ލޮލުގެ ކުރިމަތީގައި މިވަގުތު ފެންނަން ހުރީ ތަފާތު ޔުމްނުއެކެވެ. އެ ދުލުން ބޭރުވާ ކޮންމެ ބަހެއް ކިތަންމެ ތޫނަސް އަހަރުތަކެއްވީ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.