
އެދިގެން ކަލާ ލިބޭތޯ 34

(34 ވަނަ ބައި)
“މިހާރު އަހަންނަށް ނޭނގި އެ ހިސާބަށްވެސް ދިޔައީތަ؟ ފިރިއަކަށްވާން ތިއުޅެނީ އައިލީތަ؟” ހިޒްޔާން ކިތަންމެ މަޑު މައިތިރިކޮށް ބުނެލިޔަސް އެއަޑުގައިވީ ހަރުކަށިކަމެވެ. އެ އަޑުގައިވީ އިންޒާރާއިއެކު އެ ލޮލުގައިވީ ފިނިކަމުންވެސް އައިލީ ލަދުގަންނަވާލިއެވެ. އައިލީގެ ދުލުން ބަސްހުއްޓުވާލުމަށްފަހު ހިޒްޔާން އެއަތުން ދޫކޮށްލިގޮތަށް އެއްޗެކޭ ބުނުމެއްވެސްނެތި އެއްގަމާއި ދިމާލަށް ހިނގައިގަތްއިރު އޭނަގެ މޫޑު ނުހަނު ބޮޑަށް ގޯސްވެފައިވެއެވެ. އައިލީއަށް ނޭނގިވެސް ވާހަކަ ފެށުނު މައުޞޫއުއިން އޭނަގެ ތަބީއަަތަށް ނުބައި ބަަދަލެއް ގެނުވައިފިއެވެ. އޭނަގެ ހިޔާލެއްނެތި އެފަދަ ގޮތަކަށް އައިލީ ވިސްނީތީ ވެސް ހިޒްޔާން ނުހަނު ބޮޑަށް ހިތްހަމަނުޖެހުނެވެ. ލޯބިވެރިޔާއަށްވިޔަސް ހަޔާތުގެ ހުންގާން އައިލީގެ އަތްމައްޗަށް ދޫކޮށް ލައިގެން ހުރުމަކަށް އޭނައަކަށް ނުރުހެވޭނެއެވެ.
“ކީއްވެތަ؟ ކީއްވެތަ ޒޭން މެރީކުރަން ބޭނުންނުވަނީ؟ މިވާހަކަދައްކާ ކޮންމެ ފަހަރަކު ޒޭން ދެކޮޅުހަދަން ޖެހޭ ސަބަބެއް ބުނެބަލަ….” އައިލީ ހަލުވިފިޔަވަޅުތަކެއްގައި އައިސް ހިޒްޔާންގެ އަތުގައި ހިފަަހެއްޓިއިރު އެދެލޮލާއި ދިގު އެސްފިޔަތައް މަތީގައި ކަރުނަ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.