(54 ވަނަ ބައި) “ހުޔޫން… ކީއްވެ ހަޤީގަތަށް ފިލަން ތި މަސައްކަތްކުރަނީ؟ ދަ ބާރތް މާރކް އޮން ޔުއަރ ބެކް… އިނގޭތަ ހަމަ އެ ނިޝާން ހިޒްޔާންގެ ބުރަކަށީގައިވެސް އިންނަކަން…” މަޑުމަޑުން މިލާންއާއި ގާތަށް ފިޔަވަޅެއް އަޅަމުން ވާހަކަދެއްކިއިރު އައިކަންގެ ކޮންމެ ބަހެއްގައި މަޑުމައިތިރިކަންވިއެވެ. މިލާން… ހުޔޫން އެ ހުރީ ނާޒުކް ފައްތަރެއްގައިކަން އޭނައަށް އިނގެއެވެ. އައިޝަމްގެ އަތުން މިޝްޔާވެސް ދޫވެގެން ދިޔައީ މިފަދަ ފައްތަރެއްގައި ހުއްޓައެވެ. އެގޮތަށް އޭނަގެ އަތު ތެރެެއިން ޙުޔޫން ބީވެގެން ދިޔުމަކަށް […]
(53 ވަނަ ބައި) “އާޙް… ނޫން… ނޫން….” މެޔާއި ހަމައިން ފިތިބާރުވަމުންދިޔަކަމުގެ އުނދަގޫ އިޙުސާސާއިއެކީގައި މިލާންގެ ނޭވާއަށް ވެސް ދަތިވެގެންދިޔައެވެ. ދެފަރާތަށް ބޯހޫރަމުން ދެކަކޫ މައްޗަށް ތިރިވެވުނީ ދެފައިކޮޅުން ވަރުދޫވެގެންނެވެ. ކަރުނުން ފުރި ބަންޑުންވަމުންދިޔަ ދެލޮލުން ބިންމަތީގައި ކިރެމުންްދިޔަ ކަރުދާސްގަނޑާއި ދިމާލަށް ބަލާލެވުނުއިރު އެ ދެން ސިޓީ ގައި މައިރާ ލިޔާނޭ ވާހަކަތަކާއި ރީހާންގެ އަނިޔާވެރިކަމުން މައިރާގެ ނިމުން އައިގޮތްވެސް އޭނައަށް ވަޒަންކޮށްލެވުނެވެ. ހަޤީގަތަށް ފިލަން ލޯމަރާލުމާއިއެކު މިލާންގެ ކޯތާފަތް ތެމިގެންދިޔައީ ހޫނު ކަރުނަތަކުންނެވެ. ހަޤީގަތް އޭނައާއި […]
(52 ވަނަ ބައި) މޫދުގައި އުޅެލާފައި އެއްގަމަށް އަރަން އައި އައިޝަމްގެ މޫނުމަތީން ކުއްލިއަކަށް ފެނުނީ އިންތިހާ ދަރަޖައިގެ ކަންބޮޑު ވުމެވެ. މޫނުމަތީން ދެމިގަނެގެން ދިޔަ ދާތިކިތާއި އޭނަ އެއްދިމާލަކަށް ބަލަހައްޓައިގެން ހުރުމަށްފަހު އޭނަ ޝެރީންގެ ނަމުން ހަޅޭލަވައިގަންނަމުން ހަށިގަނޑުގައިހުރި ބާރެއްލާފައި ދުއްވައިގަތެވެ. އެވަގުތު ރާޅުކުރީގައި ތެމިގެން ތިބި އާއިލާގެ އެހެން މެންބަރުންނަށްވެސް ވިސްނާނޭގޮތެެއް ނޭނގުނެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އައިޝަމް ދުވެފައި ކަހަލަ ގޮތަކަށް ފާލަން މަތީން އަރައިގެން ގޮސް މޫދަށް ފުންމާލައިފިއެވެ. އޭނައަށް ކިރިޔާ ޝެރީންގެ […]
(51 ވަނަ ބައި) އޭރު ޓެރެސްގެ ރެއިލިންމަތީން ފައިތިލަ ނެޓިގެން ވައިކަފާލައިފައި އައިސް ޔޫލީންގެ ހަށިގަނޑު ބިންމައްޗަށް ވެއްޓުނުގޮތަށް ލޯވްން މަތީގައި ލޭގެ ކޯރެއް ދަމާލައިފިއެވެ. ހުދުކުލައިގެ ގާތައް ގަދަ ރަތްކުލައިން ފެވިގެން ދާކަށް ސިކުންތުކޮޅެއްވެސް ނުނެގިއެވެ. “ޔޫލް… ދަރިފުޅާ…” ހަރަކާތްކެނޑެމުންދިޔަ ޔޫލީންގެ ހަށިގަނޑާއި ދިމާލުން ބިމަށް ތިރިވިއިރު އައިޝަމްއަށް ހީވީ އޭނަގެ އެތެރެހަށީގައިވާ ހުރިހާ ނާރުތަކެއްހެން ކެނޑިގެންދިޔަހެންނެވެ. އޭނައަށް ބާރުބާރަށް ރޮއެގަންނަމުން އެދެއަތުގެ ތެެެރެއަށް ޔޫލީން ބޮޑިކޮށްލެވުނެވެ. “ޑޭ…ޑީ… ސޮރީ…” އެވަގުތު ޔޫލީން މަޑުމަޑުން އަތްތިލަ […]
(50 ވަނަ ބައި) އެވަގުތު ލިވިންރޫމްއަށް ނިކުތް އައިޝަމްއަށްވެސް ހިޒްޔާންއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނަ ޒައިތޫން ކައިރީގައިހުރެފައި ބޭރަށް ނިކުތީވެސް ލިވިންރޫމްގައި އަޑުފަަށްގަނޑު މާ ގަދަވެގެންއެވެ. އޭރު ޝެރީން ފަސްޓް އެއިޑް ފޮށިން ވެރިފައިވާ ސާމާނުތައް އެއްކުރަން އުޅެއެވެ. އައިޝަމްއަށް ދެފަރާތަކަށް ބޯހޫރާލެވުނެވެ. ޝެރީން ފޮނުވިއިރުވެސް ހިޒްޔާން އެވަރު އަރުވާލާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. އޭނައަށްޓަކައި ޝެރީން ބަދަލުވިޔަސް ހިޒްޔާން އެހުރީ ދުވަހަކު ޝެރީން ބަލައިގަންނާނެފަދަގޮތަަކަށް ނޫނެވެ. އެހިތުގައިވާ ގިނި އަލިފާން ދުވަހަކު ނިވިގެންދާނޭކަމެއް ނޭނގެ އެވެ. […]
(49 ވަނަ ބައި) “ނޫން… މިއީ ހަޤީގަތަކަށް ނުވާނެ… ނޫން… ޢާހް…” ދެއަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފަހައްޓާލަމުން ކާޕެޓް މައްޗަށް ތިރިވެވުނުއިރު ޔޫލީންގެ ލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ. ރީހާންގެ ކޮންމެ ޖުމްލައެއް އޭނަގެ ކަންފަތު ގެ ހިނދުރީގައި ގުގުމަމުންދާކަހަލައެވެ. އެންމެ ފުރަތަމަ ފަަހަރަށް ރީހާންއާއި ބައްދަލުވީއިރު މަންމަގެ މޫނުމަތީން އޭނައަށް ފެނުނު ހާސްކަން އޭނައަށް މިވަގުތުވެސް ފެންނަކަހަލައެވެ. އެެއަށްފަހު ރީހާންއާއިއެކީ ކްލިނިކަށްދިޔަކަން އިނގިގެން މަންމަ އޭނައަށް އަނިޔާކޮށްލިވަރެވެ. އޭނަގެ ހިމާޔަތަކަށްވުމުން އަނިޔާތަކުން ބައްޕަ އޭނަ ސަލާމަތްކުރިގޮތެވެ. […]
(48 ވަނަ ބައި) “ނޯރ… ޔޫ ކޭންޓް ޑޫ ދިސް ޓް މީ… ޔުމްނު…” ހިތަށް ލިބިގެންދިޔަ ފުން ސިހުމާއިއެކު ލޮލަށް ބަރުވެގެންދިޔަ ކަރުނަތަކާއިއެކު ހިޒްޔާންއަށް އިސްއޮބާލެވުނެވެ. ޔުމްނު އޭނަގެ ހިތަށް ތޫނު ކަށިތަކެއް ހަރާލިނަމަވެސް އެވަރުގެ ފުން ޒަޚަމެއްގެ ވޭން އިޙުސާސްކުރެވޭނޭކަމެއް ނޭނގެއެވެ. އޭނައާއި ޔުމްނުގެ ގުޅުމުގެ ރަމްޒަކީ ޔުމްނުގެ ނަން ކަނޑާނެގި ފައި އެ ޗެއިންކޮޅެކެވެ. ދުވަހަކު އޭނަގެ އަތުން ވަކިނުކުރަން ނިންމައިގެން ހުރި ލޯބީގެ ހަދިޔާ އަތުލަންވެސް ޔުމްނު މަސައްކަތްކުރީއެވެ. ޔުމްނު ހިމޭންކަމާއިއެކު […]
(47 ވަނަ ބައި) “ޝެރީން… އަަހަރެން އާދޭސްކޮށްފައި މިބުނަނީ… މިތަނުންދޭ…” ޝެރީންގެ ދުލުން މީގެ އެތައްއަހަރެއްކުރީން އޭނަގެ ހިތުގެ އެންމެ ފުންމިނުގައި ފޮރުވާފައިވާ ސިއްރުތައް ނަގާ ތިލަނުކުރަނީސް ޝެރީން ހުއްޓުވަން ޔަންހާއަށް އަވަސްވެ ގަނެވުނެވެ. އެއިން އެއްވެސް ވާހަކައެއް އަޑުއެހުމުގެ ކުޅަދާނަަކަމެއް ޔުމްނުގެ ނުހުންނާނެއެވެ. ޝެރީންގެ ދުލުން އެ ދަރިފުޅުގެ ހުރިހާ ހިއްސެއްހެން ކޮށާލަފާނެއެވެ. އެވަގުތު ދެކަންފަތުގައި އަތްއަޅާ ބާރުކޮށްލަމުން ޔުމްނު ހަޅޭލަވައި ގަތެވެ. އެއަޑު ގޯތިތެެެރޭގައި ގުގުމާލާފައިދިޔައިރު އޭނަ ދެވަނަ ފަހަރެއްވެސް ހަޅޭލަވައިގަތީ ކަންފަތުގައި ގުގުމަމުންދިޔަ […]
(46 ވަނަ ބައި) “މިލާން…” ވައިއަޑަކުން އައިކަންއަށް ކިޔާލެވުނުއިރު އެލޮލުން ވިދަމުންދިޔަ ކަރުނަތައް ކޯތާފަތުން ތިރިއަށް ދެމިގަތެވެ. ކަޅުކުލައިގެ މާސްކަކުން އެ މޫނުގެ ބޮޑު ބައެއް ފޮރުވިފައިވިޔަސް އެ މަހިނޫރުގެ އަސަރު އެކުލެވިގެންވާ ދެލޯ އޭނައަށް އޮޅިދާނެހެއްޔެެވެ؟ އެވަރުންވެސް އިތުރަށް ޔަޤީންކުރަން ބޭނުންވިޔަސް އައިކަންގެ އިނގިލިތައްވެސް ހަރަކާތެއްނުކުރިއެވެ. މިލާންގެ މާސްކް ދަަމައިގަންނަން އަތް ހަރަކާތްކޮށްލާފައިވެސް އޭނައަށް އަތް ތިރިކޮށްލެވުނެވެ. އޭނަގެ ހަށިގަނޑުން ވަރު ދޫވެގެންދިޔައިރު މިލާންގެ ކަރުން އަތްދޫކޮށްލިގޮތަށް ފަހަތަށް ފިޔަަވަޅުތައް ނެގެންފެށުނެވެ. ލަސްލަހުން ފަސްއެނބުރުނު ގޮތަށް […]