Skip to content
އެސްފިޔަ
PRO · MVR 2.00

އެދިގެން ކަލާ ލިބޭތޯ 33

(33 ވަނަ ބައި)
“ޔުމްނު… ޕްލީޒް… ތި ފިޔޮހި ތިރިކޮށްބަލަ… އަނިޔާއެއްވެދާނެއޭ…” މަޑުމަޑުމައިތިރިކަމާއިއެކު ޔުމްނުއަށް ވިސްނައި ދޭން މަސައްކަތްކުރަމުން ހިޒްޔާން ކުރިއަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއިއެކު ޔުމްނުވެސް ފިޔޮއްސަށް ބާރުލަމުން ފަހަތަށް ފިޔަވަޅުތައް ނަގަމުންދިޔައެވެ. އަތުގެ ކުޑަހުޅާއި ހަމައިން ހަންގަނޑު ކެނޑި ލޭކުލަ ފާޅުވަމުންދިޔައިރު އެ މަންޒަރު ދެކެން ކެތްނުކުރެވުނީ ހިޒްޔާންއަށެވެ. އެފަދަ ގޮތަކަށް އޭނަގެ ފަރާތުން ސަލާމަތްވުމަށް ޔުމްނު ހިޔާރުކުރުމުން ހިތަށް ލިބުނު ސިހުމަށްވުރެ ޔުމްނުގެ އަމަލުތައް އެފަދަ ދަރަޖައަކަށް ދިޔުމުން އޭނަގެ ހިތަށް ލިބުނު ޒަޚަމް މާ ފުނެވެ. އޭނަ ބޭނުންނުވިނަމަވެސް ޔުމްނު ރީތިގޮތުގައި ބުނިނަމައެވެ. އެންމެ ވޭންދެނެވިގޮތުގައި އޭނައަށް މަޖުބޫރު ނުކުރިނަމަ އެވެ. އިސްއުފުލާ ޔުމްނުއާއި ހަތަރުކަޅިކުރިއިރު ލޮލަށް ގިނަވަމުންއައި ކަރުނަތަކުން ހިޒްޔާންގެ ލޮލަށް ނުކުޅަދާނަ ވަމުން އައެވެ.
“ތިއީ ޔުމްނު ބޭނުންވާގޮތްނަމަ އަހަރެން ތިކަމާއި ޤަބޫލުވާނަން… ދެން އަހަރެންގެ އުނދަގުލެއް ޔުމްނުއަކަށްނުޖެހޭނެ… އަހަރެން ލައްވާ ހުވާވެސް ކުރުވަންތަ ޔުމްނު ބޭނުންވަނީ؟ ހާސްނުވޭ އަހަނ…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.