Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ލޯތްބަށް އެދެވޭތީ… 13

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
February 22, 2025 9 Mins Read
19 Comments

“އެއީ.. އަޒް މިހާރު.. އަޒް.. އުޅެނީ-”

“ކޮން ވާހަކައެއްގަ ތަ އެންމެން..؟ އަޒް ނުލައި ސައިބޮނީތަ..؟” ޔައިލްގެ ވާހަކަ ފުރިހަމަ ކުރެވުމުގެ ކުރިން އަޒަލްއަށް އެތަނަށް އާދެވުނުކަމީ ކާކުގެ ނަސީބެއް ކަމެއް ނޭނގުނެވެ. އަޒަލް އައިސް މޭޒު ދޮށުގައި އިށީންނަމުން ޔައިލްއަށް ބަލައިލާފައި، މަޑުމަޑުން ބޯ ހޫރުވައިލި އިރު، އެ ދެދލޮލުގައި ބިރާއި ސިހުމުގެ އަސަރުތައް ވިއެވެ.

“މި ދައްކަނީ ޔައިލް މިހާރު މިގެއަށް ނާންނަ ވާހަކަ.. ދަރިފުޅު ވެސް ޔައިލް ގެންްނާކަށް ނޫޅޭ ވިއްޔަ..” އަފާން ވަގުތުން މައުޟޫ ބަދަލުކޮށްލީ އަޒަލް އައުމުން ޔައިލް އެ ވާހަކަ ބުނަން ފަސްޖެހުނުކަން އެނގުމުންނެވެ. އެހެންނަމަވެސް އޭނާއަށް އަޒަލް އޭނާއަށް ކަމެއް ސިއްރު ކުރާ ކަން އެނގިއްޖެއެވެ. އެކަމުން އޭނާގެ ހިތަށް އުނދަގޫތަކެއް ވެއްޖެއެވެ.

“ޔައިލް އަމިއްލައަށް ނާންނަނީ އެއްނު.. އަޒް އެއް މަނަލެއް ނުކުރަން ޔައިލް މިގެއަށް އައުމެއް..” ހެދިކާއެއް ނަގައި ކައިލަމުން އަޒަލް ޖަވާބު ދިނީ ޔައިލްއަށް ބަލައިލުމެއް ވެސް ނެތިއެވެ. އެކަމުން ޔައިލްގެ ހިތަށް ތަދުވިއެވެ.

“އަޒް ވެސް މިހާރު ޔައިލްމެން ގެޔަކަށް ނާދޭ.. ކުރިން ދުވަހު ވެސް މަންމަ ޝަކުވާ ކުރި އެކަމާ.. އަނެއްކާ ޔަލް ވެސް ދެއްކި އަޒްގެ ހަބަރެއް މިހާރު ނުވާ ވާހަކަ..” ޔައިލް ވެސް ވަކި އަޒަލްއަށް ދުލެއް ނުދިނެވެ.

“އެއްވަރުގެ ދެމީހުން ދޯ.. ދެން އަޒްވެސް ޔައިއްތަ ކައިރިއަށް ގޮސްލަން ވާނެ އިނގޭ.. ޔައިލް ވެސް ވާނެ ހަމަ ކުރިން އަންނަހެން މިގެޔަށް އަންނަން..” ޒާރާ ބުނުމާއެކު ޔައިލްއާއި އަޒަލް އެކުއެކީގައި ބޯޖަހައިލިއެވެ. ސައިގެ ވަގުތު ނިމެން ދެންވެސް ދެން އެތަނުގައި ދެއްކުނީ ޔައިލްއާއި އަޒަލްގެ މަސައްކަތުގެ ވާހަކައެވެ.

ސައިބޮއެގެން ޔައިލް ގެޔަށް ދިޔުމުންނާއި، އަޒަލް ކޮޓަރިއަށް ވަނުމުން ޒާރާ ތަށިތައް ނަގާފައި، ބަދިގެތެރެ ސާފުކޮށްލިއެވެ. އެއަށްފަހު ފެންވަރާ ތާޒާވެލައިގެން ނުކުތް އިރު އަފާން ފެންނަން ނެތުމުން، ޒާރާ ކޮޓަރިން ބޭރަށް ނުކުތެވެ. ގޭތެރެއިން އަފާންގެ އެއްވެސް ހިލަމެއް ނުވުމުން ޒާރާ ބެލްކަންޏަށް ނުކުމެލިއެވެ. އެވަގުތު ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން ހުރި އަފާން ފެނުމުން، ހިނިތުންވެލަމުން އެދިމާއަށް ދިޔައެވެ.

“އަހަރެންގެ ފިރިމީހާ ކޮންކަމަކާ ވިސްނަނީ..؟” ދިޔަ ގޮތަށް ގޮސް އަފާންގެ އަތުގައި ހިފައިލަމުން ޒާރާ އެހީ ރީތި ހިނިތުންވުމަކާ އެކީއެވެ.

“އަހަރެންގެ ލޯބިވާ އަންހެނުންނާ ދޭތެރޭ މި ވިސްނަނީ..” މަޑުމަޑުން ޒާރާގެ ކޮލުގައި ހިފައިލަމުން އަފާން ބުނެލި ގޮތުން ޒާރާ ލަދުގަތެވެ.

“ޒާ އަދިވެސް ހަމަ އަހަރެން އެއްޗެކޭ ބުނާ އިރަށް ހުންނަނީ ލަދުން ވިރިވިރި ދޯ..؟ އަހަންނަށް ހާދަ ކަމުދޭ ޒާ ލަދުގަތީމަ..” ޒާރާ ލަދުގަތް ކަން އެނގުމުން އަފާން ބޭނުންވީ އިތުރަށް ޒާރާ ލަދުގަންނަވައިލާށެވެ. ދެމީހުން އެ ކުދިކުދި ސަމާސާތަކުން އަދިވެސް ކުރިން އޮތް ފުން ލޯބި، އެދެމެދުގައި ވާކަން ދޭހަވާހައި ވެއެވެ.

“ހޫމް ދެން ހެވޭ.. ދެން ބުނެބަލަ.. އަސްލު ކޮންކަމަކާތަ މާ ސީރިއަސް ވެފަ ތި ވިސްނަނީ..؟” ޒާރާ އަހައިލުމާއެކު އަފާންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

“މި ވިސްނަނީ އަޒްއާ ދޭތެރޭ.. ޒާ.. ކުރިން އަހަންނަށްވީ ޝައްކެއް.. އެކަމަކު މިހާރު ޔަގީން ވެއްޖެ އަޒް ކޮންމެވެސް ކަމެއް އަހަރުމެންނަށް ސިއްރު ކުރާކަން.. މިއަދު ޔައިލް އުޅުނޭ ބުނަން.. އެކަމަކު އެގަޑީ އަޒް އައިއްސަ ޔައިލްއާ ދިމާޢަށް ބަލައިލި ގޮތް އަހަންނަށް ފެނުނޭ.. އެހެންވެ އޭނައަށް ނުކެރުނީ ބުނަން..” އަފާން އޭނާގެ އުދާސްތައް ބޭރުކޮށްލިއެވެ.

“ދެން އަފާން.. އެވަރަށް ނުވިސްނަބަލަ.. މި އުމުރުގަ އަޒް ވެސް ސިއްރު ކުރަން ޖެހޭ ކަންތައްތަކެއް ހުންނާނެއޭ.. ވެދާނެ އެއްނު ކުއްޖަކާ ރައްޓެހި ވެގެން އުޅެނީ ކަމަށް ވެސް..” ޒާރާ ބެލީ އަފާންއަށް ވިސްނައިދެވޭތޯއެވެ.

“ނޫނޭ ޒާ.. އަހަރެން އަޒް ބޮޑުކުރި ގޮތް ޒާއަށް އެންމެ ކައިރިން ފެންނާނީ.. ދުވަހަކު އަޒް ހިތުގަ ޖެހޭ ކަހަލަ އެއްޗެއް ނުބުނަން.. ކިރިޔާ އަޒް ދެރަވާނެ ކަހަލަ އެއްވެސް ކަމެއް އެއްވެސް މީހެއްގެ ފަރާތުން ވިޔަކަ ނުދެން.. އާއްމުކޮށް އެހެން ކުދިން އެކުދީންގެ ބައްޕަ ކުރިމަތީ އުފް ބުނަން ވެސް ބިރުގަންނާނެ.. އެކަމަކު އަހަރެން އަޒްއަށް އަބަދުވެސް ވިސްނައިދިނީ އަހަރެން މީ އަޒްގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގަ.. އަޒް ބޭނުން ކޮންމެ ވާހަކައެއް އަހަންނާ ހިއްސާ ކުރުމުގެ ފުރުސަތު ދިނިން.. އަބަދުވެސް އަޒްއާ އެކީގަ މަޖާކޮށް އުޅެވޭތޯ ބެލިން.. އޭނަ ފުރާވަރު ދުވަސްކޮޅު ވެސް ކިރިޔާވެސް ފިރިހެން ކުއްޖަކާ ގަޔާވި ނަމަ ނޫނީ އެހެން ކުއްޖަކު އޭނާ ދެކެ ގަޔާވި ނަމަވެސް އެ ވާހަކަވެސް އެންމެ ފުރަތަމަ ބުނާނީ އަހަރެން ގާތު.. އައި މޭޑް ޝުއަރ ޓު ލެޓް ހަރ ފީލް ކޮމްފޮޓެބްލް ވިތް މީ އަބަދުވެސް.. ދެން.. ދެން މިއަދު ކީއްވެ އަޒް އަހަންނާ އެކަހަލަ ކަންކަން ހިއްސާ ކުރަން ޖެހިލުންވާންވީ..؟ އަޒްއަށް އެނގޭނެ އަހަރެންނަށް އޭނަ ދެކެ ދުވަހަކުވެސް ރުޅިއެއް ނާދެވޭނެކަން..” އަފާންގެ ވާހަކަތަކަށް ދޭނެ ޖަވާބެއް ނޭނގުމުން ޒާރާ އަފާންގެ މުލައްދަނޑީގައި ހިފައިލަމުން، އެ ކޮނޑުގައި ބޯ އަޅައިލިއެވެ. އަފާންގެ އަޑުގައިވީ ޝަކުވާގެ އަސަރުތައް ޒާރާއަކަށް ސިއްރެއް ނުވިއެވެ.

އަފާން އެ ބުނީ ތެދެކެވެ. އާރާ އެންމެ ގަޔާވަނީ ޒާރާއާއި ކަމުގައި ވީ ނަމަވެސް، ކުޑައިރުއްސުރެ ވެސް އަޒަލް އެންމެ ދޯޅަވާނީ އަފާންއާއެވެ. ޒާރާ މަނާކުރާ އެތައް ކަމެއް ކޮށްފައި، އޭނާ ގޮސް އަފާން ގާތު ބުނުމުން އަފާން އެކަން ސިއްރުކުރަން އަޒަލްއަށް އެހީވާ ކަމަކީ ޒާރާއަށް ނޭނގޭ ކަމެއް ނޫނެވެ. އަބަދުވެސް ހުރިހާ ކަމެއް އަޒަލް ހިއްސާ ކުރާނީ އަފާންއާއެވެ. ބައްޕައަކީ އަޒްގެ ބެސްޓްފްރެންޑޭ އަޒަލް އަބަދުވެސް ބުނާނެއެވެ. އަފާން ވެސް ދުވަހަކު އަޒަލްއާ ދިމާއަށް ބާރަށް އެއްޗެއް ބުނެފައި ނުވާ އިރު، މިއަދު ކަންތައް ވަމުން ދާ ގޮތުން، އެ ހިތަށް ތަދުވާނެކަން ޒާރާއަށް އެނގެއެވެ. އެހެންނަމަވެސް އަފާން ހިތްހަމަ ޖައްސައިދޭން ބުނާނެ އެއްޗެއް، ކުރާނެ ކަމެއް އޭނާއަކަށް ނުވިސްނުނެވެ. ދުލުން ނުބުނި ކަމުގައި ވީ ނަމަވެސް ޚުދު އޭނާވެސް ހުރީ އަޒަލްއަށް އަންނަމުންދާ ބަދަލުތަކާއި މެދު ކަންބޮޑު ވެފައެވެ.

ބެލްކަނީގެ ދޮރުމަތީގައި އެދެމީހުން ދެއްކި ވާހަކަތައް އަޑު އަހަން ހުރި އަޒަލްގެ ދެލޮލުން ދިޔައީ ކަރުނަތައް ފައިބަމުންނެވެ. ލަސް ފިޔަވަޅުތަކެއްގަިއ ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖެހި އިރު، އެ ހިތް ވަނީ މޯޅިވެފައެވެ.

އޭނާގެ ސަބަބުން ބައްޕަ އެފަދަ ހިތާމައެއް ކުރާތަން ބަލަން އެ ހިތަށް ކެތް ވާނީ ކިހިނެއް ހެއްޔެވެ؟ ބައްޕައަކީ މި ދުނިޔެމަތީގައި އޭނާ އެންމެ ލޯބިވާ ފަރާތެވެ. މި ހުރިހާ ދުވަހު ބައްޕަ އޭނަޔާ މެދު އެހައި ގާތްކޮށް، އެހައި އެކުވެރިކޮށް ކަންތައް ކޮށްދިނީ އަބަދުވެސް ބައްޕައާއި މެދުގައި ގާތްކޮށް ދެކި، ހުރިހާ ކަމެއް ވެސް ބައްޕައާއި ހިއްސާ ކުރެވޭ ވަރަށް އޭނާގެ އިތުބާރު ހޯދުމަށް ކަން އަޒަލްއަށް އެނގެއެވެ. އެކަމަކު މިއަދު އެ ހުރިހާ ކަމެއްގައި އޭނާ ކޮޅުފައިން ޖަހައިފިއެވެ. ބައްޕަގެ ހުރިހާ މަސައްކަތެއް ފެނަށް ހަދާލައިފިއެވެ.

“އައިމް ސޮރީ ބައްޕާ.. އަޒްއަށް މައާފު ކޮށްދީ.. ވަރަށް އަވަހަށް ބައްޕައަށް ހުރިހާ ވާހަކައެއް ކިޔައިދޭނަން އިންޝާﷲ..” އަޒަލް ބޭނުންވީ މިހާރުން މިހާރަށް ރިއާންއަށް ގުޅާފައި، އެ ވާހަކަ ދައްކާށެވެ. އެހެންކަމުން އެންމެ ސިކުންތެއް ވެސް ލަސްނުކޮށް އަޒަލް ފޯނު ނަގާފައި ރިއާންގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ. ދެފަހަރު ގުޅުމުންވެސް ފޯނު ކެނޑުމުން އަޒަލް ރުޅި އައެވެ. ތިންވަނަ ފަހަރު ގުޅުމާއެކީ ރިއާން ފޯނު ނެގުމުން އަޒަލް އަވަސްއަވަހަށް ހަލޯއޭ ބުންޏެވެ.

“ރިއާންއަށް ނިދިފަ އޮތީ.. ތީ ކާކު..؟” އިވުނީ އަންހެނެއްގެ އަޑެވެ. އެއާއެކު އަޒަލްގެ ގައިގައި ވާހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. ނުބައި ވަސްވާސްތަކުން އެހިތް ފުރުނު އިރު، އަޒަލްއަށް ހޭވެރިކަމެއް ވީ އެކޮޅުން އަނެއްކާ ވެސް ގޮވައިލުމުންނެވެ.

“ރިއާންއަށް ފޯރުކޮށްދޭން ޖެހޭ މެސެޖެއް އޮތިއްޔާ ބުނޭ.. އަހަރެން އެކަން ކޮށްލަދޭނަން..” އެކޮޅުން އެހެން ބުނުމާއެކު އަޒަލްގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އަންހެނަކު ރިއާންގެ ފޯނަށް ޖަވާބު ދޭންވީ ކީއްވެގެން ހެއްޔެވެ؟

“ތީ.. ތީ ކާކު..؟” އަޒަލްގެ އަޑު އައީ ކެނޑިކެނޑިގެންނެވެ.

“މީ ލިއުޝާ.. ރިއާންގެ އަންހެނުން.. ތީ ކާކު..؟” އިވިގެން ދިޔަ ޖުމުލައާއި އެކީ އަޒަލްގެ އަތުން ފޯނު ވެއްޓި، ސްކްރީން ވެސް ތަޅައިގެން ދިޔައެވެ. ދެލޯ ބޮޑުކޮށްލަމުން އަނގަމަތީގައި އަތް އަޅައިލެވުނު އިރު، އޭނާއަށް ހަގީގަތުގައިވެސް ރޮވިއްޖެއެވެ. ހިތް ކުދިކުދިވެގެން ދިޔަ ފަދަ އިހުސާސަކާއެކު އޭނާއަށް ފުންކޮށް ނޭވާ ލެވެން ފެށުނެވެ. މެޔަށް ވާންވެ، ކަރުތެރެ ފިތޭހެން ހީވާން ފެށިއެވެ. މީހާ އެއްކޮށް ތުރުތުރު އެޅުމާއެކު، ބޮލަށް އެރި ތޫނު ތަދުގެ ސަބަބުން ބޮލުގައި އަތް ޖައްސައިލެވުނެވެ. ލޯމައްޗަށް ފުސްވެގެން ދިޔުމާއެކު، ގައިން އެއްކޮށް ވާގި ދޫވިއެވެ. ދެން ފެނުނީ އަޒަލް ހުރި ތަނަށް ވެއްޓުނު ތަނެވެ. މުށިތަކުގެ މަތީގައި ބޮލުގެ ކަނާތްފަރާތް ޖެހުނުލެއް ބާރުކަމުން، އެތަން ފަޅައިގެން ގޮސް، އިސާހިތަކު ލޭތައް އޮހިގަތެވެ.

*** ** ***

އިޝާ ނަމާދު ކޮށްލައިގެން ޔައިލް އަފާންމެން ގެއަށް މިސްރާބު ޖެހީ އަޒަލްއާއި ވާހަކަ ދައްކަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. މިއަދު ހަވީރު ވީ ކަންތަކަށް ފަހު އަޒަލް ހުންނާނީ އޭނާ ދެކެ ހިތްހަމަނުޖެހިފައިހެން ހީވާތީއެވެ. އެގެޔަށް ގޮސް ބެލް އެޅުމުން ދޮރު ހުޅުވައިލީ އާރާއެވެ. އާރާއަށް ހިނިތުންވަމުން ޔައިލްއަށް އާރާ ކުރެން ބަލީތޯ އަހައިލެވުނީ އެހެންޏާ ނުފެންނަ ފަދަ މޮޅިވެރިކަމެއް އާރާގެ މޫނުމަތިން ފެނުނީތީއެވެ.

“ނޫން.. ބަލީކީ ނޫން.. ކޮލެޖް ކަންތަކާ ކުޑަކޮށް ސްޓްރެސް ވެފަ..” ޔައިލްއަށް ހިނިތުންވުމެއް ރައްދުކޮށްލަމުން އާރާ ބުނެލީ އެއްވެސް މީހަކަށް ހަގީގީ ސަބަބު އަންގަން ބޭނުން ނުވާތީއެވެ.

“އެހެންތަ..؟ ޓޭކް ކެއަރ އިނގޭ..” އާރާގެ ބޮލުގައި ފިރުމައިލަމުން ޔައިލް އެހެން ބުނުމުން އާރާ ހިނިތުންވެލިއެވެ.

“ކޮބާތަ ދޮންތި..؟” ޔައިލް އަހައިލުމާއެކު އާރާ ކޮޓަރީގައޭ ބުނުމުން ޔައިލް ވަގުތުން މިސްރާބު ޖެހީ ސިޑިއާ ދިމާއަށެވެ. އަޒަލްގެ ކޮޓަރީގެ ދޮރުމައްޗަށް އަރާފައި، ދެތިން ފަހަރަކު އަޒަލްގެ ދޮރުގައި ޓަކި ޖެހުމުންވެސް، ޚަބަރެއް ނުވުމުން ޔައިލް ހާސްވިއެވެ. ހިތުގެ ކަނަކުން ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމުގައި ވިސްނައިދެމުން ދިޔުމުން، ޔައިލް އެންމެ ސިކުންތަކަށްވެސް މަޑުނުކޮށް، ދޮރުގެ ތަޅުގައި ހިފައި، އަނބުރައިލިއެވެ. ދޮރު ތަޅުނުލައި ހުރުމުން މަޑުމަޑުން ދޮރު ހުޅުވައިލި އިރު، ފެނުނު މަންޒަރަކުން ޔައިލްގެ ނޭވާ ވެސް ހުއްޓިގެން ދިޔައެވެ.

މުށިތަކުގެ މަތީގައި ހަރަކާތެއް ނެތިފައި އޮތް އަޒަލްގެ ހަށިގަނޑު ފެނުމުން ޔައިލްގެ ދުނިޔެ އެނބުރިގަތްހެން ހީވެއެވެ. ނިތްކުރިމަތި ފަޅައިގެން ގޮސްފައިވީ އިރު، މާ ގިނައިން ނޫނަސް ފައިބާފައި ހުރި ލޭތައް ހިކިފައި ވުމުން، އަޒަލް ވެއްޓުނުތާ އިރުތަކެއް ވެއްޖެކަން ޔައިލްއަށް އެނގުނެވެ. ވަގުތުން ހަލުވި ފިޔަވަޅުތަކެއްގައި ޔައިލް ގޮސް، އަޒަލް އަތްދަނޑިމައްޗަށް އުފުލައިލުމަށް ފަހު، އެނދުމަތީގައި ބާއްވައިލިއެވެ. އެއަށްފަހު އަޒަލްގެ މޫނުގައި ދެފަހަރަކު މަޑުމަޑުން ޖަހައިލަމުން އަޒަލްއަށް ގޮވައިލިއެވެ. ދެންވެސް އަޒަލް ދެލޯ ނުހުޅުމުން ޔައިލްގެ ނޭވާ އަވަސްވިއެވެ. އެ ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލައިފަކައި ނޫނެވެ. ހިތަށް ވެރިވި ނުބައި ޚިޔާލަކުން ޔައިލްގެ ދެލޯ ފެންކަޅިވެގެން ދިޔަ އިރު، ތުރުތުރު ލަމުން ދިޔަ އަތުން އަޒަލްގެ ނޭފަތް ކައިރީގައި އަތް ޖައްސައިލިއެވެ. އެވަގުތު ކަރުނަވީ ދެލޮލާއެކުވެސް އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ އަޒަލް ނޭވާ ލަމުން ދިޔަކަން ޔަގީންވީތީއެވެ. ޔައިލް ދެން އެނދު ކައިރީގައި ހުރި ސައިޑް ޓޭބަލްގެ މަތީގައި ހުރި ފެންތަށިން، އަޒަލްގެ މޫނުގައި ފެންފޮދެއް އުނގުުޅުލައިލިއެވެ. ދެތިން ފަހަރަކު އެ ޢަމަލު ތަކުރާރު ކޮށްލުމުން އަޒަލް ލަސްލަހުން އެސްފިޔަތައް ތަޅުވައިލާފައި ދެލޯ ހުޅުވައިލިއެވެ. އެއާއެކު ޔައިލްގެ ތުންފަތަށް ވެރިވެގެން ދިޔަ ހިތްގައިމު ހިނިތުންވުމާއެކު، އޭނާ އަޒަލްގެ ކޮނޑުގައި ހިފައި، އޭނާގެ މޭގައި ޖައްސައިލަމުން އެ ހަށިގަނޑުގައި ބައްދައިލިއެވެ. އެވަގުތު ވެސް އަޒަލްގެ ހަށިގަނޑު ބަލިކަށިވެފައިވީ މިންވަރު ޔައިލްއަށް އިހުސާސް ކުރެވުނެވެ.

“އަޒް.. އަހަރެން އައި އިރު އަޒް އެގޮތަށް ހޭނެތިފަ އޮތްތަން ފެނުނީމަ އަހަރެން ހާދަ ބިރެއް ގަތޭ.. ކިހިނެއްތަ ވީ އަޒް..؟ މިހުރީ ނިއްކުރިމަތިވެސް ފަޅައިގެން ގޮއްސަ އެއްނު..” އަޒަލްއަށް އިށީނުމަށް އެހީވަމުން ޔައިލް ބުނެލި ނަމަވެސް އަޒަލްގެ ޖަވާބެއް ނުލިބުނެވެ. އެޔާއެކު ޔައިލް އެނދުމަތިން ތެދުވީ ފަރސްޓް އެއިޑް ބޮކްސް ބަލާ ދާށެވެ. އެހެންނަމަވެސް އޭނާއަށް ހަމަ ތެދުވެވޭ އިރަށް އަޒަލް އޭނާގެ އަތުގައި ހިފެހެއްޓިއެވެ.

“ސްޓޭ.. ޕްލީޒް..” އަޒަލްގެ އަޑުގައިވީ މޮޅިވެރިކަމުން ޔައިލްގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ދިޔަ ފަދައެވެ. އަޒަލް އެކަމަށް އެދުނު ގޮތުން، އޭނާ މުޅި ޢުމުރަށްވެސް އަޒަލްގެ ޚިދުމަތުގައި މަޑުކޮށްދޭ ހިތް ވިއެވެ.

“އަހަރެން ނޫޅެމޭ އެއްވެސް ތާކަށް ދާކަށް އަޒް.. މި އަންނަނީ ފަރސްޓް އެއިޑް ބޮކްސް ހިފައިގެން.. ނިތްކުރިމަތީގަ ބޭސް އަޅަން ޖެހޭނެއެއްނު ދޯ..” މަޑުމައިތިރި ރާގެއްގައި ނުހަނު ލޯބިން ޔައިލް އެހެން ބުނެލުމުން އަޒަލް މަޑުމަޑުން އެ އަތުން ދޫކޮށްލިއެވެ. އެއާއެކު ޔައިލް އަލަމާރިތެރެއިން ފޮށި ހިފައިގެން އައިސް އަޒަލްގެ ކައިރީގައި އިށީނެވެ. އަޒަލްގެ ނިތްކުރިމަތީގައި ހިކިފައި ހުރި ލޭތައް ސާފުކޮށްލަމުން، އެތަންކޮޅުގައި މަލަން އަޅައިދީ ނިމެން ދެން ވެސް އަޒަލް އިނީ އެއްވެސް އެއްޗެކޭ ނުބުނެއެވެ.

ބޭސް އަޅައި ނިންމައިލާފައި، ޔައިލް އަޒަލްއަށް ފެން ތައްޓެއް ދިއްކޮށްލިއެވެ. ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން އަޒަލް އެ ފެންތަށި ހުސްކޮށްލުމުން ޔައިލްއަށް ހިނިތުން ވެވުނެވެ.

“ދެން ކިޔައިދީބަލަ އަހަންނަށް.. ކިހިނެއްތަ ވީ..؟” ޔައިލް ހަމަ އެ ސުވާލު ކުރުމާއެކު އަޒަލްގެ ބަޑި ފަޅައިގެން ދިޔައެވެ. ކުއްލިއަކަށް އިނދެފައި އަޒަލް ރޯން ފެށުމުން ޔައިލްއަށް ވެސް ލިބުނީ ސިހުމެކެވެ. ވަގުތުން އަޒަލްގެ މޫނުގައި ދެއަތުން ހިފަހައްޓައިލާފައި، ކިހިނެއްވީތޯ އަނެއްކާ ވެސް ޔައިލް އެހީ ނިކަން ލޯބިންނެވެ.

“ޔަ.. ޔައިލް.. ރިއާން.. ރިއާން އުޅެނީ.. މި.. މީ.. މީހަކާ އިނދެގެން..” ރުއިމުގެ ސަބަބުން އަޒަލްގެ އަޑުވެސް އައީ ކެނޑިކެނޑިގެންނެވެ. ނަމަވެސް އެ ދުލުން ބުނެލި ވާހަކއާއި އެކީ ޔައިލްގެ ދެލޯ ދިޔައީ މުދުނަށް އަރައިގެންނެވެ. ރިއާން އަކީ ރަނގަޅު މީހެއް ނޫންކަން މާ ކުރިން ވެސް އޭނާއަށް އެނގެއެވެ. އެހެންނަމަވެސް ރިއާން އެހައި ބޮޑު އޮޅުވައިލުމެއް އަޒަލްއަށް އޮޅުވައިލަފާނެއެކޭ ޔައިލް ވެސް ހިތަކަށް ނާރައެވެ.

“މީހަކާ އިނދެގެންނޭ..؟ އަޒްއަށް ހަމަ ޔަގީންތަ..؟” ޔައިލްއަށް އަދިވެސް ގަބޫލު ކުރަން އުނދަގުލެވެ. އޭނާއަކީ ވެސް ފިރިހެނެކެވެ. ފިރިހެނަކު ނިކަމެތި އަންހެން ކުއްޖަކަށް އެހައި ބޮޑު ކެއްސެއް ދީފާނެ ކަން ގަބޫލު ކުރަން އޭނާއަށް ދަތި ވަނީއެވެ.

“އާއެކޭ ޔައިލް.. މިއަދު.. މިއަދު ހަވީރު އަހަރެން އޭނައަށް ގުޅީމަ ފޯނު ނެގީ އަންހެނެއް.. އަހަރެން.. އަހަރެން އެހިން ކާކު ހެއްޔޭ.. އެހީ.. އެހީމަ.. އެހީމަ ބުނީ.. މީ ރިއާންގެ.. ރިއާންގެ އަންހެނުންނޯ..” އަނެއްކާވެސް ބާރުބާރަށް ގިސްލެވެން ފެށުމާއެކު އަޒަލް ޔައިލްގެ މޭތެރޭގައި ބޮނޑިވެލިއެވެ. އެއާއެކު ޔައިލްވެސް ސިހުމުގައި އިނދެވެސް، އަޒަލްގެ ގައިގައި ދެއަތް ވަށައިލީ މިވަގުތު އޭނާގެ ހިމާޔަތާ ރައްކާތެރިކަން އަޒަލް ބޭނުންވާނޭ ވަރު ވިސްނުމުންނެވެ. ރިއާންއާއި މެދު އެ ހިތް ނަފްރަތުން ފުރިގެން ދިޔަ އިރު އެތައް ފަހަރަކު އޭނާގެ ވަސް ވެސް މި ދުނިޔެއިން ފުހެލަފާނަމޭ ޔައިލްގެ ހިތަށް އަރަމުން ދިޔައެވެ.

“ޔައިލް.. ކީއްވެތަ އަހަންނަށް މިގޮތަށް މި ދިމާވީ..؟ ކީއްވެތަ..؟ އަހަރެން ރިއާން ދެކެ ހާދަ ލޯބިވީމޭ.. ރިއާން އަހަންނާ ދޭތެރޭ އެހައި ނުބައިކޮށް ކަންތައް ކުރަމުން ދިޔަ އިރުވެސް.. އަހަރެން.. އުފްވެސް ނުބުނަން.. ޔައިލް.. އަހަރެން.. އަހަރެން ދެން ކިހިނެއް އުޅޭނީ.. ރިއާން ކީއްވެތަ އަހަންނަށް އެހައި ބޮޑު ދޮގެއް އެ ހެދީ..؟ އަހަރެންގެ މުޅި އުޅުމާ މިޒާޖު ރިިއާންއަށް ޓަކައި ބަދަލު ކުރިން.. ކީއްވެތަ.. ކީއްވެތަ ރިއާން އަހަންނަށް އެހެން އެ ހެދީ..؟ ޔައިލް…” ގިސްލަމުން އަޒަލް ކުރަމުން ދިޔަ ޝަކުވާތައް އަޑުއަހަން ޔައިލް އިން އިރު އެ ހިތުގައި ވެސް ދިޔައީ އިންތިހާއަށް ރިއްސަމުންނެވެ. އެވަގުތު ބިންމަތީގައި އޮތް އަޒަލްގެ ފޯނު ރިންގުވާން ފެށުމުން ދެމީހުންނަށް އެއްފަހަރާ އެއަށް ބަަލއިލެވުނެވެ. އަޒަލްއަށް އަވަސް ނަޒަރެއް ދީފައި ޔައިލް ގުދުވެ އެ ފޯނު ނެގި އިރު އޭނާގެ ދަތްކުނޑި ވިކިގެން ދިޔައީ ޑިސްޕްލޭއަށް އަރާފައިވީ ރިއާންގެ ނަން ފެނިފައެވެ. އޭނާ ބޭނުންވީ މިވަގުތު ވެސް ރިއާންއާ ދިމާއަށް ހިތުހުރިހާ އެއްޗެއް ގޮވައިލާށެވެ.

“ފޯނު ނުނަގާތި.. ބާއްވާ.. އަހަރެން ބޭނުމެއް ނޫން އޭނައާ ވާހަކަ ދައްކާކަށް.. ދެން އޭނައާ އެކީ އުޅޭކަށް ވެސް ބޭނުމެއް ނޫން.. ފޯނު ނުނަގާތި ޔައިލް..” އަޒަލް އެހެން ބުނުމާއެކު ޔައިލް ފޯނު ކަނޑައިލިއެވެ. އަޒަލްގެ ހާލަތުން އެ ހިތަށް ތަދުވެފައިވީ ނަމަވެސް، އެ ހިތަށް ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބުނީ، އަޒަލް ދެން އެނބުރި އެ ނަރަކައެއް ފަދަ ދިރިއުޅުމަށް ނުދާނެކަން ޔަގީންވުމުންނެވެ. އަޒަލްއަށްޓަކައި އޭނާ އުފާކުރިއެވެ.

އެއްފަހަރު ފޯނު ކަނޑައިލުމުން ދެވަނަ ފަހަރުވެސް ރިއާން ގުޅަން ފެށުމުން މިފަހަރު ޔައިލް ފޯނު ނެގީ އަޒަލް އެކަން މަނާކޮށްކޮށް ހުއްޓައެވެ.

“ބުނަންތަ ރަނގަޅު ވާހަކައެއް..؟ ކަލޭ ދެން މީގެ ފަހުން އަޒަލްއަށް ގުޅައިގެން ނުވާނެ! ތިހާ ބޮޑު އޮޅުވައިލުމެއްގެ ތެރޭގައި މިހައި ދުވަސް ވާންދެން އަޒަލް ބަހައްޓައިގެން އުޅުނު އިރު އެންމެ ފަހަރަކުވެސް ހިތަކަށް ނާރާތަ އަޒަލް ކަލޭ ދެކެ ލޯބިވީ ވަރެއް؟ އަޒަލް ބޭނުމެއް ނުވޭ ދެން ކަލެޔާ އެކީ އުޅޭކަށް.. ކަލޭގެ ސޫރަ ދެކޭކަށް ވެސް އޭނަ ބޭނުމެއް ނުވޭ.. އެހެންވީމަ ކަލެއަށް ވެސް އެންމެ ރަނގަޅުވާނީ ރީތި ގޮތުގަ އޭނަޔާ ދުރުވިއްޔާ.. އެހެންނޫނީ ކަންތައްތައް ދާނީ މާ ރަނގަޅަކަށް ނޫން..” ކިތަންމެ ރުޅިއައިސްފައި ހުރި ނަމަވެސް ޔައިލް ބެލީ އޭނާއަށް ދެއްކުނުހާ ރީތިކޮށް ވާހަކަ ދެއްކޭތޯއެވެ.

“ކަލޭ ތީ ކާކުތަ މާ ފުއްޕާފަ އައިސް މަށަށް ގޮތްގޮތް ކިޔައިދޭން؟ ހަމަ މިހާރު އަޒަލް އަތަށް ފޯނު ދީ! އަޒަލްގެ ދިރިއުޅުމުގެ ކަންތައްތައް ނިންމާކަށް ކަލެއަކަށް އެއްވެސް ހައްގެއް ނޯންނާނެ!” ރިއާންގެ ޖަވާބުން ޔައިލްގެ އަތް މުއްކެވިގެން ދިޔަ އިރު، އެ އަތުގެ ނާރުތައް ހުރީ ފާޅުވާށެވެ.

“ކަލެއަކަށް ވެސް މިހާރު އަޒަލްގެ ދިރިއުޅުމުގެ އެއްވެސް ކަމެއްގެ ގޮތް ނިންމުމުގެ ހައްގެއް ނޯންނާނެ.. އެހެންނޫނަސް މިހާރު ކަލެއަށް ވުރެ ބޮޑަށް މަށަށް އެ ހައްގު ލިބިގެންވޭ.. އެހެންވީމަ ކަލޭ އެންމެ ރަނގަޅު ވާނީ ރީތިގޮތުގަ އަޒަލްއާ ދުރަށް ދިޔައިއްޔާ.. ކަލޭ ސަލާމަތުން ދުނިޔޭގަ އުޅެން ބޭނުމިއްޔާ ދެން އަޒަލްއަށް އެއްވެސް އުނދަގުލެއް ނުކުރާތި! އެހެން ނޫނީ މަ ވަރުގެ ނުބައި މީހަކު ނުހުންނާނެކަން ކަލޭ ހަނދާން ކުރާތި!” ޔައިލް ބުނަން ބޭނުންވީ ހުރިހާ އެއްޗެއް ފައްޗަކަށް އަމުނައިލުމަށްފަހު ފޯނު ކަނޑައިލާފައި ރިއާންގެ ނަމްބަރު ބްލޮކް ކޮށްލިއެވެ. އެއަށްފަހު ގިސްލެވެމުން ދިޔަ އަޒަލް ގެނެސް މޭގައި ޖައްސައިލިއެވެ.

“ޝްޝް.. ހުއްޓައިލާ އަޒް.. ދެން ނުރޮއެ.. އެކަހަލަ މަކަރުވެރިއަކަށް ޓަކައި ރޯނެ ކަމެއް ނެތް.. އެއަށްވުރެ އަޒްގެ ކަރުނައިގެ އަގު މާ ބޮޑު.. އޭނައަށް އަޒްގެ ކަރުނަތިއްކެއްހާ ހިސާބު ވެސް ހައްގެއް ނުވޭ..” ޔައިލް ބެލީ އަޒަލް މަސަލަސް ކުރެވޭތޯއެވެ.

“ޔައިލް.. އަހަރެން.. އަހަރެން ކިހިނެއް ދެން ހަދާނީ.. އަހަރެން ހާދަ ލޯބިވީމޭ ރިއާން ދެކެ.. އަހަންނަށް ހާދަ އުނދަގޫވާނޭ ރިއާންއާ ނުލައި އުޅެން.. އަހަންނަށް ނޭނގެ ދެން ދުވަހަކުވެސް މީހަކު ދެކެ ލޯބިވެވޭނެ ކަމެއް..” އަޒަލްގެ އެންމެ ފަހު ޖުމުލައިން ޔައިލްގެ ހިތަށް ތަދުވި ނަމަވެސް ޔައިލް އިހަށް ބެލީ އަޒަލް މަސަލަސް ކުރެވޭތޯއެވެ.

“އަޒް މިހާރު ތިހެން ހިތަށް އެރިޔަށް އަދި ފަހުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. އަޒް ތީ ނުލާހިކު ހިތްވަރުގަދަ ކުއްޖެއްނު.. ހިތްވަރު ކޮށްލާފަ ދިރިއުޅުމައިގެން ކުރިއަށް ދާން އަޒް މަސައްކަތް ކުރޭ.. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް.. ނަސީބެއްނު ވަގުތު ފާއިތު ވުމުގެ ކުރިން އަޒްއަށް އޭނަގެ ހަގީގަތް އެނގުނުކަން.. ދެން ހުއްޓައިލާ.. އަދި އަޒް ދެކެ އެއަށް ވުރެ މާ ލޯބި ވާނެ މީހަކު ވެސް ލިބޭނެ..” އެންމެ ފަހު ޖުމުލަ ބުނެލި އިރު ޔައިލްގެ އަޑުގައި ތަފާތުކަމެއް ވީ ނަމަވެސް، ހިތްދަތިވެފައި އިން އަޒަލްއަށް އެކަން ފާހަގައެއް ނުކުރެވުނެވެ. ނަމަވެސް ޔައިލްގެ ބަސްތަކުން އޭނާގެ އުއްމީދީ ހުޅުކޮޅު ރޯ ވެއްޖެއެވެ. ރިއާން އޭނާ ކިތަންމެ ނިކަމެތި ކޮށްލައި، ބަލިކަށި ކޮށްލިޔަސް، ޔައިލްގެ ސަބަބުން އަޒަލްގެ ކިބައިގައި ކުރިން ހުންނަ ހިތްވަރާއި ކެރުންތެރިކަން އަނބުރައި ގެނެވޭނެކަމުގެ ޔަގީންކަން އަޒަލްއަށް އިހުސާސް ކުރެވުނެވެ.

އިރުކޮޅަކު އެހެން ތިބެތިބެފައި، އަޒަލްގެ ހަށިގަނޑުން ވާގި ހުސްވާހެން ހީވުމުން ޔައިލް ބަލައިލި އިރު އަޒަލްއަށް އޮތީ ނިދިފައެވެ. އެހެންކަމުން ޔައިލް ވަރަށް ފަރުވާތެރިކަމާއެކު އަޒަލް އެނދުމަތީގައި ބާއްވައިލާފައި، ގައިމަތީގައި ރަޖާގަނޑު އަޅައިލިއެވެ. އެއަށްފަހު އަޒަލްގެ އެ ރީތި މޫނަށް ފުންކޮށް ބަލައިލިއެވެ. އަދިވެސް ކޯތާފަތުގައި ކަރުނަ ނުހިކި ހުރި އިރު، ތެމިފައިވީ ދިގު އެސްފިޔަތަކުންނާއި، މިލާފައިވާ މޫނު ފެނު ފެނުމުން ޔައިލްގެ ހިތުގައި އިންތިހާއަށް ރިއްސައިލިއެވެ. އޭނާ އަޒަލްގެ މޫނާ ދިމާއަށް ގުދުވެލަމުން، އަޒަލްގެ ކޯތާފަތުގަޔާއި، ދެލޮލުގަޔާއި، ނިތްކުރީގައި ބޮސްދިނީ، އެ ހިތަށް ކެތް ނުވުމުންނެވެ.

“އަޒް.. އަހަންނަށް ހަމަ އެންމެ ފުރުސަތެއް ދީ.. ރިއާންއަށް ވުރެ މާ ލޯބި ދީގެން މާ އުފަލުގަ އަހަރެން އަޒް ގެންގުޅޭނަން.. އެއްފަހަރު އަހަރެންގެ އަތުން އަޒް ބީވެގެން ގޮއްސި.. ދެވަނަ ފަހަރަށް އަޒް ބީވެގެން ދާތަން ބަލާކަށް އަހަންނަކަށް ކެތެއް ނުވާނެ.. އިންޝާﷲ އަހަރެން އަދި ކޮންމެވެސް ދުވަހަކުން އަޒްގެ ލޯބި ކާމިޔާބުު ކުރާނަން..” ޔައިލްގެ އަޑުގައި ވީ ޔަގީންކަމެވެ.

“އަޒްގެ ފިރިމީހާގެ މަޤާމު ފުުރައިލުމުގެ ނަސީބު އަހަންނަށް މިންވަރު ކުރައްވައިފި ނަމަ ދުވަހެއްގެ ކޮޅުން ވެސް އަޒް ޝަކުވާ ކުރިޔަކަ ނުދޭނަން.. އެހައި ވަރަށް އަހަރެން އަޒް ދެކެ ލޯބިވޭ..” ޔައިލްގެ ދުލުން ބުނެލި އެ ލަފްޒުތައް އަޒަލްގެ ކަންފަތާ ހަމައަށް ނުފޯރިޔަސް، އެ ކޮޓަރީގެ ދޮރުމަތީގައި ހުރި ޒާރާގެ ކަންފަތަށް ފޯރިއެވެ. އެއާއެކު ޒާރާގެ ދެލޯ ބޮޑުވެގެން ދިޔަ އިރު، އަނގަމަތީގައި އަތް އަޅައިލެވުނީ ޤަބޫލު ނުކުރެވިފައި ހުރެއެވެ.

 

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

އަހަރެންގެ ކުށަކީ ކޮބާ ؟

Next

ވިހަ ލޯބި 2

Next
February 22, 2025

ވިހަ ލޯބި 2

Previews
February 22, 2025

އަހަރެންގެ ކުށަކީ ކޮބާ ؟

19 Comments!

  1. White rose White rose says:
    February 22, 2025 at 9:27 pm

    Maashaallah, vrh furihama vhk eh

    1. Nayaa Nayaa says:
      February 24, 2025 at 7:28 am

      Shukuriyyaa<3

  2. Vampire girl says:
    February 22, 2025 at 9:46 pm

    Maashaa Allah mi part vx varah varah reethi…
    Alhey azal ah vx yail dheke loabi veveyne nama….
    Zaaraa adu ivuny dhw e alhey…. mi thankolhun handhaan v yail kudairu afaan kairy azal dheynan hey ehi dhuvas 🤣🤣…..
    Curiously waiting for the next part….
    Whn next ????
    STUDY WELL
    TAKE CARE
    ❤️❤️😊😊❤️❤️

    1. Nayaa Nayaa says:
      February 22, 2025 at 11:19 pm

      thank you so much dear <3
      thihen nayaa ves mihaaru mi hithah arany hehe
      next part in sha allah tuesday ga
      thanks <3

  3. pumpkin says:
    February 22, 2025 at 11:01 pm

    masha allah mi prt vs vrh reethi
    dhn avahah azal n yail gulhuvaala
    waiting for next prt
    ly nayaa
    ❤️

    1. Nayaa Nayaa says:
      February 22, 2025 at 11:20 pm

      thank you so much darling <3
      next part tuesday ga in sha allah
      lym dear <3

  4. Nayaa Nayaa says:
    February 22, 2025 at 11:21 pm

    Salaam readers.. Here’s the 13th part of this story.. Unmeedhu kuran hurihaa kiyuntherinnah ves kamudhaane kamah.. Next part Tuesday ga genesdheynan In Sha Allah

  5. Ghost girl 👻 says:
    February 23, 2025 at 12:15 am

    Masha Allah 😍 vrh reethi mi part ves hama ehaa furihama 🔥🔥 sifakurunthah ves vrh reethi….. Alhey azal ah yail haggey ….yail aa Emme gulhenee azal ..azal aa vx gulheni yail …. keep it up ❤️ LYSM nayaa lovs 😘❤️🫶🏻

    1. Nayaa Nayaa says:
      February 23, 2025 at 8:01 pm

      thank you darling <3
      lym and moreee loveee <333

  6. Reem says:
    February 23, 2025 at 5:12 am

    Hey nayaa varah dhuvas fahun dho comment eh mi kollevuny. Comment nukure vunas huriha episode eh kiyan. Hehe anyways, Naya ge stories abadhuves varah thafaathu varah emotional. You always my fav. Hope you know that. Rajjege writers therein top 5 hoviyas Nayaa ge name innane. Im pretty sure. Ehaaves molhu. Masha Allah. Love azal aa yail ge character develop kohfa in goiy. Neyege hama bunaane ehchehves and the ending was hama unexpected and satisfying. Hope next part will be more interesting. Can’t wait for more of your works darling. Lots of love! ❤️

    1. Nayaa Nayaa says:
      February 23, 2025 at 7:59 pm

      omggg reem!!! i missed you so much ingeyy!!
      aww alheyy dhen thi kuri thaureefah hama hithuge adin shukuriyyaa.. asluves vvv ufaa vejje! <3
      love and lovee moree darling <333

  7. cutie girl says:
    February 23, 2025 at 6:47 am

    mi part ves v reethi maasha allah
    curiously waiting for next part
    keep it up
    zaara ah adu ivunee dhw
    aslu yail and azal v gulhey
    shayaam and yal ves gulhuvachey
    aara and zaul ves
    they all are made for each other
    riyaan haadha goahey dhw
    mi part kiyaafa rovijje
    i appreciate your hard work
    your my fav author
    tc
    study well
    love you naayoo

    1. Nayaa Nayaa says:
      February 23, 2025 at 8:00 pm

      thank youu dear.. varah ufaa vejje <33
      love you more <333

  8. Anonymous says:
    February 23, 2025 at 7:18 am

    Woww v v reethi mi part ves waiting for the next part

    1. Nayaa Nayaa says:
      February 23, 2025 at 8:01 pm

      thank you dear <3

  9. RIFSHA says:
    February 23, 2025 at 8:58 am

    Alhey mi part mi ah vure dhigu vaane nama ey hithah araa.hama kiyaa hithun hutta nimuny.
    Zaa varah suprise vaane dho aslu.nayaa please dhen yail and az gulhuvadheeba.
    Varah Reethi ingey mi part vx.hope next part avahah libeyne kamah.and yal and shayam ge bayeh vx kiyaalan libeyne kamah unmeedhu kuran ingey.
    Love you ❤️

  10. gurrrrl says:
    February 23, 2025 at 11:33 am

    Masha Allah mi part ves vrh reethi when next part kiyaalan libeyni

    1. Nayaa Nayaa says:
      February 23, 2025 at 8:02 pm

      thank you dear <3
      next part tuesday ga in sha allah

  11. Nayaa Nayaa says:
    February 24, 2025 at 7:29 am

    aww thank youu rifoo<3
    next part in sha allah tuesday ga
    love you too ❤️

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެވޭތީ… 14←


All Right Reserved!