“ދެން ދޮންތި އާރޫއަށް ފަހުން ތި ހުރިހާ ވާހަކައެއް ކިޔައިދޭނަން.. އިހަށް ދޭ ނިދަން.. ދޮންތިވެސް ވަރަށް ޓަޔަރޑް..” އަޒަލް އެހެން ބުނެލުމާއެކު މޫނަށް ވައްތަރެއް ޖައްސައިލާފައިވެސް، އާރާ ތެދުވިއެވެ.
“އާރޫ ބޭނުން ތި ރިއާންއަކާ މީޓް ކުރަން..” ދޮރުން ނުކުންނަމުން އާރާގެ ދުލުން އެންމެ ފަހުން ނުކުތް ޖުމުލައަކީ އެއީއެވެ. އާރާ ނުކުތުމާއިއެކު އަޒަލްއަށް އެނދުމައްޗށް ވެއްޓިގަނެވުނެވެ. އާރާ ކުރި ސުވާލުތަކާ ގުޅިގެން ހިތަށް ވެރިވެފައިވީ އުނދަގޫކަމުގައި ގެނބިގެން ދިޔަ އަޒަލްއަށް ހަމަބިމަށް އާދެވުނީ ގާތުގައި އޮތް ފޯނު ރިންގުވާ އަޑަށެވެ. ޑިސްޕްލޭއަށް އަރާފައިވި ރިއާންގެ ނަން ފެނިފައި، އަޒަލްގެ މޫނުމައްޗަށް ފުރަތަމަ ފަހަރަށް ނުތަނަވަސްކަން ވެރިވިއެވެ. ދެފިކުރެއްގައި ހުރެފައި އޭނާ ފޯނު ނަގައި ކަންފަތުގައި ޖެހިއެވެ.
“ހެލޯ ބޭބް.. ނިދަނީތަ..؟” އިވިގެން ދިޔަ ރިއާންގެ ފުރިހަމަ އަޑުން އަޒަލްގެ ނުތަނަވަސްވެފައިވާ ހިތަށް ވަގުތުން ހަމަޖެހުން ލިބުނު ކަހަލައެވެ.
“ނޫން.. އެކަމް އިރުކޮޅަކުން ނިދާނަން..” އަޒަލް ބުނެލިއެވެ. އެގޮތުގައި ދެމީހުން އިރުކޮޅެއް ވާންދެން ވާހަކަ ދައްކަން ތިއްބެވެ.
“ރިއާން..” ވާހަކައިގެ ތެރެއިން އަޒަލް ކުއްލިއަކަށް ސީރިއަސް ވެލާފައި ރިއާންއަށް ގޮވައިލިއެވެ. އެޔާއެކު ރިއާން ހޫމް ލައްވައިލިއެވެ.
“ރިއާން ކޮން ރަށެއްތަ..؟” އަޒަލްގެ ސުވާލާއެކީ ރިއާން ފެށީ ހޭށެވެ. އެޔާއެކު އަޒަލްއަށް އަނެއްކާވެސް ނޭނގޭ އުނދަގުލެއް ވިއެވެ.
“އަހަރެން މާލެއޭ.. އަޒްއަށް އެވަރު ނޭނގެނީތަ ހަމަ..؟” ރިއާން ބުނެލިއެވެ.
“ރިއާންގެ ފެމިލީ ކޮބާތަ..؟ އަހަންނަށް އެމީހުންގެ އެއްވެސް އެއްޗެއް ނޭނގޭ..” އަޒަލް ހީވަނީ މިރޭ ފޮތެއްހެން ރިއާން އެކުގައި ދަސްކޮށްލަން ހިތުލައިގެން އިން ހެންނެވެ.
“ކީއްވެގެންތަ ކުއްލިއަކަށް އަޒް މިރޭ މާ ގިނައން ތި ސުވާލު ކުރަނީ..؟ އަހަރެންގެ އާއިލާގެ ވާހަކަވެސް އެނގެންވީމަ އަޒްއަށް އެނގޭނެ.. އެހާ އަވަސް އަރުވާލައިގެން ހުރިހާ ކަމެއް ހޯދަން ނޫޅެބަލަ..” ރިއާންގެ އަޑާއި ރާގު ބަދަލުވީ ކުއްލިއަކަށެވެ.
“އެހެންވީރު ރިއާން ކުރަނީ ކޮން މަސައްކަތެއްތަ..؟ ރިއާން ޖޮބަކަށް ދާ ކަމެއްވެސް އަހަންނަކަށް ނޭނގޭ..” އަޒަލްއަށް ރިއާންގެ އަޑުގައިވީ ނުރުހުން ފާހަގަ ނުކުރެވެނީ ކަންނޭނގެއެވެ. އޭނާ ދިޔައީ އަދިވެސް ހިތުގައި ހުރި ހުރިހާ ސުވާލުތަކެއް ރިއާންއާއި ކުރަމުންނެވެ.
“އަޖައިބެއްނު އަޒަލް.. މިރޭ ކީއްވެގެންތަ ތި ހުރިހާ ސުވާލެއް ތި ކުރަނީ..؟ އަޒަލް ޖެހޭތަ ތިހާ އަމުރުވެރިކޮށް އަހަންނާ ސުވާލު ކުރަން..؟ ރައްޓެހިވެގެން މަހެއް ނުވެ އުޅޭ އިރު މަގޭ ހުރިހާ ކަމެއް އެއްކޮޅުން އަނެއްކޮޅަށް އެނގެން އަޒަލް ތީ މަގޭ އަނބިމީހާތަ..؟ އަޒަލްގެ މަގާމުގަ އަޒަލް ހުރެބަލަ.. އަހަރެން ޖޮބަކަށްދާނީ އަހަރެން ބޭނުންވީމަ.. އަހަރެންގެ ޕަރސަނަލް ކަންތައްތަކަކީ އަޒަލްވެސް އަދި އެހެން މީހަކުވެސް ބެހެން ޖެހޭނެ ކަންތައްތަކެއް ނޫން..” ހަރުކަށިވީ ރިއާންގެ އަޑާއެކު، އެ ދުލުން ނުކުތް ބަސްތަކުން އަޒަލްގެ ހިތު ވަގުތުން ފޮތިފޮތިވީ ކަހަލައެވެ. ދެލޮލަށް ކަރުނަތައް ބޮނޑިވެގަތް ނަމަވެސް އަޒަލް ކެތް ކުރެވޭތޯ ބެއްޔެވެ.
“އަހަރެން ސުވާލެއް ކޮށްލާ އިރަށް ރިއާން ކީއްވެތަ އެގާ ރުޅިއެއް ތި އައީ..؟ އަހަރެން މީ ރިއާންގެ ލޯބިވެރިޔާއޭ.. އަސްލު ރައްޓެހި ވުމުގެ ކުރިން ރިއާންގެ މި ހުރިހާ އެއްޗެއް އަހަންނަށް އެނގެން ޖެހޭނެ.. ރިއާން.. މިރޭ ބައްޕަ އަހަންނާ ކައިވެނީގެ ވާހަކަވެސް ދައްކައިފި.. ބައްޕަ ބުނި އަޒަލް އަމިއްލައަށް ކުއްޖަކު ނުހޯދަންޏާ ބައްޕަ ހޯދަދޭނަމޭވެސް.. ދެންވެސް އަހަންނަށް ރިއާންގެ ވާހަކަ ނުބުނެވުނު.. ކީއްވެގެންތަ ރިއާން މަންމަމެންނާ ހަމައަށް މިކަން ގެންދަން ބޭނުން ނުވަނީ..؟ ރިއާން ކީއްވެގެންތަ ކޮމިޓް ނުވާން ތި އުޅެނީ..؟ އަހަރުމެންނަށް އަބަދު މިހެން ރައްޓެހި ވެގެން ނޫޅެވޭނެ ދޯ ރިއާން.. ތަންކޮޅެއް ހަރުދަނާކޮށް ވިސްނަބަލަ.. ކީއްވެގެންތަ ސީރިއަސްކޮށް ކޮމިޓްވާ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ރިއާން ހިތްހަމަ ނުޖެހެނީ..؟ ޕްލީޒް ރިއާން.. ހިނގާ މަންމަމެންނާ ހަމައަަށް މިކަން ގެންދަން.. އަހަންނަށް ވަރަށް އުނދަގުލޭ މަންމަމެންނަށް ދޮގު ހަދަން ކޮންމެ ފަހަރަކު..” އަޒަލްގެ ވާހަކަ ނިމުނު އިރު އޭނާއަށް ދިޔައީ ގިސްލެވެމުންނެވެ. ހިތާވީ ދިމާލުން މޭމަތީގައި އަތްއަޅާލައިގެން ހުރި އިރު، އެ މޭގައި އުފެދިފައިވީ ދިލަ ރިހުން ރިއާންއަށް އިހުސާސްވާނެ ނަމައެވެ.
“ކިހާ ދެރަ ވެއްޖެ ކަމެއްތަ އަޒަލް.. އަބަދު ކައިވެނި ކައިވެނި ކައިވެނި.. އެނޫން އެއްޗެއް ތި ބޮލުގަ ނީނދޭތަ ހަމަ..؟ ބުނެފީމެއްނު އަހަރެން ނޫޅެމޭ އަދި އެނގޭޖްވާ ހިތަކުން.. ވީ އާރ ސްޓިލް ޔަންގް.. އަހަރެން ބޭނުން އަދި ލައިފް އެންޖޯއި ކުރަން.. ރައްޓެހިވެގެން މަހެއް ނުވަނީސް އިނދެގެން ދަރީން ހޯދައިގެން އަބަދު ކޮންމެސް ބޮލުރިހުމެއްގަ ތާށިވެގެން އުޅޭކަށް މަށެއް ބޭނުމެއް ނޫން.. އަޒަލްވެސް ތީ ކިޔަވައިގެން ހުރި މީހެއް.. ތި ބޯދާ ވިސްނުން ދޫކޮށްލަބަލަ.. ގުޅައިފިއްޔާ އަޒަލްގެ ދުލުން ކައިވެނީގެ ވާހަކައެއް ބޭރު ނުވާ ފަހަރެއް މަދުވާނެ.. ހެޔޮ ނުވާނެ އަޒަލް.. ތި ވައްތަރަށް އުޅެންޏާ މަވެސް ފޫހި ވާނެ..” ރިއާންގެ އަޑު ދިޔައީ ހިނދަކަށްވުރެ ހިނދެއް ބާރުވަމުންނެވެ. އެއިން ކޮންމެ ފަހަރަކު އަޒަލްގެ ހިތުގައި އަޅަމުން ދިޔަ ވޭން ދިޔައީ އެތައް ގުނައެއް އިތުރުވަމުންނެވެ.
“ޕްލީޒް ރިއާން.. ތިހާ އިމެޗުއަރކޮށް ނުވިސްނަބަލަ.. މިހާރުވެސް ބައްޕަމެން އެ ތިބެނީ ލަސްވެފަ.. އަހަރެން އަވަހަށް ރިއާންގެ ވާހަކަ ނުބުނެފިއްޔާ އެހެން މީހަކާ އަހަރެންގެ ކައިވެނި ހަމަޖައްސަވެސްފާނެ.. ޕްލީޒް.. ތިހެން ނުހަދާ..” ހިތަށް ވަމުން ދިޔަ ތަދު ކަރުނައިގެ ސިފައިގައި އަޒަލްގެ ލޮލުން ފައިބާކަށް އިރުތަކެއް ނުނެގިއެވެ. ގިސްލަގިސްލާފައި ރޮވެމުން ދިޔަ އިރު، އަޒަލްގެ ހިތް ހީވަނީ ކުދިކުދި ވެދާނެ ހެންނެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ރިއާން ވިސްނަމުން ދިޔަހެންނެއް ހިޔެއް ނުވެއެވެ.
“އެހެންވީރު ބައްޕަ ދައްކާ މީހަކާ އަޒަލް އިނދޭ.. އާނ އެހެންޏަ.. ދުވަސްކޮޅެއް ވަންދެން އަހަންނަށް އިންތިޒާރު ނުކުރެވެންޏާ އަޒަލް ދެން އެހެން މީހަކާ އިންނަންވީނު.. އަހަންނަށް ވަރިހަމަ.. އަހަރެން ބުނާ ގޮތަކަށް އަޒަލްއަށް ކަންތަކެއް ނުކުރެވޭ ވިއްޔަ.. މިހާރު އަޒަލް ހީވަނީ ގަސްތުގަ މަ ރުޅި އަރުވަން އުޅޭހެން.. ތިވައްތަރަށް ޒުވާބު ކުރަންޏާ ދެން މަށާ ނުގުޅާތި..” ރިއާން އޭނާގެ ފަހުަސް އިއްވައިލުމަށްފަހު ފޯނު ކަނޑައިލިއެވެ. އެޔާއެކު އަޒަލްގެ ގިސްލުމުގެ އަޑު އިހުނަށްވުރެ ބާރުވިއެވެ. ފޯނު އެނދުމައްޗަށް އެއްލައިލާފައި އަޒަލް މޫނުމަތީގައި ބާލީސް އެޅިއެވެ. ކަރުބުޑުން ނުކުތް ވޭނީ ހަޅޭކުގެ އަޑާއެކު، އަޒަލްގެ ލޮލުން ފައިބަމުން ދިޔަ ހޫނު ކަރުނަތިކިތައް ބާލީހުގެ ތެރެޔަށް ފޭދިގެން ދިޔައީ، އަޒަލްގެ އާދޭހުގެ އަޑު އެއްވެސް އަގެއް ނެތް ވާހަަތަކެއް ފަދައިން ރިއާންގެ ކަންފަތުގެ ތެރެޔަށް ފޭދިގެން ދިޔަ ފަދައިންނެވެ.
އެއީ އަޒަލްއާއި ރިއާންގެ މެދުގައި ފުރަތަމަ ފަހަރަށް ދެބަސްވުމެއް އުފެދުނު ރެޔެވެ. އެރޭ ފުރަތަމަ ފަހަރަށް އަޒަލްގެ ހިތުގައި ރިއާންއާއި މެދު ޝަކުވާ އުފެދުނެވެ. ދުވަހަކު އެގޮތަށް މީހަކު އަޒަލްއާ ވާހަކަ ދައްކފައި ނުވާ އިރު، މިރޭ އެ އޮމާން ހިތުގައި ރިއާން ކޫރުމެއް އަޅުވައިފިއެވެ. އެ ރޯ ޒަޚަމުން ފައިބަމުން ދިޔަ ލެއިން އަޒަލްގެ ހިތް އެކީ ކަޅިވެގެން ދިޔަ ފަދައެވެ.
އިރުކޮޅަކު އެގޮތުގައި އޮތުމަށްފަހު އަޒަލް ފޯނު ނެގިއެވެ. ކޮންޓެކްޓްސް ހާވަމުން ގޮސް ޔައިލްގެ ނަމްބަރަށް ފިތައިލަން އުޅެފައިވެސް އަޒަލް ފަސްޖެހުނެވެ. މިވަގުތުވެސް އޭނާގެ އިހުސާސްތައް އަޑު އަހަން ޔައިލް ތައްޔާރަށް ހުންނާނެކަން ގައިމެވެ. އެހެނަސް މިވަގުތު ޔައިލްއަށް ގުޅައިފި ނަމަ ޔައިލްގެ ސުވާލުތަކާ އޭނާ ކުރިމަތިލާން ޖެހޭނެއެވެ. އިތުރު މީހަކަށް ރިއާންގެ ވާހަކަ އަންގާކަށް އަޒަލް ބޭނުމެއް ނޫނެވެ. އެކަމުން އިތުރަށް ރިއާން ރުޅިއައުން ނޫން ކަމެއް ނުވާނެއެވެ.
ވިސްނުމުގައި އެރޭ ދަންވަރު ދޭއް ޖެހި އިރުވެސް ނުނިދިފައި އޮތް އަޒަލްއަށް ތެދުވެވުނީ ފޯނު ރިންގުވާން ފެށި އަޑަށެވެ. ފޯނު ބަލައިލި އިރު ރިއާންގެ ނަން އިނުމުން އަޒަލްއަށް އެންމެ ފުރަތަމަ އިން ގޮތަށް ފޯނަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ރިއާން އެ ގުޅަނީ އަނެއްކާވެސް އޭނާއާ ދިމާއަށް ހަޅޭއް ލަވަން ހެއްޔެވެ؟ ނޫނީ އޭނާގެ އިހުސާސްތައް ވެއްޔާ މޮޑެލަން ހެއްޔެވެ؟ ދެފިކުރެއްގައި އިނދެވެސް އަޒަލް ފޯނު ނެގިއެވެ.
“އަޒް.. އައިމް ސޯ ސޮރީ.. އަހަރެން އެގަޑީ އެހެން ކަމަކާ ފްރަސްޓްރޭޓް ވެފަ ހުރި ވަރުން އެ ރުޅިގަނޑު އަޒްއަށް ބޭލުނީ.. އަހަރެން ނުވާނެ އަސްލު އެގޮތަށް ކަންތައް ކޮށްގެން.. އަޒް.. އަހަރެން އޭރު ބުނި އެއްވެސް އެއްޗަކަށް އަޅައިނުލައްޗޭ.. ބައްޕަ ބުންޏަސްވެސް އަޒް އެހެން މީހަކާ ނީންނައްޗޭ އިނގޭ.. އަހަރެން ކިހިނެއްތަ އަހަރެން އެންމެ ލޯބިވާ ކުއްޖާ އެހެން މީހަކާ ގުޅޭތަން ބަލަން ހުންނާނީ.. އަޒް.. ލިސެން ޓު މީ.. ވަގުތު ޖެހުނީމަ ހުރިހާ ކަމެއްވެސް ވާނެ.. އެހާ އަވަސް އަރުވާލައިގެން އުޅޭ އެއްޗެއް ނޫނެއްނު ދޯ ބޭބީ.. އަހަރެމެންގެ ކައިވެނިވެސް އަދި ވާނެޔޭ.. އެކަމް އަހަރެން އަދި ކޮމިޓް ވުމުގެ ކުރިން ވަގުތުކޮޅެއް ބޭނުން.. ދެން އެ ވާހަކަ އަހަރެންގެ ކައިރީ ނުދައްކައްޗޭ އިނގޭ.. ލެޓްސް ޖަސްޓް އެންޖޯޔި ދި ކަރެންޓް މޫމެންޓްސް.. ބައްޕަމެންނާ ހަމައަށް މި ވާހަކަ ގެންދާނީ އަދި ފަހުން.. ދެމީހުންވެސް ކައިވެންޏަށް ރެޑީ ވީމަ.. ޕްލީޒް ފޮރގިވް މީ އަޒް..” ރިއާންގެ ވާހަކަ ނިމުނު އިރު އަޒަލްގެ ހިތުގައިވީ ހުރިހާ ޝަކުވާއެއް ފުހެވިގެން ދިޔަ ކަހަލައެވެ. ވަގުތުން އެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އިރު މީގެ ހަތަރު ގަޑި އިރު ކުރިން ރިއާން އޭނާއާ ދިމާއަށް ކީ ހުރިހާ އެއްޗެއް ހަނދާނުން ފުހެވުނު ކަހަލައެވެ.
“އިޓްސް އޯކޭ ރިއާން.. އެންޑް އައިމް ސޮރީ ޓޫ.. ރިއާންއަށް އެހާ ޕްރެޝަރ ކުރެވުނީމަ.. އަހަރެންވެސް ނުވާނެ އެގޮތަށް ކަންތައް ކޮށްގެން..” އަޒަލްގެ އަޑުން އެކަނިވެސް އޭނާ ހިތްހަމަޖެހިފައި އިން ވަރު ދޭހަވާހާ ވެއެވެ.
“އިޓްސް އޯކޭ ލަވް.. ދެން އެ ވާހަކަ ނުދައްކަމާ ދޯ..؟ ދެން ނުރޮއްޗޭ އިނގޭ ދޫނި.. މިހާރުވެސް މާ ގިނައިން ރޮއެފަ ހުރިކަން އެބަ އެނގޭ އަޑުން..” ރިއާން އެހެން ބުނުމާއި އެކީ އަޒަލްގެ ހިނިތުންވުން ފުޅާވިއެވެ. ރިއާން އޭނާއާ ދޭތެރޭގައި ވިސްނާ ވަރު އަޒަލްއަށް އިހުސާސް ކުރެވުނު ކަހަލައެވެ. އެރޭ އެކުގައި އަޒަލް ހޭދަ ކުރީ ރިއާންއާއި ވާހަކަ ދެއްކުމުގައެވެ.
*** ** ***
އޮފީސް ނިންމާލާފައި ޔައިލްއަށް ގެއަށް އާދެވުނު އިރު ހުރީ ހަވީރު ތިނެއް ޖަހާފައެވެ. ފެންވަރައިގެން ނުކުތް ތަނުން އަސުރު ނަމާދަށް ގޮވާ އަޑު އިވުމުން ޔައިލް އަތްމަތި އަވަސްކޮށްލިއެވެ. ތައްޔާރުވެގެން ނުކުތް ޔައިލްގެ މިސްރާބު ހުރީ މިސްކިތަށެވެ. މިސްކިތަށް ގޮސް ޖަމާޢަތުގައި އަސުރު ނަމާދު ކޮށްލައިގެން ނުކުތް ޔައިލްއަށް ފޯނު ބަލައިލެވުނީ ނޮޓިފިކޭޝަންއެއް އައުމުންނެވެ. އެޔާއެކު އައިސްފައި އޮތް އަޒަލްގެ މެސެޖު ފެނިފައި ޔައިލްގެ ތުންފަތަށް ވަގުތުން ހިނިތުންވުމެއް ވެރިވިއެވެ. އަޒަލް އެދިފައި އޮތީ އޭނާ ބަލައި އައިސްދިނުމަށެވެ. ވަގުތުން ޔައިލް ސައިކަލުގައި މިސްރާބު ޖެހީ އަޒަލް މަސައްކަތް ކުރާ ލޯވ ފަރމްއަށެވެ.
މަސައްކަތް ނިންމައިލާފައި ނުކުތް އަޒަލް ރިއާންއަށް ގުޅައިލީ އޭނާ ބަލައި އައިސްދިނުމަށް އެދިއެވެ. ދެތިން ފަހަތަރު ފަހަރު ގުޅުމުންވެސް ރިއާން ފޯނު ބިޒީކޮށްލުމުން އަޒަލްގެ ހިތް މާޔޫސްވިއެވެ. އިތުރު ގޮތެއް ނެތުމުން އަޒަލް ދެން ފޯނު ކުރީ އަފާން އަށެވެ. އެހެންނަމަވެސް ހޮސްޕިޓަލުގައި މާ ބުރަވުމުގެ ސަބަބުން އަފާން އެދުނީ ޔައިލް ގާތު އަޒަލް ބަލައި ދިޔުމަށް އެދުމަށެވެ. އެޔާއެކު އަޒަލްއަށް މަޖުބޫރުވީ ޔައިލްއަށް މެސެޖު ކުރުމަށެވެ.
ޔައިލްގެ ކިބައިން ކަމަކަށް އެދުމަށް އަޒަލްއަށް ދަތިވީ މިއީ ފުރަތަމަ ފަހަރެވެ. ރިއާންއާއި ގުޅުނު ފަހުން އެއްވެސް ވަރަކަށް ޔައިލްއާއެކީ އަޒަލް ވަގުތު ހޭދައެއް ނުކުރެއެވެ. ރިއާންއާއި އެކުގައި އުޅެމުން އިތުރު ފިރިހެނަކާއެކީ އެހައި ގައިގޯޅިކޮށް އުޅުމަކީ ރިއާންއަށް ވެވޭ ބޭވަފާތެރިކަމެއް ކަމުގައި އަޒަލް ދެކޭތީއެވެ.
ދެފިކުރެއްގައި ހުރެފައިވެސް އަޒލް ޔައިލްއަށް މެސެޖު ކޮށްލިއެވެ. ވަގުތުން ޔައިލް މެސެޖު ސީންކޮށްފައި އެއްޗެއް ނުބުނުމުން ޔައިލް މިހާރު އަންނަނީކަން އަޒަލްއަށް އެނގުނެވެ.
ކުރިމައްޗަށް ހުއްޓުނު ޔައިލްގެ ސައިކަލު ފެނިފައި އަޒަލްއަށް ޔައިލްއަށް ބަލައިލެވުނެވެ. ކީއްވެ ކަމެއް ނޭނގުނެވެ. ޔައިލްގެ ލޮލުގައި މިއަދު ތަފާތު ވިދުމެއް ވިއެވެ. އަޒަލްއަށް ހަދިޔާކޮށްލި ހިނިތުންވުމުގައި ތަފާތު ކުލަވަރެއް ވިއެވެ. އަޒލްގެ ނަމުން ގޮވައިލި އިރު އެ ފިރިހެންވަންތަ އަޑުގައި ތަފާތު އަސަރެއް ވިއެވެ. ނަމަވެސް އެއިން އެއްވެސް ކަމަކާ ފިކުރު ކުރުމެއް ނެތި އަޒަލް ރިއާންގެ ސައިކަލު ފަހަތަށް އެރިއެވެ. ރިއާންގެ މީހެއްގެ ގޮތުގައި ހުރެ އެހެން އެއްވެސް ފިރިހެނަކާ ދޭތެރޭގައި އެއްވެސް ނަޒަރަކުް ވިސްނާކަށް އަޒަލް ބޭނުމެއް ނުވިއެވެ.
“އަޒް މިހާރު ހާދަ ރުޅިއޭ ދޯ.” ދެމީހުންގެ މެދުގައިވީ ހިމޭންކަން ފޫދުއްވައިލަމުން ޔައިލް އެއްސެވެ
“ނޫނޭ. އެހެންނެއް ނޫން.. މިދުވަސްކޮޅު ހަމަ ބިޒީ.. ޔައިލްވެސް ހަބަރެއް ނުވޭ ވިއްޔަ މިހާރު..” އަޒަލްވެސް ވާހަކަ ދެއްކިއެވެ.
“އަހަރެންވެސް ބިޒީ ކަމުންނޭ.. ދެން މިހާ ދުވަސް ކޮށްފަ ދެމީހުން ދިމާވީމަ ނުވާނެ އެހާ ފެންކޮށް ދުއްވައިލާކަށް.. ހިނގާ ބޯބާ ބޯން ދާން..” ދުވަސްގަނޑަކަށް ފަހު އަޒަލްއާއި އެކުގައި ލިބުނު ފުރުސަތު ދުއްވައިލާކަށް ޔައިލް ބޭނުމެއް ނުވިއެވެ.
“ދެން މިއަދު ވަރަށް ޓަޔަރޑް.. އެހެން ދުހުކުން ދޯ..” އަަލް ބުނެލީ އޭނާ ޔައިލްއާއި އެކުގައި ގޮސްފި ނަމަ ރިއާން ހިތްހަމަ ނުޖެހިދާނެހެން ހީވާތީއެވެ.
“ނޫން.. ދެން ކޮންމެހެން އިތުރު ބަހަނާތަކެއް ދައްކާނެ ކަމެއް ނެތް.. އަޒް މިހާރު މާ ފިލައިގެން އުޅެނީ.. މިއަދު ޖެހޭނީ ހަމަ އަހަންނާ އެކީ ދާން..” ޔައިލްގެ ވާހަކަ ހުރި ގޮތުން ޔައިލް ގޮތްދޫނުކުރާނެކަން އަޒަލްއަށް އެނގުނެވެ. އެހެންކަމުން އޭނާއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އެހެންނޫނަސް، ހަގީގަތުގައި އޭނާވެސް ޔައިލްގެ އެކުވެރިކަމުގެ މަތން ހަނދާން ވެއެވެ. ކުރީގައި އުޅޭ ފަދައިން ޔައިލްއާއި އެކުގައި ވަގުތު ހޭދަކުރަންވެސް ބޭނުން ވެއެވެ. އެކަމަކު އެހެން މީހެއްގެ ލޯބިވެރިޔާގެ ގޮތުގައި ހުރެ ޔައިލްއާއި އެކުގައި ވިޔަސް، ކުރީގައި އުޅުނު ފަދަ ގޮތަކަށް އުޅުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި އަޒަލްގެ ހަރުދަނާ ވިސްނުން ގަބޫލު ނުކުރަނީއެވެ.
އަޒަލް ގޮވައިގެން ޔައިލް ދިޔައީ ރަސްފަންނު ކައިރީގައި ހުރި ކުޑަ ފިހާރައަކަށެވެ. އެތަނުން ދެމީހުންނަށް ފިނި ބުއިމެއް ގަނެގެން ދެމީހުން އެކުގައި މިސްރާބު ޖެހީ މޫދު ކައިރިއަށެވެ. ރާޅުޖަހާ ފަށަށްވުރެ ކުޑަ ތަންކޮޅެއް ދުރުގައި ދެމީހުން އިށީނީ އެކި ވާހަކަ ދައްކަމުންނެވެ.
ޔައިލްއާއި އެކުގައި ވަގުތު ހޭދަ ކުރެވެމުން ދިޔަ ވަރަކަށް އަޒަލްގެ ހިތަށް ދިޔައީ ނޭނގޭ ހަމަޖެހުމެއް ލިބެމުންނެވެ. ރިއާންގެ ސަބަބުން އެ ހިތުގައިވީ ޒަޚަމްތަކަށް ޔައިލްގެ ސަބަބުން ފަރުވާ ލިބުނު ފަދައެވެ. ދުވަސްކޮޅަކަށްފަހު ޔައިލްއާއި އެކުގައި ވަގުތުކޮޅެއް ހޭދަ ކުރެވުމުން އަޒަލްގެ ހިތަށް ފިނިކަން ލިބުނެވެ. އެހެނަސް، އެދެމެދުގައި އޮންނަން ޖެހޭ ދުރުމިން ބެހެއްޓުމަށް އަޒަލް ފަހަރެއްގައިވެސް ހަނދާނެއް ނުނެތެއެވެ.
އަޒަލްއަށް ގެއަށް ވަދެވުނު އިރު މަޣްރިބު ނަމާދަށް ބަންގި ގޮވަނީއެވެ. އެވަގުތު ޒާރާވެސް ޑިޔުޓީ ނިންމައިލާފައި އައިސް ކޮޓަރިއަށް ވަނީ އަޒަލްއަށް ނަމާދު ކުރުމަށް ހަނދާން ކޮށްދެމުންނެވެ. އެޔާއެކު އަޒަލް ކޮޓަރިއަށް ވަން ގޮތަށް ފެންވަރައި ތާޒާވެލިއެވެ. ނިދަން ލާ ދަނބުކުލައިގެ އަތްކެނޑި ޓީޝާޓާއި، ހުދުކުލައިގެ ސޯޓެއް ލުމަށްފަހު، މަތިން އަބާޔާއެއް ލީ ނަމާދު ކޮށްލުމަށެވެ.
މަޣްރިބު ނަމާދު ކޮށްގެން އަޒަލް މުސައްލަ މަތީގައި އިނދެ ޚަތިމު ހުޅުވައިލި ކަމެއް ނޭނގި އެނދުމަތީގައި އޮތް އޭނާގެ ފޯނު ރިންގުވާން ފެށި އަޑު އިވުނެވެ. މިވަގުތު އެއްވެސް މީހަކާ ވާހަކަ ނުދައްކައި، ހަމައެކަނި އަޅުކަމަށް ހުސްވުމަށް ހިތުއަޅައިގެން އިން ނަމަވެސް، ގުޅަނީ ރިއާންކަން އެނގުމުން އަޒަލްއަށް ކެތެއް ނުވިއެވެ. ފޯނު ނަގައި ކަންފަތުގައި ޖަހައިލި އިރު އެ ތުންފަތުގައި ރަކި ހިނިތުންވުމެއް ކުޅެލާފައި ވިއެވެ.
“އަޒަލް ކީކޭ ހިތަށް އަރައިގެންތަ އެހެން ފިރިހެނުންނާ އެކީ ސައިކަލު މަތީގަ މުޅި މާލެތެރެ ކުޑަކުރަމުން ތި ދުވަނީ..؟؟ އަޒަލް ހީކުރީ އަޒަލް އުޅޭނޫޅޭ އެއްވެސް ގޮތެއް އަހަންނަށް ނޭނގޭނެ ކަމަށްތަ..؟ ކިހާ ދެރަ ކަމެއްތަ އަޒަލް..؟ އެއްޗެކޭ ބުނީމަ ގޯސް ވާނީ މަ.. ތިމާއަށް އުޅެވޭ ގޮތް ޚުދު ތިމާއަށް އިހުސާސެއް ނުކުރެވޭ..” އެންމެ ފުރަތަމަވެސް ރިއާން ބުނެލި ރަހުމު ކުޑަ ބަސްތައް ރުވާފައި ދިޔަ ތީރެއް ފަދައިން ހެރުނީ އަޒަލްގެ މެޔަށެވެ. ވަގުތުން ދެލޮލަށް ކަރުނަތައް ބޮނޑިވެގަތް އިރު އެ ހިތް ރިއާންއާއި މެދު ޝަކުވާއިން ފުރުނެވެ.
“ރިއާން.. އިހަށް އަހަރެން ކައިރި ވީ ގޮތް އަހާލަބަލަ.. އަހަރެން ޔައިލްއަށް ގުޅީ އޮފީސް ނިމިގެން ގެއަށް އަންނާނެ ގޮތެއް ނެތިގެންނޭ.. ރިއާންއަށް އަހަރެން ހަތަރު ފަހަރު ގުޅިން.. އަހަރެން ބަލާ އަންނާނަމޭ ކިޔާފަ ރިއާން ފަހުން އަހަރެން އެ ވަރަށް ގުޅީމަވެސް ފޯނު ކަނޑައިލީމަ ދެން އަހަރެން ކީއްތަ ކުރާނީ..؟ ބައްޕައަށް ގުޅީމަ ބައްޕައަށްވެސް ނާދެވިގެންނޭ ބައްޕަ ބުނީ ޔައިލް ގާތު ބުނާށޭ.. ބައްޕަ ބުނެގެންނޭ އަހަރެން ޔައިލްއާ އެކުގަ އައީ.. އެހެންނޫނަސް ޔައިލްއަކީ ރިއާން ތި ހީކުރާކަހަލަ މީހެއް ނޫނޭ. އަހަރެން އެންމެ ކުޑައިރުންވެސް ޔައިލް ދަންނަމޭ.. އަހަރެންގެ ޕޭރެންޓްސް ވެސް ޔައިލްއަށް އެހާ އިތުބާރު ކުރާނެ.. އަހަރުމެން ދެމީހުން ދުވަހަކުވެސް އެކަހަލަ ނަޒަރަކުން އެކަކު އަނެކަކާ ދޭތެރޭގަ ނުދެކެމޭ ރިއާން. ގަބޫލު ކޮށްބަލަ..” ގިސްލެވޭ ޙާލުގައިވެސް އަޒަލް ދިޔައީ އޭނާގެ ކުށެއް ނެތްކަން ރިއާންއަށް ސާބިތުކޮށްދެވޭތޯ ބަލަމުންނެވެ.
“އާނ ވަރަށް މޮޅެއްނު.. މިކަންވެސް އަހަރެން ބޮލަށް ޖަހައިލާ.. އަހަރެން ވަރަށް މުހިންމު ކަމަކު އިއްބެއާ އެކީ ކޮފީއެއްގަ އިނީމައޭ އަޒަލްގެ ފޯނަށް ޖަވާބު ނުދެވުނީ.. އޭގެ މާނައެއް ނޫން ފާޑު ފާޑު ފިރިހެނުންނާ އެކީ އަޒަލް ހެއްދެވިއެއް ނުހެއްދެވިއެއް ނުބަލައި އުޅޭށެކޭ.. ތި ކިޔާ ޔައިލްއަކާ އެކުގަ އަޒަލް ސީދާ ގެޔަށް ދިޔަ ތަންވެސް މަ ދުށީމޭ.. ރަސްފަންނަށް ގޮސް ރާޅުޖަހާ ފަށުގަ ދެ ލޯބިވެރިންހެން އަޗާ ތަޅަން ތިބިތަން ވެސް މަށަށް ނުފެންނަ ކަމަށްތަ އަޒަލް ހީކުރީ.. އޭނ..؟” ރިއާންގެ އަޑު ދިޔައީ ހިނދަކަށްވުރެ ހިނދެއް ބާރުވަމުންނެވެ. ރުޅި އައިއްސިއްޔާ ކިޔޭނުކިޔޭ އެއްޗެއްވެސް ރިއާންއަށް ނޭނގޭކަން އަޒަލްއަށް އިހުސާސް ކުރެވުނީ އަދި ކިރިޔާއެވެ.
“ޕްލީޒް ރިއާން.. ރިއާންއާ ރައްޓެހިވީ ފަހުން އަހަރެން އެގޮތަށް ޔައިލްއާ އެކީވެސް ބޭރަށް ގޮސްފައެއް ނޯންނާނެ.. މިއަދު ޔައިލް ކިޔާ ކިޔާ ކުރު ނުކުރީމައޭ އަހަންނަށް ދާން ޖެހުނީ.. އަހަންނަށް ޔަގީން އަހަރެން ރިއާންއާ ރައްޓެހިވެގެން އުޅޭ ވާހަކަ ބުނެފިއްޔާ ޔައިލް އަހަންނަށް ސްޕޭސް ދޭނެކަން.. އެކަމް ރިއާން މަނާކޮށްފަ އޮތީމަ އަހަންނަށް އެއްވެސް މީހަކު ކައިރި މި ވާހަކަ ބުނެވޭކަށް ވެސް ނެތް.. މިހާރުވެސް ރިއާން ބުނެބަލަ ކޮމިޓްވާން ތައްޔާރޭ.. އޭރުން ހަމަ އަހަރެން މަންމަމެންނަށް މިކަން އަންގާފަ ޔައިލް ގާތު ބުނީމަ ރިއާން ބޭނުންވާ ގޮތަށް ހުރިހާ ކަމެއްވެސް ވާނީ.. ރިއާންގެ ވާހަކަ ޔައިލްއަށް ނޭނގެންޏާ ޔައިލްއަށްވެސް ކިހިނެއްތަ އަހަންނާ ދުރުން އުޅެން އެނގޭނީ..؟ ޔައިލްއާ އަހަންނާ މީ އެންމެ ކުޑައިރުއްސުރެވެސް ވަރަށް ކްލޯޒްކޮށް އުޅުނު ދެމީހުންނޭ.. އެކަމްވެސް ރިއާން ހިތްހަމަނުޖެހޭކަން އެނގެންޏާ ޔައިލް އަމިއްލަށްވެސް އަހަންނާ ދުރުވާނެކަން އަހަންނަށް ޔަގީން.. ޕްލީޒް ރިއާން-” އަޒަލްގެ ވާހަކަ މެދުކެނޑުނީ ރިއާން އަނެއްކާވެސް ވާހަކަ ދައްކަން ފެށުމުންނެވެ.
“އަނެއްކާވެސް އެ ބަނދިވަރު.. އަޒަލް ކައިރި އަހަރެން ކިތައް ފަހަރުތަ ބުނަންވީ އަހަންނަށް އަދި ވަގުތު ބޭނުންވެޔޭ.. ވަރިހަމަ.. ޔައިލް ގާތުވެސް އަދި އެހެން މީހެއްގެ ގާތުވެސް އަހަރެންގެ ވާހަކަ ބުނެގެން ނުވާނެ.. އެނޫން ކޮންމެސް އެހެން ގޮތަކުން އަޒަލް އެ ފިރިހެނާއާ ދުރުވޭ.. އަޒަލް ތިވައްތަރަށް އޭނައާ އެކީ ތެޅެންޏާ އަޒަލްއަށްވެސް އޭނައަށްވެސް ކަންތައް ދިމާވާނީކީ މާ ރަނގަޅަކަށް ނޫން.. އެކަން ހަނދާން ބަހައްޓާތި!!” އެހެން ބުނުމަށްފަހު ރިއާން ފޯނު ކަނޑައިލީ އަޒަލްއަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީއެވެ. ރިއާން ހަމަ ފޯނު ބޭއްވުމާއެކު އަޒަލްއަށް ބާރުބާރަށް ރޮއެގަނެވުނެވެ. ދެއަތަށް މުސައްލަ ބޮނޑިކޮށްލެވުނު އިރު، ގައިން ވަރު ދޫވެގެން އަޒަލްގެ ހަށިގަނޑު މުސައްލަ މައްޗަށް ދެމުނެވެ. އޭރުވެސް އަޒަލްގެ ކަރުބުޑުން ވޭނީ ގިސްލުމެއްގެ އަޑު ނުކުންނަމުން ދިޔައެވެ.
*** ** ***
އަޒަލް ގެޔަށް ލައިދިނުމަށްފަހު، މިސްކިތަށް ގޮސް މަޣްރިބް ނަމާދު ކޮށްލައިގެން ޔައިލް ދިޔައީ ސީދާ ގެޔަށެވެ. ސިޓިންރޫމު ސޯފާގައި ޤުރުއާން ކިޔަވަން އިން ޔަލީނަށް އަވަސް ނަޒަރެއް ދޮނުމަށްފަހު ޔައިލް ގޮސް ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަން ގޮތަށް ޔައިލް އުއްޑުން އެނދުމައްޗަށް ވެއްޓިގަތެވެ. ސީލިންގަށް ނަޒަރު ހުއްޓާލައިގެން، އެއް އަތް ނިތްމަތީގައި، އަނެއް އަތް ބަނޑުމަތީގައި ބާއްވާލައިގެން އޮތް އިރު ޔައިލްގެ ޚިޔާލީ ތަސްވީރުގައި ކުަޖެހެމުން ދިޔައީ މިއަދު އަޒަލްއާއި އެކު ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅެވެ. ދުވަސްތަކަކަށްފަހު އެ ގޮތަށް އަޒަލްއާއި އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލެވުމުން ޔައިލްގެ ހިތަށް ވަނީ ނޭނގޭ ފިނިކަމެއް ލިބިފައެވެ.
ނަމަވެސް، އެހެން ފަހަރު ފަހަރާ މިއަދު އަޒަލްގެ މިޒާޖު ތަފާތުކަން ޔައިލްއަށް އިހުސާސް ކުރެވުނީ ކީއްވެ ކަމެއް ނޭނގުނެވެ. އެހެންޏާ އަނގަފަޅާފައި އުޅޭ ކުއްޖާ މިއަދު ހީވަނީ އަނގަމަތީގައި ޓޭޕު އަޅާފައި އިން ހެންނެވެ. އެހެންޏާ އަބަދު ޔައިލްއަށް އަނިޔާއެއް ކޮށްލަން އުޅޭ އަޒަލް މިއަދު ހީވަނީ ޔައިލްގެ ގައިގައި އިނގިލި ކުރި ޖެހިދާނެތީވެސް ބިރުން އުޅޭ ހެންނެވެ. އަޒަލްއަށް ކޮންމެވެސް ބަދަލެއް އައިކަން ޔައިލްއަށް ޔަގީންވިއެވެ. އަޒަލްގެ މިޒާޖަށް އެ އައި ބަދަލާއި، އެ ކުއްލި ދުރުކަމުގެ ފަހަތުގައިވީ ސިއްރު ހޯދަން ޔައިލް ބޭނުން ވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.






hey nayaa mi part ves vrh reethi mashallah
when next part kiyaalan libeyni
curiously waiting
keep it up
Mi part ves v Reethi masha allah
Curiously waiting for next part
Keep it up
Riyaan haadha goahey
Azal andyYail gulhuvachey
They both are made for each
Mi part kiyaafa rovijje
Shayaam and yaleen ves gulhuvachey
Aara and Zaul ves
V interesting story eh
V kiyaala hithun kiyani
Love you ❤️
Omggg… That riyaan I wanna kill him.. mi part ves vrh reethi… Kon irakun next part so so curious…🥰
Heyy nayaa varah reethi mi part ves maashaa allah…. Next part konirakun…. ☺️☺️☺️☺️i feel so happy because yail and azal love story
Pls pls pls Next part I Love Story ❤️
Hey nayaa
Where is the next part …
Very curiously waiting for the next part…
Avahah update kohlabala….
When next part
Hey Nayaa
Vaahk vrh salhi🥰
Whn are yoy going to upload nxt part
It’s been a week now…… adhi vx nuvey tha up kohdheykah😭😭😭
Waiting for this story is killing me💀
Anyways mihiree hama vaahk up vaane irehge inthizaaru ga😊
Mihaaru mi vaahaka nugenes dheveythaa 21 vana dhuvas mee. Kiyuntherin vaahaka genesdhey tho kuraa inthizaareh mihaaruge liyuntherinnakah neygey dhw. Vaahaka maa lasvaa nama kiyuntherin foohi vaane kanves engeyne heneh hiyeh nuve. Kureega meehun vaahaka liyaa iru bunaane miveni dhuvas thakuga ey genesdheynee. Kameh dhimaa vegen vaahaka nugenesdhevenyaa bunaane miveni kameh vegen vaahaka nugenes dheveyne vaahaka. Adhi dhen genesdheyne dhuvaheh ves bunelaane. Aslu vaahaka nugenesdhevey sababu buneladhinun rangalhu kanneyge. mihaaruge kudhin vaahaka liyeliyefa vaki hisaabakun gehleyne. Mee adhuge haalathu.😭😭😭😢😢😥😥😥😥😟😟😭😩😟…….
Meekee evves haalehgaa meehaku dhera kuraakah buni vaahaka eh noon. Adhi mi vaahakaage liyuntheriyah nisbaiy koh buni vaahaka eh ves noon. Vaki meehakah nisbaiy koh buni vaahaka eh ves noon. Mee hama kureege edhuvas thah mathin handhaan vi varun bunevunu ehcheh. Dhaitha ah evves kujjeh ge hithugaa jehey fadha ehcheh bunevifaa vaanama maafah edhen. Dhaitha aa medhu evves kujjakui hiyy bura nukuraane kamah ummeedhukuran.😊
Kn irakun aneh part genes dheny
haadha ginas dhuvas veye eba
vrh inthizaaru kurevey aneh part ah 😭
anyways mi part vc vrh rythi masha allah 😍
Alheyy mhr Kon dhuvaheh up kureveyne dhuvaheh at least buneladheefa baindha bala mi story vrh kiyaa hiy vaathee ey mivarakah mikiyeni😭😫😫
Nayaa mhr month eh vanee ey dhn avx kohdheyn v nu
Alhe Nayaa avas kohba
Dhn thihen hadhaathi vrh foohi
Baeh faharu hithah araa vhk nukiyanvy ey vx….. aan eyrakun nujeheyne viyya inthizaaru kuraakah…. ehfaharu vx thihen hadhaafiyyaa novey yageen kameh vhk nimmaane kamuge…
Dhn vx avahah up kohdheynvy nu
vaahk kiyumah vure nukiyun kanneyge dhen emme rangalhu vaany
Inthizaar koh koh ethah dhuvaheh vaairu vx vaahk eh nugenesdhevey…. komme vaahk eh fashaafa vx bunaane baraabarah vaahk genesdheynamey… mifaharaku eheneh nuvaaney..
Dhe part dheytherey thihaa gap bodukuranyaa jeheny anehka alun vaahk fashaigen kiyan…. huvaa mi buny mii bodu museebaatheh… mi ah vure rangalhuvaane dhen dhuvahaku vx vaahk eh nukeema..
ehenvey abadhu nimmaafa hunna vaahk thah kiyan jeheny…
Huvaa mibuny masheh dhen Nayaa ge vaahaka eh nukiyaanan
Nayaa ge vaahaka thah kiyan beynun nuvaa meehun nukiya thibeema veenun….. Nayaa eh noolhe nayaa ge vaahaka thah kiyaane meehun nuvegenneh… Vaahaka las vegen comment kuraa iru vaahaka las vee sababeh ves onnaane kan handhaan battabala….. Eii adhi nookashi furaige zuvaan anhen kujjekey….. Bodethi meehun thakeh thi faadu comment kuranyyaa evaru kujjegge hithah ves asaru kuraane kanneynge dho….. Magey hiyy bunany hama konmes sababeh onnaane ey e manje vaahaka ehaa las vumuge fahathuga….. Kiyuntherin ge haisiyyathun aharumennah kureveyne enme bodu kamakeee mikahala dhandivalhu thakuga hivvaruge basthah bunedhee, kehtheri kamaa eku inthizaaru kurun…. Ehen noonas nayaa ge vaahaka las vegen e vaahaka dhakkaa iru mi site ga eba ulhey vaahaka liyun ekkoh huttaalaafa thibi meehun ves….. Nayaa vaa vaahaka las viyas ekkoh ninmaathaa eba…… Thedhah bunanyyaa mi site ga mihaaru kiyaa hivvaa kahala vaahaka akah othee ves mi vaahaka ekani…. enme soalha sathaara varakah aharuge kuda anhen kujjaku kaleymen kahala bodethi anhenunnaa firihenun hiyy hama jassailadheyn mi kuraa masakkathuge agu kaleymennah ihusaas veytha?? Thankolheh bodethi vebala thiyah vure…. Meehaku ladhun ves maru vedhaane…. Vaahaka las vaa vaahaka thiyah vure reethi koh ves mivaruge kujjeh gaathu buneveyne goiyy thah hunnaane hen mashah heevanee…….
Nayaa dhooyya saabahey thi kuraa hivvarah!!