“ޔަލް..” ޔަލީންގެ ވާހަކަ މެދުކަނޑައިލަމުން އާރާ ގޮވައިލުމާއެކު ޔަލީން ހޫމް ލައްވައިލާފައި، ކުރިމަތީގައި ހުރި މިލްކްޝޭކް ތަށި ބޯންފެށިއެވެ.
“ޔަލް ޒައުލްއާ ރައްޓެހިވެގެން އުޅެ އިރުވެސް ޝަޔާމް ދެކެތަ ލޯބި ވަނީ..؟” އާރާގެ ސުވާލުން ހޮޅީގައި ތުން ޖަހައިގެން އިން ޔަލީން ދިޔައީ ކޮށިއަރައިގެންނެވެ. ޔަލީން ހަމައަކަށް އެޅުނީވެސް ހައެއްކަ ފަހަރު ކެއްސައިލާފައި، ފެންފޮދެއް ބޯލި ފަހުންނެވެ. ކަރުކެހެލަމުން ޔަލީން އާރާއާ ދިމާއަށް ބަލައިލީ ދެންމެ އާރާ އެ ކުރި ސުވާލު އަޑު އިވުނީ ރަނގަޅަށް ކަމާއި މެދު އެ ހިތުގައި ޝައްކު އުފެދިފައި ވީތީއެވެ.
“ވަޓް؟! ޒައުލްއާ ރައްޓެހި ވެގެންނޭ..؟” ޔަލީނަށް އަހައިލެވުނީ ގަބޫލު ކުރަން ދަތިވުމުންނެވެ.
“ޔަލް ޕްލީޒް.. އިތުރަށް އަހަންނަށް އޮޅުވައިލަން މަސައްކަތް ނުކުރޭ.. އަހަންނަށް އެނގެޔޭ ހުރިހާ ކަމެއް ވެސް.. މިދިޔަ ހޯމަ ދުވަހު ހަވީރު ޔަލްއާ ޒައުލް މި ރެސްޓޯރެންޓުގަ ތިބެގެން ދެއްކި ވާހަކަ އަހަންނަށް އަޑު އިވުނޭ..” ޔަލީން އަދިވެސް އޭނާއަށް ކަންތައްތައް ސިއްރު ކުރަން އުޅުމުން އާރާ ހިތްހަމަނުޖެހުނެވެ.
“އަހަރުމެން ކޮން ދެއްކި ކޮން ވާހަކައެއްގެ ކިހައި ހިސާބެއްތަ އާރޫއަށް އަޑު އިވުނީ..؟” ހިސާބަކަށް ވީ ކަންތައް އޮޅުންފިލުމާއެކު ޔަލީން އަހައިލީ އިތުރަށް ޔަގީން ކުރުމަށެވެ.
“ޒައުލް ޔަލް ދެކެ ލޯބިވެޔޭ ބުނާ އަޑު އެހިން.. ޔަލް ވެސް އެ ބަސް ތަކުރާރު ކުރި.. ދެމީހުން ތިބީވެސް އަތުގުޅުވައިގެން..” އިސްދަށަަށް ޖަހައިލަމުން އާރާ ބުނެލީ އެ މަންޒަރު ސިފަވުމުން އަދިވެސް އެ ހިތަށް އުނދަގޫ ވާތީއެވެ. ވީ ގޮތް އެނގުމުންނާއި އާރާގެ މޫނުމައްޗަށް އެރި ކުލަވަރުތަކުން ޔަލީނަށް އޭނާގެ ހުނުމެއް ނުހިފެހެއްޓުނެވެ. ޔަލީން ހޭން ފެށުމުން އާރާއަށް ޔަލީނާ ދިމާއަށް ބަލައިލެވުނީ ގަބޫލު ނުކުރެވިފައި އިނދެއެވެ.
“އަޅެ އާރޫ ތީ ތިހައި މޮޔަ ކުއްޖެއް ކަމަށް އަހަރެން ހިޔެއްވެސް ނުކުރަން.. އަޅޭ.. އާރޫއަށް ތި އިވުނީ އަހަރެމެން ދެއްކި ވާހަކައިގެ އެއްބައި.. އޭގެ ތަންކޮޅެއް ކުރިން ނޫނީ ތަންކޮޅެއް ފަހުން އާރޫއަށް އާދެވުނު ނަމަވެސް ކަންތައް ވީ ގޮތް ރީއްޗަށް އެނގުނީސް..” ޔަލީން ބުނެލި ވާހަކައިން އާރާގެ ސިކުނޑީގައި އުފެދިގަތީ ސުވާލުތަކެކެވެ.
“އަހަރެން ހުރީ ޒައުލް އަމިއްލައަށް އާރޫ ގާތު ބުނަން ދެން މި ވާހަކަ އާރޫ ގާތު ނުބުނަން.. އެކަމް މިހާރު ކަންތައް ގޮއްސަ މި އޮތް ހިސާބުން ނެތް ކަންނޭނގެ ނުބުނެ ވާކަށް.. އާރޫ.. ޒައުލް ލޯބި ވަނީ އަހަރެން ދެކެއެއް ނޫން.. އާރޫ ދެކެ..” ޔަލީން ބުނެލި ވާހަކައިން އާރާއަށް ދެލޯ ބޮޑުކޮށްލެވުނީ ސިހުނު ވަރުންނެވެ. ހަމަ އެއާއެކު އެ ހިތުގައި އުފާވެރި ކަމުގެ ރާގެއް ކުޅެވެން ފެށުނީ އިޚްތިޔާރަކައި ނުލައެވެ.
“ރަނގަޅު.. އެދުވަހު ޒައުލް ބުނި އަހަރެން ދެކެ ލޯބިވެޔޭ.. އެކަމް އެއީކީ އާރޫ ތި ހީކުރާހާ ކަހަލަ ލޯތްބެއް ނޫން.. ޒައުލްއާ އަހަންނާ ދެމެދުގަ އޮންނަނީ ސިބްލިންގް ޓައިޕް އޮފް ލަވް އެއް.. އެދުވަހު ވެސް މިތަނުން ޒައުލް އަހަންނާ ދިމާކުރީ އާރޫގެ ވާހަކަ ދައްކަން.. އާރޫއަށް ކޮންފެސް ކުރަން އަހަރެން ޒައުލްއަށް ހިތްވަރު ދިނީމަ އެ ދުވަހު ޒައުލް އަހަރެން ދެކެ މާ ލޯބި އަރައިގަނެގެން އުޅުނީވެސް.. އެހެންނޫނަސް އަހަރެން ހައިރާން ވެއްޖެ އާރޫއަށް ތިކަހަލަ އެއްޗެއް ހީވީމަ ވެސް.. ހީވޭތަ އަހަންނަށް ޒައުލް ކަމުދާނެޔޭ؟ ދެން ޗީޑި.. ޒައުލް އަކީ އަހަރެންގެ ޓައިޕް ނޫން ކަން ވެސް އެންމެ ރަނގަޅަށް އެނގޭނީ ހަމަ އާރޫއަށް.. އެހެން ނޫނަސް އަހަންނަށް އެނގޭ އާރޫ ނުބުންޏަސް އާރޫ ވެސް ލޯބިވަނީ ޒައުލް ދެކެ ކަން.. ދެން އެހެންވީމަ އާރޫއަށް އެވަރުގެ ބޮޑު ދެރައެއް ދޭން އަހަރެން އަމުދުން ވިސްނާނެތަ..؟” ޔަލީން ދެއްކި ވާހަކައިން އާރާ ދެރަވީ އެފަދަ ކަމެއްގައި އެންމެ ގާތް އެކުވެރިޔާއަށް ޝައްކު ކުރެވުނީމައެވެ. ދުވަހެއްގެ ކޮޅުން ވެސް ޔަލީންއަކީ އޭނާއަށް ދެރައެއް ދޭނެ ފަރާތެއް ނޫން ކަން މިއަދު އޭނާއަށް ޔަގީން ވެއްޖެއެވެ. ކުރިން ވެސް ލޯމައްޗަށް ފެނުނު މަންޒަރުގެ ހަގީގަތް ފުރަތަމަ އެހުނު ނަމައެވެ. އެހެންނޫން ނަމަ އާރާ އެދުވަހު ވެސް ދެރަވާކަށް ނުޖެހުނީހެވެ.
“ސޮރީ ޔަލް.. އަހަރެން.. އަހަންނަކަށް ނޭނގެ އެދުވަހު ވެފަ ހުރި ގޮތެއް ވެސް.. އެ ވާހަކަ އަޑު އިވުނީމަ ފާޑެއްގެ ގޮތެއް ވީ.. ޔަލް ގާތު ނޫނީ ޒައުލް ގާތު އަހައިލާނެ ހިތްވަރެއް ވެސް ނުލިބުނު..” އިސްދަށަށް ޖަހައިލަމުން އާރާ ބުނެލީ ހަގީގަތުގައި ވެސް ދެރަވެފައި އިނދެއެވެ.
“އަޅޭ އާރޫ.. އެހެންވެތަ އާރޫ މިދޭތެރެއިން އަހަރުމެންނާ މާ ޑިސްޓެންޓް ވީ..؟ އެކަމާ އާރޫ ދެރަވީތަ..؟” ޔަލީން އަހައިލުމުން އާރާ ބޯޖަހައިލީ އިތުރަށް އެއްވެސް ކަމެއް ނުފޮރުވުމަށެވެ.
“އެހެންވީމަ އޭގެ މާނައަކީ އާރޫ ވެސް ޒައުލް ދެކެ ލޯބިވެޔޭ ދޯ..؟” ޔަލީން އެހެން އަހައިލުމުން މިފަހަރު އާރާގެ ތުންފަތަށް ވެރިވި ލަދުރަކި ހިނިތުންވުން ޔަލީންގެ ތޫނު ދެލޮލަށް ސިއްރުވެގެނެއް ނުދިޔައެވެ.
“އާރޫ.. ޒައުލް އެ ހުންނަނީ ފިނޑި ކަމުން އާރޫ ކައިރި ބުނަން ނުކެރިފަ އަދިވެސް.. ޒައުލްއަށް ހީވަނީ ކުރިން އުޅެވިފަ ހުރި ގޮތުން އާރޫ ހިތްހަމަ ނުޖެހޭނެޔޭ.. އަދި މީހުން ދައްކާ ވާހަކަތަކަށް ވެސް އެވަރަށް ބަލާ.. ޔަލް ވެސް ބުނިން ޒައުލް ކައިރި އެ ހުރިހާ ކަމެއް ދޫކޮސްލާފަ މިހާރު ހަމައެކަނި އާރޫއާ ދޭތެރޭ ވިސްނާށޭ.. އާރޫއަށް ވެސް އެނގެއެއްނު ޒައުލް ޗޭންޖްވި ވަރު.. އެއީވެސް އާރޫއަށް ޓަކައި، އާރޫގެ ރުހުން ހޯދަން ޒައުލް ކުރި ކަމެއް..” ޔަލީންގެ ވާހަކަތަކަށް ދޭނެ ޖަވާބެއް އާރާއަކަށް ނޭނގުނެވެ.
“އެކަމް ޔަލް.. އަހަރެމެންނަކީ ކަޒިންސްއޭ.. މީހުން ހާދަ-” އާރާގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ޔަލީން ވާހަކަ ދައްކަން ފެށިއެވެ.
“އަނެއްކާވެސް އެ ވާހަކަ.. އާރޫ ކައިރި ބުނެފީމެއްނު ތިކަމާ ދޭތެރޭ ނުވިސްނާށޭ.. އެއްފަހަރު ޒައުލް އަތުން ބީވެގެން ދިޔަ އިރު ކުރެވުނު އިހުސާސް ދެވަނަ ފަހަރު ތަކުރާރުވާން އާރޫ ބޭނުންތަ..؟” ޔަލީން އެ ސުވާލު ކުރުމާއެކު އާރާއަށް ވަގުތުން ތެޅިގަނެފައި ދެފަރާތަށް ބޯ ހޫރުވައިލެވުނީ އެފަދަ ވޭނެއް ދެވަނަ ފަހަރަށް ތަޙައްމަލް ކުރަން އެހިތަށް ކުޅަދާން ނުވާނެތީއެވެ.
“ޔަލްއަށް ފެންނަނީ އާރޫ ފުރަތަމަ ޒައުލް ގާތު ބުނަން.. އޭރުން ޒައުލް ވަރަށް ސަޕްރައިޒް ވާނެ.. އޭނަ ފިނޑި ކަމުން ހުރެދާނެ އުމުރު ދުވަހުވެސް ހިތުގަ ފޮރުވައިގެން..” ޔަލީން އެހެން ބުނުމާއެކު އާރާ ވަގުތުން އޭނައަކަށް ނުކެރޭނެޔޭ ބުނެލީ ލަދުވެތި ހިނިތުންވުމަކާ އެކީއެވެ.
“ޕިސް ޕިސް.. އެއްވަރުުގެ ފިނޑި ދެމީހުން… ދެން ތިދެމީހުން ޖައްސަން އުޅެން ހަދައިގެން މިހާރު މަގޭ ބޮލުން ވެސް އިސްތަށި ފައިބާ އެބަ.. މަށަކަށް ނުވާނެ މިކަމެއް..” ޔަލީން އިނީ އާރާއާއި ޒައުލް އުޅޭ ގޮތުން ބޯގޮވާފައެވެ. ދެމީހުންނަށްވެސް ދެމީހުން ވެސް ލޯބިވާ ކަން އެނގޭ އިރުވެސް ނުބުނެ އެ ތިބެނީ ކީއްވެ ކަމެއް ޔަލީނަކަށް ނުވިސްނެއެވެ.
“އޯކޭ އޯކޭ.. އާރޫ ބުނާނަން ޒައުލް ގާތު.. ކޮންމެސް އިރަކުން އެގެޔަށް ދާނަން.. އާރޫ ބޭނުމީ ފޭސް ޓު ފޭސް ކޮށް ކޮންފެސް ކުރަން..” ޚުދު އާރާއަށް ވެސް އެހެން ބުނެވުނީތީ ހައިރާން ވެވުނެވެ. އެހައި ކެރިގެން އެފަދަ ކަމެއް ކުރަން އާރާ ނިންމީތީ ޔަލީން އަދި ވަކިން އުފާވިއެވެ.
“ނޯ ވޭ! ހަމަ މަގޭ އާރޫ ތަ ދެންމެ އެހެން އެ ބުނީ..؟ މާޝާﷲ! ލޯބި ވެވުނީމަ އާރޫއަށް ވެސް ބަދަލެއް އައިސްފިއޭ ދޯ.. ދެން ބުނެބަލަ ކިހިނެއް ހަދަންތަ ތި ވިސްނަނީ..؟ ވަރަށް ސްޕެޝަލް ކޮށްލަން ވާނެއެއްނު..” ޔަލީން ބުނެލީ ހިތުގެ އަޑިން އާރާއަށް ޓަކައި އުފާވެފައި އިނދެއެވެ.
“ނޫން ދެން އެހައި ގޮތްބޮޑު ކުރާ އެއްޗެއް ނޫން.. އަހަންނަށް އެނގޭ ކުރަންވީ ކަންތައް..” އާރާ އެހެން ބުނުމުން ޔަލީން ވެސް ހަތިޔާރު ބަހައްޓާފައި ހުރިހާ ކަމެއް އާރާގެ އަތްމައްޗަށް ދޫކޮށްލިއެވެ.
ދެކުދިން ވާހަކަ ދައްކައިލަން ތިބެފައި އޭގެ އިރުކޮޅެއް ފަހުން ރެސްޓޯރެންޓުން ނުކުތީ ހަވީރުވާން ކައިރިވެފައި ހުރުމުންނެވެ. ދެކުދިން ވެސް އިންތިހާއަށް ވަރުބަލިވެފައި ހުރުމުން ބޭނުންވީ އަވަހަށް ގެއަށް ގޮސް ތާޒާ ވެލައިގެން އަރާމު ކޮށްލާށެވެ.
ޑިއުޓީ ނިންމައިލުމަށްފަހު ގެއަށް ދާން އުޅޫނު މަގުމަތީގައި ގާޑެން ރެސްޓޯރެންޓު ހުންނަ މަގަށް ޝަޔާމް އެޅީ އެމަގުން ޔަލީން ފެނިދާނެ ކަމަކަށް ނޫނެވެ. އެހެންނަމަވެސް އެވަގުތު އެ ރެސްޓޯރެންޓުން ނުކުމެގެން އައި ޔަލީން ފެނުމުން ޝަޔާމަށް ވަގުތުން ސައިކަލުގެ ބުރަކި ޖައްސައިލެވުނެވެ. އިސްވެ ޔަލީން ކައިރިއަށް ދިޔުމަށް އެދި އެ ހިތް ގޮވައިލި ނަމަވެސް، ހިތުގެ އެދުމަށް އިޖާބަދޭހައި ހިތްވަރެއް ޝަޔާމްގެ ނެތް ފަދައެވެ. ޔަލީން އެ މަގުން ގޮސް އަޅަން ދެން ވެސް ޝަޔާމަށް ކުރެވުނުހައިވެސް ކަމަކީ ބަލަން އިނުމެވެ.
ލޯ ކުރިމަތިން ޔަލީން ގެއްލުމާއެކު ހަމަބިމަށް އާދެވުނު މީހަކު ފަދައިން ޝަޔާމް ދެފަރާތަށް ބޯ ހޫރުވައިލާފައި، ނިތުގައި ދެފަހަރަކު ޖެއްސެވެ. ޚުދު އޭނާއަށް އަމިއްލައަށް ވެސް އޭނާއަށް އެ ވަމުން ދާ ގޮތްތަކެއް ނޭނގެއެވެ. ޔަލީން އޭނާގެ ދިރިއުޅުމުން ދުރަށް ދިޔުމުން އެކަމާ އުފާ ކުރަން ބޭނުންވި ނަމަވެސް އެކަން އެގޮތަށް ނުވެގެން އެ އުޅެނީ ކީއްވެގެންކަމާއި މެދުގައި ޝަޔާމަށް އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ހިތަށް އެރި އެއްޗަކުން އަވަސްއަވަހަށް ދެފަރާތަށް ބޯ ހޫރުވައިލެވުނު އިރު، އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ. އޭނާ ބޭނުންވީ ވަގުތުން ޔަލީންގެ ހަނދާންތަކާ ދުރަށް ދާށެވެ. އެ އުނދަގޫ ބޮޑު އަންހެން ކުއްޖާގެ ހިޔަނި ވެސް ދެވަނަ ފަހަރަށް އެ ދިރިއުޅުމަށް ނޭޅޭ ވަރު ކުރާށެވެ. ނަމަވެސް ޝަޔާމްގެ ހިތުގެ ކަނަކުން ގޮވަމުން ދިޔައީ މުޅީން ތަފާތު ވާހަކައެކެވެ. އެހެނަސް އެ ގޮވުމަށް އިޖާބަދޭ ވަރަށް ވުރެ ޝަޔާމްގެ ހިތް ހަރީ ކަންނޭނގެއެވެ.
*** ** ***
ސީލިންގަށް ނަޒަރު ހުއްޓާލައިގެން އެނދުމަތީގައި އޮތް އަޒަލް ހީވަނީ ދިރުމެއް ނެތް މައްޔިތެއް ހެންނެވެ. އެ ދިގު އިސްތަށިގަނޑު ބާލީސް މަތީގައި ފެތުރިފައި އޮތް އިރު އެ ކޯތާފަތުގައި ނުހިކި ހުރި ކަރުނައިގެ ނިޝާންތަކުންނާއި، ރަތްވެ ދުޅަވެފައިވީ ދެލޮލުން އޭނާ އެ ހުރީ ވަރަށް ރޮއެފައި ކަން ދޭހަވާހައި ވެއެވެ. އެ ހާދިިސާއަށް ދެ ހަފްތާ ވީ އިރުވެސް އަޒަލްގެ ހާލަތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އޮފީހުން ވެސް ތިން ހަފްތާގެ ޗުއްޓީއެއް ނަގާފައި އަޒަލް އަބަދު އޮންނަނީ ގޭގައެވެ. ކެއުމާވެސް އިންތިހާއަށް ދުރުވެފައި ވީ ނަމަވެސް އެކަމާ ދޭތެރޭގައި ޒާރާމެން އެހައި ކަންބޮޑު ނުވަނީ، މި ދެދުވަހު އަޒަލް ހުން އައިސް އުޅުނީތީއެވެ. އަޒަލް އޮފީހަށް ނުގޮސް އަަބަދު ކޮޓަރީގައި އޮންނަނީ އެހެންވެ ކަމަށް ޒާރާއަށާއި އަފާންއަށް ހީކުރެވުނެވެ.
“ދަރިފުޅާ އަޒް.. އެއްޗެއް ކާންވީނު..” އަޒަލްގެ ކޮޓަރިއަށް ވަދެގެން އައި ޒާރާ ބުނުމުން އަޒަލް ވަގުތުން ދެކޮޅު ހެދިއެވެ.
“އަދިވެސް ހުން މަޑެއް ނުވޭ.. ދެން ޑޮކްޓަރަށް ދައްކަން ދާންވީނު..” އަޒަލްގެ ނިތްކުރީގައި އަތް ބާއްވައިލަމުން ޒާރާ ބުނެލީ ކަންބޮޑުވެފައެވެ. އެހެންނަމަވެސް އެކަމަށް އަޒަލް އަނެއްކާވެސް ދެކޮޅު ހެދިއެވެ.
“އެކަމު ދަރިފުޅު ތިހެން އެއްޗެއް ނުކައި ނުބޮއެ ހޮސްޕިޓަލަށް ނުގޮސް އޮތަކަށް ރަނގަޅެއް ނުވާނެ..” އެވަގުތު ކޮޓަރިއަށް ވަދެގެން އައި އަފާން ވެސް ބުނެލިއެވެ.
“އޯކޭ ވާނޭ ބައްޕާ.. ބޭސް ކެއީމަ ރަނގަޅު ވެދާނެ..” އަޒަލްއަށް އެހެން ބުނެވުނުތަނާހެން އާރާ ކޮޓަރިއަށް ވަނެވެ.
“ދޮންތީ.. ޔައިބެ އެބަހުތި ދޮންތި ހޯދަން އައިސް..” އާރާ އެހެން ބުނުމުން އަފާންއަށާއި ޒާރާއަށް އެކަކު އަނެކަކާ ދިމާއަށް ބަލައިލާފައި، ލާނެތް ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. މިކަން ނުދެނަހުރި އަޒަލް އުނދަގޫ ގޮތަކަށް ތެދުވަމުން، އިސްތަށިގަނޑު އައްސައިލާފައި، ހެޑްބޯޑް މަތީގައި އޮތް ކުޑަ ވަށް ބުރުގާކޮޅު ބޮލަށް ބޮލަށް މަހައިލަމުން އާރާ ގާތު ޔައިލް ވައްދާށޭ ބުނެލިއެވެ.
އެއާއެކު ކޮޓަރިއަށް ވަދެގެން އައި ޔައިލްގެ އަތުގައި އޮތް ނޫކުލައިގެ މާބޮނޑި ފެނިފައި އަޒަލްގެ ދެލޯ ބޮޑުވި އިރު، ޒާރާއާއި އަފާންގެ ހިނިތުންވުން ފުޅާވިއެވެ. ވަގުތުން ޒާރާ އަފާންގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ކޮޓަރިން ނެރުނު އިރު، ވީ ގޮތް ނަގައިގަނެވުމާއެކު އާރާ ވެސް ކޮޓަރިން ނުކުތެވެ.
އެންމެ ހުސްވެ، ދެމީހުން އެކަނިވުމާއެކު ޔައިލް ލަސް ފިޔަވަޅުތަކެއްގައި ގޮސް އަޒަލްގެ މަގަތުގައި އިށީނދެފައި، އަޒަލްއަށް މާ ބޮނޑި ދިއްކޮށްލިއެވެ.
“ބްލޫ ޓޫލިޕްސް.. ޔައިލް އަދިވެސް ހަނދާން އެބަހުރިތަ..؟” މާބޮނޑީގައި ހިފި އަޒަލްގެ ހަނދާނަށް އައީ މީގެ ކުރިން ވެސް އަޒަލް ބަލިވެއްޖެ ނަމަ އަބަދުވެސް ޔައިލް އޭނާއަށް ނޫކުލައިގެ ޓޫލިޕް މާ ބޮނޑިއެއް ގެނެސްދޭ މަތިން ހަނދާން ވުމުންނެވެ.
“އަހަރުމެންގެ ޓްރެޑިޝަން ކިހިނެއްތަ ހަނދާން ނައްތައިލެވޭނީ..؟ ކުޑަ އިރު އަޒް ބަލިވާ ކޮންމެ ފަހަރަކު އަހަރެން ބްލޫ ޓޫލިޕް ބުކޭއެއް ދެމެއްނު.. އެކަމް ފަހުންފަހުން އައިސް އަޒް މާ ވިޔަރި ގަދަވާތީ ޖަރމްސް ވެސް އަޒް ދެކެ ބިރުން އުޅޭތީ ކަންނޭނގެ އަޒް ބަލި ނުވަނީ.. ހާދަ ދުވަހެއް ފަހުންނޭ އަނެއްކާވެސް އަހަންނަށް އަޒްއަށް މާބޮނޑިއެއް ދިނުމުގެ ނަސީބު މި ލިބުނީ..” ފުޅާ ހިނިތުންވުމަކާއެކީ ޔައިލް ބުނެލީ އެ މާބޮނޑިން ވަސްބަލައިލި އަޒަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި މަންޒަރު ފެނުމުންނެވެ. ދުވަސްތަކަކަށް ފަހު އަޒަލް އެގޮތަށް ހިނިތުންވީ މަންޒަރު ފެނުމުން ޔައިލްގެ ހިތް އުފަލުން ފުރިގެން ދިިޔައެވެ.
“ދިސް އިސް ސޯ ސްވީޓް އިއްލު.. އައި ލަވް ޔޫ ސޯ މަޗް..” ކުޑައިރު ޔައިލްއާ މުޚާތަބު ކުރާ ނަމުން ގޮވައިލުމަށް ފަހު އަޒަލް ޔައިލްގެ ކަރުގައި ދެއަތް ވަށައިލީ ހިތަށް ލިބުނު އުފާވެރި ކަމެއްގެ ސަބަބުންނެވެ. އަޒަލްގެ ދުލުން އެންމެ ފަހުން ބޭރުވި ފަސް ލަފްޒުގެ ޖުމުލަ ބުނީ އޭނާ ބޭނުންވި މާނައިގައި ނޫން ކަމުގައި ވިޔަސް، އެ ޖުމުލައިން ޔައިލްގެ ހިތް އުފަލުން ފުރިގެން އައީ ލިބުނު ހިތްހަމަ ޖެހުމަކުންނެވެ.
“އައި ލަވް ޔޫ މޯރ އަޒް.. އަޒް އުފަލުން ހުރިއްޔާ އަހަންނަށް އެ ނިމުނީ..” ދެއަތުން އަޒަލްގެ ހަށިގަނޑުގައި އަތް ވަށައިލަމުން ޔައިލް ބުނެލީ ހިތުގެ އަޑިންނެވެ.
ދެމީހުން ވެސް އެކަކު އަނެކަކު ދެކެ ލޯބިވާ ވާހަކަ ބުނީ މުޅިން ތަފާތު މާނައެއްގައި ކަމުގައި ވިޔަސް، ދޮރުމަތީގައި އެ ވާހަކަތައް އަޑު އަހަން ތިބި ޒާރާއަށާއި އަފާންއަށް އެކަން ނެގުނީ މުޅިން އެހެން މާނައެއްގައެވެ. ދެމީހުންގެ ހިތްވެސް އުފަލުން ފޮޅުނީ އެދެމީހުންގެ ލޮލުގެ ނޫރު ކަމުގައިވާ ދަރިފުޅަށް ޔައިލް ފަދަ ރަނގަޅު، ލޯބިވާ ބައިވެރިއަކު ލިބުނީތީއެވެ.
“އޯކޭ ދެން މިހާރުވެސް މާ ގިނައިން އަޑު އެހިއްޖެ.. ދެން ހިނގާ ދާން.. އެދެކުދިންގެ ޕްރައިވެސީއަށް ވެސް ރެސްޕެކްޓް ކުރަން ވާނެ..” ޒާރާ އެހެން ބުނެފައި އަފާންގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް އެތަނުން ގެންދިޔައީ އަފާން ދެކޮޅު ހަދަ ހަދައި ހުއްޓައެވެ. ކޮންމެއަކަސް، ދެވަނަ ފަހަރަށް ވެސް، ދެކެވުނު ވާހަކައިގެ އެއްބައި އަޑު އިވިފައި، ޙަޤީޤަތް ފަރުދާވެފައި އޮތުމަކީ، މިފަހަރުވެސް ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ.
“ހޫމް ދެން ބުނެބަލަ.. އަޒް މިހާރު ކިހިނެއްތަ..؟ މި ބުނީ އެއްކަލަ ކަންތަކާ..؟” އިރުކޮޅެއްގެ އުފާވެރިކަމަކަށް ފަހު ޔައިލް އެހެން އަހައިލުމާއެކު އަޒަލް ގެ ތުންފަތުގައިވީ ހިނިތުންވުން ވަގުތުން ފަނޑުވިއެވެ.
“ޔައިލް.. އަހަރެން ވަރަށް ބަލަން ނުވިސްނައި ވޭތޯ.. އެކަމް ނުވިސްނަން ހުއްޓަސް ވެސް ވިސްނެނީ.. އެދުވަހު ޔައިލް ހުރިހާ އެއްޗަކުން ރިއާން ބްލޮކް ކޮށްލި ފަހުން ރިއާންގެ ހަބަރެއް ވެސް ނުވޭ.. އެކަމަކު އަހަރެން ބޭނުން އަހަން ރިއާން ގާތު.. އަހަރެން ބޭނުން އަހަން އަހަރެން އެހައި ލޯބިވީ އިރު އަހަންނަށް އެހައި ބޮޑު ދޯކާއެއް ދިނީ ކީއްވެގެންތޯ.. އެކަމަކު އަހަރެން ބޭނުމެއް ނޫން ދެން ދުވަހަކު ރިއާންއާ ދިމާވާކަށް ވެސް.. އެއީ ދެންވެސް ރިއާން ފެނިއްޖެއްޔާ އަހަންނަށް އަހަރެންގެ އިހުސާސްތައް ކޮންޓްރޯލް ނުކުރެވޭނެކަން އެނގޭތީ..” އަޒަލްގެ ވާހަކަތައް އަޑު އަހަން ޔައިލް ކެތްތެރިކަމާއެކީ އިނުމުން އަޒަލް ބޭނުންވީ ހިތުގައިވީ ހުރިހާ އުދާސްތަކެއް ޔައިލްއާ ހިއްސާ ކުރާށެވެ.
“އަހަރެން ބޭނުމެއް ނޫން ދެން ރިއާންއެއް.. އަސްލުވެސް އެދުވަހު ޔައިލް ބުނީ ތެދެއް.. ރިއާންއާ ހަދައި އަހަންނަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިއްސި.. އަހަންނަކީ ކުރިން އެހައި ނައިވް މީހެއް ނޫން.. އެކަމް ރިއާންއަށް އިތުބާރު ކުރެވެން ފެށުނީ ކިހިނެއް ކަމެއް ވެސް ނޭނގޭ.. އަހަންނަށް ބައްޕައަށް ދޮގު ހަދަން ވެސް ފެށުނު.. އަހަރެންގެ މަސައްކަތާ ވެސް ދުރު ވެވުނު.. މީހުންގެ ތެރޭގަ އުޅެން ފޫހިވި.. އަހަރެން ރޯން ނުޖެހޭ އެންމެ ދުވަހެއް މި ފާއިތުވި ހަ މަހުގެ ތެރޭގަ ނުދޭ.. އަހަރެން ދެކެ ލޯބިވާ އަހަރެންގެ އާއިލާއާ އެކުވެރިންނާ ވެސް ދުރު ވެވުނު.. މަންމައާއި ބައްޕަ ވެސް އެކަމާ ހިތާމަކޮށް ޝަކުވާ ކުރާ ކަން އަހަރެން ދެނަހުރީމޭ.. އާރޫއާ ޔަލްއާ ޒައުލްއަށް ވެސް އެކުދިންގެ އަޒް ދޮންތި ގެއްލުނީ..” އެހައި ހިސާބަށް ދިޔަތަނާ އަޒަލްއަށް ގިސްލެވެން ފެށުނެވެ.
“އަހަންނަށް ވެސް އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ގެއްލުނު.. އަހަރެންގެ އަޒް އަހަންނަށް ގެއްލުނު..” ކުރެހިފައިވީ އަޑަކުން ޔައިލް އެހެން ބުނުމާއެކު އަޒަލްއަށް ވެސް އަސަރު ކުރީ އޭނާއަށް ޔައިލް ދުރުކޮށްލެވުނު ގޮތް ހަނދާން ވުމުންނެވެ. ދެދުވަހަކު ދިމާވި ގޮތްނޭނގޭ ފިރިހނަކަށް ޓަކައި މުޅި ޙަޔާތް ހުސްކޮށްލެވުނު އިރު، އެންމެ ތުއްތު އިރުއްސުރެ ދެގޮތެއް ނުވެ އޭނާގެ ގާތުގައި ހުރި އެންމެ ގާތް އެކުވެރިޔާގެ މަތިން އޭނާ ހަނދާނެއް ވެސް ނެތެވެ.
“އައިމް ސޯ ސޮރީ ޔައިލް.. ދެން ދުވަހަކުވެސް އެހެނެއް ނުވާނެ.. އައި ޕްރޮމިޒް..” ޔައިލްގެ ގައިގައި ބައްދައިލަމުން އަޒަލް ބުނެލީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ.
“އިޓްސް އޯކޭއޭ އަޒް.. ދެން ފަހަރަކުންވެސް އެގޮތަށް އެހެން މީހަކަށް އެހަިއ ފަސޭހައިން ޓްރަސްޓް ނުކުރާތި.. އަހަރެން އަބަދުވެސް ބުނާ އެއްޗެއް ބުނަނީ އަޒްއަށް ރަނގަޅަކަށް.. އަޒްގެ އުފަލަށް ހުރަސް އަޅާކަށް ނޫން.. އެކަން ހަނދާން ކުރައްޗޭ..” އަޒަލްގެ ބޮލުގައި ފިރުމަމުން ޔައިލް ބުނެލީ އަޒަލްއަށް ވިސްނައިދޭ ރާގަކަށެވެ.
“ޔައިލް.. އަސްލު ރިއާން އެ ބޭވަފާތެރވީ އަހަންނަކަށް ނޫން.. ރިއާންގެ އަންހެނުންނަށް.. އޭނައަށް މިކަން އެނގިއްޖެއްޔާ ހާދަ ދެރަވާނޭ ޔައިލް.. ނޭނގެ ކީއްވެގެން ކަމެއް.. އެކަމަކު އޭނަ އެ އަނދިރި ގަނޑުގެ ތެރޭގަ ބަހައްޓާކަށް އަހަންނެއް ބޭނުމެއް ނޫން.. ބައެއް ފަހަރު ހިތަށް އަރާ.. ހިތަށް އަރާ.. އަހަންނާ ހެދިއޭ އެ އަންހެން ކުއްޖާއަށް ހުރިހައި ދެރައެއް އެ ލިބުނީ..” އަޒަލްގެ އަޑުގައިވީ މަޑުމޮޅިކަން ޔައިލްއަށް ސިއްރެއް ނުވިއެވެ.
“ޝްޝް އަޒް.. އެއީ އަޒްގެ ކުށެއް ނޫނޭ.. ޑޯންޓް ބްލޭމް ޔޯރސެލްފް ފޯރ އިޓް އިނގޭ.. އެއީ އެއްގޮތަކަށްވެސް އަޒްއާ ހަދައި ވީ ގޮތެއް ނޫން.. އަޒްއަކަށް ވެސް ނޭނގެއެއްނު އޭނަ އުޅުނީ މެރީ ކޮށްގެން ކަމެއް.. ސޯ އިޓްސް އޯކޭ..” އިހުނަށްވުރެ ބާރަށް އަޒަލްގެ ގައިގައި ބައްދައިލަމުން ޔައިލް ބުނެލީ، އެކަމުގައި އަޒަލް އަމިއްލަ ނަފްސު ކުށްވެރި ކުރާކަން އެނގުމުން ދެރަވެފައި ހުރެއެވެ.
“އެކަމަކު އަހަރެން ބޭނުން ލިއުޝާއަށް ހަގީގަތް ކިޔައިދޭން.. ޕްލީޒް.. ޔައިލް އަހަންނަށް ހެލްޕް ވާނަން ދޯ..؟ އަހަރެން ބޭނުމެއް ނޫން އޭނައަށް ވާނެ ގޮތެއް ވާން ދޫކޮށްލާކަށް..” އަޒަލް އެދުމާއެކު ޔައިލް ވަގުތުން ބޯޖަހައިލީ އަޒަލްގެ އެދުމަކަށް ދުވަހަކުވެސް ފުރަގަސް ނުދޭނަމޭ ބުނާ ފަދައިންނެވެ.
“އަހަންނަށް އެހައި ބޮޑު އޮޅުވައިލުމެއް އޮޅުވައިލި މީހެއްގެ ހަނދާނުގަ އުމުރު ހުސްކުރާކަށް އަހަންނެއް ބޭނުމެއް ނޫން.. މިހާރުވެސް އެކަމަކާ ހުރެ އަހަރެންގެ އެންމެ ގާތް މީހުންނަށް ވަރަށް އަނިޔާ ދެވިއްޖެ.. އިތުރަށް އެކަން ތަކުރާރު ވިޔަކަ ނުދޭނަން.. އަހަރެން ބޭނުން ރިއާން މަތިން ހަނދާން ނައްތައިލާފައި ދިރިއުޅުމައިގެން ކުރިއަށް ދާން.. ޔައިލް އަހަންނަށް އެހީ ވައްޗޭ..” ޔައިލްގެ އަތުގައި ހިފަމުން އަޒަލް ބުނެލީ ސާބިތުކަމާ އެކީއެވެ.
“އަހަރެން ވަރަށް އުފާވެއްޖެ އަޒް ތިގޮތަށް ވިސްނީމަ.. އަހަރެންގެ ސްޓްރޯންގް، ސްމާރޓް އަޒް އަނެއްކާވެސް އަހަންނަށް އަނބުރައި ލިބިއްޖެ.. މިފަހަރު ދެން އެއްވެސް މީހަކު އަހަރެންގެ އަތުން އަޒް ޖަހައިގަތަކަ ނުދޭނަން!” ދެއަތުގެ ތެރޭގައި އަޒަލް ހައްޔަރު ކޮށްލަމުން، ސާބިތުކަމާއެކީ ޔައިލް އެހެން ބުނެލި ނަމަވެސް އޭގައި ފޮރުވިފައިވީ މާނަ ނަގައިގަތުމަށް އަޒަލް ނުކުޅެދުނެވެ. އޭނާވެސް ޔައިލްގެ ހުނުމުގައި ބައިވެރި ވަމުން ދިޔަ އިިރު، ޔައިލްގެ ސަބަބުން ޒަޚަމްވެފައިވީ އެ ހިތަށް ވަގުތީ ފަރުވާއެއް ލިބުނު ފަދައެވެ.
*** ** ***
ލޯގަނޑު ކުރިމަތީގައި ހުރި އާރާ ފަހު ފަހަރަށް އޭނާގެ ސޫރައަށް ބަލައިލިއެވެ. މަޑު ފިޔާތޮށި ކުލައެއްގެ ލިޕްސްޓިކަކުން ތުންފަތް ފަވައިލުން ފިޔަވައި، މޫނުގައި އެއްވެސް މޭކަޕެއް ކޮށްފައި ނެތް ނަމަވެސް އާރާގެ ރީތިކަމަށް އެއްވެސް އުނިކަމެއް ނާދެއެވެ. އަބަދުވެސް ވޫލްކޮޅަކުން ހައްޔަރު ކޮށްލާފައި އޮންނަ ފަން ދިގު އިސްތަށިގަނޑު މިނިވަންކަމާ އެކު ދޫކޮށްލާފައި އޮތް އިރު، އާރާގެ ރީތިކަން ދެގުނަ ވެފައި ވާހެން ހީވެއެވެ.
“ޔޫ ގޮޓް ދިސް އާރާ..” ލޯގަނޑު ކުރިމަތީ ހުއްޓި ހުރެ އަމިއްލަ ނަފްސަށް އަޑު އިވޭ ވަރަށް އެހެން ބުނެލަމުން، އާރާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު އެނދުމަތީގައި އޮތް ފޯނާއި ދަބަސް ނަގަމުން، ކޮޓަރިން ނުކުންނަން ހިނގައިގަތީ ކުރަން އުޅޭ ކަންތަކާއި މެދުގައި ޔަގީންވެފައި ހުރެއެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.







Maasha Allah I feel like this story the story was amazing 😍😍
Whn next part??
Ramadhan Mubarak to you and your family..😊
Thank you darling ❤️
Next part dhen hama thi kudhin beynun vi irakun submit kohlan vee, hehe
Ramadan Mubarak to you and your family too dear
masha allah mi part vs vrh reethi
avaha azal n yail r aara r zaul gulhuvaala
thanks mi part dhigu kohla dhineema
vrh curious koh dhww mi part vs thi ninmaaly
when next???
tc ly nayaa
ramadan mubarak
❤️
Thank you so much dear ❤️
Hehe curious koh ninmaaleema ennu dhen oiy part bodah kiyaa hiyy vaany dho
Next part dhen hama mihaaru ves submit kohlan v..liye nimifa iny..hehe
lyt dear ❤️
Ramadan Mubarak
Maashaa Allah mi part vx varah varah reethi….
Awwn aara gadha…..
Vrh madhu vaane ehn boy kuhjakah propose kuran kerey anhen kudhin….
RAMADAN MUBARAK
Thank youu dear ❤️
Hehe asluves dho
Ramadan Mubarak to you too darl
Nayaa sissy this is so interesting….
Masha Allah your stories are my enjoyment everyday sis…
lysssm 💋
awwh thank youu ❤️
lym nd more ❤️
Mi part ves vv reethi
Ramadan Mubarak nayaa
thank you <3
ramadan mubarak <3
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Yail and azal gulhuvachey
Aara and zaul ves
Shayaam have feelings for yal
They all are made for each other
I appreciate your hard work
Your my fav author
Tc ❤️
Ramadan Mubarak ❤️
Love you naayoo ❤️
thank you dear <33
ramadan mubarak <3
love you more nd more <333
Next part avahah laadheebaa 😩
hehe submit kohlan vee dho mirey
wowww vvv reethi mi part maasha allah
Thank you dear
Nayaa mireyy submit kohladhyyybaaaa beynun vey v kiyaaalan
Ahaa okay dhen mirey submit kohladheyn vee dho thihaa kiyaa hithun readers thibiyyaa
LYSM 🫶🏻😊 nayaa my lovs 😘
lym nd more love ❤️
Maasha Allah mi part ves vrh reethi.. curiously waiting for the next part..
Ramadan Mubarak ✨
Thank you darla ❤️
Ramadan Mubarak 🤍
Yesss Mirey up kolladhee plss
Thx nayu😘💋
Reyga submit kohlaifin..dhen hama admin approval libunuhaa avaheh othy