Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 13

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
August 6, 2022 8 Mins Read
4 Comments

ފްލައިޓު ރަންވޭއިން ނަށްޓާލި މަންޒަރު ބަލަން މިލާންއަށް ހުރެވުނީ ކަރުނަވީ ދެލޮލާއި އެކީއެވެ. ފްލައިޓް ގޮސް ލޮލުކޮޅަށް އޮބާލަންދެން ބަލަން ހުރެފައި، އަފާންމެންނާއި އެކީ މިލާން ހިނގައިގަތީ ގެއަށް ދިޔުމަށެވެ. ކުރިޔަށް މި އޮތީ ދެ ލޯބިވެރިން ކަޑައްތު ކުރަން ޖެހޭ ދިގު، އުނދަގޫ ރާސްތާއެއްކަން ހަނދާން ކުރަމުން މިލާން ކަރުނަތައް ފުހެލިއެވެ. ކުރިޔަށް އަންނަން އޮތް ރޯޅީގެ ގަދަކަން ނޭނގި ހުރެ، މިލާން ދިޔައީ އޭނާގެ ހިތުގެ ޢަޒުމު ވަރުގަދަ ކުރަމުންނެވެ. އަންނަން އުޅޭ ތޫފާނުގެ ހިލަމެއް ނުވާ ޙާލު، މިލާން ދިޔައީ ހިތާ ހިތުން ޔައިނާއަށް ވަފާތެރިވާނެ ކަމަށް ވަޢުދު ވަމުންނެވެ.

*** ** ***

ގެއަށް ގޮސް މިލާން ސޯފާ މައްޗަށް ވެއްޓިގަތެވެ. އިސްތަށިގަނޑުގައި ހިފާލަމުން މިލާން ދެލޯ މަރައިލީ ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބޭތޯއެވެ. ޔައިނާ ނުފެނި އަދި މިވީ އެންމެ ގަޑި އިރެކެވެ. މި އެއް ގަޑި އިރުވެސް އޭނާ އެހާ އުނދަގުލުން ހޭދަ ކުރި އިރު، ބާކީ އޮތް ދުވަސްތައް ޔައިނާއާ އެހާ ދުރުގައި ހޭދަކުރާނީ ކިހިނެއް ބާވައޭ މިލާންގެ ހިތަށް އެރިއެވެ. އެހެންމަވެސް، މާތްﷲ އަށް ވަކީލު ކޮށްލަމުން، މިލާން ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ކަމަށް އަމިއްލަ ނަފްސަށް ވިސްނައިދިނެވެ.

އިރުކޮޅަކު އެގޮތުގައި އޮވެލުމަށްފަހު، މިލާން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އެނދުގައި ލައްގާލާފައި ހުރި ގިޓާ ހިފައިގެން ގޮސް މިލާން ނުކުތީ ބެލްކަންޏަށެވެ. ބެލްކަނީގައި ހުރި ގޮނޑީގައި އިށިނދެލަމުން މިލާން ކިޔާނެ ލަވައަކާ ދޭތެރޭގައި ވިސްނައިލިއެވެ. ގިޓާގެ ނަރުތަކަކާ ކުޅެލަމުން މިލާން ކިޔަން ފެށީ މިވަގުތު އޭނާގެ ހިތުގެ ގޮވައިލުން އެންމެ ރަނގަޅަށް ދޭހަކޮށްދޭ ލަވައެވެ.

އަންނަންދެން ހުންނާނަން ލޯބިން

ތިޔަ އިންތިޒާރުގާ

އަންނަންދެން ހުންނާނަން ލޯބިން

ތިޔަ އިންތިޒާރުގާ

އަންނަންދެން ހުންނާނަން ލޯބިން

ތިޔަ އިންތިޒާރުގާ

އަންނަންދެން ހުންނާނަން ލޯބިން

ތިޔަ އިންތިޒާރުގާ

ހުރެލަން ބޭނުމޭ އަރިހުގާ

ދުރުކޮށްލަން އުދާސް ހިތުގަވާ

ނިމިދާނީ އެކީ އުޅެ މިތާ

ލެވިދާ ފަހު މި ނޭވާ މިތާ

ހިއްސާ ކޮށްލަމޭ ލޯބިވާ ވަރު

ނުމެދާނަން އެކަނިކޮށް ތިމާ އަދު

ހުވައޭ މީ ހިތަށް މިއަދު ވާވަރު

ދޫކޮށް ދެން ނުދާނަން ހިތާ

އަންނަންދެން ހުނާނަން ލޯބިން

ތިޔަ އިންތިޒާރުގާ

އަންނަންދެން ހުންނާނަން ލޯބިން

ތިޔަ އިންތިޒާރުގާ

އަންނަންދެން ހުރެވުނުކަން ލޯބިން

ތިޔަ އިންތިޒާރުގާ

އަންނަންދެން ހުރެވުނުކަން ލޯބިން

ތިޔަ އިންތިޒާރުގާ

އެ ރީތި ލަވައިން މިވަގުތު ހާމަކޮށްދެމުން އެ ދަނީ އޭނާގެ ހިތުގެ އިޙްސާސްތަކެވެ. ޔައިނާ ދެކެ އޭނަ ވާ ސާފު، ތެދުވެރި ލޯތްބެވެ. ދުވަހަކުވެސް ޔައިނާއާ ވަކިވުމަކީ އެ ހިތަށް ބަރުދާސްތު ކުރެވޭނޭ ކަމެއް ނޫނެވެ. ޔައިނާ އަންނަންދެން އޭނާ ޔައިނާއަށް އިންތިޒާރު ކުރާނެވެ. ޔައިނާއަށް ވަފާތެރި ވުމުގައި ދެމިހުންނާނެއެވެ. ތަޤުދީރުގައި ވާން އޮތް ގޮތް ނޭނގި، މިލާން ދިޔައީ އޭނައާއި ޔައިނާގެ ލޯބީގެ ވާހަކަ ލިޔަމުންނެވެ. ނަމަވެސް، މިލާންއަށް ނޭނގުނު ކަމަކީ ތަޤުދީރަކީ އެމީހަކު އަމިއްލައަށް ލިޔާ އެއްޗެއް ކަމަށް އޭނާ ޤަބޫލުކުރާ ޤަބޫލު ކުރުން ބަދަލުވާކަށް ދެން މާ ގިނަ ދުވަހެއް ނެތްކަމެވެ.

*** ** ***

ޔައިނާ ކެނެޑާއަށް ފުރިތާ މިހާރު އަހަރެއް ވަނީއެވެ. އެކަކު އަނެކަކާއި ނުލައި ހޭދަވާ ކޮންމެ ދުވަހެއް، ކޮންމެ މިނެޓެއް، ކޮންމެ ސިކުންތެއްވެސް މިލާންއަށާއި ޔައިނާއަށް ހީވަނީ ޤަރުނުތަކެއް ހެންނެވެ. ކިޔެވުމުގައި ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް، ޔައިނާ މިލާންއަށް ވަގުތު ހުސްކުރެވޭތޯ އަބަދުވެސް ބަލައެވެ. މިލާންވެސް ކޮލެޖަށާއި، ވަޒީފާއަށް ދަމުން ވީ ވަރަކުން ޔައިނާއަށް ވަގުތު ހުސްކޮށްދެވޭތޯ މަސައްކަތް ކުރެއެވެ.

މިލާންގެ އެދުމުގެ މަތިން ފާއިތުވީ ހަފްތާގައި އަފާންވެސް ވަނީ މިލާންގެ އެޕާރޓްމެންޓަށް ބަދަލުވެފައެވެ. ޔައިނާ ދިޔުމާއި އެކު، މިލާންއާއި ލައުރާގެ އެކުވެރިކަންވެސް ވަނީ ކުރިއަށްވުރެ ބަދަހި ވެފައެވެ.

ޒާރާއާއި އަފާންގެ ގުޅުން ކުރިޔަށްވުރެ ރަނގަޅު ކަމުގައި ދެއްކިޔަސް، އަދިވެސް އެ ދެމެދުގައިވަނީ ފާރެއް ލެވިފައެވެ. ބައެއް ކަންކަމުގައި ގުޅާލައިގެން ވާހަކަ ދެއްކި ނަމަވެސް، ކުރިން އޮންނަ ގާތް ގުޅުމެއް މިހާރަކު ނޯވެއެވެ. އެކަކު އަނެކަކަށް ކުރާ ކުދި ކުދި ޖެއްސުންތައްވެސް މހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަފާންއާއި ޒާރާގެ ގުޅުން ރަނގަޅު ކުރެވޭތޯ މިލާންއާއި ޔައިނާގެ އިތުރުން ލައުރާވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ކާމިޔާބީގެ ހުޅުކޮޅު އަދިވެސް ވަނީ ފެންނަ ގޮތް ނުވެފައެވެ.

*** ** ***

ފާޚާނާއިން ނުކުތް ގޮތަށް މިލާން ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. އިސްތަށިކޮޅުން ފެންތައް ފޮޅައިލުމަށްފަހު، ހަމައެކަނި ކަޅު ކުލައިގެ ސޯޓެއް ލައިގެން ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. ކޮލެޖުގައި ހޭދަވި ބުރަ ދުވަހަށްފަހު، މިލާން ބޭނުންވީ އަރާމު ކޮށްލާށެވެ. ނަމަވެސް، ނިދުމުގެ ކުރިން މިލާން އެނދުމަތީގައި އޮތް އޭނާގެ ފޯނު ނަގައި، ޔައިނާއަށް ގުޅައިލިއެވެ.

ފުރަތަމަ ފަހަރު ގުޅުމުން ރިންގު ވެފައި ފޯނު ނިވުނެވެ. އެއާއެކު، މިލާންއަށް ފުން ނޭވާއެއް ދޫކޮށްލެވުނީ މިއީ މިގޮތަށް ކަންތައްވީ ފުރަތަމަ ފަހަރު ނޫންކަމުންނެވެ. އަހަރު ނިމެން ގާތްވުމާއި އެކުގައި ޔައިނާގެ ފަހު އިމްތިޙާނު ފެށޭތީ ޔައިނާއަށް މިހާރު ވަގުތެއް ނުވެއެވެ. މިލާންއާއި ގުޅާލައިގެން ވާހަކަ ދައްކައިލެވެނީވެސް މަދު ފަހަރަކުއެވެ. ވުމާއެކު، ގިނަ ފަހަރަށް އެ ދެމެދުގައި ވާހަކަ ދެކެވެނީ މެސެޖުގެ ޒަރިއްޔާއިންނެވެ.

ދެވަނަ ފަހަރަށް ޔައިނާއަށް ގުޅާލުމައި އެކުވެސް މިލާންއަށް ޖެހުނީ ކަރު އެލުވައިލާށެވެ. ޚުދު އޭނާއަށްވެސް އޭނާއަށް ވާ ގޮތެއް ނޭނގެއެވެ. އޭނާ ޔައިނާއަށް އިތުބާރު ކުރެއެވެ. ވަރަށް ބޮޑަށް ކުރެއެވެ. އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށެވެ. ވީއިރު، ދުވަހެއްގެ ކޮޅުންވެސް ޔައިނާއަށް ޝައްކު ކުރާކަށް އޭނާބޭނުމެއް ނުވެއެވެ. ނަމަވެސް……

ފަހަކަށް އައިސް ޔައިނާގެ ޢަމަލުތައް ހުންނަ ގޮތާއި މެދު ވިސްނާލަން މިލާންއަށް މަޖުބޫރެވެ. ޔައިނާ ކުރިޔަށްވުރެ އޭނައާ ދުރުވެއްޖެހެން ހީވަނީއެވެ. ޔައިނާ ކުރިޔަށްވުރެ އަޅާލުން ކުޑަވަނީހެން ހީވަނީއެވެ. ޔައިނާގެ ބަސްމަގާއި، ޢަމަލުތައް ހުންނަ ގޮތް ތަފާތުވާހެން ހީވަނީއެވެ. މިހެން ގޮސް އެތައް އެތައް ހީއެކެވެ. ޙަޤީގަތް އެނގޭނެ ގޮތެއް އޮތީކީ ނޫނެވެ. ނަމަވެސް، މިލާން މިގޮތަށް ވިސްނާކަށް ބޭނުމެެއް ނުވެއެވެ. ބޭނުންވަނީ ޔައިނާއަށް ފުރިހަމައަށް އިތުބާރު ކުރާށެވެ. ޔައިނާއަށް ވަފާތެރި ވާށެވެ. އެ ލޯބީގެ ޖާދޫގައި މުޅި ޢުމުރު އެކީ ހޭދަކުރާށެވެ. ޔައިނާ އޭނާއަށް ބޭވަފާތެރިވާނެޔޭ ހީކުރާކަށް ދުވަހެއްގެ ކޮޅުންވެސް މިލާން ބޭނުމެއް ނުވާނެއެވެ.

މިފަދަ އެތައް ވިސްނުންތަކެއްގައި އޮތް މިލާންއަށް ޚިޔާލީ ދުނިޔެއިން ބޭރު ވެވުނީ މީހަކު ގުޅަން ފެށުމުންނެވެ. ފޯނު ނަގައި ބަލައިލި އިރު އަރާފައި އިން ޔައިނާގެ ނަމުން އެ މޫނުމަތީ އެކީ އުޖާލާވެގެން ދިޔައީ ސިކުންތެއްގެ ތެރޭގައެވެ. ވަގުތުން ފޯނު ނަގައި، ކަންފަތުގައި ޖަހައިލީ ޔައިނާގެ އެ ރީތި އަޑު އަހާލަން އެ ހިތް ބޭޤަރާރުވެފައިވީ ވަރުންނެވެ.

“ހަލޯ.. ކީކޭ މިލާން.. ގުޅާފަ އޮތީމަ މި ގުޅައިލީ..” ޔައިނާ ބުނި ޖުމްލައިން މިލާންގެ މޫނުމަތީގެ ކުލަ އޮއްސުނެވެ. ޔައިނާގެ ޖަވާބުން ޔައިނާ އޭނާއާ ވާހަކަ ދައްކަން ބޭނުން ނުވާ ކަހަލަ އިހްސާސެއް ކުރެވިގެން ދިޔައެވެ. ނަމަވެސް، އެ ވިސްނުން އެއްފަރާތް ކޮށްލަމުން މިލާން ބެލީ ވީހާވެސް ރީތިކޮށް ޔައިނާއާ ވާހަކަ ދެއްކޭތޯއެވެ.

“ކަމެއް ނުވެ.. ހަމަ ތި ރީތި އަޑު އަހާލާ ހިތުން ގުޅާލީ.. ވާހަކަ ނުދެއްކޭތާ ދުވަސްކޮޅެއް ވީމަ..” މިލާން ބުނެލިއެވެ. “އޯހ.. އަޅެ އަހަރެން ހަމަ ބިޒީ ކަމުންނޭ.. މިންއަށްވެސް އިނގޭނު މީ އަހަންނަށް ވަރަށް ބުރަ ދުވަސްކޮޅެއް ކަން.. ފައިނަލްސްއަށް ވަރަށް ރަނގަޅަށް ޕްރިޕެއަރ ވާން ވާނެއްނު..” ޔައިނާ އެހެން ބުނި އިރުވެސް، ފޮތުގެ ގަނޑުތަކެއް އުކާ އަޑު މިލާންއަށް އިވެމުން ދިޔައެވެ. އެހެންކަމުން، ޔައިނާއަށް ހަމަ ޙަޤީގަތުގައިވެސް ބުރައީކަން މިލާންއަށް ޤަބޫލު ކުރެވުނެވެ.

“އޯހ.. އިޓްސް އޯކޭއޭ.. އަހަންނަށް އަންޑަރސްޓޭންޑް ވޭ.. އިނގޭ އިނާ މަސައްކަތް ކުރާ ވަރު..” މިލާން ހިނިތުންވެލިއެވެ. “ތެންކްސް ބޭބީ.. ޔޫ އާރ ދަ ބެސްޓް..” ޔައިނާގެ ލުއި ހުނުމުގެ އަޑު މިލާންއަށް އިވުނީ ލުއި މިޔުޒިކެއް ފަދައިންނެވެ. “އަހަހަ.. އޯކޭއޭ..” ބަދަލުގައި މިލާންވެސް ހިނިތުންވެލީއެވެ.

“ޔައީ.. ކޮބާ..؟ އަންނަން ވީނު އެކޮޅަށް ދާން..” ކުއްލިއަކަށް އިވުނު ފިރިހެނެއްގެ ބަރު އަޑުން މިލާން ދިޔައީ ސިހިގެންނެވެ. އޮށޯވެގެން އޮތް މީހާ ކޮޅަށް ޖެހުނު އިރު، ދެލޯ ބޮޑުކޮށްލެވުނެވެ. “އިނާ.. އެއީ ކާކު..؟” ހާސްވެފައި މިލާންއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ޔައިނާއަށް އައިސްފައިވާ ބަދަލާ ދޭތެރޭގައި އެވަރަށް ވިސްނަމުން ދަނިކޮށް މިކަހަލަ ކަމެއް ފެންމަތި ވުމުންވެސް ހާސްވާނެ ނޫން ހެއްޔެވެ؟

“ސާބަސް މިލާންއަށް.. އެއީ ކޮލީގްއެކޭ.. އެއީ ޝިޔަލް.. ހީޒް ޖަސްޓް އަ ފްރެންޑް..” މިލާންގެ ހިތަށް އެރި އެއްޗެއް ޔައިނާއަށް އެނގުނު ފަދައެވެ. ޔައިނާގެ ޖަވާބުން މިލާންގެ ހިތަށް ފިނިކަމެއް ލިބުނު ނަމަވެސް، އެއްކޮށް ހިތްހަމައެއް ނުޖެހުނެވެ. “ކޮންތާކު ތި ހުރީ..؟” އަނެއްކާވެސް މިލާން އަހައިލީ ޔަޤީން ކުރުމުގެ ބޭނުމުގައެވެ. “ކޮލެޖުގައޭ.. ޑައުޓްސްތަކެއް ހުރީމަ އެ ކްލިއަރ ކޮށްލަން ވެގެން އައިސް މި އުޅެނީ.. ޝިޔަލް ބުނި ހެލްޕް ވާނަމޭ. އެހެންވެގެން އޭނައާ އެކީ އައީ.. އޭނަ ނޫނީ ދެން ނޫޅޭ ރާއްޖެ ކުއްޖަކުވެސް.. އެހެންވެ އެހާ ކޮމްފޮރޓެބްލްއީ.. ދެން ދެންމެ އެ ބުނީ ލައިބްރަރީއަށް ދާން ހިނގާށޭ.. އެހެން ތަނަކަށް ދާ ވާހަކަ އެއް ނޫނޭ.. ސޯ ޖަސްޓް ޗިލް މިން.. ހީޒް ޖަސްޓް އަ ފްރެންޑް..” މިލާންގެ ހިތްހަމަ ޖައްސައިދިނުމަށް ޔައިނާ ދެއްކި ވާހަކަތަކުން އެ ހިތަށް ފިނިކަން ލިބުނެވެ. ބޭކާރު ގޮތުގައި ޔައިނާއަށް ނޭނގި ނަމަވެސް ޝައްކު ކުރެވުނީތީ އެ ހިތް ރޯލިއެވެ.

“އޯހ.. އޯކޭ.. އޭނައަށް ސަލާމް ބުނައްޗޭ..” މިލާން ބުނެލިއެވެ. “އޮފްކޯރޒް.. ދެން ދަނީއޭ އިނގޭ.. ވަރަށް ލަސްވެގެން މި އުޅެނީވެސް.. ބާއި..” އެހެން ބުނުމަށްފަހު، ޔައިނާ ފޯނު ކަނޑައިލީ މިލާންއަށް އެއްވެސް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީއެވެ. ޔައިނާ ފޯނު ކަނޑައިލުމުން މިލާންއަށް ފޯނަށް ބަލަހައްޓައިގެން ދެތިން މިނެޓު އިނދެވުނެވެ. ލޯބިވާ ވާހަކަވެސް ނުބުނެ، ޔައިނާ އެގޮތަށް ފޯނު ކަނޑައިލުމުން އެ ހިތަށް ކިތަންމެ ތަދުވީ ނަމަވެސް، ހަމަޖައްސައިލީ އިތުރަށް ޔައިނާއަށް ޝައްކު ކުރަން ބޭނުން ނުވާތީއެވެ. ޔައިނާ އޭނާއަށް ދުވަހަކުވެސް ދެރައެއް ނުދޭނެކަން އެ ހިތަށް ޔަޤީންވެފައި ވާތީއެވެ.

“އޭ މިލާން..” ޔައިނާގެ ޚިޔާލުތަކަށް ގޮސް ހުސްވެފައި އިން މިލާން ސިހުނީ ކޮޓަރި ދޮރު ހުޅުވާލާފައި ވަތް އަފާން ފެނުމުންނެވެ. އަފާންގެ އަޑުން އެ ހުރީ ކޮންމެވެސް ކަމަކާ ވަރަށް އުފާވެފައިކަން މިލާންއަށް އެނގުނެވެ. ނަމަވެސް، އަފާންގެ މޫނުމަތީގައިވީ ހިނިތުންވުން ފޭދިގެން ދިޔައީ މިލާންގެ ދެލޮލުން ފެނިގެން ދިޔަ އަސަރުތަކުންނެވެ.

“ހޭ ބަޑީ.. ކަމެއް ވީތަ.؟.” އައިސް މިލާންގެ ކައިރީގައި އިށީންނަމުން އަފާން އެއްސެވެ. ނޫނެކޭ ބުނުމަށްޓަކައި މިލާން ދެފަރާތަށް ބޮ ހޫރުވައިލިއެވެ. ނަމަވެސް، އެކަން އަފާންއަށް ސިއްރެއް ނުވިއެވެ. “ކަމޯން މިލާން.. ވީ ގޮތް ބުނެބަލަ.. މަށަށް އެނގޭ ތި ހަދަނީ ދޮގުކަން..” އަފާން ދެފައި ވަށްކޮށްލައި، އެނދުމަތީގައި ހަމަޖެހިލިއެވެ.

އަފާންއަށް ސިއްރު ނުކުރެވޭނެކަން އެނގުމުން މިލާން ނިންމީ ހުރިހާ ވާހަކައެއް އަފާންއާއި ހިއްސާ ކުރާށެވެ. އޭރުންވެސް އެ ހިތަށް ކުޑަ ނަމަވެސް، ތަސައްލީއެއް ލިބިގެން ދާނެތީއެވެ. “ވީ ގޮތަކީ…” ޔައިނާގެ ބަދަލުވެފައިވާ އުޅުމުން ފެށިގެން މިރޭ އިވުނު ފިރިހެން މީހާގެ އަޑަށް ދާންދެން މިލާން އަފާންއަށް ކިޔައިދިނެވެ. މިލާންގެ ވާހަކަތަކުން އަފާންއަށް އިނދެވުނި ވިސްނާށެވެ.

“މިލާން.. ޔައި އެކަހަލަ ކަމެއް ކޮށްފާނެއެކޭ މަށެއް ނުބުނާނަން.. އޭނަ ޗީޓް ނުކުރާނެ ކަމުގެ ޔަޤީންކަން މަށަށް އެބަ އޮތް.. ދެން ތި ބުނީ ޔައިއާ ތި ކިޔާ ޝިޔަލްއެކޭ.. ޔައި އެ ބުނީނު އެއީ ހަމައެކަނި އެކުވެރިއެކޭ.. ހަމަ މިލާންއާ ލައުރާވެސް އެކުވެރިއެއްނު.. އަދި އެއަށްވުރެ މާ ބޮޑަށް ތި ދެމީހުން ގުޅުން އޮވޭނު.. ޔައި ކުރިމަތީގަވެސް ތި ދެމީހުން ހާދަ ކްލޯޒް ކޮށޭ އުޅެނީ.. އަދި އެހާ ކޮމްފޮރޓެބްލް ކޮށް.. އެކަމް ޔައި ދުވަހަކުވެސް، އެކަމަށް އެއްޗެކޭ ބުނިތަ..؟ ނުބުނޭނު.. ދެޓްސް ހައު މަޗް ޝީ ޓްރަޓްސް ޔޫ.. ހަމަ އެގޮތަށް މިލާންވެސް ޖެހޭނެ ޔައިނާއަށް އިތުބާރު ކުރަން.. އޭނަ ހާދަ ލޯތްބެއް ވެޔޭ މިލާން ދެކެ.. އަބަދުވެސް ހަނދާން ކުރައްޗޭ.. އިތުބާރަކީ، ރިލޭޝަންޝިޕެއްގަ އެންމެ މުހިންމު އެކަތި..” އަފާންގެ ވާހަކަ ނިންމައިލި އިރު ހީވަނީ އޭނާއަކީ ލޯބީގެ ދާއިރާއިން ޕީއެޗްޑީ ނަގައިގެން އައިސް ހުރި މީހެއް ހެންނެވެ. ނަމަވެސް، އެ އުޅެނީ އަދި ޒާރާއާ ހަތަރު ކަޅި ހަމަ ކުރާނެ ގޮތްވެސް ނޭނގިގެންނެވެ.

އަފާންގެ ވާހަކަތައް މިލާންއަށް ޤަބޫލު ކުރެވުނެވެ. އެއީ ތެދެކެވެ. ގުޅުމެއްގައި އިތުބާރު ނެތް ނަމަ، އެ ގުޅުން ދެމިއޮންނާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނޯންނާނެއެވެ. އަފާންގެ ވާހަކަތަކުން ލިބުނު ހިތްހަމަޖެހުމުގައި މިލާންގެ ހިތަށް ތަސައްލީ ލިބުނެވެ.

“ތެންކްސް ބްރޯ.. އޭ ދެން މި ވާހަކަ ބާއްވަބަލަ.. ކަލޭ ހެވި ދިލިފަ އައިއްސަ މިތަނަށް ވަނީ ކީއްކުރާށޭ..؟” މިލާން އަހައިލުމުން އަފާންގެ މޫނުމަތިން އަނެއްކާވެސް ހިނިތުންވުން ފާޅުވިއެވެ. “މިލާން.. އޭނަ އަންނަނީއޭ..” އަފާން ބުނެލިއެވެ. “ކާކުތަ..؟” މިލާން ބުމަ އަރުވައިލިއެވެ. “ޒާރާ.. އޭނަ އެކޮޅުގަ ކޯސް ނިންމާފަ އެންރޯލްވެގެން މާލެއަށް އެ އަންނަނީ މިހާރު.. ދެން ރެޖިސްޓަރ ވާން ވެގެން.. ޑިޕްލޮމާއަށް.. ބުނީ ޑިޕްލޮމާއާ ޑިގްރީއާ އެކީ ހަދާށޯ މާލެ އަންނަނީ..” އުފަލުން ހުރިހާ ދަތްތަކެއް ދައްކައިގެން ހުރެ އަފާން ބުނެލިއެވެ.

“ކައެއަށް ކިހިނެތް ތި ހުރިހާ އެއްޗެއް އެނގެނީ..؟” މިލާން އަހައިލީ ހިނިއައިސްފައި އިނދެއެވެ. “ލޯބިވަންޏާ ހޯދޭނެ ގޮތްތައް ހުންނާނެ..” އަފާން ބުނެލީ ދީވާނާ ވެފައިވާ މީހެއް ފަދައިންނެވެ. “ހަމަ އެހާ ލޯބިވޭތަ..؟” މިލާން އެއްސެވެ. “ވަރަށް ބޮޑަށް.. ވަރަށް ވަރަށް ވަރަށް ބޮޑަށް.. ހިޔެއްވެސް ނުކުރަން މި ވަރަށް މީހަކު ދެކެ ލޯބިވެވިދާނެ ކަމަށް.. އަދި އެވެސް ޒާރާ ދެކެ..” އަފާން ބުނެލިއެވެ. “ލޯތްބަކީ ވާ އެއްޗެއް ނޫން.. އެއީ ވެވޭ އެއްޗެއް.. އެވެސް، އެންމެ ހީ ނުކުރާ މީހާ ދެކެ.. ދެންވެސް ތި ޒާރާ ކައިރި ބުނެބަލަ.. ތިހެން ހުއްޓަ ޒާރާ ގޮސް އެހެން މީހަކާ ރައްޓެހި ވެއްޖެއްޔާ ރޮމުން ރޮމުން މަ ކައިރިޔަށް ނާންނާތި..” މިލާން ހޭން ފެށިއެވެ. “މަ ހުރިހާ ދުވަހަކު ތިހެންނެއް ނުވާނެ.. އިންޝާﷲ ވަރަށް އަވަހަށް ޒާރާ އަހަރެންގެ މީހަކަށް ހަދާނަން..” އެހެން ބުނެލި އަފާންގެ މޫނުމަތީގައި ވަނީ ރީތި ހިނިތުންވުމެކެވެ. އަމިއްލަ ނަފްސަށް އޮތް ޔަޤީންކަމާއި އެކުވެސް ޒާރާގެ ދުރުކަމުން އަފާންގެ ހިތް ވަނީ ބިރު ގަނެފައެވެ. ކިތަންމެ ވަރަކަށް މަސައްކަތް ކުރިކަމުގައި ވިޔަސް، ޒާރާގެ ހުންނަ ބޯހަރު، ގޮތްދޫނުކުރާ މިޒާޖުގެ ސަބަބުން ޒާރާގެ އާނ ބަސް ހޯދުން ވާނީ އުނދަގޫ ކަމަކަށް ކަން އަފާންއަށް އެނގެއެވެ.

*** ** ***

ލޯގަނޑު ކުރިމަތީގައި ހުރެ މިލާން ތައްޔާރުވަމުން ދިޔައީ ލައުރާއާއި އެކީ ބޭރަށް ދިޔުމަށެވެ. މިހާރަކަށް އައިސް ކޮލެޖުގައި މާ ބުރަ ވުމުގެ ސަބަބުން އޭނާ ބޭނުންވީ ސިކުނޑި ތާޒާކޮށްލުމަށް ބޭރަށް ގޮސްލާށެވެ. އުޅެން ޖެހޭލެއް ބުރަ ކަމުން ލައުރާއާވެސް ދިމާ ނުވާތާ ދުވަސްކޮޅެއް ވެފައިވާ އިރު، ޔައިނާގެ ހަނދާންތަކާ ކުޑަކޮސް ނަމަވެސް ދުރުވެލުމަށް ލައުރާއާއި އެކީ ވަގުތު ހޭދަ ކުރަން މިލާން ބޭނުންވިއެވެ.

ރަތްކުލައިގެ ހުޑީއަކާއި، ކަޅު ކުލައިގެ ސްކިނީއެއްގައި ހުރި މިލާން ވަރަށްވެސް ރީއްޗެވެ. ކަރުގައި ރިހިކުލައިގެ ހިމަ ފަށެއް އޮތް އިރު، އިސްތަށިގަނޑުވެސް ރީތި ގޮތަކަށް ސްޓައިލް ކޮށްފައި ވުމުން ވަރަށް ފިރިހެންވަންތަ ކަމަށް ދައްކައެވެ. މުޅި ގަޔަށް ސްޕްރޭ ޖަހައިލުމަށްފަހު، މިލާން ފަހު ފަހަރަށް ލޯގަނޑަށް ބަލައިލިއެވެ. ހިތްހަމަޖެހޭ ވަރު ވުމުން މިލާން ކޮޓަރިން ނުކުތެވެ. ބޭރަށް ނުކުންނަމުން ސޯފާގައި އިން އަފާން ގާތު ދަނީއޭ ބުނެލާފައި ބޫޓަށް އަރައިގެން މިލާން ނުކުތެވެ.

ގެއިން ނުކުތް ގޮތަށް މިލާންގެ ފިޔަވަޅުތައް ހުރީ ގޭ ކުރިމަތީގައި ޕާރކް ކޮށްފައި ހުރި އޭނާގެ ސައިކަލާ ދިމާލަށެވެ. ސައިކަލަށް އެރުމަށްފަހު މިލާން މިސްރާބު ޖެހީ ލައުރާ އުޅޭ ގެޔަށް ދިޔުމަށެވެ. ލައުރާގެ އެޕާރޓްމެންޓް ހުންނަނީ ހުޅުމާލޭގައި ހަމުން މިލާން މިސްރާބު ޖެހީ ސިނަމާލެ ބްރިޖާ ދިމާއަށެވެ. ބްރިޖް ހުރަސްކޮށް ހުޅުމާލެއަށް ދެވުމާއި އެކު، ލައުރާގެ ގެއަށް މިލާން މިސްރާބު ޖެހިއެވެ.

“މިއްލޫ..” ލައުރާގެ އިންތިޒާރުގައި ގޭ ކައިރީގައި ހުރި މިލާންއަށް ބަލައިލެވުނީ ލައުރާ ގޮވައިލުމުންނެވެ. އޭރު ހުދުކުލައިގެ އަތްދިގު ގަމީހަކާއި، ނޫކުލައިގެ ޖިންސެއްގައި ލައުރާ ފަރި ހިނގުމެއްގައި މިލާން ކައިރިއަށް އަންނަމުން ދިޔައެވެ. އެ ކަޅުކުލައިގެ ފަން ދިގު އިސްތަށިގަނޑު މައްޗަށް އައްސާލާފައި ވުމުން ހަރުދަނާ ގޮތެއް ހުއްޓެވެ.

“ކޮންތާކަށް ދާނީ..؟” ސައިކަލަށް އަރަމުން މިލާން އެއްސެވެ. “ހިނގަ ބުރެއް ޖަހާލަން.. ދެން ދާނީ އައިސްކްރީމް ބޯން..” މިލާންގެ ފަހަތަށް އަރަމުން ލައުރާ ބުނެލިއެވެ. “އޯކޭ.. ލައު ބޭނުން ގޮތެއް..” މިލާން ސައިކަލު ދުއްވައިލިއެވެ.

ލައުރާ ގޮވައިގެން މިލާން މުޅި ހުޅުމާލެ ވަށާ ދުއްވިއެވެ. އެއަށްފަހު، ކެފޭއަކުން އައިސްކްރީމް ބޮއެގެން އަތިރިމައްޗަށްވެސް ދިޔައެވެ. ދެ އެކުވެރީން އެކުގައި ހޭދަކުރި ދެތިން ގަޑިއިރުގެ ތެރޭގައި އެތައް ވާހަކައެއް ދައްކާ، އެތައް ފޮނި ހަނދާންތަކެއް އައު ކުރިއެވެ. ޔައިނާ ދިޔަ ފަހުން މިލާން އެންމެ ހިތްހަމަޖެހުނު ދުވަހަކީ މިއީ ކަންނޭނގެއެވެ. ކޮލެޖާއި، ވަޒީފާގެ ކަންކަމުގެ އިތުރުން ޔައިނާގެ ޚިޔާލުތައްވެސް ބޮލުން ނެރެލެވުނު ހަމައެކަނި ވަގުތަކީ އެޔެވެ.

ލައުރާގެ ޙާލަކީތޯއެވެ؟ މިލާންއަށްޓަކައި އެ ހިތުގައިވީ ފުން، ތެދުވެރި އިޙްސާސް ފަނޑު ނުވާ ޙާލު، އެ ހިތަށްވެސް ލިބެމުން ދިޔައީ އުފަލާއި، ހިތްހަމަޖެހުމެވެ. ނަމަވެސް، މިއީ ވަގުތީ ކަމެއްކަން ލައުރާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. މިލާން ލޯބިވަނީ އޭނަ ދެކެ ނޫންކަން ހަނދާންވާ ކޮންމެ ފަހަރަކު އެ ހިތް ރޯލަނީ އިންތިހާއަށެވެ. އެ ނޫން ލޯތްބެއް ހޯދަން ބޭނުން ނުވާ އިރު، ލައުރާގެ އެންމެ ފަހު ނޭވާވެސް ބޭރުވާނީ މިލާންގެ ލޯބީގައި ދީވާނާވެފައިވާ ޙާލުގައި ހެއްޔެވެ؟ އެ ލޯބި ލިބުމުގެ އެއްވެސް ނަސީބެއް ލައުރާއަށް ހަމަ ނެތީބާވައެވެ؟

ނަމަވެސް، މިއަދާ ހަމައަށްވެސް ލައުރާ އެ ހުންނަނީ އެ އިޙްސާސްތައް އޭނާގެ ހިތުގެ ކަނެއްގައި ފޮރުވައިގެންނެވެ. އެއްވެސް މީހަކާ އެ ވާހަކަތައް ހިއްސާ ނުކޮށް އެ ހުންނަނީ ހާދަހާވާ ކެތްގަދަވީމަތާއެވެ. އެ ދުވަހު ލައުރާ އަމިއްލަ ނަފްސަށް ވީ ވަޢުދު، މިއަދުވެސް އެ އަންނަނީ ދަމަހައްޓަމުންނެވެ. ނަމަވެސް، އަދި ކިހާ ދުވަހެއް ވަންދެން ލައުރާއަށް ކެތްކުރެވޭނެ ބާވައެވެ؟ މިލާންގެ މަތިން ލައުރާއަށް ހަނދާން ނައްތައިލެވިދާނެ ބާވައެވެ؟ ލައުރާއަށް ޝައްކެވެ. ދުވަހަކުވެސް އެކަން ކުރެވޭނެ ހެންނެއް ހިޔެއް ނުވެއެވެ. ނަމަވެސް، ދެންވެސް އޭނާ ކެތް ކުރާނެއެވެ. މިލާންގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ހުރުމަށް މަސައްކަތް ކުރާނެއެވެ.

މިލާން އައިސް ލައުރާގެ ގޭ ދޮރުމައްޗަށް ސައިަލު މަޑުކޮށްލިއެވެ. “މިއްލު ވަދެލާފަ ދާންވީނު.. ވަރަށް ދުވަސް ވެއްޖެ އެއްނު ގެޔަށް ނާންނަތާ..” ސައިކަލުން ފޭބުމަށްފަހު، ލައުރާ ހިނިތުންވެލާފައި މިލާންއަށް ބުނެލިއެވެ. “ޔެއާ ޝުއަރ..” މިލާންވެސް ސައިކަލު ޕާރކް ކޮށްލާފައި އައިސް ލައުރާއާއި އެކީ ގެއަށް ވަނެވެ. ލިފްޓުގައި ގޮސް ފަސްވަނަ ބުރީގެ ދެވަނަ އެޕާރޓްމެންޓްގެ ދޮރުމަތީގައި ހުރެ، ލައުރާ ދަބަސް ހާވަން ފެށީ ދޮރު ހުޅުވާ ކާޑު ހޯދުމަށެވެ. މުޅި ދަބަސް ހޭވި އިރުވެސް ލައުރާއަށް ކާޑެއް ނުފެނުނެވެ. އެހެންކަމުން އޭނާ ކުޑަކޮށް ހާސްވިއެވެ.

“މިއްލޫ.. އަޅެ ކާޑު ވީ ގޭތެރޭގަ ކަންނޭނގެ.. ދެން ކިހިނެއް ހަދާނީ..؟” ލައުރާގެ އަޑުގައި ހާސްކަން ވިޔެވެ. “ޑޯންޓް ޕެނިކް.. އަދި ދަބަސްތެރެ ބަލާބަ ރަނގަޅަށް..” މިލާންގެ ބަހަށް ލައުރާ އަނެއްކާވެސް ދަބަސްތެރެ ހާވަން ފެށިއެވެ. ނަމަވެސް، އެ ކާޑެއް ނުފެނުނެވެ. ކުރާނެ ކަމެއް ނޭނގި ލައުރާއާއި މިލާންއަށް ކުރެވުނުހާވެސް ކަމަކީ ލައުރާގެ ދަބަސް ހޭވުމެވެ. ނަމަވެސް، ހުރިހާ އެއްޗެއް ނެގި އިރުވެސް ކާޑެއް ނުފެނުނެވެ.

“ލައޫ.. ކީއްވެ މިތާ ބޭރުގަ ތި ހުރީ..؟” ފަހަތުން އަންހެނެއްގެ އަޑު އިވުމުން މިލާންއަށާއި ލައުރާއަށް އެއްފަހަރާ ފަހަތް ބަލައިލެވުނެވެ. އެވަގުތު އެ ފްލޯރގެ ފުރަތަމަ އެޕާރޓްމެންޓްގައި އުޅޭ އަންހެން މީހާ އަށް މަހުގެ ކުޑަ ފިރިހެން ކުއްޖެއް އުރާލައިގެން ހުއްޓެވެ. ކަޅު ކުލައިގެ އަބާޔާއެއްގައި ހުރި އިރު، އަޅާފައި ހުރި މެރޫން ކުލައިގެ ޝޯލްއިން އެ ދޮން މޫނު ނުހަނު އުޖާލާ ކަމަށް ދައްކައެވެ. މޫނުމަތީގައި ލުއި މޭކަޕެއް ކޮށްފައި ހުރި އިރު ވަރަށް ސާދާ ކަމަށް ދައްކައެވެ. ހިނިތުންވެލައިގެން ހުރި އިރު ވަރަށް ހިތްހެޔޮ ފާޑު ޖަހައެވެ.

އެމީހާގެ ކައިރީގައި ހުދުކުލައިގެ އަތްދިގު ގަމީހަކާއި ނޫކުލައިގެ ޖިންސެއްގައި ހުރި ފިރިހެން މީހާވެސް ލައުރާމެންނަށް ހިނިތުންވުމެއް ދިނެވެ. އޭރު އެމީހާގެ އަތުތެރޭގައި ހަތަރު އަހަރަށް ދާ ލޯބި ލޯބި އަންހެން ކުއްޖަކުވެސް އިނެވެ. ދެން މިލާންގެ ލޮލުގައި އަޅައިގަތީ އެ ފިރިހެން މީހާގެ އަނެއް އަތުގައި ހިފާލައިގެން ހުރި ނުވަ އަހަރަށްދާ ފިރިހެން ކުއްޖާއެވެ. މިލާން އެ ކުއްޖާއާ ދިމާލަށް ހީލުމުން އެ ކުއްޖާވެސް ލޯބި ހިނިތުންވުމެއް ރައްދު ކޮށްލި އިރު، މަތީ މެދު ދެދަތް ވެއްޓިފައި ހުރުމުން ހާދަ ލޯތްބޭ މިލާންގެ ހިތަށް އެރިއެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ކާމިޔާބު

Next

އެދުވަހު ލޯބިން 7

Next
August 8, 2022

އެދުވަހު ލޯބިން 7

Previews
August 6, 2022

ކާމިޔާބު

4 Comments!

  1. Nayaa Nayaa says:
    August 6, 2022 at 12:12 pm

    Salaam readers..
    Mi episode ah fahu dhen huri episode thah nerumuga miyah vure las vaane kamugai dhannavaalan.. Maadhamaa in feshigen dhiraasee aa aharu ge kiyevun feshifaa, mi feshey aharaky alhugandu ge kiyevumah vrh muhinmu ahareh kamun kiyevumah gina vaguthu hus kurumah takaa meege fahun alhugandu episode nereyny konme hafthaa aku 1 faharu.. konme hukuru dhuvahaku alhugandu aa episode eh submit kuraanan..vaguthah publish nuvumaai vumaky Alhugandu ge massala eh noon..namaves konme hafthaa aku 1 faharu vaahakaige aa episode eh kiyaalan libeyne kan vrh yageen kamaa eky bunan..kiyuntherin thiya dhevvaa ebbaarulevvumah alhugandu ge hithuge enme funminun shukuru dhannavan..
    Kiyavaa kuhdinnah mi feshey aharaky vrh kaamiyaabu aharakah edhen.. hivvaraa eky masakkaiy kohfi nama kaamiyaabu vaane kan yageen ♥️
    Love y’all ♥️
    Stay safe and take care ♥️

  2. lau.laala786@gmail.com His Beastess says:
    August 6, 2022 at 5:37 pm

    assalam alaikum varahmathullahi va-barakathuh
    eyy manjeyyyy miyoh kameh… haadha kuriehhga ey dhw manje thiya ulheny…. mihaaru e dhemeehun break up vaan ulheyhen mashah heevanee.. trailer ga vee hen,….
    thieh nooney hadhaa baivaru kudhin govaigen ulhey meeheh eiii… anehhka kaaku baa…. vedhaane raisha kamah ves…🤭🤭🤭🤫🤫
    eyy nethin maa vaahaka gina kuraakah enmenves salaam buni…
    and manjege lhiyanu ves salaam buni🙈🙈🙈
    ok ok byeee
    loves you darloooo❤❤❤byeeeee

  3. Nayaa Nayaa says:
    August 6, 2022 at 5:57 pm

    In reply to His Beastess
    Va’alaikumussalaam varah’mathullahi vabarakaathuh
    Dhn trailer ga nuvaa gothakah vaahakayaku nuvaane dhw..hehe
    Dhn neynge dhw vedhaane eii thi buni meehaa kamah vx..haha..next prt aky hama bodu surprise ekey bunaany..hehe
    Emmennah magey salaam vx bunedhy..
    Awwwwn eyna mhr magey lhiyanakah v dhw?? U said it so it means😉😏……..hahahah😂🤣🤣
    Lhiyanu kairi buney ma vx salaam bunyyey..heyo haaluga dhuniyeyga ulhen beynumiyyaa manje ge lolun eyna aa hedhi enme karuna thikkeh vx vettun dheegen nuvaaney buney..if that hpns…..then…..well yk….. nd tell him that this is just a friendly warning 😊☠️
    Ahaha okie byeeee
    Love yah mooooorrrreeeeeeeee 😘♥️

  4. lau.laala786@gmail.com His Beastess says:
    August 7, 2022 at 2:06 pm

    eyyyyyy manje gandaaaa
    ma buny ehen majalakasheyyy
    sadly he is not your lhiyanu yetttt*****😭😭😭😂😂😂😂
    ma ehen buny cux you called eynayah lhiyanu kurindhuvahu kohffa in cmnt ga ehenvegen…🤭🤭🤭🙈🙈🙈🙈🙈😎
    mihaaru thi ulheny zajil br ulheyhen 😏😏😏😏😏😁😁😁😁

Comments are closed.

Next Episodeހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 14←


All Right Reserved!