Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 16

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
August 22, 2022 9 Mins Read
5 Comments

“ރިލޭކްސް މިލާން.. ދެ ރަހުމަތްތެރިންވެސް ބައްދާލަފާނެއްނު.. މިލާންވެސް ލައުރާއާއި އެކީގައި އުޅެނީ އެހެންނެއްނު..” އެތަކެއް ވާހަކައެއް ދައްކައިގެން މިލާން ބެލީ އަމިއްލަ ނަފްސު ހަމައަކަށް އެޅުވޭތޯއެވެ. ނަމަވެސް، އެ ފޮޓޮއިން އޭނައަށް ތަފާތު ކަމެއް ފާހަގަ ވަނީއެވެ. އެހެންޏާ ނުކުރެވޭ ކަހަލަ އިޙްސާސެއް ކުރެވެނީއެވެ. އޭނާއަށް އެ ފޮޓޯތައް ފޮނުވަނީ ކާކުކަމެއްވެސް އަދި އެނގިފަކާ ނެތެވެ. އެ ފޮޓޯތައް ފޮނުވިޔަސް އަޅައެއްވެސް ނުލައެވެ. އެކަމާއި ބެހޭ ގޮތުން ޔައިނާއާ ސުވާލެއްވެސް ނުކުރެއެވެ. އެއީ ޔައިނާއަށް އޭނާ އިތުބާރު ކުރާ ވަރެވެ. ނަމަވެސް، މިހާރު ޝައްކު ކުރަން މަޖުބޫރެވެ. ވަރަށް ވިސްނުމަށްފަހު، މިލާން ނިންމީ އެ ފޮޓޯތަަކީ އެޑިޓްކޮށްފައިވާ ފޮޓޯތަކެއްތޯ ބެލުމަށެވެ. މޫނު ފުހެލަމުން އިން ތަނުން ތެދުވެ، މިލާން މިސްރާބު ޖެހީ އޭނާގެ ކާރާއި ދިމާއަށެވެ. ކާރަށް އެރުމަށްފަހު މިލާން ދުއްވައިލީ އަވަހަށް އޭނާގެ މަންޒިލަށް ދިޔުމުގެ ބޭނުމުގައެވެ. ފަނަރަވަރަކަށް މިނެޓުގެ ދަތުރަކަށްފަހު، މިލާންއަށް އޭނާގެ މަންޒިލާއި ހަމައަށް ވާޞިލް ވެވުނެވެ. އެއާއި އެކު، ކާރުގެ ދޮރުފަތް ހުޅުވައިލުމަށްފަހު މިލާން ކާރުން ފޭބިއެވެ. އަދި ކުރިމަތީގައި ހުރި ފަސްބުރީގެ އިމާރާތަށް ވަންނަން ހިނގައިގަތެވެ.

އެމްވައި ގޭމިން ސެންޓަރގެ އިމާރާތަށް ވަދެގެން ދިޔަ މިލާން ފެންނަ ކޮންމެ މީހަކުވެސް ކޮޅަށް ތެދުވަނީ އިޙްތިރާމް ކުރުމުގެ ގޮތުންނެވެ. ހާސްވެފައި ހުރި ވަރުން އެހެން ފަހަރުފަހަރާއި ޚިލާފަށް އެމީހުންނަށް ހިނިތުންވުމެއް ރައްދުކޮށްލުންވެސް ވީ މިލާންއަށް ނުހަނު އުނދަގޫ ކަމަކަށެވެ. އޮފީހުގެ އެންމެ މަތީ ބުރިއަށް އެރުމަށްފަހު، މިލާން ގޮސް ވަނީ އިމާރާތުގެ މައި އޮފީހަށެވެ. އެ އޮފީހަށް ވަދެވުމާއި އެކު ޖައްސާފައި ހުރި އޭސީގެ ފިނިން މިލާން ހީކަރުވައިގަތެވެ. އެ ބޮޑު، ތަނަވަސް އޮފީހުގެ ހުރިހާ ފާރުތަކެއްގައިވެސް ހުރީ ހުދާއި އަޅި ކުލަ ލާފައެވެ. އޮފީހުގެ އެއްކައިރީގައި އަޅިކުލައިގެ ސޯފާއެއް ބަހައްޓާލެވިފައިވީ އިރު، އެ ސޯފާގެ ދެފަރާތުގައި ކުޑަ ދެ ގަސްވެސް ހުއްޓެވެ. ސޯފާގެ ކުރިމަތިން އޮފީހުގެ އަނެއް ފަރާތުގައި އަޅި ކުލައިގެ ބޮޑު މޭޒެއް ހުރި އިރު އެ މޭޒުމަތީގައި ކޮމްޕިޔުޓަރަކާއި، ފައިލްތަކެއްގެ އިތުރުން މަސައްކަތަށް ބޭނުންވާނެ ސްޓޭޝަނަރީސްއާއި، ޑެކަރޭޝަންސްވެސް ބޭނުންކޮށްފައި ހުއްޓެވެ. އޭގެ އިތުރުން ފަންސޫރުން ކުރަހާފައިވާ ކުރެހުންތަކެއްވެސް ތަރުތީބުކަމާއި އެކީ މޭޒުގެ ކަނެއްގައި ބަހައްޓާފައި ހުއްޓެވެ. އަޅި ކުލައިގެ ބޮޑު ގޮނޑިއެއް ހުރި އިރު، އޭގެ ފަހަތުން ނުކުމެވެން ހުރީ ބޮޑު ބެލްކަންޏަކަށެވެ. އެ ބެލްކަނީގައި ތަފާތު ވައްތަރުގެ ގަސްތައް އިންދާފައިވާ އިރު، އިށީންނާނެ ބޮޑު އުނދޯއްޔެއްވެސް ހުއްޓެވެ. މޭޒުގެ ކަނާތް ފަރާތުގައި ކުޑަ ވަރެއްގެ އެހެން ކޮޓަރިއެއް ހުރި އިރު، އެތަން ވަނީ ކަރުދާސް ރީމްތަކުންނާއި، އިލެކްޓްރޯނިކް އެހެން ސާމާނުތަކުން ފުރިފައެވެ.

މި ހުރިހާ އެއްޗެއްސާއި، ކަންތައްތަކަކީވެސް މިލާން މި ފާއިތުވެދިޔަ ހަތަރު އަހަރު ދުވަހު ކުރި ބުރަ، މިންނެތް މަސައްކަތުން ޙާސިލްވި ކަންތައްތަކެވެ. ރެޔާއި ދުވާލު ނުކައި ނުބޮއެ، ކުރި ބުރަ މަސައްކަތުން މިލާން މިއަދު އެ ވަނީ އޭނާގެ ހުވަފެން ޙަޤީގަތަކަށް ހަދާފައެވެ. މިއަދު އެމްވައި ގޭމިން ސެންޓަރ އަކީ ރާއްޖޭގައި ހުރި އެންމެ މަޤުބޫލު ވީޑިއޯ ގޭމް އުފައްދާ ކޮމްޕެނީއެވެ. ވިޔަފާރި އެންމެ ފުރަތަމަ ހުޅުވުނު ދެ އަހަރު އެއީ ހަމައެކަނި ގޭމިން ކޮމްޕެނީއަކަށް ވީ ނަމަވެސް، މިހާރު މިލާންމެން އަންނަނީ އެހެން ވިޔަފާރިތަކުގެ އެދުމަށް އެމީހުންގެ ޑިޖިޓަލް މާކެޓިންއާއި، ބިލްބޯޑްތައްވެސް ބޮޑެތި އަގުތަކުގައި ހަދައިދީ، ގޭމް ފިޔަވާ އިތުރު އެޕްލިކޭޝަންތައްވެސް އުފައްދަމުންނެވެ. އަދި މީގެ އިތުރުން އިންޓަރނޭޝަނަލް ފެންވަރުގައި އިތުރު ގޭމްތަކެއް އުފައްދާ ވިޔަފާރި އެހެން ޤައުމުތަކުގައިވެސް ފުޅާ ކުރުމަށް މިލާންމެން ވާނީ ވަރަށް ފަހުން މެލޭޝިޔާގެ ގޭމިން ކޮމްޕެނީއަކާއި އެކީ އެއްބަސްވެ، ސޮއެކޮށްފައެވެ. ކިޔަވަމުން މިލާން އުފެއްދި މި ވިޔަފާރިއާއި ކުރިއަރުވަން ކިތަންމެ އުނދަގޫވީ ކަމުގައިވިޔަސް، މިއަދު މިލާން އެ ވަނީ ވިޔަފާރި ކުރެވެން އޮތް އެންމެ ބޮޑަކަށް ފުޅާކޮށް، އަދި އޭގެ އިތުރުން އެ ދާއިރާއިން ޑިގްރީވެސް ޙާސިލްކޮށްފައެވެ. ދިރިއުޅުމުގައި ކިތަންމެ ބޮޑު ކުރިއެރުމެއް ލިބިފައިވީ ނަމަވެސް، މިލާން ބޭނުންވާ އަދި އެއްކަމެއް އެބަ އޮތެވެ. އޭނާ މިރޭ މިތަނަށް އެ އައީވެސް އެ ބޭނުމުގައެވެ. އެހެންކަމުން އަވަސްއަވަހަށް ގޮނޑީގައި އިށީނދެ، މިލާން އޭނާގެ މަސައްކަތް ފެށިއެވެ.

އެންމެ ފުރަތަމަ ކަމަކަށް މިލާން އެމީހާ ފޮނުވާފައި ހުރި ފޮޓޯތައް އޭނާގެ ކޮމްޕިޔުޓަރަށް އެޅިއެވެ. އެއަށްފަހު، އެ ކޮމްޕެނީއިން އުފެއްދި އެޕްލިކޭޝަންއެއް ބޭނުންކޮށް، މިލާން އޭނާގެ މަސައްކަތް ކުރިޔަށް ގެންދިޔައެވެ. ލިބިފައި ހުރި މޮޅު ހުނަރާއި، ހަތަރު އަހަރުގެ ތަޖުރިބާއާއި އެކު، މިލާންއަށް އެއީ މާ އުނދަގޫ ކަމަކަށް ނުވިއެވެ. މިލާން އޭނާގެ މަސައްކަތް ނިންމައިލީ ފިނި ފެންފޮދެއް ބޯލާހާ ފަސޭހައިންނެވެ. ފަނަރަވަރަކަށް މިނެޓުގެ މަސައްކަތަކަށްފަހު، މިލާން އޭނާގެ ގޮނޑީގައި ބުރަކަށި ޖައްސާލާ، ސީލިންއަށް ނަޒަރު ހުއްޓައިލިއެވެ. އޭރު އެ ދެލޮލުގައި ވީ ދެނެގަންނަން ނޭނގޭ ފަދަ އަސަރުތަކެކެވެ.

އެންމެ ފަހު ފޮޓޯ ފިޔަވައި އެހެން އެއްވެސް ފޮޓޯއެއް ވަނީ އެޑިޓް ކޮށްފަކައި ނޫނެވެ. އެންމެ ފަހު ފޮޓޯގައި ވަނީ ޔައިނާ އެމީހާގެ އަތުތެރޭގައި ވަނިކޮށެވެ. އެ ފޮޓޯވަނީ އެޑިޓްކޮށްފައިކަން އެނގުމާއި އެކު، މިލާންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ނަމަވެސް، ފަސްވަނަ ފޮޓޯގައިވެސް ވަނީ ޔައިނާ އެމީހާގެ ގައިގައި ބައްދާލައިގެން ހުރި ތަނެވެ. ވީ އިރު، އެ ފޮޓޯ އިންދާ، އިތުރަށް އެޑިޓް ކޮށްގެން އެފަދަ ފޮޓޮއެއް އަލުން ފޮނުވަންވީ ކީއްވެގެން ކަމެއް މިލާންއަކަށް ނުވިސްނުނެވެ. “އެއީ ކާކުބާ..؟ އެމީހާގެ މަޤްސަދަކީ ކޮބައިބާ..؟” މިލާންގެ ހިތަށް އެރިއެވެ. އެއާއިއެކު ސިކުނޑިއަށް އައި ޚިޔާލާއި އެކީ، މިލާން ކީބޯޑުގެ ފިތްތަކަށް ފިތަން ފެށީ ހަލުވިކަމާއި، ފަރިތަކަމާއި އެކީއެވެ. ނަމަވެސް، އިރުކޮޅެއް ނުވެ އެކަން ހުއްޓައިލީ މި ކުރެވެނީ ރަނގަޅު ކަމެއް ނޫން ކަން އެނގުމުންނެވެ އިލީގަލް ހެކިންއަކީ އޭނާ ދުވަހަކުވެސް ކުރާނޭ ކަމެއްވެސް ނޫނެވެ. އެފަދަ ކިތަންމެ ހުނަރެއް ހުރި ނަމަވެސް، މިލާން ބޭނުންވަނީ އޭނާގެ ހުނަރު ރަނގަޅު ގޮތުގައި ބޭނުން ކުރާށެވެ. ވިސްނާނުލާ، އަމިއްލަ ބޭނުމަށް އޭނާ އަޅާ އެންމެ ކަތި ފިޔަވަޅަކުންވެސް މުޅި ކުންފުނީގެ އަގު ވެއްޓިގެން ހިނގައިދާނޭކަން އޭނާ ދަނެއެވެ.

“އާހްގްގް.. މި ވަނީ ކީއްބާ..؟” ބޮލުގެ އިސްތަށިގަނޑުގައި ދެއަތުން ހިފަހައްޓާ، މިލާން ދެލޯ މަރައިލިއެވެ. ކޮންމެވެސް ބޮޑު ކަމެއް ވާން އުޅޭ ކަމަށް އޭނާގެ ހިތުގެ ކަނަކުން އެވަގުތުވެސް އިންޒާރުގެ އެލާމް އަޅަން ފެށިއެވެ. “އަހަރެން ޖެހޭނީ ޔައިނާއަށް އިތުބާރު ކުރަން.. އިތުބާރަކީ ގުޅުމެއްގެ ބިންގާ.. އެ ނެތިއްޖެ ނަމަ އެއްވެސް ގުޅުމެއް ދެމިއެއް ނޯންނާނެ..” މިލާން ދިޔައީ އަމިއްލަ ނަފްސަށް ވިސްނައިދެމުންނެވެ. “ވީހާވެސް އަވަހަކަށް އަހަރެން ބޭނުމީ ޔައިނާ ދެކިލަން.. އެކަމް ކިހިނެތް…؟” މިލާންއަށް އަމިއްލަ ނަފްސާ ސުވާލު ކޮށްލެވުނެވެ. އެއާއެކު، އައި މޮޅު ޚިޔާލާއި އެކީ މިލާންގެ ތުންފަތުގައި ރީތި ހިނިތުންވުމެއް ދުވެލިއެވެ. ހިނދުކޮޅެއްގެ ތެރޭގައި ކަންތައް ކުރާނެ ހުރިހާ ގޮތެއް ސިކުނޑި ތެރޭގައި ރާވައިލިއެވެ. އޭރުވެސް މިލާންގެ ތުންފަތުގައި ވީ ހިނިތުންވުމެކެވެ.

ކޮމްޕިޔުޓަރުން އޭނާގެ މުޅި މަހުގެ ޝެޑިއުލް ބަލަމުން، ކުރަން ރާވާފައި އޮތް ކަމަށް ބުރޫ ނާރާނެހެން ހުރިހާ ޙަރަކާތެއް ބަދަލު ކުރަމުން ދިޔަ މިލާންއަށް ފޯނާއި ދިމާއަށް ބަލައިލެވުނީ ފޯނު ރިންގުވާ އަޑު އިވުމުންނެވެ. އަރާފައިވި ޔައިނާގެ ނަން ފެނިފައި މިލާންގެ ތުންފަތުގައިވި ހިނިތުންވުން އިތުރަށް ފުޅާވިއެވެ. ދުވަސްތަކަކަށްފަހު، ޔައިނާ އިސްވެ، އޭނާއާ ގުޅައިލުމުން މިލާންގެ ހިތް އުފަލުން ނަށައިލިއެވެ. އޭނާގެ ކުންފުުނީގެ ނަމަކީވެސް ޔައިނާއަށް ޚާއްސަކުރެވިފައިވީ ނަމެކެވެ. އޭނާގެ ނަމުގެ ފެށޭ އަކުރާއި ޔައިނާގެ ނަމުގެ ފެށޭ އަކުރު ބޭނުންކޮށްގެން ހަދާފައިވި އެ ނަމުންވެސް ހެކިކަން ދެނީ އޭނާ ޔައިނާ ދެކެ ވާ ސާފު، ތެދުވެރި ލޯތްބެވެ.

“ހަލޯ.. ކީކޭ ލަވް..؟” ފޯނު ކަންފަތުގައި ޖަހައިގެން އިނދެ މިލާން ކޮމްޕިޔުޓަރުން ކުރަމުން ދިޔަ މަސައްކަތް އިހަށް ހުއްޓައިލިއެވެ. އޭނާ ބޭނުންވީ މިވަގުތުކޮޅު އެކީ ޔައިނާއަށް ހުސްކޮށްލާށެވެ. “ހަމަ މިސްވާ ވަރުން މި ގުޅާލީ.. އެކަމް ދެން މހެން މިސްވާކަށް ނުޖެހޭނެތާ ދޯ.. ހާފް އިޔަރގެ ތެރޭގަ ރާއްޖެ ދާނަން، އިންޝާ ﷲ..” ޔައިނާގެ އަޑުގައިވީ އުފާވެރިކަމެވެ. “އިންޝާ ﷲ..” މިލާންވެސް ހީލިއެވެ. “އޭރުން އަހަރެން މިންގެ ގައިގަ ވަރަށް ބާރަށް ބައްދާލާނަން.. ދުލެއްވެސް ނުކުރާނަން.. ހަނދާންވޭތަ މީގެ ފައިވް އިޔަރސް ކުރިންވެސް އެއްކަލަ ދުވަހު ތުނޑީގަ އިނދެފަ އަހަރެން ބުނީމެއްނު.. އަހަރެން އައިއްސަ މިންއާ ދުރުގަ ހޭދަކުރަން ޖެހނު ހުރިހާ ދުވަހަކަށް ވާ ވަރަށް މިންއަށް ލޯބި ދޭނަމޭ..” ޔައިނާގެ ލޯބި ވާހަކައިން މިލާންގެ ތުންފަތުގައިވީ ހިނިތުންވުން ދިޔައީ ހިނދަކަށްވުރެ ހިނދެއް ފުޅާވަމުންނެވެ. “ކިހިނެތް ހަނދާން ނެތޭނީ..؟ އައިމް އޯލްސޯ ވެއިޓިން އިނާއާ ބައްދަލްވާނެ ދުވަހަކަށް..” ފަސްއަހަރު ކުރީގެ އެ ފޮނި ހަނދާންތައް އައު ކުރަމުން މިލާން ދެލޯ މަރައިލިއެވެ. “އޯވްން.. ސޯ ސްވީޓް ލަވް.. އޭ ބައިދަވޭ.. ކޮންގްރޭޓްސް ލަވް.. ލާސްޓް ވީކްގަ ޔޫ ސައިންޑް އަ ކޮންޓްރެކްޓް ވިތް މެލޭގެ އެންމެ ބޮޑު އެއް ގޭމިން ކޮމްޕެނީ.. އައިމް ސޯ ޕްރައުޑް އޮފް ހައު ފާރ ޔޫވް ކަމް ދޫނި..” ޔައިނާގެ އަޑުން އޭނާ މިލާންއާއި ދޭތެރޭގައި ފަޚުރުވެރިވާ މިންވަރު ހާމަވެގެން ދިޔައެވެ. “ތޭންކްސް ބޭބީ.. އިނާ ނެތް ނަމަ އަހަންނަށް މިއިން އެއްވެސް ކަމެއް ކާމިޔާބެއް ނުވާނެ.. ތެންކިޔު އިނާ.. ފޯރ އޯލްވޭޒް ބީންގ ދެއަރ ފޯރ މީ.. ތިހާ ދުރުގަ ހުރެގެންވެސް..” މިލާން ބުނެލިއެވެ. “އަޅޭ.. އަސްލު އަހަރެން ޖެހޭނީ މިންއަށް ތެންކްސް ބުނަން.. އަހަންނަށް އިނގޭ އަސްލު މިކޮޅަށް އައި ފަހުން އަހަންނަށް މިންއަށް އެވަރަށް ޓައިމް ނުދެވޭ ކަންވެސް.. އެކަމް މިން ދުވަހަކުވެސް އެކަމާ ޝަކުވާއެއް ނުކުރެ.. އަހަންނަށް ޝައްކެއްވެސް ނުކުރެ.. ތެންކިޔު ސޯ މަޗް މިން..” ޔައިނާވެސް ބުނެލިއެވެ. “އެނީތިންގ ފޯރ ޔޫ މައި ލަވް..” އެފަދަ އެތައް ވާހަކަތަކެއް ދެއްކުމުގައި މިލާންއާއި ޔައިނާ ވަގުތު ހޭދަކުރިއެވެ. ދުވަސްތަކަކަށްފަހު، މިހާ މިނިވަންކަމާއި އެކީގައި ޔައިނާއާއި ވާހަކަ ދައްކައިލެވުމުން މިލާންގެ ހިތަށް ވަނީ ބުނަން ނޭނގޭ ހިތްހަމަޖެހުމެއް ލިބިފައެވެ. ދާދި ދެންމެއަކު އެ އެއްޗެއް ފެނިގެން ކަންބޮޑުވެގެން އުޅުނު ފޮޓޯތައްވެސް މިހާރު އޭނާގެ ހަނދާނަކު ނެތެވެ.

*** ** ***

ކުޑަވަރެއްގެ އޮފީހެއްގައި ކޮމްޕިޔުޓަރެއްގެ ދޮށުގައި އިންދެގެން އެެއްޗެއް ޓައިޕް ކުރަމުން ދިޔަ އަންހެން ކުއްޖާ އިނީ ކޮމްޕިޔުޓަރުގެ ސްކްރީނަށް ގެއްލި ހުސްވެފައެވެ. ހީވާ ގޮތުން އޭނާ އެ ކުރަނީ ވަރަށް މުހިއްމު މަސައްކަތެކެވެ. “ލައުރާ މޭމް..” އޮފީހުގެ ދޮރުގައި ޓަކިޖަހާލުމަށްފަހު، ވަދެގެން އަިއ އަންހެން ކުއްޖާ ގޮވައިލުމުން ލައުރާ އެ ކުއްޖާއާއި ދިމާއަށް ބަލައިިއެވެ. އަދި އެއްބުމަ އަރުވައިލީ ކިހިނެތް ވީ ހެއްޔޭ އަހާ ފަދައަކުންނެވެ. “ދި ކްލައިންޓްސް ވިލް ބީ ގެޓިން ހިއަރ އިން ފައިވް މިނެޓްސް.. މޭމް ދުރުވަންވީ ނޫންތޯ..؟ އަޅުގަނޑު އަދި އެބަ ޖެހޭ ނެކްސްޓް ވީކްގެ ޓްރިޕްއާއި ބެހޭ ގޮތުންވެސް މޭމްއާއި ވާހަކަ ދައްކާލަން..” އެތެރެއަށް ވަން އަންހެން ކުއްޖާ އިޙްތިރާމާއި އެކީ ވާހަކަ ދެއްކިއެވެ. “އޯކޭ އައިލް ބީ ދެއަރ އިން ޓޫ މިނެޓްސް.. ޕްރެޒެންޓޭޝަންއާއި، ފައިލްތައް ރެޑީ..؟” ލައުރާގެ ސުވާލަށް އެ ކުއްޖާ ބޯޖަހައިލިއެވެ. “އެންމެ ރަނގަޅު.. ޔޫ ކެރީ އޮން.. އައިލް ބީ ދެއަރ..” ލައުރާގެ ބުނުމަށް އެ އަންހެން ކުއްޖާ ނުކުތެވެ.

ކޮމްޕިޔުޓަރުން ކުރަން އިން މަސައްކަތް ހުއްޓައިލުމަށްފަހު ލައުރާ އޭތި ސޭވްކޮށްލިއެވެ. އެއަށްފަހު، ގޮނޑިން ތެދުވެ، ލައިގެން ހުރި މެރޫންޕަރޕަލް ކުލައިގެ ގަމީސް ރީތިކޮށްލިއެވެ. ގޮނޑީގައި އަޅުވާފައި އޮތް އަޅި ކުލައިގެ ކޯޓު ނެގުމަށްފަހު، ގަމީހުގެ މަތިން ލައުރާ އޭތި ލިއެވެ. އަދި ތިރިން ލައިގެން ހުރި އަޅިކުލައިގެ ބެލްސްގެ ބެގީ ރަނގަޅުކޮށްލުމަށްފަހު، އިސްތަށިގަނޑުވެސް ރީތިކޮށްލިއެވެ. މޭޒުމަތީގައި އޮތް އޭނާގެ ފޯނާއި، ލެޕްޓޮޕާއި، ދެތިން ފައިލެއް ހިފައިގެން ލައުރާ ނުކުތީ ކްލައިންޓުން އަންނަންވާ އިރަށް މީޓިން ހޯލަށް ދާށެވެ.

“ޑައުން ދަ އައިލް” އަކީ މިވަގުތު ރާއްޖޭގައި ފަސްވަނައަށް އެންމެ ހަޔެސްޓް ރޭޓެޑް ވެޑިން އޯރގަނައިޒިން ކޮމްޕެނީއެވެ. ލައުރާގެ ބެލެހެއްޓުމުގެ ދަށުން މި ބޮޑު ވިޔަފާރި ދަނީ އެއްދުވަހަށްވުރެ އަނެއް ދުވަހު ކުރިއަރަމުންނެވެ. ކޮމްޕެނީ ހުޅުވިތާ އަހަރެއް ވެގެން ދިޔަ އިރު، އަހަރަކާއި ބަލާފައި ލިބިފައިވާ ކާމިޔާބީތަކާއި ޑީލްތައް މަދެއް ނޫނެވެ. ކޮންމެ ކައިވެންޏެއްގެވެސް ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ބަލަހައްޓާ، އިތުބާރު ހިފޭ ކޮމްޕެނީއަކަށް މި ކޮމްޕެނީ ވާނޭކަން ގައިމެވެ. ކައިވެނީގެ ހެދުމުން ފެށިގެން ބޫޓާއި، ގަހަނާއާއި، މޭކަޕާއި، ކައިވެނީގެ ޕާރޓީއާއި، ކެއިންބުއިމުގެ ހުރިހާ އިންތިޒާމަކާއި، ކޭކާއި، ފޮޓޯގްރަފީއާއި، އަދި މީގެ އިތުރުންވެސް ފުރިހަމަ ކައިވެނި ޕާރޓީއަކަށް ބޭނުންވާނޭ ހުރިހާ ކަމެއްވެސް މި އޯރގަނައިޒޭޝަންގެ ފަރާތުން ހަމަޖައްސައިދެއެވެ. މީގެ އިތުރުން މާލެއިން ބޭރުގައި ކުރެވޭ ކައިވެންޏެއް ނަމަ، ކޮމްޕެނީގެ ފަރާތުން ޓީމެއް ގޮސްގެން ވަކިވަކިން ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައިދޭނެއެވެ. ބޮޑެތި ޑީލްތަކުގައި ލައުރާވެސް ބައިވެރިވަނީ، އެއްވެސް ކަމެއް އުނިވެ، ޝަކުވާއެއް އަންނަން ޚުދު އޭނާވެސް ބޭނުން ނުވާތީއެވެ. ކަސްޓަމަރުންގެ ބޭނުންތައް އެންމެ ފުރިހަމަ ގޮތުގައި ފުއްދައިދެވޭތޯ ލައުރާ އަބަދުވެސް ވަރަށް މަސައްކަތް ކުރެއެވެ. ލައުރާ ދަނީ އޭނާގެ ބުރަ މަސައްކަތުން ޖަވާޒީ ޙަޔާތެއް ފަށާ އެތައް ބައެއްގެ ފޮނި ހަނދާންތައް ރައްކާކުރުމަށް އެހީވަމުންނެވެ.

*** ** ***

ގެއަށް އައިސް ވަން އަފާން ހުރީ ވަރުބަލި ވެގެން ގޮސް ހަލާކުވާ ވަރު ވެފައެވެ. މުޅި ދުވަހު ބައްޕައާއި އެކީގައި ހޮސްޕިޓަލުގައި އުޅުމުގެ ސަބަބުން އޭނާ ހުރީ އަވަހަށް ތަނެއްގައި ޖައްސާލަން ބޭނުންވެފައެވެ. ގެއަށް ވަނުމަށްފަހު ބޫޓާއި އިސްޓާކީނު ބާލާފައި އަފާން ސޯފާއަށް ވެއްޓިގަތީ ކޮޓަރިއަށްވެސް ދާން ބޮޑުކަމަކަށް ވުމުންނެވެ. ސީލިންއަށް ނަޒަރު ހުއްޓައިލުމަށްފަހު، އަފާން ދެލޯ މަރައިލިއެވެ. ވަގުތުން އެ ހިތުގައި ކުރެހުނީ ޒާރާގެ އެ ހިތްގައިމު ސޫރައެވެ.

“ޒާރާ.. ދެން އަހަންނަށް ފިލާނީ ކިހިނެތް.؟” މަޑުމަޑުން އެހެން ބުނެލި އިރު އަފާންގެ ތުންފަތުގައިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ޒާރާ މަސައްކަތް ކުރަނީ ކެއަރލޫޕް ހޮސްޕިޓަލުގައިކަން އެނގުނު ހިސާބުން ފެށިގެން އަފާންގެ ހިތަށް ވަނީ ބުނަން ނޭނގޭ ފަދަ ހިތްހަމަޖެހުމެއް ލިބިފައެވެ. ދެން އޭނާއަށް ކޮންމެ ދުވަހަކުހެން ޒާރާ ފެންނާނެއެވެ. އެ ރީތި ސޫރައާއި، ފަރި ޙަރަކާތްތައް ގާތުން ދެކިލުމުގެ ނަސީބު ލިބޭނެއެވެ. ހަމަ ޔަޤީނުންވެސް ދެން ޒާރާ އޭނާއަށް ފިލަން ކުރާ މަސައްކަތްތައް ކާމިޔާބު ވިޔަކަ އޭނާ ނުދޭނެއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ޒާރާ ކާމިޔާބު ކުރުމަށް އަފާން ހިތާހިތުން ޢަޒުމު ކަނޑައެޅިއެވެ.

ޒާރާގެ ޚިޔާލުތަކުން ބޭރުވާން އަފާންއަށް އެނގުނީ ފޯނު ރިންގުވާން ފެށި އަޑުންނެވެ. ގުޅަނީ އަކްމަލް ކަމުން އަފާން ފޯނު ނަގާ، ހަލޯއޭ ބުނެލިއެވެ. “ދަރިފުޅާ.. މާދަމާ މެންދުރު ދޭއް ޖަހާ އިރު މީޓިން އޮންނާނެ.. ހަނދާންކޮށް މީޓިންއަށް އަންނާތި..” އަކްމަލް އެ ގުޅީ މީޓިން އޮންނާނެ ވާހަކަ ބުނުމަށެވެ. “ލައްބަ ބައްޕާ.. އެންމެ ރަނގަޅު..” އަފާން ޖަވާބު ދީފައި ފޯނު ކަނޑާލިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، އަފާން ކޮޓަރިއަށް ވަންނަން ހިނގައިގަތީ ފެންވަރައިގެން އަވަހަށް ނިދާލުމުގެ ބޭނުމުގައެވެ.

*** ** ***

ނިދާފައި އޮތް އަފާންއަށް ހޭލެވުނީ މީހަކު މާ ބާރަށް ދޮރުގައި ތަޅާ އަޑަށެވެ. އެހާ އަރާމުކޮށް ނިދާފައި އޮއްވާ މީހަކު އެހާ ބާރަށް ގޮވާ އަޑު އިވުމުން ރުޅި އައިސްފައި، ބާލީސް ކަންފަތް މަތީގައި އަޅާ ބާރުކޮށްލީ، އިތުރަށް ނިދާލުމުގެ ބޭނުމުގައެވެ. ނަމަވެސް، ދެންވެސް އަޑެއް މަޑެއް ނުވިއެވެ. ބޭރުގައި ހުރި މީހާ ހަމަ ގޮވާ ވަރަށް ގޮވަމުން ދިޔައެވެ. އެންމެ ފަހުން ބޮލަށް އުނދަގޫވެގެން އެމީހަކާއި ދިމާލަށް ދެތިން ބަދު ބަހެއް ބުނެލާފައި، އަފާން ތެދުވިއެވެ. ހަމައެކަނި ކަޅުކުލައިގެ ސޯޓެއްގައި ހުސް ގަޔާ ހުރެގެން އަފާން ދޮރާ ދިމާއަށް ދިޔަ އިރުވެސް ހުރީ ނިދީގައެވެ. ދޮރު ހުޅުވުމަށްފަހު، މިލާން ހުރި ތަން ފެނުމުން ކުޑަ ކުއްޖެއްހެން ފުއްވާލާފައި ގޮސް އެނދަށް ވެއްޓިގަތެވެ.

“ކިހާ ދެރަވެއްޖެ ކަމެއް ދެން.. މި މީހާގަނޑާ ހަދާ މަގޭ އެއޮށް އަރާ މު ނިދިކޮޅޭ އެ ދިޔައީ.. ކަލޭ ކިހިނެތްތަ މަގޭ ގެއަށް ވަނީ..؟” ނިދީގައި ހުރެ އަފާން ކުދި ކިޔައިގަތެވެ. “އެއޮށް ދިހައެއް ޖެހީ ވިއްޔަ.. ނިދިފަ ކައެއަށް ހުންނާނީ މިހާރު.. ބްރޯ އޭ ތަޅުވެސް ނުލައޭ ދޮރު ހުރީ.. ނަސީބެއްނު މަށަށް އާދެވުންކަންވެސް.. މަ ނޫން އެހެން މީހަކު އައި ނަމަ މިހާރު މި އެޕާޓްމެންޓު އެއްކޮށް އޮންނާނީ ހުސްއަރުވާފަ އެއްނު..” އަފާންގެ ގައިގައި ބާލީހުން ޖަހަމުން މިލާން ބުންޏެވެ.. “ޕިސް ޕިސް.. ކައެ މިއަދު މާ ފޯރި އަރައިގެން ތި އުޅެނީއޯ.. ޔައި ކައިރި އިންނަން އަހަނީތަ..؟” ދެން މިލާން އޭނާ ނިދިޔަ ނުދޭނެކަން އެނގޭތީ، އަފާންވެސް މަޖާވެލާފައި، އެހީ ފަހަރެއްގައިވެސް އެއީ ތެދަކަށް ވެދާނޭކަމަށް ހީކޮށެއް ނޫނެވެ. ނަމަވެސް، މިލާން އެއްމިޔަކަނިން ލާނެތް ގޮތަކަށް ހީލުމުން އަފާންގެ މޫނަށް ސީރިޔަސްކަން ވެރިވިއެވެ.

“ނޯ ވޭ..” އަފާންވެސް އެއްމިޔަކަނިން ހިނިތުންވަމުން ބުނެލިއެވެ. “ޔެސް ވޭ..” ޖީބުން އަލިމަސް ޖެހި ރިހި އަނގޮޓިއެއް ނަގަމުން މިލާން ބުނެލިއެވެ. “އޯ މައި ގޯޑް.. ވާއު.. މައި ގޯޑް..” އެނދުމައްޗަށް އަރާ، އަފާން ފުންމަން ފެށި އިރު ހީވަނީ މިލާން އިންނަން އަހައިގެން އެ އުޅެނީ އަފާން ކައިރީ ހެންނެވެ. “ކަލޯ އޭ ހަމަޖެހިބަލަ.. މަ އިންނަން މި އެހީ ކަލޭ ކައިރިޔަކު ނޫނޭ ތިވަރު ވާކަށް..” އަފާން އުޅެމުން ދިޔަ ގޮތުން ހީހީ ހަލާކުވެފައި ހުރި މިލާން ބުނެލިއެވެ. “އަޅޭއް އެކަމަކު ދޯ ދެންންން.. ޕިސް ޕިސް.. ހާދަ ލޯތްބޭ..” ޔައިނާވެސް އެހާ އުފާވާނެ ހެނެއް ހިޔެއް ނުވެއެވެ. ދެއަތް އަނގަމަތީގައި އަޅައިގެން ކަރުބުޑުން އަފާން ހަޅޭ ލަވަމުން ދިޔަ އިރު ކައިރީ ގެތަކުގައި ނިދާފައި ތިބޭ މީހުންވެސް ހޭލާނެކަން ގައިމެވެ. “ކަލޭނޭ އެކަމަކުވާ ދޯ.. މިވަރު މީހެއްތަ އަކްމަލްބެ ހޮސްޕިޓަލުގެ ސީއީއޯއަކަށް ހަދަން މި އުޅެނީ.. ހީވަނީ އައިސްކްރީމެއް ލިބުނީމަ ފަސް އަހަރުގެ ތުއްތު ކުއްޖަކު ފުމެނަގާހެން..” މިލާން ހެމުން ހެމުން އަފާންއާއި ދިމާކޮށްލިއެވެ. އޭރުވެސް އަފާން ދިޔައީ އެނދުމަތީގައި ފުންމަމުންނެވެ.

“އޭ.. އޭގެ މާނަ އަކީ ޔައި މިކޮޅަށް އަންނަނީއޭތަ..؟” އިރުކޮޅެއްގެ އުފާވެރިކަމަކަށްފަހު، އަފާން އެނދުމަތީގައި ހަމަޖެހިލިއެވެ. “ނޫނޭ.. ޔައި މިކޮޅަށް އަންނަނީކީ ނޫން.. މަ އެކޮޅަށް ދަނީ..” މިލާން ހިނިތުންވެލިއެވެ. “އޯހ.. ކޮންއިރަކުން..؟ އެކަމް ކީއްވެ އެހާ ކުއްލި ގޮތކަށް ޕްރޮޕޯޒް ކުރަން ތި ނިންމީ..؟” އަފާން އެއްސެވެ. “ކުއްލިތަ..؟ ފަސް އަހަރު ވީއޭ އަހަރެމެން ރައްޓެހި ވެގެން އުޅޭތާ.. މަ މަގޭ ޝެޑިއުލް ކްލިއަރ ކޮށްފިން.. މާދަމާ ހެނދުނު މަ ފުރާނަން.. ޓިކެޓުވެސް ނަގައިފިން.. ޒާ ކައިރިވެސް މަ ބުނެފިން.. ހުރިހާ ކަމެއް ޕްލޭންކޮށް ނިންމައިފިން.. އެކޮޅުގަ އުޅޭ އިނާގެ ފްރެންޑެއް.. ޝިޔަލް އިނގެ އެއްނު އަފާންއަށް.. ޒާރާއާ އޭނަވެސް ފާޑަކަށް ރައްޓެހި.. އެހެން ވާހަކަ ދައްކާލާނެ.. އެހެންވެ ޒާރާ ޝިޔަލް ކައިރި ބުނެގެން މަ ބޭނުންވާ ގަޑިއަށް ބޭނުންވާ ހިސާބަށް އިނާ ގެންގޮސްދޭނެ..” އެންމެ ރެޔެއްގެ ތެރޭގައި މިލާން ހުރިހާ ކަމެއް ރާވާފައިވަނީ ނުހަނު ފުރިހަމައަށެވެ. މިލާންގެ ރޭވުމަށް އަފާން ތަޢުރީފު ކުރި ނަމަވެސް، ޒާރާއާއި ޝިޔަލްއޭ ބުނުމުން ނޭނގޭ އުނދަގުލެއް އެ ހިތަށް ވެލައިގެން ދިޔައެވެ.

“ޒާރާއަށް މަށާ ވާހަކަ ދައްކަންވެސް ނުކެރޭ.. އެކަމް އައު އެކުވެރިން ހޯދައިގެން އެމީހުންނާއި އެކީ އުޅެން ކޮމްފޮރޓެބްލް ދޯ.. އަދި އެވެސް ފިރިހެނުން..” ހިތަށް ތަދުވީ ވަރުން އަފާންއަށް ބުނެވުނެވެ. އަފާންގެ ޙާލަތު ފެނި، މިލާންވެސް އިންތިހާއަށް ދެރަވިއެވެ. ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހަމަޖެހިލައިގެން ޒާރާއާއި ދިމާކޮށް، ވާހަކަ ދައްކައިލުމަކީ އަފާންއަށް ނުވެފައި އޮތް ކަމެވެ. ދުރުދުރުން ޒާރާ ފެނުނު ނަމަވެސް، ކައިރިޔަށް ދިޔުމުގެ ފުރުސަތެއް ދުވަހަކުވެސް ޒާރާ އަފާންއަކަށް ނުދެއެވެ. އޭގެ ފަހުން ދެމީހުންވެސް ކިޔެވުމުގެ ތެރޭގައި ބުރަ ވެގެން އިތުރުކަމަކާއި ދޭތެރޭގައި ވިސްނާނޭ ވަގުތު ނުލިބުނީއެވެ.

“އަފާން.. ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރަނގަޅުވާނެ.. އަފާންވެސް ހޮސްޕިޓަލާ ޖޮއިން ކުރީމަ ދެން ގިނަގިނައިން ޒާރާ ފެންނާނު.. ހާސް ކަނޑާލަބަލަ ބްރޯ.. ޒާރާ އަދިވެސް ހުރީ ހުހަށޭ.. އަފާންއަަށް އަދިވެސް ކާމިޔާބު ވާނެ އިންޝާﷲ..” އަފާންގެ ކޮނޑުގައި މަޑުމަޑުން ޖަހައިލަމުން މިލާން ބުނެލިއެވެ. މިލާންގެ ބަސްތަކުން ލިބުނު ހިތްވަރާއި، ހިތްހަމަޖެހުމުން އަފާންއަށް ހީލެވުނެވެ. “އޭ ކައެ އެކަނިތަ ދަނީ..؟ އިތުރު މީހަކު ނުދާނެ..؟” އަފާންއަށް އަހައިލެވުނީ މިލާން އެކަނި ދާތީއެވެ. “ޒާ ކައިރި އެހިން.. ބުނީ ޖޮބަށް ނުކުމެފަ އަދި އެހާ ދުވަސް ނުވާތީ ޗުއްޓީއެއް ނުނެގޭނެޔޯ.. ދެން ލައުވެސް މާދަން ނޫން އަނެއް ދުވަހު ފުރާނެ އައްޑޫއަށް.. އެރަށުގަ އޮންނަ ވެޑިންއެއް އޯރގަނައިޒް ކުރަން.. ދެން ހުރީ އަފާން.. މަށަށް އިނގޭ އަފާންއަށްވެސް ނުދެވޭނެކަން.. މިދުވަސްކޮޅަކީ އަފާންއަށްވެސް ވަރަށް މުހިއްމު ދުވަސްކޮޅެއްނު..” މިލާންގެ ބުނެލިއެވެ. “ހޫމް.. އެކަމް މަ ގުޅާނަން އިނގޭ.. ވާނުވާ އަންގާތި.. ކިތަންމެ ދުރުގަ ހުރެގެން ވިޔަސް މަށަށް ވެވޭ ވަރުގެ ކަމެއްގައި ނަމަ މަ އެހީތެރިވާނަން..” އަފާން ޔަޤީންކަން ދިނެވެ. “ތޭންކްސް މޭން..” މިލާން އަފާންއާއި އަތާއަތް ޖަހައިލިއެވެ. “ހޯން.. ދެން ދޭ ފެންވަރަން.. ނިދާ ހޭލިގޮތަށް ކުނި މޫނާ އެކީ އެބައިނެއްނު އަދި.. ދާން ހަދާ..” އަފާންގެ ބުރަކަށީގައި އަޅާ ކޮއްޕައިލަމުން މިލާން ބުނެލިއެވެ. އަފާންވެސް މިލާންއާއި ދިމާއަށް ވައްތަރެއް ޖައްސާލާފައި، ކަންނެތްކަމާއެކީގައި ގޮސް ފާޚާނާއަށް ވަނެވެ.

*** ** ***

ދޭއް ޖަހަން ފަނަރަ މިނެޓަށް ވެފައި ހުރުމާއި އެކު، ޒާރާ އަތްމަތި އަވަސްކޮށްލިއެވެ. އުމުރުން ސައްވީސް އަހަރު ވެފައިވާ އިރުވެސް، އަދިވެސް ގަޑިއަށް ތަންތަނަށް ޙާޒިރު ވުމަކީ ޒާރާއަށް ކުރެވޭ ކަމެއް ނޫނެވެ. ދާހާ ތަނަކަށް ތެޅިފޮޅިގެން ދާން ޖެހެނީ އެހެންވެގެންނެވެ. މިއަދު ދޭއް ޖަހާ އިރު ހޮސްޕިޓަލުގެ ހުރިހާ ސްޓާފުންނަށް ވަރަށް މުހިންމު މީޓިންއެއް އޮންނާނެކަން އިޢުލާން ކުރުމުން ޒާރާ އެ ތައްޔާރު ވަނީ މީޓީންއަށް ދިޔުމަށެވެ. މިއަދަކީ އޭނާގެ ޑިޔުޓީ ނެތް ދުވަހެއް ކަމުން ޔުނީފޯމުގެ ބަދަލުގައި ލާފައިވަނީ އާދައިގެ ހެދުމެކެވެ. ހުދުކުލައިގެ އަތްދިގު ގަމީހެއްގައި ހުރި އިރު، ތިރިން ލާފައިވަނީ އައިސްބްލޫ ކުލައިގެ ފުޅާ ޖިންސެކެވެ. މަޑުފިޔާތޮށި ކުލައިގެ ޝޯލްގެ ތެރެއިން ޒާރާގެ ލުއި މޭކަޕެއް ކުރެވިފައިވީ މާ ދޮން ނޫން، އޮމާން މޫނު ފެންނަނީ ނުހަނު އުޖާލާކޮށެވެ. ތައްޔާރުވެ ނިމުމަށްފަހު، އެނދުމަތީގައި އޮތް ދަބަހާއި، ފޯނު ހިފައިގެން ނުކުތީ ގަޑި ޖެހުމުގެ ކުރިން އެހިސާބަށް ފޯރާތޯއެވެ. އޭނާގެ ގެ ހުންނަނީ ހޮސްޕިޓަލާއި ފުދޭވަރަކަށް ދުރުގައި ކަމުން ސައިކަލުގައި ދިޔަޔަސް ފަނަރަވަރަކަށް މިނެޓު ނަގާނެއެވެ.

ގެއިން ނުކުމެގެން ގޮސް ޒާރާ އެރީ އޭނާގެ މެރޫންކުލައިގެ ސައިކަލަށެވެ. އަތުކުރީގައި އޮތް ރިހިކުލައިގެ ގަޑިއަށް ބަލައިލަމުން ޒާރާ ސައިކަލު ދުއްވައިލީ އިތުރަށް އެންމެ މިނެޓެއް ލަސްވިޔަސް، ގަޑި ޖެހޭނެކަން އެނގޭތީއެވެ. ހޮސްޕިޓަލާއި ހަމައަށް ދެވުމުން ޒާރާ ސައިކަލު ޕާކް ކޮށްލާފައި ގޮސް ވަނީ، ދުވެފައި ކަހަލަ ގޮތަކަށެވެ. އަވަސް ހިނގުމެއްގައި ގޮސް މީޓިން ރޫމަށް ވަދެވުނު އިރު އެތަނުގައި ހުރިހާ މުވައްޒަފުންހެން ހަމައަށް ތިއްބެވެ. އެހެންނަމަވެސް، އަކްމަލް ހާޟިރު ނުވާތީ ޒާރާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަވަސްއަވަހަށް ގޮސް ހުސްކޮށް ހުރި ދެތިން ގޮނޑީގެ ތެރެއިން ގޮނޑިއެއްގައި އިށީން ތަނާ އަކްމަލް އައިސް ވަނެވެ. އަކްމަލް ވަނުމާއި އެކު ހުރިހާ މުވައްޒަފުން އެކީ ތެދުވީ އިޙްތިރާމް ކުރުމުގެ ގޮތުންނެވެ. ޒާރާވެސް ކޮޅަށް ތެދުވެ، ގަމީސް ރީތިކޮށްލިއެވެ. އަކްމަލް ވަން ދޮރާއި ދިމާއަށް ބަލައިލުމާއި އެކު ޒާރާގެ ދެލޯ ބޮޑުވީ އަކްމަލްގެ ފަހަތުން ވަން މީހާ ފެނިފައެވެ. ވަގުތުން އަނެއް ފަރާތަށް އެނބުރެވުނު އިރު، އެއަށްވުރެ ފަހަތުގައި ހުސް ގޮނޑިއެއް ހުރިތޯ ބަލައިލެވުނެވެ. ނަމަވެސް، ފަހަތުގައި ހުރި ގޮނޑިތަކުގައި މީހުން ތިއްބެވެ. ކުރާނެ އިތުރު ކަމެއް ނޭނގުމުން ޒާރާ ގޮނޑީގައި އިށީނީ ހިތާހިތުން އަމިއްލަ ޙާލާ ދޭތެރޭ ޝަކުވާ ކުރަމުންނެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

އެދުވަހު ލޯބިން 13

Next

ނުފިލާނޭ މިހިތަކުން

Next
August 24, 2022

ނުފިލާނޭ މިހިތަކުން

Previews
August 22, 2022

އެދުވަހު ލޯބިން 13

5 Comments!

  1. lau.laala786@gmail.com His Beastess says:
    August 22, 2022 at 1:09 pm

    anmaaaiyyy… zaara and afaan sitting on a tree hmm hmm hmm hmmmmhm
    manjeyyyyy milaan kairi bunegen or laura kairi bunegen mashah proposal akaa wedding akaa mi hurhaa kameh ready kohdheeba….
    hessa curious…. hehheheheeh…..
    and fyi this is the best eps like afaan ge that reaction made me die out of laughter hahahhaahha…🤣🤣🤣
    ehaa ufaavaane nama dhw dhen meehaku 😏😏😏😏😏😏😏
    eyy a kedy school in ai gothah miothyyy….. byeeeee

  2. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    August 22, 2022 at 2:38 pm

    Koyaaaaaaaaaaa
    Intrestinggggggg
    Ekamaku vaaa dhwww mithiba milaan akaa yainaa ehhh

    E dhemeehunge dialogue kiyaafa ma hama boa falhaigen nudhiyaee kiriyaa🤖🤖🤖🤖🤖sahaadheh mibuny… Hama dhebas massuni kohgen noon gothakah vhk dhhakaa kah neynge ey dhww😭😭😭😭😭koyaa ekm vrh salhi milana and yainage story..But I’m so nervous… Mashah engey e shiyal yainaa milaan bunaa thaakah gengossa rangalhu kameh nukuraane kan.. Klww mashah heevany dhn annan e ulheny trailer ga in than kolhu hen.. 😭😭😭😭😭😭

    Brw brw waa waaa afaan j veyy dhww… Alhey dhww zaaraa ah e fenuny afaan kamaa medhu mashakah yageeneh noon.. Ekm shahkku.. Dhn afaan vehjjehyyaa isheennaanee akmal kairy dhw.. Ekm zara kairy in hus gondi? Zara keehvve e meehaku fenifa eyna kairy in hus gondi dheytherey haas vaan vee? Afaan eh hama gaimu vx e thaaku neesheennaane dhw.. 🤔🤔🤔I’m vry much confused bro.
    Ok ok bye bye dhany ey ingey.. Hiy heyo kuraathi

  3. Nayaa Nayaa says:
    August 22, 2022 at 3:31 pm

    Reply to @His Beastess
    Ahahaha K-I-S-S-I-N-G.. First comes love.. Then comes marriage.. Then comes a baby in a carriage.. Lmaooooooo 🤣🤣🤣🤣🤣
    Eyyyy kaaku ge wedding akh?? Manje aa ehm ehm ge wedding ah thr.. Lol.. Klw thy adhi kuda kujjekey.. Ihah kiyavabala😂😂😂
    Ahaha afaan ge reaction dhww.. Hehe
    Dhn kn meehaku???
    Arn okie byeeee

  4. Nayaa Nayaa says:
    August 22, 2022 at 3:36 pm

    Reply to @Reesha Corona
    Ahahaha brothahhhh.. Milaan aa yaina aa dhww.. Dhn ehnves vaaney brw.. Lol
    Dhn hingaa dhw balamaa.. Trailer ga vaa gothah veythw..

    Ahaha afaan vs J vaanu dhw.. Hoon eii afaan ey.. Ekan ingeyne dhn enmennah vs..
    Pss pss ey mihira galhi bolaa.. Zaaraa fahathuga huri gondiyah dhaan beynun v eii enme furathama bari ah veema ey.. Eyrun jeheyny afaan ge kurimatheega innaakannu.. Afaan ah faseyhain zaaraa fennaanu eyrah.. Mi kiyaa ehcheh eba visneythr thi galhi sikundi ah?? Eynnn?? Pss galhi ey bunyyas galhy ey..

    Hoon dhey.. Magey hiy hevey abadhuves Manje aa dheytherey hevey

  5. lau.laala786@gmail.com His Beastess says:
    August 22, 2022 at 8:12 pm

    eeeeheeeheeee noonnn manje ah ingeyne dhw dhenn… eynayaa dhen ehen gothehe ekm eii magey weddin uhh buttttttt after 20 yrs 🤣🤣🤣🤣🤣🤣
    dhen hingaa dhw dhen balamaa kaaku thww. dhwww…😏😏😁
    plus ma bunan othyy mihaaru ma varah rangalahh balaigen kiyavameyyy nukevunakas miadhuves school ga huri iru enburun araiganegen nuvettuny kiriyaa iyye nukai miadhu nukai huregen…
    meehaku huri halheyyy lavaafa and fyi thats my momma ineyyyy lolll 🤣🤣😂😂😂😭
    dhen manje vx vaane varah balaigen ulhen kiyavan vaane firihenehhge avaiga nujeheythi byeeeeee
    love you dhooniiii….
    aharun dhemeehunnah innane meehaku nuviyya dhen ok thaa dhemeehunnah dhemeehun ves mi thibeenun….🤣🤣🤣🤣😂😂😂😂😂 #SINGLE FOR LIFE…..😆😆😏😏😏🙌
    OKI BYEEEEEEEE💖💖💖💖❤❤😘

Comments are closed.

Next Episodeހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 17←


All Right Reserved!