Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 12

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
August 3, 2022 9 Mins Read
4 Comments

“އެ ސޮރު އެ ހުރީ ހަމަ ރަނގަޅަށްވެސް ދީވާނާ ވެފަ..” މިލާން ގާތަށް ހިނި އައީ އަފާން އުޅުނު ގޮތުންނެވެ. “ހޭނެ ކަމެއް ނެތް.. އެއީ ހަމަ މިލާންވެސް އޭރު އުޅުނު ގޮތޭ..” ޔައިނާ ހަނދާންކޮށްލަ ދިނުމުން މިލާން ކުޑަކޮށް ލަދުރަކި ވިއެވެ. އަވަސްއަވަހަށް މައުޟޫ އޮޅުވާލަމުން މިލާން އެހެން ވާހަކައެއް ފެށިއެވެ. އެގޮތުގައި އިރުކޮޅަކު ތިބުމަށްފަހު ދެމީހުންވެސް ގޮސް އެމީހަކަށް ޚާއްސަ ކުރެވިފައިވީ ކޮޓަރިއަކަށް ވަނީ ފެންވަރައިގެން ނަމާދު ކޮށްލުމަށެވެ.

*** ** ***

ފެންވަރައިގެން ނުކުމެ، އަފާން ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. ހަމައެކަނި ތުވާއްޔެއް އަނދެގެން ހުރި އިރު، އެ ފިރިހެންވަންތަ، ކަސްރަތީ ހަށިގަނޑު ވަނީ ހާމައަށެވެ. ތެތްކޮށް އޮތް އިސްތަށިކޮޅުން އަފާންގެ އެ ކަސްރަތީ ދެކޮނޑާއި، މޭމަތި ތެންމަމުން ދިޔައެވެ. އިސްތަށިގަނޑުން ފެންތައް ފޮޅައިލަމުން އަފާން ރީތިވާން ފެށިއެވެ. ގަޔަށް ސްޕްރޭކޮޅެއް ޖަހައިލުމަށްފަހު، އަލަމާރި ހުޅުވައިލީ ލާނެ އެއްޗެއް ނެގުމަށެވެ. ހުދު ކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ކުލައިގެ ސްކިނީ ޖިންސެއް ނެގުމަށްފަހު، އަފާން އެ ލިޔެވެ. އެއަށްފަހު، އަފާން އަވަސްވެގަތީ ޢަސުރު ނަމާދު ކުރުމަށެވެ.

ނަމާދުކޮށް ނިމިގެން މޫނު ރީތިކޮށްލާފައި، އިސްތަށިކޮޅުވެސް ރީތި ގޮތަކަށް ސްޓައިލް ކޮށްލިއެވެ. ގަމީހުގެ އަތުކުރި އޮޅަނބޮށްޓާ ހަމައަށްއޮޅައިލާފައި، ރިހި ކުލައިގެ އަތުކުރީ ގަޑި އަޅައިލުމުން އަފާންގެ ފިރިހެންވަންތަ ކަން އިތުރުވީ ފަދައެވެ. އެންމެ ފަހު ކަމަކަށް ގަޔަށް ސެންޓުކޮޅެއް ޖަހައިލަމުން އަފާން ގޮސް ކޮޓަރިން ނުކުތެވެ. ހަރުގަނޑުން ނެގި ފައިވާނަކަށް އަރައިގެން އަފާން ގެއިން ނުކުތެވެ.

ގެއިން ނުކުމެގެން ގޮސް އަފާން، މާ ދުރު ނޫން ހިސާބެއްގައި ހުރި ސައިކަލަށް އަރާ، ސްޓާރޓް ކޮށްލިއެވެ. ގަޑިއަށް ބަލައިލެވުނު އިރު ހަތަރުގަޑި ސައްބީސް ހިނގާފައި ހުރުމުން އަވަސްވެގަތީ ޖެޓީއަށް ދިޔުމަށެވެ.

ހައެއްކަ މިނެޓު ތެރޭ އަފާންއަށް އޭނާގެ މަންޒިލަށް ވާޞިލް ވެވުނެވެ. ވަގުތުން އެ ދެލޯ ހޯދައިލީ ޒާރާގެ ހިތްގައިމު ސޫރައެވެ. ޒާރާ އެންމެ ފަހުން އޭނައަށް ފެނިފައިވަނީ މީގެ ދެމަސް ކުރިންނެވެ. އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހެވެ. އޭގެ ފަހުން އޭނައަށް ޒާރާ ފެނިފައިވަނީ ހަމައެކަނި ޒާރާގެ އިންސްޓަގްރާމް ޕޯސްޓްތަކުންނެވެ. އެތައް ދުވަހަކަށްފަހު، އޭނާގެ ހިތުގެ ރާނީ ހަމަލޮލަށް ފެންނަން އުޅުމުން އަފާންއަށް ކުރެވެމުން ދިޔައީ ގޮތްނޭނގޭ އިޙުސާސްތަކެކެވެ. ދެތިން ފަހަރު ފޯނު ނަގައި، މޫނާއި އިސްތަށިގަނޑު ވެސް ރީތިކޮށްލެވުނެވެ.

ސައިކަލު މަތީގައި އަފާން އިންނަތާ ދިހަ ވަރަކަށް މިނެޓު ވީ އިރުވެސް ޒާރާއެއް ނުފެނުނެވެ. އަދި ނުލަފަނީ ކަމުގައި ނިންމަމުން އަފާން އޭނާގެ ފޯނު ނަގައި މިލާންއަށް މެސެޖު ކޮށްލިއެވެ. ޒާރާ އަދިވެސް ނާންނަ ވާހަކަ ބުނުމުން މިލާން ބުނީ ޒާރާ މިހާރު ލަފައިފި ކަމުގައެވެ. އެހެންކަމުން އަފާންއަށް އަވަސްއަވަހަށް ދެކޮޅު ހޯދާ ބަލައިލެވުނެވެ.

ލޯންޗުން ފޭބި ޒާރާ ޔައިނާއަށް މެސެޖުކޮށްލާފައި ލެފިއްޖެ ކަމަށް ބުނެލިއެވެ. ނަމަވެސް، ދެން ޔައިނާ ފޮނުވި މެސެޖުން ޒާރާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. “ސޮރީ ޒާ.. މިލާންއާ ދެމީހުން ވިސާ ނަގަން އައިސް މި އުޅެނީ.. އެކަމް ޒާ ބަލާ އަފާން ފޮނުވިން.. އަފާންއަށް އިނގޭނެ އަހަރުން އުޅޭ ގެއަށް ދާން.. އަފާންއާ އެކީ ދޭ އިނގޭ..” ޔައިނާގެ މެސެޖު ކިޔައިލަމުން ޒާރާއަށް އަތް މުއްކަވައިލެވުނެވެ. މި ޖެހުނީ އަނެއްކާ އަނެއް ހަ ކަންތަކާއޭ ހިތަށް އެރިއެވެ. އަފާންއާއި ކުރިމަތިލާ ހިތް ނެތުމުން އެކަނި ގެއަށް ދާންވެސް ހިތަށް އެރިއެވެ. ނަމަވެސް، މިއޮށް ބޮޑު މާލޭގައި ގެއަށް ދާކަށް އެނގޭނީކީވެސް ނޫނެވެ. އިތުރު ގޮތެއް ނެތުމުން ޒާރާ ދެކޮޅު ހޯދާ ބަލައިލީ އަފާން ފެނޭތޯއެވެ.

ނޭނގި ނަމަވެސް، ޒާރާގެ ހިތް އެދި ގޮވަމުން ދިޔައީ އަފާންގެ ހިތްގައިމު ސޫރަ ދެކިލުމަށެވެ. ނަމަވެސް، ޒާރާ އަދިވެސް އޭނާގެ ހިތުގެ ގޮވައިލުމަށް އިޖާބަ ދޭކަށް ނުވިސްނައެވެ. އެހެންކަމުން އެ ވިސްނުންތައް އެއްފަރާތް ކޮށްލުމަށްފަހު އަވަހަށް އަފާން ފެނޭތޯ ބަލަމުން ދިޔައީ އަވަހަށް ގެއަށް ދާން ބޭނުންވެފައި ހުރުމުންނެވެ. ތިންގަޑިއިރުގެ ދަތުރެއް ކޮށްފައި އައި އިރު އޭނާއަށް ދެ ފަހަރަކު ހޮޑުވެސް ލެވުނެވެ. ކަނޑުމައްޗަށް އަރައިފިއްޔާ ޒާރާގެ ޙާލަކީ އެއީއެވެ. ކުޑަކޮށް ބޮލަށް އެނބުރުން އަރާ ގޮތް ވުމުން ޒާރާ ހުރީ ތަނެއްގައި އޮށޯވެލަން ވަރަށް ބޮޑަށް ބޭނުން ވެފައެވެ.

އެކި ދިމަދިމާލަށް ދަތުރު ކުރަމުން ދިޔަ ޒާރާގެ ދެލޯ ހުއްޓުނީ ކަޅު ކުލައިގެ ސައިކަލެއް މަތީ އިށީނދެގެން އިން އަފާންއަށެވެ. ހުދުކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ޖިންސެއްގައި އަފާން ފެންނަލެއް ހާދަ ހިތްގައިމޭ ޒާރާގެ ހިތަށް އެރިއެވެ. ވޭތުވެގެން ދިޔަ ދެމަސް ދުވަހުގެ ތެރޭގައި އަފާން ކޮންމެވެސް ވަރަކަށް ބަދަލުވެފައި ހުރިކަން ޒާރާއަށް ފާހަގަ ވިއެވެ. އެ ހަށިގަނޑު ކުރިޔަށްވުރެ ކަސްރަތީވެފައި، ތުނިކޮށް ފަޅާފައި ހުރި ތުނބުޅިން އަފާންގެ ފިރިހެންވަންތަކަން އިތުރުވެފައިވާހެން ހީވިއެވެ. ހެދުން އެޅުމުގެ ވައްޓަފާޅިވެސް ބަދަލުވެފައި ހުރި އިރު، ކުރިޔަށްވުރެ ހަރުދަނާ ގޮތެއް ހުއްޓެވެ. ދެމަސް ދުވަހުގެ ތެރޭގައި އަފާން މިހާ ވަރަށް ބަދަލުވެދާނެއޭ ޒާރާގެ ހިތަކަށް ނާރައެވެ.

ސައިކަލު މަތީ އިން އަފާންގެ ލޮލުގައި ޒާރާ އަޅައިގަތީ އެވަގުތުއެވެ. ލާފައި ހުރި ހުދު ކުލައިގެ ފައިތިލައާ ހަމައަށް އަރާ މެކްސީއާ ކަޅު ކުލައިގެ ޝޯލްގައި ޒާރާ ފެންނަލެއް ވަރަށް ރީއްޗެވެ. ވަރަށް ފުރިހަމައެވެ. ޒާރާގެ ފުރަތަމަ ފެނިލުމުންވެސް އަފާންގެ ހިތަށް ގޮތެއް ވެލައިގެން ދިޔައެވެ. ޒާރާއާ ދިމާލަށް ރަނގަޅަށް ބަލައިލުމަށް ލޮލުގައި އޮތް އަވި އައިނުވެސް ނެގުނެވެ. ޒާރާ އައިސް އޭނައާ އަރާ ހަމަވި އިރުވެސް އަފާންއަށް ހުރެވުނީ ބަލާށެވެ. ހީވަނީ ހައެއްކަ އަހަރު ފަހުން ލޯބިވެރިޔާއާ ދިމާވެގެން ބަލާހެންނެވެ.

އަފާންގެ އެ ކަތި ނަޒަރުން ޒާރައަށް ލަދުވެތިކަން އިޙްސާސް ކުރެވުނެވެ. އިސްޖަހައިލަން ބޭނުންވި ނަމަވެސް، އެކަން ނުކުރެވުނީ އެއަށްވުރެ ބޮޑަށް އަފާންގެ ދެލޮލުގެ ތެރެއަށް ފީނައިގަންނަން ބޭނުވެފައި ހުރި ވަރުންނެވެ. ދެމީހުންނަށްވެސް އެކަކު އަނެކަކުގެ ދެލޮލަށް ނަޒަރު ހުއްޓާލައިގެން ތިބެވުނު އިރު، ވަށައިގެންވާ މާހަގައުލުގައި ހިނގާ އެއްވެސް ކަމެއް ނޭނގޭ ފަދައެވެ.

ކުއްލިއަކަށް ޒާރާ ސިއްސައިގެން ދިޔައީ ބާރަށް ދުއްވާފައި އައި ކާރެއް ބަރުގޮނު އަޅައިލި އަޑު އިވުމުންނެވެ. ކާރު ޒާރާއާ ޖެހޭ ނުޖެހޭ ހިސާބުގައި ހުއްޓާ އަފާން ހުށިޔާރުކަމާއެކީ ގެނައި ކުއްލި ހަރަކާތާއި އެކު ޒާރާގެ އަތުގައި ހިފާ، އޭނާއާ ވީ ދިމާލަށް ދަމާލިއެވެ. އެފަދަ ކަމަކަށް ނުވިސްނައި ހުރި ޒާރާ ގޮސް ތަތްވީ އަފާންގެ ތަނަވަސް މޭމަތީގައެވެ. އެކަކު އަނެކަކާއި އެހާ ކައިރީގައި ތިބެވުމުން ދެމީހުންގެ ހިތްވެސް ދިޔައީ ބާރުބާރަށް ތެޅެމުންނެވެ.

ޒާރާގެ ލޮލާއި ލޯ ސީދާވެފައި ވުމުން އަފާންއަށް އޭނާގެ އިހުސާސްތައް ކޮންޓްރޯލް ކުރުން ވީ ދަތި ކަމަކަށެވެ. ހިތުގައި އޮތް ޖުމްލަ ބުނެވެން އުޅުނީ އިޚްތިޔާރުން ބޭރުގައެވެ. “ޒާރާ.. އަހަރެން..” އަފާންއަށް ބުނަން ބޭނުންވި ވާހަކަ ނުބުނެވުނީ ކުއްލިއަކަށް ޒާރާ އޭނައާ ދުރުވެލުމުންނެވެ. “ވަރަށް ވަރުބަލި.. އަވަހަށް ގެއަށް ދާން ބޭނުމީ..” އިސްޖަހާލައިގެން ހުރެ ޒާރާ ބުނެލިއެވެ. ޒާރާގެ ފަރާތުން ފެނުނު އަޅާލުން ކުޑަ ކަމުން އަފާންގެ ހިތުގައި ރިއްސައިލިއެވެ. ނަމަވެސް، އެ އިޙުސާސްތަކަށް ފަސް އަޅާ، ފޮރުވާލަމުން ސައިކަލަށް އަރާ ހަމަޖެހިލިއެވެ. ޒާރާއަށް ސައިކަލަށް އެރުމަށް އިޝާރާތް ކޮށްލުމުން ނުކެރި ހުރެފައިވެސް ޒާރާ އަފާންގެ ފަހަތަށް އެރިއެވެ. އަފާންއާ އެހާ ކައިރީގައި އިންނަން ޖެހުމުން މިވަގުތުވެސް ޒާރާގެ ހިތް ހީވަނީ އަނގަޔަށް އައިސްފާނެ ހެންނެވެ.

ދާދި ދެންމެއަކު ލޯންޗުން ފޭބުމުން އަދިވެސް މޭނުބައި ކޮށްފައި ހުރި ޒާރާގެ ނޭފަތުގައި އަފާންގެ މީރު ސެންޓުގެ ވަސް ޖެހުމުން ލޯ މަރައިލެވުނެވެ. ނޭފަތް އެތެރެއަށް ދަމާލަމުން ޒާރާ ހިނިތުންވެލި މަންޒަރު ލޯގަނޑުން އަފާންއަށް ފެނުނެވެ. އެއާއެކު، އަފާންއަށްވެސް ހިނިތުންވެވުނީ ޒާރާގެ މައުސޫމް ޢަމަލުތައް ފެނިފައެވެ.

“ބާރަށް ހިފާއްޓައްޗޭ.. ދުއްވާލަނީ..” އެހެން ބުނުމަށްފަހު އަފާން ދުއްވައިލިއެވެ. އެއާއެކު އަމިއްލަ ދުނިޔެއަށް ގެއްލިފައި އިން ޒަރާ ދިޔައީ ސިއްސައިގެންނެވެ. ވަގުތުން އަފާންގެ އުނަގަނޑުގައި އަތް ވަށައިލެވުނުއިރު ދެލޯ މަރައިލެވުނެވެ. އަފާން އެހާ ބާރަށް ސައިކަލު ދުއްވަފާނެ ކަމަކަށް ޒާރާ ހިޔެއް ނުކުރެއެވެ.

“ބުނީމެއްނު ބާރަށް ހިފަހައްޓާށޭ..” އެއްމިޔަކަނިން ހީލަމުން އަފާން ބުނެލިއެވެ. “ކިހިނެއްތަ އިނގެނީ އަފާން އެހާ ބާރަށް ދުއްވާނެ ކަމެއް..” ޒާރާގެ އަޑުގައިވީ މަޑުމައިތިރިކަމެވެ. “އަފާން ތަންކޮޅެއް މަޑުން ދުއްވަބަ.. ޕްލީޒް.. އަހަރެންގެ ބޮލަށް އެނބުރުން އަރައޭ އެބަ..” ކުރިއަށްވުރެވެސް ބާރަށް އަފާންގެ ގައިގައި ހިފަހައްޓައިލަމުން ޒާރާ ބުނެލިއެވެ. ވަގުތުން އަފާން ދުވެލި މަޑުކޮށްލިއެވެ. ކަނޑުމައްޗަށް އަރައިފިއްޔާ ޒާރާއަށް ވާ ވަރު ހިނދުކޮޅަކަށް އަފާންގެ ބޮލުން ކައްސާލައިގެން ދިޔައީއެވެ. ނަމަވެސް، ދެން އަފާން ސައިކަލު ދުއްވަމުން ދިޔައީ ޒާރާއަށް ކަމެއް ވެދާނެތީ ވަރަށް ބަލައިގެންނެވެ. އިރުއިރުކޮޅާ ލޯގަނޑުން ޒާރާއަށް ވާ ވަރު އަފާން ދިޔައީ ބަލަމުންނެވެ.

ބޮލަށް އެނބުރުން އަރާ ވަރުން އެންމެ ފަހުން ކެތް ނުކުރެވިގެން ޒާރާ އަފާންގެ ބުރަކަށީގައި ބޯ ޖައްސައިލިއެވެ. ޒަރާގެ މި ޢަމަލުން އަފާންއަށް ސިހުން ލިބުނު ކަމުގައި ވިޔަސް، ދެވަނަ ސިކުންތުގައި ހިނިތުންވެވުނީ ހިތަށް ލިބުނު އާދަޔާޚިލާފު ހިތްހަމަޖެހުމުންނެވެ. އަވަހަށް ޒާރާއާ ދުރުވާން ބޭނުން ނުވުމުން އަފާން ގެއަށްވެސް ދިޔައީ ދެވެން އޮތް އެންމެ ދުރު މަގަކުންނެވެ. ގޭ ހުރި މަގަށް އަޅާފައިވެސް އަފާން މަޑުނުކޮށް އިތުރަށް ވަށައި، ބުރެއް ޖަހައިލީ އެހެންވެއެވެ.

“ޒާރާ.. އާދެވިއްޖޭ..” ސައިކަލު މަޑުކޮށްލުމަށްފަހު، އަފާން މަޑުމަޑުން ޒާރާއަށް ގޮވައިލިއެވެ. އެއާއެކު، ޒާރާއަށް ބޯ ހިއްލައިލެވުނެވެ. ހަމަހޭވެރިކަން ވުމާއި އެކު އަވަސް އަވަހަށް ސައިކަލުން ފޭބިއެވެ. “ތެންކްސް..” ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ރީތިކޮށްލަމުން ޒާރާ އަފާންއަށް ޝުކުރު އަދާކުރިއެވެ. “ވެލްކަމް..” އަފާން އޭނާގެ ހިތްގައިމު ހިނިތުންވުން ޒާރާއަށް ހަދިޔާ ކޮށްލަމުން ބުނެލިއެވެ. ޒާރާވެސް ކުޑަކޮށް ހީލަމުން އަފާންއަށް ފުރަގަސް ދީފައި ދިޔުމަށް ހިނގައިގަތެވެ. ނަމަވެސް، އެކަން ކާމިޔާބު ނުވީ، އަފާން އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ. ސުވާލުގެ ނަޒަރަކުން ޒާރާ އަފާންއާ ދިމާއަށް ބަލައިލިއެވެ.

“ސިޑިން އަރަން ޖެހޭނީ.. ލިފްޓު ވޯރކެއް ނުކުރެ.. ހަތަރުވަނަ ބުރިއަށް އެކަނި އެރޭނެ..؟” އަފާން އެހުމުން ޒާރާއަށް އިރުކޮޅަކު ވިސްނައިލެވުނެވެ. “ހޫމް..” ޒާރާ ހަމައެކަނި ހޫމްއެއް ލައްވައިލިއެވެ. “ޔަގީން..؟ ޒާރާ ތީ ކަނޑުމައްޗަށް އަރައިފިއްޔާ ދެން ދެ ދުވަސް ވާ އިރުވެސް ބޯ އެނބުރުން ނުހުއްޓޭ މީހެއް.. ސިޑިން އަރަނިކޮށް ކަމެއް ވެއްޖެއްޔާ ހަދާނީ ކިހިނެއް..؟” އަފާންގެ ސުވާލަށް ދޭނެ ޖަވާބެއް ޒާރާއަކަށް ނޭނގުނެވެ.

“ހިނގަ ދާން..” ސައިކަލުން ފައިބަމުން އަފާން ޒާރާގެ އަތުގައި ހިފީ ޒާރާގެ ފަރާތުން ޖަވާބެއް ނުލިބޭނެކަން އެނގޭތީއެވެ. ޒާރާވެސް ދެކޮޅު ހެދުމެއް ނެތި އަފާންއާއި އެކީ ދިޔައީ އަވަހަށް ތަނެއްގައި ޖައްސާލަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. މިހާރުވެސް ކޮޅަށް ހުންނަ އިރު ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެހެންނެވެ.

ޒާރާގެ އަތުގައި ހިފައިގެން އަފާން ގޮސް ސިޑިން އަރަން ފެށިއެވެ. ދެވަނަ ބުރިއަށް އެރުނު އިރު ޒާރާއަށް ކޮޅަށްވެސް ނުހުރެވުނެވެ. ބޮލުގައި ހިފަހައްޓައިގެން ހުރެވުނީ މުޅި ތަން އެނބުރޭހެން ހީވުމުންނެވެ. “ޒާރާ.. އޯކޭތަ..؟” ކަންބޮޑުވުމާއި އެކީ އަފާން އަހައިލުމުން ޒާރާއަށް ދެފަރާތަށް ބޯ ހޫރުވާލެވުނެވެ. އަފާންގެ އަތުގައި ބާރަށް ހިފަހައްޓާލެވުނީ ވެއްޓޭނެކަން އެނގޭތީއެވެ. ނަމަވެސް، ދެން އަފާން ކުރި ކަމަކުން ޒާރާއަށް ސިހުން ލިބުނެވެ.

ޒާރާ ނަގައި އަތްދަނޑިމައްޗަށް އަފާން އުފުލައިލީ ލުއި ފަތްކޮޅެއް ހެންނެވެ. އަފާންގެ މި ޢަމަލުން ޒާރާއަށް ދެލޯ ބޮޑުކޮށްލެވުނު އިރު، އެ މޫނުން ނަޒަރު ވަކިކޮށްލަންވެސް ޒާރާގެ ހިތެއް ނޭދުނެވެ. މިއާއި ޚިލާފަށް، އަފާން ހުރީ ޒާރާއާ ދިމާއަށް ނުބަލަން ނިންމައިގެންނެވެ. ޒާރައާ ދިމާއަށް ބަލައިފިއްޔާ ދެން ނަޒަރު ވަކި ނުކުރެވޭނެކަން އަފާންއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ސިޑީގެ ހަރުފަތްތައް ގިރާކުރުމަށްފަހު، އަފާން ގޮސް މިލާންގެ އެޕާރޓްމެންޓު ކުރިމަތީގައި ހުއްޓުނެވެ. އަފާން ދޮރު ހުޅުވުމަށް ޒާރާއަށް އިޝާރާތް ކޮށްލުމުން ޒާރާ އަވަސްއަވަހަށް ތަޅުގައި ހިފައި، އަނބުރައިލިއެވެ.

ގޭތެރެއަށް ވަދެ އަފާން އަތްދަނޑިމަތީގައި އޮތް ޒާރާ ގެންގޮސް ސޯފާގައި ބާއްވާލަދިނެވެ. އެއަށްފަހު، ފެންތަށްޓެއް ހިފައިގެން އައިސް ޒާރާއަށް ދިއްކޮށްލިއެވެ. ތެދުވަން އެހީވެދީފައި އަފާން ފެންތަށި ޒާރާގެ ތުމުގައި ޖައްސައިލިއެވެ. ޒާރާވެސް ބަސް އަހާ ކުޑަ ކުއްޖެއް ފަދައިން ފެންތަށި ބޯލުމަށްފަހު، އަފާންއަށް ޝުކުރު އަދާކުރިއެވެ. ބަދަލުގައި އަފާން ހަމައެކަނި ހިނިތުންވެލީއެވެ.

“އަފާން ދަނީތަ..؟” އަފާން ދާން އުޅުމުން ޒާރާއަށް ބޭއިޚްތިޔާރުގައި ގޮވައިލެވުނެވެ. “ނުދާންވީތަ..؟” އަފާންވެސް ކޮށްލީ ސުވާލެކެވެ. އެއަށްދޭނެ ޖަވާބެއް ޒާރާކަށް ނޭނގުނެވެ. “އަހަރެން އެބަ ޖެހޭ ކޮލެޖަށް ދާން.. މިލާންމެން އަންނާނެ މިހާރު.. ޒާރާ ދޭ ފްރެޝް ވެލައިގެން އަރާމު ކޮށްލަން..” އެހެން ބުނުމަށްފަހު، އަފާން ގެއިން ނުކުތީ، މިލާން މެސެޖު ކޮށްފައި، މި ހުރީ ތިރީގައި ކަމަށް ބުނުމުންނެވެ. ޒާރާ ހަމައަކަށް އެޅެން ދެން ޒާރާ ކައިރި މަޑު ކުރަން ބޭނުން ވިޔަސް، އެކަން ނުކުރެވުނީ މުހިންމު ކަމަކު ކޮލެޖަށް ދާންވެފައި އޮތުމުންނެވެ.

“ޒާ..” ގެއަށް ވަތް ގޮތަށް ޔައިނާ އައިސް ޒާރާގެ ގައިގައި އޮޅުލައިގަތެވެ. ޒާރާވެސް ހިނިތުންވަމުން ޔައިނާގެ ގައިގައި ބައްދާލީ، ދުވަސްތަކަކަށްފަހު، އެންމެ ގާތް އެކުވެރިޔާއާ ދިމާވުމުންނެވެ. “ޒާ ކިހިނެތް..؟” މިލާންވެސް އައިސް ހިނިތުންވަމުން ޒާރައާއި ސަލާމް ކޮށްލިއެވެ. “އަނެއްހެން ހަމަ ބަރާބަރު.. ދެން ދެންމެ ދަތުރު ކޮށްފަ އައިމަ ބޮލަށް އެނބުރުން އަރާ އަދިވެސް..” ޒާރާ ބުނެލިއެވެ. “އެހެންވީރު ޒާ ދޭ ފްރެޝް ވެލައިގެން ރެސްޓް ކޮށްލަން.. އަހަރެން ރޭގަނޑަށް ކޮންމެސް އެއްޗެއް ހަދާލާނަން.. އަނެއްކާ މާދަމާ ފަތިހުފަތިހާ ހޭލަން ޖެހޭނު.. ފްލައިޓް ފުރާނެ އެއިޓްގަ..” ޔައިނާ ބުނުމުން ޒާރާ މަޑު ހިނގުމެއްގައި ގޮސް ޔައިނާގެ ކޮޓަރިއަށް ވަނެވެ.

*** ** ***

ލޯގަނޑު ކުރިމަތީގައި ހުރެ، ޔައިނާ ތައްޔާރު ވަމުން ދިޔައީ މިލާން ބުނެގެންނެވެ. މިރޭ އަށްގަޑި ބަޔަށް ތައްޔާރުވެގެން ހުންނަން މިލާން ވަނީ ބުނެފައެވެ. އެއީ ކީއްކުރަން ކަމެއްވެސް ޔައިނާއަކަށް ނޭނގެއެވެ. ނަމަވެސް، މިލާން ކޮށްދޭނީ އޭނާ ހިތްއުފާވާ ކަމެއްކަމާއި މެދު ޔައިނާގެ ހިތުގައި އެއްވެސް ޝައްކެއް ނެތެވެ.

ގަޔަށް ސެންޓުކޮޅެއް ބުރުވާލަމުން ޔައިނާ އެންމެ ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލިއެވެ. ލައިގެން ހުރި ކަކުލާ ހަމައަށް އަރާ ރަތްކުލައިގެ ވަށްތިރި ހެދުން ޔައިނާއާ ނުހަނު ގުޅެއެވެ. މާ ގޮތް ބޮޑު ހެދުމަކަށް ނުވިޔަސް، އެ ހެދުމުން ޔައިނާގެ ރީތިކަން ހުރީ ފާޅުވާށެވެ. މޫނުގައި ކޮށްފައިވި މޭކަޕާއި، ތުންފަތުގައި ޖައްސާފައިވާ ގަދަ ރަތްކުލައިގެ ލިޕްސްޓިކުން ޔައިނާ އިތުރަށް ދޮން ކަމަށް ދައްކައެވެ. އިސްތަށިގަނޑު އެއްފަރާތުން ކަފިކޮށްފައި، ފަހަތަށް ދޫކޮށްލާފައި ވުމުން ވަރަށް ރީއްޗެވެ. އަތުގައި ރިހި ކުލައިގެ ބްރޭސްލެޓެއް އަޅާފައި، ކަޅު ކުލައިގެ ހީލްސްއަށް އެރުމުން ވަރަށްވެސް ފުރިހަމައެވެ.

ތައްޔާރުވެ ނިމުމުން ޔައިނާ ފޯނާއި އަތްދަބަސް ހިފައިގެން ބޭރަށް ނުކުތެވެ. ޒާރާ ކައިރި ދަނީކަމަށް ބުނެލާފައި ޔައިނާ ގޮސް ގެއިން ނުކުތީ މިލާން ތިރީގައި ހުންނާނެކަން އެނގޭތީއެވެ. ހީކުރި ގޮތަށް ގެއިން ނުކުތް އިރު މިލާން ހުއްޓެވެ. ޔައިނާ ފެނުމުން ކަޅި ޖަހާނުލައި ޔައިނާއާ ދިމާއަށް ބަލަން ހުރި މިލާންގެ ތުންފަތުގައި ދުވެލީ ރީތި ހިނިތުންވުމެކެވެ.

“ޔޫ ލުކް ގޯރޖަސް ޓުނައިޓް، މައި ލަވް..” ޔައިނާގެ ކަންފަތްދޮށުގައި ވައި އަޑުން މިލާން ބުނެލިއެވެ. “މިލާންވެސް ވަރަށް ހޭންސަމް..” ލަދުގަނެފައި ހުރި ނަމަވެސް، ޔައިނާ މިލާންއަށް ތައުރީފް ކޮށްލިއެވެ. ރަތްކުލައިގެ އަތް ދިގު ގަމީހާއި ކަޅު ކުލައިގެ ސްކިނީގައި ހުރި އިރު މިލާން ޙަޤީގަތުގައިވެސް ވަރަށް ރީއްޗެވެ.

ދެމީހުން އެކުގައި ހިނގާލާފައި ގޮސް އެތާ ކައިރީގައި ހުރި ރެސްޓޯރެންޓަކަށް ވަނެވެ. ރެސްޓޯރެންޓަށް ވަދެ، ދެމީހުންނަށްވެސް އެންމެ ކަމުދާ އެއްޗެހި އޯޑަރު ކުރިއެވެ. “އަސްލު ކީއްވެ ޕްލޭން ކުރި ކަމެއް މީ..؟” ކާން އިނދެފައި ޔައިނާ އެއްސެވެ. “އިނާ ދާތީވެ.. ބޭނުންވީ އިނާ ދިޔުމުގެ ކުރިން އިނާއަށް ސްޕެޝަލް ކަމެއް ކޮށްދޭން..” މިލާން ހިނިތުންވެލިއެވެ. “ތެންކްޔޫ.. ދިސް ޑެފިނިޓްލީ މޭޑް މީ ފީލް ސްޕެޝަލް..” މިލާން އޭނާ ދެކެވާ ތެދުވެރި ލޯބި އިހްސާސް ކުރެވުމުން ޔައިނާގެ ހިތަށް ލިބިފައިވަނީ ބުނަން ނޭނގޭ ފަދަ ހަމަޖެހުމެކެވެ.

ކައި ނިމިގެން ދެމީހުން އެކީގައި ދިޔައީ މާ ދުރުނޫން ހިސާބެއްގައި އޮންނަ އާރޓިފިޝަލް ބީޗަށެވެ. ރާޅު ޖަހާ ފަށުގައި، ދެ ލޯބިވެރިން އަތު ގުޅުވާލައިގެން އެތައް ފޮނި ހަނދާންތަކެއް ރައްކާ ކުރިއެވެ. ދެމީހުންގެ ކޮންމެ ޙަރަކާތަކުންވެސް ދިޔައީ އެކަކު އަނެކަކު ދެކެ ވާ ލޯބި އަންގައިދެމުންނެވެ.

“އިނާ.. އަހަރެން އިންތިޒާރު ކުރާނަން.. އިނާ އަންނަންދެން.. އެ ހެޔޮ ކިތަންމެ ދުވަހެއް ވިޔަސް..” މިލާންގެ އެ ލޯބިވެތި ބަސްތަކުން ޔައިނާގެ ދެލޯ ފެންކަޅި ވިއެވެ. “އަހަރެންވެސް.. މިލާންއާ ދެން ދިމާވާނެ ދުވަހަކަށް ވަރަށް އިންތިޒާރު ކުރާނަން..” މިލާންގެ މޭތެރޭގައި ބޮނޑިވެލަމުން ޔައިނާ ބުނެލިއެވެ. މިލާންވެސް ހިނިތުންވެލާފައި ޔައިނާގެ ގައިގައި ދެއަތް ވަށައިލީ ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާ ފަދައިންނެވެ. އެކަކު އަނެކަކަށް ވަފާތެރިވުމުގައި ދެމިހުންނާނެ ކަމަށް ހިތާހިތުން ވަޢުދު ވަމުން ދިޔަ އިރު، ކުރިޔަށް އަންނަން އޮތް ތޫފާނުގެ ބޮޑުކަން އެއިން އެކަކަށްވެސް އިޙްސާސެއް ނުކުރެވުނެވެ.

*** ** ***

“ކޮބާ.. ހުރިހާ އެއްޗެއް އެރުވިއްޖެ..؟” އެންމެ ފަހު ދަބަސް ޑިކީއަށް އަރުވަމުން އަފާން މިލާން ކުރެން އެއްސެވެ. ޔައިނާ ބޯ ޖަހައިލުމުން މިލާން އަފާން ގާތު ހުރިހާ އެއްޗެއް އެރުވިއްޖެ ކަމަށް ބުނެލިއެވެ. ހުރިހާ އެއްޗެއް އަރުވާ ނިމުމުން ހަތަރު މީހުންވެސް ކާރަށް އެރިއެވެ. އަފާން ކުރީ ސީޓަށް އަރާފައި، މިލާންއާއި ޔައިނާއާއި ޒާރާ ތިބީ ފަހަތު ސީޓުގައެވެ. އެއަރޕޯޓާއި ހަމައަށް ދެވެންދެންވެސް ކާރުތެރޭގައިވީ ހިމޭންކަމެވެ. އިސްވެ އެއްޗެއް ބުނާނެ އެކަކުވެސް ނުވިއެވެ.

އެއަރޕޯޓަށް އައިސް ހަތަރު މީހުންވެސް އެކީގައި ގޮސް ޔައިނާގެ ޗެކިން ކަންތައް ނިންމައިލިއެވެ. އޭރު ގަޑިން ހުރީ ހަތްގަޑި ސާޅީސް ފަހެއް ވެފައެވެ. “މިލާން.. ލައު ނާންނާނެތަ..؟” ލައުރާ މަތިން ހަނދާންވުމުން ޔައިނާއަށް އަހައިލެވުނެވެ. “ނޭނގެ އެއްގޮތަކަށްވެސް..” މިލާންއަށް އެހިސާބަށް ބުނެވުނު ތަނާ އަވަސް ފިޔަވަޅުތަކެއްގައި ލައުރާ އެދިމާއަށް އަންނަ ތަން ފެނި، ޔައިނާއަށް ހީލެވުނެވެ. ލައުރާ އައި ގޮތަށް އައިސް މިލާންއާއި ޔައިނާގެ ގައިގައި މަޑުމަޑުން ބައްދައިލިއެވެ.

“ސޮރީ އިނގޭ ވަރަށް ބޮޑަށް.. އިއްޔެ މާލެ އައި އިރުވެސް އުޅުނިން ރިސީވްކުރަން ދެވޭތޯ.. އެކަމް ކޮލެޖުގަ ސްޓަކްވީ..” ގުޅުވައިލެވިފައިވީ މިލާންއާއި ޔައިނާގެ އަތަށް ނަޒަރު ހިންގާލަމުން ގަދަ ކަމުން ލައުރާ ހިނިތުންވެލިއެވެ. “އެއީ އެވަރު ކަމެއް ނޫން.. އަހަރެން ފުރުމުގެ ކުރިން ލައު އައިމަ އެކަމް ވަރަށް ހެޕީ އިނގޭ..” ލައުރާގެ އަތުގައި ހިފައިލަމުން ޔައިނާ ބުނެލިއެވެ. “އަޅޭ.. ދެން ޔައި ފުރާ ތަނަށް ނައިސް އަހަރެން ހުންނާނެތަ..؟” ބަދަލުގައި ލައުރާވެސް ހީލިއެވެ.

އޭގެ ފަހުން މާ އިރުތަކެއް ނުވެ، ޔައިނާ ފުރާ ވަގުތު ޖެހިއްޖެއެވެ. “ޔައީ.. ވަރަށް ވަރަށް ވަރަށް މިސްވާނެ އިނގޭ..” ޔައިނާގެ ގައިގައި ބާރަށް ބައްދާލަމުން ޒާރާ ބުނެލިއެވެ. “އަހަރެން މާ ބޮޑަށް މިސްވާނެ.. ކޮންމެ ދުވަހަކުވެސް ޒާއާ ގުޅާނަން އިނގޭ..” ނުރޯން މަސައްކަތް ކުރަމުން ޔައިނާ ބުނެލިއެވެ. “ވިޝިންގ ޔޫ އޯލް ދަ ބެސްޓް އިނގޭ.. ވަރަސް މިސްވާނެ..” ޔައިނާއާ ސަލާމް ކޮށްލަމުން އަފާން ބުނެލިއެވެ. “ތެންކްސް.. އަހަރެންވެސް ވަރަށް މިސްވާނެ..” ޔައިނާ ހިނިތުންވެލިއެވެ. “ޔައީ.. ބަލައިގެން އުޅެއްޗޭ އިނގޭ.. މިސްވާނެ ހެސްކިޔާފަ..” ޔައިނާގެ ގައިގައި ބައްދާލި އިރު ލައުރާގެ ދެލޯ ވީ ފެންކަޅިވެފައެވެ. މިލާންއާއި ޔައިނާގެ ގުޅުމުން އެ ހިތަށް ކިތަންމެ އަސަރު ކުރި ކަމުގައި ވިޔަސް، ޔައިނާއަކީ ލައުރާގެ ގާތް އެކުވެރިއަކަށް ވަނީ ވެފައެވެ. އެހާ ރަނގަޅު އެކުވެރިއަކާ ވަކިވާން ޖެހުމުން ލައުރާގެ ހިތަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ.

“ލައުވެސް ބަލައިގެން އުޅެއްޗޭ.. އަހަރެންވެސް ވަރަށް މިސްވާނެ ލައު މަތިން..” ލައުރާގެ ކަރުނަތައް ފުހެލައިދެމުން ޔައިނާ ހިނިތުންވެލިއެވެ. ހުރިހާ އެކުވެރިންނާ ވަދާޢީ ސަލާމް ކުރުމަށްފަހު، ޔައިނާ ދެން އެނބުރުނީ މިލާންއާއި ދިމާއަށެވެ. އޭރު އެ ފުން ދެލޮލުގައި ވީ ހިތާމަވެރިކަން ޔައިނާއަށް ސިއްރެއް ނުވިއެވެ.

“ލަވް… ދަނީ..” މިލާންގެ ކުރިމަތީގައި ހުއްޓިލަމުން ޔައިނާ ބުނެލިއެވެ. އެއާއެކު، މިލާން ވަރަށް ބާރަށް ޔައިނާގެ ގައިގައި ބައްދާލިއެވެ. “ވަރަށް ވަރަށް ވަރަށް މިސްވާނެ.. ބަލައިގެން އުޅެއްޗޭ.. ބިޒީ ނޫނިއްޔާ ކޮންމެ ދުވަހަކުވެސް ގުޅައްޗޭ އިނގޭ.. އިނާ އަންނަންދެން އަހަރެން ކެތްތެރިކަމާއެކީ އިނާއަށް އިންތިޒާރު ކުރާނަން.” ގަދަކަމުން ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރަމުން މިލާން ބުނެލިއެވެ. “އަހަރެން މާ ބޮޑަށް ހަނދާންވާނެ..” މިލާންގެ ގައިގައި ދެއަތް ވަށައިލަމުން ޔައިނާވެސް ބުނެލިއެވެ.

“ދެން ހުއްޓާލަބަ.. އަހަރެން ބޭނުންވަނީ އަހަރެން ދާ އިރު މިން ވަރަށް އުފާވެފަ ހުންނަ ތަން ދެކެން..” މިލާންއާ ދުރުވެލަމުން ޔައިނާ މިލާންގެ ކަރުނަތައް ފުހެދިނީ ލޯތްބާ އެކުގައެވެ. ފްލައިޓަށް އަރަން ގޮވައިލީ ހަމަ އެވަގުތުއެވެ. އެއާއެކު، މިލާންއާ ދިމާއަށް ބަލައިލަމުން ޔައިނާ ދިޔުމަށް ހިނގައިގަތެވެ. ނަމަވެސް، ހުއްޓެން މަޖުބޫރުވީ މިލާން އަތުގައި ހިފެހެއްޓުމުންނެވެ. ސުވާލުގެ ނަޒަރަކުން މިލާންއާ ދިމާއަށް ޔައިނާ ބަލައިލިއެވެ.

“ވަރަށް ލޯބިވޭ..” ކަރުނައިގެ ތެރެއިން ހިނިތުންވަމުން މިލާން ބުނެލީ އެހެންނެވެ. “އަހަރެން މާ ބޮޑަށް ލޯބިވޭ..” ޔައިނާވެސް ހިނިތުނެވަލަމުން ރައްދު ދިނެވެ. މިލާން މަޑުމަޑުން ޔައިނާގެ އަތުން ދޫކޮށްލިއެވެ. އެއާއެކު، ޔައިނާ ފޮށި ހިފައިގެން ފްލައިޓަށް އަރަން ދިޔައެވެ. ފްލައިޓަށް އެރުމުގެ ކުރިން ޔައިނާ ފަހު ފަހަރަށް މިލާންމެންނާ ދިމާއަށް ބަލައިލާ، ހިނިތުންވެލިއެވެ. އެންމެންނަށް ހަނާ އަޅައިލަމުން ޔައިނާ ގޮސް ފްލައިޓަށް އެރިއެވެ. ސީޓުގައި އިށީނދެލައި، ކުޑަދޮރުން ބޭރު ބަލައިލީ ދެން އަވަހަށް މި ގޮތަށް މިލާންއާއި އެކުވެރިންގެ ސޫރަ ބަލައިލަން ނުލިބޭނެކަން އެނގޭތީއެވެ. ލޮލުން އައި ކަރުނަތައް ފުހެލަމުން ޔައިނާ ސީޓުގައި ބޯ ޖައްސާލައި، ދެލޯ މަރައިލީ، ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް ހިތަށް ވިސްނައިދެމުންނެވެ.

ފްލައިޓް ރަންވޭއިން ނަށްޓާލި މަންޒަރު ބަލަން މިލާންއަށް ހުރެވުނީ ކަރުނަވީ ދެލޮލާއި އެކީއެވެ. ފްލައިޓް ގޮސް ލޮލުކޮޅަށް އޮބާލަންދެން ބަލަން ހުރެފައި، އަފާންމެންނާއި އެކީ މިލާން ހިނގައިގަތީ ގެއަށް ދިޔުމަށެވެ. ކުރިޔަށް މި އޮތީ ދެ ލޯބިވެރިން ކަޑައްތު ކުރަން ޖެހޭ ދިގު، އުނދަގޫ ރާސްތާއެއްކަން ހަނދާން ކުރަމުން މިލާން ކަރުނަތައް ފުހެލިއެވެ.

ކުރިޔަށް އަންނަން އޮތް ރޯޅީގެ ގަދަކަން ނޭނގި ހުރެ، މިލާން ދިޔައީ އޭނާގެ ހިތުގެ ޢަޒުމު ވަރުގަދަ ކުރަމުންނެވެ. އަންނަން އުޅޭ ތޫފާނުގެ ހިލަމެއް ނުވާ ޙާލު، މިލާން ދިޔައީ ހިތާ ހިތުން ޔައިނާއަށް ވަފާތެރިވާނެ ކަމަށް ވަޢުދު ވަމުންނެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ޑައިރީ (ފަހުބައި)

Next

ކަރުނަ ނާދޭހެ ލޯބި ބީވީމާ..1ވަނަ ބައި

Next
August 3, 2022

ކަރުނަ ނާދޭހެ ލޯބި ބީވީމާ..1ވަނަ ބައި

Previews
August 3, 2022

ޑައިރީ (ފަހުބައި)

4 Comments!

  1. lau.laala786@gmail.com His Beastess says:
    August 3, 2022 at 5:56 am

    ALHEYYY DHEN MIKAHALA SAD ENDINGS THAH DHEKE MA HAADHA BIRU GANE EYYY…
    ingyetha ma handhaan ehhkala soru eyna rahttehi vaan ulhunu kuhhjjaa bunegen mashaa vrs gulhun kandaalan ulhunu dhuvas…. like bro WTH???? 😌😌😌😥
    a loved himm ekamu eyna mashaa “breakup” vefa e fanta fulhi gandaa ehkoh ulhen dhiyaiee😭😭😭 adhives dhera vey…. dhen fahun mashah msg kohhfa innanee 14-17 days varu kohffa im sorryyy oh.. assu varah dhera vejje oh lau ah ehen hedhuneema and bullshit…. i had tears in mah eyes once i saw that msg… he even said he missed me!!!????? bro saying that he hasnt talked to a gurl like this in years…. im lyk bruh– why you like dis… go to your lover dovey fanta fulhigandu… and his reply bursted me into laughtah… bro be saying eyna the gurl was too touchy and bitchy so he dumped her, maa fahunnoa realise vee ves that she actly is fanta yo.. glad he realised before it was too late… why did i say this in this commenttt ?????🤣🤣🤣🤣😆😆😆😂😂😂 dat bcs im desperate
    eyy assu varah reethi mi vaahaka mashha hama neygunu bunan vee ethi ves… hageegathuga ves mashah mi bai kiyaafa i had tears in mah eyes….
    you are such a talented young girl my love… keep that in mind and never give up❤❤❤❤❤❤❤❤❤❤❤❤❤💖💖💖💖💖😍😍😍😍😍😍💓💓💓💗💗💗💗💗💯💯💯🙌

  2. Nayaa Nayaa says:
    August 3, 2022 at 12:49 pm

    in reply to HIs Beastess
    brooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo!!!!!!!!!
    srslyyyyyyyyyyyyyyyyyyy???!! damnnnnn gurlll!!!
    huh ma nama e sorah dhevana chance eh nuves dhineemus.. effaharu dhookohlaa meehakah dhevana faharah annaakah chance eh nudheynan.. but lau beynumiyyaa i’m very very very happy for u gurl!!
    dhn vhk ge bayah dhamaa dhw.. hehe
    ty ty ty tysm darlinggg!!!
    alheyyyyyyyy that rly means a lot tome ingey dear..
    insha’allah i will always keep rocking like dis.. love yah babes <333
    btw look who's calliing me young.. u are an year younger than u idiot!! hahaha.. love yah <3 umwahhh

  3. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    August 3, 2022 at 9:54 pm

    Brw brw brw brw brw brwwwwww…
    Klwwww alheeyyyy mashah hama inthizaaru kureveny zaara aa afaan ge scene akah… Klww mashah hama sahaadheh haaadha loehbbey mi ZaFaan ge scene thah.mirey jeheyne mashaa konmes khiyaalee sorakaa eky magumathy scene aa sidi bari scene jassan.. Klww ey kon roalhi eh annany??? Kon fadha museebaathehhhh?? Bro sorry ingey dhigu cmnt eh noon veema.. Ekm hwma magey fav epi.. Cux of ZaFaan..
    Luvvv
    Misss
    Vrh vrh vrhh miss vaane.. Balaigen ulhehche.. Bxy nooniyyaa knme dhuvahaku up kurahchey inge.. Vhk annandhn aharen kehtheri kamaai eku inthizaaru kuraanan…

  4. Nayaa Nayaa says:
    August 4, 2022 at 10:31 am

    In reply to @Reesha Corona
    Hoan hoan hoan hoan hoannnn..keekey manjey
    Ey enmennah vx kamu dhany zaara and afaan ge scenece ey dhw bodah..mulhi vaahakaiga zaara nd afaan ras kan kuran fashaifi ey dhw..hehehe..kanbuloa dhoongnaa…adhi keiy kohlaa..zaara and afaan ge maa salhi scenes fennaane adhi..miyah vure maa loabi loabi scenes vx hunnaane..ma vx liyaa iru blush vey 🤣🤣🤣
    Dhn annan ulhey roalheege bodu kameh vx ingeyny beleyma ennu..keiy kohlaa..ingeyne adhi
    E ok ey ehaa dhigu cmnt eh noonas.. mashah rangalhee vx dhigu koh cmnt nukuriyyaa..aan eyrunnennu faseyhain reply dheveyny..lol..
    Much more luvsssss♥️♥️
    Miss vey maa bodah ♥️♥️♥️
    Eyyyy that’s milaan ge dialogue dhw?? Haha took me a second to figure 🤣🤣
    Ahaha konme dhuvahaku noon.. school feshuneema dhn hafthaa aku 1 faharu up kuraany..mihaaru innaane 26 aa hamayah liyefa..dhn Saturday ga up kohfa mi nimuny..7 ga school fesheynu..sooo…yeahhh..hehe (◍•ᴗ•◍)

Comments are closed.

Next Episodeހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 13←


All Right Reserved!