ތިޔަ ލޯބީގެ ހައްޤުގައި (ފަހުބައި)
އެނދުމަތީގައި މިއުޝީން ބާވައިލުމަށްފަހު ނިކްޔަލް މިއުޝީނާއި ގާތްވެލިއެވެ. އެވަގުތު ހިތްހަމަޖެހުމާއެކު މިއުޝީނަށް ލޯމަރައިލެވުނީ ބޭއިޚްތިޔާރުގައެވެ. ނިކްޔަލްގެ ލޯބިވެތި ކޮންމެ އަމަލަކަށް މަރުހަބާ ކިޔާ ހާލުގައެވެ. އުއްބައްތީގެ ފަނޑު އަލިކަމުގެ ތެރޭގައި ފާރަށް އެޅިފައިވާ އެދެމީހުންގެ ހިޔައި އެކަތިގަނޑަކަށްވީ ދާދި މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ** ** ** ފަތިސްނަމާދުގެ ބަންގީގެއަޑުން މުޅިމާހައުލު ގުގުމަމުން ދިޔައެވެ. ކަންނެތްގޮތަކަށް ދެލޯހުޅުވައިލަމުން މިއުޝީން ނިކްޔަލްއަށް ގޮވައިލިއެވެ. ދެފަހަރަކު އެސްފިޔަތައް ތަޅުވައިލަމުން ނިކްޔަލްވެސް އެނދުން ތެދުވިއެވެ. ވަރުބަލިވެފައިވީ ނަމަވެސް ދެމަފިރިން އެކުގައިގޮސް އެފިނިވަގުތު ފެންވަރައިލީ ހަށިގަނޑަށް ވެރިވެފައިވާ ލޮޑުކަން ކަނޑުވައިލުމުގެ ގޮތުންނެވެ. ރީތިވެލައިގެން ނިކްޔަލް މިސްކިތަށް ދިއުމުން މިއުޝީންވެސް ނަމާދުކޮށްލުމަށްފަހު ނިކްޔަލް އަންނަންވާއިރަށް ދެތަށި ކޮފީ ތައްޔާރުކޮށްލިއެވެ. ނިކްޔަލް އައުމުން ދެމަފިރިން ގޭގެ ގޯތިތެރޭގައިހުރި ކުޑަ ކޮފީޓޭބަލްކައިރީގައި ތިބެ ކޮފީބޮމުންދިޔައެވެ. އެވަގުތުވެސް ނިކްޔަލް ދިޔައީ މިއުޝީނަށް ލޯބީގެ ކުދިކުދި ގޯނާތައްކުރަމުންނެވެ. ލަދުގަނެފައި އިސްޖަހައިގެން މިއުޝީން އިނީ ހިނިތުންވެލައިގެންނެވެ. ހެނދުނުގެ ސައި މުޅި އާއިލާ އާއިއެކުގައި ބޮއިމަށްފަހު ދެމީހުން ދިޔައީ މިއަދު ހަވީރުގެ ފްލައިޓުން ފްރާންސަށް ދިއުމަށް ހަމަޖެހިފައި އޮތުމުން ފޮށިތައްޔާރުކުރާށެވެ. ދެމީހުން ވާހަކަދެއްކުމަށްފަހު ހަނީމޫނަށްދާން ހަމަޖެހުނީ ފްރާންސަށެވެ. ހަވީރުގެ ހިތްގައިމު ވަގުތެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައިހުރި ރެސްޓޯރެންޓްގައި ޗެކިންގް ނިންމައިލުމަށްފަހު އެދެމެފަރިންނާއެކު ހަރީރާއާއި ލީޒްއަދި އާދިލްވެސް ތިއްބެވެ. އެންމެންގެ މޫނުމަތިން ހިތްހަމަޖެހުން ފާޅުވަމުންދިޔައެވެ. ފްލައިޓަށް އަރާގަޑި ޖެހުމާއެކު ކޮންމެ މީހަކާ ވަދާއީ ސަލާމް ކުރުމަށްފަހު ނިކްޔަލްއާއި މިއުޝީން އެތެރެއަށް ވަނުމަށް ހިނގައިގަތެވެ. އުފާވެރި މޫނުމަތަކަކާއި އެކު ކޮންމެ މީހަކުވެސް އަތްހޫރަމުންދިޔައީ އެދެމަފިރިންނަށް ހެޔޮރަހްމަތް ލެެއްވުންއެދި ދުޢާ ކުރާ ހާލުގައެވެ. ** ** ** ާ11 މަސްފަސް ** ** ** ކޮޓަރީގައިހުރި ޑްރެސިންގް ޓޭބަލް ދޮށުގައި އިނދެ މިއުޝީން ތައްޔާރުވަމުން ދިޔައެވެ. މަޑު އަޅިކުލައިގެ ގަޔަށްދޫ ހެދުމާއި އެކުވެސް އޭނާގެ ބޮނޑުވެފައިވާ ބަނޑު ކޮންމެވެސް ވަރަކަށް ފާޅުވަމުންދިޔައެވެ. ހެދުމުގެ ބަނޑާއިދިމާލުން ކުދި ރޫތަކެއް ޖައްސައިފައިވީއިރު އެހެދުމާގުޅޭނެ ގޮތަކަށް ގަދަ އަޅިކުލައިގެ ޝޯލެއް އަޅަމުން މިއުޝީން ދިޔައެވެ. “އަދިވެސް ނުނިމޭތަ؟ މިހާރު ކޮންއިރެއް؟” ކޮޓަރީގެ ދޮރުހުޅުވައިލަމުން ނިކްޔަލް އެތެރެއަށް ވަނެވެ. އޭރުވެސް މިއުޝީން ތައްޔާރުވެ ނުނިމޭތީ ދެފަރާތަށް ބޯހޫރުވައިލަމުން ނިކްޔަލް ޕިސްޕިސް ޖަހައިލިއެވެ. “ސާބަހޭ ނިކް. ވެއިޓް. މިނިމެނީއޭ.” ޝޯލް ރީތިގޮތަކަށް އޮޅައިލުމަށްފަހު ބޮލިގައި ޕިނެއް ޖަހައިލަމުން މިއުޝީން ހޭންފެށިއެވެ. “ތިހެން ކިޔާތާ މިހާރު ބައިގަޑިއިރުވަނީ. ހެހެ. އެހެންވީމަ އެހެން ބުނެވޭނު.” އެނދުގައި އިނށީދެލަމުން ނިކްޔަލް ބުނެލިއެވެ. މިއަދަކީ އެދެމަފިރިންގެ ކައިވެންޏަށް އެއްއަހަރު ފުރޭ ދުވަހެވެ. އެކަމުގެ އުފަލުގައި މިރޭ އެގޭގައި ނިކްޔަލް މިއުޝީނަށް ސަޕްރައިޒް ޕާޓީ އެއް ބޭވުމަށްވަނީ ރައިވައިފައެވެ. މިއުޝީން ބަނޑުބޮޑުވުމުން ގިނަވަގުތު ހޭދަކުރަނީ ކޮޓަރީގައެވެެ. އެކަމުގެ ސަބަބުން އެޕާޓީއަށް ގޭގެ ބޮޑު ހޯލް ތައްޔާރުކުރަން އިތުރަށް ފަސޭހަވެގެން ދިޔައެވެ. ނިކްޔަލްގެ އެދުމަށް މިއުޝީން ތައްޔާރުވަމުން ދިޔައީ ރެސްޓޯރެންޓަކަށް ކާންދަނީ ކަމަށް ހީކޮށެވެ. އެގޭގައި ޕާޓީއެއްއޮތްކަންވެސް ރެއަކައިނުލާއިން މިއުޝީން އެއްކޮށް ތައްޔާރުވެނިންމައިލުމަށްފަހު ގަޔަށް ސެންޓްކޮޅެއް ޖަހައިލަމުން ނިކްޔަލްއާ ދިމާއަށް އެނބުރުނެވެ. މިއުޝީން ބަނޑުބޮޑުވުމުން އެރީތިކަން އެތައްގުނައެއް އިތުރުވެފައިވާކަމަށް ދައްކައެވެ. މިރޭވެސް މިއުޝީންގެ ރީތިްކަމަށް ތައުރީފުކޮށްނުލައި ނިކްޔަލްއަކަަށް ނުހުރެވުނެވެ. އަވަހަށް ހިނގާށޭ ކިޔައި މިއުޝީންގެ އުނަގަނޑުގައި އަތްވަށައިލަމުން ކޮޓަރީގެ ދޮރާހަމައަށް ގޮސްފައި ނިކްޔަލް މަޑުކޮށްލިއެވެ. ސުވާލުގެ ނަޒަރަކުން މިއުޝީން ނިކްޔަލްގެ މޫނަށް ބަލައިލުމުން ލޯމަރަން ނިކްޔަލް އެދުނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު މިއުޝީން ލޯމަރައިލުމުން ނިކްޔަލް މިއުޝީން ގޮވައިގެން ހިނގައިގަތީ ނޯ ޗީޓިންގްއޭ ކިޔައިފައެވެ. ގޭގެ ބޮޑު ހޯލަށް ފޭބޭގޮތަށް ހުންނަ ސިޑިކައިރިއަށް މަޑުކޮށްލަމުން ނިކްޔަލް ހިނިތުންވެލިއެވެ. އަދި މިއުޝީންގާތު ދެލޯ ހުޅުވައިލުމަށް ލޯތްބާއެކުގައި ބުނެލިއެވެ. އަވަސްވެފައިވާ ހިތަކާއެކު މިއުޝީން ދެލޯހުޅުވައިލިއެވެ. އެވަގުތު އޭނާގެ ދެލޯބޮޑުވެގެން ދިޔައެވެ. މެހެމާނުންތަކުން އެބޮޑު ހޯލް ފުރިފައިވީއިރު ހޯލްގެ މެދުގައި ކުޑަ މޭޒެއްމަތީ ހުދުކުލައިގެ ބޮޑު ކޭކެއް ބަހައްޓައިފައި ހުއްޓެވެ. ހޯލްގެ އެކި ތަންތަންކޮޅުގައި ވަށް މޭޒު ހުރިއިރު އެއްފަރާތުގައި ކާތަކެތި އަތުރައިލައިފައި ހުއްޓެވެ. ކޭކު ކައިރީގައި ހުއްޓިލައިގެންތިބި އާކިލްއާއި އިޒާނާާ ފެމުމުން މިއުޝީން ހިނިތުންވެލިއެވެ. އެބޮޑު ހޯލް ނިކްޔަލް ތައްޔާރުކޮށްފައިވަނީ ވަރަށްވެސް ފުރިހަމަ އަށެވެ. ކޮންމެ މީހެންގެ ދުލުން އެތަނުގެ ރީތިކަމަކަށް ތައުރީފުގެ ބަސްތައް އޮހެމުންދިޔައެވެ. ފެންކަޅިވެފައި މިއުޝީން ނިކްޔަލްގެ މޫނަށް ބަލައިލުމުން ކުޑަކޮށް ގުދުވެލަމުން މިއުޝީންގެ ކަންފަތްދޮށުގައި ހެޕީ އެނިވާރސަރީއޭ ނިކްޔަލް ބުނެލިއެވެ. ކަރުނައިގެ ތެރޭންވެސް އެލޯބިއަޑު އިވުމުން މިއުޝީނަށް ހިނިތުންވެލެވުނެވެ. ހުރިހައި މީހުންގެ ނަޒަރު އެދެމީހުންނަށް ހުއްޓިފައިވީއިރު މަޑުމަޑުން މިއުޝީންގެ އުނަގަނޑުގައި ހިފައިލަމުން ނިކްޔަލް ސިޑިން ފައިބަން ފެށިއިރު މިއުޝީންވެސް އެއްއަތުން ބަނޑުގައި ހިފައިލަމުން މަޑު ހިނގުމެއްގައި ހިނިތުންވެފައިހުރެ ފައިބަމުން ދިޔައެވެ. ދެމީހުން ތިރިއަށް ފޭބުމުން އިޒާނާ އައިސް މިއުޝީންގެ ގައިގައި ލޯބިން ބައްދައިލިއެވެ. އާކިލްވެސް ނިކްޔަލްގެ އަތުގައި ހިފައިލަމުން އޭނާގެ ގޮނޑުގައި ޖަހައިލީ ހިނިތުންވެފައި ހުރެއެވެ. އެކިމީހުންގެ ފަރާތުން ހަދިޔާތަކާއެކު ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ލިބެމުންދިޔައެވެ. އަވަދިނެތި ޕާޓީގެ ކަންކަން ބެލެހެއްޓުމުގައި ހަރީރާ ހަރަކާތްތެރިވަމުން ދިޔައިރު ލީޒްވެސް އޭނާއަށް އެހީވަމުންދިޔައެވެ. ދޮންތަގެ ހިނިތުންވެފައިވިި މޫނުފެނުމުން ލީޒްއަށްވެސް ހިތްހަމަޖެހުން ލިބިގެން ދިޔައެވެ. ޕާޓީ ނިމެން ގާތްވެފައި ހުއްޓައި މިއުޝީނާ ނިކްޔަލް ކޭކް ފެޅިއެވެ. އެވަގުތު މުޅި ހޯލް ގުގުމައިގެންދިޔައީ އެންމެންގެ އަތްތިލަބަޑީގެ އަޑުންނެވެ. ކުޑަ ކޭކުކޮޅެއް ނިކްޔަލްގެ އަނގައަށް މިއުޝީން ލެވުމުން ނިކްޔަލްވެސް މިއުޝީންގެ އަނގައަށް ކޭކްކޮޅެެއް ލެވިއެވެ. ހެވިފައި މިއުޝީންގޮސް ކޭކް ކޮޅެއް އިޒާނާގެ އަނގައަށާއި އާކިލްގެ އަނގައަށް ލަވަމުން އެދެމީހުންނަށްވެސް ދުވަހުގެ ތަހުނިޔާ ކިޔައިލީ އެއީ އެދެމީހުންގެ ކައިވެންޏަށްވެސް އަހަރުފުރުނު ދުވަހަށް ވީމައެވެ. “ދެން އަހަރުމެން ކޮންއިރަކުން ބޭބީ އެއް ހޯދާނީ؟” މިއުޝީން ދިއުމާއެކު ގުދުވެލަމުން އާކިލް އިޒާނާގެ ކަންފަތްދޮށުގައި އެހެން ބުނެލުމާއެކު އިޒާނާގެ މޫނަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. އެތަންފެނި އާކިލް އެއްލޯ މަރައިލަމުން ހިނިތުންވެލިއެވެ. ** ** ** ޕާޓީ ނިންމައިފައި އެންމެން ގެއަށް ދިއުމުން މިއުޝީނާއި ނިކްޔަލް ގޯތިތެރެއަށް ނުކުމެ އެތާނގައިހުރި ކުޑަ އުނދޯލީގައި އިނށީދެލިއެވެ. މަޑުމަޑުން ހެއްލަމުން ދިޔައިރު މިއުޝީން އިނީ ނިކްޔަލްގެ މޭގައި ކުޑަކޮށް ބޯއަޅައިލައިގެންނެވެ. “ތޭންކްސް ނިކް. ވަރަށް އުފާވެއްޖެ. އައި ލަވް ޔޫ ބޭބް.” ނިކްޔަލްގެ މޭގައި ފިރުމައިލަމުން ލޯތްބާއެކު މިއުޝީން ބުނެލިއެވެ. ހިނިތުންވެލަމުން ނިކްޔަލް މިއުޝީން އިތުރަށް އެހަށިގަނޑާ ގާތްކޮށްލިއެވެ. މާޙައުލު މާބޮޑަށް ފިނިވާން ފެށުމުން ނިކްޔަލް މިއުޝީންގެ އަތުގައި ހިފައިލަމުން ކޮޓަރިއަށްދާން ތެދުވިއެވެ. މަޑުހިނގުމެއްގައި ސިޑި އާއި ހިސާބަށް ދިޔައިރު މިއުޝީންގެ ފައިގައި ކުޑަކޮށް ރިއްސަމުންދިޔައެވެ. އެކަން އެނގުމުން ލޯތްބާއެކު ނިކްޔަލް މިއުޝީން އަތްދަނޑި މައްޗަށް އުފުލައިލިއެވެ. “ނިކް އަށް ބަރުވާނު. އަތަށް ތަދުވެދާނެ.” އޭނާގެ ބޮނޑު ބަޑާއި އެކުވެސް އެއްވެސް ޝަކުވާއެއްނެތި ނިކްޔަލް އޭނާ އުރައިލައިގެން ސިޑިން އަރަން ފެށުމުން މިއުޝީން ކަންބޮޑުވެފައި ބުނެލިއެވެ. އެއާއެކު ނިކްޔަލްގެ ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެއް ވެެރިވެގެންދިޔައެވެ. “އަހަރެން މިއުއަށްޓަކާ ކޮންމެފަދަ ކަމެއްވެސް އަދި ކިތަންމެ ބޮޑުކަމެއްވެސް ކޮށްފާނަން. އެކަން އެންމެ ރަނގަޅަށް އިނގޭނީ މިއުއަށް. “ތިޔަ ލޯބީގެ ހައްޤުގައި” އަހަރެން ނުކުރާނެ ހަމަ އެއްވެސްކަމެއް ނޯންނާނެ. ވީއިރު މީއަދި ކުޑަކަމެއްނު.” އެހެންބުނެލަމުން ލޯތްބާއެކު ނިކްޔަލް މިއުޝީންގެ ނިތުގައި ބޮސްދިނެވެ. ލަދުވެތިގޮތަކަށް ހިނިތުންވެލަމުން މިއުޝީން ނިކްޔަލްގެ މޭގެތެރޭގައި އޭނާގެ މޫނު ފޮރުވައިލިއެވެ. ** ** ** އާރޓިފިޝަލް ބީޗްގެ ހިތްގައިމު މާހައުލެވެ. ހަނދުވަރުގެ ރިހިއަލިން މުޅި އެހިސާބު ދިއްލައިލައިފައިވީއިރު އެހިސާބުގައި މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ޖެހިލާ ތެތްފިނިވައިރޯޅިތަކުން ހިތްތަކަށް ހަމަޖެހުން ގެނުވައިދެމުންދިޔައެވެ. އެހަމަހިމޭން ރީތި މާހައުލުގައި އަތުގުޅުވައިލައިގެންތިބެ އިޒާނާ އާއި އާކިލް ރާޅުޖަހާ ހިސާބުގައި ހިގަމުންދިޔައެވެ. ވަކި ހިސާބަކަށް ދިއުމަށްފަހު އާކިލް އިޒާނާގެ އަތުގައި ހިފައި ހުއްޓުވުމަށްފަހު އެތަނުގައި އިނށީދެލިއެވެ. ރާޅުޖަހާއަޑުން މާހައުލުގެ ހަމަހިމޭންކަން ނަގައިލަން މަސައްކަތްކުރާ ކަހަލައެވެ. އެފަދަ ހިތްގައިމު މާހައުލެއްގައިވުމަށް ނޭދޭނި ކާކުހެއްޔެވެ؟ ދެމަފިރިން އެކަކު އަނެކެއްގެ މޫނަށް ބަަލަން ތިބިއިރު އިޒާނާ އިނީ އާކިލްގެ އުނގުގައެވެ. އާކިލްގެ ވަރުގަދަ ކަސްރަތީ ދެއަތްވަނީ އިޒާނާ ވަށައިލެވިފައެވެ. ލޯތްބާއެކު އެކަކު އަނެކަކުގެ މޫނަށް ބަލަމުންދިޔައިރު އިޒާނާގެ މޫނަށް ރަތްލޭކުލަ ވެެރިވަމުންދިޔައެވެ. “އައި ލަވް ޔޫ އިޒާ.” ލޯތްބާއެކު އެނިތުގައި ތުންފަތް ޖައްސައިލަމުން އާކިލް ބުނެލިއެވެ. ލަދުވެތި ހިނިތުންވުމެއް ދެމުން އިޒާނާވެސް އޭގެ ޖަވާބު ދިނެވެ. ލިބުނު ހިތްހަމަޖެހުމާ އުފަލާއެކު އާކިލް އިޒާނާއާއި އިތުރަށް ގާތްވެލިއެވެ. ** ** ** ކޮޓަރިއަށް ވަނުމަށްފަހު ނިކްޔަލްގޮސް ހުއްޓިލީ ކޮޓަރީގައި ހުންނަ ކުޑަދޮރު ކައިރިއަށެވެ. އެތަނުގައި މިއުޝީން ބަހައްޓައިލަމުން ނިކްޔަލް ކުޑަދޮރުގައި ދަމައިފައިވާ ހުދުކުލައިގެ ދޮރުފޮތިތައް ދެފަރާތަށް ކަހައިލަމުން ކުޑަދޮރު ހުޅުވައިލިއެވެ. ދެމަފިރިން އުޑާ ދިމާއަށް ނަޒަރު ހުއްޓައިލައިގެން ހިނިތުންވެފައި ތިއްބެވެ. ރޭގަނޑުގެރާނީ އެއުޑުގައި ރަނިކަންކުރަމުން ދިޔައިރު އޭގެ ބައިވެރިންވެސް އުފާފާޅުކުރަމުން ދިޔައެވެ. އެގޮތްމިގޮތަށް އުކައިލެވިފައިވާ ކުދި ޖަވާހިރުތަކެއްފަދަ ތަރިތަކުގެ ވިދުންވެސް މިރޭގެ އެޗާލު ހަނދުވަރުގެ ސަބަބުންވަނީ ކޮންމެވެސް ވަރަކަށް ފަނޑުވެފައެވެ. “މިއު. ތިއީ އަހަރެންގެ މުޅި ދިރިއުޅުން. ހަޔާތުގައި ވެވުނު ފުރަތަމަ ލޯބި. މިހިތުން ޖާގަދެވުނު އަދި މިހިތުގައި އުމުރަށް ރަނިކަންކުރާނެ ހަމައެކަނި ކުއްޖާ. އަހަރެން މިއުދެކެ އަބަދުވެސް ލޯބިވާނަން. އުމުރަށް. މިއު ކޮންމެ ހާލެއްގަ އަދި ކޮންމެ ސިފައެއްގަ ހުއްޓަސް. ޔޫ އަރ މައި އެވްރިތިންގް މައި ލަވްލީ އެންޖެލް. “ތިޔަ ލޯބީގެ ހައްޤުގައި” އަހަރެންގެ ފުރާނަދޭން ޖެހުނަަސް އަހަރެން ފަހެއް ނުޖެހޭނަން. އެހައިވެސް ބޮޑަށް ލޯބިވޭ.” މިއުޝީންގެ ކަންފަތްދޮށުގައި ލޯތްބާއެކު ނިކްޔަލް ބުނެލިއެވެ. އަދި ބޮޑުވެފައިވާ އެބަނޑުގައި ލޯތްބާއެކު ދެއަތް ވަށަައިލިއެވެ. ހިނިތުންވެލަމުން މިއުޝީންވެސް ނިކްޔަލްގެ އަތްމަތިން އޭނާގެ އަތް ވަށައިލިއެވެ. ެދިރިއުޅުމުގައި ދެމީހުންވެސްވަނީ އެތައް ވޭނަކާއި ހިތާމަތަކެއް އުފުލައިފައެެވެ. ލޯބިވީނަމަވެެސް ދެމީހުން ދުރުގައި އެތައްދުވަހެއްވަނީ ހޭދަކޮށްފައެވެ. ނަމަވެސް އެހުރިހައި ހިތާމައަކާއި ވޭނަކަށް ކެތްތެރިވުމުގެ ނަތީޖާ ކިހައި ފޮނިހެއްޔެވެ؟ އަދު އެދެލޯބިވެރިންގެ ހަޔާތަށް ހިތާމައިގެ ހިޔަންޏެއްވެސް ނޭޅޭފަދައެވެ. އެލޯބީގެ ބަގީޗާގައި މަލެއްފޮޅެމުންދާއިރު ދެމީހުންވެސް އުފަލާއެކުގައި އިންތިޒާރުކުރަމުންދިޔައީ އެލޯލޯބި ދަރިފުޅު ދުނިޔެއަށް އުފަންވާނެ ދުވަހަކަށެވެ. ފެންކަޅިވަމުންދިޔަ މިއުޝީންގެ ދެލޯ ލޯތްބާއެކު ފުހެލަމުން ނިކްޔަލް މިއުޝީންގެ އިސްއުފުލައިލައި އެނިތުގައި ބޮސްދިނީ މިއުޝީނާއި މެދުގައި ފަޚުރުވެރިވާ ހާލުގައެވެ. ނިކްޔަލްގެ ނަޒަރު މިއުޝީންގެ ފިޔާތޮށިކުލައަރާ މަޑު ތުންފަތަަށް ހުއްޓުނެވެ. ހިނިތުންވެލަމުން ނިކްޔަލް މިއުޝީނާއި ގާތްވެލިއެވެ. އެވަގުތު އުޑުމަތީގައި ދައުރުކުރަމުންދިޔަ ކަޅުވިލާކޮޅެއް ހަނދާ ހުރަސްވެލިއެވެ. ތަނަށްވެރިވެގެންދިޔަ ފަނޑުއަލިކަމުން ހީވީ ހަނދުވެސް އެމަންޒަރުބަލަން ނުކެރިގެން ލަދުން އިސްޖަހައިލީ ހެންނެވެ.
=ނިމުނީ=
37 Comments!
Comments are closed.







Alhamdhulihlaah.. Finally mi stry vx nimuny.. Hope u guys like the lst part too.. Thank u everyone.. Thi dhin support and love ah.. Will miss u guys alot.. Enjoy reading.. And have a v nice day.. Ly all my dear readers.. ❤?
Yey me first….??? last prt in dhw first mi libunee ?
This is one of my favourite stories….??? this prt is also awesome. …???? hope that ur nxt story wI’ll be back soon??❤❤????????????
Wowwww vvvvv reethi N me first dw
Wow…. mi stry varah reethi…..❤❤❤
Nimmun v reethi ?
Hey nau year dhimaa nuvy dhw dear…
Stru vvvvvv salhi.
KEEP IT UP…
Waiting 4new stry…
Nice days….?????
Vvvvvvv salhi vaahakaeh mee ves. ..dhen kon irakun nau ge vaahakaeh kiyaaleveynee?❤❤
Wow varah loabi i just love the endig waiting for your upcoming stry ly ?❤
Wow v reethi
Varah frihama me vaahaka ❤
Aslu miu aky rythi kujjeh noon dhw saloon ah gendhiumuge kurin??
V ginain compare kohfa hurey eyge kuriaa mihaar ge sifa
Masha Allah…vv v v v v v v reethi vaahaka eh… Thanks nau????…v avahah nau ge ehn vaahaka eh kiyaalan libeyne kamah ummeedhu kuran… Keep it up ????
Masha Allah…hama obi…waiting nau ge new stry akah..lov it
Wow ..????
Nice nice??? thankyou so much nau❤ ummeedhu kuran in a near future ga nau ge ehn story eh kiyan libeyne kamah☺
varah reethi story eh mives, aslu varah sad vejje mi site ga mihaaru genes dhe enme reethi 2 stories ves mi adhu nimuni ma 🙁 waiting for a new story nau <3 all the best dear! over all koh varah reethi story eke buneveyni 🙂
Masha Allah haadhahaa reechey?? nau v mis vaane lasnokoh ehen vaahaka eh up kurahchey ingey nauge hurihaa vaahakaehves v salhi???❤
Masha Allah haadha reechey ?? feshunves ninunves ehaane reethi nau asluves v misvaane nauge hurihaa vàahakaves v reethi avahah new story eh up kurahchey ingey vvv reethi?❤???
V reethi mi vaahaka
Wow nau, miyoh rythi story thi ninmaalytha hama… Dhen khonirakun nau ge ehen story eh fennaany… V avahah nau ge ehen story eh fennaane kamah umeedh kuran… Plx story liyun huhttaa nulahchey igey… Nau ge ehvaahakayah vuren anehvaahaka maa furihama vefa rythi… Abadhuves thigothuga hifahahtahchey igey… Luv u
Thanks 4 the wonderful story dear???
Alhey v v lobi mivaahaka n v v v reethi????????????den kon eraku nau ge vaahakaeh fashany?????thanks nau mivaahaka ehaa furihama koh genesdhinyma all the best nau love you dear?????????????
heevee nunimigen bolah undhagu vegen kuru galhuvaafa ninimaafahen. dhn goaheh noon. ekamu ehaa ehaa ehaa eh ves noon… mi vahakaiga genesdheefa huri ehn episode thakah balaairu emme fahu bayah sumeh. sorry dear… dhn liyaa vahaka varah ready vegen liyahche.
Nau ge mi story ves v v v reethi…..
When is your next story nau….
vrh foohivaa ne emme reethi strys thah ehfahara nimunyma… mi stry mi e vrh iburathun furign vi stry eh ….i love this one … aslu mujuthamau in fenna vrh muhimmu mahsala thakah based kohgn liyefa othyma vrh reethi.. ehvc foohi kameh nethi kiyaa ninmaalevunu stry eh mi .. nau ge storys thah abadhu vc vrh reethi..for me…. specially this one…
im gonna miss u nau sis.. ???
vrh avahah nau ge stry eh kiyan libeyne kamah ummeedhu kuran
Mulhi vaahakayah balaaeru hurihaa partehves v furihama v best ….comment nukuriyas kiyan ekam faubae nimuneema baeh meehun sumeh denakas aslu vvvv reethi.baeh meehunnah kihineh (A)irport dyn engynee kiyeviduvas varuves libunee sumeh thocheh.
keep it up nau.v v reethi me vaahakaves. ☺☺?????????????. den kone erakun new story ye kiyaalan liebayynee
Thank u everyone.. In sha allah dhn nau ge ehn stry eh fennany nxt yr ga hen hyvanee.. Hehe.. Ly all.. ?❤
Salaam Nau..❤
Finally mi vaahaka ves nimuny dhw..? Vv reethi vaahaka nimmaali goi ves…? Waiting for your next story….♥♥♥♥ Nau dhn varah thafaathu concept akah story eh liyeba… But not horror story ingey….hehehe..? Try something different….. Like dheenee+loabi+hithaama….? It would be soo interesting…✨✨
All the very best for the future Darling….❤?
Love you…❤❤❤❤?
And will miss you… ???
Hope to see you soon love.?
avahah nimeynu baehkudinnah kurukamun abad shakuvaakuranya…komme kuhjakuves vaahakaege eduvahehge bae kiyaanimyerah haadakury kiyanya….ekam mashah vvv reethi mivaahaka.nimunves hurihaa baehves v reethi..???????.den annavaahakayakah inthezaarukuran.
hey nau,, missed u a lot.. varah loabi alheyy mi storyy.. asluvx.. masha allah u are a great writer.. sifakurunthah haadha reehcheyyyy.. 🙂 just wowwww. nau ge ehn story akah vvvv inthixaaru kurevey. waiting. loves 🙂
I love this story vvv much❤❤waiting for ur next story☺☺☺
Vvv reethi mi story…nau ge story thah v salhi…story ehkkoh nimuneema kiyany ehen nuny jeheyni next partah inthizaar kurakahnnu?? ehenve comment lasvy…v nice ingey…mikahla story thakah inthizaar kuranan…best of luck?
Alhey nau dhooni come back I miss you ????
ނައު ދެއްނެތްތަ އަޅެ ރީތި ވާހަކަ އެއް ………………………ވަރަށް މިސްވޭ ނައު….
mi vaahaka faahaigen keen ekam adhi kiriya comment eh mi kurevuny ….. alhe nau kihineh tha miha reethi koh vaahaka liyani ….? this story was amazing ….. this was the story first story that i eagerly waited for …. thank you soooooo much nau nd luv you soooo much …. looking forward from you