“ޔާން.” އައިލީންގެ ފޮނިއަޑުން ހިނގަހިނގައިހުރި ކިޔާންގެ ދެފައިގައި ކަސްތޮޅުއެޅުނު ކަހަލައެވެ. ހުރިފިޔަވަޅުމަތީގައި ހުއްޓުމަށްފަހު އަވަސްވެފައިވާ ހިތަކައިގެން ކިޔާނަށް އައިލީނާ ދިމާއަށް އެނބުރެވުނެވެ. އެވަގުތު ފެނުމު މަންޒަރުން ކިޔާާންގެ ހިތް އުފަލުން ނަށައިގަތެވެ. ފެންނަމުންމިދަނީ ހަޤީގަތެއްކަން ޤަބޫލުނުކުރެވިފައި އިރުކޮޅެއްވަންދެން ކިޔާނަށް އައިލީނާ ދިމާާއަށް ބަލަން ހުރެވުނެވެ. ފެންކަޅިވެފައިހުރި ދެލޮލުން އައިލީން ކިޔާނަށް ބަލަމުން ދިޔައެވެ. އައިލީންގެ އެއްއަތްވަނީ ކިޔާނާ ދިމާއަށް ދިއްކޮށްލެވިފައެވެ. އެއަތުގައި ހިފާށޭބުނާފަދަ ގޮތަކަށް އައިލީން އިޝާރާތްކުރަމުން ދިޔައެވެ. ބަލާާކަށްނުހުރެ ކިޔާން އަވަސް އަވަހަށް އައިސް އައިލީންގެ […]
“ލީޝް.” ކިޔާން ގޮވައިލުމުން ލީޝާ ބަލައިލިއެވެ. “ލީން އަހަރެންނަށް މައާފް ކުރާނެތަ؟” އުއްމީދެއް ނެތްފަދަ ގޮތަކަށް ކިޔާން އަހަލިއެވެ. އެނދުމަތީގައި ދޮރާއިވީ ފަރާތައް ފުރަގަސްދީގެން އައިލީން އޮށޯވެލައިގެން އޮތެވެ. މެރިފައިވާ އެސްފިޔަތަކުގެ ތެރެއިން ކަރުނަ ފައިބަމުން ދިޔައެވެ. އަމިއްލަ ހާލާއިމެދު ހަމްދަރުދީވެވެނީއެވެ. މަންމަމެން އޭނާގެ ސަބަބުން ކުރަމުންގެންދާ ހިތާމަތަކާއިމެދު ވިސްނެމުންދިޔައެވެ. އެހެންއޮއްވައި ކޮޓަރީގެ ދޮރު ހުޅުވުނުއަޑަށް އައިލީން މަޑުމަޑުން ލޯ ހުޅުވައިލިއެވެ. އެހެނަސް ކޮޓަރިއަށް ވަނީ ކާކުތޯ ބެލުމުގެ ޝައުޤުވެރިކަމެއް އައިލީންގެ ނެތެވެ. ކޮންމެވެސް ގާތްމީހަކު ނޫނީ […]
“ހުއް. އެއީކީ މިހާރު އަހަރެންނާ ބެހޭ މީހެއްނޫން. އަހަރެންނަށް ހެޔޮ އޭނަ މަރުވިޔަސް” ކުއްލިއަކަށް ކިޔާންގެ ކޯތާާފަތް މައްޗަށް އަރައިގެންދިޔަ ލީޝާގެ އަތުގެ ހޫނު ހަމަލާއިން ކިޔާން ސިހުނެވެ. ކޮލުގައި ފިރުމައިލަމުން ކުރިމަތީގައި އިން ލީޝާއަށް ކިޔާން ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. އޭރު ރުޅިއައިސްގެންގޮސް ލީޝާ ހީވަނީ ރޫޅިދާނެެ ހެންނެވެ. ކިޔާންގެ ފަރާތުން ފެންނަމުން މިދަނީ ލީޝާ އެއްގޮތަކަށްވެސް އުއްމީދުކުރިފަދަ މަންޒަރެއް ނޫނެވެ. “ހުއްޓާލާ. އަހަރެން ހަމަ ހައިރާން ވެއްޖެ. ތީތަ ކިޔާން ލީންދެކެވީ ލޯތްބަކީ؟ ކުރި […]
“ހޫމް. މިއަދު މިއުޅެނީ ހަމަވަރުބަލިވާވަރުން ކެތްނުވެގެން. ލީޝް ކަމަކުތަ؟” ބަލި އަޑަކުން އައިލީން ޖަވާބުދިނެވެ. އައިލީންގެ ހާލު ފެނި ލީޝާ ވަރަށް ދެރަވިއެވެ. ކުއްލިއަކަށް އައިލީން ވަރަށް ބަލިގޮތަކަށް ކެއްސަން ފެށިއެވެ. އިރެއް އިރަކަށް ކެއްސުން ބޮޑުވަމުންދިޔަތަންފެނި ލީޝާ ބިރުން ހަލާކުނުވީ ކިރިޔާއެވެ. އަނގަމަތީގައި އަތްއަޅާގެން އިނދެ އައިލީން ކެއްސަމުން ދިޔައެވެ. ލީޝާ އަވަސް އަވަހަށް ގޮސް އެނދު ކައިރީހުރި މޭޒުމަތީއިން ފެންޖަގުން ތައްޓައް ފެންއެޅުމަށްފަހު އައިލީނާާ ދިމާއަށް އެނބުރުނެވެ. އެވަގުތު ފެނުނު މަންޒަރަކުން ލީޝާގެ އަތުގައި […]
” ލީން. ކިޔާން.. ކިޔާން އަދިވެސް ލީންދެކެ ވަރަށް ލޯބިވޭ. އޭނަ އަހަރެންނާ ރަށްޓެހިވިޔަސް ކުޑަކޮށްވެސް އަހަރެންދެކެ ލޯބިނުވާކަން އަހަރެންނަށް އެނގޭ. ކިޔާންގެ ލޯތްބަކީތީ. އުފަލަކީވެސްތީ. ނުބުންޏަސް އަހަރެންނަށް އެނގޭ ލީންވެސް ކިޔާންދެކެ ވަރަށް ލޯބިވާކަން. ” ކުއްލިއަކަށް ލީޝާފެށި ވާހަކައަކުން އައިލީނަށް އުނދަގޫވަމުން ދިޔައެވެ. ކިޔާން އޭނާދެކެ ކުޑަކޮށްވެސް ލޯބިވާނަމަ އެރޭ އޭނާގެ ވާހަކަ އަޑުއެހީހެވެ. އެއްފަހަރު ނަމަވެސް އައިލީންގެ ހަޤީގަތް އެނގެން މަސައްކަތްކުރީހެވެ. އައިލީނަށް އިތުބާރުކުރީހެވެ. އެކަމަކު އެއިން އެއްވެސް ކަމެއް ކިޔާން ނުކުރެއެވެ. […]
ކުއްލިއަކަށް ގޯޅި އަޅާލިވަގުތު ވަރަށް ބާާރަށް ދުވަމުން އައި އަންހެންކުއްޖަކު އޭނާގެ ކާރުގައި ޖެހުނެވެ. އެކުއްޖާ ދުވަމުން އައީ ފަހަތަށް ބަލަމުންކަމުން އައިލީންގެ ކާާރު ނުފެނުނީއެވެ. އައިލީން ކާާރު ދުއްވަމުން ދިޔައީ ފުދޭވަރަކަށް މަޑުން ކަމުން ނަސީބަކުން އެކުއްޖާއަށް އެއްވެސް ހާނިއްކައެއް ނުވެއެވެ. އެކުއްޖާ އިސްއުފުލާލައި އައިލީނާ ދިމާއަށް ބަލާާލިވަގުތު އައިލީނަށް ހީވީ ބޮލަށް އެނބުރުން އެރިހެންނެވެ. ދެލޯ ބޮޑުކޮށްލަމުން އައިލީންވެސް އެއަންހެންކުއްޖާއަށް ބަލަމުން ދިޔައެވެ. އެކުއްޖާ ލައިގެން ހުރި ހެދުމުގެ އެއްބައިވަނީ ވީދިފައެވެ. އަތުގެ އެއްބައި […]
ރެސްޓޯރެންޓްްގެ އެތެރެއަށްވަދެ ކިޔާން ފަރާތްފަރާތް ހޯދާލީ އިނށީނާނެ ރަންގަޅު ތަނެއް ފެނޭތޯއެވެ. އެއްފަރާތު ކަނެއްގައި ހުރި މޭޒެއް ކިޔާންގެ ލޮލުގައި އަޅައިގަތުމުން އަވަސް އަވަހަށް އެދިމާއަށް ހިނގައިގަތެވެ. މީހުން ގިނަކަމުން ހިނގުމަށް ތަންކޮޅެއް ދަތިވިއެވެ. މީހުންތަކުގެ ތެރެއިން ހިނގަމުންދިޔަ ކިޔާން ކުއްލިއަކަށް ސިހުނީ މޭޒެއްގެ ދޮށަށް ގުދުވެއޮތް އަންހެންކުއްޖެއްގެ ގައިގައި އަޅައިގަތުމުންނެވެ. އަވަސް އަވަހަށް ސޮރީއޭބުނެ އެކުއްޖެއްގެ މޫނަށް ބަލާލި ވަގުތު ކިޔާނަށް ހުއްޓުންއެރިއެވެ. އެސްފިޔަ ޖަހައިނުލާާ ކިޔާނަށް އެރީތި އަންހެންކުއްޖާގެ މޫނަށް ބެލެމުންދިޔައީ ބޭއިޚްތިޔާރުގައެވެ. ކިޔާންގެ […]
ފޮތިކޮޅަށް ފައިސާ ދައްކަން ކައުންޓަރު ކައިރީގައި ކިޔާރާއާއި އައިލީން މަޑުކޮށްލިއެވެ. ” އޭތް. އެއިނީ އެއްކަލަ އެއިޑްސް ޖެހިފަ ހުރި ކުއްޖާދޯ.” އައިލީން މެންގެ ތަންކޮޅެއް ފަހަތުގައި ތިބި ދެމީހަކު ތެރެއިން އެކަކު ބުނެލިއަޑު އައިލީނަށް އިވުނެވެ. “ހޫމް. އެއީ އޭނަ. ލަދެއްވެސް ނުގަނެއެއްނު އެކަހަލަ ނުބައި ބައްޔެއް ޖެހިފަހުއްޓަ މުޅިރަށުތެރޭ އެނބުރޭކަށް.” ޖެހިގެން ހުރި މީހާ ބުނެލިއެވެ. ” އަސްލުވެސް. ލަދުގަނޭ މިރަށުމީހެކޭ ބުނަންވެސް. އޭނަގެ ސަބަބުން މުޅިމިރަށަށް އެބަލި ފެތުރިދާނެތީ އަހަރެން ބިރުގަންނަނީ.” ކުރިން […]
” ލީން. ކިޔާން ލީން އަތަށްދޭށޭ ކިޔާފަ އަހަރެން އަތަށްދިން އެއްޗެއް.” މަޑުމަޑުން ކިޔާރާ ބުނެލިއެވެ. އައިލީން ކިޔާރާއަށް ބަލާލީ އެ އެއްޗެއް ބަލާލުމުގެ ޝައުޤުވެރިކަން އެހިތުގައި އުތުރިއަރައިގަތް ވަރުންނެވެ. ކުއްލިއަކަށް ކިޔާރާ ކަނައަތުގެ މުށް ހުޅުވާލައިފައި ދައްކާލި އެއްޗަކުން އައިލީންގެ ދެލޯބޮޑުވެގެން ދިޔައެވެ. އެއްވެސް ހިފެހެއްޓުމެއްނެތި އެބޮޑު ދެލޯ ކަރުނުން ފުރިގެންދިޔައީ އައިލީންގެ އިޚްތިޔާރުން ބޭރުގައެވެ. ތުރުތުރުއަޅައަޅާ އޮތް އަތުން އައިލީން ކިޔާރާގެ މުށުތެރޭގައި އޮތް ރިހި އަނގޮއްޓި ނެގިއެވެ. އޭގައި ވަރަށް ރީތި ފޮންޓަކުން […]