Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދުގެ އަބަދަށް ( ދިހަވަނަ ބައި )

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
September 16, 2017 4 Mins Read
36 Comments

” ލީން. ކިޔާން.. ކިޔާން އަދިވެސް ލީންދެކެ ވަރަށް ލޯބިވޭ. އޭނަ އަހަރެންނާ ރަށްޓެހިވިޔަސް ކުޑަކޮށްވެސް އަހަރެންދެކެ ލޯބިނުވާކަން އަހަރެންނަށް އެނގޭ. ކިޔާންގެ ލޯތްބަކީތީ. އުފަލަކީވެސްތީ. ނުބުންޏަސް އަހަރެންނަށް އެނގޭ ލީންވެސް ކިޔާންދެކެ ވަރަށް ލޯބިވާކަން. ” ކުއްލިއަކަށް ލީޝާފެށި ވާހަކައަކުން އައިލީނަށް އުނދަގޫވަމުން ދިޔައެވެ. ކިޔާން އޭނާދެކެ ކުޑަކޮށްވެސް ލޯބިވާނަމަ އެރޭ އޭނާގެ ވާހަކަ އަޑުއެހީހެވެ. އެއްފަހަރު ނަމަވެސް އައިލީންގެ ހަޤީގަތް އެނގެން މަސައްކަތްކުރީހެވެ. އައިލީނަށް އިތުބާރުކުރީހެވެ. އެކަމަކު އެއިން އެއްވެސް ކަމެއް ކިޔާން ނުކުރެއެވެ. ވީއިރު ކިޔާން އޭނާާދެކެ ލޯބިވާކަމަށް އައިލީން ޤަބޫލުކުރާނީ ކިހިނެއްހެއްޔެވެ؟

” ލީޝް ޕްލީޒް. ކިޔާންގެ ވާހަކަ ނުދައްކާ. އަހަރެން ބޭނުންވަނީ ކިޔާާންގެ މަތިން ހަނދާންނައްތާލަން. ކިޔާން އަހަރެން ދެކެ ކުޑަކޮށްވެސް ލޯބިވާނަމަ އަހަރެންނަށް އެހެން ނުހެދީސް.” ކިޔާންގެ ވާާހަކަ ދައްކަން ފެށުމުން އައިލީނަށް ރޮވުނެވެ. އައިލީން ރޯތަން ފެނުމުން ލީޝާ ވަރަށް ދެރަވިއެވެ. އަނެެއްކާވެސް އޭނާގެ ސަބަބުން އައިލީން ރޮނީއޭ ހިތަށް އަރައި އެވާާހަކަ ދެއްކުނު މޮޔަ ހީވިއެވެ. “ސޮރީ ލީން. ދެން އަހަރެން ކިޔާންގެ ވާާހަކައެއް ލީން ގާތަކު ނުދައްކާނަން.” އައިލީންގެ ކޮނޑުގައި ހިފަހައްޓާލަމުން ލީޝާ ދެރަވެފައި ބުނެލިއެވެ. އެވަގުތަކީ ކިޔާރާާއަށް އައިލީންމެންގެއަށް އައިސް ވަދެވުނު ވަގުތެވެ. ރޯންއިން އަައިލީނާއި ގާާތުގައި އިން ލީޝާ ފެނުމުން ކިޔާރާާ ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. ލީޝާ އައިލީންގެ ގެއަށް އައިސް އައިލީން ރޮއްވަނީއޭ ހިތައި ކިޔާރާ ލީޝާއާާ ދިމާއަށް ހަޅޭލަވައި ގަތެވެ.

“ކަލޭ! ކަލޭ މިހާރު މިތަނަށްވެސް އައީތަ؟ ލީންއާ ބެހިނުލާ އިންނަން ކަލެއަށް ހަމަ އުނދަގުލީދޯ.” ކިޔާރާގެ ހަޅޭކުގެ އަޑަށް އިސްޖެހިފައި އިން އައިލީން އިސްއުފުލާލާ ބަލާާލިއެވެ. ލީޝާ ލަދުގަނެފައިވާ ހާލު އިސްޖަހައިގެން ކިޔާރާާގެ ވާހަކަތައް އަޑުއަހަން އިނެވެ. ކިޔާރާާގެ ނަފުރަތު އޭނާއަށް ހައްގެވެ. އެހެންނާ ކިޔާރާާ ބުނާ ކޮންމެ އެއްޗަކަށް ދެތިން ހަތަރެތި ބުނާ ލީޝާ މިފަހަރު އެއްވެސް އެއްޗެއް ނުބުނެ އިނުމުން ކިޔާރާ ވަރަށް ހައިރާންވިއެވެ.

“ހަމަމިހާރު މިގެއިން ނުކުމޭ! ލަދެއްވެސް ނުގަނެއެއްނު ލީންގެ އަމިއްލަ ގެއަށް އައިސް ލީން ރޮއްވާއިރު. އެހެންޏަ ހީވަނީ ތިމާމީހުންގެ އަމިއްލަ ތަނެއްހެންމިއީ މިތަނަށްވަދެ މީހުން ރޮއްވާއިރު. ހަމަމިހާރު ނުކުމޭ. އަހަރެން ހުއްޓަ ލީނަށް ކަލޭގެ ހިޔަނިވެސް އެޅުނަކަ ނުދޭނަން”. ލީޝާ ޖަވާބެއް ނުދިނުމުން ދެންވެސް ކިޔާރާ ހަޅޭލަވައިގަތެވެ.

“ކިޔާ. ހަމަޖެހިބަލަ. ލީޝް އަހަރެން ނުރޮއްވައޭ. ލީޝް މިގެއަށްވަދެ އެއިނީ އަހަރެންގެ ހުއްދަލިބިގެނޭ.” ލޮލުން އައިސްފައިހުރި ކަރުނަތައް ފުހެލަމުން އައިލީން އަވަސް އަވަހަށް ލީޝާގެ ދިފާާއުގައި ބުނެލިއެވެ. “ކީކޭ؟ ލީން ހަމަތަ؟ ލީޝް އޭ؟ ކޮންއިރަކު ލީޝާ ލީންއާާ އެހާ ގާތްވީ؟ ލީން ހަނދާން ނެތުނީތަ ލީޝާއާހެދި ލީން އުފުލަންޖެހުނު ހިތާމަ؟” ދެލޯބޮޑުކޮށްލަމުން ކިޔާރާ އެއްފައްޗަކަށް އަމުނާލިއެވެ.

“ކިޔާ އެހަށް ހަމަޖެހިބަލަ. އޭރަށްނު އެއްޗެއްކިޔާ ދެވޭނީވެސް.” ކިޔާރާގެ އަތުގައި ހިފައި ގެނެސް ސޯފާގައި ބައިންދަމުން އައިލީން ބުނެލިއެވެ. އިނށީނުމަށްފަހު ކިޔާރާާ އައިލީންގެ މޫނަށް ބަލާލުމުން އައިލީން ވާހަކަ ފެށިއެވެ. އެރޭ ލީޝާއަށް ދިމާާވި ހާދިސާއިން ފެށިގެން ހުރިހާ ވާހަކައެއް އައިލީން ކިޔާރާއަށް ކިޔައިދިނެވެ. އައިލީންގެ ވާހަކަތައް އަޑުއަހައިފައި ކިޔާރާގެ ރުޅިގަނޑު ކޮންމެސް ވަރަކަށް ފިނިވިއެވެ. ލީޝާއަށް ބަލާލީ ހަމްދަރުދީގެ ނަޒަރަކުންނެވެ.

“ކިޔާ. އަހަރެންނަށް މައާފު ކުރޭ. އަހަރެންނަށް ވިސްނިއްޖެ. ލީންއާ ކިޔާއާ މެދު ކަންތައްކުރެވުނު ގޮތުން އަހަރެން ލަދުގަނެ ދެރަވޭ. އެނގޭ އަހަރެންނަށް ކަންތައްކުރެވުނީ ވަރަށް ގޯސްކޮށްކަން” އިސްޖަހައިގެން އިން ލީޝާ މަޑުމައިތިރި ރާގަކަށް ބުނެލިއެވެ. ލީޝާގެ އަޑުޖެހުމާާއެކު ކިޔާރާާގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރު ފާޅުވިއެވެ. އެއްޗެކޭބުނަން ކިޔާރާ ހުޅުވާލި އަނގަ ބަންދުވީ އައިލީން ކިޔާރާގެ އަތުގައި ހިފާލުމުންނެވެ. “އަހަރެންނަށް އެނގޭ ކިޔާއަށް ލީޝްއަށް މާފުކުރަން ފަސޭހަނުވާނެކަން. އެކަމު އަހަރެންނަށްޓަކާ އެކަން ކޮށްދީ ކިޔާ. ލީޝްއަށް އޭނަގެ ކުށްތައް އިހުސާސްވެއްޖެ. ދެންއެންމެ ރަނގަޅު ގޮތަކީ ހެޔޮހިތުން މައާފްކުރުން. އަހަރެމެން ކުރާ އެންމެ ބޮޑެތި ކުއްތަކަށްވެސް ﷲ ޢަފޫކޮށްދެއްވައެންނު. އަހަރެމެންނަށް އެކަނލާގެ މައާފް ހޯދަން އެހާ ފަސޭހައިރު، އެހެން އިންސާނުންނަށް އަހަރެމެންގެ މައާފް ހޯދަން އެހާ އުނދަގޫކަމަކަަށްވަނީ ކީއްވެ؟ ކިޔާތީ ނުލާހިކު ހެޔޮވިސްނޭ ކުއްޖެއްނު. އަހަރެންނަށްޓަކާ ތިހިތް ލީޝްއަށްޓަކައި ސާފުކޮށްދީ ކިޔާ.” އައިލީންގެ ވާހަކަތައް އަޑުއިވިފައި ކިޔާރާގެ ހިތް މަޑުކަފަކޮޅަކަށް ވެގެންދިޔައެވެ. ބޯހަލުވައިލުމަށްފަހު އިންތަނުން ތެދުވެ ލީޝާއާ ދިމާއަށް ހިނގައިގަތެވެ. އެތަންފެނި ލީޝާ ކޮޅަށް ތެދުވިއެވެ.

” ހަޤީގަތައް ބުނާނަމަ ލީޝާ ލީންއާ ދޭތެރޭ ކަންތައްކުރިގޮތުން އަހަރެންއިނީ ދުވަހަކުވެސް ލީޝާއަށް މައާފު ނުުކުރަން. ލީންއާ ދިމާއަށް ބަދުބަހެއްބުނާ ކޮންމެމީހަކީ އަހަރެންގެ ދުޝްމަނެއް. އެކަމަކު އެ އެކުވެރިޔާއަށްޓަކައި އަހަރެން ނުކުރާނެ ހަމަ އެއްވެސް ކަމެއް ނޯނާނެ. ލީނަށްޓަކައި އަހަރެން ލީޝާއަށް މައާފު ކޮށްފާނަން. އެކަމަކު ދެން ލީޝާ ލީން ރޯންޖެހޭފަދަ ކަމެއް ކޮށްފިއްޔާ އަހަރެންގެ މައާފެއް ލީޝާއަށް ދުވަހަކުވެސް ނުލިބޭނެ.” ކިޔާރާގެ ވާާހަކަތަކުން ލީޝާ ކިޔާރާއަށް ބަލާލިއެވެ. “ކިޔާ. ވަރަށް އުފާވެއްޖެ ކިޔާ އަހަރެންނަށް މައާފުކުރީމަ. އަހަރެން ވައުދުވަން، ދެންދުވަހަކުވެސް އަހަރެންގެ ސަބަބުން ލީންގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް އަޔަކަ ނުދޭނަން.” ހިނިތުންވެލަމުން ލީޝާ ބުނެލިއެވެ. ލީޝާގެ ވާހަކަތައް އަޑުއަހާފައި ކިޔާރާވެސް ހިނިތުން ވެލިއެވެ. އަދި ސަލާމަށް އަތްދިއްކޮށްލިއެވެ. ޤަބޫލޫނުކުރެވިފައިވާ ގޮތަކަށް ބަލައިލަމުން ލީޝާ ކިޔާރާގެ އަތުގައި ހިފައި ސަލާމް ކޮށްލިއެވެ.

މިމަންޒަރުތައް ބަލަން ފަހަތުގައި އިން އައިލީންވަނީ އުފަލުން ފޮޅިފައެވެ. ކިޔާރާއާާމެދު ފަޚުރުވެރިވެފައެވެ. އޭނާދެކެ އެހާ ލޯބިވާ އެކުވެރިއެއް ދެއްވިކަމަށްޓަކައި ﷲ ގެ ޙަޞްރަތައް ފަށްފަށުން ޝުކުރުކުރިއެވެ. ކިޔާރާއަކީ އައިލީންގެ ނަސީބެވެ. މިފަދަ ޒަމާނެއްގައި ކިޔާރާފަދަ ތެދުވެރި އެކުވެރިއެއް ހޯދުމަކީ ނާދިރު ކަމެކެވެ. ނަމަވެސް އޭނާގެ އެއްވެސް މަސައްކަތަކާނުލައި އެފަދަ އެކުވެރިއެއް ﷲ އޭނާއަށް މިންވަރުކުރެއްވުމަކީ ކިހާ ބޮޑު ނަސީބެއްހެއްޔެވެ؟

އައިލީނަށް ރޮވުނީ އުފަލުންނެވެ. ދުވެލައިފައިގޮސް ކިޔާރާގެ ގައިގައި ބައްދާލަމުން އޭނާއަށް ޝުކުރުއަދާކުރިއެވެ. ކިޔާރާވެސް އައިލީންގެ ގައިގައި ބައްދާލީ އެއްބަނޑު އެއްބަފާ ކުއްޖެއްގެ ގައިގައި ބައްދައިލާނެހާ ލޯބިންނެވެ. މިތަންފެނި ލީޝާގެ ދެލޯވެސް ކަރުނުން ފުސްވެގެން ދިޔައެވެ. ކޮންފަދަ މާތް ގުޅުމެއްހެއްޔެވެ؟ އައިލީނާ ކިޔާރާއަކީ އެކުވެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ.

ކިޔާރާއާ އައިލީނަށް ބަލަންއިން ލީޝާއާާ ދިމާއަށް އައިލީން އަތްދިއްކޮށްލިއެވެ. އެއާއެކު ކިޔާާރާވެސް ބަލައިލީ އަންނާށޭ ބުނާފަދަ ގޮތަކަށެވެ. މިތަންފެނި ލީޝާއަކަށްވެސް ކެތެއްނުވިއެވެ. އައިސް ކިޔާރާާއާއި އައިލީންގެ ގައިގައި އޮޅުލައިގަތެވެ. އޭނާއަށް ހެޔޮވިސްނުން ދެއްވީތީ ޝުކުރުކުރާ ހާލުގައެވެ.

ޖެހިގެންއައި ދުވަސްތަކުގައި އައިލީނާއި ކިޔާރާ އާާއި ލީޝާގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެން ދިޔައެވެ. ލީޝާވެސް ގިނަވަގުތު ހޭދަކުރަމުން ދިޔައީ އައިލީންމެންގެ ގޭގައެވެ. ލީޝާގެ އުޅުމަށްވެސްވަނީ ހީނުކުރާާފަދަ ބޮޑެތީ ބަދަލުތަކެއް އައިސްފައެވެ. ހެދުން އެޅުމުގެ ވައްޓަފާޅިވެސް ވަނީ ބަދަލުވެފައެވެ. ކިޔާނަށް މިކަންކަން ފާާހަގަވާން ފެށުމުން ވަރަށް ހައިރާން ވިއެވެ. ކުރިން ކިޔާނާ ބައްދަލުނުވެވިގެން އަބަދު އުޅޭ ލީޝާއަށް މިހާރު އެންމެ ރަނގަޅީ ކިޔާން ނުފެނުނިއްޔާއެވެ. ކިޔާނަށް ގުޅައިނުލާތާވެސް މިހާރު ހަފްތާއަކަށްވުރެ ގިނަދުވަސް ވެދާނެއެވެ. އެކަންކަމާ ކިޔާން ސުވާާލުނުކުރަނީ ކިޔާނަށްވެސް އެގޮތްމާ ކަމުދާތީއެވެ. ކިޔާންވެސް މަސައްކަތްކުރަމުން ދިޔައީ ލީޝާއާ ވީހާވެސް ދުރުގައި އުޅުމަށެވެ. އެހެނީ އެދެމީހުންގެ ގުޅުމަކީ ހަމައެކަނި ނަމެއްގައި އޮތް ގުޅުމެކެވެ.

މިހާރަކަށް އައިސް އައިލީން އުޅެނީ ވަރަށް ބަލިވެއެވެ. އަބަދު ހުންނަނީ ވަރުބަލިވެފައެވެ. އައިލީންގެ ބަލިހާލު ހުންނަ ގޮތުން ބޭރަށް ނުދެވޭތާވެސް ވަރަށް ގިނަ ދުވަސްވެއްޖެއެވެ. ވަރުބަލިވާވަރުން ކެތްނުވެގެން އައިލީން އެނދުގައި ޖައްސާލިވަގުތު ދޮރުގައި ޓަކިޖަހައިލައިފައި އެތެރަށް ވަތް ލީޝާ ފެނުމުން އައިލީން ހީލިއެވެ. ” ލީން. އުނދަގުލެއްވަނީތަ؟ މިއަދު ހީވޭ އެެހެން ދުވަސް ދުވަހަށްވުރެވެސް ބަލިހެން.” އައިލީން ގާތު އިނށީދެލުމަށްފަހު ލީޝާ ބުނެލިއެވެ.

“ހޫމް. މިއަދު މިއުޅެނީ ހަމަވަރުބަލިވާވަރުން ކެތްނުވެގެން. ލީޝް ކަމަކުތަ؟” ބަލި އަޑަކުން އައިލީން ޖަވާބުދިނެވެ. އައިލީންގެ ހާލު ފެނި ލީޝާ ވަރަށް ދެރަވިއެވެ. ކުއްލިއަކަށް އައިލީން ވަރަށް ބަލިގޮތަކަށް ކެއްސަން ފެށިއެވެ. އިރެއް އިރަކަށް ކެއްސުން ބޮޑުވަމުންދިޔަތަންފެނި ލީޝާ ބިރުން ހަލާކުނުވީ ކިރިޔާއެވެ. އަނގަމަތީގައި އަތްއަޅާގެން އިނދެ އައިލީން ކެއްސަމުން ދިޔައެވެ. ލީޝާ އަވަސް އަވަހަށް ގޮސް އެނދު ކައިރީހުރި މޭޒުމަތީއިން ފެންޖަގުން ތައްޓައް ފެންއެޅުމަށްފަހު އައިލީނާާ ދިމާއަށް އެނބުރުނެވެ. އެވަގުތު ފެނުނު މަންޒަރަކުން ލީޝާގެ އަތުގައި އިން ފެންތަށި ދޫވެ ތަށިމުށިތައް މައްޗައް ވެއްޓި ތެޅުނެވެ. ތަށި ތަޅައިގެންދިޔަ އަޑު މުޅި ކޮޓަރިތެރޭގައި ގުގުމާލައިގެން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ލޯބިން ހިނިތުންވެލާށޭ 5

Next

ޢެދެމޭ އުފާ…..(13)

Next
September 16, 2017

ޢެދެމޭ އުފާ…..(13)

Previews
September 16, 2017

ލޯބިން ހިނިތުންވެލާށޭ 5

36 Comments!

  1. Naufa says:
    September 16, 2017 at 5:54 pm

    Hey guys here’s the next part.. Sry mi part vx kuruvyma.. Aslu v bxy koh ulhuny.. Ehnve.. Ekm vx my story reader’s ge edhumakah miadhu adhi one part gennan beynunvy.. Hope u guys will like this part too.. ?

  2. maroon says:
    September 16, 2017 at 5:54 pm

    V reethi. Maroonves beynun kiara kahala friendeh ❤
    Avahah kiaan geney. Nubunnas aileenves kiaan dhekey hiyvaane ?

    1. Naufa says:
      September 16, 2017 at 5:59 pm

      Hehe.. Thanks maroon?❤

  3. Lam says:
    September 16, 2017 at 6:06 pm

    Vv reethi…???

    1. Naufa says:
      September 16, 2017 at 6:12 pm

      Thankx lam?❤

  4. Yaana says:
    September 16, 2017 at 6:07 pm

    V reethi.

    1. Naufa says:
      September 16, 2017 at 6:13 pm

      Thank u yaana?

  5. ??? says:
    September 16, 2017 at 6:25 pm

    vv salhi ❤❤❤ whn nxt part??
    Ahley leen den rangalheh nuvaanetha Bali rangalhu vaa gotheh netha ??leen rangalhu vaane nama?

    1. Naufa says:
      September 16, 2017 at 6:39 pm

      Thanks dear.. Lets see dhw leen ah vaa gotheh.. In sha allah next part soon..?❤

  6. Nuha says:
    September 16, 2017 at 6:27 pm

    V reethi??❤ next part soon please

    1. Naufa says:
      September 16, 2017 at 6:40 pm

      Thank u.. Ya i will in sha allah❤?

  7. ipher says:
    September 16, 2017 at 6:33 pm

    Hama woow ey bunelaany…ehaavx furihama….keep it up dear…whn next part..

    1. Naufa says:
      September 16, 2017 at 6:41 pm

      Thank u soo much ipher.. In sha allah next part soon?

  8. Shaa says:
    September 16, 2017 at 7:06 pm

    V reethi

    1. Naufa says:
      September 16, 2017 at 7:08 pm

      Thankx shaa

  9. Laii says:
    September 16, 2017 at 7:22 pm

    Get well soon leen❤

    1. Naufa says:
      September 16, 2017 at 7:29 pm

      ?

  10. Liya says:
    September 16, 2017 at 7:37 pm

    Next part soon plx..can’t wait

    1. Naufa says:
      September 16, 2017 at 7:41 pm

      Ya.. Will try in sha allah

  11. Ram says:
    September 16, 2017 at 7:58 pm

    Maasha allah.. hama superb.. next part up kohdhehcheyy avahah.. waitings ?

    1. Naufa says:
      September 16, 2017 at 8:05 pm

      Thankx Ram.. Ya in sha allah?

  12. click a shot ? says:
    September 16, 2017 at 8:30 pm

    Alhey fahubai kiyaafa click ves biruganehje..kihineh baa evy leen ah…mi part ves hama fabulous kiyaa haadha caring ey..?so sweet☺️?

    1. Naufa says:
      September 16, 2017 at 9:14 pm

      Thank u. Lets see dhw leen ah vy gotheh..❤?

  13. Xxxx says:
    September 16, 2017 at 8:34 pm

    ???????keep it up

    1. Naufa says:
      September 16, 2017 at 8:35 pm

      Thank u?

  14. Ary says:
    September 16, 2017 at 9:36 pm

    v reethi…..Naufa

    1. Naufa says:
      September 16, 2017 at 9:43 pm

      Thank u ary?

  15. Kia says:
    September 16, 2017 at 10:57 pm

    Athuga hunaany leytha?????

    1. Naufa says:
      September 16, 2017 at 11:02 pm

      Lets see dhw.. Hehe?

  16. Enaash says:
    September 17, 2017 at 12:47 am

    Hurihaa part thah ves kurukan faahaga kohlan… aanmukoh mi sute ga huuna stry thakuge part thah v dhigu… mi stry reethi bt konme faharaku 2 thin folhuvai liyefa onnaathy v foohi… thigothah liyefa avahah upload kurumah vure rangalhuvaane emeeheh ge fenvarun liyan ulheynama mi buny ehaa bxy koh ulhenyaa weekehga 1 faharu part dhigukoh genesdhinas maa rangalhu…

    1. Naufa says:
      September 17, 2017 at 5:18 am

      Ok Enaash.. In sha allah i will correct that..?

  17. khajja says:
    September 17, 2017 at 12:48 am

    Ohh wow masha allah?? stry v v habeys khajjaves bynun kiaa kahala rangalhu oagaatheri frnd eh ??

    1. Naufa says:
      September 17, 2017 at 5:19 am

      Thanks khajja❤

  18. Thuhthi says:
    September 17, 2017 at 11:10 am

    Story ah abadhuge abadhah kiyany leen kiyaan aa mulhi umurah vakivaanethy dhw.. I guess she will die.. 🙁 … Keehve keen ah aids jehuny??

    1. Naufa says:
      September 17, 2017 at 1:05 pm

      Story nimeythanun ingeyne story ah e name kiyaa reason.. N leen ah aids jehunu goivx..

  19. Naufa says:
    September 17, 2017 at 1:46 pm

    Mi story ge dhn in part in sha allah maadhan upkoh dheynan.. Hope u guys will wait.. ?

Comments are closed.

Next Episodeއަބަދުގެ އަބަދަށް (އެގާރަވަނަ ބައި)←


All Right Reserved!