Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދުގެ އަބަދަށް (ހަތްވަނަ ބައި )

Nau Level 810 Stories100 Comments500 Comments100 Stories100 Login1K Comments
September 14, 2017 6 Mins Read
12 Comments

ފޮތިކޮޅަށް ފައިސާ ދައްކަން ކައުންޓަރު ކައިރީގައި ކިޔާރާއާއި އައިލީން މަޑުކޮށްލިއެވެ. ” އޭތް. އެއިނީ އެއްކަލަ އެއިޑްސް ޖެހިފަ ހުރި ކުއްޖާދޯ.” އައިލީން މެންގެ ތަންކޮޅެއް ފަހަތުގައި ތިބި ދެމީހަކު ތެރެއިން އެކަކު ބުނެލިއަޑު އައިލީނަށް އިވުނެވެ. “ހޫމް. އެއީ އޭނަ. ލަދެއްވެސް ނުގަނެއެއްނު އެކަހަލަ ނުބައި ބައްޔެއް ޖެހިފަހުއްޓަ މުޅިރަށުތެރޭ އެނބުރޭކަށް.” ޖެހިގެން ހުރި މީހާ ބުނެލިއެވެ. ” އަސްލުވެސް. ލަދުގަނޭ މިރަށުމީހެކޭ ބުނަންވެސް. އޭނަގެ ސަބަބުން މުޅިމިރަށަށް އެބަލި ފެތުރިދާނެތީ އަހަރެން ބިރުގަންނަނީ.” ކުރިން ވާހަކަދެއްކި މީހާ ބުނެލިއެވެ. މިއަޑު އިވުމުން އައިލީން ވަރަށް ލަދުގަތެވެ. އަދި ހަމައެހާމެ ހިތުގައި ޖެހުނެވެ. އައިލީންގެ ބޮޑު ދެލޯ ވަގުތުން ފެންކަޅިވެގެން ދިޔައެވެ. އެތަނުގައި އިތުރަށް އިންނަން ނުކެރުމުން އައިލީން ފިހާރައިން ނުކުތުމަށް ހިނގައިގަތެވެ.

އައިލީން ދިޔަ މަންޒަރު ބަލަންއިން ކިޔާރާ ވަނީ ރުޅިއައިސް ރަތްވެފައެވެ. ވަގުތުން އެމީހުންނާ ދިމާއަށް އެނބުރުނީ އައިލީނޭ ކިޔާގެން އެމީހުން ދެއްކި ވާހަކަތަކަށް ރައްދުދޭށެވެ.

” ދައްތަމެން އައިލީނޭ ކިޔާގެން ފާޑުފާޑުގެ ވާހަކަ ތިދައްކަނީ ހަޤީގަތް އެނގި ހުރެތަ؟ ހަމަ ވާހަކައެއް އަޑުއިވިލާާއިރަށް އެވާާހަކައެއްގެ ތެދެއް ދޮގެއްވެސް ބަލާނުލާ ހިތަށް އެރިހާ އެއްޗެއް ކޮންމެ މީހަކުވެސް ކިޔާާއިރު، އެކަކަށްވެސް ނުކެރޭ އެވާާހަކައިގެ ތެދުދޮގުމިން ބަލާލާކަށް. ބަލަ ދައްތަމެންނަށް އެބައްޔާ ބެހޭގޮތުން ކޮންއެއްޗެއްތަ އެނގެނީ؟ އެބައްޔަކީ ދައްތަމެން ތިހީކުރާާހެން އަދި މީހެއްގެ ގައިގައި ހުއްޓަކަސް މުޅި ރަށަށް ފެތުރިގެންދާފަދަ ބައްޔެއްނޫނޭ. އެއީ ގައިން ގަޔަށް އަރާޒާތުގެ ބައްޔެއްނޫން. އެހެންމަ ދައްތަމެން އަދި ބިރުގަންނާކަށް ނުޖެހޭ. އަދި އައިލީނަކީ މުޅި މިރަށަށްހުރި ނުރައްކަލެއްގެ ގޮތުގަ ދެކޭކަށްވެސް ނުޖެހޭ. އަހަރެމެންނަކީ މުސްލިމުންނެއް ނޫންތަ؟ އަހަރެމެންގެ ދީންގަ ނޯވޭތަ ތިމާއަށް އެކަމެއްގެ ހަޤީގަތް ނޭނގޭ ވާހަކަ ނުދެއްކުމަށް އަންގަވާފަ. ވީއިރު މުސްލިމުންނަށްވެތިބެ ދީންގައި މަނާކުރައްވާފައި އޮންނަ ކަންތައްތަކާ ދުރުވުމަކީ އަހަރެމެން ކުރަންޖެހޭނެ ކަމެއް. އަހަރެންގެ ދުޢާއަކީ ދައްތަމެން މީހަކަށް އެފަދަ ދެރަގޮތެއް ނުވުން. އެހެނަސް ދައްތަމެންގެ ތެރެއިން މީހަކަށް ނުވަތަ ދައްތަމެންގެ ގާތް މީހަކަށް އެފަދަ ދެރަގޮތެއްވީމަ ދައްތަމެންނަށް ވެސް އިހުސާސް ވާނެ މިއަދު ލީން އެކުރަމުންދާ ހިތާމަ. ލީނަށް އެބަލި ޖެހުނީ ތިހީކުރާކަހަލަ ނުބައި ފާހިޝް ގުޅުމަކުންނޫން. އެހެންމަ ދައްތަމެން ލީނަކީ މިރަށު ކުއްޖަކަށް ވީތީ ލަދުގަންނާކަށް ނުޖެހޭ. ލީން އުޅޭ ހާލު މޮޅަށް ދެނެވޮޑިގެންވާނީ މާތް ﷲ. ދައްތަމެން ކަހަލަ މީހުންގެ ސަބަބުން އެކުއްޖާގެ ހިތާމަތައްވަނީ އެތައްގުނައެއް އިތުރުވެފައި. ހެޔޮނުވާނެ މީހެއްގެ ހަޤީގަތް ނޭނގި މީހަކާބެހޭގޮތުން ތިފަދަ ވާހަކަ ދައްކަން.” ވާހަކަ ދައްކަމުންގޮސް ކިޔާރާއަށް ރޮވުނެވެ. އައިސްފައިހުރި ރުޅިންނާއި ވެފައިހުރި ދެރައިން ކިޔާރާ ތުރުތުރުލަމުން ދިޔައެވެ. އިތުރަށް އެތާނގައި އެންމެ ހިނދުކޮޅަކަށްވެސް މަޑުކުރަން ބޭނުންނުވުމުން ގަތް ފޮތިކޮޅަށް ފައިސާ ދައްކާފައި ކިޔާރާ ފިހާރައިން ނުކުތެވެ. ކިޔާރާގެ ވާހަކަ އަޑުއިވި އެވަގުތު އައިލީނޭ ކިޔާގެން ވާހަކަދެއްކި ދެމީހުންތިބީ ލަދުގަނެ ދެރަވެފައެވެ. އެމީހުންނަށް އެމީހުންގެ ކުށް ކިޔާރާ ކިތަންމެ ރަނގަޅަކަށްވެސް އިހުސާސްކޮށްދީފިއެވެ.

ކިޔާރާ ފިހާރައިން ނުކުތްއިރު އައިލީން ފެންނާކަށްނެތެވެ. ވިސްނާލުމަށްފަހު ކިޔާރާާ ހިނގައިގަތީ އައިލީންގެ ގެއާދިމާއަށެވެ. ލޮލުންއައިސްފައި ހުރި ކަރުނަތައް އަތުގެ ނުފުށުން ފުހެލުމަށްފަހު ހަމަޖެހިލެވޭތޯ ކިޔާރާާ މަސައްކަތްކުރަމުން ދިޔައެވެ. ބާރުހިނގުމެއްގައި ކިޔާރާ އައިސް އައިލީންމެންގެއަށް ވަނެވެ. އޭރު އާާސިމާގެ ކޮނޑުގައި ބޯއަޅައިލައިގެން ރޯން އައިލީން އިނެވެ. އެމަންޒަރު ފެނުމުން ކިޔާރާ އަވަސް އަވަހަށް ގޮސް އައިލީން ގާތު އިނށީނެވެ. އަދި އެހިނގައިދިޔަ ހާދިސާއަށް މާފަށް އެދުނެވެ. އެހެނީ އައިލީން ފިހާރައަށް ދިޔައީ ކިޔާާރާާގެ އާދޭސްތަކުގެ ސަބަބުންނެވެ. އާސިމާއާާއި ކިޔާރާގެ އެތައް ހިތްވަރެއްގެ ސަބަބުން އައިލީން ކޮންމެސް ވަރަކަށް ހަމަޖެހުނެވެ.

ދުވަސްތައް ހަފްތާތަކަށް، ހަފްތާތައް މަސްތަކަށް ބަދަލުވަމުންދިޔައެވެ. ފާއިތުވާ ކޮންމެ ދުވަހަކާއެކު އައިލީންގެ ހިތާމަތައްވެސް ދިޔައީ އިތުރުވަމުންނެވެ. ރަށުތެރޭގައި އައިލީނޭ ކިޔާގެންދެކެވޭ ވާހަކަތައްވެސް މަޑުމަޑުން ހިނދެމުން ދިޔައެވެ. އެހެންކަމުން ބޭރުތެރަށް ނިކުމެއުޅެލަން އައިލީނަށް މިހާރު ކޮންމެސް ވަރަކަށް ވަނީ ފަސޭހަވެފައެވެ. އެހެނަސް އެދުވަސްތަކު އެކި މީހުންގެ ދުލުން އޭނާއޭކިޔައިގެން އަޑުއިވުނު ވާހަކަތައް އައިލީން ހަނދާނެއް ނުނެތެއެވެ.

” ކިޔާ”.. ކޮޓަރިން ނުކުތް އައިލީނަށް ގެއަށް އައިސްވަން ކިޔާރާ ފެނުމުން އުފާވެލާފައި ގޮވާލިއެވެ. ހިނިތުންވެލަމުން ކިޔާރާާ އައިސް ސިޓިންރޫމްގައި އައިލީނާ ޖެހިގެންހުރި ގޮނޑީގައި އިނށީނެވެ. ދެމީހުން އެކިއެކި ވާހަކަތައް ދައްކަމުން ދިޔައީ އެއްވެސް ފޫހިކަމެއް ނެތިއެވެ. އިރުއިރުކޮޅާ ކިޔާރާާގެ ފޯނަށް އަންނަމުންދިޔަ ކޯލްތަކަށް ކިޔާރާާ ޖަވާބެއްނުދޭތީ އައިލީން ސުވާލުއުފެދުނެވެ. ހަމަކޮންމެ ކޯލެއްވެސް ކިޔާރާާ ބިޒީކޮށްލަނީއެވެ.

” ކިޔާާ. ކާކުތަ މާވަރަކަށް އެގުޅަނީ؟” އައިލީނަށް އުނދަގޫވެގެން އެންމެފަހުން އެއްސެވެ. ” އިމާދު” އައިލީނަށް ބަލާާލަމުން ކިޔާރާ ޖަވާާބުދިނެވެ. ” އޯ. ކިޔާގެ އިމާދު ދޯ” އައިލީން ކިޔާރާއާ ދިމާކޮށްލިއެވެ. ” ސާބަހޭ ލީން. އަދިނުވެއެންނު އަހަރެންގެ މީހަކަށް. އަދިމިއުޅެނީ ގުޅުމަކާ ހަމައަށްވެސް ނުދެވިގެން. ހަމައެކަނި ފޯނުން ވާހަކަދައްކާލާ ކަން. އެކަމު އިމޫ ވާހަކަދައްކާގޮތުން ހީވޭ އިމޫވެސް އަހަރެންނާ ގަޔާވާހެން.” ލަދުވެތި ގޮތަކަށް ކިޔާރާާ ބުނެލިއެވެ.

“އޫހޫމް. އެހެންދޯ. ދެންކީއްވެ ކިޔާ އިމޫގެ ފޯންކޯލަށް ޖަވާބުނުދެން ތިއުޅެނީ؟” ކުޑަކޮށް ވިސްނާލަމުން އައިލީން އެއްސެވެ. “އެއީ އޭނަކަމަކަށް އެދޭ ވަރުން. އަހަރެންނަކަށް ނެތް އިމޫ އެދޭ ކަންތައް ކޮށްދެވޭކަށް. ” ދެރަވެލައިފައި ކިޔާރާ ބުނެލިއެވެ. ” އަނެއްކާ ކޮންކަމަކަށް؟” ދެންވެސް އައިލީން ކުރީ ސުވާލެކެވެ.
” އިމޫއާ އެއްކޮށް ރެސްޓޯރެންޓަކަށް ކާލަންދާން. އަހަރެން ވަރަށް ގިނަފަހަރު ނޫނެކޭވެސް ބުނިން. އެކަމު އިމޫ ގޮތެއްދުލެއް ނުކުރި. ބުނީ އެކަނި އަންނަން ނުކެރެންޏާ ކުއްޖަކާ އެއްކޮށް އަޔަސް އޯކޭއޭ. އަހަރެންވެސް ވަރަށް ދާހިތްވޭ. އެކަމު ލީނަށްވެސް އެނގެއެއްނު އަހަރެންގެ މަންމަގެ ގޮތް. އެކަނި ތަނަކަަށް ދިޔަކަނުދޭނެ. ދެންއަދި ފިރިހެންކުއްޖަކާ އެއްކޮށް އެކަނި ތަނަކަށްދިޔަ ދޭނެތަ؟ އެހެންވެ” ކިޔާރާާވަނީ ނާއުއްމީދު ވެފައެވެ. ކިޔާރާ ދެއްކި ވާހަކަތަކާމެދު އައިލީން ކުޑަކޮށް ވިސްނާލިއެވެ. އޭނާއަށް މީހެއްގެ އެހީ އެންމެ ބޭނުންވި ވަގުތު އޭނާއާ އެއްކޮށްވީ ކިޔާރާއެވެ. ވީއިރު ކިޔާރާއަށް އެހީތެރިކަމެއް ބޭނުންވުމުން އޭނަށް އެކަމެއް ކޮށްނުދެވޭނެ އެއްވެސް ސަބަބެއްނެތެވެ.

” އެވަރުކަމަކާތަ ކިޔާ ދެރަވެފަ ތީނީ. ތީއެއްވެސް ކަމެއްނޫނެއްނު. އަހަރެން މިހުރީނު. އިންޝާ ﷲ، އަހަރެން ހުއްޓަ ކިޔާާ އެއްވެސްކަމަކާ ދެރަވާާކަށް ނުޖެހޭނެ. އަހަރެން ގޮސްދާނަން ކިޔާއާ އެކު. އެންމެ ރަނގަޅެއްނު.” ކިޔާރާގެ ކޮލުގައި ހިފާލަމުން ހެވިފައި އައިލީން ބުންޏެވެ. އެތައްދުވަހަކަށްފަހު އައިލީންގެ އެރީތި ހިނިތުންވުން ފެނުމުން ކިޔާރާ ވަރަށް އުފާވިއެވެ. “އަޅޭ.! އަސްލުވެސްތަ ލީން؟ އެކަމު އަހަރެން ދެރަވޭ ލީން ގޮވައިގެން ބޭރަށްދާން. މީހުން ލީންއޭ ކިޔާގެން ފާޑުފާޑުގެ ވާހަކަދައްކާ އަޑު އަހާކަށް އަހަރެންނަކަށް ކެތެއްނުވާނެ. އެންމެފަހުން ލީން ގޮވާގެން އަހަރެން ބޭރަށްދިޔަ ރޭގަވެސް ލީންޖެހުނީ ރޯން.” އައިލީންގެ ޖަވާބާއިމެދު އުފާވި ނަމަވެސް އައިލީންގެ ހާލާމެދު ވިސްނާލައިފައި ކިޔާރާ ބުނެލިއެވެ.

“އެއްކަލަ ކިޔާ. އެދެން އެވަރުކަމެއް ނޫނޭ. އެއީ ކިޔާގެ ސަބަބުން ވީ ކަމެއް ނޫނެއްނު. އެހެންނޫނަސް އަހަރެންނަށް އެނގޭ މީހަކު އަހަރެންނާދިމާއަށް އެއްޗެހިކިޔާތަންބަލަން ކިޔާާ ނުހުންނާނެކަން. ތިކަލަ ހަށިފާރަވެރިޔަކު ލިބިފަ ހުއްޓަ އަހަރެން ކަންބޮޑުވާކަށް ނުޖެހެއެއްނު. އަނެއްކޮޅުން މިހާރު ފެނުނަސް ފާޑަކަށް ބަލާލުން ފިޔަވާާ އިތުރު އެއްޗެއް މީހުންނެއް ނުކިޔާ. އަލްޙަމްދުލިއްލާޙް. އެކަންވެސް މަޑުމަޑުންގޮސް މިހާރު ހިނދިއްޖެ.އެހެންމަ މިހާރު އަހަރެންނަށް ތަނަކަށް ނުދެވޭނެ އެއްވެސް ސަބަބެއްނެތް ” ކިޔާރާގެ ކޮނޑަށް އަތްވައްޓާލަމުން އައިލީން ހިނިއައިސްފައި ބުންޏެވެ. ” އަބަދުބެސް ތިގޮތަށް ހެވިފައި ހުރެބަލަ. ލީން ހީލީމަ ނުލާހިކު ލޯބި. ” ކިޔާރާވެސް އައިލީނާ ބައިވެރިވެލިއެވެ. ” ކިޔާ ބުނެފި ކޮންމެ ކަމެއް އަހަރެން ކުރާނެކަން އެނގެއެއްނު. އަހަރެންގެ އެކުވެރިޔާއަށްޓަކައި އަހަރެން ހުންނާނީ އަބަދުވެސް އުފަލުން.” އައިލީން ގެ ހިނިތުންވުން އިތުރަށް ފުންވެގެންދިޔައެވެ.

” ވަރަށް ވަރަށް އުފާާވެއްޖެ. ތިކަހަލަ އެކުވެރިޔަަކު އިނީމަ. އަދި އަހަރެންނާާ އެއްކޮށް އެތަނަށްދާން އެއްބަސްވީތީ އެއަށްވުރެވެސް ބޮޑަށް އުފާވެއްޖެ.” އައިލީން ގައިގައި އޮޅުލައިގަންނަމުން ކިޔާރާ ބުނެލިއެވެ. “އެހެންމަކިހާއިރަކަށް ތައްޔާރުވާންވީ؟” ކިޔާރާއަށްޓަކައި އުފާކުރާާހާލު އައިލީން އަހާާލިއެވެ. ” އިމޫ ގާތު އަހާލާާފަ ލީން ގާތުދާގަޑި ބުނާނަން. އޯކޭ އެއްނު.” ކިޔާރާ ހީވަނީ އުފަލުންގޮސް އުދުއްސައި ގަނެފާާނެހެންނެވެ. ” އޯކޭ” ކިޔާރާާގެ އުފަލުގައި ބައިވެރިވަމުން އައިލީންވެސް ބުނެލިއެވެ.

އެދުވަހަށްފަހު ކިޔާންގެ މުޅި ދިރިއުޅުން ވަނީ އެފުއްމިފުށަށް ޖެހިފައެވެ. އައިލީންމަތިން ހަނދާންނައްތާލެވޭތޯ ކުރާާ ހުރިހާ މަސައްކަތެއްވަނީ ބޭކާރެވެ. އެއްވެސް ކަމެއްކުރާހިތްނުވެ ކިޔާނަށް އަބަދު އިނދެވެނީ ފުންވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އައިލީންދެކެ ކިތަންމެ ރުޅިއަޔަސް އަދިވެސް އެހިތުގެ އެއްކަނެއްގައި އައިލީނަށްޓަކައި ލޯބިފޮރުވިފައި ވެއެވެ. އައިލީން ނޫން އެހެންކުއްޖެއްގެ ނަމެއް އެހިތުގައި ނުވެއެވެ. އެހެނަސް ކިޔާން އެކަން ދައްކަން ބޭނުންނުވަނީއެވެ.ލީޝާއާާ ރައްޓެހިވީވެސް އައިލީންގެ ހިތުގައި ޖެއްސުމަށެވެ. އައިލީނަށް ދެއްކުމަށެވެ. ކިޔާން އެއްވެސް ވަރަކަށް ލީޝާދެކެ ލޯތްބެއްނުވެއެވެ. ގިނަފަހަރަށް ލީޝާއާާއެކު ތަނަކަށްދާނީވެސް އެތައްފަހަރަކު ލީޝާ އާދޭސްކުރުމުންނެވެ. ލީޝާގެ ފޯންކޯލްތަކަށް ޖަވާބުދެނީވެސް ހިތަށްއެރިއްޔާއެވެ. އެކަމާ ލީޝާ ވަރަށް ޝަކުވާކުރެއެވެ. އެހެނަސް ކިޔާން އެއިންކަމަކަށް އެއްވެސްވަރަކަށް ފަރުވާލެއްނުބަހައްޓައެވެ.

ފެންވަރާާލައިގެން ނުކުތް އައިލީންގެ މޫނުމަތީގައި ތާޒާާކަން އެކުލެވެއެވެ. ހީވަނީ ހަވީރަށް ފަރިވެ ފޮޅިފައިވާ ތާޒާމަލެއްހެންނެވެ. ބޮލުގައި އޮޅާލެވިފައިވާ ތުވާލި ނައްޓާލަމުން އޭނާގެ ކަޅު ރޭގަނޑެއްފަދަ ފަން އިސްތަށިގަނޑު އަތުން ހާވާލިއެވެ. ޑްރެސިންގް ޓޭބަލްކައިރީ ހުރި ސްޕަންޖް ގޮނޑީގައި އިނށީނުމަށްފަހު ހެއަރ ޑްރަޔާރ ޖައްސާލާ އިސްތަށިގަނޑު ހިއްކަން ފެށިއެވެ. އައިލީން ތައްޔާރުވަމުން ދިޔައީ ކިޔާރާއާއެކު ރެސްޓޯރެންޓަށް ދިޔުމަށެވެ. ކިޔާރާާ ހުރީ އިމާދާއި ބައްދަލުވެވޭތީ ވަރަށް އުފަލުންނެވެ. އެކުވެރިޔާއަށްޓަކައި އައިލީންވެސް އޭނާގެ ހިތާމަތައް ހިންދާލުމަށްފަހު ހިނިތުންވަމުން ދިޔައެވެ.

” ވާއު ލީން. ހާދި ލޯތްބޭ. ” އައިލީންގެ ކޮޓަރީ ދޮރު ހުޅުވާފައި އެތެރެއަށްވަތް ކިޔާރާާ ފުޅާހިނިތުންވުމަކާއެކު އައިލީނަށް ތަޢުރީފު ކޮށްލިއެވެ. ” ކޮންމެހެން އަހަރެންގެ ވާހަކަ ދައްކާނެކަމެއްނެތް. ބަލާބަލަ ކިޔާއަށް. ދުވަހަކުވެސް ކިޔާ ތިހާ ރީތިވެފަ ހުއްޓަަ އަހަރެން ނުދެކެން. މިރޭ ވަރަށް ވަރަށް ލޯބި ކިޔާ. އަސްލުވެސް ވަރަށް ރީތި އެނގޭ. ހަމަަޔަޤީން މިރޭ ކިޔާ ފެނިފަ އިމާދު މޮޔަވާާނެކަން.” ގަޔަށް ސެންޓުޖަހާލަމުން އައިލީން ބުނެލިއެވެ. އައިލީންގެ ދުލުން ހުއްޓުމެއްނެތި އިވެމުންދިޔަ ތަޢުރީފުގެ ބަސްތަކުން ކިޔާރާ ލަދުގަތެވެ. “ދެން ލީން. ތިވަރަށް އަހަރެންނަށް ތަޢުރީފު ނުކުރިޔަސް ހެވޭ. ” އައިލީންގެ ކޮނޑުގައި ޖަހައިލަމުން ކިޔާރާ ބުނެލިއެވެ.

ކޮންމެ މީހަކުވެސް ދަނީ މަގުގެ އެއްފަރާތުން ހިނގަމުންދިޔަ އައިލީނާ ކިޔާރާ އަށް ބަލާލާފައެވެ. ދެކުދިންގެ ރީތިކަން މިރޭ އެތައްގުނައެއް އިތުރުވެފައި ވެއެވެ. ހަޤީގަތުގައި އައިލީން އެހާ ވަރަށް ނަލަހެދޭ ހިތެއްނުވެއެވެ. އެހެނަސް ހުއްޓުމެއްނެތި ކިޔާރާާ އާދޭސްކުރަން ފެށުމުން އައިލީނަށް ޖެހުނީ އެންމެފަހުން ހަތިޔާރު ބަހައްޓާށެވެ. ފަރިހިނގުމެއްގައި ދެކުދިން އައިސް ނައިޓް ގާޑަން ރެސްޓޯރެންޓައް ވަނެވެ. އޭރު ހަތަރު މީހުންގެ ޖާގައިގެ މޭޒެއްގައި އިމާދު އިނށީދެލައިގެން ކިޔާރާާމެންގެ އިންތިޒާރުގައި އިނެވެ.

ކިޔާރާމެން ވަތްތަންފެނި އިމާދު އެއްއަތްނަގާ ކުޑަކޮށް ހަނާއަޅާލިއެވެ. އެތަންފެނި އައިލީންގެ އަތުގައި ހިފައިގެންހުރެ ކިޔާރާާ މަޑުމަޑުން އެދިމާއަށް ހިނގައިގަތެވެ. ދެމީހުންގޮސް އިނށީނީ އިމާދުއާ ކުރިމަތިވާގޮތަށްހުރި ދެގޮނޑީގައެވެ. އިމާދުގެ ނަޒަރު ކިޔާރާގެ މޫނުން ވަކިނުވެއެވެ. މިރޭ ކިޔާާރާ ހީވަނީ ރީތީގެ ރާނީއެއްހެންނެވެ. މަޑުފިޔާތޮށި ކުލައެއްގެ ގަޔަށްދޫކޮށްހުރި ދިގު ހެދުމުގައި ކިޔާާރާާ ވަރަށް ރީއްޗެވެ. އިސްތަށިގަނޑު އެއްފަރާތަކަށް ގެނެސް ރީތި ފިޔާތޮށިމަލެއްވަނީ އިސްތަށިގަނޑުގައި ޖަހާލާާފައެވެ. ތުންފަތުގައި މަޑު ރަތްކުލައެއް ޖައްސާލުން ފިޔަވައި އިތުރު މޭކަޕެއް ކޮށްފައެއް ނުވެއެވެ. އެސްފިޔަޖަހާލަންވެސް އިމާާދު ހަނދާންނެތިވެފައިވާ ކަހަލައެވެ. ދެލޯބޮޑުކޮށްގެންހުރެ ކިޔާާރާާއަށް ބަލަމުންދިޔަ ގޮތުން ކިޔާރާާ ލަދުގަތެވެ. މިމަންޒަރުފެނި އައިލީން ގާތައް ހިނިއައެވެ. ކިޔާރާއަށް ބަލާލަމުން ހިނިތުންވެފައި ނިތްއަރުވައިލީ ކޮބާާ އަހަރެންބުނީ ތެދެއްނޫންހޭ ބުނާފަދަ ގޮތަކަށެވެ. މިތަންފެނި އިމާދަށްވެސް ހެވުނެވެ.

“ކިޔާ ވަރަށް ރީތި މިރޭ” ތަަޢުރީފްކޮށްނުލާ އިމާދަކަށް ނުހުރެވުނެވެ. ” ޝުކުރިއްޔާ. އިމޫވެސް ވަރަށް ސްމާރޓް މިރޭ.” ލަދުވެތި ގޮތަކަށް އިސްޖަހާލަމުން ކިޔާރާ ބުނެލިއެވެ. ” ތީ ލީންދޯ. ކިޔާ ވަރަށް ގިނައިން ދައްކާނެ ލީންގެ ވާހަކަ. ބުނާނެ ލީން ވަރުގެ އެކުވެރިއެއް މީހަކަށް ނުލިބޭނޭ. ވަރަށް އުފާވެއްޖެ ލީނާ ބައްދަލުވީމަ.” ހިނިތުންވެލަމުން އިމާދު އައިލީނަށް ބަލާލިއެވެ. އައިލީންވެސް ބަދަލުގައި ހިނިތުންވެލިއެވެ. ” ދެން ތިހެންނުތިބެ އެއްޗަކަށް އޯޑަރު ދެމާ. ކާން އައިސަ ޖެހޭނެ ނިކަން ރަނގަޅަށް ކާލަން. ކޯޗެއް ގެންނާނީ؟” އައިލީނާ ކިޔާރާއަށް ބަލާލަމުން އިމާާދު އެއްސެވެ. ” އޯކޭ ކޮންމެ އެއްޗަކަސް. އިމޫއަށްފެންނަ އެއްޗެއްގެނާާމަ ރަނގަޅުވާނެ.” ކިޔާރާ ބުނެލިއެވެ. އެގޮތާ އަައިލީންވެސް އެއްބަސް ވިއެވެ. ވެއިޓަރަށް ގޮވާލުމަށްފަހު އިމާާދު ގެންނަންވީ ކާތަކެއްޗަށް އޯޑަރު ދިނެވެ.

ލީޝާގެ އާދޭސްތަކާހެދި ކެތްނުވެގެން ކިޔާން ލީޝާ ގޮވައިގެން ތަނަކަށް ކާާން ދިއުމަށް ނިންމިއެވެ. އެއްގޮތަކަށްވެސް ދާހިތަކުންނޫނެވެ. އެތައްބަހަނާާއެއް ދެއްކުމުންވެސް ލީޝާ ގަބޫލުކުރާާގޮތެއް ނުވިއެވެ. ކުޑަގޮތަކަށް ތައްޔާރުވެލުމަށްފަހު ކިޔާން ގެއިން ނުކުމެ ސައިކަލަށް އަރާ ދުއްވާލިއެވެ. ލީޝާ މެންގެއާާ އަރާ ހަމަވިއިރު ދޮރާށި ދޮށުގައި ކިޔާންގެ އިންތިޒާރުގައި ލީޝާ އިނެވެ. ލައިފައި ހުރި ގަޔަށް ބާރު ކުރު ހެދުމުގެ ސަބަބުން ކިޔާން ލަދުން ބޯހަލާކުނުވީ ކިރިޔާއެވެ. މޭކަޕްކޮށްލާފައި ހުރީ ވަކިވަރަކަށް ނޫނެވެ. ހީވަނީ ބޮޑު ޖޯކަރެއްހެންނެވެ. އިސްދަށަށް ޖަހައިލައިގެން ކިޔާންހުރީ ލީޝާ އަށް ބަލަން ބޭނުންނުވެފައެވެ. ތުއިގޮތަކަށް ހިނގާލައިފައި އައިސް ލީޝާ ކިޔާންގެ ސައިކަލު ފަހަތައް އަރާާ އިނށީނެވެ. އެއާއެކު ކިޔާން ސައިކަލް ދުއްވާލިއެވެ. ކިޔާން ގައިގައި ލީޝާ ތަތްވެގެން އިންގޮތުން ކިޔާން އިނީ އުނދަގޫވެފައެވެ. ހީވަނީ އައްޓަމަހެއް ހެންނެވެ. އެންމެ ހިނދުކޮޅަކަށްވެސް ކިޔާންގެގައިން ލީޝާ ދޫކޮށެއްނުލައެވެ.

ސައިކަލް ނައިޓް ގާޑަން ރެސްޓޯރެންޓް ކައިރިއަށް މަޑުކޮށްލުމަށްފަހު ކިޔާން ފޭބިއެވެ. ކިޔާންގެ ފަހަތުން ލީޝާވެސް ފޮނިގޮތަކަށް ފޭބިއެވެ. އަދި އައިސް ކިޔާންގެ ކަނައަތުގެ މުލައްދަނޑީގައި ހިފާލިއެވެ. ލީޝާ އުޅޭގޮތުން ކިޔާާންއިނީ ލަދުންގޮސް އަވަދިވާވަރު ވެފައެވެ. އެކިމީހުންގެ ނަޒަރުތައް އެދެމީހުންނަށް ހުއްޓެމުން ދާތަންފެނި ކިޔާނަށް ތުންފަތުގައި ދަތްއަޅާލެވުނެވެ.

ރެސްޓޯރެންގެ އެތެރެއަށްވަދެ ކިޔާން ފަރާތްފަރާތް ހޯދާލީ އިނށީނާނެ ރަންގަޅު ތަނެއް ފެނޭތޯއެވެ. އެއްފަރާތު ކަނެއްގައި ހުރި މޭޒެއް ކިޔާންގެ ލޮލުގައި އަޅައިގަތުމުން އަވަސް އަވަހަށް އެދިމާއަށް ހިނގައިގަތެވެ. މީހުން ގިނަކަމުން ހިނގުމަށް ތަންކޮޅެއް ދަތިވިއެވެ. މީހުންތަކުގެ ތެރެއިން ހިނގަމުންދިޔަ ކިޔާން ކުއްލިއަކަށް ސިހުނީ މޭޒެއްގެ ދޮށަށް ގުދުވެއޮތް އަންހެންކުއްޖެއްގެ ގައިގައި އަޅައިގަތުމުންނެވެ. އަވަސް އަވަހަށް ސޮރީއޭބުނެ އެކުއްޖެއްގެ މޫނަށް ބަލާލި ވަގުތު ކިޔާނަށް ހުއްޓުންއެރިއެވެ. އެސްފިޔަ ޖަހައިނުލާާ ކިޔާނަށް އެރީތި އަންހެންކުއްޖާގެ މޫނަށް ބެލެމުންދިޔައީ ބޭއިޚްތިޔާރުގައެވެ.

Share Article

Follow Me Written By

Nau

Level 810 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ތިޔަ ދިން އުފާ 13

Next

އަސްލު އަތުގާ ބީހިލާ…………

Next
September 14, 2017

އަސްލު އަތުގާ ބީހިލާ…………

Previews
September 13, 2017

ތިޔަ ދިން އުފާ 13

12 Comments!

  1. shal says:
    September 14, 2017 at 8:27 am

    wow …Varah Reethi. Konirakun next part genesdheyni…

    1. Naufa says:
      September 14, 2017 at 8:51 am

      Thank you shal.. In sha allah soon☺

  2. mamee says:
    September 14, 2017 at 9:26 am

    V salhi v salhi v salhi…

    1. Naufa says:
      September 14, 2017 at 9:39 am

      Thankx.. ❤

  3. Anonymous says:
    September 14, 2017 at 3:14 pm

    Vvv reethi

    1. Naufa says:
      September 14, 2017 at 3:20 pm

      Thank u.. ☺

  4. ??? says:
    September 14, 2017 at 3:51 pm

    Wow ❤ haada kiyaa hiytun indhaa nin maaly bt hope very very ?? ? ? nxt part up kursnekamah

    1. Naufa says:
      September 14, 2017 at 3:59 pm

      Thank u soooo much.. In sha allah maadhan morning ga up koh dheynan..☺

  5. Naufa says:
    September 14, 2017 at 4:33 pm

    Thank u sooooooo much mi story ah comment kuraa hurihaa kudhinnah. Aslu v happy vey.. N u guys ge comments in v v v bodah inspire vey.. Once again thank u all.. ☺❤

  6. Faxu says:
    September 14, 2017 at 11:32 pm

    Wow wow v v v reethi kiyaa hithun keah madhu vefa huahtaa e nimunee v bodah thanks nau ❤❤❤

    1. Naufa says:
      September 14, 2017 at 11:45 pm

      Ur mst wlcm faxu.. N thanks v bodah.. In sha allah maadhan next part up koh dheynan❤❤

  7. Faxu says:
    September 15, 2017 at 2:54 pm

    Ok nau ???

Comments are closed.


All Right Reserved!