Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދުގެ އަބަދަށް ( އަށްވަނަ ބައި )

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
September 15, 2017 5 Mins Read
22 Comments

ރެސްޓޯރެންޓްްގެ އެތެރެއަށްވަދެ ކިޔާން ފަރާތްފަރާތް ހޯދާލީ އިނށީނާނެ ރަންގަޅު ތަނެއް ފެނޭތޯއެވެ. އެއްފަރާތު ކަނެއްގައި ހުރި މޭޒެއް ކިޔާންގެ ލޮލުގައި އަޅައިގަތުމުން އަވަސް އަވަހަށް އެދިމާއަށް ހިނގައިގަތެވެ. މީހުން ގިނަކަމުން ހިނގުމަށް ތަންކޮޅެއް ދަތިވިއެވެ. މީހުންތަކުގެ ތެރެއިން ހިނގަމުންދިޔަ ކިޔާން ކުއްލިއަކަށް ސިހުނީ މޭޒެއްގެ ދޮށަށް ގުދުވެއޮތް އަންހެންކުއްޖެއްގެ ގައިގައި އަޅައިގަތުމުންނެވެ. އަވަސް އަވަހަށް ސޮރީއޭބުނެ އެކުއްޖެއްގެ މޫނަށް ބަލާލި ވަގުތު ކިޔާނަށް ހުއްޓުންއެރިއެވެ. އެސްފިޔަ ޖަހައިނުލާާ ކިޔާނަށް އެރީތި އަންހެންކުއްޖާގެ މޫނަށް ބެލެމުންދިޔައީ ބޭއިޚްތިޔާރުގައެވެ.

ކިޔާންގެ މޫނަށް ބަލަމުންދިޔަ އައިލީން އިނީ ގަނޑުވެފައެވެ. އެތައް ދުވަހަކަށްފަހު ކިޔާން ފެނުމުން ބުނާނެ އެއްޗެއް ނޭނގިފައެވެ. ކިޔާންގެ ގައިގައި ލޯބިން ބައްދާލަން އައިލީންގެ ހިތް އެދުނެވެ. އެދޮން ކޯތާފަތުގައި މަޑުމަޑުން ފިރުމާލަން ބޭނުންވިއެވެ. ނަމަވެސް އެއިން ކަމެއް ކުރަން ނުކެރިފައި އައިލީން މަޑުމަޑުން އިނީ އޭނާއަށް އެހައްގު ނެތްކަން އެނގޭތީއެވެ. ކިޔާންގެ އަތުގައި ހިފަހައްޓާލައިގެން އިން ލީޝާ ފެނުމުން އައިލީންގެ ހިތުގައި ޖެހުނެވެ. ހަގީގަތުގައިވެސް ކިޔާން އޭނާގެ މަޤާމް މިގޮތެއްނެތް އަންހެންކުއްޖާއަށް ދިނީ ހެއްޔެވެ؟ އައިލީނަށް އިސްދަށަށް ޖަހައިލެވުނީ އެމަންޒަރުބަލަން އޭނާގެ ހިތަށް ކެތްނުވީމައެވެ.

ކިޔާނަށްވެސްވީ އައިލީނަށްވީފަދަ ގޮތެކެވެ. އައިލީން ލޯބިންގެނެސް އެއަތުގެ ތެރެއަށްލުމަށްއެދި ކިޔާންގެ ހިތް ތެޅިފޮޅިގަތެވެ. އެހާދުވަހަށްފަހު އައިލީން ފެނުނުއިރު، އައިލީންގެ ރީތިކަން އެތައްގުނައަކަށް އިތުރުވެފައިވާ ކަމަށް ކިޔާނަށް ހީވިއެވެ. ގަދަ ރަތްކުލާގެ ކުދިކުދި މާތަކެއް ޖަހާފައި ހުރި ދިގު ހެދުމުގައި އައިލީން ހީވަނީ މާތަކުގެ ރާނީ އެއްހެންނެވެ. އަބަދުވެސް ގަތާާލައިފައި އޮންނަ އައިލީންގެ ކަޅުކަންގަދަ ފަން އިސްތަށިގަނޑު މިރޭވަނީ މިނިވަންކަމާއެކު ދޫކޮށްލާާފައެވެ. މަޑުވައިރޯޅިތައް އެރީތި އިސްތަށިގަނޑާ ކުދިކުދި ސަމާސަކުރަމުންދިޔަ މަންޒަރުފެނިފައި ކިޔާންގެ ހިތް މޮޔަނުވީ ކިރިޔާއެވެ. ދުވަހަކު މޭކަޕެއްްކޮށްފައިނުވާ އައިލީން، މިރޭވަނީ ތުންފަތުގައި މަޑު ފިޔާތޮށިކުލައެއް ޖައްސާލާފައެވެ. އެކަޅުކަންގަދަ ލޯ، އައިލައިނާާރ އިން ފަވައިލައި އިތުރަށް ކަޅުކޮށްލާފައިވެއެވެ. ކިތަންމެ ގިނައިރު އައިލީނާ ދިމާާއަށް ބެލިއަސް، ބަލައި ފޫހިނުވާނޭފަދަ ހިތްގައިމު ކަމެއް އެރީތި ހަށިގަނޑުގައި އެކުލެވިގެންވެއެވެ.

ކިޔާާނާއި އައިލީން އެކަކު އަނެކަކަށް ބަލަންތިބި މަންޒަރުފެނިފައި ލީޝާގެ ހިތުގައި ހަސަދައިގެ ހުޅުކޮޅެއް ރޯވެގެންދިޔައެވެ. ވަގުތުން އައިލީންގެ މޫނުމަތި ނޮޅާލަން ބޭނުންވިއެވެ. ދުވަހަކު ފިރިހެނަކު ނުބަލާވަރު ކޮށްލަން ބޭނުންވިއެވެ. އެހެނަސް ކިޔާން ހުރުމުން އެއްޗެއްބުނަން ނުކެރިފައި ލީޝާ އިނީއެވެ. އިތުރަށް ކިޔާންގެ ގަޔާލައި ފިތިލީ އައިލީން ދެރަކޮށްލުމުގެ ނިޔަތުގައެވެ. ކަންތައްވީވެސް ލީޝާ ބޭނުންވި ގޮތަށެވެ. އެމަންޒަރުފެނި އައިލީންގެ ހިތްދިޔައީ ފޮތިގޮތިވަމުންނެވެ.

” އޭ ޔާން.! ހާދަ ދުވަހެއްފަހުންނޭދޯ މިދިމާވީ. ކިހިނެއްތަ؟ ” ކިޔާން ފެނުމާއެކު އިމާދު މޭޒު ދޮށުންތެދުވަމުން ސަލާމަށް އަތްދިއްކޮށްލިއެވެ. ” އިމައްޓެދޯ. ނޭނގޭނު އެހާދުވަސްފަހުން ފެނުނީމަ. އަހަރެން ހަމަ ބަރާބަރު. އިމައްޓެ ކިހިނެއް؟ މިހާރު އެއްކޮށް ކިޔަވާާ ނިމުނީތަ؟” އިމާދުގެ އަތުގައި ހިފައިލަމުން ޖަވާބުގައި ކިޔާން ބުނެލިއެވެ. ” އަހަރެންވެސް ހަމަ ބަރާބަރޭ. ކިޔެވުންދޯ. އެވެސް ﷲ އިރާދަކުރެއްވިއްޔާ އަންނަ އަހަރު ނިމޭނެ. މިއުޅެނީ ކުޑަ ޗުއްޓީއަކަށް މިކޮޅަށް އައިސް. މީ ކޮންކުއްޖެއް؟” ކިޔާން ގާތުހުރި ލީޝާ އަށް އިޝާރަތްކޮށް އިމާދު އަހާލިއެވެ. ” މީ އަހަރެންގެ ވާން އުޅޭ އަނބިމީީހާާ.” ލީޝާގެ އުނަގަނޑުގައި ހިފައި ކިޔާނާާ ގާތްކޮށްލަމުން ކިޔާން އެހެންބުނެލީ އައިލީން ދެރަކޮށްލުމުގެ ނިޔަތުގައެވެ. ކިޔާާންގެ ޖަވާބާއެކު ދެލޯބޮޑުކޮށްލަމުން އައިލީން ކިޔާނަށް ބަލާލިއެވެ. އޭރު ކިޔާންވެސް ސީދާ އައިލީނާ ދިމާއަށް ބަލަންހުރިތަންފެނި އަނެއްކާާވެސް އައިލީން އިސްޖަހާލިއެވެ. ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހިންދުމަށް އަައިލީން މަސައްކަތްކުރަމުން ދިޔައެވެ.

” އޯ. އަސްލުވެސްތަ؟ ފަހަރި ދޯ. ޔާންއާާ ވަރަށް ގުޅޭ.” ލާާނެތް ރާާގަކަށް އިމާދު ބުނެލިއެވެ. އިމާާދުގެ ވާހަކައަށް ކިޔާން ކުޑަކޮށް ހީލުންފިޔަވާ އިތުރު އެއްޗެއް ނުބުނެއެވެ. ” އަންނަންވީނު މިމޭޒުގަ ތިބޭން. ގްރޫޕް ބޮޑުވީމަ ނުލާހިކު މަޖާާވާނު. ” ކިޔާން އެއްޗެއް ނުބުނުމުން އަނެއްކާވެސް އިމާދު ބުނެލިއެވެ. “ނޫނޭ. އެހެންފަހަރަކުން ދޯ. އެހެންނޫނަސް އަހަރެންނުވޭ މަކަރުވެރި ބޭވަފާތެރިންނާ އެއްސުފުރާމަތިން ކާހިތެއް” ސީދާ އައިލީންގެ މޫނަށް ބަލަންހުރެ ކިޔާާން ބުނި ޖުމްލައިން ކުއްލިއަކަށް އައިލީނަށްވެސް ކިޔާާންގެ މޫނަށް ބަލާލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެގެންދިޔަ ވަގުތު ދެހިތަށްވެސް ބުނެދޭން ނޭނގޭ އެތައް އިހުސާސެއް ކުރެވިގެން ދިޔައެވެ. އައިލީނަށް ކިޔާާންގެ މޫނަށް ބަލަން އިނދެވުނީ ކިޔާން އެންމެންގެތެރޭ އެފަދައެއްޗެއް ބުނެފާާނެކަމަށް ޤަބޫލުނުކުރެވިފައެވެ. އައިލީންގެ މޫނުމައްޗަށް އަރަމުންދިޔަ ކުލަވަރު ފެނުމުން ކިޔާން މަލާމާތުގެ ފާާޑަކަށް ހީލިއެވެ.

” އޭ. އެއްޗެކޭ ކިޔާނަމޭ ހިތާ ދޯ ތިއުޅެނީ. ދެންތިބުނީ އަހަރެންނަކީ މަކަރުވެރިއެކޭތަ؟ ” ހިނިގަނޑެއް ޖަހާލަމުން އިމާދު ބުނެލިއެވެ. ” ނޫނޭ. އެހެންނެއްނޫން. އިމައްޓެތީ ހަމަ ބެސްޓް. އެކަމު އިމައްޓެ ނޫނަސް މިތާގަ އެކަހަލަ މީހަކު ހުރެދާނުދޯ” އައިލީނަށް ވައްކަޅިން ބަލާލަމުން ކިޔާން ބުނެލިއެވެ. ކިޔާރާ އިނީ ކިޔާން ފެނުނީއްސުރެ ފުސްމޫނު ހަދާގެންނެވެ. އަދި ނުސީދާކޮށް އައިލީނާ ދިމާއަށް ކިޔަމުން ގެންދިޔަ އެއްޗެހިން ހިތްހަމަނުޖެހިފައެވެ.

” ތިބުނީ ވަރަށް ރަނގަޅު ވާހަކައެއް. މިތާގަ ހަމައަސްލަށްވެސް ވަރަށް ބޮޑު ބޭވަފާތެރިއަކު އެބައިން” ކިޔާންގެ ވާހަކައާ ގުޅުވައިގެން ކިޔާރާާ އަޑަށް ބާރުލައިފައި ބުނެލިއެވެ. ކިޔާރާާ ބުނި ޖުމްލައިން ކިޔާން ފާޑަކަށް ކިޔާރާާއާާ ދިމާއަށް ބަލާލިއެވެ. ” ކިޔާާ ދަންނަންތަ ކިޔާން؟” ވާނުވާާ ނޭނގިފައި ހުރި އިމާދު އަހާލިއެވެ. ” ހޫމް. ވަރަށް ރަނގަޅަށް ދަންނަން.” ޖެއްސުމުގެ ފާޑަކަށް ކިޔާނަށް ބަލާލަމުން ކިޔާރާާ ބުނެލިއެވެ. ” އޯ އެހެންދޯ. ” ހިނިތުންވެލަމުން އިމާދު ބުނެލިއެވެ. ” އަހަރެމެންނަކީ ވަރަށް ގާތް ދެއެކުވެރިން. ކުރިން އެއްތަނެއްގަ ކިޔަވަން އުޅުނީމަ އެހައި ގާތްވީވެސް. ދޯ ޔާން. އެކަމު ދުވަސްކޮޅެއްފަހުން ޔާން ޖެހުނީ ރަށަށް ބަދަލުވަން. އެހެންވެ ދިމާ ނުވާތާ ވަރަށް ދުވަސްފަހުން މިފެނުނީ. ” އިމާދު ކުރީގެ ހަނދާތަކެއް އާާކޮށްލިއެވެ. އިމާދުގެ ވާާހަކައިން ކިޔާންގެ ތުންފަތްމަތީގައިވެސް ފަނޑު ހިނިތުންވުމެއް ދުވެލިއެވެ. އަދި ބޯ ޖަހައިލީ އިމާދުގެ ވާހަކަތަކަށް އެއްބަސްވުމުގެ ގޮތުންނެވެ.

” ޔާން ދޫނީ. ދެންމިތާ ކޮޅަށް ތިބެނީތަ؟ އަހަރެން ފަޔަށް ވާޅުވޭ އެބަ. ހިނގާބަ ތަނަކު އިނށީނަންދާން.” ލީޝާ ކިޔާންގެ އަތުގައި އެލިގަންނަމުން ބުނެލިއެވެ. މިމަންޒަރުފެނި ކިޔާރާ ތުން އަނބުރާލީ ފޫހިވީފަރުންނެވެ. އޭރުވެސް އައިލީން އިސްޖަހާލިގޮތަށް ބަހެއްވެސް ނުބުނެ އިނެވެ. ” އޯކޭ މަގޭ ލޯބީ. އަވަހަށް ހިނގާ.” ލީޝާގެ ކޮލުގައި ހިފާލަމުން ކިޔާން އެހެން ބުނެލީ އައިލީނަށް އަޑުއިއްވާލުމަށެވެ. ” އޭ އިމައްޓެ. އަހަރެން ދިޔައިއްޔޭ. ފަހުން ދިމާވާނު”. އިމާދުއާާ ދިމާއަށް ބަލާލަމުން ކިޔާން އެހެންބުނުމުން އިމާދު ބޯޖަހައިލިއެވެ. ލީޝާގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރެ ކިޔާން މޭޒަކާ ދިމާއަށް ހިނގައިގަތެވެ.

ކިޔާންގެ ބަސްތަކާއި އަމަލުތަކުގެ ސަބަބުން ހިތުގައި ޖެހިފައިހުރި އައިލީން ބޭނުންވީ ، ވީއެންމެ އަވަހަކަށް އެތަނުން ދާށެވެ. އެހެނަސް ހިތްވަރުކޮށްލައިގެން އިނީ ކިޔާރާގެ އުފަލަށްޓަކައެވެ. ކިޔާރާ އިމާދުއާއި ބައްދަލުވިރޭ އޭނާާގެ ސަބަބުން ޚަރާބުވާާން ބޭނުންނުވާތީއެވެ. ކެއުމަށް ގެނައި ތަކެތިވެސް އައިލީނަށް ހުސްނުކުރެވުނެވެ. ކާހިތްވެސް ނެތީއެވެ. ކެތްތެރިކަމެއްނެތި އަައިލީން އިންތިޒާރު ކުރަމުން ދިޔައީ އެތަނުން ނުކުމެވޭނޭ އިރަކަށެވެ.

ގެއަށް އައިސްވަން އައިލީނަށް ކަރުނަތައް ހިފަހައްޓައިލެވުނީ ހަމަ ކިރިޔާއެވެ. ދުވަމުންގޮސް ކޮޓރިއަށްވަދެ އެނދުމައްޗަށް ބަންކިޔާފައި ޖެހިގަންނަމުން ރޯންފެށީ އެހިތަށްކޮށްފައިވާ ފުންއަސަރެއްގެ ސަބަބުންނެވެ. ކިޔާން އޭނާއާ ދޭތެރޭ ކަންތައް ކުރަމުންދާގޮތް ހިތަށް އެރިޔަސް އައިލީން ފެންކަޅިވެއެވެ. ކިޔާން ހީވަނީ އައިލީންގެ ކެތްޔެރިކަން އިމްތިހާނުކުރަން އުޅޭހެންނެވެ.

ރެސްޓޯރެންޓްގައިވެސް ކިޔާން ލީޝާއާ އެހައިގާތްކޮށް އުޅުނީ ސީދާ އައިލީނަށް ދައްކަންކަން އޭނާއަށް އެނގެއެވެ. ކިޔާންގެ އަތުން ލީޝާއަށް ކާންދީ ހެދީވެސް އައިލީންގެ ހިތުގައި ހުރި ޒަޚަމްތައް އިތުރަށް ފުންކޮށްލުމަށް ކަންނޭނގެއެވެ. އެންމެންތެރޭގައި ވަށްބަހުން އޭނާއަށް މަލާމަތްކުރިއިރު ކިޔާންގެ ހިތަށް ހަމަ އެއްވެސް އެއްޗެއް ނޭރިއެވެ. ކިޔާން އައިލީނަށް ނަފްރަތުކުރާވަރު މިރޭ އެކަނިވެސް އައިލީނަށް އެނގިގެން ހިނގައްޖެއެވެ. އެކަމު އައިލީންގެ ކުށަކީ ކޮބައިހެއްޔެވެ؟

އެރޭ ހަތަރުދަމު އައިލީނަށް ލޮލުފިޔައެއް ޖަހައިނުލެވުނެވެ. ކަންކަމާ ހަމަ ވިސްނެނީ އެވެ. ކިޔާން މަތިން މާބޮޑަށް ހަނދާންވަނީއެވެ. އެންމެފަހުން ނުނިދުމުން އައިލީން އެނދުން ތެދުވިއެވެ. އަދި މަޑު ހިނަގުމެއްގައިގޮސް ކުޑަދޮރު ކައިރީ ހުއްޓިލައި ދޮރުފޮތިތައް ކަހަލިއެވެ. ކުޑަދޮރު ހުޅުވައި ލުމަށްފަހު ހާމަޔަށްވާ ސާފު އުޑާ ދިމާއަށް ނަޒަރު ހުއްޓައިލިއެވެ. އެންމެ ވިލާރޮއްޖެއްވެސްނުވާ އުޑުމަތިވަނީ ހަނދުވަރުގެ ރިހި އަލިން ދިއްލާލައިފައެވެ. ފިޔަ ޖަހަމުންދިޔަ ކުދިކުދި ތަރިތައް ހީވަނީ އެއްވެސް ތަރުތީބެއްނެތި އުޑުމައްޗަށް އުކައިލެވިފައިވާ ޖަވާހިރުތަޖެއް ހެންނެވެ. ހިތްގައިމު ވަރަކަށް ވައިރޯޅިވެސް ޖެހެމުންދިޔައެވެ. އައިލީންގެ ހިތަށް ބަޔާާންނުކުރެވޭފަދަ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. މަޑުން މަޑުން ދެލޯމަރައިލީ ހިނިތުންވެލަމުންނެވެ. ހިތާއި ހިތުން އޭނާއަށް މިނޫންދުވަހެއް ދައްކަވާތޯ އޭނާގެ ވެރި ރަސްކަލާނގެއަށް ދުޢާ ކުރާ ހާލުގައެވެ. އެގޮތުގައި އައިލީނަށް ހުރެވުނީ ކިހާއިރެއް ވަންދެންކަމެއްވެސް ނޭނގެއެވެ.

އައިލީނަށް ހޭވެރިކަމެއްވީ ފަތިސްނަމާދުގެ މޫރިތި ކަލިމަތަކުން މުޅި މާހައުލު ގުގުމައިގެން ދިޔުމުންނެވެ. ގަޑިންވީ އިރަކާމެދު ވިސްނައިލެވުނީވެސް ދެނެވެ. އަވަސް އަވަހަށް ގޮސް ކުޑަކޮށް މޫނުދޮވެލައި ހަދައިގެން ވުޟޫ ކުރަން އައިލީން ފެށިއެވެ. ފަތިސްނަމާދުން އަވަދިވެގެން ކީރިތި ޤުރުއާާން ކިޔެވުމުގައި އައިލީން ވަގުތު ހޭދަކުރިއެވެ. މީހުން ބުނަނީ ތެދެކެވެ. ކީރިތި ޤުރުއާނަކީ ހުރިހާ ކަމަކަށްވެސް އޮތް އެންމެ ރަނގަޅު ޝިފާއެވެ. އައިލީންގެ މުޅި ރޫޙަށްވެސް ޤުރުއާނުގެ ސަބަބުން އާ ދިރުމެއްލިބިފައިވާ ކަހަލައެވެ.

ކިޔާންގެ ހިތްވަނީ ނުތަނަވަސް ވެފައެވެ. ރެސްޓޯރެންޓްގައި ކަންތައްކުރެވުނު ގޮތުންކަމުގައިވެސް ވެދާނެއެވެ. އައިލީން ފެންނަ ކޮންމެ ފަހަރަކު އޭނާއަށް ވާާގޮތެއް ޚުދު ކިޔާނަށްވެސް ނޭނގެއެވެ. އަންނަ ރުޅިމަތީގައި އެވަގުތަކު ހިތަށް އައިހާާ އެއްޗެއް ކިޔާލެެވެނީއެވެ. ހަޤީގަތުގައި ފަހުން ކިޔާން އެކަންކަމާ ދެރަވެ ހިތާމަވެސް ކުރެއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ހިތް ބަދުލުވަނީ އައިލީން އޭނާއަށް ޖެއްސި ދެރަނިކަމެތި ހާލު ހަނދާންވުމުންނެވެ. އެފަދަމީހަކަށް ހިތާމަ ހައްޤޭ ހިތަށް އަރާފައެވެ. ކިޔާންމެ މުޅި ދިރިއުޅުން ހަލާކޮށްލި މީހަކީ އައިލީނެވެ. އެގޮތަށް ކަންތައްކޮށްފައި އައިލީން ހަމައެއްވެސް ވަރަކަށް ދެރަނުވަނީބާވައޭވެސް ކިޔާންގެ ހިތަށް އަރާފަހަރު މަދެއްނޫނެވެ. ކިޔާނަށް އުމުރަށް ރޯންޖައްސާފައި އައިލީން އޭނާގެ ދުނިޔޭގައި އުފާކުރަނީއެވެ. ކޮންފަދަ ނުބައި ނުލަފާ ކުއްޖެއް ހެއްޔެވެ؟ އެހެންމީހުންގެ އިހުސާސްތަކަށް ކުޑަކޮށްވެސް އިހުތިރާމްކުރާ ކުއްޖެއްނޫނެވެ. އައިލީން މިހާލު ޖެއްސީ ކިތަށް ފިރިހެނުންނަށް ކަމެއްވެސް ނޭނގެއެވެ.

ދުވަސްތައް ފާއިތުވަމުންދާ ގޮތްވެސް ނޭނގެއެވެެ. ފާާއިތުވާ ކޮންމެ ދުވަހަކާއެއްކޮށް އައިލީންގެ ބަލިހާލަތުވެސް ދިޔައީ ބޮޑުވަމުންނެވެ. އައިލީން މުޅިން ހިކިއަނަރޫފަ ވެއްޖެއެވެ. ރޭގަނޑުވެއްޖެނަމަ ދާހިއްލާާވަރުން ނިދަން އުނދަގޫވާ ހިސާބަށް ދެއެވެ. ކިތަންމެ ފިނި ރެޔަކަސް ހެވެވެ. އައިލީން ދާހިއްލަނީ ވަކިވަރަކަށް ނޫނެވެ. ބައެއްރޭރޭ ދާހިއްލާންހެދުމުން ފެންވަރާލައިގެން އައިސްވެސް އައިލީން ނިދޭތޯ މަސައްކަތްކުރެއެވެ. އެހެނަސް އެކަންވެސް ވަނީ ބޭކާރެވެ.

މިރޭވެސް އައިލީން އުޅުނީ ދާހިއްލާވަރުން ނުނިދިގެންނެވެ. ފެންވަރާލުމުންވެސް އެކަމަކަށް ލުޔެއް ނުލިބުނެވެ. އެހެންވެ އައިލީން ގަސްތުކުރީ ކާރު ދުއްވާލުމަށް ރަށުތެރެއަށް ނުކުތުމަށެވެ. ނުނިދާ އެހެން އޮތުމަށްވުރެ އެގޮތްވެސް މާ ރަނގަޅުވާނޭ ހިތަށްއެރުމުންނެވެ.

ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު އައިލީން ބޭރަށް ނުކުތެވެ. ވަރަށް މަޑުމަޑުންގޮސް ގޭގެ ދޮރާށި ހުޅުވައިލާ ބޭރަށް ނުކުމެ ގަރާޖުން އޭނާގެ ކާރު ނެރުނެވެ. ކާރަށް އެރުމަށްފަހު އޭސީގެ ފިނި އެންމެ ގަދަކޮށްލީ އޭރުވެސް އައިލީން ދާހިއްލަމުން ދާާވަރުންނެވެ. ކުޑަ ޓިޝޫކޮޅަކުން މޫނު ފުހެލުމަށްފަހު އައިލީން ކާރު ސްޓާރޓް ކޮށްލިއެވެ. މަޑު ދުވެއްޔެއްގައި އައިލީން ރަށުގެ އެކިމަގުތަކުގައި ކާރު ދުއްވަމުން ދިޔައެވެ.

ކުއްލިއަކަށް ގޯޅި އަޅާލިވަގުތު ވަރަށް ބާާރަށް ދުވަމުން އައި އަންހެންކުއްޖަކު އޭނާގެ ކާރުގައި ޖެހުނެވެ. އެކުއްޖާ ދުވަމުން އައީ ފަހަތަށް ބަލަމުންކަމުން އައިލީންގެ ކާާރު ނުފެނުނީއެވެ. އައިލީން ކާާރު ދުއްވަމުން ދިޔައީ ފުދޭވަރަކަށް މަޑުން ކަމުން ނަސީބަކުން އެކުއްޖާއަށް އެއްވެސް ހާނިއްކައެއް ނުވެއެވެ. އެކުއްޖާ އިސްއުފުލާލައި އައިލީނާ ދިމާއަށް ބަލާާލިވަގުތު އައިލީނަށް ހީވީ ބޮލަށް އެނބުރުން އެރިހެންނެވެ. ދެލޯ ބޮޑުކޮށްލަމުން އައިލީންވެސް އެއަންހެންކުއްޖާއަށް ބަލަމުން ދިޔައެވެ. އެކުއްޖާ ލައިގެން ހުރި ހެދުމުގެ އެއްބައިވަނީ ވީދިފައެވެ. އަތުގެ އެއްބައި ނެތެވެ. އެކުއްޖާާ ދެއަތް ހުރަސްކޮށްލައިގެން އިނދެ ހަށިގަނޑުން ހާމަވަމުންދިޔަ ތަންތަން ފޮރުވޭތޯ މަސައްކުރަމުން ދިޔައެވެ. އެގޮތަށް ހުއްޓައި އައިލީނަށް ފެނުމުން އެކުއްޖާ ލަދުން އިސްޖަހާލިއެވެ. ފަހަތަށް ބަލާލުމަށްފަހު އައިލީނާ ދިމާއަށް ބަލާލީ ކަރުނަވީ ދެލޮލުންނެވެ. އަހަރެންނަށް އެހީވާށޭ ބުނާފަދަ ގޮތަކަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

އަގެއްނެތްލޯބި 19 ވަނަބައި

Next

ތި ލޯތްބަށްޓަކައި (8)

Next
September 15, 2017

ތި ލޯތްބަށްޓަކައި (8)

Previews
September 15, 2017

އަގެއްނެތްލޯބި 19 ވަނަބައި

22 Comments!

  1. maroon says:
    September 15, 2017 at 3:18 pm

    V v furihama naufa ? when is next part. Wish u all the best ❤

    1. Naufa says:
      September 15, 2017 at 3:20 pm

      Thank u sooo much maroon.. In sha allah soon.. ❤

  2. Anonymous says:
    September 15, 2017 at 3:31 pm

    Vvv salhi..

    1. Naufa says:
      September 15, 2017 at 3:34 pm

      Thank u☺

  3. ??? says:
    September 15, 2017 at 3:55 pm

    Vvvv reathi ❤❤pls avahah up kolachey can’t wait

    1. Naufa says:
      September 15, 2017 at 4:25 pm

      Thank u.. Yes in sha allah i will up as soon as possible..☺❤

  4. Hawwa says:
    September 15, 2017 at 5:01 pm

    Alah mi comment kohly ekam mivaahaka fashaigen kiyan ingey v v nice ❤?

    1. Naufa says:
      September 15, 2017 at 5:20 pm

      Thank u soo much hawwa.. ❤☺

  5. click a shot ? says:
    September 15, 2017 at 5:47 pm

    Varah salhi mi part ves..when next part ?
    Waiting…❤️?

    1. Naufa says:
      September 15, 2017 at 8:19 pm

      Thankx.. In sha allah soon☺

  6. khajja says:
    September 15, 2017 at 6:02 pm

    Wow masha allah ?? v v rythi mi stry ves adhi kiriyaa mi stry mikiyaalevuny n mi ee mi stry ah kuraa first comment v v awsome hama ? kiaa ge car ga ejehuny leesha dhw v v hyvey ehen n aee leeshaa ah vejjeyyaa avahah help ve eyrun eynayah eh chevvisneyne ennu dhw whn nxt prt plx avaskolladhybala can’t wait plx keep it up dear ???❤❤???????????

    1. Naufa says:
      September 15, 2017 at 6:19 pm

      Thank u soooo much khajja.. For the loving comment. ❤❤.. Hehe.. Lets see dhw who it is.. In sha allah maadhan up kureveythw balaanan.. Once again thank u sooooo much❤?

  7. Lam says:
    September 15, 2017 at 6:54 pm

    Naufa dhw…heevehjje alsu ingey….vv reethi masha Allah….avahah up kohlahchay ingey

    1. Naufa says:
      September 15, 2017 at 6:56 pm

      Thanks.. Ya in sha allah i will..☺ Bt do i knw u?

  8. ipher says:
    September 15, 2017 at 7:17 pm

    Wow..v nice story..and v v furihama.

    1. Naufa says:
      September 15, 2017 at 7:23 pm

      Thankx ipher☺

  9. Lam says:
    September 15, 2017 at 9:18 pm

    Yap…ur brother classmate…ingihjje dhw…lamha

    1. Naufa says:
      September 15, 2017 at 10:46 pm

      Oh yes.. Ingihje.. ☺

  10. Lam says:
    September 16, 2017 at 6:57 am

    ?…waiting for the story

    1. Naufa says:
      September 16, 2017 at 8:34 am

      Ya.. In sha allah miadhu upkoh dheynan?

  11. Faxu says:
    September 17, 2017 at 2:29 am

    Wow v habeys nau

    1. Naufa says:
      September 17, 2017 at 5:23 am

      Thankx?

Comments are closed.

Next Episodeއަބަދުގެ އަބަދަށް ( ނުވަވަނަ ބައި )←


All Right Reserved!