Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދުގެ އަބަދަށް ( ނުވަވަނަ ބައި )

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
September 16, 2017 5 Mins Read
33 Comments

ކުއްލިއަކަށް ގޯޅި އަޅާލިވަގުތު ވަރަށް ބާާރަށް ދުވަމުން އައި އަންހެންކުއްޖަކު އޭނާގެ ކާރުގައި ޖެހުނެވެ. އެކުއްޖާ ދުވަމުން އައީ ފަހަތަށް ބަލަމުންކަމުން އައިލީންގެ ކާާރު ނުފެނުނީއެވެ. އައިލީން ކާާރު ދުއްވަމުން ދިޔައީ ފުދޭވަރަކަށް މަޑުން ކަމުން ނަސީބަކުން އެކުއްޖާއަށް އެއްވެސް ހާނިއްކައެއް ނުވެއެވެ. އެކުއްޖާ އިސްއުފުލާލައި އައިލީނާ ދިމާއަށް ބަލާާލިވަގުތު އައިލީނަށް ހީވީ ބޮލަށް އެނބުރުން އެރިހެންނެވެ. ދެލޯ ބޮޑުކޮށްލަމުން އައިލީންވެސް އެއަންހެންކުއްޖާއަށް ބަލަމުން ދިޔައެވެ. އެކުއްޖާ ލައިގެން ހުރި ހެދުމުގެ އެއްބައިވަނީ ވީދިފައެވެ. އަތުގެ އެއްބައި ނެތެވެ. އެކުއްޖާާ ދެއަތް ހުރަސްކޮށްލައިގެން އިނދެ ހަށިގަނޑުން ހާމަވަމުންދިޔަ ތަންތަން ފޮރުވޭތޯ މަސައްކުރަމުން ދިޔައެވެ. އެގޮތަށް ހުއްޓައި އައިލީނަށް ފެނުމުން އެކުއްޖާ ލަދުން އިސްޖަހާލިއެވެ. ފަހަތަށް ބަލާލުމަށްފަހު އައިލީނާ ދިމާއަށް ބަލާލީ ކަރުނަވީ ދެލޮލުންނެވެ. އަހަރެންނަށް އެހީވާށޭ ބުނާފަދަ ގޮތަކަށެވެ.

ބަލާކަށްނުހުރެ އައިލީން އަވަސް އަވަހަށް ކާރުން ފޭބިއެވެ. “ލީޝާ” އައިލީނަށް ވައިއަޑުން ގޮވާލެވުނެވެ. ލީޝާ ވަނީ ދުވެދުވެ ވަރުބަލިވެފައެވެ. އޭރު ލީޝާ އަށް މާނޭވާ ލެވެމުން ދިޔައެވެ. ހަށިގަނޑުގެ ބައެއް ތަންތަންވަނީ ޒަޚަމްވެ ލޭއައިސްފައެވެ. އައިލީން އަވަސް އަވަހަށް އޭނާގެ ކަރުގައި އޮތް ދޯޕައްޓާ ނަގައި ލީޝާގެ ކޮނޑު ވަށައިގެން އޮޅާލިއެވެ. އެވަގުތު ލީޝާގެ ފަހަތުގައި ތަންކޮޅެއް ދުރުގައި ނުލަފާ ފާޑަކަށް ތިބި ހަތަރު ފިރިހެނުންގެ ގްރޫޕެއް އައިލީންގެ ލޮލުގައި އަޅައިގަތެވެ. އައިލީނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ލީޝާގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށްގޮސް އަވަހަށް ކާރަށް އަރުވައި ދުއްވައިލީ އޭނާ އެހެންނާ ދުއްވާ ސްޕީޑަށްވުރެ ބާރަށެވެ. އެތަންފެނި އެމީހުންތަން ސީދާ އައިލީންގެ ކާރާ ދިމާއަށް ދުއްވައިގަތެވެ. އައިލީންގެ ހިތް އޭރު ނެގިނެގިފައި ޖެހެއެވެ. އިތުރަށް ކާރުގެ ސްޕީޑް ބާރުކޮށްލިއެވެ. އެމީހުން ފަހަނައަޅައި އައިލީންގެ ކާާރު ކުރިއަރައި ދާން ފެށުމުން އެމީހުން ދުވުން ހުއްޓައިލީ ދެން އައިލީންމެން އަތުނުވާނެކަން އެނގޭތީ ކަންނޭނގެއެވެ. އައިލީނަށް ﷲ ގެހަޟްރަތަށް އެތަށްފަހަރަކު ޝުކުރުވެރި ވެވުނެވެ. އޭނާއަށް މިރޭ ކާރުދުއްވާލަން ބޭރަށް ނުކުމެވުނީ ހަމަ ނަސީބޭ އައިލީންގެ ހިތަށް އެރިއެވެ. އެހެންނޫންނަމަ ލީޝާއަށް ޖެހޭނެ ހާާލެއްވެސް ނޭނގެއެވެ.

ކާރުގެ ކުރީ ޝީޓުގައި އައިލީނާ ޖެހިގެން އިން ކިޔާރާ އިރުއިރުކޮޅަކާ ނޯއްދަމާލާގޮތުން އޭނާ ރޮނީކަން އައިލީނަށް އެނގުނެވެ. ލީޝާއާ ދިމާާލަށް ބަލާލުމަށްފަހު އައިލީން މަގާ ދިމާއަށް ނަޒަރު ހުއްޓައިލިއެވެ. އައިލީން ހޯދަމުން ދިޔައީ ކާާރު ޕާރކް ކޮށްލާނެ ރަނގަޅު ތަނެކެވެ. އަނެއްކާާވެސް އައިލީނަށް ލީޝާގެ މޫނަށް ބަލައިލެވުނެވެ. ކުޑަފެންފުޅިއެއް ނަގައި ލީޝާއާާ ދިމާާއަށް ދިއްކޮށްލުމުން ކަރުނަވީ ދެލޮލުން ލީޝާ އައިލީނަށް ބަލާލިއެވެ. އޭރުވެސް އައިލީންގެ ނަޒަރު ހުއްޓިފައިވަނީ ފަޅުވެފައިވާ މަގުމައްޗަށެވެ. ތުރުތުރު އަޅަައަޅާއޮތް އަތުން ލީޝާ ފެންފުޅީގައި ހިފާލުމަށްފަހު އޭގެން ކޯވަރެއް ބޯލިއެވެ. އަދި އައިލީނަށް ޝުކުރުވެރި ނަޒަރަކުން ބަލައިލިއެވެ. އޭރުވެސް އައިލީން ހުއްޓުމެއްނެތި ފަރިތަކަމާއެކު ކާާރު ދުއްވަމުން ދިޔައެވެ. ކުޑަކޮށް ވިސްނާލުމަށްފަހު މަގުގެ އެއްފަރާތުގައި އައިލީން ކާރު ޕާރކް ކޮށްލިއެވެ. އެތަނަށް ވެރިވެފައިވާ އަނދިރިކަމުގެ ސަބަބުން އައިލީންގެ ކަޅު ކާރު ލޮލުގައި އަޅައިގަތުމަކީ ނާދިރު ކަމެއްކަން އައިލީނަށް އެނގެއެވެ. ކާރު ޕާރކް ކޮށްލުމަށްފަހު ހެޑްލައިޓްސްތައްވެސް ނިއްވާލީ މީހަކަށް އެތަނުގައި ކާރެއް އޮތްކަން އަންގަންބޭނުން ނުވާާތީއެވެ. އެއަށްފަހު އައިލީން ސީދާ ލީޝާއާާ ދިމާއަށް އެނބުރުނެވެ.

” ލީޝާ އޯކޭތަ؟” ލީޝާގެ ކޮނޑުގައި ފިރުމައިލަމުން އޯގާތެރި ރާގަކަށް އައިލީން އަހާލިއެވެ. އެއާއެކު އައިލީން ގައިގައި އޮޅުލައިގަންނަމުން ލީޝާ ރޮއެގަތެވެ. ލީޝާގެ މިއަމަލުން އަިލީނަށް ހުއްޓުންއެރިއެވެ. ލީޝާގެ ގައިގައި ހިފަހައްޓާލަމުން މަޑުމަޑުން ބޮލުގައި ފިރުމައިލިއެވެ. އެތައްއިރަކު އައިލީންގެ ގައިގައި އޮޅުލައިގަނެގެން އިނދެ ލީޝާ ރުޔެވެ. އައިލީން ހަމަ އެއްވެސް އެއްޗެއް ނުބުނެ އިނީ ލީޝާ ހަމަޖެހެން ވަގުތުދިނުމުގެ ގޮތުންނެވެ.

” ޝުކުރިއްޔާ ލީން. ލީން ނައިނަމަ މިރޭ އަހަރެންގެ އެންމެ އަގުބޮޑު ގަހަނާާ އަހަރެންގެ އަތުން ބީވެގެންދިޔައީސް” އައިލީނާ ކުޑަކޮށް ދުރުވެލުމަށްފަހު ޝީޓުގައި ހަމަޖެހިލަމުން ލީޝާ ވާހަކަދައްކަން ފެށިއެވެ. ލީޝާގެ ވާހަކައަށް އައިލީން މަޑުމަޑުން ބޯޖަހައިލިއެވެ. ” އެއީ އެވަރުކަމެއް ނޫން. އަހަރެންގެ ހިތަށްވެސް އަރާ އަހަރެންނަށް ކާާރު ދުއްވާލަން ދެވުނުކަން ހަމަ ނަސީބޭ” ކުޑަކޮށް ހިނިތުން ވެލަމުން އައިލީން ބުނެލިއެވެ.

” އަހަރެންނަށް އަހާލެވިދާނެތަ އެއީ ކޮންބައެއްތޯ؟ ” ކުޑައިރުކޮޅެއްގެ ހިމޭންކަމަށްފަހު އައިލީން ވާހަކަދައްކަން ފެށިއެވެ. ” އަހަރެންނަކަށްވެސް ނޭނގެ. އަސްލު މިރޭ އަހަރެންދިޔައީ ރަށްޓެހިކުދިންތަކަކާއެކު ބޭރަށް މަޖާާކޮށްލަން. ވަރަށް ލަސްވިފަހުން ގެއަށްދާންވެގެންދިޔަ މަގުމަތީ ދިމާވި ގްރޫޕެއް އެއީ. އަހަރެން ފެންނައިރަށް އަހަރެންނާދިމާކުރަން ފެށީ. ދެން އެތަނުން އެކަކު އައިސް އަހަރެންގެ އަތުގަހިފާ ބިންމައްޗަށް ވައްޓާލީ. ދެންތިބިމީހުންވެސް އެމީހާއާ ބައިވެރިވެގެން އުޅުނީ އަހަރެންގެ ހެދުން އިރާާލަން. އަހަރެން ވަރަށް އާާދޭސްކުރިން އަހަރެން ދޫކޮށްލުމަށްއެދި. އެކަމު އެއިން މީހަކަށް އަހަރެންގެ އާދޭސްތައް އަޑުއިވުނުކަމަކަށް ނުވި. ވަރަށް ހާލުން އަހަރެންނަށް އެމީހުން ކިބައިން ސަލާމަތް ވެވުނީ. އޭރު އަހަރެންގެ ހެދުމުގެ ތަންތަންކޮޅު ވަނީ ވީދިފަ. އަހަރެން ދުއްވައިގަތުމުން އެތަނުން އެކަކު އަހަރެންގެ ހެދުމުގެ އަތުގައި ހިފިތަނުން އަތްވެސް ވީދުނީ. އެކަމުވެސް ހިތްވަރުކޮށްފަ ފަޔަށް ލެވުނުހާ ބާރެއްލާާފަ އަހަރެން ދުއްވައިގަތީމަ އެމީހުންވެސް އަހަރެންގެ ފަހަތުން އަންނަނިކޮށް ލީންގެ ކާރުގަ އަހަރެން ޖެހުނީ. ލީންއާ ދިމާނުވިނަމަ މިރޭ އެމީހުންގެ ވަގުތީ އުފަލެއްގެ ޝިކާރައަކަށް އަހަރެން ވީސް” އެހިސާާބަށް ބުނެވުނުތަނާ އަނެއްކާވެސް ލީޝާއަށް ރޮވިއްޖެއެވެ. ހިނގައިދިޔަ އެބިރުވެރި ހާދިސާމަތިން ހަނދާންވިޔަސް އޭނާގެ ގައިން ހީބިހި ނަގައިގެން ދެއެވެ.

ލީޝާގެ ކޮނޑުގައި އައިލީން ފިރުމައިލިއެވެ. އަދި ދެންވެސް އެހާ ދަންވަންދެން އެކަނި ބޭރުގައި ނޫޅުމަށް ނަސޭހަތްތެރި ވިއެވެ. އެއީ އަންހެންކުދިންނަށް ރައްކާތެރިކަމެއްނޫންކަމުގައި ވިސްނައިދިނެވެ. ލީޝާ ވެސް އައިލީންގެ ވާހަކަތަކަށް ބޯޖަހަމުންދިޔައީ ލަދުން އިނދެއެވެ. ކިހާ ސާފު ހިތެއްގެވެރިއްހެއްޔެވެ؟ އައިލީނާާ ދޭތެރޭ ލީޝާ އެހައި އިހާނެތިކޮށް ކަންތައްކުރުމުންވެސް އެހިތުގައި ލީޝާއާާ ދޭތެރޭ ހަމަ އެއްވެސް ޝަކުވާާއެއްނުވަނީ ހެއްޔެެވެ؟ އެއްވެސް ބުރަކަމެއް ނެތީހެއްޔެވެ؟ ލީޝާއަށް އިސްޖަހައި ލެވުނެވެ.

ލީޝާއަށް އެތައްހިތްވަރަކާާއި ނަސޭހަތެއް ދިނުމަށްފަހު އައިލީން ލީޝާ ގޮވައިގެން އޭނާގެ ގެއަށްލާން ދިޔައެވެ. ގެކައިރިއަށް މަޑުކުރުމުން ލީީޝާ ކާރުން ފައިބަމުން އަދިވެސް އެއްފަހަރު އައިލީނާ ދިމާއަށް ބަލާލީ ޝުކުރުވެރިކަމުން ފުރިގެންވާ ނަޒަރަކުންނެވެ. މިއަދު އެ އަންހެންކުއްޖާ ނެތްނަމަ އޭނާއަށް ވާނެގޮތެއްވެސް ނޭނގެއެވެ. މިއޮތް ހުރިހާދަވަހު އޭނާ އައިލީނާމެދު ދެކުނީ ކިހާ ގޯސްކޮށް ހެއްޔެވެ؟ އެކަމާ މިއަދު އޭނާ ދެރަވެ ލަދުގަނެއެވެ.

މަޑުހިނގުމެއްގައި ގޮސް ގޭގެ ދޮރާށި ކައިރީ މަޑުކޮށްލުމަށްފަހު ލީޝާ އަައިލީނަށް ބަލާލިއެވެ. އައިލީން ހިނިތުންވެލިތަންފެނި ހިކިފައިވާ ލީޝާގެ ތުންފަތްމަތީގައިވެސް ހިނިތުންވުމެއް ދުވެލިއެވެ. ލީޝާ ގެއަށް ވަނުމާއެކު މަޑުމަޑުން އައިލީން ކާާރު ދުއްވައިލީ ގެއަށް ދިއުމުގެ މަޤުޞަދުގައެވެ.

ރޭގައި އެހާލަހުން ނިދުމުގެ ސަބަބުން އައިލީނަށް ހޭލެވުނީ ވަރަށް ލަސްވިފަހުންނެވެ. އަވަސް އަވަހަށް ފެންވަރައިހަދައިގެން ތައްޔާާރުވާން ހުއްޓައި ކޮޓަރީ ދޮރުގައި ޓަކިޖަހައިލުމަށްފަހު އާސިމާ އައިލީނަށް ގޮވާލިއެވެ. ” ދަރިފުޅު ހޯދަން ކުއްޖަކު އައިސް އެބަހުރި” މަންމަ އެހުންބުނުމުން އައިލީން ކުޑަކޮށް ހައިރާންވިއެވެ. މިގަޑީގައި އޭނާާ ހޯދަން އަންނާނެ މީހަކާާމެދު އައިލީން ވިސްނާލިއެވެ. ” ކާކުކަން މަންމައަށް އެނގޭތަ؟” އައިލީން ތަންކޮޅެއް ބާރަށް އަހައިލީ މަންމައަށް އަޑުނީވިދާނެތީއެވެ. ” ނޭނގެ މަންމައަކަށް. ބުނީ ދަރިފުޅުގެ އެކުވެރިއެކޭ. އަވަސްކޮށްލާގެން އާދެބަލަ ކާކުތޯ ބަލާލަން. މަންމަ މިދަނީ ފިހާރައަކަށް ދާންވެގެން” މިހެން ބުނެލުމަށްފަހު އާސިމާ ދިއުމަށް ހިނގައިގަތެވެ. އައިލީން އޭނާއަށްވީ އެންމެ އަވަހެއްކޮށްލާގެން ބޭރަށް ނުކުތްއިރު ސިޓިންރޫމްގައި އިން ލީޝާ ފެނުމުން ކުޑަކޮށް ސިހުނެވެ.

އައިލީނަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ލީޝާ ހިނިތުންވެލަމުން އައިސް އައިލީންގެ ގައިގައި ބައްދާލިއެވެ. އެހެންނާ ގަޔަށް ބާާރު ކުރު ހެދުން ލައިފައި ހުންނަ ލީޝާ މިއަދުވަނީ ނޫކުލައިގެ ގަޔަށްދޫ ކުރުތާއަކާއި ކަޅު ބެލްސެއް ލައިފައެވެ. ހެނދުނަކަސް، ހަވީރަކަސް މޭކަޕްކޮށްފައި ހުންނަ ލީޝާގެ މޫނުމަތީގައި އަދު މޭކަޕްގެ އެއްވެސް އަސަރެއް ނެތެވެ. އައިލީންގެ ބަސް ޤަބޫލުކޮށް ލީޝާ ބަދަލުވަން މަސައްކަތްކުރަނީއޭ ހިތަށް އަރައި އައިލީން ވަރަށް އުފާވިއެވެ. އެންމެ ރެއެއްގެ ހާާދިސާާއަށްފަހު ލީޝާއަށް މިއައި ބަދަލާމެދު އައިލީން އުފާކުރިއެވެ. މާތް ﷲ އިންސާނަކަށް ހެޔޮވިސްނުން ދެއްވުމަށް އިރާާދަކުރައްވައިފިނަމަ އެކަމުގައި ލަހެއް ފަހެއް ނެތެވެ.

” ލީން ވަރަށް ހައިރާން ވެއްޖެދޯ އަހަރެން މިގެއަށް އައިމަ. އަސްލު މިއައީ ރޭގަ ލީން އަހަރެންނަށްދިން ލީންގެ ދޯޕައްޓާ ރައްދުކުރަން.” ލޯބި ހިނިތުންވުމަކާއެކު އައިލީންގެ ދޯޕައްޓާ ދިއްކޮށްލަމުން ލީޝާ ބުނެލިއެވެ. މިހާރު ބަލައިލައިފި މީހަކަށް އެއީ އެއްއިރެއްގައި އައިލީންދެކެ އިންތިހާާއަށް ނަފުރަތު ކުރިމީހެކޭވެސް ހީނުވާނެއެވެ.

” ޝުކުރިއްޔާ.” އައިލީން އޭގައި ހިފަމުން ބުނެލިއެވެ. ބުނާނެ އިތުރު އެއްޗެއް ނޭނގިފައި އައިލީން ހުއްޓައި އަނެއްކާާވެސް ލީޝާ ވާހަކަދައްކަން ފެށިއެވެ. ” ލީން. އަހަރެންނަށް މައާފްކުރޭ. އަހަރެންނަށް އެނގޭ ކުރިން އަހަރެންނަށް ލީންއާ މެދު ކަންތައްކުރެވުނީ ރަނގަޅަށް ނޫންކަން. އަހަރެންނާހެދި ލީނަށް އެތައް ހިތާމައެއް ކުރަންޖެހުނުކަން. ލީންގެ ލޯބިވެސް ލީނާ ވަކިކުރުވީ އަހަރެން. އަހަރެންމީ ކޮންފަދަ ނުބައި މީހެއް. ދުވަހަކު އަހަރެންގެ ފަރާތުން މީހަކަށް އުފަލެއް ނުލިބޭ. ލިބުނަސް ލިބުނީ ހިތާމައާ ހިތްދަތިކަން. ލީން. ހަޤީގަތުގަ ލީން މުޅި ރަށަށް ބޭޒާރުވީވެސް އަހަރެންގެ ސަބަބުން. އެކަން އެނގި ކިޔާން ފުރަތަމަ އަހަރެންދެކެ ވަރަށް ރުޅިއައި. ވަރަށް އެއްޗެހިކި. އެކަމު ކިޔާންގެ ބޮލަށްއެރި ކިޔާންގެ ވިސްނުންވެސް ބަދަލުކޮށްލީ ޚުދު އަހަރެން. ރޭގަ އަހަރެންނަށް ލީންއާމެދު ވަރަށް ވިސްނުނު. އަހަރެންގެ ކުށް އަހަރެންނަށް އިހުސާސްވި. އެހެންވެ މިއަދު މިއައީ. ހެޔޮނުވާނެ ލީން.. އަހަރެނަށް މައާފްކުރޭ. އަހަރެންނަކީ ލީންގެ ކުށްވެރިއެއް” އިސްޖަހައި ލައިގެން އިނދެ ރޮވިފައި ލީޝާ ބުނެލިއެވެ.

” ނޫން ލީޝާ. އެއީ އެވަރުކަމެއްނޫން. ކުށްކުރެވޭނީވެސް އިންސާާނުންނަށް. ގަސްގަހާގެއްސަކަށް ނޫން. އެމީހެއްގެ ކުށް އެމީހަކަށް އިހުސާސްވުމުން މައާފުކުރުން އެއީ އެންމެ ރަނގަޅުގޮތް. އަހަރެންގެ ހިތުގަ އެއްވެސް މީހަކާމެދު ބުރަކަމެއް، އަދި ޝަކުވާާއެއްވެސް ނުވޭ. އަހަރެން އުފާކުރަން ލީޝާއަށް ވިސްނުނީތީ. އަހަރެންގެ މައާފު ނުލިބޭނޭ އެކަކުވެސް ނުވޭ. އަހަރެން ލީޝާއަށް ހެޔޮހިތުން މައާފު ކޮށްފިން.” ލީޝާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް އޯގާތެރިކަމާއެކު ފުހެލަދެމުން އައިލީން ބުނެލިއެވެ. އައިލީންގެ ވާހަކަތައް އަޑުއަހާފައި ލީޝާގެ ހިތަށް ވަރަށް ފުންއަސަރެއް ކުރިއެވެ. ދުވަހަކުވެސް މީހަކު އޭނާއާމެދުގައި އެހައި އޯގާތެރިކޮށް ކަންތައް ކޮށްފައެއް ނުވެއެވެ. އެހުރިހާ ކަމަކުންވެސް އަންގައިދެނީ އައިލީންގެ ހިތްހެޔޮކަމާ ހިތްތިރިކަމެވެ. އެފަދަ އެކުވެރިއަކު ލިބޭނީ މަދު ބަޔަކަށެވެ.

” ލީން. ކިޔާން.. ކިޔާން އަދިވެސް ލީންދެކެ ވަރަށް ލޯބިވޭ. އޭނަ އަހަރެންނާ ރަށްޓެހިވިޔަސް ކުޑަކޮށްވެސް އަހަރެންދެކެ ލޯބިނުވާކަން އަހަރެންނަށް އެނގޭ. ކިޔާންގެ ލޯތްބަކީތީ. އުފަލަކީވެސްތީ. ނުބުންޏަސް އަހަރެންނަށް އެނގޭ ލީންވެސް ކިޔާންދެކެ ވަރަށް ލޯބިވާކަން. ” ކުއްލިއަކަށް ލީޝާފެށި ވާހަކައަކުން އައިލީނަށް އުނދަގޫވަމުން ދިޔައެވެ. ކިޔާން އޭނާދެކެ ކުޑަކޮށްވެސް ލޯބިވާނަމަ އެރޭ އޭނާގެ ވާހަކަ އަޑުއެހީހެވެ. އެއްފަހަރު ނަމަވެސް އައިލީންގެ ހަޤީގަތް އެނގެން މަސައްކަތްކުރީހެވެ. އައިލީނަށް އިތުބާރުކުރީހެވެ. އެކަމަކު އެއިން އެއްވެސް ކަމެއް ކިޔާން ނުކުރެއެވެ. ވީއިރު ކިޔާން އޭނާާދެކެ ލޯބިވާކަމަށް އައިލީން ޤަބޫލުކުރާނީ ކިހިނެއްހެއްޔެވެ؟

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

އާދޭސް 2

Next

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (އޮނަތިރީސްވަނަ ބައި)

Next
September 16, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (އޮނަތިރީސްވަނަ ބައި)

Previews
September 15, 2017

އާދޭސް 2

33 Comments!

  1. Naufa says:
    September 16, 2017 at 10:09 am

    Hey guys.. Sorry.. Miadhuge bai thankolheh kuru dhw.. Bxy vyma ehnvy.. Ekam in sha allah dhn in part thankolheh dhigukohlaanan.. Rangalhukuranvy thaneh indhehjehyaa bunelahchey.. ?

  2. Lam says:
    September 16, 2017 at 10:16 am

    Ooo salhi…me first…??

    1. Naufa says:
      September 16, 2017 at 10:18 am

      Yes lam.. Hehe.. Thanks?

  3. aisha says:
    September 16, 2017 at 10:17 am

    nice 🙂

    1. Naufa says:
      September 16, 2017 at 10:18 am

      Thanks aisha?

  4. thuhthi says:
    September 16, 2017 at 10:21 am

    miadhu adhi eh part plxxxxx plxxxxxxxxx nau….

    1. Naufa says:
      September 16, 2017 at 10:29 am

      Ok.. I will try in sha allah miadhu adhi eh part geneveythw. ☺

  5. ipher says:
    September 16, 2017 at 10:43 am

    Awlhey…v kiyaa hithun indhaa mi partvx e nimuny….when next part..v obi mi partvx…

    1. Naufa says:
      September 16, 2017 at 10:49 am

      Thankx ipher.. In sha allah miadhu adhi eh part up kureveythw balaanan?

  6. click a shot ? says:
    September 16, 2017 at 10:59 am

    Mi bai kuruviyas kiyaalan thankolheh libunymaves happy vehje..?…Varah reethi mi part ves…❤️leesha gulhuvadheyne kaneyge kiyaan aa leen…when next part..??

    1. Naufa says:
      September 16, 2017 at 4:49 pm

      Thank u.. In sha allah soon?

  7. Yaal says:
    September 16, 2017 at 11:14 am

    Sarah Sarah reethi. Mi part kahala part thah gina kohleema vaahaka adhi maa reethi vaane . In sha allah

    1. Naufa says:
      September 16, 2017 at 11:18 am

      Thanks yaal.. ?

  8. ninni says:
    September 16, 2017 at 12:04 pm

    Wow awesome ??????

    1. Naufa says:
      September 16, 2017 at 12:10 pm

      Thanks ninni❤

  9. mee says:
    September 16, 2017 at 12:17 pm

    varah reethi mi part vas.. dhen las nukoh yaan aa leen aa gulhuvan v.. they will be soooooooo cute together… 🙂 🙂

    1. Naufa says:
      September 16, 2017 at 12:24 pm

      Hehe.. Ya dhw.. Thanks❤

  10. mee says:
    September 16, 2017 at 12:18 pm

    varah reethi mi part vas.. dhen las nukoh yaan aa leen aa gulhuvan v.. they will be soooooooo cute together… 🙂 🙂 :* :*

  11. Kia says:
    September 16, 2017 at 12:22 pm

    Waitinggggggggg???

    1. Naufa says:
      September 16, 2017 at 12:25 pm

      In sha allah tday adhi one part geneveythw mi try kurany?

  12. zuvana Z says:
    September 16, 2017 at 1:06 pm

    salhi vaahaka……

    1. Naufa says:
      September 16, 2017 at 4:50 pm

      Thank u?

  13. khajja says:
    September 16, 2017 at 2:07 pm

    Ohhh wow ?? masha allah v v salhi?? hama aharen bunigothah dhw evy leesha akannu evy hama dhw anyway leesha ah heyovisnun libijje alhamdhulillah leesha dhen kiyaan aa leen gulhuveytho balaa n leen ge hageegaiy leeshh medhuverikoh kiyaan ah angaa mi stry mihaaru v v habeys v v furihama mi adhu adhi prt eh up kolla dhybala plx can’t wait keep it up ly???❤❤????????

    1. Naufa says:
      September 16, 2017 at 4:51 pm

      Thanks khajja.. Ya dhw.. Hehe.. Yes.. Miadhu adhi eh part up kohdheynan in sha allah?❤

  14. maroon says:
    September 16, 2017 at 2:25 pm

    Naufa amazing mifaharuves. Keep it up. ❤

    1. Naufa says:
      September 16, 2017 at 4:52 pm

      Thank u sooooo much maroon.. Aslu v happy vey thikahala vaahaka liyan molhu myhaku my story ah comment kuraathy. Thank u alot❤?

  15. Faxu says:
    September 17, 2017 at 2:50 am

    Nau haadha reethi ey kiyaa hithun hama nunidhey next part ves avahah genes dheah chey n dhigukon vv reethi vaahaka ❤❤

    1. Naufa says:
      September 17, 2017 at 5:22 am

      Thankx faxu.. Ya in sha allah❤?

  16. Anonymous says:
    September 18, 2017 at 11:35 am

    Thanx mi bai anekkaves gensdhineethee

    1. Naufa says:
      September 22, 2017 at 7:46 am

      Wlcm dear

  17. Anonymous says:
    September 18, 2017 at 11:57 am

    Mivaahakaige 10 vana bai genesdheefannatha

  18. shaany says:
    September 21, 2017 at 2:50 pm

    v.v.v.v.v.v.v.v.v.v.v.v.v.v.v.v.v.v.v.v..v.v.v.v reethi best stry ever good onr nauu

    1. Naufa says:
      September 22, 2017 at 7:46 am

      Thankx shaany❤

Comments are closed.

Next Episodeއަބަދުގެ އަބަދަށް ( ދިހަވަނަ ބައި )←


All Right Reserved!