އައިދުންގެ ސިކުނޑި ހަމައިން ނެއްޓިއެވެ. ބޭއިޚުތިޔާރުގައި ބާރަށް ހަޅޭލަވައިގަތުމަށްފަހު ލެއިން ކަޅިވެފައިވާ ފެންތަށީގައި އަތުންޖަހައި ހޫރައިލިއެވެ. ފެންތަށި އެދިޔަ ބާރުމިނުގައި ގޮސް ބިންމަތީ ޖެހުމާއެކު ކުއްލިއަކަށް ގެއްލުނެވެ. އައިދުންއަށް އަނގަމަތީގައި އަތްއަޅައިލެވުނީ ފެނުނުމަންޒަރު ގަބޫލުނުކުރެވިފައިވާ ގޮތަކަށެވެ. މިއީ ކޮންކަންތައްގަނޑެއް ހެއްޔެވެ؟ ބަދިގޭގައި އިން މަލާކް ސިހިފައި އައިދުންގެ އަޑަށް އަވަހަށް އައެވެ. ކޮޅަށްހުރި އައިދުންގެ މޫނުމަތިން ފާޅުވަމުންދިޔަ ކުލަވަރުން މަލާކް ކަންބޮޑުވިއެވެ. “އައިދު. ކިހިނެއްވީ ހަޅޭލަވައިގަތީ؟” އައިދުންގެ ކުރިމަތީ ފެންތަށި ބަހައްޓަމުން މަލާކް އަހައިލިއެވެ. އައިދުން މަލާކަށް […]
އަދިވެސް އެއީ ހުވަފެނެއްކަމަށް ގަބޫލުކުރަން ހާދަ ދައްޗެވެ. އައިދުންގެ ހިތްވަނީ ބިރުވެރިކަމުން ފުރިފައެވެ. އެބިރުވެރި ސޫރަ އޭނާގެ ހިތުގައި ބިންވަޅުނެގިފައިވާ ކަހަލައެވެ. ހިތްނުތަނަވަސް ވަމުން ދިޔައެވެ. އެހުވަފެނަކީ ކޮންމެވެސް ނުބައިކަމެއް ވާން އުޅޭކަމުގެ ސިގްނަލެކޭ ހަމަ ހީވަނީއެވެ. އެތައްޒަމާނަކަށްފަހު އެ ސޫރަ ހުވަފެނުން ފެނުމުން އައިދުން އިތުރަށް ހާސްވިއެވެ. އެހާދިސާއަށްފަހު ދުވަހެއްގެ ކޮޅުންވެސް އޭނާއަށް ހުވަފެނަކުންވެސް އެސޫރަފެނިފަކައި ނުވެއެވެ. ވީއިރު މިރަށަށް އައި ފުރަތަމަ ދުވަހުވެސް އެސޫރަފެންނަންވީ ކީއްވެހެއްޔެވެ؟ ކޮންމެވެސް ނުބައެއް މިކަމުގައި އެބައުޅެޔޭ އޭނާގެ ހަވަނަ […]
ކޮޓަރީގެ ކައިރީގައި ހުރި ލަކުޑި މޭޒެއްމަތީ ތަބަށް ބެހެއްޓުމަށްފަހު ލައިގެންއިން ޖިންސްގެ ޖީބުން ރިހިކުލައިގެ ތަޅުދަނޑިއެއް ނަގައި ކޮޓަރީގެ ބޮޑު ދޮރުގައި އެޅުވިފައިވާ ތަޅު ކަމަރް ހުޅުވައިލިއެވެ. އަދި ދެއަތުން އެދޮރު ދެފަރާތައް ކޮށްޕައިލިއެވެ. އެއަށްފަހު ތަބަށް ނަގައި އެކަނު އަނދިރި ކޮޓަރިތެރެއަށް ވަނުމަށް ކަމަރް ހިނގައިގަތެވެ. ތަންކޮޅަކަށް ހިނގައިލުމަށްފަހު ކޮޓަރީގެ ފާރުގައި ހަރުކޮށްފައިވާ ސުވިޗްއަކަށް ކަމަރް އޮބައިލިއެވެ. އެއާއެކު ފަނޑު އަލިކަމެއް ކޮޓަރިތެރެއަށް ފެތުރިގެން ދިޔައެވެ. ތަބަށް ހިފައިގެން ކަމަރް ހިނގައިގަތެވެ. ކޮޓަރިތެރެ އަލިވުމާއެކު މީހެއްގެ […]
ވިދާލި ވިދުވަރާއެކު މުޅިތަން އަލިވެގެން ދިޔައެވެ. އެއާއެކު އޮއްސައިގަތް ބޯވާރޭގެ ސަބަބުން ހިތްތަކަށް ބިރުވެެރިކަން ވަންދަން މަސައްކަތް ކުރާކަހަލައެވެެ. ޖެހޭ ގަދަ ވަޔާއެކު ގަސްތައް ދެކޮޅަށް ހެލެމުންދިޔައެވެ. ގޭގޭގެ ފުރާޅުތައްވެސް ހީވަނީ ދެންްމެ ދެންމެ ނެއްޓިގެން ހިނގައިދާނެހެންނެވެ. ދޫނި ސޫފާ ސޫފިވެސް އެސޮރުމެންގެ ހާލިތަކަށްވަދެ ތިބީ މި ތޫފާނީ ރޭގައި ބޭރަށްނުކުމެލަން ބިރުންކަންނޭނގެއެވެ. ރަށުގެ ކޮންމެ މަގެއްވެސް ވަނީ ފަޅުވެފައެވެ. ކޮންމެ މީހަކުވެސް ބެލީ ރަޖާލައިގެން އަވަހަށް ނިދޭތޯއެވެ. ކުރާނެ އިތުރުކަމެއްވެސް ނެތުމުންްނެވެ. އާއްމުކޮށް ރަށުގެ ގެތަށް […]
މިއީ ޙަޤީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މިވާހަކައިގައި އުޅޭ ކެރެކްޓާރސްގެ ނަންވާނީ ބަދަލުކޮށްފައެވެ. މިވާހަކައިން ގިނަބަޔަކަށް އިބުރަތެއް ލިބޭނެކަމަށް ހީކުރަމެވެ. * * * * އަޅުގަނޑުގެ ވާހަކައެއް ދެން ފެންނާނީ އޮކްޓޯބަރ 10 ގެ ފަހުންކަމަށް ދެންނެވުނަސް އެކުވެރިއެއްގެ އާދޭހަށް މިވާާހަކަ ލިޔުނީއެވެ. * * * * އަހަރެންނަކީ ނިކަމެތި އަންހެންކުއްޖަކީމެވެ. ލޯބީގައި ނާކާމިޔާބު ވެފައިވާ ބަދުނަސީބު ވެރިއަކީމެވެ. ލޯތްބަކީ އަހަރެންނަށް ހައްޤު ނޫން އެއްޗެކޭ ހީވާ ފަހަރުވެސް މަދެއްނޫނެވެ. މީހުންނަށް […]
އެގޮތުގައި އިރުގަނޑަކު އެހެން އޮތުމަށްފަހު ކިޔާން ތެދުވިއެވެ. ވެފައިހުރި ވަރުބައްޔާއެކު ނިދިދާނެތީ ބިރުންނެވެ. އައިލީނަށް ބަލައިލުމަށްފަހު ކިޔާން ގޮސް ކުޑަދޮރު ކައިރީގައި ހުއްޓިލިއެވެ. ދޮރުފޮތިތައް ކަހައިލުމަށްފަހު ކުޑަދޮރުން ބޭރުބަލައިލިއެވެ. ދޮރުކަނީގައި އަތްވިއްދާލުމަށްފަހު ހާމަޔަށް ފެންނަން އޮތް އުޑާ ދިމާއަށް ނަޒަރު ހުއްޓައިލި ކިޔާންގެ ދެލޮލުގައި ކަރުނައިގެ ކުދިކުދި މުތީތައް ވިދަން ފެއްޓިއެވެ. ކޮންމެ ވަގުތަކުވެސް އައިލީނާ ވަދާއީ ސަލާމް ކުރަންޖެހިދާނެތީ ކިޔާންގެ ހިތް ނުތަނަަވަސްވަނީއެވެ. ފަތިސްނަމާދު ބަންގި ގޮވީވެސް ކިޔާން އެގޮތަށް ހުއްޓައެވެ. އެނބުރި އައިލީނަށް ބަލާާލުމަށްފަހު […]
“ލީން ދޫންޏާ މިއޮތީ ލީންގެ ވެޑިންގް ޑްރެސް ލިބިފަ” ތެޅެމުން ފޮޅެމުން އައި ކިޔާރާ ބުނެލިއެވެ. ލީޝާވެސް ކިޔާރާގެ ފަހަތުން އައިސް އައިލީންގެ ކޮޓަރިއަށް ވަނީ ކިޔާރާ އެހެންބުނި އަޑަށެވެ. އައިލީންގެ ކައިވެނީގެ ހެދުން ދެކިލާހިތުން ދެމީހުންވެސް ކެތްމަދުވެފައި ތިބޭތާ އެތެއް ދުވަހެއްވެއްޖެއެވެ. އެހެދުން ފަހައިފައިވަނީ ކިޔާން ހޮވި ޑިޒައިނަކާ އެއްގޮތަށެވެ. އެކަން އެނގޭތީ އައިލީންގެ ހިތްވެސްވަނީ ކިޔާާންގެ ހޮވުން ދެކިލުމަށްޓަކައި ބޭޤަރާރުވެފައެވެ. ތިންމީހުން ވެގެން ހެދުން ނަގައި ބަލއިލިއެވެ. އެހިނދު ހެދުމުގެ ރީތިކަމަށް ކޮންމެ މީހެއްގެ […]
ވަކިހިސާބަކަށް ދެވުނުތަނާ ލީޝާ އައިލީން ގާތުގައި ލޯމެރުމަށް ބުންޏެވެ. ދެމީހުންގެ މޫނަށް ވަކިވަކިން ބަލައިލުމަށްފަހު ބަސްއަހާ ކުޑަކުއްޖަކު ފަދައިން އައިލީން ދެލޯމަރައިލީ ވާާންމިއުޅެނީ ކިހިނެއްކަން ނޭނގޭ ހާލުގައެވެ. “އަހަރެމެން ނުބުނަނީސް ލޯ ނުހުޅުވާތި. ކޮންމެ ކަމެއްވިއަސް. އޯކޭ؟” ކިޔާާރާ އިންޒާރެއްދޭފަދަ ގޮތަކަށް ބުނެލިއެވެ. “އޯކޭ.” ހިތްއަވަސްވެފައިވާ އައިލީން އެއްބަސްވިއެވެ. ކިޔާރާމެން ކުރިއަށް ހިނގައިގަތެވެ. އިރުގަނޑަކު އެގޮތަށް ހިނގުމަށްފަހު ކުއްލިއަކަށް ހުއްޓިއްޖެއެވެ. އައިލީންގެ ހިތް ހީވަނީ މޭފަޅާފައި ނުކުމެދާނެހެންނެވެ. އެކަމަކުވެސް އޭނާގެ އެކުވެރިންގެ ބަސްއެހުމުގެ ގޮތުން ލޯނުހުޅުވައި މަޑުމަޑުން […]