Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތްއެކީ ދެވިއްޖޭ (16) ފަހުބައި

Nau Level 810 Stories100 Comments500 Comments100 Stories100 Login1K Comments
November 13, 2017 8 Mins Read
147 Comments

“އަހަރެންނޭ؟ އަހަރެން ތިހާ ރޮމޭންޓިކްއެއް ނުވާނެ.” ހިނިގަނޑެއް ޖަހައިލަމުން ޔައިޝް ބުނެލިއެވެ. “އެކަމަކުވެސް ހެވޭ. ކީކުރަން ތިގުޅީ؟” މާބޮނޑިއަށް ބަލައިލަމުން އަލްކާ އަހައިލިއެވެ.

އަލްގެ ތިލޯބި އަޑުއަހައިލާ ހިތުން.” ލާނެތް ރާގަކަށް ޔައިޝް ބުނެލިއެވެ. “ނޫޅެން.” އަނގައަށް ވައްތަރެއް ޖައްސައިލަމުން އަލްކާ އެހެން ބުނެލުމާއެކު ޔައިޝް ހޭންފެށިއެވެ.

“އަސްލު ގުޅީ މާދަން ރޭގަ މީޓް ކުރެވިދާނެތޯ އަހައިލަން. އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ.” ސީރިއަސްވެލަމުން ޔައިޝް އެހެން ބުނެލުމާއެކު އަލްކާ ވަގުތުން އެއްބަސްވިއެވެ. ހިނިތުންވެލަމުން ޔައިޝް ފޯންބޭވިއެވެ.

އަލްކާއަށް ގަޑިއަށް ބަލައިލެވުނީ ބޭއިޚުތިޔާރުގައެވެ. މިހާރުއްސުރެ ވަގުތު ގުނަން ފެށިއްޖެއެވެ. އަދި މާދަން ރޭ ވާނީ ކޮންއިރަކުންހެއްޔެވެ؟ ގަޑިއަށް ބަލައިލުމަށްފަހު އަލްކާ ގޮސް ފެންވަރައިލަން ވަނެވެ.

ޖެހިގެންއައި ދުވަހަކީ ބަންދު ދުވަހެއްކަމުން އަލްކާ އެނދުގައި އޮށޯވެލައިގެން އޮތީ ފޫހިވެފައެވެ. ކުރާނެކަމެއް ނެތި އޮށޯވެގެން އޮތް އަލްކާ އިރުއިރުކޮޅާ ފޯނަށް ބަލައިލައެވެ. އެވަގުތު ކޮޓަރީ ދޮރުގައި މީހަކު ޓަކި ޖެހުމުން ވަންނާށޭ އަލްކާ ބުނެލީ ފުދޭވަރަކަށް ބާރަށެވެ.

ބޮޑު ފްލާވާރ ބާސްކެޓެއް ހިފައިގެން ވަތް ޝަޔާނީ ފެނިފައި އަލްކާއަށް އޮތްތަނުން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. އަވަސް އަރުވައިލައިފައި ގޮސް ޝަޔާނީ އަތުން އެ ބާސްކެޓް އަތުލިއެވެ.

ބާސްކެޓުގެ ދަށުގައި ރަންކުލައިގެ ކަރުދާހުން ޕާރްސަލް ކުރެވިފައި އޮތް ގިފްޓް ބޮކްސްއެއް އޮތެވެ. ހައިރާން ކަމާާއެކު އެ ފްލާވާރ ބާސްކެޓްގެ މަތީގައި ބާވައިލައިފައި އޮތް ކާރޑް ނަގައި ކިޔައިލިއެވެ. އޭގައިވަނީ ރީތި އިނގެރޭސި އިބާރާތްކޮޅަކުން މައާފަށް އެދިފައި ލިޔެފައިވާ ކުޑަ ލިޔުންކޮޅެކެވެ. ލިޔުންކޮޅުގެ ތިރީގައި ލިޔެފައި އޮތް ޔައިޝްގެ ނަން ފެނުމުން އަލްކާގެ ތުންފަތް މައްޗަށް ވަގުތުން ހިނިތުންވުން ވެރިވެގެން ދިޔައެވެ.

ބާސްކެޓްގެ ތިރީގައި އޮތް ޕާރްސަލް އަވަސް އަވަހަށް ކަނޑައި ބަލައިލިއިރު އޭގައި އޮތީ ރަތާއި ކަޅުކުލައިގެ ދިގު ހެދުމެކެވެ. ކުދި އެސްތަކަކުން ހެދުމުގެ ފަސްބައި ޖަރީކުރެވިފައި ވާއިރު މޭމަތީގައިވެސް ރީތި ޑިޒައިނަކަށް އެސް ޖަހައިފައިވެއެވެ. ހެދުމާއިއެކު އޮތް ރަތާއި ކަޅުކުލައިގެ ޝޯލް ފެނުމުން ޔައިޝް ބޭނުންވާގޮތް ވަގުތުން އަލްކާއަށް ވިސްނުނެވެ. ހެވިފައިހުރެ ހެދުން ޝަޔާނީއަށް ދައްކައިލިއެވެ. މިރޭ ބައްދަލުކުރަން އަންނައިރު އެހެދުން ލުމަށް ޔައިޝް ވަނީ އެދިފައެެވެ. ގަޑިއަށް ބަލައިލަމުން ހެދުން ގައިގައި ޖައްސައިލުމަށްފަހު އަލްކާ އެނބުރިގަތެވެ.

ރޭގަނޑުގެ ވަގުތެވެ. ގަޑިން ބަރާބަރު 8 ޖެހިއިރު އަލްކާ ހުރީ ލޯގަނޑުކުރިމަތީގައި އޭނާއަށް ތައްޔާރު ވެވުނު އެންމެ ފުރިހަމައަކަަށް ތައްޔާރުވެގެންނެވެ. އެހެދުމުގައި އަލްކާ ހީވަނީ ޕަރީޒާދެއް ހެންނެވެ. ބޮލުގައި އޮޅައިލެވިފައިވާ ޝޯލްގެ ތެރެއިން އެމޫނު ފާޅުވަމުންދިޔައީ ނުހަނު ހިތްގައިމު ގޮތަކަށެވެ. ތުންފަތުގައި ގަދަ ރަތްކުލައިގެ ލިޕްސްޓިކް ޖައްސައިލެވިފައި ވީއިރު އެ އަސަރުގަދަ ދެލޯ ވަނީ އައިލައިނާރއިން އިތުރަށް ފަވައިލައި ކަޅުކޮށްލައިފައެވެ.

ހިތްހަމަޖެހޭވަރު ވުމުން ގަޔަށް ސެންޓްކޮޅެއް ޖަހައިލުމަށްފަހު ފޯން ނެގިތަނާ ޔައިޝްގެ ކޯލެއް އައެވެ. އަވަސް އަވަހަށް ފޯނަށް ޖަވާބުދެމުން ކޮޓަރިން ބޭރަށް ބޯދިއްކޮށްލައި އެއްވެސް މީހެއްގެ ހިލަމެއްވޭތޯ ބަލައިލިއެވެ. މީހަކު ފެންނަން ނެތުމުން އަވަސްއަރުވައިލައިފައި ގެއިން ނުކުތެވެ. އޭރު ޔައިޝް ކާރުގައި އަލްކާގެ އިންތިޒާރުގައި އިނެވެ.

އަލްކާ ކާރަށް އެރުމާއެކު ދެލޯބޮޑުކޮށްލަމުން އަލްކާގެ ރީތި މޫނަށް ޔައިޝް ބަލައިލިއެވެ. ކޮންފަދަ ރީތިކަމެއް ހެއްޔެވެ؟ ޔައިޝްއަށް ހިނިތުންވެލެވުނެވެ. ކާރު ދުއްވައިލަމުން ޔައިޝް އަލްކާއާާ ދިމާއަށް އެއްލޯ މަރައިލިއެވެ. އެތަންފެނި އަލްކާގެ ދޮން ކޯތާފަތަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ.

ކާރު ގޮސް މަޑުކޮށްލީ މެލޭޝިޔާގެ މަޝްހޫރު ރެސްޓޯރެންޓެއް ކައިރިއަށެވެ. ދެލޯބޮޑުކޮށްގެން ހުރެ ކާރުން ފޭބީއްސުރެ އަލްކާ އެރީތި ބިލްޑިންގްއަށް ބަލަމުން ދިޔައެވެ. ފަހަތުން ޔައިޝް އައިސް އޭނާާގެ އުނަގަނޑުގައި އަތް އަޅުވައިލުމުން ސިހިފައި އަލްކާ ޔައިޝްގެ މޫނަށް ބަލައިލިއެވެ.

“ޔޫ އަރ ލުކިންގް ސޯ ސޯ ބިއުޓިފުލް.” ގުދުވެލަމުން އަލްކާގެ ކަންފަތް ދޮށުގައި ޔައިޝް ބުނެލީ ލޯބިވެތި ގޮތަކަށެވެ. ލަދުގެންފައިހުރި އަލްކާއަށް އިސްޖަހައިލެވުނެވެ. ދެމީހުން އެތެރެއަށް ވަންނަން ހިނގައިގަތެވެ. ޔައިޝް އަލްކާ ގޮވައިގެން އެރީ އެރެސްޓޯރެންޓްގެ އެންމެ މަތީ ބަޔަށެވެ. އެބަޔަކީ މަތި ނިވައިނުކޮށް ހާމައަށް އޮތް ބަޔެއްކަމުން ކުދި ތަރިތައް ވިދަމުންދިޔަ އުޑު ފެންނަން އޮތެވެ.

ދެމީހުން އެތަނަށް އެރިއިރު މުޅިއެތަންވަނީ އުއްބައްތިން ދިއްލައިލައިފައެވެ. އެދެމީހުން ފިޔަވައި އިތުރު އެއްވެސް ބަޔަކު އެތަނަކު ނެތެވެ. އާޝޯޚުވެފައި ހުރެ ޔައިޝްއާ އެއްކޮށް ހިނގަމުންގޮސް އަލްކާ އެތަނުން މޭޒެއްގެ ދޮށުގައި އިނށީނެވެ.

މުޅިމާޙައުލުގައި ވަނީ ތާޒާ ފިނިފެންމަލުގެ ހިތްގައިމު ވަސް ހިފައިލައިފައެވެ. ވަށައިގެން ހޯދަމުންދިޔަ އަލްކާގެ މޫނަށް ހެވިފައި ޔައިޝް ބަލަމުން ދިޔައެވެ.

ސާފު ރީތި އުޑުގައި ރަނިކަންކުރަމުންދިޔަ ހަނދަށް އަލްކާގެ ނަޒަރު ހުއްޓުނެވެ. އެހިތްގައިމު މަންޒަރުފެނި ހިތަށް ހަމަޖެހުން ވެރިވަމުންދިޔައެވެ. ހަނދާއި ތަރިތަކުގެ ރީތި ބެބުޅުންތަކުން މުޅި އުޑުވަނީ ދިއްލައިއަޅައިލައިފައެވެ. ހީވަނީ އެދެމީހުންގެ އުފަލުގައި އެހަނދާއި ތަރިތައްވެސް ބައިވެރިވަމުން ދާހެންނެވެ.

މޭޒުދޮށުގައި އިނށީންތާ މާގިނައިރެއް ނުވަނީސް އެތަނުގެ ވެއިޓަރެއް އައިސް މޭޒުމަތީގައި ކާތަކެތި އަތުރަން ފެށިއެވެ. ހައިރާންކަމާއެކު ހެވިފައި އިނދެ އަލްކާ އެމީހާގެ މަސައްކަތަށް ބަލަމުން ދިޔައެވެ.

ވެއިޓަރ ދިއުމާއެކު ދެމީހުން ކެއުމަށް އިންސާފުކުރަން ފެށިއެވެ. ޔައިޝްގެ މިރޭވުމާމެދު ސުވާލުއުފެދިފައި އިނދެ އަލްކާވެސް ކަމުން ގެންދިޔައެވެ.

“އަހަރެން ހަމަ ހައިރާން ވެއްޖެ. ގައިމު އިއްޔަ އަހަރެންގާތު ބުނި ޔައިޝް އެހާ ރޮމް އެއްްނުވާނޭ. ދެން މީ ކޮންކަމެއް؟ އަނެއްކާ ތީހަމަ ޔައިޝްތަ؟” ހިނިގަނޑެއް ޖަހައިލަމުން އަލްކާ އެހެން ބުނެލީ މަޖާވެލައިފައި އިނދެއެވެ. އެއާއެކު ޔައިޝްވެސް ލުއި ގޮތަކަށް ހިނިތުންވެލިއެވެ.

“ވެދާނެ ތިހެން ކަމަށްވެސް.” އެއްލޯމަރައިލަމުން ޔައިޝް ބުނެލިއެވެ. ތުންކޮޅު އޫކޮށްލަމުން އަލްކާ ވައްތަރެއް ޖައްސައިލިއެވެ. ކައި ނިމުމާއެކު ވެއިޓަރ އައިސް ތަށިތައް ހިފައިގެން ދިޔައެވެ.

“އަލް ވަރަށް ލޯބި ބުރުގާ އެޅީމަ.” އަލްކާގެ ދޮންމޫނަށް ނަޒަރު ހުއްޓައިލައިގެން އިނދެ ޔައިޝް ބުނެލިއެވެ. ޔައިޝް އެހެން ބުނެލުމާއެެކު ލަދުގަނެފައި އަލްކާ އިސްޖަހައިލިއެވެ.

“ކޮންވާާހަކައެއްތަ އަސްލު ދައްކަން އުޅުނީ؟” ވާހައިގެ މިސްރާބު އަލްކާ ބަދަލުކޮށްލީ ޔައިޝް ދައްކަން އެއުޅޭ ވާހަކައެއް އެނގެންބޭނުންވެފައި ހުރި ވަރުންނެވެ.

ފުންނޭވައެއް ލުމަށްފަހު ޔައިޝް މިޒްރާގެ ހުރިހައި ވާހަކައެއް އަލްކާއަށް ކިޔައިދިނެވެ. ދެލޯބޮޑުކޮށްގެން އެވާހަކަތައް އަޑުއަހަންއިން އަލްކާގެ ހިތުގައި އުފާވެރިކަމުގެ ރާޅުބާންޏެއް ދުވެލީ ޔައިޝް މިޒްރާާ ވަރިކުރި ވާހަކަ ބުނުމުންެނެވެ. އަލްކާގެ ހިތަށް ބަޔާން ނުކުރެވޭފަދަ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ދެލޯ މަރައިލަމުން ހެއްދެވި ފަރާތަށް ހަމްދުކޮށްލެވުނީ ލިބުނު އުފާވެރިކަމެއްގެ ސަބަބުންނެވެ.

“ދެން ކީއްވެ ޔައިޝް އަހަރެންނާ އެހައި ދުރުވީ؟ ކީއްވެ އަހަރެންނާ ދޭތެރޭ އެގޮތަށް އަމަލުކުރީ؟” ޔައިޝްގެ ދެލޮލަށް ބަލައިލަމުން އަލްކާ ޝަކުވާކޮށްލިއެވެ. އަލްކާ އެހެން އަހައިލުމާއެކު އެދުވަސްތަކު އަލްކާ އުޅުނުގޮތް ހިތަށް އަރައިފައި ޔައިޝްއަށް ހެވުނެވެ.

“އެއީ އަލް އަހަރެންދެކެ ލޯބިވާވަރު އިހުސާސުކޮށްލާހިތްވި ވަރުން ކުރި ކަމެއް. އަހަރެން އެނގެންބޭނުންވީ އަހަރެން އަލްއާ ވަކިވެއްޖެނަމަ އަލް ދެރަވާނެވަރު. ވަރަށް އުފާވި އަލް އަހަރެންދެކެ އެހައި ލޯބިވާކަން އިހުސާސުވީމަ. މިހިތަށް ލިބުނީ ބަޔާންވެސް ނުކުރެވޭފަދަ ފޮނި މީރު އުފަލެއް.” ހިތާއިވީ ފަޅީގައި އަތުން ފިރުމައިލަމުން ޔައިޝް ބުނެލިގޮތުން އަލްކާއަށް ހެވުނެވެ. ދެފަރާތަށް ބޯހޫރުވައިލެވުނީ އެދުވަސްތަކު އޭނާއަށް އުޅެވުނުގޮތް ހިތަށް އެރުމުންނެވެ.

އިރުކޮޅަކު ވާހަކަދައްކަން އިނުމަށްފަހު ދެލޯ މަރައިލުމަށް ޔައިޝް އެދުނެވެ. ވާންމިއުޅެނީ ކިހިނެއްކަން ނޭނގިއިން އަލްކާ ދެލޯމަރައިލިއެވެ.

“ދެން އޯކޭ ދެލޯ ހުޅުވިއަސް.” ކުޑަހިނދުކޮޅެއް އެގޮތުގައި ހޭދަވުމަށްފަހު ޔައިޝް ބުނެލިއެވެ. މަޑުމަޑުން އަލްކާ ދެލޯ ހުޅުވައިލުމާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުރިމަތީގައި ބެހެއްޓިފައިހުރި ބޮޑު ކޭކަށް އަލްކާގެ ނަޒަރު ހުއްޓުނެވެ. ހުދުކުލައިގެ އައިސިންގް ޖަހައިފައިހުރި އެކޭކުގައި ވަނީ ކަޅު ކޯޓްފަޓުލޫނުގައި ހުރި ފިރިހެންކުއްޖަކު ކަޅާއި ރަތުގެ ހެދުމެއްގައިހުރި ބުރުގާއެޅި އަންހެންކުއްޖަކަށް ޕްރޮޕޯސްކުރާ ތަސްވީރެއް ކުރެހިފައިވައެވެ. ކޭކުގެ އަރިމަތީގައިވަނީ ރަތްކުލައިގެ ކުދިކުދި ހިތްތަކެއް ޖަހައިފައެވެ. އެތަސްވީރުގެ ތިރީގައި ރަތްކުލައިގެ އައިސިންގްްއިން ލިޔެވިފައިވާ ލިޔުންކޮޅު އަލްކާ ކިޔައިލިއެވެ. “ވިލް ޔޫ މެރީ މީ؟” ދެލޯބޮޑުކޮށްލަމުން ޔައިޝްގެ މޫނަށް އަލްކާއަށް ބަލައިލެވުނީ ގަބޫލުނުކުރެވިފައި އިންފަދަ ގޮތަކަށެވެ. މިއީ ހަގީގަތެއް ބާވައެވެެ؟ އަލްކާގެ ބޮޑު ދެލޯ އުފާވެރިކަމުގެ ކަރުނައިން ފުރިގެން އައެވެ.

އަލްކާގެ މޫނަށް އަރައިފައިބަމުންދިޔަ ކުލަތަކަށް ބަލަންއިން ޔައިޝް ވަގުތުން އިންތަނުން ތެދުވިއެވެ. ލައިފައިހުރި ކަޅުކުލައިގެ ކޯޓުގެ ތެރެއިން ރަތްކުލައިގެެ ފިނިފެންމަލެއްގެ ސިފައިގައިހުރި ރިންގް ބޮކްސްއެއް ނެގުމަަށްފަހު އައިސް އަލްކާގެ ކުރިމަތީގައި އެއްކަކޫ މައްޗަށް ޔައިޝް ތިރިވިއެވެ. މިތަންފެނި ގޮނޑީގައި އިނށީދެގެންއިން އަލްކާއަށް ވަގުތުން ކޮޅަށް ތެދުވެވުނެވެ. އަނގަމަތީގައި ދެއަތް އަޅައިލަމުން ފެންކަޅިވެފައި ޔައިޝްގެ މޫނަށް ބަލަންހުރި އަލްކާއަށް ޔައިޝް ހިނިތުންވެލިއެވެ.

އަލްކާއާ ދިމާއަށް ދިށްކޮށްގެންހުރި ރިންގް ބޮކްސް ޔައިޝް ހުޅުވައިލިއެވެ. އޭރު އޭގެ އެތެރޭގައި ވިދަމުންދިޔަ ރަން އަނގޮއްޓިފެނިފައި އަލްކާގެ ދެލޯ އިހުނަށްވުރެ ބޮޑުވެގެން ދިޔައެވެ. ގަދަ ރަތްކުލައިގެ އެހެއް ޖަހައިފައިހުރި އެއަނގޮއްޓި ނަގަމުން ޔައިޝް އަލްކާއާާ ދިމާއަށް އެއަނގޮއްޓި ދިއްކޮށްލިއެވެ.

“އަހަރެންގެ މުޅި ހަޔާތުގައިވެސް އަލްދެކެ ލޯބިވީ ފަދަައިން އިތުރު އެހެން އެއްވެސް މީހެއްދެކެ ލޯތްބެއް ނުވަން. މުޅި އުމުރުގަައިވެސް އަހަރެންނަށް ލޯބިވެވުނު ހަމައެކަނި އަންހެންކުއްޖަކީ ތިއީ. އަހަރެންގެ ހިތުން ޖާގައެއް ދެވުނު ހަމައެކަނި ކުއްޖަކީވެސް ތިއީ. އަހަރެންގެ މުޅި ހިތްއެކީ އަލްއަށް ދެވިއްޖެ. އުމުރަށްވެސް ލޯބިވާނީ ހަމައެކަނި އަލް ދެކެ. އަހަރެން އެދެނީ އަހަރެންގެ މުޅި އުމުރުގެ ބާކީ އޮތް ދުވަސްތައް އަލްއާ އެކުގައި ހޭދަކުރަން. ސޯ ޓެލްމީ މައި ލަވް. ވިލް ޔޫ ސްޕެންޑް ދަ ރެސްޓް އޮފް ޔޯ ލައިފް ވިތް މީ؟ ވިލް ޔޫ މެރީ މީ؟” ލޯތްބާއި ކުލުނާއެކު އަނގަމަތީގައި އަތް އަޅައިގެން ރޮވިފައިހުރި އަލްކާގެ މޫނަށް ބަލަންއިން ޔައިޝް ބުނެލިއެވެ. އުފަލުންގޮސް ހަދާނެގޮތެއް ނޭނގިފައިހުރި އަލްކާއަށް މަޑުމަޑުން ބޯޖަހައިލެވުނެވެ.

“ޔެސް މައި ލަވް. އައި ވިލް.” ރޮވިފައިވާ އަޑަކުން އަލްކާއަށް އެހެން ބުނެވުނީ އިރުކޮޅެއް ފަހުންނެވެ. އެއާއެކު ޔައިޝްގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ލޯތްބާއެކު އަލްކާގެ ވައަތުގެ ކަށި އިނގިލީގައި ޔައިޝް އެއަނގޮއްޓި އަޅުވައިދިނެވެ. އަދި އިންތަނުން ތެދުވެ އަލްކާގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހެލައިދިނެވެ.

“މަރުހަބާ” ފަހަތުން ބަޔަކު އެހެން ކިޔައި ހަޅޭލަވައިގަތުމުން ސިހިފައި އަލްކާ ފަހަތް ބަލައިލިއެވެ. އޭރު އޭނާގެ ފަހަތުގައި ޝަޔާނީގެ އާއިލާ އާއި އޭނާގެ އާއިލާ އާއި ޔައިޝްގެ އާއިލާ މީހުން ތިއްބެވެ. ދެލޯބޮޑުކޮށްލަމުން އެއްފަހަރު އެމީހުންގެ މޫނަށް އަނެއްފަހަރު ހެވިފައިހުރި ޔައިޝްގެ މޫނަށް އަލްކާ ބަލަމުންދިޔައެވެ.

“މަންމާ. ބައްޕާ. ނައި.” އެއްފަހަރާ އެންމެނަށް ގޮވައިލުމަށްފަހު އަލްކާއަށް ދުވެފައިގޮސް އޭނާގެ މައިންބަފައިންގެ ގައިގައި އޮޅުލައިގަނެވުނެވެ. “ކޮންއިރަކު އައީ؟ އަޅުގަނޑަށް އަންގައިވެސް ނުލާ.” ތުންކޮޅު ދަމާލަމުން އަލްކާ ޝަކުވާންކުރަންފެށިއެވެ.

“ހެހެ. ކުރިން ދުވަހަކު ނުދަންނަ ނަމްބަރަކުން ބައްޕައަށް މީހަކު ގުޅީ. ފޯން ނެގީމަ އެނގުނީ ޔައިޝްކަން. އެދުވަހު ޔައިޝް ބައްޕައަށް ހުރިހައި ވާހަކައެއް ކިޔައިދިނީ. އަދި ދަރިފުޅާ ކައިވެނިކުރަން ހުއްދައަށް ބައްޕަ ގާތުން އެދުނީ. ބައްޕަ ވަރަށް އުފާވި ބައްޕަގެ ދެދަރިންނަށްވެސް އެހައި ރަނގަޅު އަދި އެހައި ލޯބިވާ ދެމީހުން ލިބުނީމަ. ދެން އެދުވަހު ޔައިޝް އެދުނީ ދަތިކަމަކަށް ނުވަންޏާ މިކޮޅަށް އައިސް ދިނުމަށް. އެހެންވެ ޗުއްޓީ ނަގައިގެން އަވަހަށް މީގެ އެއްދުވަސްކުރިން ބައްޕަމެން މިކޮޅަށް އައީ. ދެން ތިގެއަށް ނުދިޔައީ ދަރިފުޅަށް ޝައްކުވެދާނެތީ. އެހެންވެ ގެސްޓް ހައުސްއެއްގަ ތިބީ.” ހިނިތުންވެފައިހުރެ އަލްކާގެ ބޮލުގައި ފިރުމައިލަމުން އަޖުވަދު އެެހެން ބުނުމުން ޝުކުރުވެރި ނަޒަރަކުން އަލްކާ ޔައިޝްގެ މޫނަށް ބަލައިލިއެވެ.

“ބައްޕަގެ ނަމްބަރ ޔައިޝް ހޯދީ ކިހިނެއް؟” ވިސްނައިލަމުން އަލްކާ އަހައިލިއެވެ. “އަހަރެން ދިނީ.” ހެވިފައިހުރެ އެއްއަތް މައްޗަށް ހިއްލައިލަމުން ޝަޔާނީ ބުނެލިއެވެ. އެއާއެކު އެންމެން ހޭންފެށިއެވެ. ނައިރާ ގާތުގައިހުރި ޝިވަންގެ މޫނަށް ބަލައިލަމުން އަލްކާ ހިނިތުންވެލިއެވެ. ހާމިދާގެ ފަރާތުން އޭނާއަށްވަނީ ނައިރާ އާއި ޝިވަންގެ ގުޅުމުގެ ވާހަކަ އަޑުއިވިފައެވެ. ޒާލިމްގެ ހުއްދައާއެކު ޝިވަން މެލޭޝިޔާއަށް އައީ އަޖުވަދުގެ އެދުމުގެ މަތިންނެވެ. އަލްކާ ހިނިތުންވެލިތަންފެނި ޝިވަންވެސް ހިނިތުންވެލިއެވެ.

“މިއީތަ އަހަރުމެންގެ ވާން އުޅޭ ދަރިއަކީ؟” އަލްކާގެ ކޮނޑުގައިހިފައި އަނބުރައިލަމުން ސާޖިދާ އަހައިލީ ލޯތްބާއެކުއެވެ. ހިނިތުންވެލަމުން އަލްކާ އިސްޖައިލީ ލަދުވެތި ގޮތަކަށެވެ. “އަހަރެންގެ ވާންއުޅޭ ދަރިފުޅު ވަރަށް ލޯބި.” އަލްކާގެ އޮމާން ކޯތާފަތުގައި ލޯތްބާއެކު ފިރުމައިލަމުން ޔައިޝްގެ މޫނަށް ބަލައިލައިފައި އަނެއްކާވެސް ސާޖިދާ ބުނެލިއެވެ. ހުރިހައި އެންމެން ހެވިފައި މިމަންޒަރު ބަލަން ތިއްބެވެ.

ދެންއައީ ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް އައި އެންމެ އުފާވެރި ދުވަސްތަކެވެ. އަޑިގަނޑަކަށްފަހު އައި އުސްގަނޑުން އެންމެންގެ ހިތްތައް އުފާވެރިކަމުން ފުރައިލިއެވެ. ކޮންމެ މީހެއްގެ މޫނުމަތީގައިވެސް ނުފިލާ ހިނިތުންވުމެއް ރަސްކަންކުރަމުން ދިޔައެވެ.

އަލްކާގެ އެދުމަށް ކައިވެނި ލަސްކޮށްލީ އޭނާ ކިޔަވަމުންދިޔަ ކޯސް ނިމުމުން ކައިވެނި ކުރާ ގޮތަށެވެ. ޔައިޝްއަށްވެސް މިގޮތް ކަމުދިޔައީ އަލްކާ ހަދަމުން ދިޔައީ ބޭސިކް ކޯހަކަށްވެފައި އެކޯސް އަންނައަހަރު ނިމޭނެތީއެވެ. އަޖުވަދު ބޭނުންވީ އޭނާގެ ދެދަރިންގެ ކައިވެނި އެއްކޮށް ކުރުވުމަށެވެ. އެގޮތަކާ ނައިރާއާާއި ޝިވަންވެސް އެއްބަސްވީ އުފަލާއެކުއެވެ.

ޝިވަންގެ އެދުމަށް ނައިރާވެސް ބުރުގާ އެޅިއެވެ. އަދި ލަމުންދިޔަ ހެދުންތައް ގަޔަށް ދޫ ދިގުހެދުމަށް ބަދަލުކޮށްލިއެވެ. ކޮންމެ މީހަކުވެސް އުފަލާއެކުގައި ދުވަސްތައް ގުނަމުންދިޔައީ އަލްކާއާާއި ނައިރާގެ ކައިވެންޏަށް އިންތިޒާރުކުރާ ހާލުގައެވެ.

ދުވަސްތައް އޭގެ ހަލުވިމިނުގައި ފާއިތުވަމުންގޮސް އަލްކާގެ ކޯސް ނިމި ކައިވެނިކުރަން ހަމަޖެހިފައިއޮތް ދުވަސް އައިސް ޖެހިއްޖެއެވެ. މިކައިވެންޏަށްޓަކައި އަލްކާއާއި އެއްކޮށް ޔައިޝްގެ އިތުރުން ޝަޔާނީގެ އާއިލާވެސް ރާއްޖެއަށް އައެވެ.

ކައިވެނީގެ ތައްޔާރީތައް ފޯރިއާއެކު ކުރިއަށް ދިޔައިރު ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުންދިޔައީ ހަމަޖެހުމުގެ ކުލަވަރެވެ. ކައިވެނި ޕާޓީ ބާވަން ހަމަޖެހިފައި އޮތީ ދަރުބާރުގޭގައެވެ.

އަލްކާއާއި ނައިރާ ތައްޔާރު ކުރުމުގައި ބިއުޓިޝަނުން ހަރަކާތްތެރިވަމުން ދިޔައިރު އެމީހުނަށް އެހީތެރިވުމުގައި މައުރީނާއި ޝަޔާނީވެސް ބައިވެރިވަމުން ދިޔައެވެ. ކައިވެނި ކުރެވޭ ވަގުތު ކުޑަތަންވަމުން ދިޔަވަރަކަށް ދެކުދިންގެ މޫނުމަތިންވެސް ކޮންމެވެސް ވަރަކަށް ހާސްކަން ފާޅުވަމުން ދިޔައެވެ. އެންމެފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލުމަށްފަހު ދެކުދިންވެސް ހިނިތުންވެތިބެ ގެއިން ނުކުމެ ދަރުބާރު ގެއަށް ދިއުމަށްޓަކައި ކާރަށް އެރިއެވެ. އަހުސަނު ކާރު ދުއްވައިލުމާއެކު ނައިރާއަށް އަލްކާގެ އަތުގައި ހިފައި ބާރުކޮށްލެވުނެވެ. ދެކުދިންގެ ހިތްވެސް ބާރު ބާރަށް ތެޅެމުންދިޔައެވެ.

ދަރުބާރުގޭ ކައިރިއަށް ކާރު މަޑުކޮށްލުމާއެކު ހަމަޖެހެން މަސަތްކަތްކުރަމުން ދެކުދިން ކާރުން ފޭބިއެވެ. ފަހަތުން އައި ކާރުން މައުރީނާއި ޝަޔާނީވެސް ފޭބިއެވެ. އަދި އައިސް އަލްކާއާާ ނައިރާ ގާތުގައި މަޑުކޮށްލިއެވެ. އޭރު ދެއާާއިލާގެ މީހުންވެސް އެތަނުގައި ހަރަކާތްތެރިވަމުން ދިޔައެވެ.

ޝަޔާނީ އަލްކާގެ ކޮނޑުގައި ހިފަހައްޓައިލުމާއެކު މައުރީންވެސް މަޑުމަޑުން ނައިރާގެ ކޮނޑުގައި ހިފަހައްޓައިލިއެވެ. މަޑު ހިނގުމެއްގައި ކައިވެނިކުރުމަށްޓަކައި ތައްޔާރުކުރެވިފައިވާ މޭޒާ ދިމާއަށް ދެމީހުން ހިނގައިގަތެވެ. އަވަސްވެފައިވާ ހިތަކާއިއެކު އަލްކާއާ ނައިރާވެސް ހިނގަމުންދިޔައެވެ.

މޭޒު ދޮށުގައި އިނށީދެ ތިބި ޝިވަންއާ ޔައިޝް ފެނުމުން ދެކުދިންގެ މޫނަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. އާޝޯޚުވެފައި އިނދެ އަލްކާއާއި ދިމާއަށް ޔައިޝް ބަލަމުންދިޔައިރު ޝިވަންވެސް ނައިރާގެ ރީތި ސޫރައަށް ބަލަމުންދިޔައެވެ. ހުދުކުލައިގެ ކައިވެނީގެ ހެދުމުގައި އަލްކާގެ ރީތިކަން އެތައްގުނައެއް އިތުރުވެފައިވިއެވެ. އަޅައިފައިވާ ބުރުގާގެ މަތި ޖަރީކޮށްފައިވަނީ ރަން ފަށްތަކަކުންނެވެ. އޭގެއިން އަރަމުންދިޔަ ކުލަވަރުން އަލްކާގެ މޫނުގެ ނަލަކަން އިތުރަށް ފުރިހަމަ ކުރަމުން ދިޔައެވެ. ޔައިޝްވެސްހުރީ އަލްކާއެކޭ އެއްފަދައިން ހުދުކުލައިގެ ކޯޓަކާއި ފަޓުލޫނެއް ލައިގެނެވެ.

ނައިރާ މިރޭ ލައިފައިވަނީ ރަތްކުލައިގެ ގަޔަށް ދޫ ބޮޑު ރީތި ހެދުމެކެވެ. ހެދުމުގެ މޭމައްޗާއި އަތް ވަނީ ހުދާއި ރަތުގެ މައު ތަކަކުން ޖަރީކޮށްފައެވެ. އަޅައިފައިވާ މަޑު ކްރީމް ކުލައިގެ ބުރުގާގައި ނިތްކުރިމައްޗަށް ވާގޮތަށް ހުދުކުލައިގެ އެސްތަކެއް ޖަހައިފައިވާ ވިދަމުންދިޔަ ރީތި ފަށެއްކަހަލަ އެއްޗެއް ހަރުކުރެވިފައި ހުއްޓެވެ. ޝިވަން ހުރީ އެތެރެއިން ހުދު ގަމީހެއް ލުމާއެކު ބޭރުން ގަދަ ނޫކުލައިގެ ކޯޓަކާއި ފަޓުލޫނެއް ލައިގެންނެވެ. ދެމީހުންގެ ރީތިކަންވެސް މިރޭ އެތައް ގުނައަކަށް އިތުރުވެފައިވާކަމަށް ދައްކައެވެ.

މަޑުހިނގުމެއްގައި ގޮސް ޝަޔާނީ އަލްކާ ޔައިޝް ގާތުގައި ބެއިނދިއެވެ. މައުރީންވެސް ހިނިތުންވެހުރެ ނައިރާ ގެންގޮސް ޝިވަންއާ ޖެހިގެންއިން ގޮނޑީގައި ބެއިނދިއެވެ. އެއާއެކު ގާޒީ ކައިވެނީގެ ޚުތުބާ ފެއްޓިއެވެ. ދެމީނުންގެ ދުލުންވެސް އަނބި ގަބޫލުކޮށްފީމޭ ބުނި ވަގުތުކޮޅުވީ ނައިރާއާއި އަލްކާގެ މުޅި ހަޔާތުގައިވެސް އައި އެންމެ އުފާވެރި ވަގުގުކޮޅަށެވެ. އިސްޖަހައިގެންތިބެ ހިނިތުންވެވުނު އަލްކާއާ ނައިރާގެ މޫނަށް ޔައިޝްއާއި ޝިވަން ބަލައިލީ ލޯތްބާއެކުއެވެ. މިމަންޒަރު ބަލަންތިބި ކޮންމެ މީހެއްގެ މޫނުމަތީގައިވެސް ފުޅާ ހިނިތުންވުމެއް ވިއެވެ.

ކައިވެނި ޕާޓީ ފެށުމާއެކު ދެޖިންސްގެ މީހުންތައް ދޮރުން ވަންނަމުން އައެވެ. ކޮންމެމީހަކުވެސް ދަނީ ކައިވެނިކުރެވުނު ދެ ޖޯޑަށްވެސް މަރުހަބާކިޔައި ހެޔޮދުއާ ކޮށްފައެވެ. ދެގަޑިއިރަށް ދެމިގެންދިޔަ ކައިވެނި ޕާޓީ ނިމުމާއެކު ވަރުބަލިވެފައިވާ ދެޖޯޑުވެސް ބޭނުންވީ ކައިގެން ގެއަށް ދިއުމަށެވެ. އާއިލާއާއި ވަދާއީ ސަލާމް ކުރުމަށްފަހު އަލްކާ ޔައިޝްއާ އެކު އޭނާގެ ގެއަށް ދިޔައިރު ނައިރާ ދިޔައީ ޝިވަންއާއެކު އޭނާގެ އެޕާޓްމަންޓަށެވެ.

** ** **

“ވަރަށް ވަރަށް ލޯބިވޭ.” ދެމީހުންނަށްޓަކައި ތައްޔާރުކުރެވިފައިވާ ކޮޓަރިއަށް ވަދެވުމާއެކު ލޯބިން އަލްކާ އުރައިލަމުން ޔައިޝް ބުނެލީ މަސްތީ ރާގަކަށެވެ. އަލްކާވެސް ހިނިތުންވެފައި އޮވެ ޔައިޝްގެ ކަރުގައި އަތްއަޅުވައިލަމުން އެމޭމަތީގައި މޫނު ފޮރުވައިލީ ލަދުވެތިކަމާއެކުއެވެ. އަލްކާގެ މިލޯބިވެތި އަދާގެ ސަބަބުން ޔައިޝްގެ ކެތްތެރިކަން ކޮޅުންލަމުން ދިޔައެވެ. ލޯތްބާއެެކު އަލްކާ ގެންގޮސް އެނދުގައި ބާވައިލުމަށްފަހު އެނދު ކައިރީގައިހުރި މޭޒުމަތީގައިހުރި ބެޑް ލޭމްޕްގެ އަލި ޔައިޝް ފަނޑުކޮށްލިއެވެ. އަދި ހިނިތުންވެހުރެ އަލްކާ ގަޔާލައި ބޮނޑިކޮށްލީ އެދޭތެރެއަށް ވައިރޯޅިއަކަށްވެސް ނުވަދެވޭނެ ފަދައިންނެވެ. ކޮޓަރީގައި ދިއްލައިފައިހުރި އުއްބައްތީގެ އަލީގައި ފާރަށް އެޅިފައިވާ ދެމީހުންގެ ހިޔަނި އެކަތިގަނޑަކަށްވެގެން ދިޔައީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ.

** ** **

ފާޚާނާއަށްވަދެ ހެދުން ބަދަލުކޮށްލައިގެން ނުކުތް ނައިރާ ފެނިފައި ޝިވަންއަށް ހިނިތުންވެލެވުނެވެ. ފައިގެ ފަލަމަސްގަޑުގެ މެދަކާއި ހަމައަށްއަރާ ރަތްކުލައިގެ ލޭސް ނައިޓީގައި ނައިރާ ހީވަނީ ދެންމެ ފޮޅިފައިވާ ތާޒާ ފިނިފެންމަލެއް ހެންނެވެ.

ތުވާލި ހަރުގައި އަޅުވައިލި ނައިރާ ސިހުނީ ޝިވަން އައިސް ފަހަތުން އޭނާގެ ގައިގައި ބައްދައިލުމުންނެވެ. ބޮލުގައި ޖަހައިފައިވާ ހުޅީގެ ސަބަބުން ހާމައަށް އޮތް އެދޮން ކަނދުރާގައި ޝިވަން ބޮސްދިނެވެ. އެއާއެކު ނައިރާ ލަދުވެތިގޮތަކަށް ހިނިތުންވެލިއެވެ.

“ނައި. މިއީ ކައިވެނީގެ ހަދިޔާއެއްގެ ގޮތުން އަހަރެން ނައިއަށްދޭ އެއްޗެއް.” ނައިރާ އޭނާއާއި ދިމާއަށް އަނބުރައިލަމުން، ޝިވަންގެ އަތުގައި އޮތް ފޮތް ނައިރާގެ އަތުތެރެއަށް ލައިދެމުން ޝިވަން ބުނެލިއެވެ. އަތުގައި އޮތް ފޮތަށް ބަލައިލުމާއެކު ނައިރާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އެއީ ޝިވަން ރިހެބްއަށް ދާން އުޅެނިކޮށް މައުރީން އަތަށް ދީފައި ނައިރާ ޝިވަންއަށްދިން ކުޑަ ޑައިރީއެވެ. އަވަސް އަވަހަށް ފޮތް ހުޅުވައިލުމަށްފަހު ނައިރާ ބަލައިލިއެވެ. ކޮންމެ ގަނޑެއްގައިވެސް ޝިވަން ވަނީ ނައިރާއަށް އެޑްރެސްކޮށްފައި އެކިއެކި ލޯބީގެ ޅެންތަކާއި އިބާރާތްތައް ލިޔެފައެވެ. އެދުވަސްތަކު އޭނާ ނައިރާމަތިން ހަނދާންވާވަރާއި ލޯބިވާ ވަރު ބަޔާންކޮށްދީފައިވެސް ބައެއް ޅެންތައް ލިޔެފައިހުއްޓެވެ. ވުގުތުން ނައިރާގެ ދެލޯ ފެންކަޅިވިއެވެ. ޝިވަން އޭނާދެކެ ލޯބިވާ މިންވަރު އިހުސާސު ވެގެން ދިއުމާއެކު ރޮވިފައިހުރެ ނައިރާ ޝިވަން ގައިގައި ބައްދައިލިއެވެ. “އައި ލަވް ޔޫ ޝިވަން. އައި ލަވް ޔޫ ސޯ ސޯ ސޯ މަޗް.” ޝިވަންގެ ހަށިގަނޑުގައި ބާރަށް އޮޅުލައިގަންނަމުން ނައިރާ އެހެން ބުނުމާއެކު ހީލައިފައި ޝިވަންވެސް އެބަސްތަކުގެ ޖަވާބު ދިނެވެ. އަދި އަތްދަނޑި މައްޗަށް ނައިރާ އުފުލައިލަމުން ގެންގޮސް އެނދުގައި ބާވައިލިއެވެ.

ނައިރާގެ އިސްތަށިގަނޑުގައި ޖަހައިފައިވާ ހުޅި ނައްޓައިލަމުން ޝިވަން އެފަން އިސްތަށިގަނޑުން ލޯތްބާއެކު ވަސްގަނެލިއެވެ. އަދި ކޮޓަރީގައި ދިއްލައިފައިވާ ބޮކި ނިއްވައިލަމުން ނައިރާއާ ގާތްވެލިއެވެ. އެވަގުތު ނައިރާގެ ލުއި ހީލުމުގެ އަޑު މަޑު މިއުޒިކެއް ފަދައިން ކޮޓަރިއަށް ފެތުރިގެން ދިޔައެވެ.

=ނިމުނީ=

Share Article

Follow Me Written By

Nau

Level 810 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ލޯތްބެއްނެތް ގުޅުން (7 ވަނަ ބައި)

Next

ސިއްރުން މިހިތާ ކުޅެނީހޭ (ވިހިވަނަބައި)

Next
November 13, 2017

ސިއްރުން މިހިތާ ކުޅެނީހޭ (ވިހިވަނަބައި)

Previews
November 13, 2017

ލޯތްބެއްނެތް ގުޅުން (7 ވަނަ ބައި)

147 Comments!

  1. Unknown girlll.. says:
    November 13, 2017 at 2:26 pm

    Nau ge vaahakathah ,l l❤ve it….hope i’ll get achance to read a story of yours again……..ly sooomuch…am i the 1st…??????well done

    1. Nau says:
      November 13, 2017 at 2:27 pm

      Yes dear.. U first.. Thanks alot love.. Yes in sha allah soon.. ❤

  2. Nau says:
    November 13, 2017 at 2:26 pm

    Hey all.. Salaam.. Alhamdhulihlaah.. So here is the last part of this story.. Hope u guys will like this part too.. Thanks to everyon who supported me and commented to this story.. For all who liked and shared my story.. And help me to improve my writing skills.. U guys really gave me so much strength.. I couldnt do this without my lovely readers.. So m really thankful to u all.. Hope u guys like the ending.. Love u sooo much all.. Enjoy reading.. Hv a nice day.. Once again thank u.. ?❤?

  3. Poohbear says:
    November 13, 2017 at 2:34 pm

    Reethi

    1. Nau says:
      November 13, 2017 at 3:11 pm

      Thanks dear

  4. sana says:
    November 13, 2017 at 2:35 pm

    Woww! The ENDing is so beautiful wowwww!???????????? story finish dhw…..?

    1. Nau says:
      November 13, 2017 at 3:12 pm

      Thanks alot sana.. Yes dear.. Bt dont wrry.. In sha allah adhi ehn story akaa eku bahdhalu kohlaanan

  5. Nia says:
    November 13, 2017 at 2:36 pm

    Wow…. Story v rythi…… I jst luv the ending….

    1. Nau says:
      November 13, 2017 at 3:12 pm

      Thanks nia

  6. Minnie✨ says:
    November 13, 2017 at 2:37 pm

    Heyy Nau..? Alheyy… Hama nimuny dhw..? Comment nukuriyas baraabarah mi vaahakakiyan…? And It’s awesome…? Masha Allah.. Thank you Thank you Thank you sooooo much mi kahala reethi story eh genesdhinythee…?? Waiting for another lovely Story of you….? Good luck dear…? keep shining…✨ May god bless you..? Love you…❤❤✨

    1. Nau says:
      November 13, 2017 at 3:14 pm

      Awwwnn.. Thank u soooooo much dear.. And wlcm.. Keep waiting.. May allah bless u too dear.. Luv yuh❤❤

  7. Riii says:
    November 13, 2017 at 2:38 pm

    Ohh nimuny dhw….. Vv salhi… Nau… Whn ehen vaahaka eh fennaanyyy…..

    1. Nau says:
      November 13, 2017 at 3:14 pm

      Thanks dear.. In sha allah v soon

  8. Lam says:
    November 13, 2017 at 2:39 pm

    Oooo…vvvvvv nice…hama bas huhthifa mihuree nau…ur the best…welldone….keepgoing like this….vvvv reethi story…kurin kee stry tah ves hama best….hama ehvanaage stry take….lov it…??❤❤❤????????????

    1. Nau says:
      November 13, 2017 at 3:15 pm

      Awwwnn. Thank u sooooooo much lam.. ❤

  9. shalu says:
    November 13, 2017 at 2:42 pm

    alhey vara foohi ahvaha nimaaleemah anyways stry reethi. so sad….. me first dho

    1. Nau says:
      November 13, 2017 at 3:16 pm

      Alhey.. Sry dear.. Bt dnt b sad.. In sha allah vv soon ehn story eh geneadheynan.. Btw thanks shalu

  10. ruhy says:
    November 13, 2017 at 2:42 pm

    vvvvvvvv varah reethi mi story

    1. Nau says:
      November 13, 2017 at 3:16 pm

      Thanks ruhy

  11. Limsha says:
    November 13, 2017 at 2:42 pm

    Varah varah rythi

    1. Nau says:
      November 13, 2017 at 3:16 pm

      Thanks limsha

  12. Mai says:
    November 13, 2017 at 2:48 pm

    Varah loabi

    1. Nau says:
      November 13, 2017 at 3:17 pm

      Thanks mai

  13. Unknown girlll.. says:
    November 13, 2017 at 2:51 pm

    By the way how many years old are u…

    1. Nau says:
      November 13, 2017 at 3:17 pm

      M 18 yrs old

  14. MAI says:
    November 13, 2017 at 2:55 pm

    VERY VERY VERY NICE NAU!

    1. Nau says:
      November 13, 2017 at 3:17 pm

      Thanks dear

  15. Saajy says:
    November 13, 2017 at 2:57 pm

    V salhi..

    1. Nau says:
      November 13, 2017 at 3:18 pm

      Thanks dear

  16. Ryn says:
    November 13, 2017 at 2:59 pm

    Alhumdhulillah!
    Thankyou for uploading this loabi story. Its so awesome. Good luck ??

    1. Nau says:
      November 13, 2017 at 3:18 pm

      Awwn.. Thanks alot ryn..❤

  17. Àxu says:
    November 13, 2017 at 3:00 pm

    V nice gothakah mi nimuny… u are a fantastic writer nau… hope to read a story of urs again…nd wish u all the best always… ??❤ ly…

    1. Nau says:
      November 13, 2017 at 3:19 pm

      Thank u sooooooooooo much my dear bestie.. Love yuh❤?

  18. SunShine says:
    November 13, 2017 at 3:02 pm

    Ey nau vrh loabi vaahaka eh..
    Comment nukuriyas baraabarah kiyan..
    Waiting for another story eagerly.. ❤❤

    1. Nau says:
      November 13, 2017 at 3:19 pm

      Thanka dear.. Keep waiting.. ❤

  19. Najoooo says:
    November 13, 2017 at 3:03 pm

    Vaahaka v reethi ..
    Ekam koba shivan ge family ??

    1. Nau says:
      November 13, 2017 at 3:20 pm

      Thanks najoooo.. He left them ehnu.. Eyge fahun emyhun gaathah nudhey..

  20. Ainth says:
    November 13, 2017 at 3:03 pm

    Masha Allah.. Wow wow nau, rythi kamun hama bunaane ehchehves neynge.. Yaish n Alkaa gulhuvaali goehves v furihama.. Shivan n Naira gulhuvi goehves v furihama.. Mivaruge rythi vaahaka eh adhi mi site akun nukiyan.. Molhu igey nau.. Dhen khonirakun nau ge story eh fennaany?? Luv u nau bodu bodu koh

    1. Nau says:
      November 13, 2017 at 3:20 pm

      Awwwnn.. Thnaks alot ainth.. In sha allah v soon.. Luv u too my dear❤

  21. Mary says:
    November 13, 2017 at 3:19 pm

    Woww! Vvvvv reethi mi vaahaka… love it??❤❤masha allah c molhu. ..dhen kon irakun nauge vaahakaeh kiyaaleveynee.??

    1. Nau says:
      November 13, 2017 at 3:21 pm

      Thanks mary.. In sha allah v soon..❤

  22. Nashth says:
    November 13, 2017 at 3:22 pm

    Waau nice story dhn nau ge story eh liyr nykndhuvahakuh

    1. Nau says:
      November 13, 2017 at 3:23 pm

      Thanks dear.. In sha allah soon

  23. shaan says:
    November 13, 2017 at 3:33 pm

    v v v v reethi mievaahaka.☺????????????❤???

    1. Nau says:
      November 13, 2017 at 3:35 pm

      Thanks dear❤

  24. Shudha says:
    November 13, 2017 at 3:42 pm

    varah kaamiyaabu kamaa eky mi story nimuny dhw…fantastic ending… dhn naufa liyaa story eh mi ah vure reethi vaane kamah hykuran.. hats off to you sis.. loves 😀 <3

    1. Nau says:
      November 13, 2017 at 6:39 pm

      Awwnn.. Thank u soooooo much dear sis.. Loves❤

  25. Friends says:
    November 13, 2017 at 3:43 pm

    Mashaa allah stry hama vvvvvvvvv salhi.??
    Plx upload new stry soon ingey.
    Wating 4 ur new stry.??

    1. Nau says:
      November 13, 2017 at 6:39 pm

      Yes.. Thanks dear❤

  26. Aisha Rasee says:
    November 13, 2017 at 3:45 pm

    V reethi

    1. Nau says:
      November 13, 2017 at 6:40 pm

      Thanks dear

  27. saadhu says:
    November 13, 2017 at 3:49 pm

    so happy naufaa.v v v reethi.ithuru vahakayaka v ithizaaru kurevay.kondhuvahaku aa vahakaye genes dhaani.

    1. Nau says:
      November 13, 2017 at 6:40 pm

      Thanks saadhu.. In sha allah v soon

  28. Eem says:
    November 13, 2017 at 3:54 pm

    I love this story a lot. V v nice. ❤❤?

    1. Nau says:
      November 13, 2017 at 6:40 pm

      Thanks eem

  29. nern says:
    November 13, 2017 at 4:03 pm

    Varah reethi… ❤…nimuneema dheravanee.. hehe… avahan annahchey new story akaa eku ingey…?

    1. Nau says:
      November 13, 2017 at 6:41 pm

      Yes dear.. Thanks❤

  30. Juvey says:
    November 13, 2017 at 4:06 pm

    Wow v reethi nimunu goiyy ..waiting for nau ge nxt story .ah ..??

    1. Nau says:
      November 13, 2017 at 6:41 pm

      Thanks juvey?

  31. Awa says:
    November 13, 2017 at 4:20 pm

    Vvvvvvv loabi ending…nau haadha molhey..may god bless you.. ly??

    1. Nau says:
      November 13, 2017 at 6:41 pm

      Thanks awa.. May allah bless u too.. Ly dear??

  32. TCgirl says:
    November 13, 2017 at 4:20 pm

    Vvvvv reethi story eh mee.. comment nukuri namaves baraabarah mi story kiyan.. i loved the plot and descriptions… superb igey!
    Hope to c u soon???????

    1. Nau says:
      November 13, 2017 at 6:42 pm

      Thank u sooo much dear..❤

  33. Ram says:
    November 13, 2017 at 4:35 pm

    Wow.. just wow nauu… v lwbi mivaahaka.. ❤❤❤❤

    1. Nau says:
      November 13, 2017 at 6:42 pm

      Thanks ram.. Ur story too❤?

  34. PRINCESS AFU says:
    November 13, 2017 at 4:38 pm

    WOWW ?? Hama super last part Hama obinexx to the max ??????kyp it up dear LYSM Nau ❤️️??

    1. Nau says:
      November 13, 2017 at 6:43 pm

      Awwwnnn.. Thank u sooooooo much dear.. Love u too??

  35. Rau says:
    November 13, 2017 at 4:56 pm

    Varah salhi vaahaka eh….

    1. Nau says:
      November 13, 2017 at 6:43 pm

      Thanks rau

  36. Shym says:
    November 13, 2017 at 5:00 pm

    Wow…… very very nice

    1. Nau says:
      November 13, 2017 at 6:43 pm

      Thanks shym

  37. Nuha says:
    November 13, 2017 at 5:58 pm

    Varah salhi story eh

    1. Nau says:
      November 13, 2017 at 6:43 pm

      Thanks nuha

  38. Faathin says:
    November 13, 2017 at 6:08 pm

    V reethi❤❤

    1. Nau says:
      November 13, 2017 at 6:44 pm

      Thanks faathin❤❤

  39. sam says:
    November 13, 2017 at 6:33 pm

    Obinexx to the max wowwww!very very nice ???????????????????????????

    1. Nau says:
      November 13, 2017 at 6:44 pm

      Thanks sam?❤

  40. sama says:
    November 13, 2017 at 6:35 pm

    Wow!very very nice ending??????????????????????????????????????????????????????????????????????????????????????????????????????????????????????

    1. Nau says:
      November 13, 2017 at 6:47 pm

      Thanks sama

  41. Axka says:
    November 13, 2017 at 6:37 pm

    Wow!very very nice???????????

    1. Nau says:
      November 13, 2017 at 6:46 pm

      Thanks axka

  42. SJK...KOREAN says:
    November 13, 2017 at 6:38 pm

    alheyy mioh loabi vaahakaeh.. nau. i’m so proud of u. Nau varah hard koh masahkaiyy kohfa hurikan ingey mi story kiyaalyma..welldone ey buneveynee hama. daily koh up kohdhinun aee emme rangalhu thankolhu. really!! you are a great great great writer masha allah. hope to see a lovely storyy soon..luv u. 🙂 🙂

    1. Nau says:
      November 13, 2017 at 6:46 pm

      Awwwnnnn.. Thank u sooooo soooo sooooo much my dear sjk.. Yes in sha allah v v soon.. Luv yuh too my dear❤❤

  43. Aishath says:
    November 13, 2017 at 6:40 pm

    Obinexx to the max very nice????

    1. Nau says:
      November 13, 2017 at 6:45 pm

      Thanks aishath

  44. wawa says:
    November 13, 2017 at 6:41 pm

    Very nice ?

    1. Nau says:
      November 13, 2017 at 6:45 pm

      Thanks dear

  45. player says:
    November 13, 2017 at 6:43 pm

    Wow!

    1. Nau says:
      November 13, 2017 at 6:44 pm

      Thanks dear

  46. Alisha says:
    November 13, 2017 at 6:48 pm

    Wow! Wish you all the best nau ?

    1. Nau says:
      November 13, 2017 at 10:35 pm

      Thanks dear

  47. shaa says:
    November 13, 2017 at 6:49 pm

    Wow! ???????????

    1. Nau says:
      November 13, 2017 at 10:36 pm

      Thanks shaa?

  48. ham says:
    November 13, 2017 at 6:52 pm

    Wow!nice ending?????

    1. Nau says:
      November 13, 2017 at 10:45 pm

      Thanks ham?

  49. duck ducky says:
    November 13, 2017 at 6:54 pm

    Nice ending wish you all the best nau ????

    1. Nau says:
      November 13, 2017 at 10:46 pm

      Thanks dear?

  50. meesha says:
    November 13, 2017 at 6:55 pm

    Nice ending ???

    1. Nau says:
      November 13, 2017 at 10:36 pm

      Thanks?

  51. mal-sha says:
    November 13, 2017 at 6:57 pm

    Nice story?

    1. Nau says:
      November 13, 2017 at 10:36 pm

      Thanks dear

  52. Elisha says:
    November 13, 2017 at 6:58 pm

    Nice ?

    1. Nau says:
      November 13, 2017 at 10:37 pm

      Thanks dear

  53. Ramsha says:
    November 13, 2017 at 7:01 pm

    Wowww!?

    1. Nau says:
      November 13, 2017 at 10:37 pm

      Thanks

  54. some one says:
    November 13, 2017 at 7:03 pm

    Wow!nice story when did we see another story nau…
    Wish you all the best nau ????

    1. Nau says:
      November 13, 2017 at 10:37 pm

      Thanks dear.. In sha allah v soon?

  55. sunny-$$$ says:
    November 13, 2017 at 7:05 pm

    when did we see another story nau❔❔❔❔❔
    Wish you all the best nau ????

    1. Nau says:
      November 13, 2017 at 10:38 pm

      Thanks dear.. V soon in sha allah?

  56. ram-ram says:
    November 13, 2017 at 7:07 pm

    Wow‼‼‼‼‼‼‼‼ ??????????????????

    1. Nau says:
      November 13, 2017 at 10:38 pm

      Thanks dear??

  57. Fathimath says:
    November 13, 2017 at 7:09 pm

    Nice ending

    1. Nau says:
      November 13, 2017 at 10:39 pm

      Thanks fathimath

  58. FMV says:
    November 13, 2017 at 7:11 pm

    Wowwwww!very very very nice story finish dhw so sad ?

    1. Nau says:
      November 13, 2017 at 10:39 pm

      Thanks dear.. Ya bt dnt b sad.. Will bring a new story soon.. In sha allah

  59. STUPID says:
    November 13, 2017 at 7:13 pm

    story finish dhw so sad ?? but very nice story?

    1. Nau says:
      November 13, 2017 at 10:39 pm

      Thanks dear

  60. Zuam says:
    November 13, 2017 at 7:29 pm

    Wow….. varah varah varah reethi……???❤❤❤❤❤❤❤❤❤❤

    1. Nau says:
      November 13, 2017 at 10:40 pm

      Thanks zuam❤❤??

  61. Xxxx says:
    November 13, 2017 at 8:42 pm

    Wooooowww ????.. keep up the good work..?

    1. Nau says:
      November 13, 2017 at 10:40 pm

      Thanks dear❤❤

  62. Kul says:
    November 13, 2017 at 8:44 pm

    Warah reethi nimunwes

    1. Nau says:
      November 13, 2017 at 10:40 pm

      Thank u kul

  63. Sidhu says:
    November 13, 2017 at 8:53 pm

    Wow…wonderfull…..v nice ending also…..waiting next story….nau ok bye luv u dear

    1. Nau says:
      November 13, 2017 at 10:41 pm

      Thanks sidhu.. Ly too dear

  64. Sahoo says:
    November 13, 2017 at 9:32 pm

    Wow???? salhi ingey.

    1. Nau says:
      November 13, 2017 at 10:41 pm

      Thanks sahoo??

  65. mamee says:
    November 13, 2017 at 10:12 pm

    wooooooooow…v salhi enge Nau,….???????????????????

    1. Nau says:
      November 13, 2017 at 10:41 pm

      Thanks mamee❤?

  66. unaal says:
    November 13, 2017 at 10:19 pm

    reethi vrh ????
    happy ending ???

    1. Nau says:
      November 13, 2017 at 10:42 pm

      Thanks unaal

  67. Rsh says:
    November 13, 2017 at 10:24 pm

    WoW V V V V V V V ReethI . ? this story is so nice . ???????

    1. Nau says:
      November 13, 2017 at 10:42 pm

      Thanks rsh?❤

    2. Rsh says:
      November 13, 2017 at 11:56 pm

      Nau when is your next story???

    3. Nau says:
      November 14, 2017 at 1:02 pm

      In sha allah soon

  68. shanhaa says:
    November 14, 2017 at 12:34 am

    haadha reehchy ma mi inee bunaany ehcheh ves nygifa ha ma bas huhtifa vvvvvvvvvv reethi adhi mifahun ves nukiyan mihaa reethi vaahaka eh mi part mi haa ufaavyrikoh daany kamah unmeedheh ves nukuran varah supris vehjy vvv salhi??

    1. Nau says:
      November 14, 2017 at 1:03 pm

      Thanks alot shanhaa❤

  69. aan says:
    November 14, 2017 at 8:33 am

    alhey vrh lwbi…

    1. Nau says:
      November 14, 2017 at 1:03 pm

      Thanks aan

  70. Hudher says:
    November 14, 2017 at 8:39 am

    Nau when next story..?

    1. Nau says:
      November 14, 2017 at 1:03 pm

      In sha allah soon dear..

  71. Nuu says:
    November 14, 2017 at 2:37 pm

    Masha allah vaahaka varah furihama… waiting for your new story??

  72. AN says:
    November 16, 2017 at 10:35 pm

    Story varah reethi

  73. Aishath says:
    November 22, 2017 at 10:06 am

    varah salhi story eh….
    mihaarythi story e dhuvahakuves nukiyan

  74. Shafa says:
    December 7, 2017 at 4:12 pm

    Heart touching story❤❤

  75. Shiya says:
    April 21, 2018 at 11:04 pm

    Nau haadha molhey? maa shaa allah
    V rythi mi vaahakavex

  76. Shiya says:
    April 21, 2018 at 11:04 pm

    Nau haadha molhey? maa shaa allah
    V rythi mi vaahakavex

Comments are closed.


All Right Reserved!