“އަހަރެމެން މިހެން އުޅެނިކޮށް ފަޅާއަރައިފިއްޔާޔޯ.” މިޒްރާގެ ހަށިގަނޑު ގަޔާލައި ފިއްތައިލަމުން ޒާން އަހައިލިއެވެ. “އެހައި ފަސޭހައިން ފަޅައެއް ނާރާނެ. އެޔައިޝް އެއީ ތަނެއް ދޮރެއް އެނގޭ ފިރިހެނެއްނޫން. އޭނައަށް ދޮންކަޅުމިންވެސް ނޭނގޭނެ. އެހެންނޫނަސް އަހަރެން ޒާން ގާތަށް ގިނައިން މިއަންނަނީ ޔައިޝް ގޭގައި ނޫޅޭ ވަގުތުތަކު.” ޒާންގެ ގައިގައި ބައްދައިލަމުން މިޒްރާ ހީލިއެވެ. “އެކަމަކު މިއަދުމީ ބަންދު ދުވަހެއްނު. ޔައިޝް ގޭގައި ނެތީތަ؟” ކުޑަކޮށް ވިސްނައިލަމުން ޒާން އަހައިލިއެވެ. “ޔަޕް. ވެއްޖެ އެކުވެރިއަކާއެކު ބޭރަށް ގޮސް. ވަގުތު […]
“އަހަރެން އެހީވެދޭނަން. އެކަމަކު.. އަހަރެންނަކަށް ހިޔެއްނުވޭ ދުވަހަކުވެސް ޝިވަންދެކެ ލޯބިވެވޭނެހެނެއް. އެހެންވީމަ އަހަރެންގެ ފަރާތުން ލޯތްބަށް ނޭދޭނެކަމަށް އަހަރެން އުއްމީދުކުރަން.” ވަރަށް ހިތްވަރުކޮށްލައިފައި ނައިރާ ބުނެލިއެވެ. އެއާއެކު ޝިވަންގެ ހިތްހީވީ ތޫނު ހަންޖަރަކުން މީހަކު ޒަހަމް ކޮށްލިހެންނެވެ. ބުނާނެ އެއްޗެއް ނޭނގި ހުއްޓުންއަރައިފައި ނައިރާގެ މޫނަށް ބަލަން ޝިވަންއަށް އިނދެވުނީއެވެ. ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބައިގަތީ އިތުރަށް ކެތްކުރަން އުނދަގޫވުމުންނެވެ. ޝިވަންގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތައްފެނުމުން ނައިރާ އިސްޖަހައިލީ އެމަންޒަރުބަލަން އޭނާގެ ހިތަށް ކުޅަދާނަ ނުވުމުންނެވެ. […]
ވަރުބަލިކަމާއެކު ގެއަށް އައިސް ވަތް ޔައިޝް ކޮޓަރީގެ ދޮރުހުޅުވައިލުމާއެކު ބޮލަށް އެނބުރުންއަރައިގެން ދިޔަކަހަލައެވެ. މުޅި ކޮޓަރިވަނީ އެފުށް މިފުށަށް ޖަހައިފައެވެ. ހެދުން އަލަމާރީގެ ކައިރީ އޭނާގެ ގަމީސްތަކާއި ފަޓުލޫނުތައް ގުޅައަކަށް ޖަހައިފައިއޮތްއިރު އެނދުގެ ބެޓްޝީޓްވެސް އެއްއަރިއަކަށް ސޮހިގެންގޮސްފައި އޮތެވެ. ބަލީސްތައްވެސް ހުރީ އެތަން މިތަނަށް އުކައިފައެވެ. ޑްރެސިންގް ޓޭބަލް ކައިރީ ފަރިވާންއިން މިޒްރާއަށް ޔައިޝް ބަލައިލީ ޝަކުވާގެ ނަޒަރަކުންނެވެ. ހިތުގައި ރިއްސައިލި ނަމަވެސް ފުންނޭވާއެއްލުމަށްފަހު ޔައިޝް ކޮޓަރިތެރެއަށް ވަނެވެ. “މިޒޫ މީކޮންކަމެއް؟” ހިތްހަމަނުޖެހިފައި ޔައިޝް އަހައިލީ ތަންކޮޅެއް […]
ހެނދުނުގެ ހިތްގައިމު ވަގުތެވެ. ޗެކިން ނިންމައިލުމަށްފަހު ހުޅުލޭ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުރި ރެސްޓޯރެންޓްގައި އަލްކާ އާއި އޭނާގެ އާއިލާ ސަޔަށް އިންސާފުކުރުމުގައި ތިއްބެވެ. “ދަރިފުޅާ ބޭރު ޤައުމަކަށް ކިޔަވާން ދެވުނަސް ބައްޕަމެން ދިން ތަރުބިއްޔަތު ހަނދާން ނައްތައިނުލާތި. ބަރާބަރަށް ނަމާދުކޮށް އަބަދުވެސް ދުޢާކުރަން ވާނެ. އޭރުން ދަރިފުޅުގެ ކިޔެވުމުގައި މާތް ﷲ ބަރަކާތްލައްވާނީ.” ލޯތްބާއެކު އަލްކާގެ ބޮލުގައި ފިރުމައިލަމުން އަޖުވަދު ބުނެލިއެވެ. އެއާއެކު ކޮފީ ޖޯޑު ނަގަމުން އަލްކާ ބޯޖަހައިލިއެވެ. “ދޮންތަ ދިޔާމަ ވަރަށް އެކަނިވާނެ. ވަރަށް […]
އަލްކާ އާއި ނައިރާ އަކީ އެއްބަނޑު އެއްބަފާ ދެކުދިން ނަމަވެސް އެދެމެދުގައި އުފެދިފައިވަނީ ވަރަށް ގާތް ރަހުމަތްތެރިކަމެކެވެ. އެދެކުދިން ފެންނަބަޔަކަށް އެއްބަނޑު އެއްބަފާ ބަޔަކަށްވުރެ އެކުދިން ސިފަވާނީ ބެސްޓްފްރެންޑްސް ގޮތުގައެވެ. އެހައިވެސް އެގުޅުން ގާތްވެފައި ވަރުގަދައެވެ. ދެކުދިންގެ އުމުރުގައި ހުންނަނީ އެންމެ ދެއަހަރުގެ ތަފާތެވެ. އަލްކާއަށް ވިހި އަހަރު ވީއިރު ނައިރާ އަށް ވީ އަށާރަ އަހަރެވެ. އެހެނަސް ނައިރާގެ އެހުންނަ ކުޑަކުދިންގެ ގޮތްގަނޑު އަދިވެސް ފިލައިގެން ނުދެއެވެ. އަލްކާ ނައިރާ އަށް “ބޭބީ” ގެ ނަމުން […]
މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑުގެ އަމިއްލަ ޚިޔާލުވެސް ހިމަނައިގެން ލިޔެފައިވާ ކުރު ވާހަކައެކެވެ. ** ** ** މެންދަމު ގަޑިން 2 ޖަހަނީއެވެ. ގޭގައި އުޅޭ އެންމެން ގަދަ ނިދީގައި ތިބިއިރު އަހަރެން އެއްވެސް ފޫހިކަމެއްނެތި ޕޯނުން އެކިއެކި ކުދިންނާ ޗެޓްކުރަމުން ދިޔައީމެވެ. އުމުރުން 20 އަހަރުވީއިރުވެސް އަހަރެންގެ ލޯބިވެރިއެއް ނުހުރެއެވެ. ހިތްކިޔާކަހަލަ ކުއްޖަކާ ދިމާނުވަނީއެވެ. އެކުވެރި ބައިވަރު އަންހެންކުދިން ތިބި ނަމަވެސް އޭގެތެރޭގައިވެސް އަހަރެންގެ ހިތްއެދޭފަދަ ސިފަތަކެއްގެ ވެރިއެއް ނެތެވެ. އާފުރެން ފެށުމުން […]
ލޯތްބަކީ މިދުނިޔޭގައި ލައްވާފައިވާ އެންމެ މާާތް ޖަޒުބާތެވެ. ހިތުގައި އުފެދޭ އިހުސާސެކެވެ. އަނެކާއަށްޓަކައި ޖަހާ އައު ވިންދެކެވެ. ކުޅެލާ އައު ރާގެކެވެ. އެއްބަޔަކަށް ލޯތްބަކީ ފޮނިމީރުކަން ގެނެސްދޭ އެއްޗަކަށް ވީއިރު އަނެއްބަޔަކަށް އެއީ ކަރުބުޑުގައި ހިތިރަހަ ލައްވައިލާ ޒަހަރެއްފަދަ އެއްޗެކެވެ. ބައެއް މީހުންނަކީ އަނެކާގެ ބޭރުފުށުގެ ރީތިކަމަށް ލޯބިކުރާ މީހުންނެވެ. އެތެރެފުށް ކޮންމެ ގޮތަކަށް އޮތްނަމަވެސް ރީތި ސޫރައެއް ލިބިފައިވާނަމަ އެފަދަ މީހުންނަށް އެމީހަކު ކަމުދެއެވެ. އަނެއްބައި މީހުންނަކީ އަނެކާގެ އެތެރެފުށުގެ ރީތިކަންދެކެ ލޯބިވާ މީހުންނެވެ. އެމީހާގެ […]
އައިދުންއަށް ހީވީ އޭނާގެ ބޮލުގައި މީހަކު ބާރުއެތިފަހަރަކުން ޖެހިހެންނެވެ. ދެލޯ ބޮޑުކޮށްލަމުން އެދިމާއަށް ބަލައިލި އައިދުންގެ އަތުގައި ހުރި ޖޫސްތަށި ވަގުތުން އެއަތުން ދޫވެ ވެއްޓި ތެޅުނެވެ. އެއަޑަށް ސިހިފައި އެންމެން އައިދުންއާ ދިމާާއަށް ބަލައިލިއެވެ. އައިދުންއަށްވީ ގޮތްފެނި މަލާކް އިސްޖެހުނު ނަމަވެސް ދޮރިމަތީގައި ރަންޔާގެ ސޫރައިގައި އިން ބީނިޝްގެ ތުންފަތް މައްޗަށް ހިނިތުންވުން ވެރިވިއެވެ. އެތައް ދުވަހަކަށްފަހު އައިދުންގެ ސޫރަ ފެނުމުން އާމިރުގެ ލޮލުން ނަފުރަތުގެ ކަނި ބުރައިގެންދިޔައެވެ. އެހުރިހައި ދުވަހަކު އެހާލުގައި އެކޮޓަރީގައި ތެޅުމަށްފަހު […]
އެކޮޓަރިން ނުކުތުމަށްފަހު މަލާކް އެނބުރި އޭނާގެ ކޮޓަރިއަށް އައިސް އޮށޯތެވެ. ހަށިގަނޑަށްވެރިވެފައިވާ ލޮޑުކަމާއެކު މަލާކަށް ދާާދިއަވަހަށް ނިދުނެވެ. މާދަމާ ޕްލޭނާ އެއްގޮތަށް ނީމް ގޮވައިގެން ޝޮޕިންގްއަށް ދާން ޖެހޭނެތީ އަވަހަށް ހޭލަންވެސް ޖެހޭނެއެވެ. ނިދުމުގެ ކުރިން ޕްލޭނާ އެއްގޮތަށް ހުރިހައިކަމެއްވެސް ކުރިއަށްދިއުމަށްއެދި މަލާކަށް ދުޢާކޮށްލެވުނެވެ. ނިދިފައިވާ މަލާކްގެ މޫނުމަތީގައި މައުސޫމު ހިނިތުންވުމެއް ރަސްކަންކުރަމުން ދިޔައެވެ. މަލާކްގެ ހަރަކާތްތައް ބަލަންއިން ބީނިޝްވެސް ކުދި ޖަވާހިރުތަކެއްފަދަ ތަރިތައް ވިދައިބަބުޅަމުންދިޔަ އުޑާއި ދިމާއަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. * * * ހެނދުނު […]