އެކުވެރިން ރަޙުމަތްތެރިން، އެއީ އަހަރެން މުޅި މިދުނިޔެއިންވެސް އެންމެ ނަފްރަތުކުރާ ދެބަހަށް މިއަދު މިވަނީ ވެފައެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. އަހަންނަކީ އެކުވެރިން ހޯދުމުގައި ވަރަށް ކުރި އެރި ކުއްޖެކެވެ. އަހަރެންގެ އުމުރުން ވީހާ ދުވަހަށްވުރެ އެކުވެރިންގެ އަދަދު ގިނަވާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އަހަރެން އަހަރެންގެ އެކުވެރިން ގެންގުޅުނީ އަހަރެންގެ ދެލޯ ފަދައިންނެވެ. އެއިން މީހަކަށް ކުޑަވެސް ގެއްލުމެއް ލިބިއްޖެނަމަ އަހަރެންގެ ހިތުގެ ހަމަޖެހުން ގެއްލިދެއެވެ. އެކުވެރިއަކު ބަލިވެއްޖެނަމަ ޑަކްޓަރަށް ދައްކަން ގެންގޮސް ހަދަމެވެ. […]
“” އަހަރެންނަށް އަމްނާގެ ދުލުން އާބަސް އިވުމަށްފަހު އަހަރެން އަބަދުވެސް އަމްނާ ގެ ހިޔަނި ފަދައިން ގާތުގައި ހުންނާނަމެވެ. އަހަރެން ދުވަހަކުވެސް އަމްނާގެ ވިސްނުމާއި ބުއްދިއަކާއި ނުކުޅޭނަމެވެ. އަހަރެން އަމްނާއަށް ދެރަ ގޮތެއް ވިޔަކަ ނުދޭނަމެވެ. އަހަރެންގެ އުފަލަށްވުރެން އަމްނާގެ އުފަލަށް އިސްކަންދޭނަމެވެ. އަމްނާއާއި ދުވަހަކުވެސް އަހަރެން ވަތްކެއް ނުވާނަމެވެ. އަދި މިދެމެދަށް ވަންނަން މަސައްކަތް ކުރި ކޮންމެ މީހެއްގެ ވަސްވެސް ފުހެލަން އަތުކުރި އޮޅާލާނަމެވެ. މިއީ އަހަރެން ކުރާ ވަޢުދެއް ކަމަށް ބަލާށެވެ. އަދި މިވަޢުދުތަކަށް […]
އަމްނާ ދަންވަރު ތުނޑިއަށް ދާ ވާހަކަ ތުންތުން މަތިން އަމްނާގެ މައިންބަފައިންނަށް ވަނީ އަޑު އިވިފައެވެ. ނަމަވެސް އެދެމަފިރިންގެ ލޮލަށް ނުފެންނާތީ އެކަން ޤަބޫލު ނުކުރެވެނީއެވެ. އެހެންކަމުން އެއީ ދޮގުކަން ރައްޔިތުންނަށް ސާބިތުކޮށްދިނުމަށްޓަކައި 1 ހަފްތާ އަމްނާއަށް ފާރަލުމަށް ނިންމިއެވެ. އެގޮތުން މިއީ އެދެމަފިރިން އަމްނާއަށް ފާރަލާތާ 6 ވަނަ ރެއެވެ. ގަޑިން 11 ޖެހުމާއި އެކު އާދައިގެ މަތިންހެން ގޭތެރެ ނިވާލުމަށްފަހު ދޮރުތައް ތަޅުލިއެވެ. އަމްނާ ކޮޓަރީގައި ކަން ޔަޤީންކުރުމަށްފަހު އެމީހުންގެ ރޭވުމައިގެން ކުރިއަށް ދިޔައެވެ. […]
އަމްނާގެ އެނދުގެ ބޯލާކޮޅާއި ދިމާލުގައި ހުރި ހާތިބު ހުރީ އަމްނާގެ މައިސޫމު މޫނަށް ބަލަހައްޓައިގެންނެވެ. އައްބާސް ދެއްކީ މުޅިއަކުން ދޮގު ވާހަކަތަކެއް ނޫނެވެ. ނަމަވެސް އަމްނާ ދޫކޮށްލުމުގެ ކުޅަދާނަކަމެއް އޭނާގެ އެބަލިކަށި ހިތަކު ނެތެވެ. ހަށަން ބަނދެގެން ހުރި ހާތިބުގެ ކަރުގައި ހިޔާލީ ފޮލައިގެ ރަހަ ލާން ފެށުމާއި އެކު ހެން ހަށަން މޮހާލުމަށްފަހު އަމްނާއާއި ދިމާއަށް ފުމެލީ އަމްނާ ނިދިން ހޭލައްވާލުމަށެވެ. އެ އަރާމު ނިންޖަން އެޅޭ ހުރަހަކަށް ވާން ނޭދުނެއްކަމަކު އިތުރަށް އިންތިޒާރު ކުރެވޭކަށްވެސް […]
އަމްނާ ފާޙާނާއިން ނުކުތް އިރު ވަނީ މެއާއި ކަކުލާއި ދެމެދު ތުވާއްޔަކުން ނިވާކުރެވިފައެވެ. ހީވާގޮތުން ފެން ތިކިތައް އޭނާގެ ހަށިގަނޑުގައި ރޯވި ރުޅިވެރި ކަމުގެ އަލިފާންގަނޑު ނިއްވާލީއެވެ. އަމްނާގެ ހަމަ ޖެހިލައިފައިވާ މޫނަށް ހާސްކަން ގެނުވީ އެނދުމަތީ އޮތް ޒުވާނާ ފެނިފައެވެ. އެއީ ހަމަ އެ ޒުވާނާއެވެ. އުނި ގަސްދޮށުން ދިމާވި ބިރުވެރި ޒުވާނާއެވެ. އަމްނާ މަޑު ފިޔަވަޅުތަކެއްގައި ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ފާޙާނާއަށް ވަނުމަށް ދިޔައީ ބިރުގަތް ވަރުންނެވެ. ނަމަވެސް ހާތިބު މާ ހުށިޔާރެވެ. […]
ނޯޓު: އަޅުގަނޑު މިހާރު ލިޔަމުންދާ ވާހަކަ ކަމުގައިވާ އެ ވަޢުދު މެދު ކަނޑާލި ސަބަބު މި ވާހަކައިގެ ފުރަތަމަ ބައިގައި ވާނީ ހާމަކޮށްލާފައެވެ. އަދި މި މެދުކެނޑުމަށްޓަކައި ތިޔަ ލޮބުވެތި ކިިޔުންތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެމެވެ. އެންމެ ކުޑައިރުއްސުރެވެސް އަމްނާ ހަވީރުގެ ވަގުތު ހޭދަކުރާނީ ގޭގެ އުނިގަސް ދޮށު ޖޯއްޔެއްގައި އެކަނިމާ އެކަންޏެވެ. ގެއިން ބޭރަށް ދެވޭ ގޮތް ނުވަނީ އޭނާގެ ރައްކަލަށްޓަކައި އޭނާގެ މައިންބަފައިން ގޭގެ ދޮރު ތަޅުލާފައި ހުންނާތީއެވެ. ބޭރަށް ނުކުމެއްޖެނަމަ މީހުންގެ އަނިޔާ ކުރިމަތިވެދާނެތީއެވެ. އަވަށްޓެރި ކުއްޖަކު ވެސް އަމްނާ ކައިރިއަށް ނާންނަނީ އަމްނާގެ އުޅުން ހުންނަ ނޭދެވޭ ގޮތަކުންނެވެ. ނަމަވެސް އަމްނާ ގެ ކޮންމެ ހަރަކާތަކަށްވެސް ފަރުވާތެރިކަމާއި އެކު ބަލަމުން އަންނަ ފަރާތެއް އަމްނާގެ ކައިރީގައި […]
އަމްނާ މިއަދު ހަތަރު ދަމު ދަށްބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ދިޔައިރު ފެނިގެން ދިޔަ ސޫރައަކީ މީގެ ކުރިން ފެނިފައިނުވާ ފަދަ ފުރިހަމަ ސޫރައެކެވެ. ފުރަތަމަ ނަޒަރުން އޭނާގެ ހިތް ކަތިލި ޒުވާނެއް އެނޫނިއްޔާ ނުވެއެވެ. އާދެ! ޑރ. އަމީމެވެ. ކޮޓަރިއަށް ވަތް ގޮތަށް ބުރުގާ ބޭލުމަށްފަހު ފާޙާނާއަށް ވަދެ ލައިގެން ހުރި ކަޅު އަބާޔާ، އަތްކުރު ޓީޝާޓަކާއި ކުރު ސޯޓަކަށް ބަދަލުކޮށްލީ ނިދަން އޮށޯވެލުމަށެވެ. ފާޙާނާއިން ނުކުތް އިރު އެނދު މަތީގައި އިން ހާތިބު ފެނި ފަހަތަށް […]
އަމީމަކީ 26 އަހަރުގެ ޒުވާނެކެވެ. ކިޔަވާ ނިމިފައި ހުރި އަންހެނުންގެ ޙާއްސަ ޑަކްޓަރެކެވެ. ބޮޑަށް ވައްތަރީ މޮޑެލްއަކާއެވެ. އެހާވެސް ފުރިހަމަ ހަށިގަނޑެކެވެ. ހަމުގެ ކުލަ އަލިވެފައި އެހާ އޮމާނެވެ. އަޅި ކުލައިގެ ކަޅިއަކާއި ކަނދުރާއާއި ހަމައަށް އަރާވަރުގެ ފަން ފަން އިސްތަށިގަނޑެކެވެ. ބަލާ ބެލުމަށް ކޮރެއާ ކުއްޖަކާއި މާ ބޮޑު ތަފާތެއް ނެތެވެ. އަމީމްގެ މައިންބަފައިން އެންމެ ހާސް ވަނީ އުމުރުން 26 އަހަރު ވީ އިރުވެސް ކައިވެނި ކުރުމުގެ ހިޔާލު އަމީމް ނުކުރާތީއެވެ. އަންހެނުންގެ ހާއްސަ […]
މެންދަމުގެ ހަމަ ހިމޭން ވަގުތެވެ. ކިތަންމެ ވަރުބަލި ވެފައި ވީ ނަމަވެސް އަހަރެންނަށް ނިދޭ ގޮތެއް ނުވިއެވެ. ކޮންމެ ރެއަކު ވެސް އަހަރެންގެ ހާލަކީ އެއީއެވެ. ސަމައާއި ދޭތެރޭ ވިސްނާފައި އިތުރަށް މާޔޫސްވަނީއެވެ. ސަމާއާއި ދޭތެރޭ ނުވިސްނާ ހަމަ އެންމެ ރެއެއްވެސް ނުދެއެވެ. އެހަނދާންތަކާއި ދުރަށްދެވޭނެ ގޮތެއްވެސް އަހަންނަކަށް ނުވިއެވެ. ކިތަންމެ ވަރަކަށް ވިސްނިޔަސް ސަމާ އެނބުރި ނާންނާނެކަން އަހަންނަށް އެނގެއެވެ. މިރޭވެސް އަހަރެންގެ އެއްވެސް ބާރަކާއި ނުލައި އަހަރެން ޚިޔާލުތަކުގެ ފުންމިން ނޭނގޭ ކަނޑަކަށް ޣަރަޤުވިއެވެ. […]