ނޯޓު: އަޅުގަނޑު ތިރީގައި މިހިމަނާލަނީ ވާހަކަ ލިއުމަށް އަޅުގަނޑަށް ކަމުދިޔަ 3 ފެށުމެކެވެ. މިތަނުން އެންމެ ގިނަ ކިތުންތެރިންނަށް ކަމުދާ ފެށުމަކަށް ރަމަޟާން ފަހުގެ ފަސްވަނަ ދުވަހުން ފެށިގެން އަޅުގަނޑު ވާހަކަ އަޕްކުރަން ފަށާނެ ކަމުގައި ދަންނަވާލީމެވެ. (1) ދުވާލުގެ ބުރަ މަސައްކަތް ނިންމާލުމަށްފަހު އިރު ހަނދަށް ފުރުސަތު ދެމުން ވަކިވެގެން ދިޔައީ ދުނިޔެއަށް އަނދިރިކަން ވެރިކުރުވަމުންނެވެ. ދޫނި ސޫފާ ސޫފީގެ އަޑު މުޅިންހެން ކެނޑި ރޭގަނޑަށް މިޔުޒިކު ކުޅެމުން ދިޔައީ ފަނި ފަކުސައެވެ. ލޯބިވެރިންނަށް ޙާއްސަ ފިނިފިނި މިރޭ ނީލް […]
” އެހެންވީމަ ތިބުނަނީ އަހަރެން ލޯބިވީ އަހަރެންގެ އެއްބަފާ ބޭބެ ދެކެއޭތަ؟ އެރޭ އަހަރެންގެ ހަށިގަނޑުން އަރާމާއި ލައްޒަތު ލިބިގަތީ އަހަރެންގެ ބޭބެއޭތަ؟ ސަޝް އަކީ އަހަންނާއި އަހަރެންގެ އެއްބަފާ ބޭބެގެ ދަރިއެކޭތަ؟” ޝާނާއަށް ހީވީ ދެފައިދަށުން ބިންގަނޑު ދަމައިގެން ހެނެވެ. “އަހަރެންގެ ދަރިއެކޭ؟” ފިޔާމަށް ބުނެވުނީ އެހިސާބަށެވެ. ތުއްތު ތުއްތު ސާޝާގެ ހަޅޭކާއިއެކު އެންމެންވެސް އަޑު އައި ދިމާއަށް ބަލާލިއެވެ. ކޮންމެ މީހެއްގެ މޭގަނޑުވެސް ހީވީ ބިރުން ބޭރަށް އައިސްދާނެ ހެނެވެ. ސިޑިން ވެއްޓިގެން ބިމާ […]
ޝާފީއަށް ގޮނޑިބަރީގައި އިން ނޫރާ ފެނިފައި އެލޯބި ވެތި ހަނދާންތައް ފިލްމެއް ފަދައިން ކުރިމަތިން ދިޔައީ ސިފަ ވަމުންނެވެ. ނަމަވެސް ފިޔާމަކީ ނޫރާގެ ދަރިއެކޭ ބުނުމާއި އެކީ ހިތައް އެރީ ނޫރާވެސް މީހަކާއި އިނދެގެން ދަރިއަކު ހޯދީއެވެ. އަހަރެން އަދިވެސް ވަރަށް ހަނދާން ވެއެވެ. އެހެނަސް ތިޔަ ލޯތްބާ ދުރަށް… ޝާފީ ސިހުނީ ނީނާ އޭނާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތުމުންނެވެ. ޚިޔާލީ ދުނިޔެއިން ނިކުމެގެން ހަމަ ބިމަށް އާދެވުނު އިރު އެންމެންގެ ސުވާލުން ފުރިގެންވާ މޫނު ފެނިފައި […]
ވީ ކީއްތޯ ބަލައިލަން ސާޝާ ބޭއްވުމަށްފަހު ޝައިމަން ގެ ކައިރިއަށް ގޮސް ފަހަތުން ކޮނޑުގައި އަތް ބާއްވައިލިއެވެ. ޝައިމަންގެ ހިތަށް އިތުރަށް ތަދުވިއެވެ. ޝައިމަން ގެނައި ކުއްލި ހަރަކާތަކާއި އެކު ދެވަނަ ސިކުންތުގައި ޝާނާ ހުރީ ޝައިމަންގެ ބާރު ގަދަ އަތުގެ ހިމާޔަތުގައެވެ. އޭނާ ހުރީ ގުޑިލަންވެސް ނޭނގިފައެވެ. ކުއްލިއަކަށް ޝާނާ ކައިރިން ޝައިމަން ދުރަށް ޖެހިލީ ކަމެއްހަނދާން ވުމުންނެވެ. ” ސޮރީ. ދެރަ ވެފަ ހުރި ގަޑިއެއް ވީމަ ހަމަ ނުހުރެވުނީ. އަހަރެން ބުނިން ޝެންގެ […]
ދުވާލުގެ ބުރަ މަސައްކަތް ނިންމާލުމަށްފަހު އިރު ހަނދަށް ފުރުސަތު ދެމުން ވަކިވެގެނ ދިޔައީ ދުނިޔެއަށް އަނދިރިކަން ވެރިކުރުވަމުންނެވެ. ދޫނި ސޫފާ ސޫފީގެ އަޑު މުޅިންހެން ކެނޑި ރޭގަނޑަށް މިޔުޒިކު ކުޅެމުން ދިޔައީ ފަނި ފަކުސައެވެ. ލޯބިވެރިންނަށް ޙާއްސަ ފިނިފިނި މިރޭ ނީލް ހުރީ ހިތުގެ ރާނީއަށް އެހިތުގެ ޙާލު ބަޔާން ކުރާނެ ގޮތަކާއިމެދު ވިސްނާށެވެ. އެތައްގޮތަކަށް ވިސްނުމަށްފަހުވެސް ހިތްހަމަ ޖެހޭ ގޮތެއް ނުވިއެވެ. ކޮންމެ ގޮތެއްވިޔަސް ހެވެވެ. އޭނާ މިރޭ އޭނާގެ ލޯބި ކޮންމެ ގޮތެއް ހަދައިގެންވެސް […]
ފިޔާމް ހުރީ ހަދާނެ ގޮތްހުސްވެފައެވެ. ހެނދުނު ފިޔާމް ޑިއުޓީއަށް ގޮސް އަންނަ އިރު ރިފާ އިންނަނީ ވަރަށްވެސް މާޔޫސްވެފައެވެ. ހިނގާލެވޭ ވަރެއް ނޫނެވެ. ދެފައި ދުޅަވެފައި ހުރުމުންނެވެ. ކެވޭ ވަރެއް ނޫނެވެ. ކާ އެއްޗެހީގައި ރަހައެއް ނުލާތީއެވެ. އޭނާގެ ޙާލު ވަރަށްދެރަ އެވެ. އެންމެ ފަހުން ހުރިހާ ގޮތަކުންވެސް ވިސްނުމަށްފަހު ފިޔާމް ނިންމީ ރިފާގެ މައިންބަފައިން ކައިރިއަށް ދުވަސްކޮޅަކަށް ނަމަވެސް ދިއުމަށެވެ. ޝައިމަން މީހަކާއި އިން ކަން ނޭނގޭ ޙާލުގައެވެ. އެއްބަނޑު އެއްބަފާ ކޮއްކޮގެ ޙާލު އަޑުއަހާފައި […]
ލާރާއަށް ހޭލެވުނީ ފޯނު ރަނގަބީލުވާ އަޑަށެވެ. މޯޅިއަކަށް ދެމިލުމަށް ފަހު ފޯނު ނަގާ ކަންފަތުގައި ޖައްސާލިތަނުން ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ. ލާރާ ސްކޫލަށް ނުދެވުނު ސަބަބު ހޯދަން މުދައްރިސް ގުޅުއްވުމުން ލާރާ ހައިރާން ކުރުވަނިވި ގޮތަކަށް ގަޑިއަށް ނަޒަރެއް ހިންގާލިއެވެ. އަނގަ ތަންމިނަށް ހުޅުވި ލޯ ބޮޑުވެފައި އޮތް ލާރާއަށް ގަޑި ޖެހިގެން ސްކޫލަށް ދެވުނު ފަސްވަނަ ދުވަހަށް މިދުވަސް ވާނެއެވެ. އަވަސް އަވަހަށް ތެދުވެ ދުއްވައިގަތީ ފާޙާނާއާއި ދިމާލަށެވެ. އިންޓަވަލް ފަހުން ސްކޫލަށް ދިޔުމުގެ ނިޔަތުގައި ލާރާ ތައްޔާރުވެލިއެވެ. ޓައިމް […]
ދުވަސްތައް ފާއިތުވަމުން ގޮސް ކައިވެނި ކުރާ ދުވަސް ޖެހިއްޖެއެވެ. މިރޭ އޮންނަ ކައިވެނީގެ ޙަފްލާއަށް ޝާފީ މެންގެ ޢާއިލާއާއި ޝައިމަންގެ ޢާއިލާ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުން ދިޔައީ ޝާފީމެންގެ ގޭގައެވެ. ގަޑީގެ ސިކުންތު ކަށި އެނބުރެމުން ގޮސް ވަގުތު ކުޑަތަން ކުރަމުން ދިޔައީ ޝައިމަންގެ ހުވަފެން ޙަޤީޤަތަކަށް ހަދައިދެމުންނެވެ. ދިގު އިންތިޒާރުގެ ނިމުން ފޮނިވާނެއޭ ބުނެވެނީ މިހެންވެގެނެވެ. ކައިވެނީގެ ފަހުން ޝިނާންގެ މައިންބަފައިންވެސް ޝާނާމެން ގެއަށް ބަދަލުވުމަށް ޝާފީ ބުނެފައިވާތީ އޭނާ ވަނީ ފުދޭވަރަކަށް ހިތްހަމަޖެހިފައެވެ. […]
ޝައިމަންގެ ބައްޕަ ހިނިތުންވެލީ ދަރިފުޅުގެ އުފަލަށްޓަކައި މިފަދަ ބޮޑު ކަމެއް އޭނާއަށް ކޮށްދެވޭތީއެވެ. ” ދެން މީ މިދެމަފިރިންގެ ދޮށީ ދަރިފުޅު ޝައިމަން. އަދި ހުންނާނެ އަންހެން ކުއްޖެއް. ޝައިމަންއަށް ވުރެ ކުޑަވާނީ އެންމެ 2 އަހަރު. އެކަމަކު ބައްޕަމެން މާލެ ބަދަލުވުމާއި އެކު ޚަބަރު ލިބުނީ މީހަކާއި އިނދެގެން 2 ދުވަސްނުވެ ފިލައިގެން ދިޔަ ޚަބަރު. ދޯ އަދުހަމް.” އަދުހަމަށް ދޯ އަޅާލަމުން ޝާފީ ބުންޏެވެ. ” ކީއްކުރާނީ ޝާފީ؟ އެއީ މިޒަމާނުގެ ހާލަތު. މައިންބަފައިންނަކީ […]