ދުވަހަކީ އަވިގަދަ ދުވަހެކެވެ. ވައިވަނީ ހިނދިފައެެވެ. ގަހެއްގައި ފަތެއްވެސް ހިރިނުލައެވެ. ދުނިޔެ އަކީ އެކައްޗަކަށް މަރުވެފައިވާ ކަހަލައެވެ. އަހަރެން އޮތީ ގޭގެ ސިޓިންގްރޫމް ސޯފާގައި އޮށޯވެލައިގެންނެވެ. ޚީޔާލަށް އަންނަނީ ޙަޔާތުގެ ސަފްޙާތަކުގައި ކުޑަވަގުތުކޮޅެއްގެ ހުޅުހިފި ތެރޭގައި ހަނދާންތަކެވެ. އަހަންނަކީ ޝާޙީ ޢާއިލާއަކަށް ނިސްބަތްވާ އުމުރުން އެންމެ ވިހި އަހަރުގެ ފިރިހެން ކުއްޖެކެވެ. އެންމެ ކުޑައިރުއްސުރެވެސް ޢަޒުމަކަށްވީ މަތީ ފެންވަރުގެ ވަކީލަކަށްވާށެވެ. ލަކުނެއް ފަދައިން ފާހަގަ ކޮށްލެވޭފަދަ އަގުހުރި ޚިދުމަތެއް ޤައުމަށް ކޮށްދިނުމެވެ. އާދެ އަހަންނަކީ ޒައިދުއެވެ. ޢާއްމު […]
ނަމަވެސް އޭނާ ޝާނާ ދެކެ ވާލޯބި އެތުއްތު ދަރިފުޅު ދެކެވެސްވާނެއެވެ. އެދަރިފުޅު ވައްތަރީވެސް ޝާނާއާއެވެ. އެފަދަ ބުޅިބުޅި އިސްތަށިގަނޑެކެވެ. ވަށްވަށް މޫނެކެވެ. ހީލުމުން ޝާނާގެ ކޮލަށްއެޅޭ ފަދަ އަޑިކޮޅެއް އެތުއްތު ތުއްތު ދަރިފުޅަށް ލިބިފައިވެއެވެ. ޝައިމަން ހުރި ތަނުން ހިނގައިގަތީ ޝާނާމެންނަށް ފެނިދާނެތީ އެކަމުގެ ބިރަށްޓަކައެވެ. އެއްވެސް މަންޒިލެއް ނެތި އޮޔާ ބެހިގެންދާ ބޮއްކުރައެއް ފަދައިން ދާނެ ވަކިތަނެއް ނެތި ޝައިމަން ވެސް މަގުމަތީ ހިނގަމުން ދިޔައެވެ. ޝާނާ އާއިމެދު ވިސްނެނީއެވެ. ދޭތެރެއަކުން ހިތަށް އަރާ އެއްޗަކުން […]
ފިޔާމް އެރޭ މެލޭއަށް ފުރައިގެން އައިގޮތަށް އުޅެމުން އައީ މައިންބަފައިންގެ ގާތުގައެވެ. ކުރެވުނު ކުށް މަތިން ކުޑަކޮށްވެސް އޭނާ ހަނދާން ނެތްކަހަލައެވެ. ހަމަޖެހޭ އުފާވެރި ދިރިއުޅުމެއްގައެވެ. މީ ކޮންފަދަ އިންސާނެއްބާއެވެ. މީނާގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ޝާނާތޯއެވެ؟ ޝާނާގެ މައިންބަފައިން ތިބެނީ ޝާނާގެ ބަލިޙާލަތާއިމެދު ވަރަށްވެސް ބޮޑަށް ކަންބޮޑުވެފައެވެ. ކާ އެއްޗެއް ކެވެނީކީ ނޫނެވެ. ކައި އިރަށް ހޮޑު ލެވެއެވެ. ޑަކްޓަރަށް ދައްކަން ބުނުމުންވެސް ޝާނާ ދާކަށް އެއްބަހެއް ނުވިއެވެ. މިހާރު އުޅޭ ބައްޔެކޭ ކިޔައިގެން ފަރުޖައްސަނީ […]
އުޝާގެ މަންމަ ފަރާތުން ލިބުނު ޖަވާބަކުން ނީނާއަށް ހީވީ ދުނިޔެވެސް އެނބުރިގަތް ހެނެވެ. އެންމެ ފަހުން ރޮއެ ރޮއެ ވަރުބަލިވެގެން ނީނާއަށް ނިދުނެވެ. ޝާފީ ސިޓިންގްރޫމުގައި އިނީ ޝާނާ އާދޭތޯ ބެލުމަށެވެ. މިހާރު ފުލުހުންނަށް ވެސް މައްސަލަ ހުށަހަޅައިފީމެވެ. ޝައިމަން ޑިއުޓީއަށް އައި އިރު މުޅި އޮފީސްތެރޭ ދައްކަމުން ދިޔައީ މަޝްހޫރު ޝާފީއާއި ނީނާގެ ދަރިފުޅު ޝާނާ ގެއްލިގެން އުޅޭ ވާހަކައެވެ. 24 ގަޑި އިރު ނުވަނީސް މައްސަލަ ނުބަލާނެކަން އެނގޭތީ ޝައިމަންއާއި އޭނާގެ އެކުވެރި 4 […]
އިރު އޭގެ ވާޖިބު އަދާކުރުމަށްޓަކައި ނިދިން ތެދުވެ ނިދާ ކޮޓަރިން ނިކުތް ވަގުތެވެ. އުޑުމަތި އެތައް ކުލަ ތަކަކުން ދިއްލާލިއެވެ. އެ އިރުގެ އަލި ވިލާތަކުގެ ތެރެއިން ފޭދިފައިވާ މަންޒަރަކީ ކޮންމެ މީހެއްވެސް ކޮންމެވެސް ގޮތަކުން ރައްކާކުރަން ބޭނުންވާނެ މަންޒަރެއްކަން ޔަޤީނެވެ. އެހާވެސް ރީއްޗެވެ. ޤުދުރަތީ ބާރުވެރި ފަރާތުގެ ކުޅަދުން ވަންތަ ކަމުގެ ހެއްކެކެވެ. ދުނިޔެމަތިން އިވެމުން ދިޔައީ ކޮވެއްޔާއި އަދި މިނޫންވެސް އެތަކެއް ދޫނި ސޫފާ ސުފީގެ ކުޅަދާނަ މިޔުޒިކީ ރާގުތަކެވެ. ޖެހެމުން ދިޔައީ އަރާމު […]
(މިވާހަކައަކީ އަޅުގަނޑު ޕޭޖަކަށް ލިޔާ ދެވަނަ ވާހަކައެވެ. މިވާހަކައަކީވެސް ކިޔުންތެރިންގެ ޝައުގުވެރިކަން އިތުރުވާނެ ފަދަ ވާހަކައަކަށް ހެދޭތޯ ބަލާނަމެވެ. ތިރީގައި މި ހިމަނާލަނީ މި ވާހަކައިގެ ފެށުމުން ބައެކެވެ. އަދި އަވަސް މުސްތަޤްބަލެއްގައި މިވާހަކައިގެ ކުރިއަށް އޮތް ޕާޓު އަޕް ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރާނަމެވެ.) އިރު އޭގެ ޑިއުޓީ އަދާކުރުމަށްޓަކައި ނިދިން ތެދުވެ ނިދާ ކޮޓަރިން ނިކުތް ވަގުތެވެ. އުޑުމަތި އެތައް ކުލަ ތަކަކުން ދިއްލާލިއެވެ. އެ އިރުގެ އަލި ވިލާތަކުގެ ތެރެއިން ފޭދިފައިވާ މަންޒަރަކީ […]
ޝަޒުރާ އިނީ ރޭގެ ފޮނިފޮނި ޚިޔާލުތަކަށް ގެއްލިފައެވެ. ދެ އަހަރު ދުވަހު ދެކެމުން އައި ހުވަފެނެއް ހަޤީޤަތަކަށް ވުމުންނެވެ. ވެހުނުހާ ވާރެއަކާއި ދިންހާ އަތްވެއްގައި ދުވާލެއް ރޭގަނޑަކަށް ބެލުމެއްނެތި ހުކުރަކަސް ހޮނިހިރަކަސް ބުރަ މަސައްކަތް ކޮއްގެން އަލަތު ލޯބިވެރިޔާކަމަށްވާ ޝާމްގެ ޙަޔާތަށް ރޭގެ ވަގުތެއްގައި އައީ އުއްމީދުގެ ހުޅުކޮޅެއް، އަމިއްލަ މަސައްކަތުން ދިއްލައިގެންނެވެ. ކުއްލިއަކަށް އޭނާގެ ހަނދާންތަކުން ދުރުކޮށްލީ ޝާމް ފާޚާނާއިން ނުކުތް އަޑަށެވެ. ޝާމް އެންމެ ކުޑައިރުއްސުރެން ބަލަމުން އައީ އޭނާގެ ބައްޕަ އަށްވެފައި ދާދި […]